Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަމަވެސް.. 4

Shiya
January 20, 2017
5 Mins Read
27 Views
2 Comments

 

ނަޖުވާގެ ހިތަށް އަރަމުން ދިޔައެވެ. ޝިޔާޒް އަށް ވެގެން އެއުޅެނީ ކީތް ބާއްވައެވެ؟ އޭނާ އަހަންނާދޭތެރޭ ހިތްހަމަ ނުޖެހިގެން އެއުޅެނީ ކޮންކަމަކާ ބާވައެވެ؟ އަހަންނަށް ކީއްކުރެވުނީ ބާވައެވެ.؟ ޝިޔާޒް މިހާރު އަހަންނާއެކު ލޯބިން ކުޑަ ވަގުތުކޮޅެއްވެސް ހޭދައެއް ނުކުރެވެ. އަބަދުވެސް ހީވަނީ ކޮންމެވެސް  ކަމަކާ އަހަންނާ ދޭތެރޭ ހިންހަމަނުޖެހިފަ ހުންނަހެންނެވެ.

” ކީއްވެ  ޝިޔާޒް ނަޖޫއާ ދޭތެރޭ ހިންހަމަ ނުޖެހެންވީ؟..” ޝާނާ އެހިއެވެ.

ޝާނާ އަކީ ނަޖުވާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެމީހުން ވާހަަދައްކަން ތިބީ ޝާނާގެ ގޭގެ ސިޓިންގރޫމްގައެވެ ނަޖުވާ އިނީ ވަރަށް ދެރަވެފައިހުރި ވަރުން ރޮވޭގޮތް ވެފައެވެ. ނަޖުވާ ދެރަވެފައި އިންތަން ފެނުމުން ޝާނާ ވަރަށް ދެރަވިއެވެ. ޝާނާ ދެކޭގޮތުގައި ނަޖުވާ އަށް ލިބޭ ކޮންމެ ހިތާމައަކީ ޝާނާއަށް ވެސް ލިބޭ ހިތާމައެކެވެ.

” އަހަންނަކަށޤ ނޭނގެ ޝިޔާޒް އަހަންނާ ދޭތެރޭ ހިންހަމަ ނުޖެހެންވީ ކީއްވެ ކަމެއް؟.. މިއަދު އަހަރެން ގާތު ބުނެފި ޝިޔާޒްގެ މޯބައިލް ފޯނުގަ އަތް ނުލާށޭ!…..” ނަޖުވާ އޭނާގެ ހިތުގެ އުދާސްތަށް ޝާނާ އަށް ކިޔައިދޭން ފެށިއެވެ.

” އެހެންތަ؟… ތިކަހަލަ ކަންތައްތަށް މަނާކުރާނީ ޝިޔަޒް ކޮންމެވެސް ކަމެއް ނަޖުވާ އަށް ސިއްރު ކުރާތީ….” ޝާނާ ނަޖުވާ އަށް ބުނެލިއެވެ.

” އަހަންނަށް ވެސް ހީވަނީ ތިހެން.. އެކަމަކު ، ޝިޔާޒް ބުނި އަހަންނަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަމޭ!..” މާޔޫސް ވެފައިހުރެ ނަޖުވާ އަށް ބުނެވުނެވެ.

” ކޮންމެ މީހަކުވެސް ވަރަށް ފަސޭހައިން ތިހެން ބުނާނެ… އެކަމަކު ކާކު ހުންނާނީ ކަންތައްތައް ސިއްރު ނުކޮށް…. އެކަކަށްވެސް އެހާ ބޮޑަށް އިތުބާރު ކުރާކަށް ނުވާނެ….ނަޖޫ އަށް އިނގޭނެ އަހަރެންގެ ދިރިއުޅުން އަހަންނަށްވެސް ލަނޑުލިބުނީ ފިރިމީހާއަށް މާ ބޮޑަށް އިތުބާރު ކުރެވުދނީމަ…” ޝާނާ ވާހަކަ ދެއްކީ އޭނަގެ އަމިއްލަ ދިރިއުޅުމުން ލިބިފައިވާ ތަޖުރިބާއަށޤ ވިސްނާފައެވެ.

