ސިއްރު ސިއްރުން ހިތޭ… (10)
އެއީ މީގެ އެކާވީސް އަހަރު ކުރިއެވެ…
***************
“އޭރު އަހަރެން އުޅުނީ އަހަރެންގެ އުފަންރަށް ތ. ގުރާދޫގަ، އަހަންނާ އަހަރެންގެ އެކުވެރި ފާގިޔާ ކޮންމެދުވަހަކުހެން ކަންޑަރަށް ދަނީ މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރަން. އެކަމުން އަހަރެމެންނަށް ފުދޭވަރެއްގެ އާމްދަނީއެއްވެސް ލިބޭ.. އޭރުވެސް ރަށަށް އައިސްއުޅުން މާލޭ ވިޔަފާރިވެރިއަކު އުޅުން ފާގިޔާގެފަހަތުން.. އެކަމާއޭނަވެސް ނިކަން ގަޔާވޭ އެކަމަކު އަމިއްލަ ނިކަމެތިކަން ހިތައްއަރާފަ އެމީހާއަށް އާބަސްނުބުނެހުރީ..
އާދައިގެ މަތިން އަހަރުމެން ކަންޑަރަށް ގޮއްސަ އައީ މަސައްކަތްތަށް ނިންމާލާފައި. އޭރު އިރުއޮއްސެންވެފަހުރީ.. އެދުވަހު އެމުއްސަނދި ވިޔަފާރިވެރިޔާ.. މުސްތޮފާ އާއި އެކުގައި ހަމަ އޭނަފަދަ އިތުރު އެހެންމީހަކު ހުރި. އޭނައަށް ކިޔަނީ ޖާވިދު. ޖާވިދުފެނުމާއެކު އަހަރެންނަށް އެންމެފުރަތަމަ ނަޒަރުންވެސް ޖާވިދު ކަމުދިޔަ އެކަމަކު، ފާގިޔާއެކޭ އެއްފަދައިނަ އަހަރެންވެސް ހިޔާރުކުރީ ހިމޭންކަން. ނަމަވެސް ތިންދުވަސްފަހުން ޖާވިދު އައީ ސީދާ އަހަރެމެންގެއަށް ބައްޕަގެ ގާތުގަ އެދުނީ އަހަރެންގެ ކައިވެންޏަށް. އެހާހިސާބުން އަހަރެންވެސް އެކަމާރުހުނީ އުފަލާއެކު ހަމަ އެހަފްތާގަ އަހަރުމެންގެ ކައިވެނިވެސް ކުރެވުން. އަހަރެންނެކޭ އެއްފަދައިން އަހަރެންގެ މަންމައާއި ބައްޕަވެސް ހުރީ ވަރަށްއުފަލުން.. އަހަރުމެންގެ ކައިވެނި ކުރެވުންތާ އެއްދުވަސްފަހުން ފާގިޔާވެސް ގޮތްދޫކޮށް މުސްތޮފާ އާއި އިނީ އޭނަގެ ބޭބެ ނިމާލްވެސް ރުހުން ލިބިގެން.. އެދުވަހު އައިފޯނުކޯލަކާއެކު ޖާވިދުގެ އުޅުމަށް ބަދަލްއަންނަންފެށީ. އަހަންނަކަށްނޭންގެ އެގުޅީކާކުކަމެއް، ކީ ކީކޭކަމެއްވެސް.. އަހަންނަށް ކުރެވޭ ކަމެއް