ވޭންތަކުން ދިން ހިތި މާޒީ (18)
“މީހަކީތީއޭ މަގޭ ހުރިހާ މިދުނިޔޭން ގައިމޭ،
އެކަނިވެރި މިހަޔާތް މިހެން ވޭތު މިތާ ކުރެވޭހޭ.” މިކަޑި ޒިމްޔާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ވޭންތަކުން ދިން ހިތި މާޒީ މި ލަވަ ވަނީ ހުރިހާ ގޮތަކުންވެސް އޭނާގެ ހަޔާތާއި ގުޅިފައެވެ.
…………………………………………………….
ތިން މަސް ފާއިތުވެގެން ދިޔައިރުވެސް މީކާއީލްއަށް ވަނީ ޒިމްޔާ އެހެން ހެދި ސަބަބެއް ނުވިސްނިފައެވެ. ނަމަވެސް މިހާރު ކޮންމެސް ވަރަށް މީކާއީލް ވަނީ އެދިރިއުޅުމަށް ހޭނިފައެވެ. މީކާއީލް އަކީ ކުރީގެ މީކާއީލްއެއް ނޫނެވެ. މިހާރު ކޮންމެހެން ބުނަން ބޭނުން އެއްޗެއްނޫނީ މީހެއްގާތަކު ނުބުނެއެވެ.
ޒިމްޔާވެސް މީކާއީލްގެ ހަނދާންތަކާއި ދުރު ނުވެވުނަސް ހިތްވަރު ކުރަމުން ދިޔައީ މޮޅު ކުއްޖަކަށް ވެވޭތޯއެވެ. މީކާއީލް ދެކެ ނަފްރަތް ކުރެވޭތޯ އުޅުނަސް އޭނާގެ ބަސްނާހާ ހިތް އެކަމަކަށް ތަނެއް ނުދެއެވެ. ކިތަންމެ ފަހަރަކު މީކާއީލްއަށް ގުޅަން އުޅުނަސް އޭނާ އެހިޔާލު ދޫކޮއްލަނީ މީކާއީލް މިހާރު އުޅޭނީ އުފާވެރި ދިރިއުޅުމަކު ކަމަށް ވާތީއެވެ. އެހެން މީހަކާ އެކީއޭ ހިތައް އަރުވާލިޔަސް ޒިމްޔާގެ ހިތައް ގޮތެއްވެގެންދެއެވެ. އޭނާ ކުރިމަތީ ނެތް ކަން ހަމަ ނަސީބެކޭ ހިތައް އެރިއެވެ. އެހެން ނޫންނަމަ އެތައް ހާސް މަރަކުން އޭނާ ކޮންމެ ދުވަހަކު މަރުވީސް ކަން ޔަގީނެވެ.
“ކިޔާންބޭ ޒިމް ފްރެންޑެއްގެ ގެއައް ލައިދޭން ހިނގާބަލަ” ޒިމްޔާ ކޮޓެރިން ނިކުނަމުން ކިޔާން ކައިރި ބުންޏެވެ.
“ޒިމް ކައިރި ވާހަކައެއް ދައްކަން ވެފަ އެބޮތް. އިށިންދެބަލަ އިހައް” ކިޔާން މިހެން ބުނުމުން ސޯފާގައި ޒިމްޔާ އިށީންދުނެވެ.
“ޒިމް ބުނީމެއްނު ޒިމްބޭނުމީ ނާސިންއޭ ކިޔަވަން. އެބޮތް މެލޭޝިޔާއިން ކޯސް. ޑިގްރީ ތިން އަހަރަށް. ވަރަށް އަގުވެސް ހެޔޮ. ޒިމް ދާންވީނު” ކިޔާން ޒިމްޔާއަށް ބަލާލަމުން ބުންޏެވެ.
“އެކަމު ޒިމް ވަރަށް އެކަނިވާނެ” ޒިމްޔާ މީކާއީލްގެ ހަނދާން ތަކާއި ދުރަށް ދާކަށް ބޭނުމެއް ނޫނެވެ.
