ގެއަށް ވަދެގެން އައި ރަޝީދު ގެ މޫނުމަތިން ކަމަކާއި ހިތްހަމަނުޖެހިފައި ހުރިކަން ހަދީޖާ ދެނެގަތެވެ. ބަދިގޭގައި ކުރަން ހުރި މަސައްކަތް ހުއްޓާލަމުން ސޯފާގައި އިން ރަޝީދުގެ ގާތަށް ހަދީޖާ ހިނގައިގަތެވެ. ” ކިހިނެއްވީ..” ހަދީޖާ ގެ ސުވާލުން ރަޝީދު އެ މޫނަށް ބަލާލިއެވެ. ” ކިހިނެއްހޭވީ.. ދެންމެ ކިރިޔާ ލަދުން ހަލާކުނުވީ.. އަހަރެން ހިޔެއް ނުކުރަން ލާމިހް ގެ ވިސްނުން އެހާ ކޮށިވާނެ ކަމަކަށް.. ކިޔަވައިގެން ހުރެ އެވަރުގެ ކަމެއް ކޮއްފާނެ ކަމަކަަށް..” ރަޝީދުގެ އަޑުގައި ހަރުކަށިކަމެއް ވެއެވެ. ހަދީޖާ ގެ ސިކުނޑީގައި ސުވާލުތަށް ފުނި ޖެހިގެން ދިޔައެވެ. ރަޝީދު ދެއްކި ވާހަކަ ތަކުން ލާމިހް ދެކެ ހިތްހަމަނުޖެހިގެން އުޅޭކަން އެނގެއެވެ. ” ލާމިހް ކީއްތަކުރީ..” ހަދީޖާ ގެ ސުވާލުން ރަޝީދުގެ ރުޅިގަނޑު ގަދަވިހެން ހީވިއެވެ. ” ދޭބަލަ.. ގޮއްސަ ލާާމިހް ކައިރީ ބުނޭ އަހަރެން އެބަ ހޯދައޭ..” ރަޝީދު ޓީވީ އަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ” އެސޮރު އަދި ނާދޭ އޮފީހަކުން.. ކައިވެންޏަށް ޗުއްޓީ ނަގަން ކުުރަން ހުރި މަސައްކަތްތަށް ނިންމާލަން މި ހަފްތާ ލަހުން ގެއަށް އާދެވޭނެ ވާހަކަ ބުނި..” ހަދިޖާ ގެ ވާހަކަތަކަށް ރަޝީދު ބޯ ޖަހާލިއެވެ. ކައިވެނި އެ ލަފްޒް އަޑުއިވުމުން ވެސް ރަޝީދު ގެ ލޭ ކެކިގަތެވެ. އާއިލާ މީހުންނަށް އެވަރުގެ ކަމެއް ލާމިހް ސިއްރުކުރުން ވެގެން ދިޔައީ ރަޝީދުއަށް ބޮޑު މައްސަލައަކަށެވެ. މީހަކާއި އިނދެ އެ ދިރިއުޅުމުން ދުުރަށް ދާން ޖެހުނީ އީރަމް ގެ ސަބަބުން ކަމަށް ރަޝީދު ނިންމިއެވެ. އީރަމް ލާމިހް ގެ ދިރިއުޅުންވެސް ހަލާކުކޮއްލަން ފަސްނުޖެހޭނެ ކަމުގައި އެވަގުތު ރަޝީދުގެ ހިތަށް އެރިއެވެ. ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅަށް ހެޔޮގޮތް ވިސްނައިދިނުން އެއީ އޭނާގެ ޒިންމާ އެއް ކަމުގައި ރަޝީދު ނިންމިއެވެ. ރަޝީދު ގެ މޫނަށް ބަލަހައްޓައިން ހުރި ހަދިޖާ ކާގެއަށް ވަންނަން ހިނގައިގަތް އިރު ނޭނގޭ ހާސްކަމެއް ވެރިވެގެން ދިޔައެވެ.
ސިޓިންގްރޫމް ސޯފާގައި އީރަމް އާއި ޖެހިގެން ޖަނާ އިނެވެ. ދެމީހުންގެ ހުރިހާ ސަމާލްކަމެއް ހުއްޓިފައިވަނީ ކުރިމަތީ އިން ލެޕްޓޮޕްގެ ސްކްރީނަށެވެ. އެމީހުންނާއި ވަކިން ސޯފާާގައި ކަޔާން އިނީ ޓީވީ ބަލާށެވެ. މޭޒުމަތީ ހުރި ކޮފީ ތަށިތަކުން މުޅި ތަނަށް ކޮފީގެ މީރު ވަސް ފެތުރިފައި ވެއެވެ. ” ވެއިޓް.. ޔެސް.. މި ކާޑު ވަރަށް ރީތި..” ޖަނާ ސްކްރީނުގައި އިނގިލި ޖައްސާލަމުން އީރަމް އަށް ދައްކާާލިއެވެ. ކާޑު ގެ ޑިޒައިނެއް ހޯދުން ވީ އީރަމް ހީކުުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ. ” އެތެދެއް ކަޔާން.. މީތި ރީތިތަ..” އީރަމް ލެޕްޓޮޕް ކަޔާން އަށް ފެންނާނެހެން އަނބުރާލަމުން އަހާލިއެވެ. ނަމަވެސް އެއަޑު ކަޔާން އަށް އިވުނުހެނެއް ހިޔެއްނުވެއެވެ. އެއަށް ވުރެ ބޮޑަށް ކަޔާން އިނީ ޓީވީ އިން ދައްކާ ޑޮކްއުމެންޓްރީ ތެރެއަށް ވަދެފައެވެ. ” އޭތް.. މިގެއަަށް ގެނައި ޓީވީ ބަލާނެ މީހުން ނެތިގެންނެއް ނޫނޭ.. މިކަމުގަ ކަޔާން އެހީ ވާން ބޭނުންވީމަ..” ކައިރީ ގައި އޮތް ކުޑަ ބާލިސް ކަޔާން އާއި ދިމާއަށް ހޫރާލަމުން ޖަނާ ބުނެލިއެވެ. ބާލިސް އައިސް މޫނުމަތީ ޖެހުމާއެކު ކަޔާން ތެދުވެގެން އައިސް އީރަމް ގެ ކައިރީ އިށީނެވެ. ” ހޫމް ކީކޭ..” ކަޔާން މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން ބުނެލިއެވެ. ” މިތަނުން ކޯއްޗެއް ރީތީ..” އީރަމް ޑިޒައިންތަށް ދައްކާލަމުން އަހާލިއެވެ. ކަޔާން އަށް ވެސް ކަމުދިޔައީ ޖަނާ އަށް ރީތިވެގެން އުޅުނު ކާޑެވެ. ” ތި ދެމީހުންގެ ޓޭސްޓް ވެސް ދެން ހާދަ ދިމާވެޔޭ ދޯ..” އީރަމް އެހެން ބުނުމާއެކު ކަޔާން ގެ ހީލުމުގެ އަޑު އިވިގެން ދިޔައެެވެ. ފޯނުން ކާޑުގެ ފޮޓޯއެއް ނަގަމުން އީރަމް ލާމިހް އާއި ހަނާ ގެ އިތުރުން ހައިފާއަށް ވައިބަރ ކޮއްލިއެވެ.