ކޮށްދެވޭކަމެއްވެސް ޖާވިދުއަކަށް ކަމަކުނުދިޔަ.. އަހަރެމެންގެ ކައިވެންޏަށް ހަފްތާއެއްވެގެން ދިޔައިރުވެސް ކޮންމެ ދުވަހަކުހެން އަހަރެން އުޅެންޖެހުނީ އެހާލުގަ އެކަމަކު އަހަރެންގެ އެކުވެރިޔާ އުފަލުގަ އުޅޭތީ އެކަމާ އަހަރެން އުފާކުރިން. އެއީ މައިންބަފައި ނިޔާވެފަ ހުރި ނިކައްމެއްޗަކަށް ވީމަ. އެއްދުވަހު އަހަރެން ފާގިޔާ ކައިރިޔަށް ދިޔައީ ހިތަށް ކެތްނުވުމުން އަހަރެންގެ ދިރިއުޅުމަށް މިއައި ކުއްލިބަދަލާއެކު އުޅެން އުނދަގުވެ އެކަމާ ވާހަކަދައްކާލަން. ނަމަވެސް އެދުވަސް ވެގެން ދިޔައީ އަހަރެންގެ އެކުވެރިޔާގެ ދިރިއުޅުމަށް ކަޅުބޯވިލާގަނޑެއްގެ ހިޔަނި އެޅިގެން ދިޔަދުވަހަކަށް. ފާގިޔާ ދަރިއަކު ބޭނުން ވާހަކަބުނުމުން މުސްތޮފާގެ މޫނުއެއްކޮށް ބަނަވެގެން ދިޔަ. އަހަރެން އެގެއިން ނިކުންނަންދެން މުސްތޮފާއެކަމާ އެއްޗެއްނުބުނެ ހުރި. އެކަމަކު އަހަރެން ނިކުތުމާއެކު އޭނަ ދަރިއަކު ހޯދަންބޭނުން ނޫންކަމަށްބުނެ އަހަރެންގެ އެކުވެރިޔާއަށް ވަރަށް އެއްޗެހިކިޔާލި. އަދި އޭނަގެ އަންހެނުން ކައިރިއަށް ގޮސް އަހަރެން ފާޑުފާޑުގެ ވާހަކަ ދައްކައޭކިޔާ ޖާވިދުކައިރީބުނީ.. ޖެހިގެންއައީ އަހަރެންގެ ދިރިއުޅުމުގައައި އެންމެ ހިތްދަތިވި އެއްދުވަސް.. ޖާވިދު އަހަރެން ވަރިކޮށްލާފައި ފުރައިގެންދިޔައީ ދުވަހަކުވެސް ދެން އޭނާ ހޯދުމަށް ނޫޅުމަށް ބުނުމަށްފަހުގަ. އެހެން ކަންތަށް ކޮށްފައިދިއުމުން އަހަރެންގެ ބައްޕަ ހާޓްއެޓޭކެއްޖެހި ހަމަ އެދުވަހު ނިޔާވީ. ”
ރޮވޭވަރުން އާލިމާގެ ވާހާކަ ހުއްޓާލިއެވެ. އަދި ޝިވަން އާއި ދިމާއަށް ބަލާލުމާއެކު އެދެލޯ ކަރުނުން ފުރިފައިވާތަން ފެނި މޭގައި އަތްއަޅާލީ ހިތަށް ކެތްނުވުމުންނެވެ. ނަމަވެސް ޝިވަން އިތުރަށް އަޑުއަހަން ބޭނުމޭ ބުނުމުން އަނެއްކާވެސް ވާހަކަ ހިތްވަރުކޮށްލާފައި ކުރިއަށްގެންދިޔައެވެ.