“ޒިމް އެންމެ ތްރީ އިޔާސްއޭ. އޭރުން ޒިމް ކިހާ މޮޅު ކުއްޖަކައް ވާނެ. ކިޔާންބެ ބޭނުމީ ޒިމް ވަރަށް މޮޅު ކުއްޖަކައް ވާށޭ. ޗުއްޓީ ތަކުގަވެސް އާދެވޭނެ. އެހެން ނޫނީ ކިޔާންބެ ދާނަމޭ ޗުއްޓީ ނަގައިގެން” ކިޔާން މިހެން ބުނުމުން ޒިމްޔާ އިނީ އެއްޗެއް ވިސްނާފަދަ ގޮތަކަށެވެ.
“އުމް. އޯކޭ. ޒިމް ވިސްނާލާ އިނގޭ. ހިނގާ ދާން”
“ނޫން. ޒިމް ދާނަށް” ޒިމްޔާ މިހެން ބުނުމުން ކިޔާން އަށް ހިނިތުން ވެވުނެވެ. ޒިމްޔާވެސް އަބަދު މީކާއީލްގެ ހަނދާން ތަކުގަ ދިރިއުޅުން ބޭކާރު ކޮއްލާކަށް ބޭނުމެއް ނޫނެވެ.
……………………………………………………
“އޭ މީކް މީކް. އޭ ދޮރު ހުޅުވަބަލަ” ފަޔާޒް މީކާއީލްމެން ކޮޓެރީގައި ތަޅާތީ މީކާއީލްއަށް ހޭލެވުނެވެ. ގޮސް ދޮރު ހުޅުވި އިރު ފަޔާޒް ހުރީ ވަރަށް ހާސް ވެފަ ކަން މީކާއީލްއަށް އިނގުނެވެ.
“ހުމް. ކިހިނެއްވީ. ދޮންބެ ދައްތައަށް ކަމެއް ވީތަ؟ ފަޔާޒް ހުރި ގޮތުން މީކާއީލްވެސް ހާސްވިއެވެ.
“ނޫނެކޭ. މަށައް މިހާރު އެބަ ޝައްކުވޭ. ޒިމް ދިޔައީ ފައިހާއާ ހެދިހެން” ފަޔާޒް މިހެން ބުނުމުން މީކާއީލ ނިދި އެކީ ފިލައިގެން ދިޔަހެން ހީވިއެވެ.
“އޭން ކީކޭ. ފައިހާއޭ. ކިހިނެއްވީ.؟ ކާކު ބުނީ؟ ތަންކޮޅެއް ގެޓުވާހެން ކިޔާބަލަ” މީކާއީލް އެނގެން ބޭނުންވެފައި ހުރި މިންވަރު ހާމަ ވިއެވެ.
“މަންމަ ބުނީ މިއަދު ކުޑާއްތަ ގުޅިޔޯ. ކަމުދާ ކުއްޖެއް ނޫނޯ ޒިމްޔާއަކީ. މަންމަ ހިޔެއްވެސް ނުކުރަމޯ ޒިމްޔާ އެހެން އުޅެފާނެއެކޭ. އަދީ މީކްއަށް ދެރައެއް ދީފާނެކަމަށް. މީކް ކޮންދިން ކަންތަކުގެ ބަދަލު އެދިނީ ކިހާ ރީއްޗަކައްނުހޯ. ކުޑާއްތަ ގުޅާފަ ބުންޏޯ ކިޔާން އާއި އެކީ ވަރަށް ގައިގޯޅިކޮއް އުޅޭތަން ފެނުނޭ މީހަކު ބުންޏޭ. ބެލިބެލުމުން އިނގުނޯ އެދެމީހުން އުޅެނީ އަވަހަށް އިންނަންކަން. މަންމައަށް ގަބޫލް ނުކުރެވިގެން ފައިހާ ކައިރިވެސް އެހީމޯ ބުންޏޯ ކުރިންވެސް ޒިމްޔާ އުޅޭ ވައްތަރޭ އެއީ. މީކް ދެރަވާނެތީ އޯ ހުރީ އެއްޗެކޭ ނުބުނަން” ފަޔާޒް މިހެން ބުނުމުން މީކާއީލް ފާރުގައި ގޮއްމުއްކަވާފައި ޖެހިއެވެ.
