Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފުރަތަމަބައި)

Awa Level 4100 Comments10 Stories100 Login
November 16, 2017 4 Mins Read
27 Comments

ކަޅުކުލައިގެ ޖިންސަކާ ފެހިކުލައިގެ އަތްދިގު ޓީޝާޓެއްގަ ހުރި ޒުވާނާ މަޑު ހިނގުމެއްގައި ހިނގަމުން ދިޔައީ މާ ދުރުނުން ހިސާބެއްގައި މަޑުކޮއްލައިގެންހުރި މީހާއާ ދިމާއަށެވެ. ބްލެކްރޯޒް ޕްރައިވެޓް ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖާ ޒާމިން، އޭރު އޭނާ އާ ދިމާއަށް ހިނގަމުން އައި ޒުވާނާއަށް ފެންނާނެހެން ހަނާ އަޅާލިއެވެ. އޭނާގެ ކުރިމައްޗަށް އައިސް ހުއްޓިލުމާއެކު ސަލާމަށް ދިއްކޮއްލި އަތުގަ ޒާމިން ވެސް ހިފަލީ އެ ޒުވާނާއަށް ހިނިތުންވުމެއް ދެމުންނެވެ.
“އައްސަލާމްއްލައިކުމް. އައިމް ޑރ.ރެހާން އިމްރާން. ކޮމްޕެނީގެ ނިއު އޯނާރ.” ތައާރަފުވެލިއިރު އަޑުގައިވި މަޑުމައިތިރިކަމާއި ސާބިތހުކަމުން ޑރ.ރެހާންގެ ހިތްހެޔޮކަމާއި ވަރުގަދަ ޝަޙްސިއްޔަތު ޒާމިންއަށް ދެނެގަނެވުނެވެ. ޒާމިންވެސް ތައާރަފުވެލުމާ އެކު ކާރު ޕާކުކޮއްފައި އޮތް ދިމާއަށް ހިނގައިގަތހެވެ. ޑްރައިވަރު ދަބަސްތައް ޑިކީއަށް ލުމަށްފަހު ކާރަށް އަރާ ދުއްވާލުމާއެކު ރެހާން ސީޓުގައި ހަމަޖެހިލިއެވެ. “ހާދަހޫނޭދޯ މިރަށް.” ކާރުތެރޭގައި ވި ހިމޭންކަމަށް ނިމުމެއް އައީ ރެހާންގެ އަޑާއެއެކުއެވެ. “އަޅުގަނޑަށް ހީވަނީ ޑރ.ރެހާން އަލަށް ރާޖެތެރޭ ރަށަކަށް އައިމަ ހީވާ ގޮތެހެއްހެން. ރަށުގަ ދުވަސްކޮޅެއް ވެލަނިކޮށް ރަނގަޅުވެދާނެ” ރެހާން ބޯ ޖަހާލުމަށްފަހު އިތުރު ވާހަކައެއް ނުފެށީ ހުންނަން ހަމަޖެހިފައިވާ ގެއާހިސާބަށް އާދެވުމުންނެވެ. ރޭގަނޑުގެ ސަލާމަށްފަހު ދެމީހުންވެސް ވަކިވީ މާދަމާ ހޮސްޕިޓަލުން ދިމާވުމުގެ އުއްމީދުގައެވެ.