އަތުގައި އޮތް ފޯނަށް ބަލަހައްޓައިން ލާމިހް އައިސް ގެއަށް ވަތް އިރު އެ ތުންފަތްމަތީ ހިނިތުންވުމެއް ވެއެވެ. އީރަމް ފޮނުވި ކާޑް ގެ ޑިޒައިން ކިތަންމެހާ ވެސް ރީއްޗެވެ. ލާމިހް ނިންމީ އެއްޗެހި ބަދަލުކޮއްލައިން އީރަމް މެންގެއަށް ދާށެވެ. ކަޔާން އާއި ދިމާނުވާތާވެސް ދުވަސްކޮޅެއްވެއްޖެއެވެ. ” ލާމިހް..” ސިޓިންގްރޫމް ސޯފާގައި އިން ރަޝީދު ގޮވާލުމާއެކު ލާމިހް ހުއްޓިއްޖެއެވެ. ” ކީކޭ ބައްޕާ..” ލާމިހް ގެ އުފާވެރިކަމުގެ ސަބަބުން ރަޝީދުގެ މޫނުމަތީގައިވާ ނުރުހުން އެ ގަޑީ ފާހަގައެއް ނުވިއެވެ. ” ބައްޕައަށް މި ކާޑު ރީތިތޯ.. ކޮބާ މަންމަ..” ލާމިހް ރަޝީދު އަށް ފޮޓޯ ދައްކަން އުޅުމާއެކު ރަޝީދު އަތުން އެކަން ހުއްޓުވިއެވެ. ” މިތާ އިށީނދެބަލަ..” ރަޝީދު ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ. އެވާހަކަ ބުނެވޭ ގޮތަކުން ވެސް ލާމިހް އެކަން ގަބޫލް ނުކޮއްފާނެތީ ރަޝީދު ބެލީ ވީހާވެސް މަޑުމައިތިރި ކަމާއެކު ލާމިހް އާއި ވާހަކަ ދެއްކޭތޯއެވެ. އަތުގައި އޮތް ފޯނު ޖީބަށް ކޮއްޕާލަމުން ލާމިހް ރަޝީދުގެ ކުރިމަތީ ހުރި ސޯފާގައި އިށީނެވެ. ޓައީ ދޫކޮއްލަމުން ލާމިހް ބައްޕަގެ މޫނަށް ބަލާލިއެވެ. ފުރަތަމަ ފަހަރަށް ރަޝީދުގެ މޫނުމަތީގައި ވާ ހިތްހަމަނުޖެހުން ލާމިހް އަށް ފާހަގަވިއެވެ. ” ލާމިހް ބައްޕަމެން ކައިރީ ބުނަންޖެހޭ މުހިންމު ވާހަކައެއް އެބައޮތްތަ..” ރަޝީދުގެ ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ލާމިހް ދެފަރާތަށް ބޯ ތަޅުވާލިއެވެ. އޭރު ހަދީޖާ ވެސް ކޮޓަރިން ނުކުމެގެން އައިސް ސޯފާ ކައިރީ މަޑުކޮއްލިއެވެ. ” ދެން ކީއްވެ އީރަމް ކުރިން މީހަކާ އިން ވާހަކަ ނުބުނީ..” ކަމެއް ތަހްގީގް ކުރަން އުޅޭ މީހެއް ފަދައިން ރަޝީދު ކޮޮއްލި ސުވާލުން ލާމިހް ބަލާލީ ހަދީޖާގެ މޫނަށެވެ. ” އަޅުގަނޑު ހިޔެއް ނުކުރަން ބައްޕަމެން ކައިރީ އެވާހަކަ ބުނުން އެއީ އެހާ މުހިންމު ކަމެއް ކަމަކަށް..ކިހިނެއްތޯ ވީ..” ލާމިހް ސުވާލުން ފުރިގެންވާ ނަޒަރަކުން ރަޝީދުއަށް ބަލަމުން އަހާލިއެވެ. ބައްޕަ ބުނަން އެއުޅެނީ ކީކޭ ކަމެއް ލާމިހް އަކަށް ކުޑަކޮށް ވެސް ނުވިސްނުނެވެ. އަނެއްކޮޅުން އީރަމް އާއި ނާއިލް ގެ ކައިވެނީގެ ވާހަކަ ބައްޕަ އަށް އެނގުނީ ކިހިނެއްހެއްޔެވެ. ލޫނާ އެއްވެސް މީހެއް ކައިރީ އެވާހަކަ ނުބުނާކަން ލާމިހް އަށް ޔަގީނެވެ. ” ބައްޕަ ތި ކައިވެންޏަކާ ގަބޫލެއް ނޫން..” ރަޝީދުގެ ނިންމުން އަޑު އިވުމާއެކު ލާމިހް ގެ ހިތް ހީވީ އެތަށް އެތިކޮޅުތަކަކަށް ކުދި ކުދި ވިހެންނެވެ. ކަންފަތަށް އަޑު އިވުނީ ތެދު ތޯ ޔަގީން ކުރަން ހަދީޖާގެ މޫނަށް ލާމިހް ބަލާލިއެވެ. އެ މަންމަ ގެ މޫނުމަތީގައިވާ ހިތާމައިގެ އަސަރުން ލާމިހް އިސްޖަހާލިއެވެ. އިސްއުފުލާ ރަޝީދުގެ މޫނަށް ބަލާލިއިރު ލާމިހް ގެ މޫނުމަތިން ކުރިން ފެނުނު އުފާވެރިކަމެއް ނުފެނެއެވެ. ” ކީއްވެގެންތޯ.. އީރަމް އެއީ ގޯސް ކުއްޖެއް ނޫން..” ބައްޕަ ކުއްލިއަކަށް އެ ކައިވެންޏާ ދެކޮޅު ހަދަންވީ ސަބަބު ލާމިހް އެނގެން ބޭނުންވިއެވެ. ” ނުބުނަމެއްނު އީރަމް ގޯހެކޭ.. ލާމިހް އަށް ހަމަ ކައިވެންޏެއް ނުކޮށް ހުރި ކުއްޖަކު ނުވީތަ.. އެބުނާ ނާއިލް އަކާ އެކު ނޫޅެވޭނީ އީރަމް ގެ ވެސް އުނި ސިފައެއް ހުރީމަ.. ދެން ލާމިހް އާއި އިނދެގެންވެސް ނޫޅެވުނީމަ ދަރިފުޅު ގެ ދިރިއުޅުން ހަލާކުވާނީ.. އެހެންވެ މި ބުނަނީ ތި ކައިވެނި ކުރަން ބައްޕަ ގަބޫލެއްނޫނޭ..” ރަޝީދު ގެ ވާހަކަ އަޑުއަހަން އިން ލާމިހް ކޮޅަށް ތެދުވީ އެކަހަލަ ވިސްނުމެއް ބައްޕަ ވިސްނީތީއެވެ. ” އެކަމަކު ބައްޕާ.. ތީ ދެން ހަމަ ނުޖެހޭ ވާހަކައެއް… ނާއިލް އީރަމް ވަރިކުރީ އީރަމް ގެ ކުށެއް އޮވެގެނެއް ނޫން…ތިހެނޭ ކިޔާފަ އީރަމް އަށް އުފަލެއް ލިބެން ނޯންނާނެތޯ..” ލާމިހް ކޮއްލި ސުވާލުން ރަޝީދު އަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭރު ބޭރުގައި އަޑުގަދަ ވެގެން ލޫނާ ވެސް ނުކުމެއްޖެއެވެ. ބައްޕަ އެގޮތަށް އެކަން ނިންމީތީ ލޫނާ ވެސް ހުރީ ޝޮކެއްގައެވެ. ” ކައިވެންޏަށް މިހާ ދުވަސް ގާތްވެފަ އޮތްވާ.. އެކަމަކު ރަޝީދު.. އެ ދެކުދިން އެކަކު އަނެކަކު ދެކެ ލޯބިވާއިރު ތިހެން ބުނަން ހެޔޮވެސް ނުވާނެ..” ހަދިޖާ އަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. ” ހެވޭ.. މި ބުނީއެއްނު.. ލާމިހް އާއި އިންނާނެ އެހެން ކުދިން ވާނެ.. އީރަމް އާއި އިންނާކަށް އަހަރެން ގަބޫލެއްނޫން.. އިނދެގެން މިގެއަކު ނޫޅޭވޭނެ..” ރަޝީދު ފަހު ބަސް އިއްވާލަމުން ކޮޓަރިއަށް ވަންނަން ހިނގައިގަތް އިރު ލާމިހް އިސްޖެހިފައި ހުއްޓެވެ. ކުރިމަތީ ތިބި ހަދިޖާ އާއި ލޫނާ ގެ މޫނަށް ބަލާލަން އިސްއުފުލާލިއިރު އެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ” ލާމީ މަޑުކޮއްބަލަ..” ލޫނާ ލާމިހް ގެ ފަހަތުން ހިނގައިގަތުމާއެކު ލާމިހް ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. ވެފައިހުރި ދެރައިގެ ސަބަބުން ކަރުގައި އޮތް ޓައި އެނދުމައްޗަށް އެއްލަމުން ލާމިހް ބެލްކަންޏަށް ހިނގައިގަތެވެ. ރެއިލިންގްގައި ދެއަތް އަޅުވާލި އިރު އެ މޫނުމަތި މިލާފައިވެއެވެ. ނާއިލް ގެ ސަބަބުން އީރަމް ގެ އުފާތަކަށް ދެވަނަ ފަހަރަށް ހުރަސްއެޅޭތަން ބަލަން ލާމިހް ނުހުންނާނެއެވެ. އީރަމް ގެ ކުށަކަށް ނާއިލް އީރަމް ވަރިކުރުން ވެގެން ނުވާނެއެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށް ފަހު ކޮޓަރިއަށް ވަތް އީރަމް އަދިވެސް އެއްފަހަރު ލާމިހް އަށް ގުޅާލިއެވެ. ފޯން ކެނޑުނު އިރުވެސް ލާމިހް ފޯނެއްނުނެގިއެވެ. ނިދުނީ ކަމަށް ހީކޮށް އީރަމް އައިސް އެނދުގައި އޮށޯވެލިއިރު އެ ތުންފަތްމަތީގައި ވަނީ ހުވަފެނީ ހިނިތުންވުމެކެވެ.
އީރަމް ގެ ކޯލް ތަކަށް ޖަވާބު ދޭނެހާ ހިތްވަރެއް ލާމިހް ގެ ނެތެވެ. އަޑުން އެކަނިވެސް ކަމެއް ގޯސްވެއްޖެކަން އީރަމް ދެނެގަންނާނެއެވެ. ރިންގްގެ އަޑު ކެނޑުމާއެކު ލާމިހް އެނދުގައި ހުރަހަށް އޮށޯވެލިއެވެ. އޮފީހުން އައި ގޮތަށް އަދިވެސް އެއްޗެހި ބަދަލުކުރާ ހިޔާލެއް ނެތްކަހަލައެވެ. ދޮރުގައި ޓަކި ޖަހާލި އަޑާއެކު ލޫނާ ގޮވާލި އަޑު އިވުނެވެ. އިރުކޮޅެއް ކުރިން މަންމަ ވެސް އެވަރަށް އޭނާ އަށް ގޮވައިފިއެވެ. ލޫނާ ނުދާނެކަން އެނގުމުން ލާމިހް ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. ދެމީހުން ވެސް އިރުކޮޅަކު ވިސްނުމެއްގައި ތިއްބެވެ. ” ބައްޕަ ކައިރީ އެވާހަކަ ދެއްކީ ކާކު.. ދޮންތަ ތަ..” ލާމިހް ކޮއްލި ސުވާލުން ލޫނާ ނޫނެކޭ ބުނެލިއެވެ. ” ބައްޕަގެ ރައްޓެއްސެއް.. ނާއިލް ބައްޕަގެ ކޮމްޕެނީގަ މަސައްކަތް ކުރާ މީހެކޭ މަންމަ ބުނީ.. އެކަމަކު.. އަހަރެން ހިޔެއް ނުކުރަން ބައްޕަ އަށް އެކަންތަށް އެހާ ބޮޑު މައްސަލައަކަށް ވެދާނެ ކަމަކަށް.. އީމް އަށް އިނގޭތަ މިކަން.. ލާމީ ބުނީތަ..” ލޫނާ ގެ މޫނުމަތިން ކަންބޮޑުވުން ފެނެއެވެ. ” ނޫން.. ކީކޭ ބުނާނީ ވެސް ވަކި.. ބައްޕަ ގެ ވިސްނުން ހުރި ގޮތުން ވަރަށް ދެރަވެއްޖެ.. އީމް ގެ ކުށެއް ނެތި.. އަޅެ ދޮންތަ ބުނެބަލަ.. އީމް ކުރިން މެރީ ކުރިއޭ ކިޔާފަ ދެން އަހަންނާ އިނުން އެއީ މައްސަލައެއްތަ..” ލާމިހް ލޫނާ ގެ މޫނަށް ބަލަން އިނދެ ސުވާލުކޮއްލިއެވެ. ” ލާމީ.. ދޮންތަ އަށް ތިކަން އެނގި ހުރެ އީމް އާއި ގުޅެެން ހިތްވަރު ދިނީވެސް.. އެކަމަކު އެކި މީހުންގެ ވިސްނުން ތަފާތު ވާނެ.. ބައްޕަ އަށް ވިސްނޭ ގޮތް އެއީ.. އެކަން ޖެހޭނީ ބަދަލުކުރަން.. އެހެނޭ ކިޔާފަ ލާމީ އީރަމް ދޫކޮއްނުލާތި.. އިނގޭ ދޫކޮއްނުލާނެކަންވެސް… މަންމަ ވެސް ދޮންތަ ވެސް މިހިރީ ލާމީ އާއި އެކު.. ބައްޕަ އާއި ފަހުން ވާހަކަދައްކާނީ..” ލޫނާ ލާމިހް އަށް ހިތްވަރުދިނެއެވެ.
