އެއީ ކީއްވެ؟
3 ވަނަ ބައި
ޖަމީލާ ދިޔަގޮތަށް ދިޔައީ ދުންޔާގެ ކޮޓަރިއަށެވެ. މާދުރަށްވެސް އޭނާ ރޯއަޑު އިވެއެވެ.
“އަޅެ ދަރިފުޅާ ހުއްޓާލަބަލަ ތަގްދީރުގައި ވާން އޮތްކަމެއް ވާނެ”
“މަންމާ އަހަރެންނަށް ކުޑައިސުރެ އަހަރެންނަށް ވަނީ މިހެންނެއްނު އަސްލު ޝާހިދު ދެކެ ކުރީގައި ލޯބިވީ އަހަރެންނެއްނޫންތަ އެކަމަކު ކާވެނި އެކުރަނީ ދައްތަޔާ ކިޔެވުމުގެ ރޮނގުންވެސް ދައްތަ އަހަރެން ފެއިލް ކޮޮށްލި އޭނާ ވިހަލާ ހަރުފައެއް ފަދައިން އަހަރެންގެ އުފާ ތަކަށް ވިހަލާފި މިކަމަށް ޓަކައި އަހަރެން ދައްތަޔަށް ދުވަހަކުވެސް މާފެއް ނުކުރާނަން..”
ދުންޔާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
” މަންމަޔަށް ހީވަނީ ދަރިފުޅުގެ ހަޔާތަށް ޝާހިދުއަށް ވުރެ މާގާބިލް މީހަކުވެސް އައިސް ދާނެއޭ. އެހެންނޫނަސް ﷲ ޔަތީމު ކުއްޖަކަށް ބައްލަވާ ވޮޑިގަތީ ނަސީބެއްނު ގޭގަ އިންދާ ރަނގަޅު ހާންދާނެއްގެ މީހެއް އައިސް އޭނާއާއި ކައިވެނި ކުރާކަން. އެހެންނޫނީ އެކަންތަސްގަޑުވެސް އޮންނާނީ އަހަރެމެންގެ ބޮލުގައި ނޫންތަ ” ޖަމީލާ އެއްނޭވާއިން ހުރިހާ ވާހަކައެއް ދައްކަމުން ދިޔައެވެ.
“މަންމާ ބުނާނެއެއްޗެއް ނެތް ދެން އަސްލު ޔަތީމަކީ އަހަރެން، އޭނާއެއްނޫން، އަހަރެންގެ އުފާތަށް ކަތިލާފަ އަހަރެންގެ ލޯބިވެރިޔާ
ޖަހައިގެން އޭނާ އާއި ކައިވެނިކޮށްގެން އެގެޔަށް ގޮސް އެގޭގައި އޭނާ ރަނި ކަންކުރާގޮތް ބަަލަން އަހަރެންނަށް ކެތްވާނެތަ؟”
ދުންޔާ ރޮމުން މަންމަގައިގާ އޮޅުލައިގެން ވާހަކަ ދެއްކިއެވެ.
“މަންމާ އަހަރެން ގެ ހުރިހާ އުފާތައް އޭނާ ކަތިލާއިފި އަހަރެން ދެން އޭނާއަށް ދައްތަވެސް ނުކިޔާނަން މަންމަމެން އަހަރެންދެކެ ލޯބި ވާނަމަ އޭނާ ހަމަ މިހާރު މިގެއިން ނެރެލާ އެގޮތްކުޑަ އަންހެން ކުއްޖާ ޝާހިދުއަށް ޖާދު ޖެއްސީ ކޮންގޮތަކުން ކަމެއްވެސް ނޭނގޭ..ދީވާނާ އެއްހެން މިއަދު އައިސް އޭނާގެ ކައިވެންޏަށް އެދުނީ.. އަހަރެން ބޭނުމެއް ނޫން އެއަންހެނާގެ މޫނު ދެކެންވެސް މަންމާ އޭނާ މިގެއިން ނެރެލާ ހަމަ މިހާރު”
ދުންޔާ އެންމެ ފަހުގެ ނިންމުން ނިންމި ކަހަލައެވެ.
