މެންދުރުގެ ހޫނު އަވީތެރޭ ދެވޭ ނުދެވޭ ދިމާލެއް ނޭގި ޔުނާން ހިނގަމުން ދިޔައެވެ. އޭނާގެ ބޯހީވަނީ ފަޅާގެން ގޮސްދާނެހެނެވެ. ޗުއްޓީ ހަމަވާ ދުވަސް ވެސް އައިސްޖެހުނީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟؟ ޔުނާން ހީކުރީ މީޝާ އޭނާގެ މީހަކަށް ވާނޭ ކަމަށެވެ. މީރާގެ ކަންތައް އޭނާ ނިންމާލިހާ ފަސޭހަކަމާ އެކު މިކަންވެސް އޭނާ އަށް ވާނެކަމަށް އުންމީދު ކުރިއެވެ. ނަމަވެސް ކަންތައް މިވީ ދިމާ އިދިކޮޅަށެވެ ” ދެން ޕްލީސް..” ޔުނާން ހުއްޓުނީ އިވުނު އަޑެއްގެ ސަބަބުން […]
އަޔާންމެންނަށް މާލެ ދެވުނީ 11 ޖަހަން އުޅެނިކޮށެވެ. “ޓެކްސީއެއް ހޯދަން ވަރަށް އުނދަގޫވާނެ މިވަގުތު…. ހިނގާ އަހަރެމެން ދެމީހުން ޔާލްމެން ޑްރޮޕް ކޮށްލަދޭންދާން…؟؟ ” ޝާނިމް ވާހަކަ ދެއްކީ އަޔާންއާއެވެ. ” ތިމީހުން ނައްޓައިލަ… އަހަރެންވެސް މިދަނީ ޔާލް ގޮވައިގެން…” ނޫރާއާއި ޝާނިމް ގާތު ދާށޭ ބުނުމަށްފަހު އަޔާން ދިޔައީ ޔާލް ކާރިއަށެވެ. “ހިނގާ ދާން… އެމީހުންވެސް އެދިޔައީ… ” އަޔާން ސައިކަލަށް އަރަމުން ޔާލް ކާރީ އެރުމަށް ބުނެލިއެވެ. “އަހަރެންދާނީ ހިނގާފަ…. ކޮންމެހެން އަަޔާން އަހަރެންލާން […]
ކަޅުކުލައިގެ ޖިންސަކާ ފެހިކުލައިގެ އަތްދިގު ޓީޝާޓެއްގަ ހުރި ޒުވާނާ މަޑު ހިނގުމެއްގައި ހިނގަމުން ދިޔައީ މާ ދުރުނުން ހިސާބެއްގައި މަޑުކޮއްލައިގެންހުރި މީހާއާ ދިމާއަށެވެ. ބްލެކްރޯޒް ޕްރައިވެޓް ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖާ ޒާމިން، އޭރު އޭނާ އާ ދިމާއަށް ހިނގަމުން އައި ޒުވާނާއަށް ފެންނާނެހެން ހަނާ އަޅާލިއެވެ. އޭނާގެ ކުރިމައްޗަށް އައިސް ހުއްޓިލުމާއެކު ސަލާމަށް ދިއްކޮއްލި އަތުގަ ޒާމިން ވެސް ހިފަލީ އެ ޒުވާނާއަށް ހިނިތުންވުމެއް ދެމުންނެވެ. “އައްސަލާމްއްލައިކުމް. އައިމް ޑރ.ރެހާން އިމްރާން. ކޮމްޕެނީގެ ނިއު އޯނާރ.” ތައާރަފުވެލިއިރު […]
ކައިޝް މަޑުމަޑުން މީޝާގެ ތުންފަތުގައި އޭނާގެ ތުންފައި ޖައްސާލިއެވެ. އަދި އެލޯބިތުންފަތުގައި ބޮސްދޭންފެށިއެވެ. މީޝާވެސް ކައިޝްގެ މިއަމަލުގައި ފުރިހަމައަށް ބައިވެރިވެލިއެވެ. މިނިޓަކަށް ދެމިގެންދިޔަ އެވަގުތު ކޮޅު ނިމިގެން ދިޔައީ ކައިޝް ގެ ފޯނުރިންގު ވުމުން ނެވެ. ބޭނުން ނުވި ނަމުވެސް ކައިޝް މީޝާއާ ދުރައްޖެހިލިއެވެ. އަދި މީޝާ މޫނަށް ބަލާލިއެވެ. ލަދުން އިސްޖެހިފައިވާ އެމޫނު މަތީގައި ވަނީ ޖުންބު ކުލަ އަރާފައެވެ. ފޯނު ސްކުރީނުން ޝަވަންގެ ނަން ފެނުމުން ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ. ޝަވަންގެ ވާހަކަތައް އެޑުއަހަން […]
