Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (17ވަނަ ބައި)

Ifaau Level 210 Stories
January 20, 2017 5 Mins Read
25 Comments

ރޭގަނޑުގެ ކެއުމަށް އައުސް އާއި އާލިމް އިންސާފު ކުރަމުން ދިޔައެވެ. ކައިރީގައި އަމީރާ ވެސް އިނެވެ.

“ދެން ބައްޕައާ ވާހަކަ ދައްކަބަލަ… ތިހެން އުޅޭކަށް ނުވާނެ!” އަމީރާ ދެދަރިންނަށް ވިސްނައިދެމުން ދިޔައެވެ.

“އެ އަންހެން މީހާއާ އިނދެގެން އުޅޭހާ ހިނދަކު ބަލައިވެސް ނުލާނަށް… މަންމައަށް ކެތްވާކަން…” ރުޅި އައިސްގެން އާލިމް ބުނެލިއެވެ.

“އެއީ ނިކަމެތި އަންހެނެކޭ… މަންމައަށް ކެތް ވަންޏާ ދަރިފުޅު މެންނަށް ވެސް ކެތްވާން ޖެހޭނެ އެއްނު…” އަމީރާ ވިސްނައިދެވޭތޯ އުޅުނެވެ. ނަމަވެސް އެކަކުވެސް އަޑެއް ނޭހިއެވެ. އެންމެ ފަހުން ރުޅިއައިސްގެން އައުސް ކެއުން ދޫކޮށްފައި އެތަނުން ނިކުމެގެން ދިޔައީއެވެ. ދެރަވި ވަރުން އަމީރާ ވެސް އެތަނުން ނިކުމެގެން ކޮޓަރިޔަށް ދިޔައީއެވެ.

އެއާއިލާގެ އުފާވެރިކަން ގެއްލުނީ އިމާދު މީގެ އަހަރުތަކެއް ކުރިން ތިލަދުންމަތި މީހަކާއި ކައިވެނިކޮށްގެން ދިރިއުޅުން އެކޮޅަށް ބަދަލުކުރީމައެވެ. އޭރުއްސުރެ އައުސްއާއި އާލިމް އެކުދިންގެ ބައްޕަ ދެކެ އިންތިހާޔަށް ރުޅި އާދެއެވެ. ހާލަކުން ފަހަރަކު މާލެ އައުމުންވެސް އަނގަޔަކުން ނުބުނެއެވެ. އެކަމާ އަމީރާ އިންތިހާޔަށް ދެރަވި ކަމުގައި ވިޔަސް އިންސާނިއްޔަތައްޓަކައި ކެތްކުރަނީއެވެ. ދެދަރިން މިހާރު ބައްޕައާއި ނުލާ އުޅެން ދަސްކޮށްފިއެވެ. އަމިއްލަ ފައި މައްޗައް ތެދުވެއްޖެއެވެ. ނަމަވެސް އިމާދުގެ އުނިކަން އަބަދުވެސް އަމީރާގެ ހަޔާތުގައި އިހުސާސް ކުރެވެއެވެ.

އަނެއްދުވަހު ހެނދުނު އޮފީހަށް އައިސް އައުސް ފުރަތަމަވެސް އަވަސްވެގަތީ އައިޝާއާއި ބައްދަލު ކުރުމަށެވެ.

“އައުސް…” އައިޝާގެ ކެބިން ދޮރުމައްޗައް ހަމަ އެރުމާއި އެކީ ކައިރިން މީހަކު ގޮވައިލި އަޑު އިވުނެވެ. އައުސް ބަލައިލިއިރު އައިޝާ އަންނަނީއެވެ.

“ކޮންފަރެންސް ރޫމްގަ މީޓިން އެއް އެޓް ނައިން…” އައިޝާ ބުނެލިއެވެ. އައުސް ބޯ ޖަހައިލިއެވެ.

“މި ޕެން ޑްރައިވްގަ ހުންނާނެ އިއްޔަގެ ފޮޓޯތައް… ރީތި ފޮޓޯ ސެލެކްޓް ކޮށްފަ މެއިލް މީ…” އައިޝާ އަތައް ޕެން ޑްރައިވް ދިނުމަށްފަހު އައުސް ދާން ހިނގައިގަތެވެ.

ކަމެއް ނެތިފައި ކޮމްޕިއުޓަރު ދޮށުގައި އައުސް އިންދައި ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ޒީޝާއެވެ.