ޖެހިގެން އައި ދުވަހު ސުކޫލަށް ލާން ދާން ވެސް ލާމިހް ނާދެއެވެ. ސުކޫލް ނިމުނު ގަޑީގައި ލާމިހް އީރަމް އަށް ގުޅިއެވެ. ” ބޭބް.. ވަރަށް ބިޒީ ކޮށް މިއުޅެނީ.. ހިޔެއްނުވޭ ގެއަށް ލައިދޭން ދެވޭނެހެނެއްވެސް… އެކަމަކު މިރޭ ދާނަން އީމް ބަލާ… ނައިން އަށް ރެޑީ ވައްޗޭ..” ލާމިހް ފޯނުކޯލް ވީހާވެސް ކުރުކޮއްލަން ބޭނުންވިކަހަލައެވެ. ” ލާމީ.. ރޯގާ ޖެހިފަތަ..” އީރަމް ގެ ސުވާލުން ލާމިހް ކަރުކެހިލިއެވެ. ރޭގައި ނުނިދުމުގެ ސަބަބުން ބޮލުގެ ރިހުން އެވަގުތު ބޮޑު ވިހެން ލާމިހް އަށް ހީވިއެވެ. އޮފީހަށް އައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަށް ހުރުމުންނެވެ. ” ނޫން.. އެއީ އީމް އަށް ހީވާ ގޮތް.. އޯކޭ ދެން ބާއްވަނީ އިނގޭ.. ލަވް ޔޫ..” ލާމިހް ފޯނު ބޭއްވުމާއެކު އީރަމް ހިނގައިގަތީ ގެއަށް ދާށެވެ.
ރޭގަނޑު ބަރާބަރު ނުވައެއް ޖެހީ އީރަމް ތައްޔާރު ވެ ހުއްޓައެވެ. ކުދި ކުދި މެރޫން މާތަކުން ޑިޒައިން ކުރެވިފައިވާ ގަދަ އަޅި ކުލައިގެ ހެދުމާއި މެރޫން ޝޯލްގައި އީރަމް ގެ ފުރިހަމަ ކަން އިތުރުވެފައިވެއެވެ. ލާމިހް ގެ މެސެޖް އައުމާއެކު އީރަމް ކޮޓަރިން ނުކުތެވެ. ” ވާވް.. ހަމަ މީޓް ނުކޮށް ނުތިބެވޭ ދޯ… ކެތްކޮއްބަލަ.. ދެން ނެތޭ މާގިނަ ދުވަހެއް..” ޖަނާ އީރަމް ފެނުމާއެކު ދިމާކޮއްލިއެވެ. ހެމުން ހެމުން ނުކުތް އީރަމް ފެނުމުން ލާމިހް ގެ ހިތުގައި ރިއްސާލީ ބައްޕަ ދެއްކި ވާހަކަ ހަނދާންވުމުންނެވެ. އެ ހިތުގެ ރާނީ ދޫކޮއްލާނީ ކިހިނެއްހެއްޔެވެ. ޖީންސާއި ގަމީހުގައި އިން ލާމިހް ފެނުމުން އީރަމް ގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަދިވެސް އެ ސޫރަ ފެނުމުން އީރަމް އެކަމަށް އާދަ ނުވަނީ ކަންނޭނގެއެވެ. ސައިކަލަށް އީރަމް އެރުމާއެކު ޖަހާފައިވާ ލުއި ލުއި ސެންޓްގެ ވަސް ލާމިހް އަށް ދުވިއެވެ. ސައިކަލް ދުއްވާލީ އީރަމް ކައިރީ އެވާހަކަ ބުނާނެ ގޮތް ހިތުގައި ރާވާލަމުންނެވެ.
ލާމިހް ދެއްކި ވާހަކަ ތަށް ކަނުލާ އަޑުއަހަން އިން އީރަމް ލާމިހް ގެ މޫނަށް ބަލާލިއެވެ. އޭނާގެ ސަބަބުން ލާމިހް ގެ އާއިލާގައި ފުރަަތަމަ ފަަހަރަށް މައްސަލައެއް ޖެހިއްޖެއެވެ. ” ދެން.. ލާމީ ކީކޭ ބުނީ..” އީރަމް ކޮއްލި ސުވާލުން ލާމިހް ފުންނޭވާ އެއް ދޫކޮއްލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެދެމީހުންގެ އުފާތަށް ބީވެދާން ލާމިހް ނޭދެއެވެ. ” އީމް.. ނާއިލް އީމް ވަރިކުރީ އީމް ގެ ކުށެއް އޮވެގެނެއް ނޫން.. އެކަން އެންމެ ރަނގަޅަށް އިނގޭނީ އަހަންނަށް..ބައްޕަ ނުވިސްނާ ނިންމި ނިންމުމަކަށް އީމް ދޫކޮށެއް ނުލާނަން… މެރީ ކުރީމަ ބައްޕަ އޯކޭ ވެދާނެ..” ލާމިހް ގެ ވާހަކަތަށް އަޑުއަހަން އިން އީރަމް އެ މޫނަަށް ބަލާލިއެވެ. އެ މޫނުމަތީގައިވާ ނުތަނަވަސްކަން ފެނުމުން އީރަމް އިސްޖަހާލިއެވެ. އޭނާގެ ސަބަބުން ޖެހުނު މައްސަލަ އިހްސާސް ވުމުން އީރަމް އަށް ހިނދުކޮޅަކަށް ވިސްނާލެވުނެވެ. ހަގީގަތުގައި ވެސް ނާއިލް އާއި އެކު ނުލިބުނު އުފާތަށް ލާމިހް އޭނާ އަށް ހޯދައިދޭނެއެވެ. އެކަމަކު އޭގެ ބަދަލުގައި ލާމިހް ގެ ހަޔާތަށް އުފަލާއި ހަމަޖެހުން އޭނާ އަށް ދެވިދާނެބާއެވެ. އެ ހިޔާލުތަކާއެކު އީރަމް ދެފަރާތަށް ބޯ ހޫރާލިއެވެ. ލާމިހް ގެ ބައްޕަގެ ނުރުހުމުގައި އީރަމް އެ ކައިވެނި ކުރާކަށް ބޭނުމެއްނޫނެވެ. ލާމިހް ގެ ބައްޕަ ގެ އިތުރުން އެގޮތަށް ވިސްނާނެ އެތަށް ބަޔަކު ވާނެކަން އީރަމް އަށް އެވަގުތު ނަގައިގަނެވުނެވެ. ” ނޫން..” އީރަމް ގެ އަޑު އިވުމާއެކު ލާމިހް އީރަމް ގެ ގާތަށް ޖެހިލިއެވެ. ” ވަޓް..” އީރަމް ނޫނެކޭ ބުނީ ކޮންކަމަކަށް ކަން ނޭނގޭތީ ލާމިހް އަހާލިއެވެ. ” ލާމީ ގެ ބައްޕަ ނުރުހޭ ކަމެއް ކުރަން ބޭނުމެއްނޫން.. ލާމީ… ބައްޕަ އެބުނީ ތެދަށް ވެއްޖެއްޔާއޯ.. ލާމީ އަށް ހެޕީ ލައިފް އެއް ނުދެވިއްޖެއްޔާއޯ..” އީރަމް ގެ ސުވާލުތަށް އެގޮތަށް އަތުވެދާނެކަމަކަށް ލާމިހް ހިޔެއްނުކުރެއެވެ. ” ނޯ.. ނޯ.. އީމް އާއި މެރީ ކުރެވުނަސް ތެޓް ވުޑް ބީ މޯދެން އިނަފް..ޕްލީސް ބޭބީ.. ތިހެން ނުވިސްނަބަލަ.. ބައްޕަ އަށް ފަހުން ވިސްނޭނެ.. ހުރިހާ ކަމެއް ރެޑީ ކޮއްފަ.. ޑޯންޓް ލީވް މީ..” ލާމިހް ގެ އަޑުގައި ވާ އަސަރުން އީރަމް ކަރުނަތަށް ހިފަހައްޓާލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތް ނަމަވެސް ހިތުގެ އަޑިން އީރަމް ގޮތެއް ނިންމައިފިއެވެ. އެރޭ ގެއަށް ދިޔަ އިރުވެސް އެ ދެމެދުގައި އެހެންޏާ ކުރެވޭ ސަމާސާތަކެއް ނުވެއެވެ.
