Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (19)

layaal Level 310 Stories100 Comments
January 19, 2017 10 Mins Read
24 Comments

“ކޮން އެ އަންހެން ކުއްޖާއެއްތަ؟ އޭނައަށް ކިޔަނީ ރިއުމާން!” އައްޔާދް ވެސް ހަރުކަށި ކަމާއި އެކު ވާހަކަދެއްކި އިރު އޭނާ އަޑު މަޑު ކުރެވޭތޯ ބެލިއެވެ. އެގޮތަށް އެއްވެސް ސަބަބަކާއި ނުލައި ކުރިން ވެސް ދަންނަ ކުއްޖެއް ދެކެ ބައްޕަ އެހައި ނަފްރަތު ކުރަންވީ ކީއްވެ ކަމެއް އޭނާއަކަށް ހަމަ ނުވިސްނުނެވެ.

“އަހަންނަށް ހެވޭ އޭނައަށް ކޮންމެ ނަމެއް ކިޔަސް! މީގެފަހުން އޭނައާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ! އަޑު އިވިއްޖެ!!” އާޒިމް ރުޅި އައިސް ރަތްވެފައި ހުރެ ހަޅޭލަވައި ގެންއިރު އެ ލޮލުން ފާޅުވަނީ އިންތިހާއަށް ނަފްރަތެވެ. އައްޔާދް އެއްޗެކޭ ނުބުނެ ހިމޭނުން ހުރިއިރު އޭނާއަށް އަދި ދުވަހަކު ވެސް އާޒިމްގެ މިސަފައެއް ފެނިފައެއް ނުވެއެވެ.

“އެކީއްވެތަ ބައްޕާ؟ ސަބަބެއް އޮންނާނެ ދޯ.” އައްޔާދް ބޭނުންވީ އަޒީމް އެކުރާ ނަފްރަތުގެ ހަޤީޤަތް ދެނެގަންނާށެވެ. “އެއީ އައްޔާދް ތިހީކުރާ ކަހަލަ ކުއްޖެއް ނޫނޭ.. މިހާރު މާ ރަނގަޅު ވެގެން އުޅުނަކަސް.. ޗީ. އަހަރެން ލަދުވެސް ގަނޭ.” އާޒިމް މޫނު ކުނިކޮށްލަމުން މިހެން ބުނެފައި ގޮސް ބެލްކަނި ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އޭރު އައްޔާދް ހުރީ އާޒިމްގެ ބަސްތަކުން ހައިރާންވެފައެވެ. އާޒިމް އެގޮތަށް އެ ވާހަކަދައްކަނީ ރިއުމާން ކޮންކަމެއް ކޮށްގެންބާއޭ އޭނާ ހިތަށް އެރިއެވެ.

“ތިކިޔާ އެއްޗެއް ނުވިސްނުން.. އޭނަ ކޮންކަމެއް ކޮށްގެން ތިކަހަލަ ގޮތަކަށް ތިވާހަކަ ދައްކަނީ؟” އައްޔާދްގެ ސުވާލަށް އެއްވެސް ޖަވާބެއް ނުލިބުމުން އޭނާ އައިސް އާޒިމް ކައިރީގައި މަޑުކޮށްލަމުން ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކޮށްލިއެވެ. މިހާރު އާޒިމްގެ ރުޅި ފިނިވެފައި ވީ ނަމަވެސް އެމޫނުމަތިން ނަފްރަތު ފާޅުވަމުން ދިޔައެވެ. “ނޭނގެ..” އާޒިމް އެވާހަކަ ނުދައްކާން އެތަނުން ދާން ހިނގައިގަތުމުން އައްޔާދް އޭނައަށް ހުރަސް އެޅިއެވެ.

“އެކީއްވެހޭ ބައްޕާ؟” ހިތްހަމަނުޖެހިފައި ހުރެ އައްޔާދް މިހެން ބުނުމުން އާޒިމް އޭނާއަށް ނަޒަރު ހުއްޓާލިއެވެ. “އަހަރެން ނުޖެހޭ ކުރާހާ ސުވާލަކަށް ޖަވާބު ދޭކަށް.. އަހަރެން މީ ބައްޕައަކީ. އެހެންވީމަ އައްޔާދަށް އަހަންނާ ސުވާލުކުރުމުގެ ހައްޤެއް ނޯންނާނެ.. އެންމެ ފަހު ފަހަރަށް މިބުނަނީ އެ އަންހެން ކުއްޖައާއި އެއްވެސް ގުޅުމެއް ބާއްވާގެން ނުވާނެ! އެހެންނޫނީ އަހަރެންގެ ނުލަފާކަން ދެން ފެންނާނީ!” އާޒިމް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އައްޔާދަށް އިންޒާރެއް ދިނެވެ. “ބައްޕާ..” އައްޔާދް ތަންކޮޅެއް ބާރެއް މިހެން ބުނުމާއި އެކު ގޭގެ ދޮރު ހުޅުވާލުމަށްފަހު މާރިއާ އާއި ނަދާ އެތެރެއަށް ވަނެވެ.

“ކިހިނެތްވެފައި ތި ތިބީ؟” ގޭތެރޭގައި ދެބަފައިން އެކަކު އަނެކަކަށް ލޯއަޅައިގެން ތިބި މަންޒަރު ފެނިފައި މާރިއާ އަހާލިއެވެ. “އައްޔާދް.. ދަރިފުޅާ.” މާރިއާ އައިސް އޭނާ ކޮނޑުގައި އަތް ލުމުން އައްޔާދް އިތުރު އެއްޗެކޭ ނުބުނެ އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލި އަޑު އިވިގެން ދިޔައެވެ. އޭރު މާރިއާ ކައިރީގައި ހުރި އާޒިމަށް އެއްބުމަ އަރުވާލަމުން ވީ ކިހިނެއްހޭ އަހާލިއެވެ. “އޮފީސްކަމަކާއި ހިތްހަމަނުޖެހިގެން.. ދޭބަލަ ސައިތައްޓެއް ހަދާލަން.” އާޒިމް ވާހަކަ އޮޅުވާލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވައިން އައްޔާދް އޭނާ ލައިގެން ހުރި ޔުނީފޯމްގެ ބެގީ ނައްޓާލާ ގޮށްތައް ނައްޓަމުން އެނދުގެ މަގަތުގައި އިށީނދެލިއެވެ. އޭނާގެ ޚިޔާލުގައި އެނބުރެމުން ދިޔައީ އާޒިމްގެ ބަސްތަކެވެ. އާޒިމް އެވާހަކައެއް ދައްކަން ލަދުގަންނަންވީ ކޮން ސަބަބަކާއި ހުރެކަމެއް އޭނާއަކަށް ނުވިސްނުނެވެ. އަނެއްކާ މިހާރު ޒުބޭރުއާއި ވެސް ކުރިން އޮތް ގުޅުން ނޯންނައިރު އީދަށް ދިޔަފަހުން އެއްފަހަރު ވެސް އެމީހުންގެ ވާހަކަ ދައްކާ ނުލައެވެ.

ބޯ ހާސްވެފައި އިނދެ އޭނާ ފަހަތަށް ވެއްޓި ގަންނަމުން އެއްތުން ނިއްކުރީގައި އަތް ހާކާލިއެވެ. ޖަހާފައި ހުރި ފަންކާއިން ވެފައި ހުރި ހޫނަށް ލުއިކަމެއް ލިބުނު ނަމަވެސް ސިކުނޑީގައި އުފެދުފައިވީ އާތްވަށް ލުއިކަމެއް ނުލިބުނެވެ. ރިއުމާން ކަމެއް ސިއްރު ކުރަނީބާއޭ އޭނާ ހިތަށް އެރިއެވެ. އެންމެ ފުރަތަމަ ޖަނާނީގެ މަރުގެ މައްސަލައިގައި ރިއުމާން ހޯދި އިރު އޭނާ ފާއިތުވެ ދިޔަ އަހަރަ ތަކުގައި ކޮށްފައި ހުރި ކަންތައް ހޯދާ ބެލިއެވެ. މަސްތުވާ ތަކެތީގެ އެއްވެސް މައްސަލައެއް ނުވާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެއް ވެސް ނުވެއެވެ. އޯ ލެވެލް ނިންމުމަށްފަހު މާލެއައިސް ވިޔަފާރި ކުންފުންޏެއްގައި މަސައްކަތް ކުރުމަށްފަހު ދެއަހަރު ފަހުން ނޫސްވެރިކަމުގެ ދާއިރާއަށް ނިކުތީއެވެ. އެހެންކަމުން އާޒިމް އޭނާއާއި ދޭތެރޭ އެކަހަލަ ގޮތަކަށް ދެކެންވީ ސަބަބެއް އައްޔާދަށް ނުވިސްނުނެވެ.

****

“ހި ލައިކްސް މީ..” ރިއުމާންގެ ކަންފަތް ދޮށުގައި ލައިބާ ސިއްރު ސިއްރުން ބުނެލިއެވެ. އޭރު އެ ބޮޑު މޭޒު ކައިރީގައި ވަށައިގެން އެތައް މުވައްޒަފުންނެއް ތިބިއިރު އެމީހުން ތިބީ ބައްދަވުން ފެށުމުގެ އިންތިޒާރުގައެވެ. “ސީރިއަސްކޮން؟ ކޮބާ ޓްރައި ކުރީމައެއްނުން އިނގުނީ..” ރިއުމާން ހިނިތުންވެލަމުން ބުނެލިއެވެ.

“އޭނަ ބުނީ ވަރަށް އަވަހަށް އެކުއްޖާ ކައިރި ބުނާނަމޯ.. ދެން ވަރަށް ނޭނގޭ ކަމަށް ހަދާފައި އަހަރެން ވެސް ބުނެފިން އަވަހަށް ބުނާށޭ.” ލައިބާ ވާހަކަދެއްކި އިރު އޭނާ އުފާވެފައި ހުރި ވަރު ހާމަވެއެވެ. އެވަގުތު އެތަނަށް ވަދެގެންއައި ވެބްސައިޓްގެ އިސްވެރިޔާ ފެނި އެންމެން ކޮޅަށް ތެދުވިއެވެ.

އެންމެން އިށީނދެ ހަމަޖެހިލުމުން ލައިބާ އޭނާގެ ގޮނޑިން ތެދުވެ ކުރިމަތީގައި ހުރި ސްކްރީން ކައިރީގައި މަޑުކޮށްލިއެވެ. “އައްސަލާމް އަލައިކުމް.. މި ބައްދަލުވުމަކީ އަޅުގަނޑުމެން މި ކުންފުނީގެ މާކެޓިން މުޅިން ތަފާތު އާ ގޮތަކަށް ބަދަލު ކޮށްލުމަށް ކުރި މަސައްކަތް ތަޢާރަފް ކުރުމަށް ބޭއްވޭ ބައްދަލުވުމެއް.. ވޭތުވެދިޔަ ދެމަސް ދުވަހު ކުރި މަސައްކަތުން ތައްޔާރުވެ ކުރެވުނު މި ވެބްސައިޓްގެ އާފެށުން ތިބޭފުޅުންނާއި ހިއްސާކޮށްލާނަން..” ލައިބާ މިހެން ބުނެފައި އައިސް ގޮނޑީގައި އިށީނދެލުމުން އެބޮޑު ސްކްރީން ހުޅުވިގެން ދިޔައެވެ.

ވެބްސައިޓްގެ އާ ފަރުމާ ކުރުމާއި ރިއުމާންގެ ކުރު އިންޓަވިއު ތަކަކަށްފަހު މުޅިން އާ ލޯގޯ އެއްވެސް ތަޢާރަފް ކުރެވިގެން ދިޔައެވެ. ސްކްރީން ނިމުމުން އެންމެން އަތްތިލަ ބަޑި ޖަހާލުމުން ލައިބާ ހިނިތުންވެލިއެވެ.

“ވަރަށް ފުރިހަމަ މަސައްކަތެއް މިއީ.. ލައިބާ ވަރަށް ބޮޑަށް ޝުކުރިއްޔާ މިހާ ތަފާތު މާކެޓިން ކޮންސެޕްޓްއެއް ތައްޔާރު ކޮށްދިނީތީ.. އަދި ހާއްސަކޮން ރިއުމާންއަށް ބުނެލަން އޮތީ ތިކަހަލަ ނޫސްވެރިއެއް މި ވެބްސައިޓް މަސައްކަތް ކުރުމަކީ އަޅުގަނޑުމެނަށް ލިބޭ ފަޚުރެކޭ.” ވެބްސައިޓްގެ އިސްވެރިޔާ ވާހަކަދެއްކުމުން ރިއުމާން ޝުކުރު އަދާކުރިއެވެ.

ބައްދަލުވުން ނިމިގެން ދިޔައީ ވެބްސައިޓް ތަޢާރަފް ކުރުމަށް ބޮޑު ޚަފްލާއެއް ބޭއްވުމަށް ހަމަޖެހިގެންނެވެ. އޭރު ރިއުމާން ހުރީ މިކަމުގައި ބައިވެރި ވުމަށް އެއްބަސް ވެވުނީތީ ހިތްހަމަޖެހިފައެވެ.

