ވާހަކަ ނުގެނެސް ދެވި ލަސްވި ކަމައްޓަކައި އެންމެހާ ކިޔުންތެރިން ގެ ކިބައިން މާފަށް އެދެން.. އުންމީދު ކުރަން މީޝާ މިވާހަކައަށް ކުރިން ދިން ތަރުހީބު އަދިވެސް ކިޔުންތެރިން ކިބައިން ލިބޭނެ ކަމަށް .. ޝުކުރިއްޔާ….. ******************************* ( 3 މަސް ފަސް ) ———————– ދުވަސް ތައް މަސްތަކަށް ބަދަލުވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ތަފާތު ކުލަތަައް ދައްކަމުން ޖައްސަމުންނެވެ. އެއްބަޔަކަށް އުފާވެރިކަން ލިބޭއިރު އަނެއްބަޔަކަށް އުންމީދު ނުކުރާ ވަރު ހިތާމަތަކާ ކުރިމަތި ކުރުވަމުންނެެވެ. ދުނިޔެއަކީ އެފަދަ […]
” މީޝާ ދުވަހަކުވެސް ކަލެއަކަށް ނުލިބޭނެ…..” ކުކުރަމުން ކައިޝްވެސް ކައިޝް ބޭނުންވީ ޔުނާން ރުޅިއަރުވާށެވެ. ” އަހަރެންނަށް ނުލިބުނު އެއްޗެއް ކަލެއަކަށް ވެސް ނުލިބޭނެ….” ގައިގާ ހުރިބާރެއް ލައިފާ ކައިޝްގެ އަތްމަތީ ފައިން ޔުނާން ޖެހިއެވެ.. ކައިޝްގެ ކަރުތެރޭން ވޭނީ އެޑެއް ނިކުތެވެ. ޔުނާންގެ ލޮލުގައި އަޅާގަތީ ފެޅިފައި އިން ދޮރެވެ. އަވަހަށް ގޮސް އެދޮރުން ފިލާގަނޑެއް ނައްޓާލިއެވެ. ތުނޑުލެވިފައިވާ ފިލާގަނޑު ފެނި ޔުނާން ގެ މޫނުމަތީ ދުވެލީ ވިހަ ހިނިތުން ވުމެކެވެ. **************** ” ގުޑު […]
އާނާ ހިނގާފައިގޮސް އެޕާރޓުމަންޓް ދޮރު ހުޅުވާލިއެވެ. ހުޅުވާލުމާއެކު އާނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފަހަތުން އައި މީޝާއަށް ވެސް ވީ އާނާއަށް ވީވަރެވެ. ކުރިމަތީ ހުރި ޔަނާލް ފެނި ދެމީހުންނަށް ވެސް ހުރެވުނީ ބަލާށެވެ. ޖެހި ބުދެއްހެން ޔަނާލް މީޝާ ފެނުމުން ހުރެވުނީއެވެ. އޭނާ އެގެއަށް އައީ އެއްގޮތަކަށް ވެސް މީޝާ ބުއްދަލު ވެދާނެ ކަމަކަށް ނޫނެވެ. ކުއްލިއަކަސް މީޝާ ފެނުމުން ޔަނާލް ވާންވީ އުފާކަމެއް ނުވަތު ވާންވީ ދެރަކަމެއްވެސް ނޭނގުނެވެ. ހުރިގޮތަށް ގުޑިލަން ވެސް ނޭނގިފައި […]
މެންދުރުގެ ހޫނު އަވީތެރޭ ދެވޭ ނުދެވޭ ދިމާލެއް ނޭގި ޔުނާން ހިނގަމުން ދިޔައެވެ. އޭނާގެ ބޯހީވަނީ ފަޅާގެން ގޮސްދާނެހެނެވެ. ޗުއްޓީ ހަމަވާ ދުވަސް ވެސް އައިސްޖެހުނީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟؟ ޔުނާން ހީކުރީ މީޝާ އޭނާގެ މީހަކަށް ވާނޭ ކަމަށެވެ. މީރާގެ ކަންތައް އޭނާ ނިންމާލިހާ ފަސޭހަކަމާ އެކު މިކަންވެސް އޭނާ އަށް ވާނެކަމަށް އުންމީދު ކުރިއެވެ. ނަމަވެސް ކަންތައް މިވީ ދިމާ އިދިކޮޅަށެވެ ” ދެން ޕްލީސް..” ޔުނާން ހުއްޓުނީ އިވުނު އަޑެއްގެ ސަބަބުން […]
