އިރުއޮއްސި ބަންގި ގޮވުމުގެ ކުރިން އަރަން ގޮވައިގެން ގެޔައްދާން ހަޔާ ހިނގައިގަތެވެ. ދަމުން އަދި އެއްފަހަރު ވިޝާލްގެ ހިލަމެއްވޭތޯ ފަހަތައް އެނބުރި ހޯދާ ބަލާލެވުނެވެ. ވިޝާލް ނެތްކަން ޔަގީންވީމައި އެނބުރި ދާން ހިނގައިގަތެވެ. ފިނި އަށީ ފުރަަގަހުގައި ހަޔާގެ ހަރަކާތައް ބަލަން ހުރި ވިޝާލް އަށް ކުޑަކޮއް ހީލެވުނެވެ. ރޭގަނޑު އަރަން އަށް ކާނދީފައި ނިންދެވީ ތަންކޮޅެއް އަވަހަށެވެ. އަރަން ނިދަން އޮށޯއޯންނަމުންވެސް ބުނެލީ ބައްޕި އަށް ގުޅާފައި އަވަހަށް އަންނަން އެދުމަށެވެ. ހަޔާ ކޮޓަރިން ބޭރަށް […]
ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ހަޔާ އަށް ވިޝާލް އެއް ނުފެނެއެވެ. ހަޔާ އަށް ނޭނގުނު ކަމަކީ ހަޔާގެ ކޮންމެ ހަރަކާތަކަށްވެސް ވިޝާލް ފާރަލާކަމެވެ. މިއަދު ސްކޫލުން ގެޔަށް އައިއްސުރެ އަރަން ހުންނަނީ ކަމަކާއި ހިތްހަމަ ނުޖެހި ދެރަވެފައެވެ. ހަޔާ އެތަށްފަހަރަކު ސުވާލުކުރުމުންވެސް އަރަން ޖަވާބެއް ނުދިނެވެ. އެންމެ ފަހުން އަރަންގެ އަތުގައި ހިފައި ހަޔާގެ އުނގުތެރޭގެނެސް ބޭންދިއެވެ. “ދަރިފުޅާ! ކިހިނެއްތަ ވީ؟ ވެގެން އުޅޭގޮތެއް ބުނީމައެއްނު މަންމިއަށް ހެލްޕެއްވެސް ވެވޭނީ. ގައިގެ ތާކު ރިއްސަނީތަ؟ ނޫނީ ދަރިފުޅު […]
“ތެންކް ޔޫ” ތުއިވެލާފައި ނިއަލް އަށް ހިނިތުންވުމެއް ރައްދުކުރަމުން ތޭރިޔާ ބުންޏެވެ. ނިއަލް ގެ ނަޒަރު އޭރުވެސް ހުރީ ހަޔާ އަށެވެ. ހަޔާ ލަދުން ގޮސް މަރުނުވީ ކިރިޔާއެވެ. “އޭއް ހިނގާބަލަ ދެން ކާ އެއްޗެއް ކެވޭތޯ. މަވަރަށް ބަނޑުހައި” ނިއަލް ގެ ކޮނޑުގައި އަތް އަޅުވާލަމުން ހިސާން ބުންޏެވެ. ހިސާން އަކީ ނިއަލްގެ ބެސްޓްފުރެންޑެވެ. ނިއަލް ބޯޖަހާލީ އާންއެކޭ ބުނުމުގެ ގޮތުންނެވެ. ” މީ ތޭރިޔާ މުސްކުޅިވީމަ ބާއްވާ ޕާޓީ އެކޭ . ދޯ ތޭރިޔާ؟ […]
