Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެންލޯބި

ލައިފް (5 ވަނަ ބައި)

howday Level 1
January 19, 2017 5 Mins Read
6 Comments

އައްދޯތް! ވަރަށް ބާރަށް އަހަރެން ނަށް ބުނެވުނެވެ. ކުލާހަށް ވަދެ އިށީދެވުމާއި އެކު ގޮވާލެވުނީ މިހެންނެވެ. ވާނީވެސް އެހެންތާއެވެ. ފޫކޮޅަށް ހެރުނީ ކޮންޕާސް ކައްޓެވެ. އިނާސް ގެ އަނެތް ހަމަލާއެވެ. ވީތަދުން ހުރެވުނު ތަންވެސް ނޭގުނެވެ. ބާރައް ރޮއިގަނެވިއްޖެއެވެ. މުދައްރިސް އައިސް ވީނުވީއެއް ބެލުމަށް ފުހު އިނާސް އޮފީހަށް ގެންދިޔައެވެ. އެއާއި އެކު ގްރޫޕްގައި ތިބި ކުދިންތައްވެސް އޮފީހަށް ހާޒިރުކުރިއެވެ. ދުވަސް ފާްއިތުވެގެން ދިޔައީ މިކަހަލަ ގޮތަކަށެވެ. އަދި ފަހުން އިގުނުގޮތުގައި އޭނާވަނީ ސްކޫލުން ސަސްޕެންޑްކޮށްފައެވެ. އަލްހަމްދުލިﷲއެވެ. އޭނާގެ އުދަގޫ އެހިސާބުން ހުއްޓުމަކަށް އައީއެވެ.

މިފަދަ ގޮތަށްކަށް ދުވަސްތައް ފާއިތުވަމުން ދެއެވެ. ދެވަނަ ޓާމް ޗުއްޓީގެ ތެރޭން ދުވަހެކެވެ.

މަންމަ ގޮވާލިއެވެ. ދަރިފުޅާ ހުސޭނާ އެވެ.

މަންމަ:  ބޮޑުދާތަގޭ ބަޔަކު ޑަކްޓަރަށް ދައްކަން އައިސް ޖެހިގެން ހުރި ހަލީމާގޭގައި އެބަތިއްބެވެ. ގޮސް މެންދުރު ބަތްކާން އަނާށޭ ބުނެދީ ބަލަ!

އަހަރެން އާއެކޭ ބުނެ އެގެއަށް ދިޔައީމެވެ. އެމީހުންނަކީ ކުރިންވެސް ގިނަގިނައިން މިރަށަށް އަންނަ ބައެއް ކަމުން އެ ގޯތި ގިނަ މީހުން އަހަރެންނަށްވެސް އިގެއެވެ. ހަލީމަގޭ ތެރެއަށް ވަންއިރު 2 ދައްތައާއި އަދި ކުރިން ފެނިފައި ނުވާ ބަލާބެލުމަށް އަހަރެންނާއި އެއްއުމުރެއްގެ އަންހެން ކުއްޖަކު އިނެވެ. އަހަރެން ފެނުމާއެކު އެތަކުން އެއް ދައްތައަކު ހުސެން ކިޔާ ގޮވާލިއެވެ. އަހަރެން ބުނެލީމެވެ. މަންމަ ބުނީ މެންދުރު ކާން އަންނާށޯ. މިހެން ބުނެ ކުރިން ބުނި އަންހެން ކުއްޖާއާއި ދިމާލަށް ރަގަނޅަށް ބަލާލީމެވެ.