ޕާކިން އޭރިއާގައި ކާރު ޕާކުކޮއްލުމަށްފަހު ދޮރުހުޅުވަލައިފައި ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ރެހާންގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އަލަށް އެތަނަށް އައީމަ ކަމަށް ވެދާނެއެވެ. ލައިގެންހުރި ކޯޓުގެގޮށް އަޅުވާލުމަށްފަހު ކުރިމަތީގައިހުރި ތިންބުރީގެ އިމާރާތަށް ނަޒަރެއް ހިންގާލިއެވެ. އެންމެ ޒަމާނީ ފެންވަރަށް ފަރުމާކުރެވިފައިވާ ހައިބަތުހުރި ތަނެކެވެ. ތަނބުތަށް ގަދަ މުށިކުލައިން ފަވާލެވިފައި ވާއިރު އެއާ އެންމެ ގުޅޭނެހެން ފާރުތަކުގައި ކްރީމްކުލަ ވަނީ ލާފައެވެ. ހޮސްޕިޓަލްގެ ގޯތިތެރޭގައި ހައްދާފައިވާ ތާފާތު މާގަސްތަކުގެ ލުއިލުއި މީރުވަހަކުން މުޅިތަން ވަނީ އެއްވަސްކުރުވާފައެވެ. ހެދުނުގެ ވަގުތުގައި މިފަދަ ތާޒާކުރުވަނިވި ޖައްވަކަށް ނޭވާލެވުމުން ރެހާންގެ މުޅި ހަށިގަނޑާއި ރޫހުވެސް ތާޒާވިކަހަލައެވެ. ފުން ނޭވައެއް ދޫކޮއްލުމަށްފަހު ކުރިއަށް ހިނގަގަތީ ބައްޕަ ދެއްވި ނަސޭހަތްތައް އަދިވެސް އެއްފަހަރު ހަނދާން ކޮއްލަމުންނެވެ.
ހޮސްޕިޓަލްގެ ބޮޑުދޮރުން ވަދެގެން އައި ޒުވާނާއަށް އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައެވެ. އަޅިކުލައިގެ ކޯޓާއި ފަޓުލޫނެއް ލާފައި ވާއިރު އަރާފައިވާ ބޫޓުވެސް މޫނުފެންނަހާ ސާފުވާނެކަން ގައިމެވެ. މޮޑެލްހިނގުމެއްގައި ދިޔަ ރެހާންއަށް އެންމެންގެ ނަޒަރު އަމާޒުވެފައިވާކަން ޔަގީންވުމުން އަޅާފައިވާ ރޭބަން އަވިއައިނު ނަގަން އުޅިފަވެސް އެކަން ހުއްޓާލިއެވެ. ރިސެޕްޝަންގައި ތިބިމީހުން މަޑުމަޑުން ދައްކަމުން ދިޔައީ ރެހާންގެ ވާހަކަކަން އޭނާގެ ހަވަނަ ހިއްސުން ދެނެގަނެވުނެވެ. ލިފްޓުގެ ދޮރުކުރިމަތީގައިހުރި ޒާމިން ފެނުމުން ހިނގުން އަވަސްކޮއްލީ މީހުންގެ ބެލުންތަކުން ސަލާމަތް ވުމަށެވެ. ޒާމިންއާ އަރާ ހަމަވުމާއެކު ލިފްޓްގެ ދޮރުހުޅުވުމުން އަވަސްއަވަހަށް އެތެރަށް ދެމިގަތެވެ. ޒާމިންއާ އެއްވަރަށް ހިނގަމުން ދިޔަ ރެހާން އަށް އޭނާގެ ކެބިންއާ ހިސާބަށް އާދެވެންދެން ވާހަކަ ނުދައްކާ ހުރެވުނެވެ. އެތެރަށް ވަދެވުމާއެކުހެން އޭނަ މިއޮއްހުރިހާއިރު ވަންދެން ހިފަހައްޓައިގެން ހުރި ހިނިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ޒާމިން ސުވާލުގެނަޒަރަކުން ރެހާން އާ ދިމާއަށް ބަލާލިއެވެ. “ހެވޭނެއެއްނު. ރިސެޕްޝަން ދޮށުގަތިބިމީހުން ހީވަނީ އޭލިއަންއެއް ފެނިގެން ބަލަހައްޓައިގެން ތިބިހެން.” ޒާމިން އަށްވެސް ވީގޮތް ރޭކާލުމުން ހެވުނެވެ. “އަޅުގަނޑު ހިތައް މިއަރަނީ ކީއްވެބާއޭ ޑރ.ރެހާން ކުއްލިއަކަށް ހެންފެށީ.”