” ދެން އެކަމާ އެހާބޮޑަށް ވިސްނާ ދެރަނުވޭ! އިރާދަ ކުރެއްވިއްޔާ ނަޖޫއަށް ދެރަގޮތެއް ނުވާނެ!.. އަހަރެންގެ ދުއާ އަކީ ނަޖޫއަށް އަބަދުވެސް ރަނގަޅުގޮތް ވުން…” ޝާނާ  ނަޖުވާ އަށް ހިއްވަރުދޭން މަސައްކަތް ކުރިއެވެ. ނަޖުވާ ހިނިތުންވެލަން މަސައްކަތް ކުރި ނަމަވެސް ނަޖުވާގެ ތުންފަތަށް ހިނިތުންވުމުގެ އަސަރެއް ނުގެނެވުނެވެ. ކޮންމެވެސް ދެރަކަމެއް ވާން އުޅޭހެން ނަޖުވާ އަށް ހީވަނީއެވެ. ” ދެން އަހަރެންދަނީ އިނގޭ! ވަގުތެއްވީމަ އަހަރެންގެ  ގެއަށް އަންނާތި….” ކޮޅަށް ތެދުވަމުން ނަޖުވާ ބުންޏެވެ. ” ޢާނ.. ދާނަން… ” ޝާނާ ހިނިތުން ވެލިއެވެ.

ޝިޔާޒް އޮތީ އެނދުގައި އޮށޮވެގެން  އާފަތިސް ނޫސް ކިޔާށެވެ. މަލްޝާ އިނީ ފޮތެއް ހިފައިގެން ކުރަހާށެވެ. ފޯނު ރިންގ ވާން ފެށުމުން ޝިޔާޒް ފޯނު ނަގައި ބާލައިލިއެވެ. ގުޅަނީ ޖުމާނާގެ ނަންބަރުންނެވެ. ފޯނަށް ބަލަން އޮވެފައި ޝިޔާޒް ފޯނު ނެގިއެވެ.    ” ހަލޯ… ” ޝިޔާޒް ބުންޏެވެ.

” ހަލޯ…. ޝިޔާޒް ކިހިނެއްތަ؟..” އެކޮޅުން އިވުނީ ޝިޔާޒް ހީކުރި ޖުމާނާގެ އަޑެއް ނޫނެވެ.

” ތީ.. ކާކު؟..” އެނދުން ތެދުވެ، ޝިޔާޒް ސުވާލު ކުރިއެވެ.

” ނޭނގުނުތަ ކާކު ކަމެއް؟.. ހާދަ އަވަހަކަށް އަހަރެންގެ އަޑު ހަނދާން ނެތުނީ… ހަނދާން ކޮށްބަލަ..މީ އެއްދުވަސް ވަރެއްގައި ޝިޔާޒް އަށް ވަރަށް އެހީތެރިވެދިން ކުއްޖެއް ”

” ތިބުނީ ކޮންދުވަސްވަރެއްގަ….” ޝިޔާޒް އެހިއެވެ.

” ޝިޔާޒްގެ ލޯބީގެ ރަންދުވަސް ވަރުގައި….. މިހާރު ހަނދާން ވެއްޖެތަ؟ .”

” އާނ… މިހާރު ހަނދާން ވެއްޖެ!.. ގިނަދުވަސް ވީމަ އަޑުން ނޭނގުނީ… ލިމްޔާ ދޯ؟ ”  ޝިޔާޒް ވިސްނާލުމަށްފަހު ބުންޏެވެ.

” އާނ.. ލިމްޔާ..” ލިމްޔާ ހިނިތުން ވެލިއެވެ. ” ޝިޔާޒަށް ގިނަދުވަސް ވީމަ، އަހަރެންގެ އަޑުނޭނގުނަސް އަހަންނަށް ޝިޔާޒްގެ އަޑުޖެހޭއިރަށް އެނގިއްޖެ..”

