
ޝިޔާ މި ގަޑީގައި ޤުރުއާން އަޑުއަހަނީ ފަންޑިތައަކަށް ހެއްޔެވެ؟ ހަމަ އެއާއެކު ބިރުވެރި ޚިޔާލުތައް އައިމަންގެ ހިތަށް ވެރިވާން ފެށުމުން އައިމަނަށް ބޯހޫރުވާލެވުނެވެ. ޝިޔާގެ ކޮޓަރިން ޤުރުއާނުގެ އަޑު އިވުމުން އޭނަގެ ޙަޔާތުގައި ކޮންމެވެސް ގޯހެއް ވާކަން އައިމަނަށް ޔަޤީންކޮށް ނިންމުނެވެ. ޝިޔާއަށް އެއްވެސް ކަމެއް ނުވާނަމަ އޭނަ މިގަޑީގައި އަޑުއަހަމުން ދިޔައީހީ ކޮންމެވެސް ލަވައެކެވެ. އައިމަން އެކި ޚިޔާލުތަކުގައި ހުއްޓާ އެ ސޫރަތް ނިމި އަޑު ކެނޑިގެން ދިޔައެވެ. އައިމަނަށް ހަމައަކަށް އެޅުމަށްޓަކައި ސިކުންތުކޮޅަކަށް ހުރެވުނެވެ. އެއަށްފަހު އޭނަ އެ ދޮރުގެ ތަޅުގައި ހިފާލި ވަގުތު މީހަކު އޭނަގެ ކޮނޑުމަތީގައި އަތް އެޅިއެވެ. އައިމަނަށް ފަހަތް ބަލާލެވުނީ ސިހުމަކާއެކީގައެވެ. އެ ހިނދު އޭނައާއި ނުހަނު ކައިރިން ޝިޔާގެ ބައްޕަގެ މޫނު ފެނިފައި އައިމަންގެ ދެލޯ ބޮޑުވެ ހިތް ހުއްޓުމަކަށްއައެވެ.
“ހެހެ…..އަނދިރީގެ ތެރެއިން ހިނގަމުން ގޮސް ކޮޓަރިވެސް އޮޅުނީ ދޯ؟ އެކޮއިގެ ކޮޓަރި ހުރީ އަދި އެކޮޅުގައޭ.” ޝިޔާގެ ބައްޕަ ހެވިފައި ހުރެ ވާތް ފަރާތަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ. ހަމަ އެއާއެކު އައިމަނަށް ޖެހިލުންވުމަކާއެކީ ހީލަމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެއަށްފަހު އާނއެކޭ ބުނަމުން އޭނަ އައި ކޮޅަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް އޭނަ ނިދަން އޮތް ކޮޓަރިއަށް ވަނެވެ.
އެރޭ ކަންތައްވީ ގޮތުން ރޭގަނޑުގެ ވަގުތުގައި ޝިޔާއާއި ބައްދަލުކުރަން މަސައްކަތް ކުރާކަށް އައިމަނަކަށް ނުކެރުނެވެ. ދެވަނަ ފަހަރަށް ޝިޔާގެ ބައްޕައަށް ޝިޔާގެ ކޮޓަރީގެ ކައިރިން ފެނިއްޖެނަމަ ޝިޔާގެ ބައްޕައަށް ހެޔޮކޮށް ނުވިސްނޭނެކަން ޔަޤީންކުރެވުނީތީވެއެވެ. އެގޮތަށް ކަންތައްވެއްޖެނަމަ އޭނައަށް ދެން ދުވަހަކުވެސް ޝިޔާ ފެންނާނެހެނެއް ހިއެއްނުވެއެވެ. އޮޅުމަކުން އެހެންވިޔަ ނުދިނުމަށްޓަކައި އައިމަން ރަނގަޅު ފުރުޞަތެއް ލިބެންދެން ޝިޔާއާއި ދުރުގައި ހުންނަން ނިންމިއެވެ. އެ ރަނގަޅު ފުރުޞަތު ލިބޭނީ ޝިޔާގެ ތިމާގެ މީހުން ދިޔުމުންކަން އެނގުންވުމުން އެމީހުން ދާނެ ދުވަހަކަށް އައިމަންގެ އިންތިޒާރު ފެށުނެވެ. އެ އިންތިޒާރުގައި އޭނަ ވަނިކޮށް އޭނައަށް ޝިޔާގެ ފަރާތުން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ސިފަތަކެވެ. އޭނަގެ ފޯނުން ކޮންމެ ދުވަހަކު ބަންގީގެ އަޑު އިވުމާއެކު ކޮޓަރިއަށް ދާ ގޮތުން އައިމަނަށް ހުރެވެނީ އަޖާއިބުވެފައެވެ. އޭނަގެ ތިމާގެ މީހުންގެ ތެރެއިން ފުރާވަރުގެ ފިރިހެން ކުދިން އޭނަގެ ކައިރީގައި އިށީނުމުން އޭނަ އުނދަގޫވެގެން ކަހަލަ ގޮތަކަށް ތެދުވެގެން ދާތަން އައިމަނަށް ފެނިފައިވެއެވެ. ޝިޔާއާއި ދެބެއިންގެ ދެ ދަރި އަންހެން ކުއްޖަކު އެއްދުވަހު ސިޓިންގް ރޫމުގައި ހުރެ ބޭއަދަބީ ސަމާސާއެއް ޝިޔާއާއި ޙިއްސާ ކުރުމުން ވެސް އޭނަގެ މޫނުމަތިން ފާޅުވީ ނުރުހުންތެރިކަމެވެ.
“ތިކަހަލަ ވާހަކަތައް ދައްކާކަށް ނުވާނެއޭ މައު.” ސޯފާގައި އޭނަގެ ކައިރީގައި އިން އަންހެން ކުއްޖާ ކައިރީގައި މަޑުމައިތިރި އަޑަކުން ޝިޔާ އެހެން ބުނެލި މަންޒަރު ދުރުގައި ހުރި އައިމަން ދުށްޓެވެ. ޝިޔާ އެހެން ބުނެލުމާއެކު އެ އަންހެން ކުއްޖާ މޫނު ކުނިކޮށްލަމުން ޗޮއްކަނޑާލިއެވެ.