“އައުޓީ ބިޒީ ތަ؟” ފުރަތަމަވެސް ޒީޝާ އަހައިލީ އެހެންނެވެ.

“ފޫހިވެގެން މަރުވަނީ މިޔޮއް.. ކަމެއްވެސް ނެތް…” އައުސް ބުނެލިއެވެ.

“އާދެބަލަ އެއްޗެއް ކާލަން ދާން…” ޒީޝާ އެދުނެވެ. ވަގުތުން އައުސް އެއްބަސްވިއެވެ.

ނުވައެއް ޖަހައިގެން ދިޔައިރުވެސް އައުސް އެއް ނާދެއެވެ. އައިޝާއާއި އޮފީހުގެ ބަޔެއް ސްޓާފުން ކޮންފަރެންސް ރޫމް ތެރޭ އައުސްގެ އިންތިޒާރުގައި ތިއްބެވެެ.

“ގުޅާބަލަ…” އައިޝާ ބުނެލިއެވެ. އޭރު އައިޝާ އިނީ ރުޅި އައިސްގެން ފަޅައިގެން ދާވަރު ވެފައެވެ.

“ގުޅައިފިން ބައިވަރު ފަހަރު ނުނަގަ ފޯނެއް…” އަސީލް ބުނެލިއެވެ.

“ޝުވާ ދެކުނިން ފޯނު އޭނަގެ ޑެސްކް މަތިން… ނުލާ ކޮންމެސް ތާކަށް ދިޔައީ..” ޝުވާ ބުނެލިއެވެ.

“ނެތް މީހަކު ނެތް… ޝެލް ވީ ސްޓާޓް؟” އައިޝާ ބުނެލިއެވެ.

“ޒިޕީ އަށް އިނގޭތަ ރޮށި ކެއީމަ ވަރަށް ފަލަ ވާނެ… ގިނައިން ކާތި.. މިހާރުވެސް އިލޮއްޓެއް ހެން ތީނީ…” އައުސް ބުނެލިއެވެ. ދެމީހުން ފޯރީގައި ކަމުން ދަނިކޮށް ޒީޝާއަށް ފޯނެއް އައެވެ.

“މީޓިން ގަ ބުންޏެއްނު..” ފޯނުގައި އިނދެފައި ޒީޝާ ބުނެލިއެވެ. އެޔާއި އެކު އައުސް ކޮޅަށް ޖެހުނެވެ.

“މީޓިން.. އޯ ނޯ!” އައުސް ގަޑި ބަލައިލިއެވެ.

“ކިހިނެއްވީ؟” ހައިރާންވި ވަރުން ޒީޝާ އަހައިލިއެވެ.

“އައިޝާ މިއަދު އަހަރެން މަރާނެ… ސޮރީ ޒިޕީ ބިލު ދައްކާތި… އައި ހޭވް ޓު ގޯ…” އައުސް ދުއްވައިގަތެވެ.

“އައުޓީ…” ޒީޝާ ބާރަށް ގޮވައިލިއެވެ.

“ވަރަށް ފޫހިވޭ… މަގޭ ބޮލަށް ބިލު ޖެހޭނެ ގޮތެއް ބަލާނެ ކޮންމެ ފަހަރަކު…” ތުން ދަމައިލަމުން ޒީޝާ ބުނެލިއެެވެ.

ދުވަމުން ދުވަމުން އައިސް އައުސް ކޮންފަރެންސް ރޫމްގެ ދޮރު ހުޅުވައިލިއެވެ. އެވަގުތު އެންމެންވެސް އައުސްގެ މޫނަށް ބަލައިލިއެެވެ.

“މިޔޮއް އައީނު މި އޮފީހުގެ އެމްޕްލޯއީ އޮފް ދަ އިޔާ…” އައުސް ފެނުމާއި އެކު އައިޝާ ބުނެލިއެވެ. ބިރުން ހުރެ އައުސް ގޮނޑިޔެއްގައި އިށީނެވެ.

“ތެދުވޭ!” އައުސް ހަމަ އިށީނުމާއި އެކީ އައިޝާ ބާރަށް ބުނެލިއެވެ. އެވަގުތު އެތާ ތިބި އެންމެންވެސް ތިބީ ބަސް ހުއްޓިފައި އައުސްގެ މޫނަށް ބަލާށެވެ. އައިޝާގެ އަޑު ޖެހުމާއި އެކީ އައުސް ކޮޅަށް ތެދުވިއެވެ.