” ކިހިނެއްވީ އެހާ ދުވަސްކޮށްލާފަ ތި ގުޅާލީ؟…. ”

” ހަނދާން ވާތީ..”  ލިމްޔާ އެހެންބުނުމުން ޝިޔާޒަށް ހެވުނެވެ. ” ކީއްވެ ލިމްޔާ އަހަރެން މަތިން ހަނދާން ވާންވީ؟…” ” ތީ އަހަރެންގެ ރަށްޓެއްސެއްނު….. އެހެންވީމަ ހަނދާން ވާނެއްނު… މިހާރު ޝިޔާޒް އަހަންނާ ދޭތެރޭ ގާތްކޮށް ނުދެކުނަސް ކުރިން އަހަންނަކީ ޝިޔާޒަށް އެއްމެ މުހިންމު އެކުވެރިޔާ.. އެކަމަކު އަހަންނަށް އިނގޭ ޝިޔާޒް އަށް އަހަރެންާ މުހިންމު ނުވާނެކަން..”

” ކިހިނެއް އިނގެނީ މިހާރުވެސް އަހަންނަށް ލިމްޔާ މުހިންމު ނޫން ކަމެއް.. މިހާރުވެސް އަހަންނަށް ލިމްޔާ މުހިންމު ވެދާނެއްނު…. ދެން އެވާހަކަ ބާއްވާ.،.. ކީއްވެތަ ކުއްލިއަކަށް ލިމްޔާ، ޖުމާ އަހަރެން މަތިން ހަދާންވެގެން ތިއުޅެނީ… ފަސް އަހަރު ފަހުންތަ އަހަރެން މަތިން ހަނދާން ވާންވީ….” ޝިޔާޒް ވާހަކަ ދެއްކިއެވެ.

” ޖުމާ މިހާރަކަށް އައިސް މާ ގިނައިން ޝިޔާޒްގެ ވާހަކަ ދައްކާތީ އަހަރެންވެސް  ޝިޔާޒްގެ މަތިން ހަނދާންވީ…އެހެންވެ މިގުޅީ.. ޖުމާ މިހާރު ހުންނަނީ ވަރަށް ދެރަވެފަ..”

ކީއްވެ ޖުމާ ދެރަވާންވީ؟ އަހަންނާ ވަކިވެގެން ޖުމާ ދިޔައީ އުފާވެރި ދިރިއުޅުމެއް އުޅޭކަންނު… ހުރިހާ އުފަލެއް ޖުމާއަށް ލިބޭނެ ކަމަކަށްނު…. އަހަރެން ރޮއްވާލައިފަ ދިޔައީ…. ދެން މިހާރު  ކީއްވެ ޖުމާ ބޭނުންވި އުފާވެރި ދިރިއުޅުން ނޫޅެވެންވީ… ލިމްޔާއަށް ރަނގަޅަށް އިނގޭނެ ޖުމާ އަހަންނާ ދޭތެރޭ ކަންތައް ކުރިގޮތް.. އެހެންވީމަ ދެން ލިމްޔާވެސް ޖުމާ މިހާރު ހުންނަނީ ދެރަވެފައޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް”

އެހެންބުނެފައި ޝިޔާޒް ރުޅިއައިސްފައި ހުރިވަރުން ފޯނު ކަނޑާލިއެވެ.

މޭޒުމަތީގައި ފޯނު ބާއްވާފައި ޝިޔާޒް ގޮސް ހުއްޓުނީ ލޯގަނޑު ކުރިމައްޗަށެވެ. ބޮލުގައި އަތް ފުނާ އަޅާލުމަށްފަހު، ލައިގެން ހުރި ގަމީހަސް ސެންޓް ބުރުވާލުމަށްފަހު ކޮޓަރިން ނުކުތްއިރު ނަޖުވާ އިނީ ސިޓިންގރޫމް ސޯފާގައި އިށީދެގެންނެވެ. ޝިޔާޒް ބޭރަށް ނުކުންނަން ދާ ތަން ފެނުމުން ނަޖުވާ ޝިޔާޒަށް ގޮވައިލިއެވެ. ޝިޔާޒް ހުއްޓިފައި ނަޖުވާގެ މޫނަށް ބަލާލިއެވެ.