“ތެންކިޔު.. އަސްލު ރިއުމާން ނޫނެކޭ ބުނިނަމަ މިކަން މިހާ ފުރިހަމައެއް ނުވާނެ.. އެންޑް އައި މޭޑް އަ ނިއު ފްރެންޑް..” ލައިބާ މިހެން ބުނުމުން ރިއުމާން ހިނިތުންވެލާފައި އޭނާ ގައިގައި ކުޑަކޮން ބައްދާލިއެވެ. “އިން ރިޓާން.. ލައިބާ ޖެހޭނެ ބޯއިފްރެންޑް ދައްކާލަން..” ރިއުމާން ޖެއްސުމަށް ބުނެލިއެވެ. “އަދި ނުވެޔޭ ބޯއިފްރެންޑަކަށް.. ހެހެހެ. އެކަމު އަދި ދިމާ ވާންވާނެ އިނގޭ..” ލައިބާ ހެމުން މިހެން ބުނެފައި އިތުރު މުވައްޒަފުންނާއި އެކު އެހެން ދިމާއަކަށް ދިޔައެވެ.

ރިއުމާން އޮފީސްތެރެއިން ނިކުމެ ނޫކުލައިގެ އުޑަށް ނަޒަރު ހުއްޓާލަމުން ހަށިފުރައި ނޭވާއެއްލިއެވެ. މިއަދަކީ ހާއްސަ ދުވަހެކެވެ. އައްޔާދްއާއި އެކީ ބޭރަށް ގޮސްލަން ރޭގައި އެދިފައި އޮތުމުން ހެނދުނު ހޭލިންސުރެ ހުންނަނީ ހިތް އަވަސްވެފައެވެ. އޭނާ އާދިލް ކައިރީގައި އެވާހަކަ ބުނަން އުޅެފައި ވެސް ނުކެރުނީ އަދި އައްޔާދްގެ ހިތުގައިވާ އެއްޗެއް އޭނާއަށް ޔަޤީން ނުވާތީއެވެ. ރިއުމާން މިރެއަށް ރީތިވެލަން ބޭނުންވިއެވެ. މިގޮތަށް ފިރިހެންކުއްޖާކާއި އެކު ބޭރަށް ދާ މިއީ ފުރަތަމަ ފަހަރު ކަމުން އޭނާ ތައްޔާރުވެލައި ހިތް އެދުނެވެ. ނަދާ ކައިރީގައި ބުނެގެން ދެމީހުން އެކީގައި ވިޔަފާރި ކޮށްލަން ދާން އެދުމުން ނަދާ ވަގުތުން އެއްބަސް ވިއެވެ. މަގުމަތިން ދިޔަ ކާރަކަށް އަތްނަގައި ރިއުމާން އެއަށް އެރުމަށްފަހު މިސްރާބުޖެހީ ގެއަށް ގޮސް ނަދާއާއި އެކީ ނިކުތުމަށްށެވެ.

****

އޮއްސެމުން ދިޔަ އިރުގެ ރަންދޯދިތައް މޫނަށް އެޅިފައި ވީއިރު ސައިކަލުގައި އިން އައްޔާދްގެ ޚިޔާލުތައް ވަނީ ފުނިޖެހިފައެވެ. އެއްވެސް މިސްރާބެއްނެތި މާލޭގެ މަގުތަކުން ދުއްވަމުން ދިޔައިރު މިރޭ ރިއުމާންއާއި އެކީ ދިއުމަށް ހަމަޖެހިފައި އޮތް ނަމަވެސް އެހިތް ނުތަނަވަސް ވިއެވެ. އިއްޔެގެ ހަމަނުޖެހުމަށްފަހު އަދި އާޒިމްއާއި ދިމައެއް ނުވެއެވެ. ހެނދުނު ޑިއުޓީއަށް ނިކުއިން އިރު އާޒިމް މާ އަވަހަށް އޮފީހަށް ދިޔުމުން ދިމައެއް ނުވިއެވެ. މެންދުރު އެހެންނޫނީ ގެއަށް ކާން އަންނައިރު މިއަދު އެނައީ އައްޔާދްއާއި ދިމާވެދާނެތީކަން އޭނާއަށް ހަމަ ރަނގަޅަށް އިނގެއެވެ.

ފުލުސް އޮފިސަރަކަށް ވެހުރެ ކަމެއް ސާފުނުވަންޏާ އޭނާއަށް ނިކަން އުނދަގޫވެއެވެ. އެއީ ޠަބީޢަތުގައި ހަރުލާފައި ހުންނަކަމެއް ކަމުން އާޒިމް އެފޮރުވާ ކަމެއް އޭނާ ކޮނެގެން ނަމަވެސް ހޯދާނެއެވެ. މި ޚިޔާލުތަކުގައި އިނދެ ދުއްވަމުން ދިޔައިރު އިރުއޮއްސި އަނދިރިކަން ވެރިވެގެން ދިޔައިރު ވެސް އައްޔާދްއަކަށް ނޭނގުނެވެ. ކުއްލިއަކަށް ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ސައިކަލު އެއްކައިރިއަށް މަޑުކޮށްލައި ހުޅުވާލިއިރު ގުޅަނީ މާރިއާއެވެ. “ހަލޯ.. ކީކޭ މަންމާ؟ އާނ މި ދަނީ.” މާރިއާ ގެއަށް އައުމަށް އެދުމުން އޭނާ ސައިކަލުގެ މިސްރާބު ގެއާއިވީ ދިމާއަށް އަނބުރާލިއެވެ.

“ދަރިފުޅާ އާދެބަލަ މި އޭސީ ބަލާލަދޭން.. ހަމަ އެއްގޮތަކަށް ރަނގަޅެއް ނުވި..” ކޮޓަރީގައި ހުރި މާރިއާ ގޭތެރެއަށް ވައިން އައްޔާދް ފެނި ގޮވާލިއެވެ. ކޮޓަރިއާއި ދިމާއަށް ވަންނަން އައި އައްޔާދް ދެކޮޅު ބަލާލީ އާޒިމް ފެނޭތޯއެވެ. “ބައްޕަ ނުދުރުވޭތަ އަދިވެސް؟” އެތެރެއަށް ވަދެ އައްޔާދް އަހާލިއެވެ.

“އާނ.. މިއަދު އޮފީހުގައި މާ ބުރަކޮން އުޅޭ ދުވަހެއް. އެކަމު ނަދާ ވެސް ދެންމެ އައިސްފައި އެދިޔައީ. ދެން ތިވާހަކައެއް ނޫނޭ.. މިހިރަ އޭސީއަށް ވެފައި ހުރި ގޮތެއް ބަލައިލަބަ..” އޭސީ ރިމޯޓު ދެމުން މާރިއާ ބުނެލިއެވެ. ދެތިންފަހަރަކު އެއަށް ފިއްތުމަށްފަހު އޭސީގެ އެއްފަރާތުން ފިނި ނުވާތީ މާރިއާ ކައިރީގައި ގޮނޑިއެއް ގެނައުމަށް ބުނެލިއެވެ.