އެއީ މީގެ އެކާވީސް އަހަރު ކުރިއެވެ… *************** “އޭރު އަހަރެން އުޅުނީ އަހަރެންގެ އުފަންރަށް ތ. ގުރާދޫގަ، އަހަންނާ އަހަރެންގެ އެކުވެރި ފާގިޔާ ކޮންމެދުވަހަކުހެން ކަންޑަރަށް ދަނީ މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރަން. އެކަމުން އަހަރެމެންނަށް ފުދޭވަރެއްގެ އާމްދަނީއެއްވެސް ލިބޭ.. އޭރުވެސް ރަށަށް އައިސްއުޅުން މާލޭ ވިޔަފާރިވެރިއަކު އުޅުން ފާގިޔާގެފަހަތުން.. އެކަމާއޭނަވެސް ނިކަން ގަޔާވޭ އެކަމަކު އަމިއްލަ ނިކަމެތިކަން ހިތައްއަރާފަ އެމީހާއަށް އާބަސްނުބުނެހުރީ.. އާދައިގެ މަތިން އަހަރުމެން ކަންޑަރަށް ގޮއްސަ އައީ މަސައްކަތްތަށް ނިންމާލާފައި. އޭރު އިރުއޮއްސެންވެފަހުރީ.. އެދުވަހު […]
“އެންމެ ރަނގަޅު.. އަހަރެން ދަނީ.. އަހަރެން މިގެއަށް އައީ ވަރަށް އުއްމީދާއެކު.. އަހަރެންގެ ސުވާލުތަކަށް ޖަވާބު ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކު.. އެކަމަކު މިގެއިންވެސް މި ދާންޖެހުނީ ހުސްއަތާ.. އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބި.. އަހަރެންނަށް މިހާރު އިހުސާސްކުރެވޭ އަހަރެންނަކީ ބޭކާރު މީހެއްކަން.. އެންމެނަށްވެސް އަހަރެންނާހެދި ވަނީ އުނދަގޫ.. އެއްވެސް މީހަކު އަހަރެންނަށް ހަޤީޤަތް އޮޅުންފިލުވައިދޭން ބޭނުންނުވާކަން މިރޭ އަހަރެންނަށް އެނގިއްޖެ.. އެންމެންވެސް ބޭނުންވަނީ އަހަރެން އަބަދުގެ އަބަދަށް މި އޮޅުންބޮޅުން ތެރޭ ހުންނަން.. ދެން އަހަރެން މިކަން […]
“މީހަކީތީއޭ މަގޭ ހުރިހާ މިދުނިޔޭން ގައިމޭ، އެކަނިވެރި މިހަޔާތް މިހެން ވޭތު މިތާ ކުރެވޭހޭ.” މިކަޑި ޒިމްޔާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ވޭންތަކުން ދިން ހިތި މާޒީ މި ލަވަ ވަނީ ހުރިހާ ގޮތަކުންވެސް އޭނާގެ ހަޔާތާއި ގުޅިފައެވެ. ……………………………………………………. ތިން މަސް ފާއިތުވެގެން ދިޔައިރުވެސް މީކާއީލްއަށް ވަނީ ޒިމްޔާ އެހެން ހެދި ސަބަބެއް ނުވިސްނިފައެވެ. ނަމަވެސް މިހާރު ކޮންމެސް ވަރަށް މީކާއީލް ވަނީ އެދިރިއުޅުމަށް ހޭނިފައެވެ. މީކާއީލް އަކީ ކުރީގެ މީކާއީލްއެއް ނޫނެވެ. މިހާރު […]
“އައި ލަވް ޔޫ މަމް..” މިޝާލް އެހެން ބުނުމަށްފަހު ފޮށި ހިފައިގެން ގޭތެރެއިން ނިކުންނަން ހިނގައިގަތެވެ. ދޮރު މައްޗަށް އަރާފައި އޭނާ އެންމެ ފަހު ފަހަރަށް އެތެރޭގައި ތިބި މީހުންގެ މޫނުތަކަށް ބަލާލިއެވެ. “މަޑުކޮށްބަލަ ދަރިފުޅާ.. މަންމަމެން ދާނަން ފުރާ ތަނަށް..!” އެވަގުތު ނަސްރީން ގޮވާލިއެވެ. ނަމަވެސް މިޝާލް އެކަން މަނާ ކުރިއެވެ. “ނޫން މަންމާ.. ދެން އަންނާނެ ކަމެއް ނެތެއްނު؟ އަހަރެން އެކަނި ހިނގައިދާނަމޭ..” މިޝާލް އެހެން ބުނުމަށްފަހު ފޮށި ދަމަމުން އެ ގެއިން ނިކުމެގެން […]
ގެއަށް ވަދެގެން އައި ރަޝީދު ގެ މޫނުމަތިން ކަމަކާއި ހިތްހަމަނުޖެހިފައި ހުރިކަން ހަދީޖާ ދެނެގަތެވެ. ބަދިގޭގައި ކުރަން ހުރި މަސައްކަތް ހުއްޓާލަމުން ސޯފާގައި އިން ރަޝީދުގެ ގާތަށް ހަދީޖާ ހިނގައިގަތެވެ. ” ކިހިނެއްވީ..” ހަދީޖާ ގެ ސުވާލުން ރަޝީދު އެ މޫނަށް ބަލާލިއެވެ. ” ކިހިނެއްހޭވީ.. ދެންމެ ކިރިޔާ ލަދުން ހަލާކުނުވީ.. އަހަރެން ހިޔެއް ނުކުރަން ލާމިހް ގެ ވިސްނުން އެހާ ކޮށިވާނެ ކަމަކަށް.. ކިޔަވައިގެން ހުރެ އެވަރުގެ ކަމެއް ކޮއްފާނެ ކަމަކަަށް..” ރަޝީދުގެ އަޑުގައި ހަރުކަށިކަމެއް […]