” ކޮންތާކަށް ތި ދަނީ؟ ” ނަޖުވާ އަހާލީ  މާ އެދެވޭ ޖަވާބެއް ޝިޔާޒްގެ ފަރާތުން ލިބޭނެ ކަމުގެ ވަރަށް ކުޑަ އުއްމިދަކާއެކީގައެވެ. ” މާހިންގެ ގެއަށް ދާން  މިދަނީ…  ކިހނެއްވީ؟ ..”

” ކަމެއްނުވޭ ހަމަ އަހާލީ.” ނަޖުވާ އެހެންބުނެފައި އިސްޖަހާލިއެވެ… ނަޖުވާއާ ޝިޔާޒްގެ ދިރިއުޅުން މަޑު މަޑުން ވިއްސި ވިހާލި ވެގެން ދާހެންވެސް ނަޖުވާއަށް ހީވެއެވެ.. ނަމަވެސް ކުރާނެ ކަމެއް ނޭނގި ނަޖުވާ އަށް ގޮތް ހުސްވާގޮތްވިއެވެ.

ޝިޔާޒް ގޮސް ނަޖުވާއަށް ބަލަން ހުރެފައި ނަޖުވާ ކައިރިއަށް ގޮސް ނަޖުވާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ނަޖުވާ އިސްއުފުލާފައި ޝިޔާޒްގެ މޫނަށް ބަލަމުން ކޮޅަށް ތެދުވިއެވެ. ނަޖުވާ ދެރަވެފައިކަން އެނގުމުން ޝިޔާޒްގެ ހިތަށް އަސަރު ކުރިއެވެ. ޝިޔާޒް ނަޖުވާގެ ބޮލުގައި ފިރުމާލިއެވެ.

” ކީއްވެ ދެރަވެފަ ތިހުރީ؟..” ޝިޔާޒް އެހެއެވެ. އެވަގުތު ނަޖުވާ ޝިޔާޒްގެ މޭގައި ބޯ އަޅާލުމާއެކު ރޯންފެށުމުން ޝިޔާޒް ވަރަށް ކަންބޮޑު ވިއެވެ.

” ނަޖޫ ! ކިހިނެއްވީ ތިރޮނީ؟” ޝިޔާޒް ސުވާުލު ކުރިއެވެ.

ނަޖުވާ އެއްވެސް ޖަވާބެއް ނުދިނެވެ. ޝިޔާޒް ނަޖުވާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. ޝިޔާޒް ނަޖުވާ ގެންގޮސް އެނދުގައި ބޭންދިއެވެ. ނަޖުވާ އަށް އަދިވެސް ރޮވެނީއެވެ. ޝިޔާޒް އެނދުގައި އިށީނދެ ނަޖުވާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ.

” ނަޖޫ ތިރޯ ސަބަބެއް ބުނެދީބަލަ؟..” ނަޖުވާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފޮހެލަމުން ޝިޔާޒް ވާހަކަ ދެއްކިއެވެ. ނަޖުވާ ޝިޔާޒްގެ ކޮނޑުގައި ބޯ އަޅާލިއެެވެ. ޝިޔާޒް ދެކެ ނަޖުވާ އިންތިހާއަށް ލޯބިވެއެވެ. ޝިޔާޒްގެ ފަރާތުން ނަޖުވާ އަބަދުވެސް ބޭނުންވަނީ ލޮތްބާއި އަޅާލުމެވެ. އެލޮތްބާއި އަޅާލުން ޝިޔާޒްގެ ފަރާތުން ނުލިބެން ފެށުމުން ހަގީގަތުގައިވެސް ނަޖުވާގެ ހިތަށް ފުން އަސަރުތަކެއް ކުރުވައެވެ. އަދި އެކަން ޝިޔާޒަށް އިނގޭނެވެސް މެއެވެ.