“ޒިމް އެންޑް ކިޔާން. ނޯވޭސް ނޫޅޭނެ. ޔަގީން ނޫޅޭނެ. ތީ ކުޑާއްތަ އާއި ފައިހާ ހަދަ ހަދައިގެން ދެއްކިވާހަކައެއް، ކިޔާން ނޫން މީހެއް ނަމަ ގަބޫލު ކުރެވުނީސް. ފައިހާ އެއް ނޫނޭ އެހެން މީހުންނަކީ ބޭބެއިންނާ ހިތާވާކަށް.” މީކާއީލް ހުރީ ރުޅިއައިސްގެން ފެންކަޅިވެފައެވެ.
“ހުމް. އިނގެއޭ ދޮންބެވެސް ގަބޫލެއް ނުކުރަމޭ. ފައިހާއެއް ކަމަކު މިފަހަރު ގަބޫލު ކުރެވޭ އެއްޗެއް ނުބުނެވުނެއްނު. ނޭންގެ ޒިމްއަށް ކޯޗެއް ކަމެއް ދެއްކީވެސް. ގުޅާބަލަ ތި ފައިހާ އަކަށް. ހުވާ އެލީޝާ ދާއިރަށް ފައިހާ ފައިހާ ދާއިރަށް އެލީޝާ، އެއްވަރެއްގެ ބައެއް” ފަޔާޒް ވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ. މީކާއީލް ފޯނު ނަގާ ފައިހާއަށް ގުޅަން ފެށިއެވެ.
“ހަލޯ. މީކް މިސްޑްޔޫ. ކީއްވެ ގުޅާލީ. އައިމް ރިއަލީ ސޭޑް ފޯ ޔޫ” ފައިހާ އަޑައް ހިތާމަ ވެރިކަން ގެންނަމުން ބުންޏެވެ.
“މަށެއް ކަލޭ މަތިން މިސްއެއް ނުވޭ. ވަރަށް އުފަލުން ދޯ ތިހުންނަނީ ޒިމް އާއި މަށާ ދުރު ކުރުވާފަ. ހީނުކުރައްޗޭ މަ ކަލޭގެ ބަހައް ހެއްލޭނެއޭ. އަދި ކިޔާންއާއި ޒިމް ބޮލަށޭ އެޖެހީ. ކަލޭ ޖެހޭނީ ތިހެން އެއްކަންތައް ރާވާލާފަ އަނެއްކަންތައް ރާވާލާފަ ހުންނަން.” މީކާއީލް މިއިން ދުވަހަކު ފައިހާއާއި ވާހަކަ ނުދައްކާ ގޮތައް ވާހަކަ ދެއްކިއެވެ.
“ލުކް މީކް. އެއީ ދޮގެއް ނޫނޭ”
“ޝަޓްއަޕް. މަށަކަށް މީކް އެކޭ ގޮވާނެ ކަމެއް ނެތް. މަށަކީ ނުބައި މީހެއްކަން ދެން ކަލެއައް ފެންނާނެ” ފައިހާ ވާހަކަ ދައްކަ ދައްކާ އޮއްވަ މީކާއީލް ފޯނު ކަނޑައިލިއެވެ.
މީކާއީލް ފޯނު ބޭއްވުމުން ފައިހާރުޅިއައިސްގެން ފޯނު ހޫރާލިއެވެ. އަޑުގެ ނެތް ތަނައް ހަޅޭއް ލަވައިގަތެވެ. ދެވަނަ ސިކުންތު ފޯނުނަގައި ފޯނު ހުޅުވައިގެން ޒިމްޔާއަށް ގުޅޭތޯ އުޅުނެވެ. އޭނާގެ އެރުޅިގަނޑު ބާލަން ބޭނުމީ ޒިމްޔާއަށެވެ. ނަމަވެސް ފޯނު ނިއްވާލާފަ ކަމުން އެކަމެއް ނުވިއެވެ.
