އަތުގައި އޮތް ޓެސްޓް ކިޓަށް ބަލަހައްޓައިން ހުރި ޒޯހާގެ ލޮލަށް ޖަމާވި އުފާވެރިކަމުގެ ކަރުނަތަށް ނިކަން އަވަހަށް އަތުން ފުހެލިއެވެ. އެ ފިޔާތޮށި ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔައީ އިޙްތިޔާރަކާ ނުލައެވެ. ރަތް ކުލައިގެ ދެ ރޮނގު އެއިނީ ސާފުކޮށް ފެންނާށެވެ. އެންމެ އުއްމީދު ކޮށްގެން ހުރިކަންތަށް ފުރިހަމަ ވުމުން މާތްﷲގެ ހަސްރަތަށް ހިތުގެ ފުންމިނުން ޝުކުރުދެންނެވުނެވެ. ކިޓު ސިންކުގެ އެެއްފަރާތުގައި ބާއްވާލަމުން ޒޯހާ އަވަަހަށް އަތްދޮވެލިއެވެ. ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ނަޒަރު […]
ގޭ ދޮރުމަތީ ހުރި މައިރާ ގެ ސިކުނޑީގައި ވަނީ ޒަކްވާން ރޭގައި ދެއްކިވާހަކަ ތަކެވެ. ތިއްތި ގެ ލަފާގެ މަތިން މިއަދު އީވާން އާއި ހިތުގައި ވާ ހުރިހާ ވާހަކައެއް ހިއްސާކުރަން މައިރާ ބޭނުމެވެ. ވަގުތު ފާއިތުނުވަނީސް އަދިވެސް ބައްޕަމެންގެ ވިސްނުން ބަދަލުކޮއްލެވިދާނެއެވެ. ނަމަވެސް އެކަމަށް އީވާންގެ އެހީ ބޭނުންވެއެވެ. ސިކުނޑީގައި ފުނި ޖެހިފައިވާ ހިޔާލުތަށް އެއްފަރާތް ކޮއްލަމުން މައިރާ ފުންނޭވާ އެއް ދޫކޮއްލިއެވެ. އަތުގައި އަޅާފައި އޮތް ގަޑި އަށް އަވަސް ނަޒަރެއް ދެމުން މަގުގެ […]
ކާމޭޒު ދޮށުގައި އިން ޔޫސުފް އިނީ މާކިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭރު މަލީހާ ތަށިތަކަށް ޖޫސް އެޅުމުގައި އުޅެއެވެ. މިންހާ މޭޒު ކައިރީ އިންނަމަވެސް ސަމާލުކަން ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. މާއިޝް އޭރު ސިޓިންގްރޫމްގައި ސުކޫލް ފިލާވަޅެއްނިންމުމުގައި އުޅެއެވެ. ކޮޓަރިން ނުކުތް މާކިން ފެނުމާއެކު މާއިޝް ކުރަން އިން މަސައްކަތް ހުއްޓާލަމުން ހިނގައިގަތީ ކާގެއަށެވެ. އެކުއެކީ ވަދެގެން އައި ދެފިރިހެން ދަރިން ފެނުމުން ޔޫސުފް ގެ ހިތަށް ހަމަޖެހުންލިބިގެންދިޔައެވެ. އެހާ ދުވަސް ފަހުން އާއިލާ […]
އާދިލް ގެ ލޮލަށް ބަލަހައްޓައިން އިން ނަދާ ހިނިތުންވެލަމުން އިސްޖަހާލިއެވެ. އަދި އެހާމެ އަވަހަށް މޫނުމައްޗަށް ވެރިވި ކުލަވަރު ފޮރުވާލަމުން މާކިން އަށް ބަލާލިއެވެ. ” މާކިން.. ކިހިނެއްތަ… އަޑު އެހިން މާލެއަށް ދާ ވާހަކަ..” ނަދާ ގެ ސުވާލަށް މާކިން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ” އާން.. އެކޮޅަށް ބަދަލުވާން މިއުޅެނީ..” މާކިން އާދިލް ގެ މޫނަށް ބަލާލަމުން އެއްބުމަ އަރުވާލީ އަނގައިން ނުބުނެ ހުރުމުންނެވެ. އެ މަންޒަރު ނަދާ ގެ ސަމާލުކަން ހޯދިއެވެ. […]