” ޝިޔާޒަށް ހަމަނޭނގޭތަ އަހަރެން މިރޯ ސަބަބެއް؟..” ނަޖުވާ ވާހަކަދެއްކީވެސް ރޮމުންނެވެ. އެއަޑުގައި ވަނީ ހިއްދަތިކަމެވެ. ޝިޔާޒް ފުން ނޭވާއެއް ލިއެވެ. އަދި ނަޖުވާ ދުރުކޮށްލާފައި ކޮޅަށް ތެދުވިއެވެ. ހުޅުވާފައި ހުރި ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ގޮސް ޝިޔާޒް މަޑުކޮށްލިއެވެ. ކުޑަދޮރުން ބޭރު ބަލަންހުރެ ޝިޔާޒް ވިސްނަމުން ދިޔައީ ނަޖުވާ އާ ދޭތެރޭއެވެ. އިރުކޮޅެއްވަންދެން ވިސްނަން ހުރެފައި ޝިޔާޒް ނަޖުވާ އާ ދިމާއަށް އެނބުރުނެވެ. ނަޖުވާ އިނީ ޝިޔާޒް އަށް ބަލަހައްޓައިގެންނެވެ.

” ނަޖޫ! އާދެބަލަ މިކޮޅަށް…” ޝިޔާޒް އޭނާގެ ގާތަށް ނަޖުވާ އައުމަށް އެދުނެވެ. ނަޖުވާ ތެދުވެގެންގޮސް ޝިޔާޒް ކައިރީގައި މަޑުކޮށްލިއެވެ.

” ނަޖޫ ދެރަވެގެން ތިއުޅެނީ މިހާރަކަށް އައިސް އަހަރެން ނަޖޫއާ ދުރު ދުރުން އުޅޭތީތަ؟ ” ނަޖުވާގެ މޫނަށް ބަލަމުން ޝިޔާޒް އެހިއެވެ. އާއެކޭ ބުނުމުގެ ގޮތުން ނަޖުވާ މަޑު މަޑުން ބޯ ޖަހާލިއެވެ.

” އަހަންނަށްވެސް ހީވޭ މިހާރަކަން އައިސް އަހަންނަށް ނަޖޫއާ ދޭތެރޭ ފަރުވާކުޑަ ކުރެވޭހެން އެކަމަކު އަހަރެން ހިއެއް ނުކުރަން ނަޖޫ ތިހާވަރަށް ދެރަވާނެ ކަމަކަށް.. ” ޝިޔާޒް ބުންޏެވެ.

” ޝިޔާޒަކަށް ނޭނގޭތަ އަހަރެން ޝިޔާޒްދެކެ ލޯބިވާ ވަރެއް؟” ނަޖުވާ ޝިޔާޒް ކުރެން އެހިއެވެ. ” ލޯބިވާކަން އިނގޭ އެކަމަކު އެހާ ކުޑަ ކުޑަ ކަމަކާ ތިހާ ދެރަވާކަށް ނުވާނެ! ރޯކަށް ނުވާނެ!…. ނަޖޫ ތީ އެހާ ފިނޑި ކުއްޖެއްވެސް ނޫނެއްނު…..”

” ޝިޔާޒަށް އެއީ ކުޑަކަމަކަށް ވިޔަސް އަހަންނަށް އެއީ ކުޑަކަމެއް ނުނޭ!….އަހަރެން ލޯބިވާ މީހަކު އަހަންނާ ދުރު ދުރުން އުޅެންޏާ އަހަރެން ދެރަވާނެ…ކުރިން އަހަރުމެން ދެމީހުން އުޅުނީ ކިހާ ލޯބިން؟.. ”

” ސޮރީ….. ” ޝިޔާޒް މާފަށް އެދުނެވެ. ” އަހަރެން ދެން ދުވަހަކުވެސް ނަޖޫ ދެރަވާވަރުގެ ކަމެއް ނުކުރާނަން.. އައި.. ލަވް.. ޔޫ ” ޝީޔާޒް އެހެން ބުނަމުން ނަޖުވާ ގަޔާއި ގާތް ކޮށްލިއެވެ. ނަޖުވާގެ ތުންފަތް މައްޗައް ހިނިތުންވުމެއް ވެރިވިއެވެ.