ދުންޏާ ދެއްކި ހުރިހާވާހަކައެއްވެސް އެކޮޓަރީގެ ބޭރުގައި އަޑުއަހަން ހުރި ނިޝާއަށް އަޑުއިވުނެވެ. އޭނާ ވަރަށް ދެރަވިއެވެ. މޫނުގައި އަތް އަޅައިގެން ގެއިން ނިކުމެގެން ދުވަމުން އޭނާ ދިޔައީ އަބާމެންގެ ގެޔަށެވެ.
އަބާ ނިޝާ ހިންހަމަ ޖައްސަން ވާހަކަ ދައްކަމުން ދިޔައެވެ.
“އަބާ އަހަރެންނަކަށް ނޭނގޭ ޝާހިދު އެއީ ކާކު ކަމެއް ކޮއްކޮ ޝާހިދު އާއި ގަޔާވެގެން އުޅުނީ އަހަރެން އެދެމެދަށް ވަންނާކަށް ބޭނުމެއްނޫން ކަމަކާ ނުލާ ކޮއްކޮގެ ކުރިމަތީ އަހަރެންނަކީ ކޮއްކޮގެ އުފާތަށް ފޭރޭމީހަކަށްވެ ނިމިއްޖެ އަބާ”
“ޝާހިދު އެންމެ ފަހަރަކުވެސް ނުބުނޭ ތިމަންނަ ދުންޏާ ދެކެ ލޯބިވެއެކޭ ފެށުނީއްސުރެ އޭނާ އުޅުނީ ނިޝާއާއި އަޅައިގެނެގެން.. އަބަދުވެސް އޭނާ އަހަރުމެންނާ ދިމާވާ ކޮންމެ ފަހަރަކުވެސް ދައްކަމުން ދިޔައީ ނިޝާގެ ވާހަކަ.. ދުންޏާ އަމިއްލަ އަށް އޭނާއާއި ދިމާކުރި އެކަމަކު ޝާހިދު ބަލާވެސް ނުލި”
“ތިކަމާ ބޮޑުދައިތަ އާއި ދުންޏާ ތިބީ އަހަރެންދެކެ އިންތިހާއަށް ރުޅިއައިސްފައި.. އެމީހުން އަހަރެންނާ ދިމާލަށް ނުކިޔާކަށް އެއްޗެއްނެތް”
“ތިކަމާ ފިކުރު ނުކުރޭ. ޝާހިދު އާއި ނިޝާގެ ކައިވެނީގެ ފަހުން ދުވަސްކޮޅަކުން ބޮޑުދައިތަމެން ހަމަޔަކަށް އެޅިދާނެ.މިކައިވެންޏަށް ނޫނެކޭ ނުބުނާތި.. ލޯމަރާލާފަ ޝާހިދުގެ އަތުގައި ހިފާ ނިޝާ”
“އަބާތީ މިދުނިޔޭގައި އަހަރެންގެ އެންމެ ގާތް އެކުވެރިޔަކަށް ހުރިމިހާ ތިކަމަކީ ރަނގަޅު ކަމެއްކަމަށް ވާނަމަ އަހަރެންވެސް ރުހިގަބޫލް”
ވަރަށް އާދައިގެ ސަޔަކާ އެކު ޝާހިދު އާއި ނިޝާގެ ކައިވެނި ކުރެވުނެވެ. ނިޝާއާއި ޝާހިދުވެސް ޕާރޓީ ބާއްވަން ބޭނުންނުވީއެވެ.
އެދެމީހުންގެ ކާވެނީގެ ހަފްލާގައި ތިބީ އަބާއާއި އޭނާގެ ފިރިމީހާއާއި ޝާހިދުގެ އެންމެ ގާތްއެކުވެރި ރަމްޒީއެވެ. ބޮޑުދައިތަމެންނަށް ވެސް ދަޢުވަތު ދިނެވެ. އެކަމަކު އެމީހުން ނާދެއެވެ.
ކައިވެނީގެ ފަހުން ނިޝާ ބަދަލުވީ ޝާހިދުގެ ގެޔަށެވެ. އެގެއިން ފަރީދާ ދައްތަ ނިޝާއަށް ވަރަށް ފުރިހަމަ އަށް މަރުހަބާ ކިޔެވެ.