“ކިހާ ދެރަކަމެއް. މި މީކާއީލް މީ ހާދަ ބޯބޮޑު މީހެކޭ. ޒިމްޔާ ގަޅިކަމުން ދޮގެއްތޯ ތެދެއްތޯ ނުބަލާވާ ގަބޫލް ކޮއްފި. މަށަށް ނަމަކު ނޫނޭ ފައިޙާ ކިޔާފަ މިހުރީ. މަގޭ މީހަކަށް މީކާއީލް ހަދާނައް” ފައިހާ އެކަނި ހުރެ ވާހަކަ ދައްކާ އަޑަކައް ފަރުޒާނާ އެކޮޓެރިއައް ވަނެވެ.
“ކިހިނެއވީ ފައިހާ މާވަރަކައް ހަޅޭއް ފަޅޭއްތި ޖަހަނީ؟” ފަރުޒާނާ ނުރުހިފައި އަހާލިއެވެ.
“ނޭނގެ މަށަކަށް މީކާއީލް މަށައް ގުޅާފަ އެއްޗިހި ގޮވީނުއެ” ފައިޙާ މިހެން ބުނެ ގެއިން ނިކުމެގެން ދިޔައެވެ. ފަރުޒާނާ ވެސް ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. މީކާއީލް އިންނަން ޖެހޭނީ ހަމަ އޭނަގެ ދަރިފުޅާއެވެ. އޭނަ އެ މުއްސަދިކަން ނުހަނު ބޭނުމެވެ. އޭނާ ފައިހާއާއި މީކާއީލް ދެވަން ބޭނުން ވަނީ ދެވަނަ އެހެން ކަމަކު ނޫނެވެ. ފައިސާއައްޓަކައެވެ.
………………………………………….
“މީކް ދެން ހަމަ ޖެހިބަލަ އެންމެ މަންތެއް ދެން އެއިނީ ސެމް ބްރޭކް ލިބެން. ލިބުނީމަ ދާނީ ރާއްޖެ ގޮސް ޒިމްއައް ހުރިހާ އެއްޗެއް ކިޔައި ދީފަ ގެނޭ މެރީ ކޮއްގެން ކުރިން ވެސް މެރީ ކޮއްގެން އައި ނަމަ މިހެންނެއް ނުވީސް” ފަޔާޒް މިހެން ބުނުމުން ކައިވެނި ކޮއްގެން ޒިމްޔާ ގެނެވުންނަމައޭ މީކާއީލްވެސް ހިތައް އެރިއެވެ.
“ސެމް ބްރޭކް ނުލިބިފައޭ މިހުންނަނީ. މި ހިތައް އަރަނީ ޒިމް ގަބޫލް ކުރާނެބާއޭ މީކް ދައްކާ ވާހަކަ” މީކާއީލް ވިސްނުމެއް ތެރޭ އިނދެގެން ބުނެލިއެވެ.
“އިފް ޝީ ލަވްސް ޔޫ ގަބޫލް ކުރަން ޖެހޭނީ. ހޯޕް ކުރަނީ ދޯ ދެން ބޭނުން ގޮތައް ވާނެއޭ. ކޮންމެ ކަމެއްވެސް ވާނީ ރަގަޅަށް” ފަޔާޒްވެސް ހުރީ މީކާއީލް ހިތާމަ ކުރާތީ ދެރަވެފައެވެ. އަނެއްކޮޅުން ޒިމްޔާއެވެ. ޒިމްޔާ އުޅުން ހާލު އެންމެ ކައިރިން ފެނުނީ އެމީހުންނަށެވެ. ހިތާމަ އަކަށް ފަހު ހިތާމައެއް އެ ކުއްޖާއަށް އަންނަމީ ކުރިމަތި ވަމުންނެވެ.
“މަގޭ ޒިމްޔާ އުޅޭނެ ހާލެއްވެސް ނޭނގޭ” މީކާއީލް އިސްޖަހައިގެން އިނދެ ބުނެލިއެވެ.
………………………………………………
ކިޔާން ހަވީރު ފޫހިވާތީ ދިޔައީ ޒައިދާންމެން ގެއަށެވެ. ޒިމްޔާވެސް މެލޭޝިއާއަށް ކިޔަވަން ދާތީ ގިނަ ވަގުތު އުޅެނީ އޭނާގެ ރައްޓެހިންނާ އެކުގައެވެ. ޒައިދާން ހުރީ ދިޔައިރު ކިޔާން އަންނަންދެން ބޭރުގައެވެ. އެކިވާހަކައިގަ ތިބެގެން އެމީހުން ގެއައް ވަދެ ސޯފާގައި ހަމަ ޖެހިލިއެވެ.