“ހަޔާ ދަރިފުޅާ! އުނދުންމަތީ ހުރި އެއްޗެހި ބާލައިފިން އިނގޭ ބޮޑު ދައިތަ މިދަނީ ނިދަން، އެކޮއިވެސް އުޅޭ ނިދަން” ކުއްލިޔާ ގޭތެރޭގައި ހުރެ ހަޔާއަށް އަޑުއިވޭ ވަރަށް ގޮވާލާފައި ބުންޏެވެ. ސިއްސައިގެން ގޮސް ހަޔާ ވިޝާލް ގެ އަތުތެރެއިން ދެމިގަތެވެ. “އާން، ބޮޑުދައިތަ ދޭ ނިދަން، އަހަރެން ނިދާނި ތަންކޮޅެއް ފަހުން” ހަޔާ ހުރީ ކުއްލިޔާ ނޭނގިނަމަވެސް އެތަނަށް އަތުވެދާނެތީއެވެ. ބޮޑުދައިތަގެ ހަބަރެއް ނުވުމުން ނިދަން ދިޔައީކަން ޔަގީން ވިއެވެ. “ވިޝާލް” ހަޔާ ކޮންމެވެސް އެއްޗެއް ބުނަން […]
“ކީއްކުރަންތަ ފޯނުހޯދަނީ؟ ވިޝާލް ފޯން ދިއްކޮއްލަމުން ބުންޏެވެ. ޒަކްވާން ވިޝާލްގެ ފޯން އަތުލުމަށްފަހު ކީޕެޑްގައި ނަންބަރެއް ޖަހާ ސޭވް ކޮއްލާފައި ވިޝާލް އަތަށް ދިނެވެ. ވިޝާލް ފޯންގެ ސްކްރީން އަށް ބަލާލަާފައި ހައިރާންވެ އިނދެ ޒަކްވާން އަށް ބަލާލިއެވެ. “ސީރިއަސްލީ ޑޫޑް؟ އިސް ދިސް ހާރސް؟ އޯ.އެމް.ޖީ.” ވިޝާލް ވަރަށް އެކްސައިޓްވެލާފައި ބުންޏެވެ. “ހޫމް ރޭގަ އަސްލަމްބެއަށް ގުޅައިގެން ހޯދީ” ބޯޖަހާލަމުން ޒަކްވާން ބުނެލިއެވެ. “ރޭގައި ނުވެސް ނިދުން، އެކަމަކު ދެން މިހާރު ހީވަނީ ގޮސް ރަނގަޅަށް ނިދާލަންވީހެން” ވިޝާލް ފޯނަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. “ހޯހޮ ހޯ ނިދަން ހަދާނެ ކަމެއްނެތް މަންމަ ބުނި މިއަދު ވިޝާލް ގެންނައްޗޭ ސައިބޯން، ސޯ އެހެންވީމަ ސައިބޮއެގެން ތިކުރާ ކަމެއް ކުރަން ދޭ” ވިޝާލްގެ ކޮނޑުގައި ޖަހާލަމުން ހެވިލާފައި އިނދެ ބުންޏެވެ. **************************************************** އެހެންދުވަސްތަކެކޭވެސް އެއަގޮތަށް ހަޔާ ފަތިހު ތެދުވެ ނަމާދު ކޮއް އަރަން ސްކޫލަށް ގެންދަން ތައްޔާރު ކުރިއެވެ. ހަގަޑި ފަންސަވީހުގައި އަރަން ސްކޫލަށް ލުމަށްފަހު ގެޔަށް އައި މަގުމަތީ ގައި ހުރި ފިހާރައަށް ވަދެ ބޭކެޑް ބީންސް ދަޅަކާއި ޓޮމާޓޯ ދަޅެއް ގަނެލިއެވެ. އަދި ފިހާރައިން ނިކުމެ ކުރިއަށް އޮތް ގޯޅިއަށް އަޅާލިތަނާ ފޯނަށް ކޯލެއް އައެވެ. ނުދަންނަ ނަންބަރަކަށް ވާތީ ފޯނު ނުނަގައި ކަނޑާލިއެވެ. ދެތިން ފަހަރަކު ގުޅީމަވެސް ހަޔާ ފޯނެއް ނުނަގައެވެ. އިރުކޮޅާކުން އައީ މެސެޖެކެވެ. ” އެހާބާރަށް ހިނގާކަށް ނުވާނެ. ފޯނު ނަގާބަލަ ” ހަޔާގެ ދެލޯ ބޮޑުވިއެވެ. އަދި މަގުގެ އެކި ކޮޅު ހޯދާ ބަލާލިއެވެ. އޭރު އެމަގުގެ ކޮޅުގައި ފާރެއްގައި ފައިވިއަދާލައިގެން ހެވި ދިލުވިފައި ހުރި ވިޝާލް ފެނުނެވެ. ހަޔާ އަނެއްކައިވެސް އެނބުރި ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ އަނެއްކާ ހަޔާގެ ފޯނަށް ވިޝާލް ގުޅިއެވެ. ހަޔާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ވިޝާލް، ޕްލީސް ސްޓޮޕް ޑުއިންގް ދިސް ޓުމީ. ކިހިނެތް ނަންބަރު ލިބުނީ؟” ވިޝާލް އެއްޗެކޭ ބުނުމުގެ ކުރިން ހަޔާ ބުންޏެވެ. ” ޑިޑް އައި ޑޫ އެނީތިންގް ރޯންގް؟ ނަންބަރުގެ ވާހަކަ އިހަށް ބާއްވާ ބިޓްވީން، ރޭގައި ދައްކަން އުޅުނު ވާހަކަ އަދި އޮތީނު ދޯ؟ ސޯ މިރޭ އަހަރެން ދާނަން ނުވައެއް ޖަހާއިރު ތިގެޔަށް.” ވިޝާލް ވަރަށް ހަމަޖެހިލަމުން ބުންޏެވެ. ހަޔާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. “ވަޓް؟ އާރް ޔޫ ކުރެޒީ އޯރ ވަޓް؟ ވީ ކެން ޓޯކް އޮންދި ފޯން. މިގޭގައި އުޅޭ ވަރަށް ބައިވަރު މީހުން” ހަޔާ ވަރަށް ހާސްވެ ހުރެ ބުންޏެވެ. ވިޝާލްގެ ގާތަސް އައީ ހިންޏެވެ. ” އިނގެޔޭ ތިގޭގައި އުޅެނީ ފުޓްބޯޅަ ޓީމެއްކަން، އެހެންވީމަ މިރޭ ނުވައެއް އިނގޭ! ނުނިދާތި. އައި ވިލްބީ އޮން ޓައިމް” ވިޝާލް މިހެން ބުނެ ފޯނު ކަނޑާލިއެވެ. “ނޯ ޔޫއާރ ނޯޓް ކަމިން ހިއަރ، ހެލޯ ހެލޯ..” ފޯނުން ޕީއް އަޑުކިޔުމުން ހަޔާ ސްކްރީން އަށް ބަލާލިއިރު ކޯލް ކަނޑާލައިފިއެވެ. ހަޔާ ފަސްއެނބުރި ބަލާލީ ވިޝާލް ހުރިތޯ ބަލައިލާށެވެ. އެހެންނަމަވެސް ވިޝާލް ފެންނާކަށް ނެތެވެ. “އާރރރރރރގް” އަނގައިން އަޑެއް ލައްވާލުމަށްފަހު އަލުން ގެޔަށް ދާން ހިނގައިގަތެވެ. ދަމުން ހިތާހިތުން ވެސް ވިޝާލް އަށް ކުދިކިޔަމުން ދިޔައެވެ. ******************************************************************** ހަވީރުގެ ވަގުތެވެ ޒަކްވާން ވިޝާލް އަށް ގުޅިއެވެ. “ކޮބާ ކަންފުޅެއްވާގޮތެއް ވެއްޖެތާ؟” ފޯނުން ވިޝާލް އާއި ވާހަކަ ދައްކަމުން ޒަކްވާން ބުންޏެވެ. “އާން ދެން ކުރިއަށް އޮތްތާ ވާނީ ހުސް ކަން ކަމަށް ބަލާ” ހެމުން ކަހަލަ ގޮތަކަށް ވިޝާލް ބުންޏެވެ. “އަނގިދާނެތާ ދޯ. އަހަރެން މިހާރު