” ބައްޕަގެ ކަށުކަމާކެމީގެ ހުރިހަ ކަމެއްގައި މުސްތޮފާގެ އެހީތެކަން އަހަންނަށް ލިބުން. ފާގިޔާވެސް އަހަންނާއެކު ހުރިހާވަގުތެއް ހޭދަކުރި. ނަމަވެސް އޭގެ ހަފްތާއެއްފަހުން މުސްތޮފާވެސް އަހަރެންގެ އެކުވެރިޔާ ދޫކޮށްލާފައިދިޔައީ.. އަހަރެމެން ދެއެކުވެރިންވެސް ނިކަމެތިވީ.. އެދުވަހު އަހަރެން ފާގިޔާއަށް އެތަކެއް ނަސޭހަތެއްދީ އެތަށް ވާހަކައެއްދެއްކީމަ ހަމައަކަށް އެޅުމުން ގެއަށް އައީ ފާޑަކަށް ބޮލަށް އެނބުރުންއަރާ މޭނުބައިކުރާގޮތްވާތީ. ގެއަށް އައިސް ނުވަދެވޭ އަހަންނަށް ހޮޑިލެވިފަ އެކަމުން ސަލާމަތް ނުވެގެންއުޅެނިކޮށް އަބުރައިގަނެގެން ވެއްޓުނީ. އަހަރެންގެ މަންމަ ފާގިޔާގެ ބޭބެގެ އެހީތެރިކަމާއެކު ހެލްތްސެންޓަރަށް އަހަރެން ގެންދިޔައިރު ފާގިޔާވެސް އޮތީ ހޮޑުލެވި ބޯއަނބުރާގޮތް ވެގެން ގެންގޮއްސަ. އެތަނުން އަހަރެމެންނަށް ދިނީ އަންހެނަކު ދިރިއުޅުމުގައި އެންމެ ދެކެންބޭނުންވާނެ ދުވަސްތަށް އަހަރުމެންނަށްވެސް އައިކަމުގެ ހަބަރު. އަހަރުމެން ދެމީހުންވެސް ބަނޑުބޮޑު. ވާންވީ އުފާކަމެއް އަދި ދެރަކަމެއްވެސް އަހަންނަކަށް އެވަގުތު ނޭންގުން.
ނިމާލްގެ އެހީތެރިކަން ފާގިޔާއަށް ލިބެމުންދިޔައީ ހީވެސްނުކުރާހާ ރަނގަޅަށް. އެކަމާ ނިމާލްގެ އަންހެނުން ވަރަށް އެއްޗެހިވެސްކިޔާހަދާނެ. ހަމައެގޮތަށް އަހަންނަށްވެސް ނިމާލް ދިޔައީ ވެވުން ވަރަކުން އެހިތެރިކަން ދެމުން. އަހަންނާއި އަހަރެންގެ މަންމަ ނިކަމެތިވީދުވަހު ބާކީކޮށްނުލާ.. ނަމަވެސް އޭގެ މަހެއްފަހުން ނިމާލްގެ އަންހެނުން ބަނޑުބޮޑުކަން އެނގުންފަހުން އަަަންނާއި ފާގިޔާއަށް ދެމުންދިޔަ އެހީތެރިކަން ނިމާލްއަށް ދެވޭގޮތެއްނުވި. އޭނަގެ އަންހެނުންގެ ނުފޫޒުމާބޮޑުވީ. އެހެންވެ އަހަރުމެން ދެއެކުވެރިން އެކުގައި މަސައްކަތް ކުރަންފެށީ އެގޮތަށް ގޭގަތިބެގެން ހެދިކާ ހަދާ، ފަންވިނދެ، ރޯނުވަށާ އަދި ކުދިގުޅަ ކަހަލައެއްޗެހިވެސް ހެދިން. ރަނގަޅު އާމްދަނީއެއް އެކަމުން އަހަރުމެންނަށް ﷲ ގެ އިރާދަފުޅުން ލިބުން. އެހެން އުޅެނިކޮށް ރަޝީދު އަހަރެމެންރަށަށް އައީ. އައިސް އުޅުމުގެ ތެރޭގަ ރަޝީދު ނުސީދާގޮތުން ފުރަތަމަ އަހަރުމެންނަށް އެހީތެވެދޭންފެށީ. އޭރު ބަނޑަށް ހަތްމަސްވެފަހުރީ. ރަޝީދުގެ ހެޔޮކަން ފެނި އަހަރެންނަށް ރަޝީދު ކަމުދިއުން ވެގެންދިޔައީ މިއަދާ ހަމަޔަށްވެސް އަހަރެމެން ދެމަފިރިން އެކުގައި އުޅުމަށްމެދުވެރިވި ސަބަބަށް. އަހަރެން ވިހަން އައީ ރަޝީދުއާއެކު މާލެ. ފާގިޔާކައިރީ ކިޔާކިޔާވެސް އޭނަ ބޭނުންވީ ރަށުގަ ހުންނަން. އަހަންނާ އަހަރެންގެ މަންމަގޮވައިގެން ރަޝީދު މާލެ އައިފަހުން އަހަރެން ރަށަށް ނުދަން. އަހަރެންގެ އެކުވެރިޔާ ގެ ހަބަރެއްވެސް ފަހުން ނުލިބޭ.”