ހިތައް ފާޑެއްގެ ތަދެއް އިޙްސާސް ކުރެވިގެން ދިޔައެވެ. މީއަދި މިއަދާއި ހިސާބަށް ކުރެވުނު އިޙްސާސެއް ނޫނެވެ. ވަރަށް ދޮނެވެ. ބުޅިއިސްތަށިގަނޑު ގަތާ ފަހަތަށް އައްސާލާފައިވާއިރު ކުރިމަތިން އިސްތަށި ކޮޅެއް މޫނުމައްޗަށް ވެއްޗި ކޯތާފަތާ ކުޅެލަ ކުޅެލާ ހުއްޓެވެ. ބޮޑު ދެލޮލެވެ. އޮމާން މޫނެކެވެ، ތަނަވަސް ނިތްކުރިއެކެވެ، ތުންފަތުގައި މޭކަޕްކޮށްފައި ނެތްނަމަވެސް މަޑު ރަތްކުލައެއް ހުއްޓެވެ. ކުޑަ ހިނިތުންވުމަކާއި އެކު އަހަރެންނާއި ދިމާލަށް ބަލަށް އިންއިރު އަހަރެންގެ ހިތުގައި އޭނާގެ ރީތި ސިފަ ކަނޑާ ބިންވަޅު ނަގަމުން ދާކަމުގެ އިޙްސާސް ކުރެވެމުން ދިޔައެވެ.

ދުވެފައި ގެއަށް ދިޔައީމެވެ، އަދި މަންމަ ގާތު އެދައްތަ މެންކައިރީ ބުނެފީމޭ، އަދި އެހެންޏާ ނުފެންނަ ކުއްޖެސްވެސް އިންވާހަކަ ބުނީމެވެ. ބަތްތެލި ކައްކަން އުދާފައިވާ އުނދުނުގެ ދަރުތައް އެތެރެއަށް މަޅާލުމަށްފަހު، އަތުގެ ނުފުށުން މޫނުގައި ހުރި ދާތައް ފޮހެލުމާއެކު، އޭއީ ބޮޑުދައިތަގެ އެންމެ ހަގު ދަރިފުޅު ސާއިމާ އޭ މަންމަ ބުނެލިއެވެ.

“ސާއިމާ” ހިތާހިތުން ކިޔާލީމެވެ.

މެންދުރުގެ ކެއުމުގެ ވަގުތެވެ. އަހަރެން އެމީހުންގެ އިތިޒާރުގައި ދެކޮޅަށް ހިގާލަހިގާލާ ހުރީމެވެ. ހީވަނީ މީ ކޮންމެ ހެން އަހަރެން ކުރަންޖެހޭ ކަމެއް ހެންނެވެ. މަންމަވެސް މިތަން ފެނިފައި ދަރިފުޅާ ކިހިނެއް ވަނީ ހޭ އަހާލިއެވެ. އެއްވެސް ހާސްކަމެއްނެތި އެދައްތަމެން އަދިވެސް ކާންނާންނަނީ ހޭ އަލާލީމެވެ، އަދި އަންނާނެއޭ. މަންމަ ބުނެލިއެވެ.

“އައްސަލާމް އަލައިކުމް! އަޑު އިވުމާއި އެކު ދުވެފައިކަހަލަ ގޮތަކަށް ބޭރުގެއަށް ނިކުތީމެވެ. އެމީހުން އައިސް ދޮރުމަތީގައި ތިއްބެވެ. މަންމަ ބުނީ ކާންދާށޭ. އަހަރެން ބުނެލީމެވެ. އަދި އެމީހުންނާއެކު ކާގެއާއަށް ދިޔައީމެވެ. އަހަރެންވެސް އެމީހުންނާއި އެކު ކާން އެރީމެވެ. ކާމޭޒުގެ އަނެއްފަރާތުގައި ސައިމާވެސް އިށީނެވެ.

މަންމަ: ކޮބާމިހާރު ޑަކްޓަރަށް ދެއްކިއްޖެތަ؟

ދައްތައެއް: ހޫން! ބައިވައު ބޭސްވެސް ދީފަ އެބަހުރި

މަންމަ: ކޮންއިރަކުން ފުރަނީ

ދައްތައެއް: ޗުއްޓީ ނިމުނީމަ ދާނީ

ހިތާހިތުން އަހަރެންނަށް ހިނިތުން ވެލެނުނެވެ. ސައިމާއާއި އެކުގައި އެޅެލާނެ ދުވަސްކޮޅެއް ލިބުނީތާއެވެ.