މިދަނީ އޮޑިހަރުގެޔަށް ބައްޕަ ބުނެގެން ކަޑިކޮޅެއް ހޯދަން” ޒަކްވާން ބާރުހިނގުމެއްގައި ގޮސް ހަރުގެޔަށް ވަންނަމުން ބުންޏެވެ. “އާން އޯކޭ. މަވެސް މިއުޅެނީ ބައްޕަ ބުނެގެން ފިހާރައިގަ” ވިޝާލް ފޯނު ކަނޑާލަމުން ބުންޏެވެ. ފިހާރައިގެ ގުދަނުގައި ސްޓޮކް ކުރެވިފައި ހުރި މުދާތައް ނޯޓުކުރަމުންދިޔަ ވިޝާލްގެ ސިކުންޑީގައި އެނބުރެމުން ދިޔައީ ހަޔާގެ ހިޔާލްތަކެވެ. މިރޭ އޭނަ މިދަނީ ބޮޑު އަޒުމަކައިގެންނެވެ. ގުދަނުން ނިކުންނަން ހިނގައިގަންތަނާ ފިހާރައިގައި އުޅޭ ކުއްޖަކު ގޮވާލާފައި އަންނަން އެދުނެވެ. […]
ހަޔާ ބުނި އެއްޗަކުން ވިޝާލް ހޭން ފެށިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް ހަޔާ އާއި ކައިރިވެލިއެވެ. ވިޝާލްގެ ނޭވާ ހަޔާގެ މޫނަށް އެޅެމުން ދިޔައެވެ. ވިޝާލްގެ މިހަރަކާތުން ހަޔާއަށް އިތުރަށް ހައިރާންކަން ލިބުނެވެ. އަދި އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ ވިޝާލްގެ އިނގިލިން ހަޔާގެ ތުންފަތުގައި ޖައްސާހުއްޓުވިއެވެ. “އަހަރެން ބުނަން ބޭނުންވާ އެއްޗެއް އަޑުއަހާލަނިކޮއް މަށަށް އޯކޭ. ” ވިޝާލް ވަރަށް މަޑުމަޑުން ހުރެ ހަޔާގެ ލޮލަށް ބަލާލަމުން ބުންނެވެ. “އޯކޭ، އެކަމަކު އަހަރެންނާއި ދުރައްޖެހިލަފާނަންތަ؟ މީހަކަށް […]
“ކިހިނެއްވީ؟” ހައިރާންވެ ހުރެ ވިޝާލް ބުންޏެވެ. “ފައިދިގުމަކުނެއް” ދެލޯ ބޮޑުކޮއްލައިގެން ވިޝާލް ގެ ބޮލަށް ބަލަހައްޓައިގެން ހުރެ ޒަކްވާން ބުނެލިއެވެ. ބަލާކަށް ނުހުރެ ޖޯލިންތެދުވެ އަވަސް ހަރަކާތަކާއި އެކު ވިޝާލް ދެއަތުން ބޯފޮޅާލިއެވެ. އެހިންދު އެ ފައިދިގު މަކުނު ބިންމައްޗަށް ވެއްޓިއްޖެއެވެ. “ހޫން، މަ ހީކުރީ ވަރަށް ބޮޑު އެއްޗެއްކަމަށް” މަޖާވެލާފައި ހުރެ ވިޝާލް ބުންނެވެ. ޒަކްވާން ހުރީ މަޖާވެފައެވެ. ވިޝާލް އަކީ ކުޑައިރުވެސް ފައިދިގު މަކުނު ދެކެ ވަރަށް ބިރުގަންނަ މީހެކެވެ. ދެމީހުން އެކުގައި ކަހަލަ […]