“ޝިއު މިހާރު ހާދަ ބޯރިންގްއޭ. ޖޯކެއްވެސް ބުނެވޭކަށް ނޯވޭ. ޝިއުއާއެކީ ލަވައެއްޖަހައި ފިލްމެއްވެސް ބެލޭކަށް ނޯވޭ. ޔޫ އާރ ބީންގް ޓޫ އެކްސްޓްރީމް!” އެ އަންހެން ކުއްޖާ ހިސާބެއްގެ ރުޅިވެރިކަމަކާއެކީ ބުނެލިއެވެ. ޝިޔާއާއި އެފަދަ ގޮތަކަށް މުޚާތަބު ކުރުމުން އައިމަން ނުރުހުންވިއެއްކަމަކު އެ ކުއްޖާ ދެއްކި ވާހަކަތަކާއި އޭނައަށް ވަކިވަރަކަށް އެއްބަސްވެވުނެވެ. ދީންވެރި ވިޔަސް އެހާވަރު ވާކަށް ނުޖެހެއެއްނޫންހެއްޔެވެ؟ ކޮންމެއަކަސް ޝިޔާގެ ފަރާތުން އެ އަންހެން ކުއްޖާއަށް ލިބުނު ޖަވާބު އައިމަން ޙައިރާންކުރުވިއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ މަންސޫރުބެ ގޮތަށް ޝިޔާ ވެސް ރުޅިވެރިކަން އިސްކުރާށެވެ. އެހެނަސް……..
“ހެހެހެ……މިއީ އެކްސްޓްރީމްވުމެއް ނޫނޭ. މިއީ ހަމަ ވަކި ވައްތަރެއްގެ ނޯމަލް ލައިފެއް. ޑާރލިންގް އަހަރެން ފިލްމު ބެލުން ހުއްޓާލީ ސަބަބަކާ ނުލައެއްނޫނޭ. އެ ދޫކޮށްލީ އެއަށްވުރެ މާ ސަޅި އެއްޗެއް ފެނުނީމަ. ސީރިއަސްލީ! އިން ފެކްޓް އަހަރެން މިހާރު ވެސް މައުއަށް އެއްޗެއް ދައްކަންވެފަ އެބައޮތް. މަޑުކޮށްލައްޗޭ.” ޝިޔާ އެހެން ބުނެ ކުރިމަތީގައި ހުރި މޭޒުމަތީގައި ހުރި ލެޕްޓޮޕް ނަގަން އުޅުނުތަނާހެން އެ ކުއްޖާ އަނެއްކާވެސް ޗޮއްކަނޑާލިއެވެ.
“ތިއުޅެނީ މަށަށް ކޮންމެވެސް ލެކްޗަރުގަނޑެއް ދައްކަން. މަ ނޫޅެން!” އަންހެން ކުއްޖާ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމާއެކީ މޫނު އަނބުރާލަމުން ސޯފާއިން ތެދުވެގެން ދާން ހިނގައިގަތެވެ. އެވަގުތު އެ ދިޔަ ދިމާލަށް ބަލަން އިން ޝިޔާގެ މޫނު މަތީގައިވި މާޔޫސްކަން ފެނިފައި އައިމަންގެ ވެސް ހިތް ދެރަވާ ގޮތްވިއެވެ. އޭނަ ބަލަބަލާ ހުއްޓާ ޝިޔާގެ ދެލޯ ފެންކަޅިވެގެން ދިޔަ ހިނދު އޭނަ އިސްޖަހާލަމުން މޫނުގައި ދެއަތް އަޅާލިއެވެ. އެ މަންޒަރު ފެނިފައި އައިމަންގެ ހިތް ޙަމްދަރުދީއިން ފުރިގެންއައެވެ. ޝިޔާ އެ އުޅެނީ ކޮންމެވެސް ނުބައި ބައެއްގެ ރޭވުމެއްގެ ޝިކާރައަކަށްވެ ސިކުނޑި ދޮވިގެން ކަމަށް އައިމަނަށް ނިންމުނެވެ. އޭގެ ސަބަބުން ޝިޔާގެ ދިރިއުޅުން އެ ދަނީ ބޮއްސުންލަމުންނެވެ. އެއްވެސް ތާކުންތާކު ނުޖެހޭ ކަމަކާހެދި ޝިޔާއަށް ރޮވޭނީ އެހެންވީތީވެ ނޫންހެއްޔެވެ؟ އެއްވެސް ކަމަކާ ނުލާ މަޖާ ދިރިއުޅުމަކަށް އޭނަ އެ ފަސް ދެނީ އެހެންވެ ނޫންހެއްޔެވެ؟ އޭނަ ޖެހޭނީ ޝިޔާގެ ޙަޔާތަށް އަނބުރާ ގޮސް އެ ޙަޔާތަށް އަނެއްކާވެސް “އުފާވެރިކަން” ގެނެސްދޭށެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން އައިމަންގެ މޫނުމައްޗަށް ސާބިތުކަން ވެރިވިއެވެ.