“އެންމެ ފުރަތަމަ ދުވަހުވެސް ބުނިން ގަޑިޔަށް ސަމާލު ވާށޭ! މީ ޖަހާ ސަކަރާތެއް ނޫނޭ ހިތައް އެރި ގަޑިޔަކު އަންނާކަށް…” އައުސްގެ މޫނަށް ބަލަން ހުރެފައި އައިޝާ ބުނެލިއެވެ. އެންމެންތަކުގެ ތެރޭ އެގޮތައް އައިޝާ އެއްޗެހި ކިޔާތީ އައުސް ހުރީ ލަދުން އިސްޖަހައިގެންނެވެ.

“ޝުވާ! އެޑްވަޓައިޒް ކުރޭ މި އޮފީހަށް އިތުރު ފޮޓޯގްރާފަރުން ބޭނުންވާކަން… އެންމެ މީހަކުން ނުފުދޭ!” ޝުވާއަށް އިޝާރާތް ކޮށްލަމުން އައިޝާ ބުނެލިއެެވެ.

“އައުސް މީޓިން ނިންމާފަ ބައްދަލު ކުރާތި.. އިށީންދެ!” އަމުރުވެރި ރާގަކަށް އައިޝާ ބުނެލިއެވެ. އައުސް ގަނޑީގައި އިށީނެވެ.

“އޮސްޓްރޭލިއާ އިން ލިބުނު ޕްރޮޖެކްޓްގަ ފޮޓޯ ނަގާނީ އައުސް… މިއަދު ހަވީރު އެމީހުން މިކޮޅަށް ލޭންޑް ކުރާނެ… ސޯ އައުސް ޖެހޭނެ ދާން… މޮޑެލް ކުރާކުދިންނާ ބަޔެއް ޑިޒައިނަރުން އަންނާނެ… އެމީހުން ރިސީވް ކުރަން ދާނީ އައުސް، ޝުވާ، އަސީލް، ލަމްހާ…” އައިޝާ ގަނޑު ތަކެއް ބަލައިގެން ވާހަކަ ދައްކަމުން ދިޔައެވެ.

އަސުރުވާން ކައިރި ވެފައި ހުއްޓައި އައުސް ގެޔަށް ދާން އޮފީހުން ނިކުތެވެ.

“އައުސް” ސައިކަލަށް އަރަން އުޅެނިކޮށް އައުސް ސިހުނީ ފަހަތުން ލަމްހާ ގޮވައިލީމައެވެ. އެއީ އޮފީހަށް ވަރަށް ފަހުން އައި ކުއްޖެކެވެ. ނަމަވެސް މިހާރު ލަމްހާ ވަނީ އޮފީހުގެ ގިނަ މުވައްޒަފުންނާއި ގުޅުން ބަދަހިކޮށްފައެވެ.

“ގަޑި ޖެހުނީމަ ވަރަށް އަޅާލާފި ދޯ..” އައުސް ކައިރީ ހުއްޓެމުން ލަމްހާ ބުނެލިއެވެ. ވަގުތުން އައުސް ބޯ ކަހައިލިއެވެ.

“ހަވީރުވާން މާ ގިނަ އިރެއް ނެތް ދޯ؟ ގެޔަށް ގެންގޮސްދީފާނަންތަ؟” ލަމްހާ އަހައިލިއެވެ.

“އަރާ..” ސައިކަލަށް އަރަމުން އައުސް ބުނެލިއެވެ.

ލަމްހާ ގޮވައިގެން ސައިކަލުގައި އައުސް ދިޔަ މަންޒަރު ބަލަން ޓެރަސް މަތީގައި އައިޝާ ހުއްޓެވެ. އެމީހުން ގޮސް ގެއްލެންދެން އައިޝާ ބަލަން ހުއްޓެވެ. އޭރު އައިޝާގެ އަަތުގައި އޮތް ޓިޝޫ އޮތީ ކުނޑި ކުނޑި ވެފައެވެ.