******
“އެެެންވީމަ މިހުރިހާ ދުވަހު އަހަރެން ބައްޕަ މިކިޔަނީ.. ” ޝިވަންއަށް އެއްކޮށް ޖުމްލަ ފުރިހަމަވެސް ނުކުރެވުނެވެ. އެހާގިނައިން ރުއިމުގެ ސަބަބުން އަރުބެދޭގޮތްވީއެވެ. ލިބުނުހަބަރާއެކު ހިތުގެ އެންމެ ފުންމިނަށްވެސް އަސަރުކުރީއެވެ. އާލިމާއަށް ޝިވަން އެހާލުގައި ވާތަން ފެނި ކެތްނުވެގެން އައިސް ޝިވަންގެހަށިގަނޑުގައި ބައްދާލީ އާއިނކޭބުނެ ބޯޖަހާލަމުންނެވެ. މުޅިމާހައުލަށްވެސް ވެރިވެގެންދިޔައީ ހަމަހިމޭންކަމެވެ. ޒިޔާދުއާއި ހަފީޒާގެ އިތުރުން ނަވާރުވެސް އިނީބުނާއެއްޗެއް ނޭންގިފައެވެ.
“ތީގަ ޝިވަންގެ އިތުރުން އާލިމާ އާއި ރަޝީދުގެވެސް މައްސަލައެއް ނެތެއްނު. އަހަރެމެން ކުރިއެކޭ އެއްގޮތަށް ޝިވަން ބަލައިގަންނާނީ ރަޝީދުގެ ދަރިއެއްގޮތުގަ. ރަޝީދުވެސް ދެކެނީ އެހެންނު ދޯ.” ޒިޔާދު ރަޝީދުގެ ބުރަކަށީގައި ފިރުމާލީ ރަޝީދުގެ ލޮލުގައިވާ ކަރުނަތަށް ފޮހެދިނުމާއެކުގައެވެ. ހަގީގަތުގައި މިއަދު ޒިޔާދުވެސް ވަރަށްދެރަވެއްޖެއެވެ.
“ދެންކީއްވެތޯ މަންމަމެން އިތުރު ކޮއްކޮއެއް ނުހޯދީ.. ” އާލިމާގެ މޭގައި ފޮރުވިގެން އިން ޝިވަން އޭނަގެ ހިތުގައިވި ސުވާލު ކޮއްލިއެވެ. އެއާއެކު ރަޝީދު ވެސް އައިސް ޝިވަންގެގައިގަ ބައްދާލާފައި ގެނެސް ސޯފާގައި ބައިންދާ ވާހަކަ ދައްކަންފެށިއެވެ.