މަންމަ: ހުސެން ހިވަނީ މިއަދު މޮޔަވެގެންއުޅޭހެން ، ތިކުދިން ކާންނައިސްގެން. ސައިމާ އާއި ބެހޭގޮތުން ވެސް ވަރަށްސުވާލުކުރި!

ދައްތައެއް: އެހެންތަ ހުސެން ސައިމާވެސް އެއީ ހުސެންގެ ދައްތަ އެކޭ؟ ނޭގޭތަ؟

ހިވީ އަހެންގެ ހިތައް އަރާ ފައިބާ އެއްޗެހި އެނގިގެން އަހަރެންނަށް މަލާމާތް ކުރިހެންނެވެ. ގަތް ލަދެއް ބުނެދޭކަށްވެސް ނޭގުނެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭގި އިސްޖަހައިގެން ކާލަ ކާލަ އިނީމެވެ.

މަންމައާއި އެދައްތަމެން އެތައް ވާހަކައެއް ކަމުންދިޔައިރު ދައްކަމުން ދިޔައެވެ. ކެއުމަށް ފަހު ކުޑައިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު އެމީހުން ހަލީމާ ގެއަށް ގޮސްފިއެވެ. އަހަންނާ ޖެހުނީތާއެވެ. މަންމަ ކީއްވެތަ އެހެން ބުނީ؟ ނުވާނެއެއްނު އެހެން ބުނާކަށް އަހަރެން ހާދަ ލަދެއް ގަތެވެ. ދެންވެސް އެކަހަލަ ވާހަކަ ނުދައްކާތި. ކިހިނެއްވީ އެއީ ހުސެންގެ ދައްތަ މެންވިއްޔަ އެހެން ބުންޏަކަށް ކަމެއް ނުވާނެއެއްނު މަންމަ ބުނެލިއެވެ. އަދި މޭޒުމަތި ސާފްކުރުމުގައި މަންމަ މަސްޢޫލުވިއެވެ. އަހަރެންވެސް މިދަނީ ކުޅޭށޭ ކިޔާ ބަނބުކެޔޮ ގަސްދޮށަށް ނިކުތީމެވެ.

ރޭގަނޑުގެ ވަގުތެވެ. އިޝާނަމާދަށް ފަހު ބައްޕައާއި އެކު ގެއަށް ވަނީމެވެ. ދެބަފައިން ކާންއަނާށޭ މަންމަ ގޮވާލިއެވެ. ކާގެއަށް ވަނުމާއެކު އެދައްތަމެން ކޮބާހޭ ކާން އަންނަން ނުބުނަން ހޭ އަލާލީމެވެ. އާނ! ނުބުނަން ، ކޮންމެ ފަހަރަކު ދައްތަ މެންނަކަށްވެސް ނާދެވޭނޭ ދަރިފުޅާ! މަންމަ ބުނެލިއެވެ.  އެހެންވިއްޔާ އަހަރެންވެސް ނުކާނަށް. އެހެން ބުނެ ދެއަތުން ލޯފޮހެމުން ތެދުވީމެވެ. އަހަރެން މަސަލަސް ހުރުމަށް މަންމަ އެތައް ވާކައެއް ދެއްކިއެވެ. އަހަންނަށް އެއިން އެއްވެސް އެއްޗެއް ނީވޭ ފަދައެވެ. މަންމަ މަސައްކަތް ކުރިވަރަކަށް އަހަރެން ދިޔައީ ބޮޑާހޭކުން ގަދަ ކުރަމުންނެވެ. އެންމެ ފަހުން ހޭރެމުން ބިންމަތީ އިސީނީމެވެ. ގިނައިރު ތަކެއް ނުވެ ގިސްލެވެން ފަށައިފިއެވެ. މަންމަގެ ހިތައް ކެއް ނުކުރެވުނީތާއެވެ. މިދަނީ ދައްތަމެން ބަލާ! މިހެން ބުނެ މަންމަ ބުލުއިސްތަށިގަނޑު ވާއަތްފަރާތު ކަންފަތާ ދިމާލަށް ހުޅި ޖަހަމުން ހިގައިގަތެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭ ދައްތަމެން ގޮވައިގެން މަންމަ އައެވެ. އަހަރެން ރޯންއިނުމުން ދައްތައެއް އައިސް ކައިރީގައި އުޑަފައިން އިށީނެވެ. އަދި ދައްތަ މެން މިއައީއޭ، ހުއްޓާލައިގެން ކާން ހިނގާށޭ. ބުނެލިއެވެ. ކުޑައިރުކޮޅަކު މިހެން އިދެފައި ދައްތަ އާއެކު ތެދުވެގެން ކާގެއަށް ދިޔައެވެ. ގިސްލަމުން ގިސްލަމުން ދައްތަމެންނާއެކު އަހަރެން އެރޭގެ ކެއުމަށް އިންސާފްކޮށް ނިންމާލީ އަހަރެން ބޭނުންވާ ކަންތައް ހާސިލް ކޮށްގެނެވެ. އަހަރެންނަކީ މަންމަގެ ރަންދަރިކަމުން އަހަރެންގެ ކޮންމެ އެދުމެއް ހާސިއްލުކޮށް ދިނުމަކީ މަންމަގެ އުފަލެއްކަމުގައި ހަދާދައިވާއިރު އެކަމުގެ ނާޖާއިޒް ފައިދާ އަހަރެން މިދަނީ ނަގަމުންނެވެ.