“ޔަޒްނާ ގެނެސްބަލަ ދެ ކޮފީ” ބަދިގޭގައި އުޅޭ ޔަޒްނާއަށް ގޮވާލަމުން ޒައިދާން ކޮފީއެއް ގެންނަން ބުންޏެވެ.
“އޭ. ޔަޒޫ އައީތަ؟ ކޮން އިރަކު” ކިޔާން ޔަޒްނާ އުޅޭކަމެއް ކުރިއަކުން ނޭނގުނެވެ.
“އިއްޔައެ އައީ. ކިޔާން އަށް އަލައް ދޯ ފެންނާނީ” މިހެން ބުނި އިރު ޔަޒްނާ ހުރީ ދެ ކޮފީ ތަށި ހިފައިގެން އައިއްސައެވެ. ކިޔާންއަށް ހުރެވުނީ ކަޅި ޖަހާ ނުލާ ބަލާށެވެ. ބުރުގާ އަޅައިގައި ކަޅު ހެދުމެއް ލާފަ ހުއްޓަސް ޔަޒްނާ ބަލާލަން އެހާ ފުރިހަމަ އެވެ. ހުންނަނީ ހުދު ދޮނެކެވެ. ބޮޑު ބޮޑު ދެލޮލެވެ. ޔަޒްނާއަށް މީކާއީލް ގެ ތޫނު ބެލުމުން ލަދު ގަންނަ ގޮތް ވިއެވެ. އަވަހަށް ކޮފީ ތަށި ބަހައްޓާފަ އެތަނުން ދިޔައެވެ.
“ކިހިނެއް ތިހެދީ. ޔަޒޫ އެދިޔައީ ޔަގީން ލަދުން. މާވަރަކަށް ވިއްޔާ ތިބެލީ” ޒައިދާން ލާނެތް ހިންޔެއް އައިއްސަ ބުނެލިއެވެ.
“އެހެންނު ވާނީ. ހީވަނީ ބާބީ ޑޯލް އެއްހެން” ހީލަމުން ކިޔާން ބުންޏެވެ.
“ހެހެހެ. މަންމަގެ ދޮންކަން އެހެރީ ހަމަ ޔަޒޫގެ” ޒައިދާން އޭނަ މަންމަ މަތިން ހަނދާން ކޮއްލަމުން ބުންޏެވެ. މަންމަ މިއަދު ހުރި ނަމަ ކޮންފަދަ ހެއްޔެވެ. އޭނާ އާއި އޭނާ ކޮއްކޮ އެތިބީ މަންމަގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ހަދައިދީފައެވެ. ޔަޒްނާއަށް އެންމެ ދެ އަހަރުގަ ކެންސަރު ޖެހިގެން ވަނީ މަންމަ ނިޔާވެފައެވެ.
………………………………………….
މިޒްނާއަށް ކޮލެޖް އިން ނިމިގެން އައި އިރު ވިސްނެނީ ޒިމްޔާއާއި ދޭތެރޭއެވެ. މިވީ ދުވަސްތައް ތެރޭ ދައްތަ އެއް ފަދައިން އޭނާ ޒިމްޔާ ދެކެ ލޯބިވިއެވެ. އޭނަގެ ބޭބެއައް އޮތް ސާފު ތެދުވެރި ލޯބި އޭނާއަށް ވަނީ ޒިމްޔާ ފަރާތުން ފެނިފައެވެ. ޒިމްޔާ ނޫން މީހެއް އޭނަގެ ފަހަރިއަކަށް ހަދަން އޭނަ ހިތެއް އެއްބަހެއް ނުވާނެއެވެ. އާޒްވެސް މިކޮޅައް ކިޔަވަން އައިސް މިކޮޅުން ރާއްޖެ ކުއްޖަކާ ރައްޓެހި ވުމުން އޭނާ ހިތައްވެސް ވަނީ ފުން އަސަރު ތަކެއް ކުރެވިފައެވެ. މިޒްނާ ހީކުރީ އާޒް މިއޮއް ހުރިހާ ދުވަހު އޭނައާއި ދޭތެރޭވެސް ކޮންމެސް އެއްޗެއް ހިތުގަ އޮތް ކަމަށެވެ. ނަމަވެސް މިޒްނާ އެކަނި ހުރެ ދެކުން ހުވަފެންތައް ވަނީ ކުލަ ނުޖެހި ވިއްސި ވިހާލިވެގެން ގޮއްސައެވެ. އާޒް ރައްޓެހިވެގެން އުޅޭ މިޝާ އަކީ އޭނައާއި އެއް ކްލާހެއްގެ ކުއްޖެކެވެ. ފޮނިވެސް ފޮނި ކުއްޖެކެވެ. އާޒް އަށް އޭނަ އާއި އެކީ އުޅެވޭނެ ބާވައޭ އޭނަ ހިތައް އެރިއެވެ. މީހަކަށް ނޭނގުނަސް މިޒްނާވެސް ދަނީ ލޯބިވާ މީހާ ނުލިބޭތީ އެކަމާ ހިތާމަ ކުރަމުންނެވެ.