“ދަރިފުޅަށް ކޮއްކޮއެއް ހޯދަދޭން ބައްޕަމެން ވަރަށް މަސައްކަތްކުރިން އެހާގިނަ ބޭސްވެސްކުރިން. އެކަމަކު މިނިކަމެތި ބައްޕައަށް ދަރިންލިބުމުގެ ނަސީބުވަނީ، ބައްޕަގެ ޒުވާންދައުރުގަ ދިމާވި ހިތާވެރި އެކްސިޑެންޓް އެއްގެ ސަބަބުން މަހްރޫމްވެފަ. އެހެންވެ ބައްޕަ ދަރިފުޅުގެ މަންމައާ އިނީ ދަރިއެއްގެ ލޯބި މިބައްޕަވެސް ބޭނުންވާތީ. ” ހިތާމަވެި ތަސްވީރެއްހެން ވާ ރަޝީދުގެ މޫނުފެނުމާއެކު ޝިވަން ރަޝީދުގައިގަ ބައްދާލުމާއެކު ޒިޔާދު ރަޝީދުއަށް ކެތްތެރިވުމަށް ނަސޭހަތްތެރިވިއެވެ.
“އާލިމާ ތިކަންބޮޑުވަނީ ޝިވަންއަކީ ރަޝީދުގެ ދަރިއެއްނޫންވީމަ އަހަރެމެން މިކައިވެންޏަށް ނުރުހިދާނެތީތަ. ނޫނޭ އެހެންނެއްނުވާނެ އަދި ކުރިޔަށްވިރެ ބޮޑަށް އަހަރެމެން މިހާރު ޝިވަން އަހަރެމެންގެ ދަރިއެއްގޮތަށް ދެކެފިން ދޯހަފީ.. ” ޒިޔާދު އެހެން ބުނުމާއެކު ހަފީޒާވެސް ބޯޖަހާލިއެވެ. ” އެކަމަކު.. ” އާލިމާ ބުނަންއުޅުން އެއްޗެއް ފުރިހަމައެއްނުކުރެވުނެވެ. “ކިހިނެއްވީ އަނެއްކާ.. އާލިމާ ހިތްހަމަ ނުޖެހެނީތަ. ” ރަޝީދުވެސް އަހާލީ އާލިމާގެ މޫނުމަތިން އެއްވެސް އަސަރެއްނެތްފަދައަކުން އިނީމައެވެ. ” ރަޝީދުއާ ޒިޔާދުތީ ވިޔާފާރީގެ ވަރަށް ގާތް ދެ އެކުވެރިކަން އަހަންނަށްވެސް އިނގޭ.. އެކަމަކު އެދެކުދިންގެ ދިރިއުޅުން ވިޔަފާރިއަކަށް ނަހަދަން އަހަންނަށް ފެންނަނީ.. ޝިވަންގެ ހިތުގަ އެެހެން ކުއްޖަކުވާކަން މިރޭ އަހަންނަށް އެނގުން އެމީހުން ބަލާ ދެވަނަފަހަރަށް ދިޔަގަޑީގަ އެދެކުދިންގެ ދެމެދުގަ ދެކެވުނު ވާހަކައިން.. ” އާލިމާ މިހެން ބުނުމާއެކު ޒިޔާދުއާއި ރަޝީދުވެސް ޝިވަންއަށް ބަލާލީ އެއީ ތެދެއްހޭ އަހާލާފަދަ ގޮތަކަށެވެ. އާއިކޭބުނެ ޝިވަން ބޯޖަހާލީ ” އެކަމަކު އަޅުގަނޑު އެހާރަނގަޅު ބައްޕައެއްގެ އެދުމަށް ދެކޮޅު ނަހަދާނަ..” މޭބުނަމުންނެވެ.