އައްޔާދް ލައިގެން ހުރި ޓީޝާޓުގެ އަތްކުރު އޮޅާލުމަށްފަހު މާރިއާ ގެނައި ގޮނޑިއަށް އަރައި އޭސީގެ މަތިފަޅި ނައްޓާލުމަށްފަހު އޭގެ އެތެރެ ބަލާލިއެވެ. އިރުކޮޅެއްފަހުން އައްޔާދް ބުނެގެން މާރިއާ ގޮސް އެއްޗެހި ރޫޅުމަށް ބޭނުންކުރާ ސާމާނު ހިފައިގެން އައެވެ. “ދީބަ ސްކްރޫ ޑްރައިވާ. މަންމާ.. ވާހަކައެއް އަހާލަންތަ؟” އެހެން ހުރެފައި އައްޔާދަށް ޚިޔާލެއްއައެވެ. ބައްޕަ ފަރާތުން ނޭނގުނިއްޔާ ފަހަރެއްގައި ވެގެން އުޅޭގޮތް މަންމަ ފަރާތުން އިނގިދާނެއޭ އޭނާ ހިތަށް އެރިއެވެ.

“ހޫމް..” ކައިރީގައި ހުރި މާރިއާ ފޮށި ތެރެއިން ސްކްރޫ ޑްރައިވާ ނަގައި އައްޔާދަށް ދިއްކޮށްލަމުން ބުނެލިއެވެ. “މަންމަ ހަނދާން ވޭތަ އެއްފަހަރު އީދަށް ޒުބޭރުބެ ރަށަށް ދިޔަ ހަނދާން. ރިއުމާންމެން ކައިރިއަށް..” އައްޔާދް މަސައްކަތް ކުރަމުން އަހާލިއެވެ. “އާނ.. ވަރަށް މަޖާ ފަހަރެއް އެއީ.” ހިނިތުން ވެލަމުން މާރިއާ ބުނެލިއެވެ.

“ހިނގާ ދޯ މިފަހަރު ގޮސްލަން…” އައްޔާދް އޭނާގެ މަންމައަށް އެއްކަޅިން ބަލައިލަމުން އަހާލިއެވެ. އެވަގުތު މާރިއާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ. “މަންމައަށް ހިއެއްނުވޭ ދެވޭނެ ހެންނެއް..” މާރިއާ މިހެން ބުނުމުން އައްޔާދް އެވާހަކަ އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ. “އެކީއްވެ؟ ބައްޕަގެ ރައްޓެއްސެއް ނޫންތަ އެއީ؟” އައްޔާދްގެ ސުވާލުން މާރިއާ ހިމޭން ވިއެވެ. “އާނ.. ކުރިން ދޯ އެއީ. ފަހުން ފަހުން އައިސް ބައްޕަ ޒުބޭރުއާއި ވާހަކައެއް ނުދައްކާ ކަންނޭގެ.” މާރިއާ މިހެން ބުނުމުން އައްޔާދް އޭނާ އޮޅުން ފިލުވަން ބޭނުންވާ ވާހަކައާއި ދިމާއަށް މިސްރާބުޖެހިއެވެ. “އެކީއްވެ؟ ނުލާހިކު ގާތްކޮންނުން އޭރު އުޅުނީ. ރިއުމާންމެން ވެސް ކިހާ ރަނގަޅު.” އައްޔާދްގެ ސުވާލުން މާރިއާ ގޮސް އެނދުގައި އިށީނދެލިއެވެ. އޭރު އައްޔާދް އޭނާގެ މަސައްކަތް ކުރަމުން ދިޔައިރު މާރިއަށް އޭނާގެ ސަމާލުކަން ހުއްޓިފައިވިއެވެ.

“އަސްލު މަންމައަކަށް ވެސް ނޭނގެ ވީގޮތެއް.. އެފަހަރު އީދަށް ގޮސްފައި އައިންސުރެ އެވާހަކައެއް ނުދައްކާ. އޭޣގެ ފަހުން ވެސް އަހާލަން ރިއުމާންގެ ވާހަކަ.. އެކުއްޖާ ރަށުން ކިޔަވާ ނިމުނީމަ މިކޮޅަށް ފޮނުވާފައި މިގޭގެ ބަހައްޓަ ދޭން ވާނެއޭ ވެސް ޒުބޭރު ބުނެފައި އޮތީ. މަންމައަށް ވަރަށް ކަމުދިޔަ ކުއްޖެއް އެއީ.. އެވާހަކަ އެހީމަ ވެސް ބުނި އެކަމެއް ނުވާނެޔޯ. ޒުބޭރުއާއި ވާހަކަ ނުދައްކާހެން މިހާރު ހީވަނީ..” ޚިޔާލަށް ގެއްލިފައި އިނދެ މާރިއާ ބުނެލިއެވެ.

“ކީއްވެ ކުއްލިއަކަށް ތިހާ ބޮޑު ބަދަލެއް އައީ.. މައްސަލައެއް ޖެހުނީތަ؟” އައްޔާދް ޝައުޤުވެރިވެފައި ހުރެ އަހާލިއެވެ. “ނޭނގެ.. ހަމަ ބައްޕައަށް ވީގޮތެއް އިނގޭނީ ވެސް. ދެން ދަރިފުޅު ކީއްކުރަން ކުއްލިއަކަށް އެވާހަކަ ތި އެހީކީ؟” މާރިއާ އިންތަނުން ތެދުވަމުން އަހާލިއެވެ. “ކަމެއްނުވޭ.. ހަމަ ހިތަށް އެރީ. ކޮބާ ރިމޯޓު.. އޭސީ ޖައްސާލަބަ މިހާރު..” އައްޔާދް ގޮނޑިން ފައިބަމުން ބުނެލިއެވެ. މިކަން އާޒިމްގެ ފަރާތުން ނޫނީ ނޭނގޭނެތި އައްޔާދް އިތުރު ގޮތެއް ވިސްނަން މަޖުބޫރު ވިއެވެ. މިރޭ ރިއުމާންއާއި ބައްދަލު ކުރުމުގެ ކުރިން އާޒިމްގެ ފަރާތުން އެފޮރުވާ ކަމެއް އޭނާ ދެނެގަންނާނެއެވެ.

****

އެނދުމަތީގައި ދެތިން ހެދުން އޮތް އިރު ރިއުމާން އެއްފަހަރު އެއް ހެދުން ލައި ކަމު ނުގޮސްގެން އަނެއް ހެދުން ލިއެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން އިން ނަދާ އަތުގައި އޮތް ބަނބުކެޔޮ ދަޅުން އިރު އިރުކޮޅަކާއި އެތިކޮޅެއް ނަގައި އަނގައަށް އަޅާލައެވެ. “ތި ހެދުން މާ ރީތި ކަންނޭގެ..” ލޯ ގަނޑު ކުރިމަތީގައި ހުރެ ދެފަރާތަށް އެނބުރި އެނބުރިފައި އަމިއްލަ ސޫރައަށް ބަލަން ހުރި ރިއުމާންއާއި ދިމާއަށް ނަދާ ބުނެލިއެވެ.