ހަޔާ ފިނިވެފައި ހުރެ ކުރިމަތީ ހުރި ޒުވާނާއަށް ބަލާލިއެވެ. އެއީ އޭނަ ދަންނަ މޫނެކެވެ. އެއީ އެރަށު ބޮޑުކެޔޮޅުގޭ ޒަކުވާނު އެވެ. ޒަކުވާނަކީ ވިޝާލް ވަރަށް ގާތް ކުޑައިރުގެ ރަހުމަތްތެރި އެކެވެ. ޒަކުވާންގެ އަތް ދިއްކޮއްލިއެވެ. އޭނަގެ އަތުގައި ކޮތަޅެއް އޮތެވެ. “އަސްލަމްބޭ ދިން ބޯވައެއް، ކުއްލިގޮތަކަށް ހާޝިމާ ދައްތަ ބަނޑެއްގައި ރިއްސާތީ މަރުކަޒުގައި ބާއްވާފަޔޯ އޮތީ. އެހެންވެ އަސްލަމްބެ އަށް ނާދެވޭނެ ވާހަކަ ބުނި އަދި އަހަރެން ކައިރި މީތި މިގެޔަށް ލައިދޭށޭ ބުނީ” ޒަކްވާން އާދައިގެ ގޮތަކަށް ބުންނެވެ. ” ހާޝިމާ ދައްތަގެ ހާލު ވަރަށް ގޯސްތަ؟” ހަޔާ ހިތާމަޔާއި އެކު އަހާލިއެވެ. “ނޫން، ބުނި މެންދުރެއްހާއިރު ދޫކޮއްލާނޭ. އޮބްޒަވޭޝަންގައި ބާއްވާފައި އޮތީ. އަހަރެން ދެން ދަނީ.” ވަރަށް ހަމަޖެހިލާފައި ޒަކުވާން ބުންޏެވެ. ޒަކުވާން ދިއުމާއި އެކު ހަޔާ އަށް ފުންނޭވާ އެއް ދޫކޮއްލެވުނެވެ. ހަޔާ ހީކުރީ އޭނަ އައީ ވިޝާލް ގޮވައިގެން ކަމަށެވެ. އެހެންވެ މުޅިމީހާ ހިނދުކޮޅަކަށް ނަމަވެސް ގަނޑުވިއެވެ. އަތުގައި އޮތް ކޮތަޅު ހިފައިގެން ގޮސް ބަދިގޭ ސިންކުމަތީ ބާއްވާފައި ކޮތަޅު ހުޅުވާލިއެވެ. ބޯވާ އޮތީ ވަރަށް ރީތިކޮށް ސާފުކޮއްފައެވެ. “އެއީ ކޮންކުއްޖެއްތަ؟ކީއަކުރަން އައި ކުއްޖެއްތަ؟” ބަދިގެ ފަރާތު ފެންޑާއިން އައިސް ބަދިގެޔަށް ވަން ކުއްލިޔާ ސުވާލު ކުރިއެވެ. “ސާބަސް ބޮޑުދައިތާ އެއީ ކެޔޮޅުބޭ ގޯތި ޒަކުވާން އޭ. އޭނަ އެއީ އަސްލަމްބޭ ދިން ބޯވާ މިގެޔަށް ލައިދޭން ވެގެން ހާޝިމަށްތަ ބަލިކަމުން މަރުކަޒުގައި ބާއްވާފައި އޮތީމަ. ބޮޑުދައިތަ ހަމަ ރަނގަޅަށްވެސް އައިނު އަޅަންވެފަ ދޯ” ހަޔާ ހެމުން ހެމުން ބުންޏެވެ. “އާން އެސޮރު ދޯ! މަށަށް ވައްތަރު ވިޔޭ” ހައިރާންވެ ހުރެ ބުންޏެވެ. ހަޔާ ބޯވާ ކުދިކޮއް ކޮށާލިއެވެ. އަދި ހަނާ ކުރުމަށް ޓަކައި ބޯވާތައް ފެނުކައްކަން އުދިއެވެ. ބޯވާ ހަނާ ކުރުމައްޓަކައި ބޭނުންވާ ބައެއް ތަކެތި މަދުކަމުން ފިހާރަ އަށް ދާން ނިކުތެވެ. އޭރު ވިއްސާރަ އެއްކޮށް ހުއްޓާލާއިފިއެވެ. ************************************************************* ފިހާރަ ތެރެ ބަލަމުން ގޮސް ބޭނުންވާ އެއްޗެހި ހަމަ ކޮއްލިއެވެ. އެތަކެތި