********************

އޮފީހު ކެންޓީނުގައި މާޙިންއާ އެކު ޝިޔާޒް އިނީ ސައިބޯށެވެ. އޮފީހުގެ އަހަރީ ދުވަސް ކައިރިވުމުން އަންނާތީ އެދެމީހުން ނިންމަންޖެހޭ މަސައްކަތް އޮތީ ފުނިޖެހިފައެވެ. ޝިޔާޒް އިނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާފައެވެ. އެއީ މިހާރަކަށް އައިސް ޝިޔާޒްގެ އާދައެވެ. އޭނާގެ ބޮލުގައި ނުރިއްސާ ދުވަހެއް މަދުވާނެވެ. ވާނީވެސް އެހެންތާއެވެ. އެހެން އެވަނީ މިހާރަކަށް އައިސް ޝިޔާޒް ވިސްނާ ކަންތައްތައް ގިނަކަމުންނެވެ. ކަންތައްތަކާއި މާ ބޮޑަށް ނުވިސްނުމަށް މާހިން ޝިޔާޒަށް ވަރަށް ނަސޭހަތް ލައިދެއެވެ. އެހެން ނަމަވެސް މާހިންގެ ނަސޭހަތެއް ޝިޔާޒް އަޑެއް ނާހައެވެ.

” ބޯހަލާކު ވާވަރުވޭ!..” ސައިބޮއި ނިމިގެން ގޮނޑިން ތެދުވަމުން ޝިޔާޒް ބުންޏެވެ.

” ކޮންކަމަކާ؟..” ގޮނޑިން ތެދުވަމުން މާހިން އެހިއެވެ.

” ބޮސްގެ ކަންތަކާހެދި…. އިއްޔެ ހަވާލުކުރި މަސައްކަތް އަދި އެހުރީ ނުނިމި… މިއަދު އަނެއްކާ އޭގެ ދެގުނަ މަސައްކަތް ހަވާލު ކޮށްފި…”

” ވަޒީފާގައި އުޅެންޏާ ބޯ ހަލާކުވިޔަސް ހަވާލު ކުރާ ހުރިހާ މަސައްކަތެއް ނިންމަންޖެހޭނެ….ދެން ހިނގާ އަވަހަށް ދާން  މިހާރު ބޮސް އަހރުމެން ހޯދާނެ ކަންނޭނގެ ވަރަށް ގިނައިރު ވެއްޖެ އެއްނު ސައިބޯން އައިފަހުން…” މާހިން އެހެންބުނެ ނިމުނުތަނާހެން ޝިޔާޒްގެ މޯބައިލް ފޯން ރިންގ ވާން ފެށިއެވެ. ޝިޔާޒް އަވަހަށް ޖީބުން ފޯނު ނަގައި ބަލާލިއެވެ. ” ހޫމް ބޮސް އެގުޅަނީ ލަސްވެގެން..” ޝިޔާޒް މާހިންގެ މުނަށް ބަލައިލިއެވެ،  ” އަވަހަށް ފޯނަށް ޖަވާބުދީ! ބުނޭ މިދަނީއޭ….” މާހިން ބުންޏެވެ. ޝިޔާޒް ފޯން ނަގައި ކަންފަތުގައި ޖައްސާލިއެވެ.

ޖުމާނާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ވަގުތަކީ އިމްރާން ގޭގައި ނޫޅޭ ވަގުތަކަށް ވުމުން ޖުމާނާ އޮތީ ޝިޔާޒާއި، ޖުމާނާ އެކުގައި ނަގާފައިވާ ފޮޓޯތަކަށް ބާލާށެވެ.

ނުނިމޭ

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shiya

Other Articles

Previous

އެވިއްސާރަ ރޭ… ހަވަނަބައި

Next

ހިތު ވިންދު

Next
January 20, 2017

ހިތު ވިންދު

Previews
January 20, 2017

އެވިއްސާރަ ރޭ… ހަވަނަބައި

2 Comments

  1. ♥♥♥♥♥ says:
    January 20, 2017 at 8:32 am

    Thankolhei avahah up kohdhinun edhen

  2. Xenn says:
    February 3, 2017 at 12:14 am

    Avahah upp beynun… And next episode hoadhan v undhagu…

Comments are closed.

All Right Reserved!