ހެދުނުހެދުނާ  ސައިމާ އާއި  އެކު ސައިބޮއިގެން  ގޯތިތެރޭ އެކިއެކި ކުޅިވަރުތައް ކުޅެން އުޅުނީމެވެ. ކިޔެވުމުގެ  މަސައްކަތްތައްވެސް  ބައެއް ފަހަރު ދެމީހުން އެކުގައި ކުރިއަށް ގެންދިޔައީމެވެ. ކުޅިވަރާ މަޖަލުގައި ސައިމާ އާއި އެކު ދުވަސްތައް ވޭތުވެގެން ދިޔައީއެވެ. ޗުއްޓީ ހަފްތާ ފާއިތު ވެގެން ދިޔަ ގޮތެއްވެސް ނޭގެއެވެ. ޗުއްޓީ ނިންމުމަށް ފަހު ސައިމާ ރަށަށް ދިއުމުން ބޮޑުޗުއްޓީގައި އެރަށަށް ގެން ދިއުމަށް މަންނަ ކިބައިން އެދުނީމެވެ. އަރެންގެ ހިތުގައި ސައިމާއަށް ހާއްސަ ކަމެއް ދެވިފައިވީނަމަވެސް ސައިމާ އަހަރެންނާ މެދު ދެކެނީ ކޮއްކޮ އެއްގެ ހައިސިއްޔަތުން ނުވަތަ އެހެން ގޮތަކަށް ކަމެއް އަދި އަދަށް ދާންދެންވެސް ނޭގެއެވެ.

*****

ފަހުޓާމުގެ ކިޔެވުން ކުރިއަށް ދަނީއެވެ. ހަފްތާ ބަންދެވެ. “ކުޑަކުދިންނަށް ހާއްސަ ކާޓޫނެއް މިއަދު ހަވީރު އަތޮޅުއޮފީހުގައި” މިހެން ލިޔެފައިވާ އިސްތިހާރެއް ރަށުގެ އެކި ހިސާބުފައި ބަހައްޓާފައި ހުއްޓާ ފެނުނެވެ.  އެއީ ކޮންކަމެއްތޯ ރައްޓެއްސެއްގާތު އަހާލީމެވެ. ހުސެނަކަށް ނޭގޭތަ އަތޮޅު އޮފީހަށް ޓީވީއެއް ގެނެސް ގެން އުޅޭކަމެއް އެއިން ކާޓުނު ދައްކަނީ ޔޯ މިއަދު ހަވީރު! އަހަރެން ދާން މިއުޅެނީ ހުސެން ނުދާނަންތަ؟ ރަހުމަތް ތެރިޔާ ސުވާލު ކުރިއެވެ. އެއީ ކިހިނެއްވާކަމެއްތޯ ބެލުމުގެ ޝަޢުގްވެރިކަން ހިތުގައި އުފެދުނުލެއް ބޮޑުކަމުން ދުވެފައި ގެއަށް ވަދެ މަންމާ!މަންމާ! ގޮވަންފެށިމެވެ.