ހަވީރުގެ ވަގުތެވެ. އޮފީހުގެ ބައެއް ސްޓާފުންނާއި އެކީ އައުސް އެއާޕޯޓަށް ދިޔައީ މިއަދު އޮސްޓްރޭލިއާ އިން އަންނަން ބުނި މީހުން ބަލައެވެ. އެތާ ހުރެގެންވެސް ތަފާތު ފޮޓޯ ނަގަމުން ދިޔައެވެ. އޮސްޓްރޭލިއާ އިން އައި މީހުންތައް ގޮވައިގެން މާލެ އާދެވުންއިރު އިރު އޮއްސި އަނދިރި ވެއްޖެއެވެ. އެމީހުންނަށް ހާއްސަކުރެވިފައިވާ އެޕާޓްމެންޓަށް އެމީހުން ލުމަށްފަހު ހަތަރު މީހުން ދިޔައީ އޮފީހަށެވެ. މިރޭ އެމީހުންނާއި އެކީ މީޓިންގ އެއް އޮތުމުން ހުރިހާ އެންމެންވެސް ތައްޔާރުވަމުން ދިޔައީ އެކަމަށެވެ.

އައުސްގެ ޕްރެ×ެޒެންޓޭޝަން ތައްޔާރު ކުރުމަށްފަހު މިއަދު ހަވީރު ނެގި ފޮޓޯތައް ކޮމްޕިއުޓަރުން ބަލަމުން ދިޔައެވެ.

“މިއަދުގެ ފޮޓޯތައްތަ؟ ކޮބާ ޝުވާގެ ފޮޓޯ؟” އައުސް ފޮޓޯތައް ބަލަން އިންދައި ޝުވާ އައިސް އަހައިލިއެވެ.

“ބަލާބަލަ އެބަ އަންނަން ކޮފީއެއް ހިފައިގެން…” ޝުވާ ކައިރީ ބެލުމަށް ބުނެފައި އައުސް އެތަނުން ނިކުމެގެން ދިޔައެވެ. ޝުވާ ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައެވެ.

“މީ ކާކު؟” ހުދު ކުލައިގެ ހެދުމެއްލައިގެން ފޮޓޯ އަކަށް ހުއްޓިގެން ހުރި އަންހެން ކުއްޖެއް ފެނުމުން ޝުވާ އަށް ބުނެލެވުނެވެ.

“މީ އަހަރެމެންނާ އެކީ އައި ކުއްޖެއް ނޫން ދޯ ލަމް؟” ކައިރީ ހުރި ލަމްހާއަށް އެފޮޓޯ ދައްކައިލަމުން ޝުވާ ބުނެލިއެވެ. އެ ފޮޓޯ ފެނިފައި ލަމްހާއަށް ހެވުނެވެ.

“ދެން އައުސްގެ ގޮތް އިނގެއެއްނު.. ރީތި އަންހެން ކުއްޖެއް ފެންނަ އިރަށް ކެމެރާ ނަގާނެ..” ލަމްހާ މިހެން ބުނުމުން ޝުވާވެސް ހީލިއެވެ. އެކަމާ އަޅައިނުލައި ދެމީހުން ބާކީ ހުރި ފޮޓޯތައް ބަަލަމުން ދިޔައެވެ.

“ކޮބާ ފެނެއްޖެ؟” ކޮފީ ތައްޓެއް ހިފައިގެން އައިސް އައުސް އަހައިލިއެވެ.

“އާން ފެނެއްޖެ… ފޮނުވަބަލަ މަ ޕީޕީ އަށް ލާން… އެބަހުރި ވަރަށް ސަޅި ބިޓުންގެ ފޮޓޯވެސް ނަގާފަ…” ޝުވާ ބުނެލިއެވެ.

“އަހަރެންނަކީ ރީތި އެއްޗިއްސަށް ލޯބި ކުރާ ކުއްޖެކޭ…” ޝުވާގެ ކޮލުގައި ހިފައިލަމުން އައުސް ބުނެލިއެވެ. ކުޑަ އިރުކޮޅަކު މިހެން ތިބުމަށްފަހު ޝުވާ އެތަނުން ނިކުމެގެން ދިޔައެވެ.

ކޮފީ ތަށީގައި ތުން ޖަހައިގެން އިނދެގެން އައުސް ފަހަރަކު ފޮޓޯއެއް ބަލަމުން ދިޔައެވެ. މިހެން ދަނިކޮށް ކުއްލިއަކަށް ފެނުން ފޮޓޯއަކުން އައުސްގެ ހަރަކާތް ހުއްޓުނެވެ. ދެލޯ ބޮޑުވިއެވެ. ސިހުނީ އަތުން ދޫވެގެން ކޮފީ ތަށި ތަޅަން މައްޗައް ވެއްޓުމުންނެވެ.