“ނޫން.. ” ނަވާރަށްވެސް އެންމެފަހުން ކެތްނުވުމުން ބޭއިހްތިޔާރުގައި އެހެން ބުނެވުނީތަންކޮޅެއް ބާރަށެވެ. ހުރިހާދުވަހު ހިތުގައި ފޮރުވައިގެން އުޅުނު ލޯބި ނެރެ އެއްލާލާނެހާ ހިތްވަރެއްނެތީމައެވެ. ހިތުގެ އެދުމާ ދެކޮޅަށް އެހެންމީހަކާ ދިރިއުޅުން ހަވާލުކުރަން ބޭނުންނުވީމައެވެ. ” ދަރިފުޅާ ކިހިނެއްވީ.. ” ޒިޔާދު ދެލޯބޮޑުކޮށްލާފައި އަހާލެވުނީ މީންދުވަހަކުވެސް ބާރަށް އެއްޗެއްނުބުނާ ކުއްޖަކު އެހެން ބުނުމުން ވެފައިވާ ހައިރާނެއްގެ ބޮޑުކަމުންނެވެ. ” ބައްޕާ އަޅުގަނޑުދެކެ ލޯބިވަންޔާ ޝިވަންއަށް އަޅުގަނޑާ ގުޅުމަށް މަޖުބޫރު ނުކުރައްވާ.. ޝިވަން ވަރަށްލޯބިވާ ކުއްޖަކު ހުރޭ. އެކުއްޖާވެސް ޝިވަންދެކެ އެހާ ލޯބިވޭ.. ވީއިރު އަޅުގަނޑު އެދޭތެރެއަށް ވެއްދީމަ، އަޅުގަނޑާ ޝިވަންގެ ދުވަސްވީ ރަހްމަތްތެރިކަން ގެއްލުމުގެ އިތުރަށް އަޅުގަނޑާ އެކުއްޖާގެ ގާތް ރަހްމަތްތެރިކަންވެސް ގެއްލޭނީ.. ” ރޮވިފައިވާ ހާލު ނަވާރު ޒިޔާދުގެ ކައިރީގައި އައިސް އިށީންނަމުން ވާހަކަދެއްކިއެވެ. “އެހެންތަ.. ދެން ކީއްވެ ތިވާހަކަ ބައްޕަ ކައިރީގަ ނުބުނީ.. ބައްޕަގެ އުސޫލެއްނޫނޭ ގަދަކަމުން އެކުއްޖަކު ބޭނުންނިވަ މީހަކާ ގުޅުވުމަކީ.. ކޮންމެ ކުއްޖަކަށްވެސް އުފަލުގަ އުޅެވޭނީ އެކުއްޖަކު ހިތްހަމަޖެހޭ ލޯބިވާމީހަކު ހަޔާތަށް ގެނެވިގެން.. އެއީކޮންނަމެއް ކިޔާ ކުއްޖެއްތަ ދަރިފުޅާ.. ” ޒިޔާދު ޝިވަންގެ އިސްޖެހިފައިވާ މޫނު އުފުލާލަމުން އަހާލިއެވެ. “ޖުމްނާ ނިމާލް.. ޖުވެއިލް ޖޭޖޭ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ.. ” ޝިވަން މިހެންބުނުމާއެކު އާލިމާ އަށް ކޮޅަށް ތެދުވެވުނީ އެއީ ކޮން ނިމާލެއްތޯ އަހަމުންނެވެ. ” މަންމާ އެއީ މަންމަ ތި ހީކުރާ މަންމަގެ އެކުވެރިޔާގެ ބޭބެއަށްވުން އެކަށީގެންވޭ.. އެވެސް އަހަރުމެންގެ ރަށުބައެއް.. ޖުމްގެ މަންމަ ނިޔާވުމާއެކު އެމީހުން މާލެ ބަދަލްވީ ޖުމްގެ ބައްޕަގެ ވިޔަފާރިފުޅާކުރުމާއެކު..” ” މަންމަ ބޭނުން އެއީ އެމީހުނާ ބައްދަލްކުރަން ދަރިފުޅާ.. ” އާލިމާ ކެތްމަދުވެފައިވަ ހާލު އެދުނެވެ. ” މާދަމާ ހަވީރު ހިނގާ އެކަމާ އުޅެމާ.. މިރޭ މާލަސްވެއްޖެއްނު.. ހަވީރު މިގޭގަ ހާއްސަ ސައެއްވެސް އޮންނާނެ.. އަހަރުމެންގެ ކައިވެންޏަށް 23އަހަރުވުމުގެ މުނާސަބަތުގަ.. ” ހަފީޒާ އާލިމާ ކައިރީގަ އެދުނެވެ. ” އެހެންވީމަ މަންމާ އަޅުގަނޑު ޖުމް އަށް ދައުވަތުދޭނީ އޭނަގެ ބައްޕައާއެކުގަ އަންނަން.. ޝިވަންމެން އަންނަ ވާހަކަނުބުނެ ސަޕްރައިޒެއްދޭ. .. ” ނަވާރުވެސް މިހާރު ހުރީ ހިތްހަމަޖެހިފައެވެ. އޭނަގެ ބައްޕަގެ ނިންމުން ބަދަލްކުރުމުންނެވެ.
