“އާ އެކޭތަ ތިބުނީ”. މެހެކް ބޯ ޖަހާލުމާއެކު އިވާން އަހާލިއެވެ. “އަހަރެން އުފަލުން މަރު ވެދާނެ އިނގޭ”. މެހެކް އެއްޗެއް ނުބުނެ އިސްޖަހައިގެން ހުރީއެވެ. “ޔަޤީންކަން މިހާރުވެސް ދީފާނަން. ދުވަހަކުވެސް ހިތަކު ނުޖައްސާނަން. އަހަންނަށް ދެވޭވަރުގެ ހުރިހާ އުފަލެއް ދޭނަން. މީ ވަޢުދެއް”. އުފަލުން ފޮޅިފައިހުރެ އިވާން ބުނެލިއެވެ. މެހެކް ވެސް ގަދަކަމުން ހިނިތުންވެލިއެވެ. ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. “މިހާރު ވާރޭ ތުނިކޮއްލައިފިއެއްނު. ހިނގާ ދެން ގެއަށް ދަމާ. މަތިބަލާލާފައި މެހެކް ބުނެލިއެވެ. ” މެހެކް […]
މިއީ ޚިޔާލީ ވާހަކައެކެވެ. އަދި މި ވާހަކައިގައި ހިމަނާފައިވާ ބައެއް ތަންތަނުގެ ނަންތަކަކީވެސް ޚިޔާލީ ނަންތަކެކެވެ. މިއީ އަޅުގަނޑުގެ 3 ވަނަ ވާހަކައެވެ. ވީހާވެސް އަވަހަށް މި ވާހަކަ އަޕްލޯޑްކުރަން ފަށާނަމެވެ. އިންތިޒާރުކޮށްލައްވާ!
އެއީ ޖުމާނާގެ އުފަންދުވަހެއްގައި ނަނގާފައިވާ ފޮޓޯއެކެވެ. ދެމީހުން އެކުގައި ނަނގާފައިވާ ފޮޓޯ ތަކުގެ ތެރެއިން ދެމީހުން އެކުގައި ނަނގާފައިވާ ފޮޓޯ އެކެވެ. އެ ފޮޓޯގެ ކޮޕީއެއް ޖުމާނާ އޭރު ޝިޔާޒަށްވެސް ދިނެވެ. އަހަރެން މިހާރު ޝިޔާޒް މަތިން އެހާ ބޮޑަށް ހަނދާންވަނީ ކީއްވެ؟… ޖުމާނާ އަށް މަޑު މަޑުން ބުނެވުނެވެ. އަދި ފޮޓޯގައި ފިރުމައިލިއެވެ. ޝިޔާޒް އިނީ ކޮމްޕިއުޓަރ ރޫމްގައި މަސައްކަތެް ކުރާށެވެ. ސެކްޝަނުގެ އެހެން މުވައްޒަފުންވެސް ތިބީ މަސައްކަތުގައެވެ. މާހިން ގޮސް ޓީވީ ހުޅުވައިލިއެވެ. ޓީވީން […]
“ނޫން އަހަރެން ނުބުނަން. ބުނެލާ އޭނަ ކައިރިވެސް.” ޒުހުރާ އެދިމާލަށް ބަލަން ހުރެ ބުނެލިއެވެ. އެއަށްފަހު ދެންވެސް ޝިޔާގާތު ދަތުރަށް ތައްޔާރުވުމަށް ހަނދާން ކޮށްދެމުން ދާން ހިނގައިގަތެވެ. ޝިޔާ އިސްޖަހާލަމުން ދޮރު ލައްޕާލިއެވެ. އަދި ކޮޓަރި ތެރެއަށް ދަމުން އޭނަގެ ފޮށާ ނަގައި އޭތި ފަށްޖަހަން ފެށީ އަނެއްކާވެސް ވިސްނުމެއްގެ ތެރެއަށް ގެއްލުމުންނެވެ. ޒައިދްއަކީ އޭނައާއި އިންނަން ބައްޕަމެން ނިންމައިގެން އުޅޭ ކުއްޖާކަން އެނގުމުން އައިމަނަށް ވާނީ ކިހިނެއްތޯ ޝިޔާގެ ހިތް ސުވާލުކުރިއެވެ. ލަންކާއަށް އައިސް އޭނަ […]
ހަތަރުވަނަ ބައި “އަސްތާ ތިޔައީ ދިގު ވާހަކައެއް ދަރިފުޅާ.. އަހަރެން މިގެޔައް އައީ ޝާހިދުގެ ޢުމުރުން 3 އަހަރު.. އެކްސިޑެއްޓުގައި އޭނާގެ މައިންބަފައިން ނިޔާވީމަ ވެސް އޭނާ ދޫކޮށްފަ ދައްތަޔަށް ނުދެވުނު” “ދެން ބޮޑުދައިތަ އެހެންކައިވެންޏެއްވެސް ނުކުރަންތަ؟” “އާން އޭރު އަހަރެންނަށް ވަނީ ޒިންމާދާރު ވަޒީފާ މިލްކުވެރިކަން ސާބިތު ވެފަ.. އަހަރެންގެ މުސާރަ ސަރުކާރުން ލިބޭ ދެން ކައިވެންޏެއް ކުރަން ބޭނުންނުވީ ޝާހިދު އަކީ އަހަރެންގެ ދަރިއެއް ފިރިމީހާ އަށް ދޭންވާ ލޯބި ނުދެވިދާނެތީ ބިރުގަތީ” “ހީވާގޮތުން […]
ދެލޯ ބޮޑުކޮށްގެން ފަރީޝާ ފަހަތައް ބަލަން ފެށުމުން ރިޔާޒް ވެސް މަޑުމަޑުން ފަހަތް ބަލައިލިއެވެ. އޭރު އައިޝާ ހުރީ ތުރުތުރު އަޅައިގަނެފައެވެ. ރުޅި އައިސްގެން މުޅި މޫނުމަތި ހުރީ ރަތް ވެފައެވެ. “ހަހަހަހަ ވާހަކަ އަށް އިތުރު ޓްވިސްޓެއް…. މަ މި ހީކުރަނީ މީ މަގޭ ދަރިޔެއް ކަމަށް ހަހަހަހަ…” އައިޝާގެ މޫނަށް ބަލައިލަމުން ރިޔާޒް ބުނެލިއެވެ. އަދި ބާރަށް ހެމުން ދިޔައެވެ. “މީ މަށަށް ވުރެ ނުބައި އަންހެނެއްނު…. ހުރި ނުލަފާކަން ބަލާބަލަ… މަށަށް ވެސް […]
ކުއްލި އަކަށް ސިޓިންރޫމު ތެރޭގަ ކުޅެން އިން ލީޝް ރޮއެގަތް އަޑަށް ދަރިފުޅާ އޭ ކިޔާ ދުވެފާ ކަހަލަ ގޮތަކަށް ކާގެ ތެރެއިން އަވަހަށް ނިކުންނަން ހަދައިގެން އަހަރެންނަށް ފައި އެޅުނު ގޮތަކުން ކަހާލައިގެން މުށިތައް މައްޗަށް ވެއްޓެން ދާން ދިޔަ ބާރު މިނުގަ އަހަރެންގެ އަތުންޖެހި މޭޒުމަތީ ބަހައްޓައިފަ ހުރި ބިއްލޫރި ތަށިތައް ވެއްޓި ތަޅައިގެން ގޮސް މުޅި ތަނަށް ބިއްލޫރިތަށް ބުރައިގެން ދިޔަ އެވެ. އެ އަޑަށް މަންމަ ވެސް ދުވެފައި އައިސް ކާގެ […]
އިވާން އާއި ވާހަކަ ދައްކާ ހިތެއް އޭނާ އެއްގޮތަކައްވެސް ނުވިއެވެ. މަންމަ އެގޮތަށް އިވާން އާއި މެދު ދެކުނީމަ ހެއްޔެވެ؟ ނޫނީ އާހިލް ފިޔަވައި އެހެން މީހަކަށް އެހިތުން ލޯބި ލިބުމުގެ ފުރުސަތު ނެތީ ހެއްޔެވެ؟ އޭނާގެ ހިތް ވަނީ ޖަވާބު ނޭނގޭ ސުވާލުތަކުން ފުރިފައެވެ. ބޯ ހާސްވާ ކަހަލަ އިޚްސާސެއް ކުރެވެން ފެށުމުން، އަވަސް އަވަހަށް އަތުގައި އޮތް ފޯން އެނދުކައިރީ ހުރި ކުޑަ މޭޒު މަތީގައި ބާއްވާލުމަށް ފަހު، ނީދޭތޯ އޭނާ ދެލޯ މަރާލިއެވެ. […]
ބޯ އެސްފިޔަތަށް ދުރުކޮށްލުމަށްފަހު ލޯ ހުޅުވާލަމުން ވަށައިގެންވީ މާހައުލަށް ރިއުމާން ނަޒަރު ހިންގާލިއެވެ. ނިދާ ބޮކީގެ ފަނޑު އަލިކަން ވެރިވެފައިވާއިރު މުޅި ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭން ކަމެވެ. މަޑުމަޑުން ތެދުވެ އިށީންއިރު އެލޮލުގައި ރިއްސަމުން ދިޔައެވެ. ރަނގަޅަށް ލޯ ހުޅުވާނުވުނު އިރު ލަސްފިޔަވަޅު ތަކެއްގައި ތެދުވެގެން ގޮސް ލައިޓު ޖައްސާލުމާއި އެކު ވެގެން ދިޔަ އަލިން ލޯ މަރާލެވުނެވެ. އިރުކޮޅެއްފަހުން އައިސް އެނދުގައި އިށީނދެލަމުން ހޭވިފައިވާ އިސްތަށިގަނޑު އެއްފަރާތް ކޮށްލުމަށްފަހު އަމިއްލަ ސޫރައަށް ބަލާލިއިރު […]