ކިހިނެއްވީ ދަރިފުޅާ ހުސޭނާ! މަންމަ މިއުޅެނީ ބަދިގެ ފަރާތުގައި އާދެބަލަ.

މަންމާ އަހަރެންވެސް ބޭނުން ޓިވީ ބަލަން ދާން. އަޅެ ފޮނުވަބަލަ. މަންމަވެސް މާބޮޑު ދެކޮޅު ހެދުމެއްނެތި ބޭބެއާއި އެކު ފޮނިވާނަމޭ ބުނެލިއެވެ. ދެން އަސްރުވާން ކައިރިވެފައިވާތީ ވުލޫޢު ކޮށްލައިގެން ދިޔައީ އަސްރު ނަމާދަށެވެ.

ހަވީރު ވުމާއި އެކު ބޭބެއާއި އެކު އަތޮޅު އޮފީސް ދަށަށް ދިއުމަށް ގެއިން ނިކުތީމެވެ. އަހަރެންނޫނަށް ބޭބެވެސް އަދި މިއަދާ ހަމައަށް ޓިވީ ފެނިފައި ނުވާތީ، ޓިވީ ބެލުމަށް ފެންްް ބޮވައި ގަނެފައިވާކަން އެގެއެވެ..

އަތޮޅު އޮފީސް ދޮށަށް ދެވުނު އިރު ރަަށުގެ ރައްޔިތުން ކަހަލަ ގޮތަކަށް އެތަނަށް އެއްވެފައި އޮތެވެ. އީދު ކުޅިވަރު ބެލުމަށް މީހުން އެއްވެފައި އޮތްކަހަލައެވެ. 4:30 ވުމާއި އެކު އަތޮޅު އޮފީހުގެ ވަލު ދޮރާށި ހުޅުވާލިއެވެ. އަދި ހުރިހާ މީހުން އެތެރެއަށް ވަނުމަށް އަތުން އިސާރާތް ކޮށްލިއެވެ. އެއައި އެކު އެކަކު އަނެކަކަށް ވުރެ އަވަހަށް އެތެރެއަށް ވަނުމައްޓަކައި ދޮރާދިމާއަށް ހިނގައިގަތެވެ. އެ ކުޑަކުޑަ ދޮރުން ވަންނަށް އުޅެން ހަދައިގެން ހަމަރަނގަޅަށް ފިތި ބާރުވީއެވެ. ބިމުގައި ފައިނުޖެހޭ ވަގުތުތައްވެސް އާދެއެވެ. ގާތްގަޑަކަށް 10 ވަރަކަށް މިނެޓް ފަހުން އަތޮޅު އޮފީހު ތެރެއަށް ވަދެވިއްޖެއެވެ. ދޮރާއި ގާތުގައި އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ އަތޮޅުގޭ ކާގޭ ތަޅުން މަތީ އެކުގައި ހެން ކުނާ ފަތުރާފައިވާއިރު ކާކޮޓަރީގެ އެއްކޮޅުގައި ބޮޑު މޭޒެއް ބަހައްޓާފައި ހުއްޓެވެ.