އާދުވަހަކަށް އިރު އެރުމާއެކު ހެނދުނު ސައިބުއިގޮތަށް މަލީހް އޭ.ޑީކޭއަށް ދިޔައީ ޖުމާގެ ވަޒީފާ ހަމަޖެހޭގޮތް ވޭތޯއެވެ. ނަސީބު ކަންދިމާކުރިގޮތުން ދެކުދިންނަށްވެސް އޮތީ ވަޒީފާ ހަމަޖެހިފައިކަމުން އަންނަހަފްތާގައި ނިކުތުމަށް އެންގިއެވެ. އަވަހަށްގުޅާ ޖުމާ އަށް އެހަބަރު ދިނުމަށްފަހު މަލީހް ދެން މިސްރާބުޖެހީ ޝަބީންގެ އޮފީހާދިމާ އަށެވެ. މިއަދު އެތަނަށް އައުމަށް ރޭގަ ޝަބީން ދައުވަތު ދީފައިވުމުންނެވެ.
މަލީހް ދަމުން ގުޅާލާފައި ދާވަހަކަބުނުމުން ޝަބީން ބޭރަށް ނިކުމެ އިންތިޒާރުގައި ހުރީ ގާތް ރަހްމަތްތެރިޔާއަށް އޭނާގެ މަސައްކަތްތަށް ހިއްސާކޮށްލަން ބޭނުންވެފައިވާ ހާލުގައެވެ. އަދި ހަމަ އެހެންމެ ހިތުގެ މަލިކާގެ ހަބަރެއްލިބޭނެތީ ކެތްމަދުވެފައިވާ ހާލުގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.






Kudakoh olhun arany.. ?ekamu varah varah reethi… ? Miadhu adhi 1 part kiyaalan libeyne dhw…? Dhn
in part thankolheh dhigukoh genesdhehcheyy.. ? waiting….✨? Good luck Layaa.? Love you..❤✨
Ehentha dhoonyaa .. adhi rangalhah olhun filaane .. evaahaka nimeyieu ingey .. btw thank you so much minnie ?? ?ly..
v reethi mipartvess well done dr next part avass kohlahchey plx plx
Thank you dear nuz .. ??ly
thee guraidhw kujjehtha..plx reply..story v reethi..
Thank you dear firoo ?? hehe I’m not
Welldone ??❤❤??
Varah reethi mi part vx. Waiting for the next as usual ??❤❤❤❤
Thanyou dhoonigandaa ??? ly bigkoh ?
Ehen v ma jaavidhh ge dhariyaky shivan dho..
Feshun iru heeveee maleeh aky hen jaavidhge dhariyaky..
Mulhin olhu bolhun gandeh hen midhany
Yeaaah.. Aslu ves… Layaa kudakoh kiyadheeba mi vaanuvaa… Reethi koh detail kih kiyadheefa huri nama varah faseyha in understand vaane dhw… Ehchekey hee nukurahche layaa.. Aslu hama olhun bolhun kamun bunevuny..? you can improve… Hama ekanu e kanthah rangalhu kollanikoh this story will be hama flawless… Varah interesting vaane yageenun ves. Anyways Good luck dear..?
V Reethi.
When next part..
Thankyiu rsh ??
Thankyiu rsh ??
Thank you *