ކައިޝް މަޑުމަޑުން މީޝާގެ ތުންފަތުގައި އޭނާގެ ތުންފައި ޖައްސާލިއެވެ. އަދި އެލޯބިތުންފަތުގައި ބޮސްދޭންފެށިއެވެ. މީޝާވެސް ކައިޝްގެ މިއަމަލުގައި ފުރިހަމައަށް ބައިވެރިވެލިއެވެ. މިނިޓަކަށް ދެމިގެންދިޔަ އެވަގުތު ކޮޅު ނިމިގެން ދިޔައީ ކައިޝް ގެ ފޯނުރިންގު ވުމުން ނެވެ. ބޭނުން ނުވި ނަމުވެސް ކައިޝް މީޝާއާ ދުރައްޖެހިލިއެވެ. އަދި މީޝާ މޫނަށް ބަލާލިއެވެ. ލަދުން އިސްޖެހިފައިވާ އެމޫނު މަތީގައި ވަނީ ޖުންބު ކުލަ އަރާފައެވެ. ފޯނު ސްކުރީނުން ޝަވަންގެ ނަން ފެނުމުން ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ. ޝަވަންގެ ވާހަކަތައް އެޑުއަހަން […]
ކައި.. ކީއްތިކުރީ.. ޝަވަން ހިންހަމަނުޖެހިފައި އަހާލިއެވެ. ކައިޝް މަޑުމަޑުން ސޮރީއޭބުންޏޭވެ. ތިންމީހުން މަޑުމަބުން ވަދެތިބިތަނުން ނިކުމެ މަގުމައްޗަށް ބަލާލީ ސިއްރުސިންރުންނެވެ. އޭރު ޔުނާން ބާރު ހިނގުމެއްގައި މަގު ހުރިގޮތައް ފައިބައިގެން ދެއެވެ. ތިންމީހުންނަށް ހަމަޖެހުމުގެ ނެވާއެއްދޫކޮއްލެވުނީ ޔުނާން އަށް ޝައްކުނުވީތީއެވެ. ޝަވަން އާއި ފިޒާން އެކަކު އަނެކަކަށް ޓަޗެއް ޖަހާލިއެވެ. ކައިޝް ހުރީ ފުންވިސްނުމެއްގެ ތެރޭގައެވެ. ރޭގައި ޝަވަން ޔުނާންގެ ވާހަކަ ބުނުމުން ކައިޝް ހުރީ ގަބޫލް ނުކުރެވިފައެވެ. ޔުނާން އެފަދަ ކަމެއް ކޮއްފާނޭ އޭނާގެ ހިތެއް […]
މަޑުމަޑުން މީޝާގެ އަނގަމަތީ އަޅާފައިވާ ޓޭޕް ގަނޑު ނައްޓާލިއެވެ. ޔުނާންގެ ނަޒަރު ހުއްޓުނީ މަޑުފިޔާތޮށިކުލާގައިވާ ތުންފަތަށެވެ. އޭނާގެ ކެއްތެރިކަން ކޮޅުންލީ އެހާހިސާބުންނެވެ. މީޝާގެ މޫނު އޭނާގެ މޫނާ ގާތް ކޮއްލީ އެލޯބިތުންފަތުން އުފާހޯދުމައްޓަކައެވެ. ހޭވެރިކަން ނެތް މީޝާއަށް ވަމުންދާ އެއްވެސް ކަމެއްގެ ހިލަމެއް ނުވެއެވެ. ޔުނާން އަށް ސިހުމެއް ލިބުނީ އެވަގުތު އޭނާގެ ފޯނަށް ފޯނެއް އައުމުން ނެވެ. ރުޅިވެރިކަމާއެކު އޭނާ ފޯނަށް ބަލާލީ މީފަދަ ގަޑިއެއްގައ ގުޅަނީ ކާކުތޯބަލާށެވެ. ޝަވަން ގެނަން ސްކުރީނުން ފެންނަން އިނުމުން […]
ފަނަރަވަރަކަށް މިނެޓް ފަހުން ކައިޝް ހުރީ މީޝާމެންގޭ ކުރިމަީގައެވެ. އިރުކޮޅަކުން އާނާމެން ނާއެކު ފިޒާންވެސް އައެވެ. އެންމެން އެކީ ގެއަށް ވަނީ މީޝާ އަށް ސަޕްރައިސެއް ދިނުމައްޓަކައެވެ. ޔަނާލް ތަޅުދަނޑިން ދޮރުހުޅުވާލިއެވެ. ” ސަޕް…. ” ޔަނާލް ބުނަން އުޅުން ޖުމްލަ ކަރުތެރޭ ތާށިވެގެންދިޔައެވެ. ޔަނާލް ބަލަން ނުހުރެ ދުއްވައި ގަނެވުނީ ކުރިމަތީ ވެއްޓިފައި އޮތް ޔުނާން ގާތަށެވެ. ކައިޝް މުޅިތަނަށް ނަޒަރު ހިންގާލިއެވެ. އެއްޗެހިތައް ވަނީ އެތައް މިތަނަށް އުކާލާފައެވެ. ހީވަނީ ގޭތެރެއަށް ތޫފާނެއް އައިސްފާވާހެނެވެ. […]