ހިފައިގެން އެނބުރިލިތަނާ ކައުންޓަރުކައިރި ހުއްޓިލައިގެން ކޮންމެވެސް އެއްޗެއް ގަނެ އޭގެ އަގުދައްކަން ހުރި ވިޝާލް ފެނުނެވެ. ވަގުތުން ހަޔާ އަށް އަނެއްފަރާތަށް އެބުރެވުނެވެ. އަދި ވިޝާލް ނިކުމެގެން ދިޔަކަން ޔަގީންވުމުން ގޮސް ހަޔާ ނެގި ތަކެއްޗައް އަގުދީ ފިހާރައިން ނިކުންނަން ހިނގައިގަތެވެ. ފިހާރައިން ނިކުމެ ގެޔައްދާން އެނބުރިލި ވަގުތު ފިހާރަޔާއި ދާދި ކައިރީ […]
ފަތިސް ނަމާދު ބަންގި ގޮވި އަޑަށް ހަޔާ އަށް ހޭލެވުނެވެ. އޭރު މުޅި ކޮޓަރިތެރެ ވަނީ ފިނިކަމެއްގެ ތެރެއަށް ގެނބިގެން ގޮސްފައެވެ. ކައިރީގައި ނިދާފައި އޮތް ކުޑަކުޑަ އަރަން އަށް ވަރަށް ލޯބިން ހަޔާ ގޮވާލިއެވެ. އަދި ފަތިސް ނަމާދު ކުރުމަށް ތެދުވުމަށް ބުންޏެވެ. އަރަން ދެލޯ އުނގުޅާލަމުން ތެދުވެ ހަޔާގެ ގައިގާ ކުޑަކޮށް ބައްދާލިއެވެ. އަދި ފެންވަރަން ދާން އަވަސް ވެލިއެވެ. ފަތިސް ނަމާދަށް ފަހު ހަޔާ އަވަސް ވެލީ އަރަން ސްކޫލަށް ގެންދިއުމަށް ތައްޔާރު ކުރުމަށެވެ. އަދި އަވަސް ހިނގުމެއްގައި އަރަން ގޮވައިގެން ނިކުމެ ސްކޫލަށް ދާން ހިނގައި ގަތެވެ. ކުއްލިއަކަށް އުޑުމަތި ބަނަކޮއްލިއެވެ. ހަޔާ އަށް އަރަން ގޮވައިގެން ސްކޫލާ ހަމައަށް ދެވުނީ ހަމަ ކިރިޔާއެވެ. ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ހަޔާ އަރަން ސްކޫލަށް ލުމައްފަހު ސްކޫލުން ނިކުމެ ކައިރގައި ހުރި ފިހާރައިގެ އަސްކަނިދަށުގައި މަޑުކޮށްލިއެވެ. އަދި ދެއަތް ދެއަތައް ޖޯޑުކޮއްލާ އަނގަމަތީ އަތް އަޅާ ފުމެމުން ދިޔައެވެ. ފިނިކަމުން މީހާތުރުލާން ފެށިއެވެ. ބޭނުންވީ ވީ އެންމެ އަވަހަކަށް ގެޔަށްދާށެވެ. ވާރޭ ހުއްޓާލާނެ ހެން ހީނުވާތީ ހަޔާ ދެފަޔަށް ބާރުލާފައި ދުއްވައިގަތެވެ. ކުރިއަށް އޮތް މަގުގެ ގޯޅިން އަޅާލިތަނާ މީހެއްގެ ގައިގައި ޖެހި ވެއްޓެން ދިޔަ ހަޔާ ބިންމައްޗައްނުވެއްޓުނީ ކިރިޔާއެވެ. އޭރު ހަޔާގެ ދެލޯ ވަނީ މަރާ ބާރުކުރެވިފައެވެ. ހަޔާ ނުވެއްޓުނީ އެމީހަކު ވަރަށް ހުޝިޔާރުކަމާއި އެކު ހަޔާގެ އުނަގަނޑުގައި އެއްއަތުން އަދި އަނެއް އަތުން ހަޔާގެ އަތުގައި