“ކުޑަކުދިން ކުރީގައި ބޭތިއްބުމަށް ފަހު ބޮޑެތި ބޭފުޅުން ފަހަތުގައި ތައްބަވާ”! އަތޮޅު އޮފީހުގެ މުވައްޒިފަކު ދެންނެވިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މޭކަށިގަޑާ ހިސާބަށް ބެގީކޮށްލައިގެން އަތޮޅުގޭ މުވައްޒިފެއްކަމަށްވާ އިބްރާހީމްބެ އޭނާގެ ރަސްމީގޮތުގައި ސިގިރޭޓެއް ރޯކޮށްލައިގެން ހުރެ ކާކޮޓަރި ތެރެއަށް ވަނެވެ. ސިނގިރޭޓް ބޯގޮތުން ހީވަނި އިސްބޭފުޅަކު އެއްޗެއް ބައްލަވަނީ ހެނެވެ. ތިރިކޮށްފައިވާ އަތް ގަޔާއި ދުރަށް ވަރަށް ތަރުތީނުން ނެގުމަށް ފަހު ކުއްލިއަކަށް އަތް އަނގަޔާކައިރި ކޮށްލުމަށް ފަހު ސިނގިރޭޓް އެތެރެއަށް ވަރަށް ބާރަށް ދަމާލިއެވެ. އެއާއި އެކު ސިނގިރޭޓްގެ ކޮޅުގައިވާ އަލިފާން ކޮޅު ރަތްކުލައި ދިއްލިގެން ދިޔައެވެ. ކަމަ އެބީދައިން ހަތް ތިރިކޮށްލުމަށް ފަހު ސިގިރޭޓްގެ ދުންތައް މުޅިތަނަށް ދޫކޮށްލިއެވެ. ޓިވީ ބެލުމަށް ވުރެ އެންމެ ތަންކޮޅެއްވެސް ޝައުޤްވެރިކަން ކުޑަ މަންޒަރެއް ނޫނޭވެ. އިބްރާހިމްބެ ސިނގިރޭޓް ބޯގޮތް ފެނި އެކަމުގެ މޮޅުކަން އަދި އެއީ ގަދަރުވެރި އެއްޗެއްކަން އަރެންގެ މިކުޑަކުޑަ ސިކުޑިއަށް އިޙްސާސް ކުރެވުނެވެ. (އެދުވަސްވަރަކީ ދުންފަތުގެ އިސްތިއުމާލް ކުރުމުގައި އެއްވެސް ގަވާއިދެއް ގާނޫނެއް އޮތް ޒަމާނެއް ނޫން)

ކުރުކުއްލިއަށް ދެތިންފަހަރު ސިނގިރޭޓް ދަމާލުމަށްފަހު ސިނގިރޭޓް ފިލްޓަރ އެއްލާލިއެވެ. އަދި ކައިރީގައި ތިބި ދެމީހުނަށް ޓީވީ ގެންނާށޭ ބުނެލިއެވެ. ހުރިހާ ކުދިންގެ ލޯތައް ދޮރާދިމާލަށް ހުއްޓުނެވެ. ބޮޑު ބިޔަ ކަރުދާސް ފޮށިގަނޑެކެވެ. ދުވަހަކުވެސް ނުފެންނަވަރުގެ ބޮޑު ފޮށިގަނޑެކެވެ. “ހާދަބޮޑު އެއްޗެކޭ”. ކައިރީގައި އިން ކުއްޖާ ބުނެލިއެވެ. ޖަވާބުގައި އަނގަ ހާވެފައިވާ ހާލު އަހަރެންވެސް ބޯހޫރާލީމެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭގުނެވެ. އެހާވެސް ބޮޑެވެ.

ދެމީގުން ފޮށިގަނޑުގެ ދެކޮޅުގައި ހިފައިގެން ގެނެސް މޭޒުކައިރީ ފޮށިގަނޑު ބެހެއްޓިއެވެ. އަދި މަޑުމަޑުން ދެމީހުން ދުރައްޖެހިލިއެވެ. އިބްރާހިމްބޭ އޭނާގެ ބޮޑުގޮތުގައި މަޑުމަޑުން އައިސް ފޮށިގަނޑު ކައިރިއަށް ހުއްޓި ފޮށިގަނޑު ހުޅުވުމުގެ މައްކައްކަތް ފެށިއެވެ. ހުރިހާކުދިންހެން އިށިދެ ތިބިތަނުން އެމީހުންގެ ފޫހިއްލާލުމަށް ފަހު ފޮށިގަނޑުގެ ތެރޭގައިވަނީ ކޮންއެއްޗެއްތޯ ދެނެގަތުމުގެ ބޭނުމުގައި ދެލޯ ކުނާކުރަމުން ދިޔައެވެ. އިރުވާހުދު މެއްސެއްކާން އުޅޭ ގޮތަށެވެ.