” މާކިން..ދަރިފުޅު ކޮންތާކުން ތިއައީ.. މިއަދުވެސް މޫދަށް ދިޔައީދޯ..” ކާ ގެއިން ނުކުތް މަލީހާ ސުވާލުކޮއްލިއެވެ. ހަރުވާޅަކާއި ދިގު ހެދުމެއް ލައިގެން ހުރި މަލިހާ ގެ ބޯ ނިވާކޮއްލެވިފައިވަނީ ބުރުގާއަކުންނެވެ. އުމުރުން ސާޅީސް އަހަރުވެފައިވީނަމަވެސް އެ މޫނުމަތިން ތާޒާކަން ފެނެއެވެ. މަންމަގެ މޫނަށް ބަލާލަމުން މާކިން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ” މަންމަ އެގަޑީ ފެންނަން ނެތީމަ ނުބުނެ ދިޔައީ..” ލައިގެން ހުރި ފައިވާނުގައި ހަރުލާފައިވާ ވެލިތަށް ފޮޅާލަމުން އެ ނަގާ ފައިވާން ހަރުގަނޑުގައި ބަހައްޓަމުން މާކިން […]
ރަށަށް ވެރިވެފައިވާ ދިލަ ހޫނު މެންދުރު ވަގުތަށް އަޅާލުމާއެކު ގަދަ ކޮއްލިހެން ހީވެއެވެ. މުހިންމު ބޭނުމެއް އޮވެގެން ނޫނީ މަގުމަތީގައި މީހަކު އުޅޭ ތަނެއް ނުފެނެއެވެ. ނަމަވެސް މޫދުން އަރައިގެން އެއްގަމަށް ހިނގައިގަތް ޒުވާނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ދިގު އިސްކޮޅެއް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. އެއްފަރާތުގައި ހުރި ބޮޑު ގަހުން އެހިސާބަށް ހިޔާ އެޅިފައި ވެއެވެ. ގަހުގެ ދަށުގައި އޮތް އަތްދިގު ޓިޝާޓް ނަގަމުން ގަޔަށް ހެޔޮވަރުކޮއްލިއެވެ. އެ ހަށިގަނޑަށް ޓީޝާޓް ހިފާފައިވާ […]
ގެއަށް ވަދެގެން އައި ރަޝީދު ގެ މޫނުމަތިން ކަމަކާއި ހިތްހަމަނުޖެހިފައި ހުރިކަން ހަދީޖާ ދެނެގަތެވެ. ބަދިގޭގައި ކުރަން ހުރި މަސައްކަތް ހުއްޓާލަމުން ސޯފާގައި އިން ރަޝީދުގެ ގާތަށް ހަދީޖާ ހިނގައިގަތެވެ. ” ކިހިނެއްވީ..” ހަދީޖާ ގެ ސުވާލުން ރަޝީދު އެ މޫނަށް ބަލާލިއެވެ. ” ކިހިނެއްހޭވީ.. ދެންމެ ކިރިޔާ ލަދުން ހަލާކުނުވީ.. އަހަރެން ހިޔެއް ނުކުރަން ލާމިހް ގެ ވިސްނުން އެހާ ކޮށިވާނެ ކަމަކަށް.. ކިޔަވައިގެން ހުރެ އެވަރުގެ ކަމެއް ކޮއްފާނެ ކަމަކަަށް..” ރަޝީދުގެ އަޑުގައި ހަރުކަށިކަމެއް […]
ސުކޫލަށް ދާން ތައްޔާރުވާން ހުރި އީރަމް ގެ ހިޔާލުތަކުގައި ވަނީ ލާމިހްއެވެ. ރޭގެ މެސެޖައް ލާމިހް ގެ ފަރާތުން އެއްވެސް ޖަވާބެއް ނާންނަނީ ކީއްވެހެއްޔެވެ. އެ މެސެޖް ފޮނުވީ ލަސްގަޑި އަކަށް ވުމުން ލާމިހް އަށް އަދި ނުފެންނަނީ ކަމުގައި އީރަމް ނިންމިއެވެ. ލާމިހް ވާނެ އުފާ ހިތަށް އެރުމާއެކު އަމިއްލަ އަށް ވެސް ހިނިތުންވެލެވުނެވެ. އެންމެ ފަހު ޕިން ޝޯލް އަށް ޖަހާލަމުން އީރަމް ފޯނު ހުޅުވާލިއެވެ. ޓެކްސީ އަކަށް ގުޅަން އުޅެފައި ވެސް ހިޔާލު […]
ލާމިހްގެ ކޮޓަރީ ދޮރުމަތީ އީރަމް މަޑުކޮއްލިއެވެ. ކުރަން އުޅޭ ކަންތަކާ މެދު ވިސްނާލަން ވަގުތު ކޮޅެއް ބޭނުންވީ ކަންނޭނގެވެ. ދެއަތުން ހިފަހައްޓާލައިން ހުރި ލެޕްޓޮޕް ގެ ސްކްރީނުން ފެންނަ ފޮޓޯއަށް އަނެއްކާ ވެސް ނަޒަރު ހުއްޓާލިއެވެ. ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހިފައިވާއިރު އެ ސުވާލުތަކުގެ ޖަވާބު އީރަމް ކޮންމެހެން ވެސް އިނގެން ބޭނުމެވެ. އޭނާ ގެ ހިތުގައި ލާމިހް އަށް ލޯބި ވާފަދައިން ލާމިހް އަދިވެސް އޭނާ ދެކެ ލޯބިވޭބާއެވެ. އެއް އަތް މަތީ ހުޅުވާފައި އިން […]