މާ ގިނަ ދުވަހެއްނުވެ އައިމަންގެ އިންތިޒާރު ނިމުމަކަށްއައެވެ. އެ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ޝިޔާގެ ބޮޑުދައިތަމެންނާއި އެމީހުންގެ ޢާއިލާތައް މާލެއަށް ފުރައިގެން ދިޔައެވެ. ޝިޔާގެ ބައްޕަ އައިމަން އެކަނި ގޭގައި ބަހައްޓާފައި ދާން ނޭދުނީތީ އެއާރޕޯޓަށް ދިޔައީ އޭނަ ވެސް ގޮވައިގެންނެވެ. އެއާރޕޯޓަށް ދިޔަ މަގުމަތީގައި އަނެއްކާވެސް ތޮއްޖެހިފައި އޮތް ވޭނެއްގައި އައިމަން އިންނަންޖެހުނެއްކަމަކު އެ ވޭނުގައި ގެއަށްދާންވި ހިނދު އޭނަގެ ހިތަށް އުފާވެރިކަން ވެރިވިއެވެ. ޝިޔާގެ މަންމައާއި ބައްޕަ ވޭންގެ ކުރިއަށް އެރިއިރު ޝިޔާ އެރީ ވޭންގެ ފަހަތުގައި ތަނަވަސްކޮށް ހުރި ހުސްޖާގައަށެވެ. ޝިޔާ ވޭނަށް އެރުމުން އައިމަން ވެސް ވަގުތުން ވޭނަށް އަރައި ޝިޔާގެ ކައިރީގައި އިށީންނަން އުޅުނެވެ. ނަމަވެސް އެ ހިނދު ޝިޔާގެ ބައްޕަ މަތިން ހަނދާންވުމާއެކު އޭނަ އެހެން ހަދައިފިނަމަ ޝިޔާވެސް ނުރުހުންވާނެކަން އެނގި އައިމަން ޝިޔާގެ ކުރިމައްޗަށް ވާގޮތަށް ހުރި ސީޓުގައި އިށީނެވެ. ފަނޑު ރީނދޫ ކުލައިގެ ބޮތްކެއްގެ ތެރެއިން ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ތަނާހެން ޝިޔާ އެ ސީޓުން ތެދުވެ އައިމަނަށް ނުފެންނާނެހާ ފަހަތު ސީޓެއްގައި ގޮސް އިށީނެވެ. ހަމަ އެ ހިނދު ޝިޔާގެ ބައްޕަ ވޭނު ސްޓާޓްކޮށް ދުއްވާލުމުން އައިމަން ދެން އިތުރަށް ސީޓް ބަދަލުކުރާކަށް ނުއުޅުނެވެ. ޝިޔާ ދެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އޭނައަކަށް ނުފިލޭނެކަން އެނގުންވުމުން އޭނައަށް އަމިއްލަ ނަފްސާއި ހިނިތުންވެލެވުނެވެ.
އެރޭ ގެއަށް ގޮސް ފުރަތަމަ ފަހަރަށް ޝިޔާއާއި އެއްމޭޒެއްގެ ދޮށުން ހިމޭންކަމާއެކީ ކެއުމުގެ ފުރުޞަތު އައިމަނަށް ލިބުނެވެ. ޝިޔާ އޭނަ ކާނީ ފަހުން ކަމަށް ބުނެ އެތައް ބަހަނާއެއް ދައްކަން އުޅުނެއްކަމަކު އޭނަގެ ބައްޕަ އެއްވެސް ބަހަނާއެއް ޤަބޫލެއްނުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޝިޔާ ޖެހުނީ އޭނަގެ ތަށި ހިފައިގެން އައިސް އައިމަނާއި ދިމާ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނާށެވެ. ދުރުގައި ހުރި ގޮނޑިއެއްގައި އިށީނުމުން ވެސް އޭނަގެ ބައްޕަ މާ ދުރުގައި ހުރީ ކީއްވެތޯ ބުނެ ކައިރިއަށް ގެނައުމުންނެވެ. ކުއްލިއަކަށް އޭނަގެ ކޮޅު މޮޅުވަމުން ދިޔަ ގޮތުން އައިމަނަށް ހިތާހިތުން ހެވެމުން ދިޔައެވެ. އޭނައަށް ހިނިތުންވެވެމުން ދިޔައީ އޭނަގެ ބޯ މައްޗަށް ކަޅުވިލާގަނޑެއް ވެރިވަމުން ދިޔަކަން ރޭކާލުމެއްނެތިއެވެ. އެހެނަސް އޭގެ އިންޒާރެއް އެރޭ އެ މޭޒުދޮށުން އައިމަނަށް ލިބުނެވެ.
“ނާސިރު ހިނގާބަލަ މި ހަފްތާތެރޭގަ ނޫރަލިއާއަށްދާން. ޝިޔާ ޒައިދްއާ ދިމާނުވާތާ މިއީ ކިހާ ދުވަހެއް؟” ޝިޔާގެ މަންމަގެ ދުލުން އިވުނު ވާހަކައަކުން އައިމަން ހުއްޓުން އެރިއެވެ. ޝިޔާގެ ނަން ފިރިހެން ކުއްޖެއްގެ ނަމަކާ ގުޅުވިގެން ދިޔަ އަޑު އިވިފައި އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ އެއްފަހަރު ޝިޔާގެ މަންމައަށް އަނެއްފަހަރު ޝިޔާއަށް ބަލާލީ އޭނައަށް ހީވަމުން ދިޔަ ހީވުމަކީ ގޯހެއްކަމަށް ބުނެފާނެ ނިޝާނެއް ފެނޭތޯއެވެ. އެހެނަސް ޝިޔާ އޭނައަށް ބަލަން އިނދެފައި އިސްޖަހާލި ގޮތުން އައިމަންގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ.
“ޒުހުރާ ތިބުނީ ރަނގަޅަށް. އަހަރެން ވެސް ތިކަމާމެދު ވިސްނާތާ ދުވަސްކޮޅެއްވެއްޖެ. ޒައިދް ހުރީ މިކޮޅުގަ ކަމަށް އަހަރެން ހީކުރީ.” ނާސިރު ދެބުމަ ކައިރިކޮށްލަމުން ބުނެލިއެވެ.
“އިހަކަށް ދުވަހު ޒައިދްގެ މަންމަ ގުޅާފަ ބުނީ އެމީހުން ނޫރަލިއާގަ އާ ފެކްޓްރީއެއް އަޅައިގެން ޗުއްޓީއަށް އެތަނަށް ދިޔަ ވާހަކަ. އެހެންވީމަ އެތަނުން އަހަރުމެންނަށް އެމީހުންނާ ދިމާކޮށްލެވިދާނެއެއްނު؟” ޒުހުރާ ބުނެލިއެވެ. ނާސިރު އާނއެކޭ ބުނަމުން ބޯޖަހާލިއެވެ. އެވަގުތު އައިމަން އޭނަގެ ފެން ތަށިން ފެން ފޮދެއް ބޯލާފައި ކަރުކެހިލިއެވެ. އެއާއެކު މޭޒުދޮށުގައި ތިބި ތިން މީހުންގެ ނަޒަރުވެސް އޭނައަށް އަމާޒުވިއެވެ.
