Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެވިއްސާރަ ރޭ… ހަވަނަބައި

nizam
January 20, 2017
3 Mins Read
46 Views
1 Comment

ނަމަވެސް ކޮންމެ ފަހަރަކު ވެސް ބުނެވެނީ ބައްޕަ އަދި އަންނާނެ ކަމުގައެވެ. އެގޮތުން ފަހުން ފަހުން އައިސް އެކަމާ އަހަރެން ނަށް ވިސްނަން މަޖުބޫރުވިއެވެ. އަބަދަކު ދަރިފުޅަށް ދޮގު ހަދައިގެން ވެސް ނޫޅެވޭނެއެވެ. ކޮންމެ ވެސް ދުވަހަކުން ދަރިފުޅަށް ހަޤީޤަތް ވެސް އެނގޭނެއެވެ. އެ ދުވަހަކުން ދަރިފުޅު އަދި މާ ދެރަ ވާނެއެވެ. އަނެއް ކޮޅުން ދަރި އަކަށް ބައްޕަ އެއްގެ ލޯބި މުހިންމު ވާނީ ކިހާ ވަރަކަށް ކަން ވިސް ނޭތީއެވެ.

މަންމަގެ ލޯތްބާ އެއް ވަރަށް ބައްޕަގެ ލޯތްބަކީ ވެސް ދަރިން ނަށް މުހިންމު އެއްޗެކެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދީ ރަނގަޅު މަގުން ކައްސާ ނުލާނެހެން ދަރިން ބަލާ ބޮޑު ކުރުމަކީ މައިން ބަފައިންގެ ޒިންމާ އެކެވެ. މައިންނާ ހަވާލު ކޮށްފައިވާ އަމާނާތެކެވެ. މައްސޫލިއްޔަތެކެވެ. ދަރިންނަށް ރަނގަޅު ގޮތާއި ނުބައި ގޮތް ބުނެދިނުމަކީ މައިން ބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ.

އެގޮތުން ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން އަހަރެން ވެސް ބޭނުމެވެ. ރަށުތެރެޔަށް ގިނަވެ އާވާރާވެ ދީވާނާ ވެގެން އުޅޭ ކުށް ޖަކަށް އަހަރެންގެ ދަރިފުޅު ވާކަށް އަހަރެން ނޭ ދެމެވެ. އެއީ އެއްވެސް އިރެއްގަ އަހަރެން ވެސް  އުޅުނު ގޮތަކަށް ނުވާތީއެވެ.

ވިސްނި ވިސްނި ހެން އަހަރެންގެ ސިކުނޑި ހާސްވަމުން ދިޔައެވެ. ނީޝާމު ދުނިޔޭގަ ހުރިނަމަ މި ވިސްނުން ތަކެއް ވިސްނާކަށް ނުޖެހުނީ ހޭ ވެސް ހިތަށް އެރިއެވެ. އެހެނަސް ކުރާނީ ވެސް ކީއް ހެއްޔެވެ؟ ތަޤުދީރާ ދެކޮޅަށް މި ދުނިޔެ މަތީގަ ކުރެވޭނެ ކަމެއް ވެސް ނެތެވެ. ތަޤުދީރެއް ބަދަލެއް ނުކުރެވޭނެއެވެ.

*** *** ***

އަހަރަކަށް ފަހު އަހަރެއް ފާއިތު ވަމުން ދިޔައެވެ. ހަތަރު އަހަރު ނިމި ފަސްވަނަ އަހަރަކާ ކުރިމަތި ލަނީއެވެ. ނަމަވެސް އެރެޔަށް ފަހު މިއަދާ ހަމަޔަށް ވެސް އަދިވެސް ނީޝާމުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އަދި އަދަށް ދާންދެން ވީ ތަނެއް ވެސް ނޭންގެއެވެ. ނީޝާމު ހޯދަން ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. ކަންމިހެން އޮތް އިރުވެސް މިއޮށް ހުރިހާ ދުވަހެއް ވޭތު ވެގެން ދިޔަ އިރުވެސް އަހަރެން މިހުރީ ނީޝާމު އަންނާނެ ކަމުގެ އުއްމީދު ގައެވެ. ނަމަވެސް ނީޝާމު އަންނާނެ ކަމަށް އެދި ނީޝާމަށް ޓަކައި މިހާރު އަހަރެން ނަށް ކެތް ކުރެވިއްޖެއެވެ. ދެން އޮތް ގޮތަކީ ވެދިޔަތަން ހަނދާން ނައްތައި ލައިފައި އަލުން ދިރިއުޅުމައިގެން ކުރިޔަށް ދިޔުމެވެ.