ހިފަހައްޓާލުމުންނެވެ. މަޑުމަޑުން ހަޔާ ދެލޯ ހުޅުވާ ބަލާލިއެވެ. އޭރުވެސް އެމީހަކު ހުރީ އެހުރިގޮތަށް ހިފަހައްޓާލައިގެން ފަނޑުހިނިތުންވުމަކާއި އެކީ ހަޔާގެ ދެލޮލަށް ބަލާށެވެ. ހަޔާއަށް އޮވެވުން ގޮތް ހަނދާންވުމުން އަވަހަށް ހަށިގަނޑު ތެދުކޮއްލުމަށްފަހު އަތްދަމައިގަނެ އެތަނުން ދާން ދުއްވައިގަތެވެ. ލަދުން މަރުނުވީ ކިރިޔާއެވެ.އެވީ ކަމަކުން ހަޔާގެ ދޮން ކޯތާފަތް ވެހެމުން ދިޔަވާރޭގައިވެސް މަޑުފިޔާތޮށި ކުލައަރާފައި ހުއްޓެވެ. ފަސް ބެލުމެއްނެތި ވަކިހިސާބަކަށް ގޮސް ހުއްޓިލެވުނީ ވެފައިހުރި ވަރުބަލިންނެވެ. އަދި ފަސް އެނބުރި ބަލާލެވުނީ އެމީހަކު އެތާހުރިތޯ ޔަގީން ކޮއްލުމަށެވެ. އޭރުވެސް އެމީހަކުވެހެމުން ދިޔަ ވާރޭގައި އެދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަނެއްކާވެސް ހަޔާ އަނެއްފަރާތަށް އެނބުރިލަމުން ތިރީ ތުންފަތުގައި ދަތްއަޅާ ލެވުނެވެ. *********************************************************** ވިޝާލް ގޮސް ގެޔަށް ވަނުމާއިއެކު އާސިފް ހައިރާންވެ ހުރެ ސުވާލު ކުރީ މުޅިމީހާ އެއްކޮށް ތެމިފައި ހުރުމުންނެވެ. “ވިޝާލް! ކިހިނެއް ހަދާފަ ތިހުރީ. ގައިމު ނިކުމެގެން ދިޔައީ ކުޑަވެސް ހިފައިގެންނެންނު” ކުޑަކޮއް ހީލަމުން އާސިފް ވިޝާާލް އަށް ބުންޏެވެ. “އާން އެހިސާބަށް ނުދެވެނީސް އައިގަދަ ވައިރޯޅި އަކާއި އެކު ކުޑަ އެއްލާލައިފި. އެހެންވެ ޖެހުނީ ތެމެން.” ގައިގެ އެތަން މިތަން ފޮޅަމުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަންނަން ދަމުން ވިޝާލް ބުންޏެވެ. ކޮޓަރިއަށް ވަދެ ތެމިފައި ހުރި އެއްޗެހި ބަދަލުކޮށް އައިސް އެނދުގައި ވިޝާލް އިށިއިނދެ ލިއެވެ. އަދި ލުއި ހިނިތުންވުމެއް ތުންފަތް މަތީ ދުވެލީ ދެންމެ މަގުމަތިން ދިމާވި ހާދިސާ އިންނެވެ. ވިޝާލް ގެ ހިޔާލް ހުރީ ހަޔާ އަށެވެ. ވިޝާލް ވެސް ގެއިން ނިކުތީ ފިހާރަ އަށް ދާށެވެ. ކުޑަހިފައިގެން ގޮސް މަގުގެ ގޯޅި ލަނބާލަން އުޅެނިކޮއް ހަޔާ އައިސް ޖެހުނީ ވިޝާލް ގެ މޭގައެވެ. އަދި ހަޔާ ވެއްޓެން ދާތީ އަތުގައި އޮތް ކުޑަ […]