“އަސްލުވަރަށް އުނދަގޫވާނެ ޒާމިން އަޅުގަނޑު ކިޔާފަ ވާހަކަ ދެއްކީމަ. ގޮތަކަށް ބުނަންޏާ މި މުޅިރަށުންވެސް އަހަރެން ދަންނަ މީހަކަށް ހުރީ ޒާމިން އެކަނި. އަހަރެން ދެކެނީ ތީ ރައްޓައްސެއްގެ ގޮތުގަ.” ރެހާންގެ ވާހަކަ ހުރި ގޮތުން އޭނާ އަކީ މުއްސަނދި މީހެއްނަމަވެސް ހިތްހެޔޮ ހިއްތިރި މީހެއްކަން ޒާމިންއަށް އެނގުނެވެ. ބޮޑާކަމުގެ އެއްވެސް މިންވަރެއް ނެތެވެ. ހޮސްޕިޓަލްތައް ހިންގޭނީ މިކަހަލަ ވެރިން ތިބެގެނެވެ.
“އޯކޭ އެންވީމަ. ރައްޓައްސެއްގެ ގޮތުން އެޑްވައިސް އެއް ދީފާނަން. ހޮސްޕިޓަލްއަށް އަންނައިރު ތިހާވަރަށް ހެދިނުލިޔަސް އޯކޭވާނެ. ތިއެއްނޫނޭ. ހިނގާ ކޮފީއެއް ބޯލަން. މީޓިން ފެށުމުކުރިއަށް ތާޒާވެލަން ވާނެއެއްނު.”
“ފުރަތަމަ ދުވަސްވީމަ. ދެން މިހެނެއް ނުވާނެ. އަދި އެއްކަމެއް އެބަ އޮތޭ. ޒާމިންގެ ކެބިން އަހަރެން އައިމަ ވަކި ބަދަލު ކުރާނެކަމެއް ނެތް. އެތާގަ ދެމީހުނަށް ތިބެވޭނެހެން ހަމަޖައްސާލަ. އަހަރެން ގިނަ ވަގުތު ހޭދަކުރާނީ ކޮންސަލްޓިން ރޫމްގަ.” ކެންޓީނަށް ދާން ހިނގަގަންނަމުން ރެހާން ބުނެލިއެވެ.
ރެހާންމެން މީޓިން ރޫމަށް އައިއިރު ތަނުގެ މުވައްޒަފުން އެތަނައް އެއްވެ ތިއްބެވެ. ރެހާން އަމިއްލައަށް ތައާރަފުވެލުމުން ހުރިހާ މުވައްޒަފުންވެސް އޭނާއައް މަރުހަބާކިޔެވެ.މީޓިންގައި ދެން ކުރިޔަށްދިޔައީ ހޮސްޕިޓަލްގައި އެކުލަވާލުމަށް ހަމަޖެހިފައިވާ އާ ގަވައިދުތަކެވެ. އަދި ކުރިޔަށް އޮތްތަނުގައި ބްލެކް ރޯޒް ހޮސްޕިޓަލަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން ރޭވިފައިވަ މުހިންމު ކަންތައްތައްވެސް ރެހާން މުވައްޒަފުންނާ ހިއްސާކުރިއެވެ. މީޓިން ނިމިގެން ދިޔައިރު ރެހާންއަށް ހީވީ ތަނުގެ ކޮންމެ މުވައްޒަފަކީވެސް އޭނާ ދެކެފަރިތަ ބައެއްހެންނެވެ. ރެހާންގެ މުޅި ދުވަސްވެސް ހޭދަވެގެން ދިޔައީ މިފަދަ ގޮތަކަށެވެ. ބުރަ ދުވަހަކަށްފަހު ރަސްމީގަޑި ނިމުމުން ރެހާން ގެޔައްދިޔައީ ޒާމިންއާ މިރޭ ދިމާވާނެކަމަށް ބުނަމުންނެވެ.