އެނޫން ގޮތެއް މިއަދަކު އަހަރެން ނަކަށް ނެތެވެ. އެހެނަސް ކުރިޔަށް ފިޔަވަޅެއް އެޅިޔަސް އަހަރެން ދެން ފިޔަވަޅެއް އަޅާނީ ވަރަށް ވިސްނާފައެވެ. ވިސްނާ ނުލާ އަޅާ ފިޔަވަޅަކުން ދަރިފުޅަށް އެކަމުން ނޭދެވޭ އަސަރެއް ކުރާކަށް އަހަރެން ނޭދެމެވެ.

އެގޮތުން ވަރަށް ގިނަ ގޮތް ގޮތަށް ވިސްނުމަށް ފަހު ދެވަނަ ކައިވެންޏެއް އަހަރެން ކުރީމެވެ. އެއީ ދައްތަ މެންގެ ވެސް އެދުމުގެ މަތިން އެމީހުންގެ ހުރި ހަމަ އެކަނި ދަރިފުޅު ޝާހިރު އާ އެވެ. ކައިވެނީގެ ސަބަބުން ދަރިފުޅަށް އޭގެ ނު ރަނގަޅު އަސަރެއް ކޮށްފާނެތީ ފުރަތަމަ އަހަރެން ޖެހިލުން ވެސް ވި އެވެ.

އެހެނަސް ކުރެވުނީ ކުންހީ އެކެވެ. ނީޝާމު އެކޭ އެއް ފަދައިން ޝާހިރު ވެސް އަހަރެން ނަށް ވަރަށް ރަނގަޅެވެ. އަހަރެން ހީނުކުރާ ފަދަ ލޯތްބާ ހިންހަމަ ޖެހުން ޝާހިރު ވެސް އައީ އަހަރެން ނަށް ހޯދާ ދެމުންނެވެ. ލީޝް އާ ދޭތެރެ ވެސް ދެކެމުން އައީ އަމިއްލަ ދަރި އެއްގެ ގޮތުގައެވެ.

އަހަރެންނަށް ދެމުން އައި ލޯތްބާ އެއް ވަރަށް ލީޝް އަށްވެސް ޝާހިރު އައީ ލޯބި ދެމުންނެވެ. އެގޮތުން ޝާހިރުގެ ފަރާތުން އިންތިހާ އަށް ލޯތްބާއި އަޅާލުން ލިބިގެން ދިޔުންވީ އަހަރެންގެ ނިވެމުން ދިޔަ ޚަޔާތުގެ ހުޅުކޮޅު ދިއްލި ދިރިއުޅުމައިގެން ކުރިޔަށް ދިއުމަށް އަހަރެންނަށް ލިބުނު އިތުރު ހިއްވަރަކަށެވެ. އެކަމާ އަހަރެން އުފާ ކުރަމެވެ.

އެހެނަސް ޝާހިރު އެހާ ރަނގަޅު އިރު ވެސް އަހަރެން ނަށް ޝާހިރު ދެކެ ލޯތްބެއް ނުވެވުނެވެ. ކަން މިހެން ހުރި އިރު ވެސް ހިތުން ރުހުމުން ޝާހިރު އައީ ނީޝާމު ނެތްތަން އަހަރެން ނަށް ފޫބައްދައި ދެމުންނެވެ. އެކަމާ އަހަރެން ދެރަ ވެއެވެ. އަހަރެންނާ ދޭތެރޭ ޝާހިރު ދެކޭނީ ކިހިނެއް ކަމެއް ނޭންގޭތީއެވެ.