“މިކުލަ ތަންކޮޅެއް ލައިޓްއެއް ނޫންތަ؟” ހެދުމުގެ ފަސްބައިގެން ހިފައްޓައިގެން ހުރެ ރިއުމާން ބުނެލިއެވެ. އޭނާގެ ދިގު އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލެވިފައި ވާއިރު ލައިގެން ހުރި ހެދުން ކަމު ނުގޮސް ގެން ބާލަން އުޅުނެވެ. އެވަގުތު ކޮޓަރީގައި ޓަކި ޖަހާލުމުން ރިއުމާން ދޮރު ހުޅުވާލިއިރު ބޭރުގައި ހުރި ހަމްނާ އެތެރެއަށް ދެމި ގަތެވެ.

“އާއްޗާ.. ހާދި ރީއްޗޭ ތިހެދުން. ކޮންތާކަށް ދާން ތިއުޅެނީ؟” އެތެރެއަށް ވަދެ ދޮރު ތަޅު ލުމަށްފަހު ރިއުމާންއަށް ނަޒަރު ހުއްޓާލަމުން ހަމްނާ އަހާލިއެވެ. “އޮން އަ ޑޭޓް..” ނަދާ ތުއި ގޮތަކަށް ބުނެލުމަށްފަހު ހޭންފެށިއެވެ. ރިއުމާން ލަދުން އޭނާއަށް ލޯ އަޅާލުމަށްފަހު އެނދުމަތީގައި އޮތް މެރޫން ހެދުމެއް ނަގަމުން ދުރަށް ޖެހިލައި އެ ހެދުން ގަޔަށް މަހާލިއެވެ.

“މީތި ކިހިނެތް؟” ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން ރިއުމާން އަހާލިއެވެ. “ތިހެދުން މާ ސަޅި ކަންނޭގެ.. ތި ހެދުމާއި އެއްކަލަ ކްރީމް ޝޯލް ގުޅޭނެ” ނަދާ އަވަސް އަވަހަށް ބުނެލިއެވެ. “ކޮންމެ ހެދުމަކަށް ތިހެން ތިބުނަނީ..” ރިއުމާން އުނުގައި ދެއަތް އަޅާލަމުން ބުނެލިއެވެ. “ތިހެދުން ރީތީ.. ކާކާ އެކީތަ ތި ދަނީ؟ ހޫ އިޒް ދިސް މިސްޓީރިއަސް ގައި؟ އާދިލް ދޯ” ހަމްނާ މިހެން ބުނުމުން ރިއުމާން ގާތަށް ހިނިއައެވެ.

“އާދިލް؟ ނޯވޭ.. އެއީ ހަމަ އެންމެ ގާތް ފްރެންޑް އިނގޭ.” ރިއުމާން ހެދުމުގައި އަތް ހާކާލަމުން ބުނެލިއެވެ. “ދެން ކާކު ތިހެން ވީއިރު..” ހަމްނާ މިހެން ބުނިތަނާ ކޮޓަރީގައި ޓަކި ޖަހާލި އަޑަށް ގޮސް ދޮރު ހުޅުވާލި އިރު ބޭރުގައި ހުރީ ފާތުމައެވެ. ނަމާދު ފޮށާ އަޅައިގެން ހުރެ އެތެރެއަށް ވަދެ އޭނާ ދޮރު ލެއްޕިއެވެ. “ކީއްތިކުރަނީ އެންމެން އެއްކޮން.. އަހާ ރިއުމާން. ހާދަހާ ނަލަ ކޮށްލައިގެން.” ދުރުގައި ހުރި ރިއުމާން ފެނި ފާތުމަ ބުނެލިއެވެ.

“ހޫމް.. ރިއު ދަނިއްޔޯ ޑޭޓަކަށް މަންމާ..” ފާތުމަ އިށީންނަށް އެނދުން ތައްކޮޅެއް ދައްކަމުން ނަދާ ލާނަތް ގޮތަކަށް ބުނެލިއެވެ. “ޑޭޓެކޭ؟ އެކޯޗެއް؟” އެނދުގައި އިށީނދެލަމުން ފާތުމަ ނޭނގިފައި އަހާލިއެވެ. “އެއީ ފިރިހެން ކުއްޖަކާއި އެކީ މާ ފޮޅުވަން ދިއުން..” ހަމްނާ ހިނިގަނޑެއް ޖަހާލަމުން ރިއުމާން ގޮނޑިމަތީގައި ކުރިން ބާލާފައި ބޭއްވި ހެދުން ނަގައި އޭނައާއި ދިމާއަށް އެއްލިއެވެ. “އޭ ދޮގެއް ދައްތާ.. މިދެން ރައްޓެއްސަކާއި އެކީ ބޭރަށް ގޮސްލަނީ.” ރިއުމާން ލޯ އަޅާލަމުން ބުނެލިއެވެ.

“ދެން ތިހާ ފަރިވެގެންތަ ދަނީ ރައްޓެއްސަކާއި އެކީ؟” ފާތުމަ ދިމާކޮށްލުމުން ރިއުމާން ލަދުން އިސްޖެހިއެވެ. “އެމަޖާ ކޮއެފުޅާ.. ވަރަށް ރީތި ތިހެދުން. ތީތި ލައިގެން ދާންވާނީ. ތިކަން ކާމިޔާބުވެއްޖެއްޔާ ކެއުން އޮންނަން ވާނެ އިނގޭ.” ފާތުމަ ތެދުވެގެން އައިސް ރިއުމާން ފަހަތުގައި ހުއްޓިލަމުން ބުނެލިއެވެ. “ދެން ދައްތާ..” ރިއުމާން ރަކި ވެފައި ބުނެލިއެވެ.

****

ފެންވަރައިގެން ނިކުއިން އައްޔާދް އުނުގައި ތުވާލި އޮޅާލައިގެން ހުރިއިރު ގައިގައި ފެންތިކިތައް ހަރުލާފައި ވިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ބޮލުން ފެން ފޮޅާލުމަށްފަހު އޭނާ ތައްޔާރު ވާންފެށިއެވެ. އިރުއިރުކޮޅުން ގަޑި ބަލާލާއިރު އޭނާ އަތްމަތި އަވަސްކޮށްލިއެވެ. އަލަމާރި ހުޅުވާލުމަށްފަހު އެއިން ނެގި އަތްދިގު ކަޅު ޓީޝަޓެއް ގަޔަށް މަހާލިއިރު އެބާރު ޓީޝާޓުން އަތުގެ މަސްތައް ރީތިކޮން ފާޅުވާން ހުއްޓެވެ.

ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން ބޮލުގައި ޖެލް ކޮޅެއް ލުމަށްފަހު އިސްތަށިތައް ފަހަތަށް ވާގޮތަށް އަޅާލިއެވެ. ފުލުހަކަށް ވީތީ މާބޮޑަށް އިސްތަށި ދިގު ކުރެވެން ނެތުމުން ފުއްކިބައި ތުނިވެފައި ބޮލުގެ މެދަށް ވާގޮތަށް އިސްތަށިތައް ބޯވެފައި ވިއެވެ. ގަޑި ނަގައި އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ‘ހިއުގޯ ސެންޓު’ ފުޅިން ކަރުދޮށަށް ދެފަހަރަކު ޖަހާލުމުން އޭގެ ވަސް މުޅި ހިސާބުގައި ހިފާލިއެވެ.

އެނދުމަތީގައި އޮތް ފޯނު ނަގައި އޭނާ އާޒިމަށް ގުޅަން އުޅެފައި ވެސް ޚިޔާލު ބަދަލު ކޮށްލަމުން އެ ކޮޓަރިން ނިކުމެގެން ގޮސް އަނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށް ވަނެވެ. “އަނާ.. ބައްޕަ އަދިވެސް އޮފީހުގަތަ ވީ؟” އައްޔާދް މިހެން ބުނުމުން އެނދުމަތީގައި ލެޕްޓޮޕުން މަސައްކަތް ކުރަން އިން އަނާ އޭނާއަށް ސަމާލުކަން ދިނެވެ. “އަދި ނާދޭ ގެއަކަށް.. އޮފީހުގައި ކަންނޭގެ ވާނީ..” އަނާ ބުނެލިއެވެ.

“ގުޅާލާފައި އަހާލަބަ ކޮންތާކުތޯ؟ ދޮންބެ ފޯނުގައި ބެލެންސެއް ނެތް.” އައްޔާދް މިހެން ބުނުމުން އަނާ ފޯނު އާޒިމަށް ގުޅާލުމަށްފަހު އޭނާ ވީތަނެއް އޮޅުން ފިލުވާލިއެވެ. “އޮފީހުގަޔޯ..” އަނާ ފޯނުބޭއްވުމަށްފަހު ޖަވާބު ދިނުމާއި އެކު އެތަނުގައި މަޑުނުކޮށް އައްޔާދް އެތަނުން ދިޔައެވެ.

ލިފްޓުން ފޭބުމަށްފަހު އޭނާ ސައިކަލަށް އަރައި މިސްރާބު ޖެހީ އާޒިމްގެ އޮފީހާއި ދިމާއަށްށެވެ. އާޒިމް އޭނައާއި ވާހަކަ ދައްކަން ޖެހިދާނެތީ ގެއަށްނައި ކަމުގައި ވިޔަސް އޭނައަށް އާޒިމް ކުރިމައްޗަށް ދެވިދާނެއެވެ. ރިއުމާން ބަލާދާން އަދި ބައި ގަޑިއިރު އޮތުމުން އޭގެ ކުރިން އޭނާ އާޒިމްއާއި ބައްދަލުކޮށް ހުރިހާ ކަމެއް އޮޅުން ފިލުވާނެއެވެ.

****

އާޒިމް އޭނާގެ ބޮޑު ގޮނޑީގައި ލެނގިލައިގެން އިންއިރު މޭޒުމަތީގައި ހުޅުވާފައި ހުރި ފައިލްތައް ކިޔަމުން ދިޔައެވެ. އޮފީހުން އެންމެން ކަހަލަ ގޮތަކަށް ގެއަށް ގޮސްފައި ވީއިރު އެނާ ގެއަށް ނުދާން އެއިނީ ސަބަބެއް ނެތިއެއް ނޫނެވެ. ގެއަށް ދާތަނުން އައްޔާދްގެ ސުވާލުތައް އަނެއްކާ ވެސް އަމާޒުވާނެތީ އެކަމާއި ކުރިމަތި ނުލާށެވެ. އޭނާއަށް އިނގޭ ކަންތައް އައްޔާދްއަށް ކިޔާދޭނެހައި ހިތްވަރެއް އާޒިމް ކިބަޔަކު ނެތެވެ. ކުއްލިއަކަށް ކެބިންގެ ދޮރު ހުޅުވުނު އަޑަށް އާޒިމް ސިހުނެވެ. މިގަޑީގައި އޭނައާއި އެކަކުވެސް ބައްދަލު ކުރަން އައިސްގެން ނުވާނެ ކަމަށް ބުނެފައި އޮއްވައި މީހަކު އައުމުން އޭނާ ހިތްހަމަ ނުޖެހުނެވެ.

ނަމަވެސް އެއްޗެކޭ ބުނަން އިސްނެގި ވަގުތު އެތެރެއަށް ވަދެގެން އައި އައްޔާދް ފެނި އާޒިމްގެ ވާހަކަ ހުއްޓުނެވެ. “އައްޔާދް. ކީއްކުރަން މިގަޑީގައި މިތަނަށް ތިއައީ؟ އޭނާ ހައިރާންވެފައި އަހާލިއެވެ. “ބައްޕައަށް ހަމަ ރަނގަޅަށް އިނގޭނެ އަޅުގަނޑު މިވަގުތު މިތަނަށް މިއައީ ކީއްވެގެންކަން.. މިއަދު އެއްކޮން ގެއަށް ނުދިޔައީ ވެސް އަޅުގަނޑާއި ދިމާވެދާނެތީ އެއްނުން. ބަޓް އައި އެމް ހިއާ. އެންޑް އައި ވޯންޓް އާންސާޒް” އެ ބޮޑު މޭޒުގައި އަތް ވިއްދާލަމުން އައްޔާދް ވާހަކަދެއްކި އިރު އޭނާގެ ހައިބަތު ބޮޑުކަމަށް ދައްކައެވެ. އެލޮލުގައި ވީ ބެލުމުން ވެސް މިފަހަރު އޭނާ އެހުރީ ހުރިހާ ޖަވާބެއް އާޒިމް ފަރާތުން ހޯދައިގެން ނޫނީ ނުދާންކަން އިނގެއެވެ.