“ޒައިދް….އަކީ ކާކު؟” އައިމަން އެހެން އަހާލީ އެއީ ޝިޔާގެ ތިމާގެ ކުއްޖެކޭ ބުނެ މީހަކު ޖަވާބެއް ދޭނެ ކަމުގެ އުއްމީދުގައެވެ. އޭނަގެ ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަމުގެ އިޙްޞާޞްތައް މީހަކު ފިލުވައިދޭނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް……..
“ހެހެ……އެކޮއި ވެސް އަހަރުމެންނާއެކީ ދާނީ ދޯ ނޫރަލިއާއަށް. ޒައިދްއާ ދިމާވެދާނެ އޭރުން އައިމަނަށް ވެސް. ވަރަށް ރަނގަޅު ސޮރެއް އެއީ.” ނާސިރު ހެވިފައިހުރެ އައިމަން ގާތު ބުނެލިއެވެ. އައިމަން ނާސިރަށް ބަލަން ހުރެފައި އަނެއްކާވެސް ޝިޔާއަށް ބަލާލިއެވެ. އެވަގުތު އޭނައަށް ބަލަން އިން ޝިޔާގެ މޫނުމަތީގައި ވީ ހިތާމަވެރިކަން ކަމެއް ނޫނީ ނުރުހުންތެރިކަންކަމެއް އައިމަނަށް ޔަޤީނެއް ނުކުރެވުނެވެ. ހަމަ ގައިމުވެސް އެ ދެލޮލުގައި އޭނަ ދުވަހަކުވެސް ނުދެކޭ ފަދަ ޝަކުވާއެއްވިއެވެ. އެހެނަސް އެއީ ކޮން ޝަކުވާއެއްކަން ނަގައިގަންނަން އައިމަންގެ ސިކުނޑި ނުކުޅެދުނެވެ. އޭނަ އިން ގޮތަށް އިންދާ ޝިޔާ ކުއްލިއަކަށް ގޮނޑިން ތެދުވެ އޭނަގެ ތަށްޓާއެކީ ބަދިގެއަށް ދާން މިޞްރާބު ޖެހިއެވެ. ޝިޔާ ލޯމައްޗަށް ގެއްލެންދެން އޭނައަށް ބަލަން އައިމަނަށް ވިސްނުމެއްގެ ތެރޭގައި އިނދެވުނެވެ.
އެރޭ ނިދަން އޮށޯތް ވަގުތު ވެސް އައިމަންގެ ސިކުނޑި ހާސްވެފައިވިއެވެ. އޭނައަށް މިރޭ މި އިވުނީ ކޮންފަދަ ވާހަކަތަކެއް ހެއްޔެވެ؟ ޝިޔާގެ ކައިވެންޏޭ ހިތް ބުނާ ކޮންމެ ފަހަރަކު އައިމަންގެ ގައިން ހީބިހި ނަގައިގެންދެއެވެ. ނަމަވެސް ޝިޔާގެ ކައިވެނި ހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ ޝިޔާއަކީ އޭނައަށްވުރެ ވެސް އެއްއަހަރު ހަގު ކުއްޖެކެވެ. ވީއިރު އެހެންވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ހަމަ އޭނައަށް ހީވާ މޮޔަ ހީވުންތަކެއްކަން ޔަޤީނެވެ. އެހެނަސް ޝިޔާ އޭރު ދެރަވެފައިހުރީ ކީއްވެ ހެއްޔެވެ؟ ޝިޔާ އޭނަގާތު އެއްޗެކޭ ބުނަން އުޅުނުހެން އޭނައަށް ހީވީ ކީއްވެ ހެއްޔެވެ؟ ޝިޔާގެ ހިތުގައި މިވަގުތު ދައުރުވަމުން ދާނީ ކޮންކަހަލަ ޚިޔާލުތަކެއް ހެއްޔެވެ؟ އޭނަހެން ޝިޔާއަށް ވެސް މިރޭ ނުނިދޭނެހެން ހީވަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. މިވަގުތު ޝިޔާގެ ޙާލަތަކީ ކޮބައިތޯ ހިތަށްއެރި ވަގުތު އައިމަނަށް އެނދުމަތީގައި އޮވެ ދެލޯ މަރާލެވުނެވެ.
**
ތަނަވަސް ކޮޓަރިއެއްގެ ކިންގް ސައިޒް އެނދުގެ ކައިރީގައި ޤިބްލައަށް ކުރިމަތި ލައި ފޮށާ އަޅައިގެން ބިންމަތީގައި އިން ޝިޔާ އޭނަގެ ކޯތާފަތުން ކަރުނަތައް ފޮހެލަމުން ދެލޯ ހުޅުވާލިއެވެ. އޭނަ ފުން ނޭވައެއް އެތެރެއަށް ލައި ހަމައަކަށް އެޅެން އުޅުނުތަނާހެން އަނެއްކާވެސް ތާޒާ ކަރުނަތަކުން އޭނަގެ ދެލޯ ފުސްވެގެން ދިޔައެވެ. އޭނައަށް ގިސްލެވެން ފެށި ވަގުތު އޭނަ ދެއަތް އުފުލާލީ އޭނަގެ ހިތުގެ ހުރިހާ ޝަކުވާއެއް ﷲ ގެ ޙަޟްރަތުގައި ބަންޑުން ކޮށްލުމަށެވެ. އެހެނަސް އެ ދެއަތަށް ބަލަން އިނދެ ރުއިން ނޫންކަމެއް ޝިޔާއަކަށް ނުކުރެވުނެވެ. އެ ހުރިހާ ޝަކުވާއެއްވީ ހަމައެކަނި އޭނަގެ ހިތުގެ ތެރޭގައި ކަމަށްވިޔަސް ހުރިހާ ހިތެއްގެ ވެރި ރަސްކަލާނގެ އެ ޝަކުވާތައް ދެނެވޮޑިގެންވާ ކަމުގެ ޚިޔާލުން އެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކޮންމެއަކަސް އޭނަގެ މޭގައި އުފެދިފައިވި ރިހުން އޭނަގެ ޚިޔާލުތައް މީގެ 2 އަހަރު ކުރިއަށް ގެންދިޔައެވެ.