ގެއަށް އައިސް ވަތް އީރަމް އަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ކޮޓަރި އަށް ވަދެ ދޮރު ލައްޕާލެވުނީ ކިރިޔާއެވެ. ކަރުނަތަށް އެ ކޯތާފަތް މައްޗަށް ފައިބަންފެށީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ހަނާ އަށް ގުޅުނެއްކަމަކު ރޮވޭ ވަރުން އީރަމް އަކަށް އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ފަނަރަ މިނެޓް ތެރޭގައި ހަނާ އައިސް ހުރީ އީރަމް ގެ ކޮޓަރީގައެވެ. ހަނާ ގެ ފަހަތުން ޖަނާ ވެސް އައިސް ވަނެވެ. ވެގެން އުޅޭ ގޮތް ކިޔައިދިނުމާއެކު ހަނާ އާއި ޖަނާ ވެސް ބުނީ ހަމަ ލާމިހް ބުނިހެންނެވެ. ކައިވެނި ކުރުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމުގައި ހަނާ ބުނަމުން ދިޔައެވެ. ” އެކަމަކު.. އޭރުން ލާމީ އޯ.. ލާމީ ގެ ހެޕިނެސް އޯ.. ބައްޕަ ލާމީ އާއި ވާހަކައެއްވެސް ނުދައްކާނެ..” އީރަމް ހިތުގައި ޖެހުނެވެ. އެރޭ ފަހުން ލާމިހް ގުޅުމުންވެސް އީރަމް ފޯނެއް ނުނެގިއެވެ. ވާހަކަ ދައްކަން ބޭނުންނުވާތީކީއެއް ނޫނެވެ. ލާމިހް އާއި ދުރުވާންޖެހޭ ކަމުގެ ބިރު އެ ހިތުގައި ވާތީއެވެ.
ތިންދުވަސް ފާއިތުވެ ދިޔައިރު ލާމިހް އާއި އީރަމް ގެ ގުޅުމަށް ހީވެސްނުކުރާހާ ދުރުކަމެއް އަތުވެއްޖެއެވެ. ލާމިހް ކިތަންމެ މަސައްކަތެއް ކުރިޔަސް އީރަމް ހީވަނީ ލާމިހް އާއި ގާތްވެވިދާނެތީ ދުރުން އުޅޭހެނެވެ. ލާމިހް ގެ ކޯލް ތަކަށް ވެސް އީރަމް ޖަވާބު ދެނީ އެތަށް ފަހަރަކު ގުޅައިގެންނެވެ. އާނާ އަށް ޓިއުޝަން ދިނުން އީރަމް ހުއްޓާލީ އެއީ އެވަގުތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވާތީއެވެ. އެހެންނޫނަސް ސުކޫލް ތަށް ބަންދު ވާން މާގިނަ ދުވަހެއްވެސް ނެތެވެ. އޭގެ ސަބަބުން ލާމިހް އަށް އީރަމް ފެންނަނީވެސް މަދުފަހަރަކުއެވެ. އާދައިގެ މަތިން އޮފީސް ނިންމާލުމަށްފަހު ލާމިހް ގެއަށް އައި އިރު ވަރުބަލިކަން އެ މޫނުމަތިން ފެނެއެވެ. ގޭގައި ގިނަވަގުތު ލާމިހް ހޭދަކުރަނީ ކޮޓަރީގައެވެ. ދިރިއުޅުމުގައި އެންމެ އުފާވާންވީ ދުވަސްތަށް ލާމިހް ހޭދަކުރަނީ ވިސްނުމުގައެވެ. ބައްޕަ ނުރުހޭހާ ހިނދަކު އީރަމް ކައިވެނި ނުކުރާނެކަން ލާމިހް އަށް އެނގެއެވެ. ލާމިހް އެކޭ އެއްފަދައިން އީރަމް ވެސް ހުންނަނީ އަބަދު ވިސްނުމެއްގައެވެ. ލާމިހް ކުރާ ހިތާމަ ފެނުުމުން އަމިއްލަ ނަފްސް ކުއްވެރިކުރެވެނީއެވެ. މި ކަންތައްގަނޑުގައި ކިހާ ދުވަސް ވޭތުކުރަން ޖެހޭނެބާއެވެ.
ރޭގަނޑު ކެއުމުގައި ވެސް ލާމިހް ބައިވެރިއެއްނުވެއެވެ. އެދުވަަހަށް ފަހު ރަޝީދު ފެންނަ ހިސާބަށް ވެސް ލާމިހް އެއް ނާރައެވެ. ކެއުމުގައި އެކަކު އަނެކަކާއި ވާހަކަދެކެވޭ ތަނެއްވެސް ނުފެނެއެވެ. ކާން އިން ލޫނާ އިރުއިރު ކޮޅާ ރަޝީދުއަށް ނަޒަރެއް ދެއެވެ. ހީވަނީ ވާހަކައެއް ބުނަން ބޭނުންވެފައި އިންހެނެވެ. އެކަން އާނާ ކައިރީ އިން ރާމިޒް އަށް ވެސް ފާހަގަކުރެވުނެވެ. ހަދީޖާ ކިތަންމެ ފަހަރަކު ރަޝީދުއަށް ވިސްނައިދެވޭތޯ މަސައްކަތްކޮއްފިއެވެ. އެކަމަކު އެ ހުުރިހާ ވާހަކަތަކަށް ރަޝީދު ދެނީ ބީރު ކަންފަތެކެވެ. ކައިނިމިގެން ރަޝީދު ނުކުތުމާއެކު ލޫނާ ވެސް ތެދުވެއްޖެއެވެ. ލާމިހް ގެ އުފަލަށްޓަކައި އޭނާ ވެސް ބައްޕަގެ ވިސްނުން ބަދަލުކުރެވޭތޯ އެބަ މަސައްކަތް ކުރަން ޖެހެއެވެ. ސޯފާގައި ޓީވީ ބަލަން އިން ރަޝީދު ގެ ކައިރީ ވަކިން ހުރި ގޮނޑީގައި އިށީންނަމުން ލޫނާ ހަމަޖެހިލިއެވެ. ” ބައްޕާ.. އަޅުގަނޑު ވާހަކައެއް ދައްކަން ވެފަ އެބައޮތް..” ލޫނާ ގެ އަޑަށް ރަޝީދު ޓީވީގެ އަޑު މަޑުކޮއްލަމުން ލޫނާ އަށް ސަމާލްކަން ދިނެވެ. ” އަވަހަށް ބުނޭ..” ރަޝީދު ހިނިތުންވެލިއެވެ. ލޫނާ ގެ ކުރިމަތީ އެއިނީ ދަރިން ދެކެ ލޯބިވާ ބައްޕަ އެއްކަން ލޫނާ އަށް ޔަގީނެވެ. ދުވަހަކުވެސް އެމީހުންގެ ދިރިއުޅުމަށް ދެރަގޮތެއްވާން އެ ބައްޕަ ނޭދޭނެކަން