ގޭގެ އެކިތަންތަން ނިޝާއަށްދައްކާ ހެދިއެވެ. ބަދިގޭގެ ހުރިހާއެއްޗެއް ވަކިވަކިން ނިޝާއަށް ދެއްކިއެވެ. ޝާހިދު އެމީހުންގެ ފަހަތުގައި ހީލާހީލާ ހުރެފަ ކޮޓަރިއައްދިޔައީ އެެވެ.
ފަރީދާ ކައިރިން ނިޝާއަށް ސަލާމަތްވެވުނީ އިރުތަކެއް ފަހުންނެވެ. ނިޝާ ކޮޓަރިއަށް އައިއުރު އިންތިޒާރުގައި ޝާހިދު އިނެވެ. ނިޝާ ކޮޓަރިއަށް އައުމުން އޭނާ ތެދުވެގެން ގޮސް ނިޝާގައިގާ ބައްދާލިއެވެ. އަދި ވަރަށް ލޯބިން ގެނެސް އެނދުގައި ބޭންދާލާފަ ބޮޑު ދަބަހެއް ނަގާ ނިޝާގެ ކުރިމަތީ ހުޅުވާލިއެވެ.
“ނިޝާ ކައިވެނީގެ ކަންތަކުގައި މާބޮޑަށް ހަރަކާތްތެރިވާން ޖެހިގެން އަހަރެންނަށް އެއްވެސް ޝޮޕިންެއެއްވެސް ނުކުރެވުނު..އަހަރެންނަކަށް ނޭނގޭ އަނބިމީހާއަށް ފުރަތަމަ ދޭންޖެހެނީ ކޮންއެއްޗެއް ކަމެއް.. އަހަރެމެން ދިވެހިން ކިޔަނީ ކައިވެނި ވާ ދުވަހު އަނބިމިހާއަށް 3 ގަޑެތި ދޭށޭދޯ އެހެންވެ އަހަރެން މިހިރީ އަތުޖެހުނު އެއްޗެއް ގަނެފަ ކޮންމެ އެއްޗަކުން 3 ގަޑެތި އޮންނާނެ”
ޝާހިދު އެހެދުންތަކުގެ ތެރެއިން ވަރަށް ރީތި ޝޯލްއެއް ނަގާ ނިޝާގެ ކޮނޑުގައި އަޅުވާލިއެވެ.
“މިކޯއްޗެއްތޯ؟”
“މިޝޯލްއަކީ މިއީ އަހަރެންގެ މަންމަގެ ޝޯލްއެއް އަހަރެންނަށް މީތި ވަރަށް ރީތި އަހަރެން ބޭނުމީ ކާވެނީގެ ފުރަތަމަ ދުވަހު އަހަރެންގެ އަނބިމީހާ މީތި ބޭނުންކުރަން ނިޝާ ގަބޫލްތަ؟”
“ކީއްވެތަ ޤަބޫލް ނުވާންވީ މިއީ ކަލާގެ ލޯބި އަދި ކަލާގެ އަންބަކަށް ވުމުން ކަލާގެ ފަރާތުން ލިބުނު ފުރަތަމަ ހަދިޔާ ޢުމުރު ދުވަހަށްވެސް އަޅުގަނޑު މިހަދިޔާ ރައްކާކުރާނަން”
ނިޝާއާއި ޝާހިދު އެކަކު އަނެކަކުގެ ގައިގާ ބައްދާލިއެވެ. އަދި ޝާހިދު ނިޝާގެ ނިންމަތީ ބޮސްދިނެވެ.
“ﷲ އިރާދަ ކުރެއްވީޔާ ކަލާގެ ލޯބި އަބަދުވެސް އަޅުގަޑަށް ލިބުން މިންވަރު ކުރައްވާށި ޢާމީން” ނިޝާ ކަރުނަވީ އަޑަކުން ބުނެލިއެވެ.
“އަސްތާ ކަމަނާ މިއީ ރޯންވީވަގުތެއް ނޫން ﷲ އިރާދަ ކުރެއްވީޔާ މުޅި ޢުމުރަށްވެސް އަހަރެން ލޯބިވާނީ ނިޝާދެކެ” ނިޝާގެ ލޮލުން ފާއްދާލާފައިވާ ކަރުނަތަށް އިނގިލިން ފޮހެލަމުން ޝާހިދު ބުނެލިއެވެ.