ނަމަވެސް އަތްބެއްގެ ފަރާތުން ފިރިއަކަށް ލިބެން ޖެހޭ އެއްވެސް ޚިދުމަތެއް އަހަރެންގެ ފަރާތުން ޝާހިރަށް އުނިވިޔަކަ ނުދެމެވެ. ސަބަބަކީ އަހަރެން މީ އޭނަގެ އަންހެނުން ކަމަށް ވާތީއެވެ. އަނބިން ނަކީ ފިރިންގެ ޚިދުމަތުގަ ތިބެން ޖެހޭ ބައެކެވެ. ފިރިން ކަމަކު އެދެފިނަމަ އެއީ ގޯސް ކަމަކަށް ނުވަންޏާ އެކަމެއް ކޮށްދިނުމަކީ އަނބިންގެ މަށްޗަށް އޮތް ވާޖިބެކެވެ. އެހެނަސް އަހަރެން ނީޝާމު ދެކެ ވީ ލޯބި އެހެން މީހަކު ދެކެ ނުވެވޭނެއެވެ.

ކުއްލި އަކަށް އަހަރެން ޚިޔާލު ތަކާ ދުރު ކޮށްލީ ދަރިފުޅު ރޮއެގެން އަޑުންނެވެ. އޭރު އަހަރެންނަށް ވެސް ވަނީ ރޮވި ފައެވެ. އަހަރެން ދެލޯ ފުހެލަމުން އެނދު މަތީ އިށީނދެ ދަރިފުޅު ނަގައި ހުއްޓާ ލެއްވީމެވެ. ވަގުތަކީ ޝާހިރު ވެސް ގެއަށް އައިސް ވަތް ވަގުތެވެ. އޭރު ޝާހިރު ވަނީ ތެމި ފޯ ވެފައެވެ.

ތުރުތުރު އަޅާވަރުން މީހާ އަށް ރަނގަޅަށް ނުވެސް ހިނގެއެވެ. ފާހަނަ އަށް ވަދެ ތަތް ބޭލުމަށްފަހު ވެފާ ހުރި ވަރު ބަލިން ނުވެސް ކައި ޝާހިރު އައިސް އަހަރެން ގާތު އެނދުމަތީ އޮށޯ ވެލިއެވެ. އަދި ކާން ދިއުމަށް އެދުމުން ނޫނެކޭ ބުނެ އަނެއް ފަރާތައް އެނބުރި ދެލޯ މަރާލިއެވެ. އަހަރެން ވެސް ދަރިފުޅު ކައިރީ ބާއްވާލުމަށް ފަހު އޮށޯވެ ދެލޯ މަރައި ލީމެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅިލިއެވެ. ފަތިހުގެ ހިތްގައިމު މަންޒަރާ އެކު ޖައްވު އަލި ވަމުން ދިޔަ އިރު ރޭ ކުރި ވިއްސާރައިގެ އެއްވެސް ނިޝާނެއް ނެތެވެ. އުޑުމަތީގަ ވިލާ ރޮށްޖެއްގެ ހިސާބު ވެސް ނެތް އިރު ވައިރޯޅި ވެސް ވަނީ ހުއްޓިފައެވެ.

ލީޝް ތެދު ވުމަށްފަހު ފުރަތަމަ ވެސް އޭނަގާތު އޮތް ޝާހިރުގެ ގައިގާ ބައްޕާ އޭ ކިޔާ ބައްދައި ލިއެވެ. ޝާހިރަށް ލީޝް ކިޔަނީ ބައްޕަ އެވެ. އެންމެ ކުޑަދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައި އިރުވެސް ލީޝް އަށް ފެންނަމުން އައީ ޝާހިރު ކަމަށް ވެފައި މިހާރު އޭނަގެ ބައްޕަގެ މަގާމުގައި ހުރި މީހަކީ ވެސް ޝާހިރު ކަމަށް ވީތީއެވެ. ޝާހިރު ދަރިފުޅާ ލޯބި ކޮށްލުމަށް ފަހު ގޮސްވަނީ ފާހަނަ އަށެވެ. އަހަރެން ދިޔައީ ދަރިފުޅު ގޮވައިގެން ބަދިގެ ފަރާތަށެވެ.

ނުނިމޭ

13
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

nizam

Other Articles

Previous

ވަންހަނާ (19)

Next

ނަމަވެސް.. 4

Next
January 20, 2017

ނަމަވެސް.. 4

Previews
January 19, 2017

ވަންހަނާ (19)

One Comment

  1. naan says:
    January 20, 2017 at 2:07 pm

    V reethi

Comments are closed.

All Right Reserved!