“ޔޫން…ޔޫން މިކޮޅު ބަލާލަބަ” ތިރީގައި ހުރި ނިހާލަށް ލުޔޫން ފެނުމާއިއެކު ހަނާއަޅާލިއެވެ. ކޮޓަރީގެ ބެލްކަނީގައި ދިއްލާފައިވާ ބޮކީގެ ފަނޑުއަލި މަގުމައްޗަށް ކޮންމެވެސް ވަރަކަށް އެޅިފައި ހުއްޓެވެ. އެ ފަނޑުއަލިކަމުގެ ތެރެއިން ލުޔޫނަށް ނިހާލު ވަރަށް ރީތިކޮށް ފެނުނެވެ. ދަންވަރުގެ މިފަދަ ވަގުތެއްގައި ނިހާލް އެތާގައި ހުއްޓާ މީހަކަށް ފެނިއްޖެނަމަ މަސްލަހަތު އިތުރަށް ގޯސްވާނެކަން ލުޔޫނަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. ނިހާލް އޭނާގެ އަތުގެ އިޝާރާތުން ލުޔޫން ގާތުގައި ފޯނު ކޮބާތޯއެހިއެވެ. އަތުގައި ފޯނު ނެއްްކަން ލުޔޫނަށް […]
“ހާއި އައްޔާދް.. ނައިސް ޓު މީޓް ޔޫ އަގައިން.” ރިއުމާން ހިނިތުންވުމެއް ރައްދުކޮށްލަމުން އެލޮލުގައިވީ ކަރުނަތައް ހިންދާލިއެވެ. ހިތާއި ދެކޮޅަށް އެއްވެސް ކަމެއް ނުވާކަމަށް ހަދައި ލައިބާ ކުރިމަތީގައި އެހިތުގެ އުދާސްތައް ފޮރުވިއެވެ. އޭރު އައްޔާދް ސިހިފައި ހުރިއިރު ރިއުމާންއަށް ދޭނެ ޖަވާބެއް ވެސް އެދުލަކަށް ނައެވެ. އެއްފަހަރު ލައިބާއަށް އަނެއްފަހަރު ރިއުމާންއަށް ނަޒަރު ހުއްޓާލާއިރު އޭނާ ހުރީ ވާނުވައި ނޭނގި އޮޅުންގަނޑެއް ތެރޭގައެވެ. “ވަރަށް ދުވަސް ވެއްޖެ ރިއުމާން ކައިރި އައްޔާދްގެ ވާހަކަ ކިޔާތާ.. ސޮރީ […]
ހިތް ބޭނުމޭ..17 އައި.ޖީ.އެމް.އެޗް ގެ އޮޕަރޭޝަން ތިއޭޓަރު ކައިރީ އީވާ ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. ކައިރީގައި އީވާ އަށް އެލީންގެ ހަބަރު ދިން ރަހުމަތްތެރިޔާ ނެހާ ހުއްޓެވެ. އިރުކޮޅަކުން ޑޮކްޓަރަކު ނުކުތެވެ. އެއާއި އެކު އީވާ އަށް ޑޮކްޓަރުގެ މޫނަށް ބަލައިލެވުނީ ކެތްތެރިކަން ކުޑަވެފައެވެ. ” އޮޕަރޭޝަން ރެޑީ ވެއްޖެ. ވަރަށް އަވަހަށް އަޅުގަނޑުމެން ސިގްނޭޗާ ބޭނުންވޭ.. އިންޓަރނަލް ބްލީޑިން ގެ ސަބަބުން އެހެން ނޫނީ ޕޭޝަންޓް ގެ ފުރާނަ އަށް ނުރައްކާ ވުން ވަރަށް […]
ލީޝް ތެދު ވުމަށްފަހު ފުރަތަމަ ވެސް އޭނަގާތު އޮތް ޝާހިރުގެ ގައިގާ ބައްޕާ އޭ ކިޔާ ބައްދައި ލިއެވެ. ޝާހިރަށް ލީޝް ކިޔަނީ ބައްޕަ އެވެ. އެންމެ ކުޑަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އައި އިރުވެސް ލީޝް އަށް ފެންނަމުން އައީ ޝާހިރު ކަމަށް ވެފައި މިހާރު އޭނަގެ ބައްޕަގެ މަޤާމު ގައި ހުރި މީހަކީ ވެސް ޝާހިރު ކަމަށް ވީތީއެވެ. ޝާހިރު ދަރިފުޅާ ލޯބި ކޮށްލުމަށް ފަހު ގޮސް ވަނީ ފާހަނަ އަށެވެ. އަހަރެން […]