އޭނަގެ ހަނދާނަށް އައީ މީގެ 2 އަހަރު ކުރިން މާލޭގައި އޮތް ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމެވެ. ފުރަތަމަ ނަޒަރުން ވެސް އޭނަގެ ނަން ކިޔާލި އެ ފިރިހެން ކުއްޖާ އޭނަގެ ސަމާލުކަން ހޯދިއެވެ. އެހެންކަމުން އެއީ އޭނަ ބަލަމުން ދިޔަ ފިލްމުތަކުން ފެންނަހެން އޭނަގެ ޙަޔާތަށް އައި ޚާއްސަ ފިރިހެން ކުއްޖާހެން އޭނައަށް ހީވިއެވެ. އައިމަންގެ މިޒާޖު އޭނައާއި ދާދި އެއްގޮތް ވުމުން އޭނައަށް އެކަން އިތުރަށް ޔަޤީން ކުރެވުނެވެ. އައިމަން އޭނަގެ ނަންބަރު ދޭން ބުނުމުން ޖެހިލުންވުމަކާއެކީ ވެސް އެ ނަންބަރު ދެވުނީ އެ ޚާއްޞަ ކުއްޖާ ގެއްލިއްޖެނަމަ އޭނައަށް ދެން ލޯބި ނުލިބިދާނެހެން ހީވީތީވެއެވެ. އޭނަ އައިމަނާއި ގުޅުން ބަދަހި ކުރަމުން ދިޔައީ މަންމަމެންނަށް ސިއްރުންނެވެ. މަންމަމެނަށް އެނގިއްޖެނަމަ އެކަން މަނާކުރާނެކަން ޔަޤީންވީތީވެއެވެ. ފޯނަށް ލާރި އެޅުމަށްޓަކައި އޭނަ މި ހުރިހާ ދުވަހު ބަލާ ބޮޑުކުރި މަންމައާއި ބައްޕައަށް ދޮގު ހަދަން ވުމުން ވެސް އޭނަގެ ހިތަށް އުނދަގޫވިއެވެ. އެހެނަސް ފަހުން ފަހުން އައިސް އޭނަ އެކަން ވެސް އާދައަކަށް ހަދާލިއެވެ. ޝިޔާގެ އެ ސިއްރުވެރި ދިރިއުޅުން މާގިނަ ދުވަހެއް ވަންދެން ސިއްރެއްގެ ގޮތުގައި ނުއޮތެވެ. އޭނަގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތަކާހެދި އެއްދުވަހު އޭނަގެ މަންމަ އޭނައަށް އެންގުމެއްނެތި އޭނަގެ ފޯނު ފާސްކޮށްލިއެވެ. ހަމަ އެއާއެކު މަންމަގެ އަޑު ހަރުވެގެން ދިޔައެވެ.
“މިއީތަ ޝިޔާއަށް އަހަރުމެން ދިން ތަރުބިއްޔަތަކީ؟! އަހަރުމެންނަށް ފޮރުވައިގެން ފިރިހެން ކުއްޖަކާއެކީ ތި ގުޅުމެއް ހިންގަނީ އަހަރުމެންނަށް ނޭނގޭނެ ކަމަށް ހީކޮށްތަ؟ އަދި އެއީ ވެސް އައްޑޫ ކުއްޖަކާއެކީ! އައްޑޫ މީހަކާ އިނދެގެން ދައްތައަށް ވީގޮތް ހަނދާން ނެތިގެންތަ ޝިޔާ ތިއުޅެނީ؟ އެނ؟ މި ފޯނު ދެނެއް ޝިޔާއަކަށް ނުލިބޭނެ! ޝިޔާ ޝިޔާގެ މަންމައާ ދެން ދުވަހަކުވެސް ވާހަކަ ދައްކަން ބޭނުންވަންޏާ މި ފިރިހެން ކުއްޖަކާ ވާހަކަ ދެކެވޭނެ ހުރިހާ މަގެއް ބަންދުކޮށްލާ. އެހެންނޫނީ މިއަދަށްފަހު ޝިޔާގެ މަންމަ ނެތްކަމަށް ބަލާ.” އޭނަގެ ކޮޓަރީގައި އޭނައަށް ކުރިމަތިލައިގެން ހުރެ މަންމަ އެ އިންޒާރު ދިނީ ބޮޑުކޮށްފައިވި ރަތްވެފައިވާ ދެލޮލާއެކީގައެވެ. މަންމަގެ ބަސްތަކުން ޝިޔާ ދުވަހަކުވެސް ދެރަ ނުވާވަރަށް ދެރަވިއެވެ. އައިމަން ދެކެ ކިތަންމެ ވަރަކަށް ލޯބިވިޔަސް އޭނަ އޭނަގެ މަންމަދެކެ ވެސް ލޯބިވެއެވެ. ދެމީހުންގެ ތެރެއިން އެކަކު ޚިޔާރު ކުރަންވުމުން ޝިޔާގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނައަށް ބޮޑަށް ވިސްނުނީ މަންމަ ދެއްކި ވާހަކަތަކާ ދޭތެރޭގައެވެ. އޭނަ އައިމަންގެ މައްޗަށް މަންމަ ޚިޔާރު ކުރީ މަންމަ ބުނިހެން އޭނަގެ ދައްތަ ތަޙައްމަލުކުރި ފަދަ ވޭނީ ޙަޔާތެއްގެ ޝިކާރައަކަށްވެދާނެ ކަމުގެ ބިރު ހީވީތީވެއެވެ.