ލޫނާ އަށް އިނގެއެވެ. ހަމަ އެކަނި ބޭނުންވަނީ ރަޝީދު އީރަމް އާއި މެދު ދެކޭ ގޮތް ބަދަލުކޮއްލުމެވެ. ” ބައްޕަ ކީއްވެގެންތޯ އީރަމް އާއި ދޭތެރޭ ތިގޮތަށް ދެކިލައްވަނީ..” ލޫނާ ދައްކަން އުޅޭ ވާހަކަ ފަހުމް ވުމުން ރަޝީދު ފުންނޭވާއެއް ދޫކޮއްލިއެވެ. ” އަނެއްކާވެސް.. ބައްޕަ ބުނީމެއްނު ކީއްވެކަން.. ދުވަސްކޮޅަކުން ލާމިހް ހަމައަކަށް އެޅިދާނެ..” ރަޝީދު ބުނެލި ވާހަކަތަކަށް ލޫނާ އެއްބަހެއްނުވިއެވެ. ” ލާމީ އީމް ދެކެ ވާ ލޯބި އަޅުގަނޑަށް އިހްސާސްކުރެވޭ.. ބައްޕާ.. ރާމިޒް އަޅުގަނޑު ދޫކޮއްލައިފިއްޔާ ބައްޕަ ބޭނުމެއް ނުވާނެތޯ އަޅުގަނޑު އާ ދިރިއުޅުމެއް ފަށަން.. އެ ދުވަހަކުން އަޅުގަނޑާއި މެދު ބަޔަކު ތިހެން ދެކޭއިރު ބައްޕަ ގެ ހިތަށް އަރާނީ ކީކޭތޯ…” ލޫނާ ގެ އަޑު ކުރެހިގެން ދިޔައެވެ. އެ ބުނި ވާހަކަތަކުން ރަޝީދަށް ހުއްޓުންއެރިއެވެ. އޭނާ އަށް މި ވިސްނެނީ މުޅިން ގޯސްކޮށް ކަން އެވަގުތު އިހްސާސްކުރެވުނެވެ. ކުރިމަތީ އިން ލޫނާ ގެ މޫނަށް ރަޝީދު ބަލާލިއެވެ. އާނއެކެވެ. އީރަމް ގެ އެއްވެސް ކުށެއް އުނިކަމެއް ނެތެވެ. ލާމިހް ގެ ހޮވުން ކިތަންމެހާ ވެސް ރަނގަޅެވެ. ކޮށިކަމެއް ހުރީ އޭނާ ގެ ވިސްނުމުގައެވެ. ރަޝީދު ތެދުވެގެން ގޮސް ލޫނާ ގެ ބޮލުގައި ފިރުމާލަމުން ކޮޓަރިއަށް ވަތް މަންޒަރު ހަދީޖާ އާއި ރާމިޒް އަށް ވެސް ފެނުނެވެ.
ޖެހިގެން އައި ބަންދު ދުވަހު އީރަމް އުޅުނީ ގޭގައެވެ. ހަނާ ގުޅާފަ ބޭރަށް ދާން އެދުމުންވެސް އީރަމް ދެކޮޅު ހެދިއެވެ. ލާމިހް ކިތަންމެ ފަހަރަކު ގުޅައިފިއެވެ. ސިޓިންގްރޫމްގައި އެންމެން ހަމަ ވުމާއެކު ގޭގެ ބަލް ޖަހާލި އަޑު އިވުނެވެ. ޒާހިރު ހީވީ ބަޔަކު މާކުރިން އަންނާނެ ވާޙަކަ ބުނެފައި އޮތުމުން އިންތިޒާރުގައި އިންހެންނެވެ. ހިނިތުންވެލަމުން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުއްޓި ހުރި ލާމިހް ފެނުމުން އީރަމް އަށް ތެޅިގަނެވުނެވެ. ހަމަ އެ އާއެކު ލާމިހް ގެ ފަހަތުގައި އައިސް މަޑުކޮއްލި ރަޝީދު ފެނުމުން އީރަމް ހަމަ ރަނގަޅަށް ވެސް ސިހުނެވެ.
1 މަސް ފަސް.
މޭކްއަޕް ކޮއްދޭން އައިސް ހުރި ކުއްޖާ ފަރިތަކަމާއެކު ޝޯލް އަޅުވާދީ ނިންމާލިއެވެ. އެއަށް ފަހު ދުރަށް ޖެހިލަމުން ފަހަތުގައި ތިބި ހަނާ އާއި ހައިފާގެ އިތުރުން ޖަނާ އަށް ހިނިތުންވެލިއެވެ. ” އޯކޭ ދެން ތެދުވޭ..” ހަނާ އެހެން ބުނުމާއެކު އީރަމް ގޮނޑިން ތެދުވިއެވެ. ” މާޝާﷲ.. ވަރަށް ވަރަށް ލޯބި..” ހައިފާ ގެ ތައުރީފުން އީރަމް ލަދުގަންނަގޮތްވިއެވެ. ލައިގެން ހުރި ހުދު ކުލައިގެ ކައިވެނީގެ ހެދުމުގެ ފަހަތަށް ވާ ލޭސް ބައި އެހާމެ ރީއްޗެވެ. އުނަަގަނޑުން ތިރިއަށް އެސްތަކެއް ހަރުކޮއްފައިވާއިރު އިތުރު ޑިޒައިން އެއް ނެތުމުން ހެދުން ފެންނަނީ ސާދާ ކޮށެވެ. އަޅާފައިވާ ހުދު ކުލައިގެ ޝޯލް ގެ ސަބަބުން އީރަމް ގެ މޫނު އިތުރަށް އުޖާލާ ކަމަށް ދައްކައެވެ. ވީހާ ވެސް ލުއި މޭކްއަޕެއް ކޮއްފައި ހުރުމުން ގުދުރަތުން އީރަމް އަށް ދެއްވާފައިވާ ރީތިކަން އިތުރަށް ފާޅުވެއެވެ. ޖަނާ އައިސް ކުރިމަތީ ބެހެެއްޓި ހުދު ކުލައިގެ އުސް ބޫޓަށް އީރަމް ބަލާލިއެވެ. ” އަވަސް ކުރޭ.. މިހާރު ކަޔާން އަންނާނެ” ހަނާ އެހެން ބުނުމާއެކު އީރަމް ހެދުމުގެ އެއްފަރާތުގައި އަތުން ހިފަހައްޓާލަމުން ހިއްލާލިއެވެ. ބޫޓަށް އެރުމާއެކު އެންމެންވެސް ބެލީ ކައިވެނި ކުރެވެން އޮތް ތަނަށް ދެވޭތޯއެވެ. ” ވެއިޓް..” ފަހަތުން އީރަމް ގޮވާލި އަޑަށް ޖަނާ އާއި ހައިފާ ގެ އިތުރުން ހަނާ ވެސް ހުއްޓިއްޖެއެވެ. ލައިގެން ތިބި މަޑު އަޅި ކުލައިގެ މެކްސީތަކުންނާއި ހަމަ އެކުލައިގެ ޝޯލްއިން އެ ތިން ކުދިންވެސް ވަރަށް ނަލައެވެ. ” އައި ލަވް ޔޫ ގާލްސް….” އީރަމް ލޯތްބާއެކު އެހެން ބުނުމުން ތިން އަންހެން ކުދިންވެސް ނިކަން ބަލައިން އީރަމް ގެ ގައިގައި ބައްދާލިއެވެ.