“އާހިލް މިތާ ކީއްވެބާ؟” މެހެކް ހައިރާން ވެފައި ހުއްޓައި އޭނާ މެހެކް އާއި ކުރިމައްޗަށް ވާ ގޮތަށް އެނބުރިލިއެވެ. އެވަގުތު މެހެކް އަށް އެ މޫނު ފެނުނެވެ. އެހިނދު ބާރުބާރަށް ތެޅެމުން ދިޔަ އޭނާ ގެ ހިތް މަޑުމަޑުން ހަމައަކަށް އެޅެންފެށިއެވެ. އެއީ އާހިލް އެއް ނޫނެވެ. ފުރަގަހުން އާހިލް އާއި ވައްތަރުވީއެވެ. ފުންނޭވާއެއް ބޭރުކޮއްލުމަށް ފަހު މެހެކް ދެލޯމަރާލިއެވެ. މީހަކާއި މެދު މާ ބޮޑަށް ވިސްނޭނަމަ އެހެންވެސް ވެދާނެ ކަމަށް އޭނާގެ ހިތަށް ޤަބޫލްކުރެވުނެވެ. ހުރިހާ […]
”ހޫމް… ނާހިލް މީ…. އީމް ކީއްވެ ނަމްބަރ ޗޭންޖް ކުރީ.. ރުޅިއައިސްގެންތަ؟ ނާހިލް އެހެން އަހާލުމުން އީމާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނާހިލް އަކީ ޒޭންގެ ކުރިން އީމާ ރައްޓެހިވެގެން އުޅުނު ކުއްޖާއެވެ. އޮސްޓްރޭލިޔާގެ ކޮލެޖް އެއްގައި ކިޔެވި ދުވަސްވަރުގައި ރައްޓެހިވެގެން ދެ އަހަރު ވަންދެން އުޅުމަށްފަހު ކާއިވެނި ކުރަން މާލެއަށް އައިތަނާހެން ނާހިލް އަށް 1 އަހަރު ދުވަހުގެ ސްކޮލާޝިޕް އެއް ލިބުމުން އަނބުރާ އޮސްޓްރޭލިޔާ ދާންޖެހުމުން އީމާ ހުރީ ނާހިލް ދެކެ […]
އޭނަ ޢުމުރުގެ ގޮތުން ޒުވާން ވިޔަސް ﷲ ގެ ޙަޟްރަތަށް އަނބުރާ ދާ ދުވަސް ނުހަނު ގާތްހެން އޭނައަށް ހީވާން ފެށީތީވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝިޔާއަށް ދީނާއިމެދު އިތުރަށް އުނގެނެން ވެސް ފެށިއެވެ. އުނގެނެމުން ދިޔަ ވަރަކަށް އޭނަގެ ތަޣައްޔަރުވެފައިވި ވިސްނުން ވެސް ސާފުވަމުން ދިޔައެވެ. އޭނައަށް ހީވީ އޭނައަށް މި ހުރިހާ ދުވަހު އޭނަގެ ވަށައިގެންވި ދުނިޔެ ފެންނަމުން ދިޔައީ ފުސްކޮށްހެންނެވެ. އެހެނަސް ﷲ ގެ ބަސްފުޅު އުނގެނެން ފެށުމުން އޭނައަށް ހުރިހާ ކަމެއް […]
ލުޔޫންގެ ދެ ލޯ ބޮޑުވެގެން ދިޔައީ އޭނާގެ ކުރިމަތީގައި ހުރި ލީލާ ފެނިފައެވެ. ލިބުނު ސިހުމާއި އެކު އިށީނދެ އިން އެނދުން ލުޔޫންއަށް ތެދުވެވުނެވެ. “ހަމަ މިހާރު އާދޭ ދާން” ނިހާލާއި ދިމާލަށް ދެލޯ ކުޑަކޮށްލަމުން ލުޔޫންގެ އަތުގައި ހިފައި ލީލާ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ. އަމިއްލަ ބާރެއް ނެތްފަދަ ގޮތަކަށް ލުޔޫނަށް ލީލާގެ ފަހަތުން ހިނގައި ގަނެވުނީ ލީލާ ލުޔޫންގެ އަތުގައި ހިފައިގެން ބާރުބާރަށް ކޮޓަރިން ބޭރަށް ނިކުންނަން ހިނގައި ގަތުމުންނެވެ. “ޔޫން…” ނިހާލަށް […]
އޭނާ މިތަނަށް އައިރު އެއްވެސް ވަރަކަށް މިކަހަލަ ވާހަކައެއް އަޑުއިވޭނެ ކަމަކަށް ފަހަރެއްގައި ވެސް ހިއެއް ނުކުރެވެ. އެވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އެނަގައި ބަލާލިއިރު ގުޅަނީ ރިއުމާންއެވެ. އޭނާ ބަލާދާ ގަޑި ޖެހުނީކަން އިނގުމުން އައްޔާދް ހަދާނެ ގޮތް ހުސްވިއެވެ. އެއްފަހަރު އާޒިމަށް އަނެއްފަހަރު ފޯނަށް ނަޒަރު ހުއްޓާލާއިރު ރިއުމާން އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ. ނަމަވެސް އަމިއްލަ ބައްޕަ ހަދަހަދައިގެން އެފަދަ ވާހަކައެއް ނުދައްކާނެއެވެ. އޭނާ […]