ޝާހިދުގެ އެކުވެރިންނަށް ޝާހިދު ކައިވެނި ކުރިކަން އެނގިގެން ކުޑަ ހަފްލާއެއް ތައްޔާރު ކުރިއެވެ.
ޝާހިދު އާއި ނިޝާއަށް ދައުވަތު އެރުވިއެވެ. އެދެމީހުން ކޮޓަރިން ބޭރަށް ނިކުތްތަން ފެނިގެން ފަރީދާ ދައްތަ އެދެމީހުން ހުއްޓުވިއެވެ.
“ކޮންތާކަށް ދެމީހުން ނައްޓާލީ”
“މިދަނީ ރައްޓިހި ކުދިން ކޮޅެއް ހަފްލާއެއް ބާއްވާފަ އޮތީމާ އެކަމުގައި އެމީހުން ކާރިޔަށް ދޯ ނިޝާ”
“އަހަރެން އެހެރީ ކައްކާވެސްފަ ކުރީގަ ނުބުނޭވީއްޔާ ނުކާނަމެކޭ އެހެންވެ ކެއްކީ”
“ބޮޑުދައިތާ މީގެ ފަހުން ކައްކާނީ މިގޭގައި އަހަރެން ބޮޑުދައިތަ އަރާމު ކޮއްލާ”
“އެއީ ތެދެއް ބޮޑު މަންމާ އަހަރެން މިގެޔަށް ގެނައި ބަންގާޅީ ކުއްޖާ މީ.. އެހެންވެ ބަދިގޭ ޒިންމާ އެއްކޮށް މީނަޔާ ޑިޔުޓީ ހަވާލު ކުރޭ”
ޝާހިދު މިހެން ބުނީމާ ތިންމީހުން ބާރަށް ހުނެވެ. ފަރީދާ އާއި ވަކިވުމުގެ ސަލާމް ކޮށްލާފަ އެމީހުން ދިޔައީއެވެ. ހިނިތުންވެލާފަ އޭނާވެސް އެމީހުން ދިޔުމުން ދޮރުލައްޕާލާފަ ދިޔައީ އޭނާގެ ކޮޓަރިއެވެ.
ނިޝާ ގެވެހި އަންބެއްހެން ގޭގެ މަސައްކަތާ ރަސްމީގޮތުން ހަވާލު ވިއެވެ. ހީވީ މިކަހަލަ ދިރިއުޅުމަކީ އޭނާ ކޮއްފަރިތަ ދިރި އުޅުމެއް ހެންނެވެ. ފަރީދާ އޭނާގެ ފަހަތުގައި ކަމަކަށް ބޭނުންވެގެން ބުނެލާނެ ކަމަށް މެއްސެއްހެން އެނބުރި އެނބުރި ހުއްޓެވެ.
“ބޮޑުދައިތަ ކިހިނެއްތޯ ޝާހިދު މެން ދަންނަނީ؟”
“އަސްތާ ތިޔައީ ދިގު ވާހަކައެއް ދަރިފުޅާ.. އަހަރެން މިގެޔައް އައީ ޝާހިދުގެ ޢުމުރުން 3 އަހަރު.. އެކްސިޑެއްޓުގައި އޭނާގެ މައިންބަފައިން ނިޔާވީމަ ވެސް އޭނާ ދޫކޮށްފަ ދައްތަޔަށް ނުދެވުނު”
“ދެން ބޮޑުދައިތަ އެހެންކައިވެންޏެއްވެސް ނުކުރަންތަ؟”
“އާން އޭރު އަހަރެންނަށް ވަނީ ޒިންމާދާރު ވަޒީފާ މިލްކުވެރިކަން ސާބިތު ވެފަ.. އަހަރެންގެ މުސާރަ ސަރުކާރުން ލިބޭ ދެން ކައިވެންޏެއް ކުރަން ބޭނުންނުވީ ޝާހިދު އަކީ އަހަރެންގެ ދަރިއެއް ފިރިމީހާ އަށް ދޭންވާ ލޯބި ނުދެވިދާނެތީ ބިރުގަތީ”
“ހީވާގޮތުން ޝާހިދުވެސް ބޮޑުދައިތަ ދެކެ ވަރަށް ލޯބިވޭ”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Urudhoo nooney hindhi vaahaka ehge tharujamaa ehtha