ފެންވަރާ ތާޒާ ވެލުމަށްފަހު ތުނޑިއާ ދިމާއަށް މިސްރާބު ޖެހީ ދާނެ އެހެންތަނެއް ނޭނގޭތީއެވެ. ގެއާމާދުރުނޫން ހިސާބެއްކަމުން އިރުއޮއްސުމުގެ ކުރިޔަށް އާދެވޭނެތިއެވެ. ސިކުނޑި ތާޒާކޮއްލުމާއި އިރު އޮއްސޭމަންޒަރު ބަލާލަން އެތަނަށް ކުޑަކުދިންނާއި ބޮޑެތި މީހުން އައިސް އުޅެއެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި ކުޅެމުން ދުވަމުން ދިޔަ ކުޑަކުދިންތައް ފެނުމުން ބުނަންނޭގޭކަހަލަ ފިނިކަމެއް ރެހާންގެ ހިތަށް ލިބިގެން ދިޔައެވެ. އަމިއްލަ ތަޤުދީރާމެދު ޝަކުވާކޮއްލެވުނެވެ. ރެހާންއަށް ކުޑައިރު މިފަދަ އުފާވެރި ދިރިއުޅުމެއް ނުލިބުނީ ކީއްވެގެންބާއެވެ.
އަހަރުތަކަކަށްފަހު ރާއްޖޭގެ އަމާން މާހައުލުގެ ރީތިކަން ތަޖްރިބާކޮއްލަން ލިބުމުން ރެހާން ބޭނުންވީ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާށެވެ. ކައިރީގައި ހުރި މިދިލިގަސްކައިރީގައި ފައިވާން ބަހައްޓާލުމަށްފަހު އެހިމުން ދޮންވެލިގަނދުގައި ފައިޖައްސާލުމާއެކު މުޅިން އާދިރުމެއް ލިބިގެން ދިޔަހެން ރެހާންއަށް ހީވިއެވެ. ލައިގެންހުރި ޖިންސްގެ ފައިކުރި އޯޅާލުމަށްފަހު ފޯނާކުޅެމުން ރާޅުޖަހާ ހިސާބަށް ދިޔަ ރެހާންއަށް މާދުރުނުން ހިސާބެއްގައި ހުރި މީހެއްގެ ނަޒަރު އޭނާއާ ވަކި ނުވާކަން ފާހަގައެއް ނުކުރެވުނެވެ. ފޯނާކުޅެމުން އައި ރެހާން ފޯނު ޖީބަށް ލުމަށްފަހު އޭނާގެ ފައިތިލައިގައި އޯގާތެރިކަމާއެކު ބޮސްދެމުންދިޔަ ކުދިކުދި ރާޅުތަކަށް ބަލާލިއެވެ. އެރަޅުތަކުގެ ނަސީބާމެދު ހަސަދަވެރިވާނެ މީހަކު މިތާގައި ހުރެފާނެއޭ ރެހާންގެ ހިތައްވެސް ނާރައެވެ.
ރާޅުޖަހާހިސާބުން ހުޅަނގުފަރާތު އުދަރެހުއް ނަޒަރު ވަކިކޮއްނުލާ ހިނގަމުން ދިޔަ ރެހާން ހީވީ ކުޑަކުއްޖަކު އަލަށް އެއްޗެއް ފެނިގެން އުޅުނުހެނެވެ. އުދަރެސް ހީވަނީ ވިރުވާ އަޅާފައިވާ ރަތުރަން ފަތްގަނޑެއްހެންނެވެ. އިރުގެ ރަންދޯދިތަކުގެ ސަބަބުން ކަޑުވެސް ފެންނަމުން ދިޔައީ މަޑު އޮރެންޖު ކުލައެއްގައެވެ. އޮއްސެމުންދިޔަ އިރާދިމާއަށް ނަލަނަލަ ކިރުދޫނި ޖޯޑެއް އުދުހެމުން އެދަނީ އެއިރާއެކު އޮއްސެންބާއޭ ރެހާންގެ ހިތަށް އެރިއެވެ. ޤުދުރަތުގެ އަޖަބުކުރުވަނިވި މި މަންޒަރަށް އިތުރުފުރިހަމަ ކަމެއްގެނެސްދެނީ އިރުއޮއްސޭދިމާ ދޮންވެލިގަނޑުމަތީގައި އިށީނދެގެންއިން އަންހެންކުއްޖާއާއި އެތާގައި ބޯޅައެއް ހިފައިގެން ކުޅިއުޅުނު ހައެއްކަ އަހަރަށްދާ ފިރިހެން ކުއްޖާއޭ ރެހާންގެ ހިތްބުނެލިއެވެ. މާޒީގައި ކަންތައް އެގޮތަށް ނުވިނަމަ ރެހާންގެވެސް އެކަހަލަ އުފާވެރި ކުޑަކުޑަ އާއިލާއެއް ވާނެއެވެ. ނަމަވެސް ދިރިއުޅުމުގައި ވަކިކޮޅެއްގައި ނުޖެހެނިސް ރެހާންގެ ތަގުދީރުވަނީ އޭނައަށް ދޯކާދީފައެވެ. ފުން ވިސްނުމަކަށް ގެއްލިފައިހުރި ރެހާން ސިއްސައިގެން ދިޔައީ ރަބަރު ބޯޅައެއް އޭނަގެ ފައިގައި ޖެހުމުންނެވެ. ބޯޅަނަގާފައި ވަށާ ބަލާލިއިރު ރެހާން އާ ދިމާއަށް ދުވެފައި އަންނަ ކުޑަފިރިހެން ކުއްޖާ ފެނުނެވެ. ރެހާން އެކުއްޖާއަށް ހަނާއަޅާލުމަށް ފަހު މަޑުކޮއްލީ އެ ކުއްޖާގެ ޅަދުވުން މަޖާކަމުންނެވެ. ނަން އަހާލުމަށް އުޅުނު ރެހާން މަޑުޖެހިލީ މެދުއުމުރުގެ އަންހެނަކު އެ ކުއްޖާއައް ގޮވާލުމުންނެވެ. “ކޮއްކޯ. ހިނގާގެއަށްދާން. ބަންގި ގޮވާ ގަޑި އެޔޮއް ޖެހެނީ މިހާރު. ކޮބާ މަންމަ” އެ ކުޑަކުއްޖާ ދުރުގައި އިށީންދެގެނ އިން އަހެން ކުއްޖާ ދައްކާލުމަށްފަހު ރެހާން އަތުން ބޯޅަ ނަގައިގެން ‘ތެންކިއު’ އޭ ބުނެލާފަ ދުއްވައި ގަތެވެ. އެ އަންހެންމީހާ ‘އައިޝާ’އޭ ކިޔާ ގޮވާލުމާއެކު އަންހެން ކުއްޖާ ތެދުވެގެން ހިނގައިގަތެވެ. މޫނު ރީއްޗަށް ނުފެނުނު ކަމުގައިވިޔަސް މަޑުހިނގުމެއްގައި ދިޔަ ކުއްޖާއާ ދިމާއަށް ރެހާންއަށް ބަލަން ހުރެވުނީ ކީއްވެގެން ކަމެއް ޚުދު އޭނާއަކައްވެސް ނޭނގުނެވެ. “އައިޝާ… އޭޝް..” ރެހާންއަށް މަޑުމަޑުން އެހެން ކިޔާލެވުމާއެކު މެޔާ ވީ ދިމާގަައި އަތް ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. ފުންމިންނޭނގޭ އެ ދެލޮލުގައިވީ ބަޔާން ނުކުރެވޭފަދަ ހުސްކަމެކެވެ. ދެވަނަ ސިކުންތުގައި ލޮލުގައިވި ހިތާމައިގެ ބަދަލުގައި ފެނިގެން ދިޔައީ ނަފްރަތެވެ. ރެހާން ނަފްސު ހަމަޔަކަށް އަޅުވާލައި ދެފަރާތަށް ބޯހޫރުވާލިއެވެ. އެ ދުވަސްތައް ހަނދާން ކުރުމަށް ހަޔާތުގެ އެންމެ ސިކުންތެއްވެސް ނަގާލުމަކީ ބޭކާރު ކަމެކޭ ހިތާހިތުން ކިޔާލިއެވެ. ބަންގީގެ އަޑު ޖެހުމާއިއެކު ރެހާން އަވަސްވެގަތީ މިސްކިތައް ދިއުމަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