“ލަ… ލައި” އައުސް އަށް ބުނެވުނެވެ. ވަގުތުން އައުސް ފޯނު ނެގުމަށްފަހު މީގެ ހައަހަރު ކުރިން އައުސް ނެގި ފޮޓޯ އަކަށް ބަލައިލިއެވެ. އެއީވެސް އެއާޕޯޓުތެރޭ ނަގާފައިވާ ފޮޓޯއެކެވެ. ހަމައެކަނި ތަފާތަކީ ކޮމްޕިއުޓަރުން ފެންނަންހުރި ކުއްޖާ ތަންކޮޅެއް ފަލަ ވެފައި އެޔަށް ވުރެ ހަމުގެ ކުލަ އަލިކަމެވެ. ހަމަ އެ ހިނިތުންނުމެވެ. ހަމަ އެ އިސްތަށިގަނޑެވެ. އައުސް މަޑުމަޑުން ކޮމްޕިއުޓަރުގެ ސްކްރީންގައި އަތްހާކައިލިއެވެ.

“ލައި ތަ މީ ހަމަ އޯ ސަމްވަން އެލްސް…” އައުސްއަށް ހިތާ ހިތާ ކިޔައިލެވުނެވެ. އައުސް އިނީ ގަބޫލުކުރަން ދަތިވެފައެވެ.

“އައުސް ކީއްވެފަ ތި އިންނަނީ؟” ހަރަކާތް ހުއްޓިފައި އިން އައުސް އަށް އިވޭވަރަށް އައިޝާ އަހައިލިއެވެ. ހަމަ އަނގައިންވެސް ނުބުނެ އައުސް އައިޝާގެ މޫނަށް ބަލައިލިއެެވެ.

“މީ ކޮން ކަމެއް؟” ފައި ދޮށުގައި އޮތް ކޮފީތައް ދައްކައިލަމުން އައިޝާ އަހައިލިއެވެ.

“ލަ..ލައިޝާ….” ކޮމްޕިއުޓަރާއި ދިމާއަށް އަތް ދިއްކޮށްލަމުން އައުސް ބުނެލިއެވެ. ވަގުތުން އައިޝާ ސްކްރީންއަށް ބަލައިލިއެވެ. އައިޝާގެ ދެލޯ ވެސް ބޮޑުވެގެން ދިޔައެވެ. ހަމަ އައުސްއަށް ވީ ފަދައިން ހަރަކާތް ހުއްޓިފައި ބަަލަން ހުރީއެވެ.

“މީ ހަމަ ލައި ތަ؟” އައިޝާ ގެ މޫނަށް ބަލައިލަމުން އައުސް އަހައިލިއެވެ.

“ކޮންތާކުން ނެގި ފޮޓޯއެއް؟ ޔޫ ސޯ ހާ؟” ރުންކުރު ގޮތަކަށް އައިޝާ އަހައިލިއެވެ. އައުސް ބޯ ހޫރައިލިއެވެ.

“މިއަދު ހަވީރު ނެގި ފޮޓޯތައް ބަލަނިކޮށް ފެނުނީ…” އައުސް ބުނެލިއެވެ.

“ސޯ ޝީ އިޒް ހިޔާ… އޯ މައި ގޯޑް އައުސް ލައި މަރެއް ނުވޭ…” އައުސް ގައިގައި އޮޅުލައި ގަންަމުން އައިޝާ ބުނެލިއެވެ. އުފަލުން އައުސްއަށް ވެސް އައިޝާގެ ގައިގައި ބައްދައިލެވުނެވެ. އެވަގުތު ނޭންގޭ އިހުސާސެއް އައިޝާއަށް ކުރެވުނެވެ. ވަގުތުން އައުސްގެ ގައިން ދޫކޮށްލިއެވެ.

“ސޮރީ” އައިޝާ ބުނެލިއެވެ.

“އޯކޭ މިގަޑީގަ މީޓިންގ އަށް ރެޑީ ވަން ހިނގާ… ފަހުން އެކަމާ އުޅޭނީ…” މިހެން ބުނުމަށްފަހު އައިޝާ ދާން ހިނގައިގަތެވެ.