“އޭތް އޭތް ކޮން ވިސްނުމެއްގަ. ގެ ފަހަނަ އަޅާ ދިޔައިރުވެސް ތިހިރަގެން އަރައިގެން ދަނީ ވިއްޔަ” އާޒް މިޒްނާ ފަހަތުން ދުވަމުން އައިސް ބުނެލިއެވެ. އާޒް ފެނުމުން އިތުރައް މިޒްނާގެ މޫޑް އޮފް ވިއެވެ. އާޒް ބުނި އެއްޗައް އެއްޗެކޭ ނުބުނެ އަނބުރާލައިފައި ގެއާއި ދިމާއަށް ހިނގައިގަތެވެ. އާޒް ހުރީ މިޒްނާ ދިޔަ ދިމާއަށް ބަލާށެވެ. މިހާރަކަށް އައިސް މިޒްނާ އޭނައާއި ހާދަ ދުރޭ ހިތައް އަރަ އަރައި ހުއްޓެވެ. މިޒްނާ އެދިޔަ ގޮތައްގޮސް ކޮޓެރިއައްވަދެ އެނދައް ވެއްޓިގަތެވެ. ބާލީސް ތެމެމުން ދިޔައީ މިޒްނާގެ ހޫނު ކަރުނައިންނެވެ.
………………………………………………
ޒިމްޔާ ހިނގަމުން ދިޔައީ ރަސްފަންނުގެ ހިތްގައިމު ގޮނޑުދޮށުގައެވެ. ޒިމްޔާއެތަނައް އަންނަނީ މީކާއީލް ގެ ހަނދާންތައް އާ ކުރާށެވެ. މިތާ ތިބެގެން އެތައް މަލެއް ފޮޅުވި ހަނދާން ވިއެވެ. އެހަނދާން ތަކުން އިސާހިތަކު ޒިމްޔާގެ ލޯ ކަރުނުން ފުރުނެވެ. އެދުވަސްތައް އަލުން އަންނާނެ ނަމައޭ ޒިމްޔާ ހިތައް އެރިއެވެ.
“އައްދޭ ޖޫލިއެޓް ކާކު މަތިން ހަނދާން ކޮއްފަ ތި ރޮއެ ހޭރެނީ” މީހެއްގެ އަޑު އިވިގެން ޒިމްޔާ ކަރުނަ ފުހެލާފައި ފަހަތް ބަލައިލި އިރު މަލާމާތުގެ ފާޑަކަށް ހިނިއައިއްސް ފައިހާ ހުއްޓެވެ. ޒިމްޔާ ފައިހާ ދެކެ ކުރިން ވެސް ފޫހިވެއެވެ. ވަކި އެއްޗެއް ނުބުނެ އެތަނުން ދާން ހިނގައިގަތުމުން ވެސް ފައިހާ ފަހަތުން އަންނަން ފެއްޓިއެވެ.