ޝިޔާ އައިމަނާއި ގުޅުން ކަނޑާލި ދުވަހުގެ އަނެއްދުވަހު އޭނަގެ މަންމައާއި ބައްޕަ އޭނަ ގޮވައިގެން ލަންކާއަށް ފުރީ އޭނަ ވީހާވެސް ވަރަކަށް އައިމަނާއި ދުރުކުރަންކަން ޝިޔާއަށް އެނގުނެވެ. މާލޭގައި ހުރެގެން ވެސް އައިމަނާއި ވާހަކަ ނުދެއްކުމަށްޓަކައި އެޅި ކޮންމެ ފިޔަވަޅެއް ވެގެން ދިޔައީ ޝިޔާ އޭނަގެ އަމިއްލަ ނަފްސާއި ކުރި ހަނގުރާމައަކަށެވެ. ބިމުގެ ގޮތުން ވެސް އައިމަނާއި އިހުނަށްވުރެ ދުރަށްދާންވުމުން ޝިޔާގެ ހިތުގައި އުފެދުނީ ބަޔާންކުރަން ދަތި ރިހުމެކެވެ.
ކޮންމެއަކަސް އެ ރިހުން މާ ގިނަ ދުވަހަކަށް ދެމިގެނެއް ނުދެއެވެ. ލަންކާއަށް ގޮސް ޝިޔާ އުޅެން ފެށީ އެކަނިވެރި ޙަޔާތެކެވެ. ސްކޫލަށް ދާން ފެށިއެއްކަމަކު އޭނަ އެކުވެރިން ވެސް ހޯދާކަށް ނުއުޅުނެވެ. ނަތީޖާއެއްގެ ގޮތުން ޝިޔާއަކީ ގިނަ ވަގުތު އަމިއްލަ ވިސްނުންތަކުގެ ތެރޭގައި ވަގުތުތައް ހޭދަކުރާ ކުއްޖަކަށްވިއެވެ. އެ ޚިޔާލުތަކުގެ ތެރޭގައި ކުރީކޮޅު ރަސްކަން ކުރަމުން ދިޔަ އައިމަންގެ ހަނދާންތަކެވެ. އެހެނަސް އެ ހަނދާންތަކުން ދުރުވާން އޭނައަށް އެހީވެދިނީ ޚުދު އޭނަގެ ދައްތަގެ ބަސްތަކެވެ. ދައްތަގެ ޙަޔާތުން އޭނައަށް ދަސްވި އެންމެ ބޮޑު ފިލާވަޅެވެ. އެއީ ހެޔޮ ކަންތައް ކުރަން ދުނިޔޭގައި މާ ގިނަ ވަގުތެއް ނުލިބޭނެކަމެވެ. އެކަން އެނގުންވުމުން ޝިޔާ ވީހާވެސް ގިނަ ހެޔޮ ކަންތައް ކުރުމުގެ މަސައްކަތް ފެށީ އޭނަގެ އާޚިރަތް ބާއްޖަވެރި ކުރަން ބޭނުންވީތީވެއެވެ. އޭނަ ޢުމުރުގެ ގޮތުން ޒުވާން ވިޔަސް ﷲ ގެ ޙަޟްރަތަށް އަނބުރާ ދާ ދުވަސް ނުހަނު ގާތްހެން އޭނައަށް ހީވާން ފެށީތީވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝިޔާއަށް ދީނާއިމެދު އިތުރަށް އުނގެނެން ވެސް ފެށިއެވެ. އުނގެނެމުން ދިޔަ ވަރަކަށް އޭނަގެ ތަޣައްޔަރުވެފައިވި ވިސްނުން ވެސް ސާފުވަމުން ދިޔައެވެ. އޭނައަށް ހީވީ އޭނައަށް މި ހުރިހާ ދުވަހު އޭނަގެ ވަށައިގެންވި ދުނިޔެ ފެންނަމުން ދިޔައީ ފުސްކޮށްހެންނެވެ. އެހެނަސް ﷲ ގެ ބަސްފުޅު އުނގެނެން ފެށުމުން އޭނައަށް ހުރިހާ ކަމެއް ސާފުކޮށް ފެންނަން ފެށިއެވެ. ހެވާއި ނުބައިގެ ތަފާތު ދުވާލާއި ރޭގަނޑު ފަދައިން ފެންނަން ފެށިއެވެ. އޭނައަށް މި އަގުހުރި ހިދާޔަތް ދެއްކެވީ ހަމައެކަނި ﷲ ކަން އެނގުންވާ ހިނދު ﷲ އަށްޓަކައި ވެސް ޝިޔާގެ ހިތުގައި ލޯތްބެއް އުފެދެމުން ދިޔައެވެ. އެކަލާނގެއާއިމެދު އިތުރަށް އުނގެނެމުން ދިޔަ ވަރަކަށް އެ ލޯބި ފުންވަމުން ގޮސް އޭނަގެ މުޅި ހިތް އެ ލޯބިން ފުރިގެން ދިޔައެވެ. އެއަށްފަހު އޭނަ ޙަޔާތުގައި އަޅާ ކޮންމެ ފިޔަވަޅެއް އަޅަން ބޭނުންވީ އެންމެ މަޤްޞަދަކަށްޓަކައެވެ. ﷲ އަށްޓަކައެވެ.
ނުނިމޭ
41 Comments!
Comments are closed.
Assalam’alaikum. dhen oiy bai hukuru dhuvahu In Sha Allah 🙂
Assalam’alaikum. dhen oiy bai hukuru dhuvahu In Sha Allah 🙂 shauquverikan gelley nama gelley sababu tafseelukoh bunedhinun edhen. Jana rangalhu kuran varah beynun. Ey vaahakaige emme empowering baithah hury kuriah kamah vaathy. kommehen ves e baithakaa hama ah thiya kiyuntheringe shauquverikan dhamahattan beynun. mi bai in Shafaq menge bai jana nugenesdhiny Shafaq ge bai genesdheefinama vaahakaige flow gellidhaane hen heeveema. Ey Shafaq menge bai in ali elhuven mulhin thafaathu massala thakashaai visnun thakah. komme akas dhen ves kiyuntheringe khiyaalu beynun. jana kureega ves buni gothah liyuntheriyaage nazariyyaathaai kiyuntheringe nazariyyaathu thafaathu vaane. ehenveema jana ah rangalhu kureven oiy goiy faahanga kolla dhinun edhen In Sha Allah 🙂
Nimeykah noolheii tha mi vahakaeiii
yeah right. mihaa gina episode thah nimunu iru ves story ge maigandah nudhey. maa dhigu vanee story. jana ge hijra vaahka bes reethi elam maa dhigu dhammanee. dhn liyaa vaahakaehga mikamaa medhu visnaane kamah ummeedh kuran
Nashfa: nimeyne ey darling nimeyne. kehkolla 😀 mihaaru ves hingamun midhany vaahakaige nimumah muhimmu kanthahthah.