“ނިކް ލައި އެކަނި ބައިންދާފަތަ ދާން ތިއުޅެނީ؟” ލޯގަނޑު ދޮށުގައި ރީތިވަން ހުރި ނިކް ކައިރީ ލައިޝާ އަހައިލިއެވެ.

“ހިނގާ ދާން…” ނިކް ބުނެލިއެވެ. ލައިޝާ ވަގުތުން ތައްޔާރުވާން ދުއްވައިގެތެވެ.

މީޓިންގ ފެށެން 5 މިނެޓްއަށް ވެގެން ދިޔައިރު  އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ އޮސްޓްރޭލިއާ އިން އައި މީހުންގެ ކުންފުނީގެ ސީއީއޯ އަންނާނެ އިރަކަށެވެ. ލަސްވާވަރަކަށް އައިޝާގެ މޫނުގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. ގަޑިޔަށް ފަރުވާތެރި ނުވުމަކީ އައިޝާ އަބަދުވެސް ރުޅިއަންނަ ކަމެކެވެ.

“ހާދަ ލަހޭ ދޯ!” އައުސްގެ ކަންފަތް ދޮށުގައި ޝުވާ ބުނެލިއެވެ.

“އާނ ބަލާ ތަވާ ދޮންވޭ އެބަ އެކޮޅުން…” ޝުވާ އަށް އެކަނި އިވޭ ވަރަށް އައިޝާ ދައްކައިލަމުން އައުސް ބުނެލިއެވެ. އައުސް ބުނި އެއްޗަކުން ޝުވާއަށް ހެވުނެވެ.

ހުރިހާ އެންމެން އިންތިޒާރުގައި ތިއްބައި ކޮންފަރެންސް ރޫމްގެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުމަތީ ހުރި ފިރިހެން މީހާ ފެނިފައި އެތާ ތިބިި ހުރިހާ އަންހެން ކުދިން ތިބީ ބަސް ހުއްޓިފައެވެ.

“ހާދަ ޒުވާން ސީއީއޯ އެއް؟ މައި ގޯޑް…” ލަމްހާ މަޑުމަޑުން ޝުވާ ކައިރީ ބުނެލިއެވެ.

ހިނިތުން ވުމަކާއި އެކު ދޮރުމަތީގައި ހުރި ރީތި ޒުވާނާ މަޑުމަޑުން އެއްފަރާތް ވެލިއެވެ. އެހާ ހިސާބުން ދެން އެންމެން ސިހުނީ އެދޮރުން ދެން ވަތް އަންހެން ކުއްޖާ ފެނުމުންނެވެ. ހުދުކުލައިގެ ގަމީހަކާއި ހަމަ ހުދު ކުލައިގެ ޖިންސެއް ލައިގެންހުރި މިކުއްޖާ ހީވަނީ ބޭރުގެ މޮޑެލްއެއް ހެންނެެވެ. މޫނުމަތީގެ ހިނިތުންވުމުން އެ ސޫރަ އަދި މާ ފުރިހަމަ އެވެ. ބޮލަށް ޖަހާފައި އިން ހުދު ކުލައިގެ މަލުން އިސްތަށިގަނޑުގެ ރީތިކަން އިތުރުކޮށްދެމުން ދިޔައެވެ.

ދޮރުމަތީހުރި އަންހެން ކުއްޖާ ފެނުމުން އައުސްއާއި އައިޝާ އަށް ކޮޅަށް ތެދުވެވުނެވެ. އައުސްގެ އިތުރުން އައިޝާ ވެސް ހުރީ ދެލޯ ބޮޑު ކޮށްގެން ބަލަހައްޓައިގެންނެވެ. (ނުނިމޭ)
 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ހިތު ވިންދު

Next

މިދެހިތް ވާތީ ( ދެވަނަ ބައި )

Next
January 20, 2017

މިދެހިތް ވާތީ ( ދެވަނަ ބައި )

Previews
January 20, 2017

ހިތު ވިންދު

25 Comments!

  1. Ifaau says:
    January 20, 2017 at 7:02 pm

    Sorry for the late post?
    There you go- Inthihaayah Ep17?

  2. migu says:
    January 20, 2017 at 7:12 pm

    i love this story..