ފޮށިގަނޑުގެ ދެފަރާތަށް އަތް ލެއްވުމަށްފަހު އިބްރާހީމް ބޭ ވަރަށް ބަރުއެއްޗެއްގައި ހިފައިފާއި ނަގާހެން އެއްޗެއް ނަގަން ފަަށައިފިއެވެ. އެއެއްޗެއްވަނީ އަދި ރަބަރު ކޮތަޅަކަށް ލައިފައެވެ. އެހެން މީހެއްގެ އެހީގައި އެކޮތަޅު އެއިން ދަމައިގަތެވެ. އޮހް! އެއްފަރާތުގައި ބިއްލޫރި ޖަހާ، އެހެން ހުރިހާ ބިތެެއް ބަލާބެލުމަށް ލަކުޑިން ހަދާފައިވާ ބައިވަރު ފިއްބަރިތަކެއް ލައިފައިވާ ފޮއްޓެއް އަހަރެމެންނާ ބިއްލޫރިގަޑު ކުރިމަތި ވާގޮތަށް މޭޒުމަތީ ބައްހައްޓައިފިއެވެ. ބިއްލޫރިގަނޑު އެކުގައި ކަޅުކޮށް ހުރުމުންކަންނޭގެއެވެ. އަހަރެމެން އެންމެންގެ ސިފަ ފުސްކޮށް އެބިއްލޫރިގަނޑުން ފެންނަށް ހުއްޓެވެ.

ނައީމޫ! ޖަނަރޭޓަރު ސްޓާރޓް ކުރޭ. އިބްރާހީމްބޭ ގޮވާލިއެވެ. ދެންފެނުނީ 3ކޭވީ ގެ ކުޑަ ޖަނަރޭޓަރެެއް އަތޮޅުއޮފީސް ގޯތިތެރޭ ހުރި ހިރުނދު ގަސްދޮށުގައި ބެހެއްޓުމަށް ފަހު އެ ސްޓާޓް ކުރި މަންޒަރެވެ. އަދި ޖަނަރޭޓަރަށް ކޭބަލު ގަނޑެއްގެ އެއްކޮޅު ގުޅުމަށް ފަހު ބޯޑް ހަރުކޮށްފައިވާ ކޮޅު ޓީވީ ކައިރީ ގެނެސް ބޭއްވިއެވެ. ޓިވީގެ ފުރަގަހަށް ފޮރުވާފައިވާ ދިގުވާފަނޑެއް އޭގެ ތެރެއިން ދަމާ ނެރުމަށްފަހު އެވާގަނޑު ކަރަންޓް ބޯޑާއި ގުޅާލިއެވެ. ސްއިޓް ޖައްސާލިއެވެ. ޓީވީއަކަށް އެއްވެސް ގޮތެއް ނުވިއެވެ. އިބްރާހިމްބޭ ކުޑައިރުކޮޅަކު ހުރުމަށްފަހު ޓީވީގެ އިން ފިތެއް ޖައްސާލިއެވެ. ކުޑައިރުކޮޅަކަށްފަހު ބިއްލޫރިގަނޑުގެ މެދުން ހުދުރޮނގެއް ފެނިގެންދިޔަ އެވެ. ހުރިހާ ކުދިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދުވަހަކުވެސް މިފަދައެއްޗެއް ފެނިފައިނުވާކަން އަހަރެންނާއި އެހެން ކުދިންގެ މޫނުން ހަމަރަގަޅަށްވެސް ފެންނަން ހުއްޓެވެ. ކުޑަ އިރުކޮޅެއްގެ ތެރޭ މިއްލޫރިގަނޑު އެއްކޮށް ދިއްލި ކަޅާއި ހުދުގެ ވައް ބޮޅުތަކެއް ބިއްލޫރިގަނޑުން ފެންނަށް ފެށިއެވެ. އިހުނަށްވުރެވެސް މާރީޢްޗެވެ. ކައިރީގައި އިންކުއްޖަކު ޓިވީ ތެރޭން ކިތައް މީހުން އެބަފެނޭހޭ ބުނެލިއެވެ. ހައްތާވެސް މީހުންގެ ބޮލެވެ. ޖެހިގެން އިންކުއްޖާ ބުނެލިއެވެ. މިވަރުގެ ޝައުޤްވެރި އެއްޗެއް އުމުރުގައިވެސް ފެނިފައިނުވެއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ޓިވީތެރޭން ފެންނަ މީހުންގެ އަދަދު ގުނޭތޯ މަސައްކަތް ފެށިއެވެ. މުޅިހޯލުތެރޭން ސިމިންސިމިންގެ އަޑު ފެތުރިގެން ދިޔައެވެ.