Boss: Hijra ves dhigu dhammaafahen tha heevy? hmm…jana jeheyny dhen mi vaahaka nimmaalaafa mi dhe vaahaka ves kiyai kudakoh visnaalan thikamaa medhu In Sha Allah 🙂 rangalhu kuran vy kameh bunedhinythy Jazakallah Khairan 😀
who is this zaid? doctor eh dhw 😀 v heeveyy
hehe….family doctor ehhen dho mi heevy kanthah vy gothun? 😀 nice guess Aminath. dhen balaalama ey kaakutho In Sha Allah 🙂
Maa sha Allah ☺
😀
Maasha allah v thafaathu reethi vaahakaeh keep it up jana
Alhamdhulillah! (All praise and thanks belong to Allah) 🙂 Jazakallah Khairan for the support 😀
alhe maa bodah aiman menge bai huryma kamaku nudhey aslu… emme rythivefa meega innany shafaq and wisham… so konme faharaku ves emyhunge haadhisa eh genaun ragalhuvane kamuga dheken.. jazakallah khairan…
hmm…..ey jana ah adhi Aiman menge bai ehaa rangalhah nugenesdheveythy kanneynge ehen e vany. Aiman menge lanka ge scene thah dhen varah avahah nimigen dhaane In Sha Allah. lanka ga dhen hingan othy emme maigandu haadhisaa eh 🙂 e haadhisaa ahfahu anekkaaves annaany Shafaq menge baithah. ehenvyma kehtherikamaa eku kiyaalaane kamah ummeedhu kuran. keh kuran nujehey varah reethi kureveytho ves jana balaanan In Sha Allah. Barakallah Laka! 😀
Al hamdh lillah, aslu mi part varah salhi, masha allah, shiyaa ge kureege life varah intrestin,dhen oiy baives a varah reethi vaanekamah unmeedhu kuran, hurihaa enmenge part nugenesdhinas mi part hama v salhi,,,
Alhamdhulillah! 😀 dhen huri part thah ves shauquveri kureveytho balaanan In Sha Allah 🙂
heevanee jana story dhigu dhamman ulheyhen. dhn mihen buneema ves me ah dhigu answr eh nudhey thi :'(
hahaha asluves vaahaka ehaa dhigu dhanmaa nuvythaakah comment ehaa dhigu. Abadhu hyvany mazumoon liytefa hunnahen bodethi singaaha 😛
??
vv dheravejje mi comment thah kiyaafa. 🙁 hama varah bodah maafah edhen jana ge evves comment akun thiya kiyuntherin hiyhama nujehey fadha vaahaka eh dhekevuniyya. hama aslu ves meehaku faadu kiyuneema eyge badhaluga amilla nafsu dhifaau kuran ethah vaahaka eh dhekkumaky rangalhu kameh noon kanneynge….jana ah kushuge ihsaas kohdhin kamattakai Jazakumullah Khairan. 😀 Maai Allah thiya kiyuntherinnah heyo rahmaiy lavvaashi. Ameen! 🙂 <3
mihaaru ehaa interesting eh noon. v intgizaaru kurevey story eh mee. up vefa hurejjeyya v excited vefa kiyaalanee to find something new. ekam fahakah ai hurihaa episode eh gothah same. new kameh nuvey. kiyaanimey iru v disappointing. I knw this is a beautiful story nd it gives a beautiful msg. but still mihaaru ehaa interesting eh noon. sorry to say this 🙁
ninni ey mihaaru jana ah ehaa kurukoh genesdheveythyvehen jana ah heevany maa bodu kameh nuhingaa midhany. adhi kuriah oiy thaanga rangalhu vegen dhaane In Sha Allah 🙂
Shiya menge bai ves vvvv reethi.ekm adhives maa kury.kiyun theringe hih dhuvahakuves nufureyne dho ?.vaahaka ekkoh kiyaalan libeyne namaey hithah ara
Mi vaahaka dhigu dhammany ey ehn kiyun therin buni namaves saj akah ekameh faahaga nukurevey
This story is awesome ❤????
hehe….baeh kiyuntherinnah dho dhigu dhemenyhen heevany. Ey keevvetho ves hithah eba araa…mikamaa medhu varah funkoh visnan jeheyny. hehe…..Alhamdhulillah! 😀 <3 <3 <3 <3
Vaahakaige leade kulhey 2meehunge habareh nuve maa dhiguvaathy v foohi
Yalv, mihaaru mi genesdhey meehunnaky ves vaahakaige lead ah muhimmu baekey 🙂 adhi vaahaka kuriah kiyaifiyya engeyne mi hurihaa kameh gulhigen dhaagoiy In Sha Allah 🙂
Don’t you guys get the point of this story!!!
Jana is trying to tell you guys something your all dont get about reading a story. You should be looking for moral then romance!!
Each episode she trys to give us a massage about islam.
And for the people who dont like long comments: those are not nonsense its more valuable than you can ever think!!!
Jana may allah bless you??
Anonymous, yes its true that i’m updating this story for morals. But these stories are not just for those people who are looking for morals. These stories are for all kinds of readers. Because at the end of the day i’m trying to reach out to everyone. Therefore i must take their opinion into consideration. It would absolutely be my fault if i dont do my best in delivering this powerful message. And doing my best includes the way i do it. i could write this story with just dialogues saying this is haraam and that’s haraam. But that will not catch the attention of those readers who already heard all of that but aren’t really convinced of this deen as a whole. So i seriously can’t afford to do anything less than amazing, interesting and exciting. I do that in hope that some of the readers will at least get to those messages because of that interest and Allah will open their hearts by His Will. May Allah bless you more and increase all of us in guidance. Ameen! 🙂
Well said anonymous
Good one anonymous!!!
Maybe we all are wearing blind folds when we read stories!!