  3. Aik says:
    January 20, 2017 at 7:16 pm

    Lai tha miaee???

  4. Kiaa says:
    January 20, 2017 at 7:18 pm

    Salhi hama …
    Adhi mivaruge vahakaeii nunere mi site aku…
    Keep it up…

    1. Filaa says:
      January 20, 2017 at 8:17 pm

      thedhe thee. vaahaka 1st part in ves engunu mivaruge vahakaeii ehen meehaku neren ves hitha naaruvaanekan.

  5. musli says:
    January 20, 2017 at 7:19 pm

    Yeah I think lai and nik hen e aii. Story is nice

  6. Angel says:
    January 20, 2017 at 7:27 pm

    God!! V reethi.
    Ifaa haadha lahunney up thivee? Ok sorry ey buneema maaf koffin. Enjoyed a lot. Love you girl??
    Next part maadhan pls pls pls pls pls pls pls??????

  7. fau says:
    January 20, 2017 at 7:36 pm

    Alhey haadha kurey
    Eiy kaakukan bunefa ninmaali nama. Hithah aranee hama eiy lai ey… Dhen vaanee kihinehbaa dhoa?

  8. Anonymous says:
    January 20, 2017 at 7:42 pm

    Vvv nice. When Next.

  9. rahoo says:
    January 20, 2017 at 7:46 pm

    oooh.v salhi ingey.i mihunnany hama inthizaaruga..

  10. Aisha says:
    January 20, 2017 at 8:10 pm

    Next part kon irakun tha alhe.. Please awahah up kohdhehche..

  11. Brainless says:
    January 20, 2017 at 8:36 pm

    Subbu… Eiee lai dhw.. Alhe dhn keehbaa vanee.. Vaahaka kee irugavex neyvaa hifahataalai gen iny…
    Mee haadha reethi vaahaka ekey.. Vvvvvvvvv inthixaaru eba kurevey next part ahh…yuh are the best ifaau…????

  12. Kim says:
    January 20, 2017 at 9:34 pm

    Wow v reethi. Maadhan aneh part ingey?

  13. Jum says:
    January 20, 2017 at 9:44 pm

    Lai is here… Dhen vaanee kihinehbaa dhw? So excited!!! Avahah up kohdhechey ifoo??

  14. Hawwooo....?? says:
    January 20, 2017 at 10:00 pm

    Ifaa mi v khneh hawwoo gevx dhelo bodu vehjje.. v nice ma sha allaah…

  15. Maukko says:
    January 20, 2017 at 10:43 pm

    Salhi hama

  16. Mop says:
    January 20, 2017 at 10:55 pm

    V salhi.. Aisha aa Aus gulhuvanvynu.. Make lai love nik.. And make zeesha love alim

  17. Brainless says:
    January 21, 2017 at 8:50 am

    Yesss mop…
    I agree with yuh..
    Eyrah best vaanee …
    And Aisha ahh mihaaru auss dheke lwbi vevihje kan neynge..coxe aus aa hug kohli biru vex konmes feeling ehh vi vaahaka inehnu…

  18. yax says:
    January 22, 2017 at 12:46 pm

    guys than where is aus???
    he had always loved lai!!
    even after he knew the big “secret”, he said he’d love her
    so in my opinion lai deserves aus!!!!

  19. Aish says:
    January 22, 2017 at 9:28 pm

    Vaahaka medukedunythr

  20. Anonymous says:
    January 23, 2017 at 1:29 pm

    Konirakun up kohdheny. Varaka v rythi.

  21. Brainless says:
    January 23, 2017 at 6:04 pm

    Yeah yax…
    I think lai ahh aus liben jeheyny dhw.. Becoxe aus never had a feeling for Aisha like that he always loved laisha…
    Anyways where is the next part…
    Abadhu mi vaahaka upp kohfa inn thw check kureveyy…???

  22. naai says:
    January 23, 2017 at 6:56 pm

    Kon irakun tha nxt part up kuranee

  23. Ifaau says:
    January 23, 2017 at 7:27 pm

    Story is uploaded!! Thank you all for the lovely comments??

  24. Sm1 says:
    February 11, 2017 at 11:26 pm

    Awesome!! 🙂 Masha Allah!!

Comments are closed.

Next Episodeއިންތިހާޔަށް (18ވަނަ ބައި)←


All Right Reserved!