ހުދާއި ރަތް ކުލައިގެ މާތަކުން ޒީނަތްތެރިކުރެވިފައިވާ ޓެރަސްގެ މެދުގައި ހުރި މޭޒުގެ ކައިރީ ލާމިހް ހުއްޓިލައިން ހުއްޓެވެ. ޓެރަސް އަށް ވާހެން ފެންނަން ހުރި ލިފްޓާއި ދިމާއަށް އިރުއިރުކޮޅުން ބަލާލައެވެ. ލައިގެން ހުރި ހުދު ގަމީހުގެ މަތިން ގަދަ އަޅިކުލައިގެ ކޯޓެއް ލާފައިވާއިރު ހަމަ އެކުލައިގެ ޓައި އެއް އަޅާފައި ވެއެވެ. ތިރިން ލައިން ހުރި ކަޅުކުލައިގެ ފަޓުލޫނުގެ ޖީބަށް ލާމިހް އަތް ކޮއްޕާލިއެވެ. އަރައިގެންހުރި ބޫޓަށް ބަލާލަމުން އިސްއުފުލާލި އިރު ހުސެން އެ ދިމާއަށް އާދެއެވެ. ” އެބަ އާދޭ މިހާރު.. ހައި ގުޅި ދެންމެ..” ހުސެން އެހެން ބުނުމާއެކު ލާމިހް ބޯޖަހާލިއެވެ. އީރަމް ދެކޭ ހިތުން ކެތްމަދުވެފައިވާ ކަހަލައެވެ. މިރެއަށް ފަހު އީރަމް ވާނީ އޭނާ ގެ ހައްގަކަށެވެ. އާދައިގެ ޕާޓީ އަކަށް ހަމަ އެކަނި ގާތް ރައްޓެހިންނާއި އާއިލާގެ މީހުން އަންނަ ކަން އެނގޭ އިރު ވެސް ލާމިހް ބިރުގަންނަ ގޮތްވެއްޖެއެވެ.
ތިން އަންހެންުދިންގެ ކުރިން ފުރަތަމަ ޓެރަސް އަށް އެރީ ކަޔާން އެވެ. އެއަށް ފަހު އީރަމް ގެ ދެފަރާތުގައި ތިބެގެން ހަނާ އާއި ހައިފާއެވެ. އީރަމް އަށް ލާމިހް ފެނުމުން ހިނިތުންވެލެވުނެވެ. ލާމިހް އަށް އީރަމް އާއި ހަތަރު ކަޅި ބައްދަލުވުމުން ހިނދުކޮޅަކަށް ނަމަވެސް ވަށައިގެން ތިބި އެންމެންގެ މަތިން ހަނދާންނެތުނުކަހަލައެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭ ކައިވެނި ކޮއްދީ ނިމުމާއެކު އެންމެންގެ ހޫނު މަރުހަބާ އާއި ހެޔޮ ދުއާ އީރަމް އާއި ލާމިހް އަށް ލިބިގެން ދިޔައެވެ. އެހުރިހާ ވަގުތު ވެސް ލާމިހް އީރަމް ގެ އަތުގައި ނުވަތަ އުނަގަނޑުގައި ހިފާލައެވެ. ލާމިހް ކޮއްލާ އެކަހަލަ ކަންތަކުން އީރަމް ލަދުން އިސްޖަހާާލައެވެ. ދުރުގައި ތިބި ރަޝީދު އާއި ހަދީޖާގެ މޫނުމަތިން ވެސް ހިތްހަމަޖެހުން ފެނެއެވެ.
“ކީއްވެ މާވަރަކަށް ތިބަލަނީ..” ދުރުގައި ހުރި ކަޔާން ކައިރީގައި ހުއްޓެމުން ޖަނާ އަހާލިއެވެ. ” ކާކު ބުނީ އަހަރެން ޖަނާ އަށް ބަލައޭ.. މިތާ އެހެން އަންހެންކުދިންވެސް އެބައުޅޭ.. ޖަނާ އަށް ވުރެ މާލޯބި..” ކަޔާން އެހެން ބުނުމާއެކު ޖަނާ ތުންއަނބުރާލިއެވެ. ހަގީގަތުގައި ކަޔާން ގެ ނަޒަރު ޖަނާ އާއި ވަތްކެތް ނުވެއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އަޅައިގެން ހުރި ގަދަ އަޅި ކުލައިގެ ޝޯލް އިން ރީތިކަން އިތުރު ވެފައިވާ ކަހަަލައެވެ. ” އެހެންތަ.. އޯކޭ.. މިދަނީ ކަޔާން މަންމަ ކައިރީ ބުނަން އަހަރުމެން ޖެއްސި ޕްލޭން ގެ ވާހަކަ.. ކަޔާން އަކަށް ނުބުނެވުނެއްނު..” ޒުލޭހާ އާއި ދިމާއަށް ޖަނާ ހިނގައިގަތުމުން ކަޔާން އެ އަތުގައި ހިފެހެއްޓިއެވެ. ” ނޫން.. މަޑުކޮއްބަލަ.. ދެން ޖަނާ އަހަންނާ އިންނަން އަސްލަށްވެސް ބޭނުންވެއްޖިއްޔޯ..” ކަޔާން އެހެން އެހުމާއެކު ޖަނާ އެ މޫނަށް ބަލާލަމުން ލޯ ހަނި ކޮއްލިއެވެ. ” އަނެއްކާ.. ކަޔާންވެސް..” ޖަނާ އަށް ކަޔާންގެ ލޮލުގައިވާ އަޅާލުން އެވަގުތު ފެނުނެވެ. ” ފައިން.. ތިން މަސް.. އެ ތިންމަސް ތެރޭ ޖަނާ އަށް އަހަރެން ދެކެ ލޯބިވެވިއްޖެއްޔާ ޔޫ ހޭވް ޓު މެރީ މީ..” ކަޔާން އެހެން ބުނުމާއެކު ޖަނާ ހީލިއެވެ. އެހިތުގައި ކަޔާން އަށް ވާ ލޯބި ސިއްރުކޮއްލަމުންނެވެ. ” ޑީލް..” ކަޔާން އެހެން ބުނުމާއެކު ޖަނާ ހީގަންނަމުން ދުރަށް ޖެހިލިއެވެ. މީހުންތަކުތެރޭން ކަޔާން ޖަނާ ގެ ފަހަތުން ހިނގައިގަތީ އެކަމަށް ޖަނާ އެއްބަސް ކުރުވާށެވެ. އެމަންޒަރު ބަލަންހުރި ސަލްމާ ޒާހިރުގެ އަތުގައި ކޮއްޓާލަމުން ކަޔާން އާއި ޖަނާ އަށް ލޮލުން އިޝާރާތް ކޮއްލިއެވެ.