“ކޮބާ ރާކަނި މަސް ކެވިއްޖެއެއްނު. ކަލެއާ ހެދިއެއް މީކާއީލް އެއް ނޫޅެއޭ އެއް އިރަކުވެސް. ކަލޭވެސް އުޅުނީ މީކާއީލްގެ ފައިސާއަށޭ. މީކާއީލް ކަލޭ ވާހަކަ އަހައިލާ އިރައް އެއޮއް ވާ ފޫއްސެއް މިހާރު” ފައިހާ ޒިމްޔާއާއި އަރައި ހަމަ ކުރަމުން ހިނިގަނޑެއް ޖަހަމުން ބުންޏެވެ. ޒިމްޔާއަށް ދެރަ ވުމުގެ ބަދަލުގަ އާދެވުނީ ރުޅިއެވެ.
“ކިހާ ދެރަ ކަމެއް. ކަލޭ ކޮންބޭ ނުމެއް އޮވެގެން މަގޭ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ. މީކާއީލް ފަހަތުން އުޅެގެން މަ ދެކެ ވެސް ލޯބިވީތަ؟ މަ މީ ކަލެއެއް ނޫން ފައިސާ ހޯދަން މީހެއް ފަހަތުން އުޅޭކަށް. ތިކަހަލަ ރަންޑިންގެ ގޮތޭތީ. މަގޭ އަތުގަ އެބަހުރި ބޭނުންތާކަށް ދާނެހާ ފައިސާ ސޯ މަ ކީއްކުރަން މީކާއީލްގެ ފައިސާގަ ޖެހެން. ކަލޭ ތިއުޅެނީ ލިބޭ މިންވަރަށް ޝުކުރު ނުކުރެވިގެންތަ؟” މިހެން ކިޔާ ޒިމްޔާ މަގައް ނިކުތެވެ. އޭރުވެސް ފައިހާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އޭނާ ހީކުރީ އޭނަ ކިޔާއެއްޗެއްކީމަ ޒިމްޔާ ފައްޓާނީ ރޯން ކަމަށެވެ. އެކަމަކު އެއޮއް އެންމެން ތެރޭ ބަވާލައިފަ ދިޔުމުން ލަދުވެސް ގަންނަ ގޮތް ވިއެވެ.
ޒިމްޔާ ގެއައް ގޮސްވެސް ވިސްނެނީ ފައިހާ ދެއްކި ވާހަކަ އާއި ދޭތެރޭއެވެ. އޭނާދެކެ ހަމަ މީކާއީލް އެހާ ރުޅި އާދޭ ހެއްޔެވެ.؟ ނަމަވެސް ޒިމްޔާ ދެވަނަ ސިކުންތު ވިސްނީ ފައިހާގެ ގޮތް އިނގި އެހެދީ ދޮގެއް ކަމަށެވެ. ޒިމްޔާގެ ޅަ ސިކުނޑިއައް އަދިވެސް ނުވިސްނެނީ އެ ހުރިހާ ކަމެއް ކޮއްގެން އެހުރީ ފައިހާ ކަމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.



vvv reethi?
Thanks 🙂
Wow……. vvv reethi
Thankyuuh Shif
Varah reethi…..wen next part
Thanks. Tonight 🙂
WOW V Salhi???
I ? it.
Waiting for next…
Thankssss 😀
Wow?
Thanks
wowwww ❤❤❤
Thannks Merr
kon irakun rext part dear mau ?
Tmmrw night 🙂
Mashaa Allah.. Vv reethi
Thankyouu
woww ☺
Thankyu afu
Miadhu aneh part vess fonuvaabala please please hama reethi kamun
Thankyou. Insha allah 🙂
Mi part vas varah varah varah reethi……❤❤❤❤❤
Thanks Zuam 😀
Mashaa allah mi part vess vvv salhi ingey..
KEEP IT UP..
Hey dear mi part ga vess typing mistake faahagavi.
Wait 4 next part..
Have a nice day.???
Thankyou. 🙂
Hii mau… eneh part kon irakun tha?? Vrh obi hama ingey?? waitingssss ❤❤
Hehe. Keep waiting. will upload soon juma 🙂 Thanks 😀
Whn next part
Hey dear story vvv reethi ingey.. whn next part..??? Mihaaru mi vaahaka kiyaa hithun hurevenyky eh noon plx avahah up kohdhybala…
Plx avhah up kodhybala…….
Can’t wait
Plx up kodhybala……………