“ލުކް.. ބައްޕަ ބުނެފިން ދޯ މިހާރު އައްޔާދްއަށް ހުރިހާ ކަމެއް އިނގުން މުހިއްމެއް ނޫނޭ.. ދަރިފުޅަށް ރަނގަޅަކަށް ހަމަ މިބުނަނީ އެ އަންހެންކުއްޖާއާއި ދުރުވާށޭ..” އާޒިމް ގޮނޑީގައި ލެނގިލަމުން އޭނާ ވެސް ގޮތުގައި ހިފައްޓާލަމުން ބުނެލިއެވެ. “ރިއުމާން. ހާ ނޭމް އިޒް ރިއުމާން!” އައްޔާދް ހިތްހަމަ ނުޖެހިފައި ބުނެލި އިރު އޭނާގެ ކަތުރުކަށިގަނޑަށް ގެނައި ހަރާކާތުން ވެސް ރުޅިގަނޑު މައިތިރި ކުރަން މަސައްކަން ކުރާކަން ހާމަވެއެވެ.

“އެންޑް އައި ޑޯންޓް ކެއާ!” އާޒިމް ގޮނޑިން ތެދުވެ މޭޒުގައި އަތް ވިއްދާލިއިރު ދެބަފައިން ތިބީ އެއްގޮތަކަށް އެކަކު އަނެކަކުގެ ކުރިމަތީގައެވެ. ދެމީހުން ވެސް އަމިއްލަ ގޮތުގައި ހިފައްޓައިގެން ތިބިއިރު އައްޔާދަށް ލިބިފައި އެހުރީ ހަމަ އާޒިމްގެ ގޮތްގަނޑެވެ. “ބައްޕަ ޖަވާބު ނުދެނީހެއް އަޅުގަނޑު ނުދާނަން މިތާކުން.. ސޯ ޕްލީޒް.” އައްޔާދް ހަރުކަށިކަމާއި އެކު ބުނެލިއެވެ. އެންމެފަހުން އައްޔާދް ގޮތްދޫ ނުކުރާނެކަން އިނގުމުން އާޒިމް ފުންނޭވާއެއް ލުމަށްފަހު ގޮނޑީގައި އިށީނދެ ދެއަތުން ނިއްކުރީގައި ހިފައްޓާލިއެވެ.

“އެއީ އީދަށް އެރަށަށް ދިޔަ ފަހަރު..” އާޒިމް ކިޔާދޭން ފެށުމުން އައްޔާދް ކައިރީގައި ހުރި ގޮނޑިދަމާލަމުން އޭގައި އިށީނދެ ހަމަޖެހިލިއެވެ. “އެއްރޭ ޝޯ ނިންމާފައި ބައްޕަ ބޮލުގައި ރިއްސާތީ ގެއަށް އައީ. އޭރު ގޭގެ އިތުރު މީހަކު އުޅޭކަމެއް ނޭނގެ. ދެން ޕެނެޑޯލް ގުޅައެއް ހިފައިގެން ބަދިގެއަށް ދާން ނިކުއިން ވަގުތު.. ރިއުމާންގެ ކޮޓަރިން އަޑުފަށްގަނޑެއް އިވުނީ.. އެއްޗެއް ވެއްޓުން އަޑު.” އާޒިމް ހުއްޓި ހުއްޓިފައި ވާހަކަ ދައްކަމުން ދިޔައިރު އެކަންތައް ކިޔާ ދޭން ވެސް އޭނާއަށް އުނދަގޫ ވިއެވެ. އޭރު އައްޔާދް ކަނުލާ އެވާހަކަތައް އަޑު އަހަން އިނެވެ.

“ދެން ގޭގެ އިތުރު މީހެއް ނޫޅޭތީ ވީ ގޮތެއް ބަލައިލަން އެކޮޓަރި ކައިރިއަށް ގޮސް ތަޅުގައި ހިފާލި އިރު ރަނގަޅަށް ދޮރު ނުލެއްޕި ހުރީ.. މިހާރު ހިތަށް އަރައި ކައިރި ނުވެވުން ނަމައޭ ވެސް. ބައްޕަ ދޮރު ހުޅުވާލި އިރު..” އާޒިމް ދެބުމަ ގޮށްޖަހައިގެން އިންއިރު އެހިސާބުން ކުރިއަށް ގެންދަން ޖެހިލުންވިއެވެ. “ކިހިނެތްތަ ވީ؟ ބައްޕާ..” އާޒިމް ހިމޭނުން އިނުމުން އައްޔާދް އަހާލިއެވެ. “ލަދުވެސް ގަނޭ މިވާހަކަ ދައްކަން.. މިހާ ދުވަސް ވީއިރު އެއްވެސް މީހެއް ކައިރި ނުބުނަން.” އާޒިމް އެކަން ހާމަ ކުރަން ޖެހިލުންވިއެވެ. “ޑޭމް އިޓް ޑޭޑް.. ކިހިނެތްތަ ވީ؟” ކެތްތެރިކަން ކޮޅުން ލުމުން އައްޔާދް ހިތްހަމަނުޖެހިފައި އަހާލިއެވެ.

“ރިއުމާން.. ރިއުމާން އޮތީ ޒުބޭރު ގައިމަތީގައި! އިޓް ވޮޒް ޑިސްގަސްޓިން!! އަޑު އިވިއްޖެ” އާޒިމް އަޑަށް ބާރުލާފައި މިހެން ބުނުމުން އައްޔާދް އިނީ ބުނާނެ އެއްޗެއް ނޭނގި ގަބުވެފައެވެ. އާޒިމް އެބުނިއެއްޗެއް ދޭހަވުމުން އައްޔާދް ކުއްލިއަކަށް އޭނާ އިން ގޮނޑިން ތެދުވިއެވެ. “ބައްޕަ ކީކޭ ތިކިޔަނީ! ނޫން..” އެކުރު އިސްތަށިކޮޅަށް އަތް މަހާލަމުން އައްޔާދް ހާސްވެފައި ހުރެ ބުނެލިއެވެ. އެވާހަކަ ޤަބޫލު ކުރަން އެހިތް ދެކޮޅު ހެދިއެވެ.
“ބައްޕައަށް އޭރު ވެސް އިނގޭ އައްޔާދް ޤަބޫލު ނުކުރާނެކަން. އެކަމު އެއީ ހަޤީޤަތަކީ! މިދެލޮލުން އަހަރެން ދުށިން އެ މުޑުދާރު.. ލަދުން ބޯހަލާކުވޭ އެ ޒުބޭރުއާއި ރަޚުމަތްތެރިކަން ބޭއްވުނީތީ ވެސް. އޭނާގެ ދަރި ތިބުނާ ރިއުމާންގެ ހުރި ގޮތްކުޑަކޮން އެހުންނަނީ! އެހެންވެއޭ މި ބުނަނީ އޭނައާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެޔޭ.. އަހަރެން ބޭނުމެއްނޫން އެހައި ދަށުދަރަޖައިގެ ކުއްޖަކާއި އައްޔާދް އެއްވެސް ގުޅުމެއް ބާއްވާކަށް!” އާޒިމް ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަދެއްކި އިރު އޭނާ ލަދުން އައްޔާދްއާއި ހަތަރު ކަޅި ހަމަކުރަން ވެސް ފަސްޖެހެވުނެވެ.