Mi story v v v best. Meehun kura negetive comment thaka medhu jana dheravaane kameh nei. U r doing a very grat job.asluga dheenee vaahaka thakah miharu kudhin eha interest eh nuhurey.aee reality aky.but i really luv n waitvfor this story.
Alhamdhulillah! (All praise and thanks belong to Allah) 🙂 jana beynun vany ekan badhalu kuraashey roassy. 🙂 mi zamaanuge kudhinnaky dheenah loabikuraa kudhinnah hadhan beynunvany In Sha Allah. Allah ge iraadhafulhun ey nuvaane kameh noon 🙂
Thives gothe dhn dheeney dheeney kiyaagen kiyan. ?
Subhanallah mee hama jana ge loa hulhuvaaladhin commenteh. Hama aslugaves vedhaane jana ge niyah thihen badhaluvaa kamah. Mashhooru kamah edhevey kamah. Jana nubunan hurihaa vaguthegga jana mee saabithukan mathy eh niyathegga hunna meehekey. Aharumen emmenge eman therikamaky mathivefa dhavvamun dhaa ehcheh. Eyga jana isthisnaa eh nuvey. Jana eggothakavves nubunan meehakah jana ah faadu nukiyeyne ekey. Adhi jana mee maa dheenveri meehekey ves nubunaanan. Efadha gothakah jana ah vaahaka dhekevifa othiyya ey jana ah kurevunu varah bodu kusheh. Maai Allah alhamenge hurihaa faafathah fussavaashi. Ameen! Evves unikameh neh faraathegge gothugai vany hama ekani Allah swt. Mi masakkathuge therein jana jehey abadhuves ekan handhaanuga bahattan. Thiya kiyuntheriyaa ves jana ah faadu kiyuniyya jana eythi balaigannaanan. Then fb post thakah madhu likes thah libeny keevvekameh jana akah neyngey. Jana ah masala eh noon evves like eh nulibunas. Gina likes libun ey adhi maa bodah ves kiburuverikamah magu fahi vane kameh hen heevany. Jana ah kiyuntherin thaureefu kurumun hamdhu ge basthah ves mikiyany jana ah libifai vaahaa hunareh dhevvy Allah kan handhuma kurumattakai. Ekamaku ekan handhaan kurumugai baehfaharu jana fail vaakan ves qabool kuran. Komme akas dua aky maai Allah alhamen emmen ves ekalaange russavaa magakah magu dhekkevun. Ameen!
Miadhah fahu eves kiyuntheriaku jana ge dhifaaugai vaahaka nudhekkun edhen. Efadha comment thakah reply kuraany hama ekani jana. Jana mi javaabu dhin comment kuri kiyuntheriyaa ah bunelan othy jana thi comment approve nukury vaki thivaahaka thah foruvan beynun vaathy ve eh nooney. Ekamaku approve koffi nama mithaa maslahathu goas vedhaane hen heevaathyve ey. Maai Allah alhamen emmennah hidhaayaiy ithuru kohdhevvaashi. Ameen!
reethi mi ep ves…ekm shafag n visaam ge bai nethyma v sad.. ?
Alhamdhulillah! 🙂 adhi emeehunge baives annaane In Sha Allah 🙂
Salaam.If a person has to write, then let him write about something that is real and happens in the lives of people nowadays, writing about things that really happened to him or to others, from which lessons can be drawn. Or let him write by way of giving examples and allegories, stating that in an introduction. Even better than that, let him write about the real and saheeh stories that have been narrated in the Qur’aan and Sunnah, or about the lives and biographies of great Islamic personalities such as the Prophets, scholars and righteous people.Spreading dawah is a must.But writing stories like this isn’t the way to do it.Pls ask a good sheikh about this.Jazaakumullaah khair.
Wa’alaikumussalam wellwisher 🙂 only one sheikh answered of the sheikhs i sent a msg to. this is the link he sent
https://islamqa.info/en/163469
Well wisher, as a young person of this community myself, and as someone who has been away from deen at one point, i can say with a great deal of confidence that there are young people out there who will never ever even look into a story of the sahabaa or Rasool (SAW) or even the Quran. I’m trying to reach out to them. They would at least open this story out of boredom and think about the msgs in them when they come across those msgs. And the thinking process in these stories are actually true. Though all of the incidents might not be true, the mindsets that i describe are the exact mindsets i used to have. My hope is that i could change the way young people think about deen In Sha Allah. And that’s the main intention behind these stories In Sha Allah. Barakallah Laka! 🙂
Wa feeki.☺It will be great if musicians or carefree people who thinks life is just to enjoy and party would read this once in a blue moon,since they seems like busy bodies.Your intentions are pure and I hope you achieve your goal.But as an outsider,I briefly went through the other stories,,and I was deeply saddened that I couldn’t find whatsoever like yours.So I was wondering what is the ruling in Islam,to write stories in a story site which no longer publishes stories that are unfit for true Muslims to read or write. Your intention is pure but are you sure to work as a writer in a site which no longer publishes very islamic stories.
“Whoever among you sees an evil action, let him change it with his hand (by taking action); if he cannot, then with his tongue (by speaking out); and if he cannot, then with his heart (by hating it and feeling it is wrong), and that is the weakest of faith.” Narrated by Muslim (49).”
Perhaps you are right wellwisher. I never thought of it that way. The thought that someone who never got to know this site might end up in one of those stories because of my story 🙁 And i must admit that it saddens me too. It always has. The fact that even the impact i might leave might be undone because of what’s all around this story. *sigh* But i must say my dear brother/sister, that it doesnt happen once in a blue moon that someone might develop a hatred for anything that is shameless because of these types of stories. It has happened before, by the Will of Allah, and it is happening. And as a matter of fact, some other writer was also inspired to write these types of stories on this very site. And its all by the will of Allah. I seriously can’t decide what i should do. On the one hand, i feel that a lamp is most needed in dark places. On the other hand, you my friend, have a point. Will need to pray isthikhaara In Sha Allah. And i will. 🙂 Jazakallah Khairan for the reminder.
Visaam n shafag ge bai nethyma v vai… Adhi story vv kuru up kuraaleh
Adhi rangalhuvaane In Sha Allah 🙂