މޭޒުގައި ހަދާފައިވާ ކަބަޑު ތެރެއިން ކުޑަ ފޮށީގަނޑެއް އިބްރާހިމްބޭ ނެގިއެވެ. އަދި އޭގެން ކަޅުކުލައިގެ ހަތަރެސްކަން ޕްލާސްޓިކް އެއްޗެއްނެގުމަށް ފަހު އެޓިވީއާއި ގުޅުމުގެމައްކަތް ފެށިއެވެ. ޓިވީއާއި އެންމެ ކައިރީގައި އިން ކުއްޖާ ތީކޯޗެއް އިބްރާހިމްބޭ؟ މިހެން ބުނެލިއެވެ. މީ ވީސިއަރު!.އިބްރާހިމްބެގެ ޖަވާބް ވަރަށްވެސް ކުރެވެ.

އަނެއްކާ އަނެއް ސުވާލެވެ. އެއީ ކީއްކުރާ ކޯޗެއް ހެއްޔެވެ.

ވީސިޔަރުގެ ހުރިހާ ނަރެއް ގުޅުމަށްފަހު އޭގެ ސްއިޗެއް ޖައްސާލާ އެވެސް ދިއްލާލިއެވެ. އަދި ކައިރީގައި އޮތް ކާޓޫނު ކުރެހި ކުޑަ ކަރުދާސް ފޮއްޓެއްކަހަލަ އެއްޗަކުން މާބޮޑުނޫން ދެ ވިދުކަނޑާ، މެދުގައި އަލި ޕްލާސްޓިލާފައިވާ ކަޅުކުލައިގެ އެއްޗެއްނަގާ ވިސިޔަރާ ކާރިކޮށްލުމާއެކު އެއެތި އެކުގައި ވީސިޔަރ ކާލިއެވެ.!!!!(ނުނިމޭ)……

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

howday

Level 1

Other Articles

Previous

ޢަޞްރު (ސައުރަތިރީސްވަނަ ބައި)

Next

ވަންހަނާ (19)

Next
January 19, 2017

ވަންހަނާ (19)

Previews
January 19, 2017

ޢަޞްރު (ސައުރަތިރީސްވަނަ ބައި)

6 Comments!

  1. howday says:
    January 20, 2017 at 2:02 am

    މިބައިވެސް ކިޔުން ތެރިންނަށް ކަމުދަނެކަމަށް އުއްމީދު ކުރަން، އިސްލާހް ކުރުވަނިވި ފާޑުކިޔުންތައް ކިޔުން ތެރިންގެ ކިބައިން ލިބޭނެ ކަމަށް އުންމީދު ކުރަން.

  2. yoon says:
    January 20, 2017 at 2:05 am

    nice story, it seems real one

  3. mezzo says:
    January 20, 2017 at 9:59 am

    its real story. v v v reethi

  4. ... says:
    January 20, 2017 at 10:50 pm

    varah furihama ah kureezamaan sifakohdheefa ebahuri..

  5. san says:
    January 22, 2017 at 11:42 am

    nice of it

  6. meen says:
    January 25, 2017 at 11:34 am

    beykaaru vaahaka gina ee

Comments are closed.

Next Episodeލައިފް ( 6 ވަނަ ބައި)←


All Right Reserved!