****
ކޮޓަރިއަށް ވަދެވުމާއެކު އީރަމް ނޭވާ ހިފަހައްޓާލިއެވެ. ހުދު ކުލައިން ޒީނަތްތެރިކުރެވިފައިވާ ކޮޓަރީގެ އެނދުމަތި ވަނީ ރަތް ފިނިފެންމަލުގެ ފިޔަތަކުން ފުރާލެވިފައެވެ. އޭރު އެނދުމަތީގައި ޕާޓީގައި ގެންގުޅު ހުދު ފިނިފެންމަލުގެ މާބޮނޑި އޮތެވެ. އޭގެ އެއްފަރާތުގައި ޕާޓީ އަށް މެހެމާނުން ލިޔަން ހާއްސަ ކުރެވިފައިވާ ފޮތް އޮތެވެ. އެޕާޓްމެންޓަށް ވަންނަ ދޮރު މަތީ ކަޔާން އާއި ވާހަކަ ދައްކަން ހުރި ލާމިހް އަށް ބަލާލަމުން އީރަމް ކޮޓަރި ތެރެއަށް ހިނގައިގަތެވެ.
ފޮށިތަށް ކޮޓަރީގެ އެއްފަރާތުގައި ބަހައްޓަމުން ލާމިހް އީރަމް ފެންނަން ނެތުމުން ހޯދާލިއެވެ. ” އީމް..” ލައިގެން ހުރި ކޯޓު ބާލަމުން ލާމިހް ގޮވާލިއެވެ. އެވަގުތު އެނދުމަތީ ގައި އޮތް ފޮތް ލާމިހް ގެ ލޮލުގައި އަޅައިގަތެވެ. ފޮތް ހުޅުވާފައި އޮތް އިރު ގަނޑުގައި ލިޔުމެއްވެއެވެ. އެނދުކައިރިއަށް ޖެހިލަމުން ލާމިހް ފޮތް ނަގަމުން އޭގައިވާ އެއްޗެއް ކިޔާލިއެވެ. ” ތިޔަ ދިން އުފާ އިހްސާސްވީމާ ތިޔައީ މިތުރު ކަމުގާ ބެލީމޭ.. ތިޔަނޫން އެހެން ލޯތްބެއް ނުއެދެމޭ.. ތިޔަހާ އުފާ އެދިގެން ހުރީމޭ..” ދިވެހިން ލިޔެފައިވާ އެ ބަސްކޮޅު ކިޔާލުމުން އެއީ އީރަމް ލިޔެފައިވާ އެއްޗެއްކަން ލާމިހް އަށް ނަގައިގަނެވުނެވެ. “ވިތް ލަވް.. ވައިފް..” ގަނޑުގެ ތިރީ ކަނުގައި އިނގިރޭސި އަކުރުން ލިޔެފައި ވެއެވެ. ލުއި ހީލުމުގެ އަޑު ކޮޓަރިއަށް ފެތުރިގެން ދިޔުމާއެކު ފަހަތުން އީރަމް އައިސް އޭނާގެ ބުރަކަށީގައި ލެނގިލިއެވެ. ލާމިހް އެނބުރުމާއެކު އީރަމް އޭ މޫނަށް ބަލާލީ ލޯތްބާއެކުގައެވެ. ފައި ހިއްލާލަމުން ލާމިހް ގެ ތުންފަތަށް އީރަމް ބޮސްދިން އިރު އެ ލޮލުގައި ހިފެހެއްޓިފައިވަނީ އުފާވެރިކަމުގެ ކަރުނައެވެ. އެތަށް ދުވަހަކަށް ފަހު މިރޭ އީރަމް ގެ ހަޔާތަށް ގެއްލިފައިވާ އުފާވެރިކަން ލާމިހް ހޯދައި ދީފިއެވެ.
(ނިމުނީ)
42 Comments!
Comments are closed.




Salaam Loves.. ❤
Finally.. Alhamdulillah. ? Here is the last part. The end of a wonderful journey with you all. ? Hope you all will like the ending too.. And thankyou all the sweet readers for the endless support and love. Specially to my mom,sister and husband. ?? Will miss u guys immensely. ❤
Hi Seym story ah comment nukuriyas story baraabarah Kiyan Vv reethi story eh mee ???? and the last part Hama Vv cute
Me first dhw
Thanks dear ??
Varah loabi alhey nimuny dhw?????
Thanks Mai ?
Yes hama nimuny ?
Alhey mi stry nimuny
Will miss it
Stry varah nice ingey
Thanks dear ?
Wow v reethi nimunu goiyy my favourite story nimunee dww ..v miss vaane seym darl ehn stry akah wait kuran engey loves ?????
Thanks Juvey ?? Will miss u too ?
nice storyyy. ☺?????????????❤??? v ? niemuneema
Thanks liyaa ?
Mi vaahaka v v rythi. Ekamak nimun kamaku nudhey.
Naail ah vy gotheh vx neygunu
Thanks Naoo. ?
Alheyy hithah eri ebai include kuran bt i thought it will make the story longer and there isnt much to write if i include naail. ?
Wow seym, haadha reechey thi ninmaali goeh.. Dhen khonirakun seym ge story eh fennaany?? Dhen ves beynumy mikahala rythi story eh hama.. V avahah fennaane kamah ummeedhu kuran
Thanks Ainth for your support always. ? Insha Allah vrh avahah vx fenidhaane ehen neyge bunaakah.. ?
Wow…. varah varah varah reethi……
Thanks Zuam ?
I am sorry to say this I didn’t like this story but the ending is very very very nice wow!you can be a good writer so when did we see you’re other story seym and wish you all the best ?????????
Me first dhw
Thanks sana ?
Glad u liked the ending. ?
wowwww. seym. nothing to sayyyy.. haadha reehchey mi story.. varah varah kiyaa hithun kiyaalevunu story eh mee. thanks for bringing such a lovely story.. vrah dheravey story nimunyma.. but hope to see a new story from u.. this is just a LOVELY story.. fabulous !!! luv u seym.. gud nyt 🙂 🙂
Thanks dear ??
Insha Allah will see a new story. Luv u too ❤
seym alhe ehn story eh dhn nuliyaanan tha ?
mi story varah varah reethi ❤
nimun vx reethi ?
ekam merr heekurii naail ah fahun landu libeye kamah
hehe
ithuru story eh kiyaalan libeyne kamah ummeedhy kuran ?
Thanks Merr. ?
Insha Allah hama new story eh kiyaalan libidhaane ?
Vvv reethi….adhi janaa men ge baa ohnan vaane ehnun….ekamu ves vv reethi
Thanks Lam ?
Such talent ? Ma Sha Allah..as for the story it is ❤❤….new story eh liyachey and make ur readers happy ?
Thanks papaya. ?
Insha Allah ?
Ma sha Allah. Superb ? waiting for a new one. Good luck ?
Thanks Ryn dearr. ?
Aslu vvv reethi mi vaahaka. Ithurah furihama vees kayaan and janaa ves gulhuvinama
Thanks dear. ?? Janaa and kayaan hama gulhifa dhn eothy hehe. ?
V v nice ingey…ejam story ninuneema v sad Vefa mihiree…ummmeedhu kuran adhives mifadha story tah kiyaalan libeyne kamah
Thanks dear.. ?
Vvvv vv salhi.. Mi site ga in enme salhi Vahaka ves migen nimuny… :'(:'( love you seymm
Thankyou soo much pop. ? Love u too ❤
v rythi … varikohfa dhiriulhun Mathin foohivefa thibey kudhin kiyan rangalhu vaahaka eh mee. ?
Thanks dear.. ??
Adhi eh part ithuru kohlaafa ending miahvure reethi kohlinama miavure furihama vaane?But still v reethi ?Love you see you with your new story. Good luck ?
Adhi kiriyaa last part mi kiuneee..v.v.furihama…????
wowwwwww..<3