އޭރު އައްޔާދް އޮފީސްތެރޭގައި ދެކޮޅަށް އެނބުރި އެނބުރި ހުރިއިރު އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގާދާނެ ހެންނެވެ. ރިއުމާން އެފަދަ އަމަލެއް ކޮށްފާނެ ކަމާއިމެދު އޭނާ ޝައްކެވެ. ރިއުމާންއެއީ އެކަހަލަ ކުއްޖެއް ނޫނޭ އަމިއްލަ ނަފްސު ބުނަމުން ދިޔަ ނަމަވެސް އާޒިމް އެކަހަލަ ބޮޑު ދޮގެއް ނަހަދާނެކަން ވެސް އޭނާއަށް އިނގެއެވެ. ޤަބޫލު ކުރަންވީ ކޮންގޮތެއް ކަމެއް ނުވިސްނުނު އިރު އޭނާ ހާސްވެ ނިއްކުރިން ދާތިކި ބަބުޅަމުން ދިޔައެވެ.

އޭނާ މިތަނަށް އައިރު އެއްވެސް ވަރަކަށް މިކަހަލަ ވާހަކައެއް އަޑުއިވޭނެ ކަމަކަށް ފަހަރެއްގައި ވެސް ހިއެއް ނުކުރެވެ. އެވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އެނަގައި ބަލާލިއިރު ގުޅަނީ ރިއުމާންއެވެ. އޭނާ ބަލާދާ ގަޑި ޖެހުނީކަން އިނގުމުން އައްޔާދް ހަދާނެ ގޮތް ހުސްވިއެވެ. އެއްފަހަރު އާޒިމަށް އަނެއްފަހަރު ފޯނަށް ނަޒަރު ހުއްޓާލާއިރު ރިއުމާން އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ. ނަމަވެސް އަމިއްލަ ބައްޕަ ހަދަހަދައިގެން އެފަދަ ވާހަކައެއް ނުދައްކާނެއެވެ. އޭނާ ގޮނޑީގައި އިށީނދެ ކަކުލުގައި އުޅަނބޮށި ވިއްދާލަމުން އަތުން ބޮލުގައި ހިފައްޓާލި އިރު ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ލައިފް (5 ވަނަ ބައި)

Next

އެވިއްސާރަ ރޭ… ހަވަނަބައި

Next
January 20, 2017

އެވިއްސާރަ ރޭ… ހަވަނަބައި

Previews
January 19, 2017

ލައިފް (5 ވަނަ ބައި)

24 Comments!

  1. layaal says:
    January 19, 2017 at 9:15 pm

    Enjoy reading.
    Will he be able to see the truth?

    1. Hoooooo says:
      January 19, 2017 at 10:07 pm

      He should.

  2. hyny says:
    January 19, 2017 at 9:21 pm

    v salhi

  3. hyny says:
    January 19, 2017 at 9:24 pm

    woow me 1st

  4. hyny says:
    January 19, 2017 at 9:24 pm

    woow me 2nd

  5. niroo says:
    January 19, 2017 at 9:30 pm

    Love it! ayaadh gaboolu nukuraathi. aazim ah adhi hageegai neygeni. riuman is not like that.
    Layaa love you!! ???????????

  6. lilly says:
    January 19, 2017 at 9:44 pm

    ❤️❤️ ayaadh is ??
    plx get them together! riuman aslu v goi kiyaa dheyne dhw

  7. Xoxo says:
    January 19, 2017 at 9:47 pm

    Oh plxxxx!!! Stop commenting i am 1st…
    I am 2nd…

    1. Mik says:
      January 19, 2017 at 11:10 pm

      Hahahahaa

  8. Aish says:
    January 19, 2017 at 9:55 pm

    Navies dho xoxo

  9. minna says:
    January 19, 2017 at 10:00 pm

    nimun iru hama hiy thelheyy. wow layaa. varah furihama ebai gens dheefa in goi ??

  10. cool guy says:
    January 19, 2017 at 10:05 pm

    Ayaadh fakeerah vee goi. hiy halaaku v ekoe ge ?
    varah salhi igey. abadhu kiyaa hiy vani hama

  11. Faathee says:
    January 19, 2017 at 10:11 pm

    Alhe dhen no. Ayyadh vaane Riumaan aa ehkoh date ah dhaan. Pls layaal ayyadh n Riumaan gulhuvan vaane

  12. Mary says:
    January 19, 2017 at 10:23 pm

    Ayyaadh nudhaane riumaan aa ehkoh date akah. Laibaa aa ayyaadh aa gulheyny.. dhn fahun ayyaadh ah riumaan ge hagygai ingeynyy…. oh layaa waiting for new twist….

  13. Myshu says:
    January 20, 2017 at 12:23 am

    Aanaa yah keevetha abadhu Nadha liyevifa e onnaneee

  14. Bolirava says:
    January 20, 2017 at 3:58 am

    Mikahala kameh kudairu dhimaavejjeyya enmenves goas kuraany e kujjeh.. E kujja label vaany goas kujjege gothuga.. Myhunge visnun badhalu kuran vejje ennu..

  15. Sharu says:
    January 20, 2017 at 8:09 am

    Ayyaadh and Riumaan made for each other.. they both together will be perfect couple.. please Layaa e dhe myhun dhuru nukurahchey.. please dont lost our hopes and intrest..

  16. Yax says:
    January 20, 2017 at 9:02 am

    Ah ? layaa what are you going to do now??
    Kihvetha riu ah abadhu when vanity??
    Riumaan diserve ayaadh?
    Layaa love u ?

  17. Yax says:
    January 20, 2017 at 9:04 am

    *ehen vaniy

  18. loo says:
    January 20, 2017 at 7:09 pm

    Layaaa when is next part?? Plx upload soon. Cant wait.. iru irukolha check kollevey.

  19. Jeen says:
    January 20, 2017 at 7:20 pm

    Kiya hithun hama iru kolhaka beley eba.. Alheyy layaa haadha molhey dhwww… Story is awesome :-* mirey up kuraanan dhww.. Alhe ayyaadh dhaanebaa… Nidhaa iru huvafenun ves feney story Mihaaru..

  20. Faathee says:
    January 20, 2017 at 9:27 pm

    Alhey mirey up kohla dhecehy. Waiting

  21. Jeen says:
    January 20, 2017 at 10:36 pm

    Layaa alhe vaanuvaa angaalaba.. Mirey up nukurevenyaa ves.. Iru kolhu kolhaa eba beley…

  22. layaal says:
    January 20, 2017 at 10:41 pm

    Hey i know you all are waiting. 11 ga up vaane igey ?

Comments are closed.

Next Episodeވަންހަނާ (20)←


All Right Reserved!