މީޝާ ( 16 )

Next

ހިތް މިއެދޭ ސޫރައޭ ތީމަގޭ (5 ވަނަ ބައި )

Next
November 16, 2017

ހިތް މިއެދޭ ސޫރައޭ ތީމަގޭ (5 ވަނަ ބައި )

Previews
November 16, 2017

މީޝާ ( 16 )

27 Comments!

  1. Awa says:
    November 16, 2017 at 8:44 am

    Hello.. miothy vaahakaige first part. Hope you guys will like it. Mistake thah faahagakolla dhehchey..??❤❤

  2. Limsha says:
    November 16, 2017 at 8:47 am

    Hyvey rythi vaanehn… Avahaa up kohladhehchey

    1. Awa says:
      November 16, 2017 at 8:51 am

      Yeh sure limsha.. thankss?

  3. Muroo.... says:
    November 16, 2017 at 9:15 am

    Good work Awa?? v nice whn nxt part..

    1. Awa says:
      November 16, 2017 at 9:28 am

      Miadu genesdhevythw balaanan..not sure
      Thank you muroo

  4. orchid says:
    November 16, 2017 at 10:02 am

    V v reethi…

    1. Awa says:
      November 16, 2017 at 10:21 am

      Thanks orchid??

  5. Girl says:
    November 16, 2017 at 10:11 am

    Warah reethi waiting

    1. Awa says:
      November 16, 2017 at 2:43 pm

      Thanks Girl

  6. Koo says:
    November 16, 2017 at 10:25 am

    Nice???

    1. Awa says:
      November 16, 2017 at 10:39 am

      Thankss koo?

  7. Ram says:
    November 16, 2017 at 10:54 am

    Heii awa.. v hyveyy reethi vaane hn.. waiting igey darl.. avas kohlahcheyy… loves ?❤

    1. Awa says:
      November 16, 2017 at 12:01 pm

      Inshaallah…
      Thanks ramko.. loves??

  8. Shaina says:
    November 16, 2017 at 11:01 am

    Varah varah salhi. I am waiting for the next part.

    1. Awa says:
      November 16, 2017 at 12:03 pm

      Thanks shainaa. Next part varah avahah upkolladhevythw balaanan

  9. Xish says:
    November 16, 2017 at 11:27 am

    Varah reethi..good luck Awa

    1. Awa says:
      November 16, 2017 at 12:05 pm

      Thankyou Xish

  10. SJK...KOREAN says:
    November 16, 2017 at 11:59 am

    Hama obiness ?❤?? waiting inge. Varah reethi vaane mi vaahaka yageen!!!! ❤❤❤?

    1. Awa says:
      November 16, 2017 at 12:07 pm

      ❤❤❤❤SJKge vaahakavx hama obi

  11. Ushaali says:
    November 16, 2017 at 1:59 pm

    masha allah… varah reethi feshumeh… varah kiyaalahiy vehjje aneh bai. mistake eh faahaga nuvi. kuriah huri huriha bai thakeh ves mihaa furihama koh kiyaalan libeyne kamah ummeedhukuran. 🙂 🙂 best of luck 🙂

    1. Awa says:
      November 16, 2017 at 2:42 pm

      Awwwwwn?? thankss ❤❤ inshaAllah varah furihamayah genesdheveythw balaanan..

  12. Rsh says:
    November 16, 2017 at 2:31 pm

    Kuru but v salhi
    Gud luck Awa

    1. Awa says:
      November 16, 2017 at 2:45 pm

      Thankss?? next part dhigukollaanan??

  13. Xxxx says:
    November 16, 2017 at 5:32 pm

    Dear nice begining,keep it up?

    1. Awa says:
      November 16, 2017 at 6:05 pm

      thanks dear??

  14. shanhaa says:
    November 17, 2017 at 12:50 am

    vvvnice

  15. ,ކުލާސް ކުއްޖެ says:
    August 10, 2020 at 11:43 pm

    ???

Comments are closed.

Next Episodeއެހެނަސް ހަމަ ލޯތްބޭ ވެވެނީ (ދެވަނަބައި)←


All Right Reserved!