“ހަލޯ. މާއަވަހަށް ދޯ މި ފޮނުވުނީ. ދެން ލިޔުންތައް ތައްޔާރު ވީމަ ހަމަ ފޮނުވާލީ. ހޭއި ޓޫ ޑޭސް ޓް ގޯ. ސޮއި ކޮށްލާފައި އަހަންނާ ހަވާލު ކުރާތި. އެހެންނޫނީ. ހަހަ” މިކްޔަން ވީފޫހިން ފޯނު ކަނޑާލިއެވެ. އެއަށްފަހު އެ ލިޔުންތަކަށް ބަލާލިއެވެ. އަހަރެން މީގައި ސޮއިކޮށްފިއްޔާ ބައްޕަމެން ހާދަ ރުޅިއަންނާނެއެވެ. ނަމަވެސް އަހަރެންނަށް މިނޫން ގޮތެއްވެސް ނެތެވެ. މާޔޫސް ކަންމަތީ މިކްޔަންގޮސް އެ ލިޔުންތައް އެތާހުރި ވަތްގަނޑަކަށް ލާ ތަޅުލިއެވެ. ************************************** “ޔަން މިތާ ކީއްކުރަނީ؟” […]
އެމީހެއް ފޮނުވާފަ ހުރި އެއްޗިހިތައް ބަލަމުން ދިޔައިރު ޒިމްޔާއަށް އިނދެވުނީ ދެލޯ ބޮޑުކޮއްގެންނެވެ. ހުރިހާއެއްޗެއް ބަލާ ނިންމާފައި ބާރަކަށް ރޮއެގަނެވުނެވެ. ………………………………………. “ނުން ނޫން މި ނުވާނެ ތެދަކައް” ޒިމްޔާ އެކަނި އިނދެގެންވެސް ވާހަކަދައްކަން ފެށުނެވެ. “ކީއްވެ ކީއްވެ އަބަދު މިހެން މަށައް ވާންވީ؟ އުފަލެއް ނެތީތަ މިހިތައް ދުވަހަކުވެސް” ޒިމްޔާ މޭގައި އަތް އަޅާލަމުން ބުނެލެވުނެވެ. މިއަދު ދުވަހަކު ހިތައް އަސަރު ނުކުރާ ވަރަށް ޒިމްޔާގެ ހިތައް އަސަރު ކުރިއެވެ. ޒިމްޔާ އެތައް ފަހަރަކު އެ […]
“ތީ އަވީއެއް ނޫން.. ތީ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަނާން.. އަނާން މިހާރު މި ދުނިޔެއަކު ނެތް.. އަހަންނަށްވެސް ފުރަތަމަ އަވީ ފެންނައިރަށްވެސް ހުއްޓުން އެރީ އަހަރެން ކޮއްކޮއާ އަވީ ވައްތަރުކަމުން.. ކާގެއިން އަވީ ފެންނައިރަށް ބަލަހައްޓައިގެން ހުރެވުނީ އެހެންވެ. އަވީ ކޮއްކޮއާ އެހާ ވައްތަރުވާންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު. އެހެންވެ އަހަރެން އެރޭގަ އެހީ މަހުދީ ކައިރީ އެއީ ކޮއްކޮއެއްތޯ؟ ދެން މަހުދީ އަވީގެ މަންމަ އާއި ބައްޕަ މަރުވި ވާހަކަ ބުނީމަ އަހަރެން […]
ހުދު ވެލިން މުޅި ގޮނޑުދޮށުގައި ޗާލު ދޫލައެއް އަޅާފައިވާ ކަހަލައެވެ. ރަތްދައްކާ އަވިން މުޅި ރަށަށްވަނީ ދިލަ ހޫނު ފަތުރާފައެވެ. ބޭރަށް ނިކުމެ އުޅެން ދަތިވާ ވަރަށެވެ. ދޮން މީހެއްނަމަ ގައިގެ ހަންގަނޑު އޮފުދާރު ކަޅުކުލައަށް ބަދަލު ކޮށްލާނެކަން ކަށަވަރެވެ. އެހެންނަމަވެސް އަފްރީންގެ މޯޅިވެފައިވާ ހިތަށް އުފާވެރިކަން ގެނެސްދެނީ އަތިރިމައްޗަށް ޖެހޭ ނަލަ ވައިރޯޅިންނެވެ. ހީސަމާސާކޮށް ދުވެހަދަމުންދާ ކުޑަކުދިންނާއި އަވިން ރޯފިލާފައިވާ ވެލިގަނޑުމަތީގައި އެކިއެކި ކުޅިވަރުތައް ކުޅެމުންދާ ނޫކަށި ފުރައިގެ ޒުވާނުންގެ ފޯރިފެނުމުންނެވެ. އެވަގުތު އޭނާގެ ހިތަށް […]
ހެނދުނު މައިޝާ ކޮލެއްޖަށް ދިއުމަށް ތެދުވެވުނީ ވަރަށް ލަހުންނެވެ. އަވަހަށް ފޯނުނަގައި ގަޑި ބަލާލިއިރު 9 ޖަހަނީއެވެ. ފޯނަށް އައިސްފައިހުރި މިސްޑް ކޯލްސްތަށް ބަލައިލިއިރު ކިޔާންގެ ފަންސާހެއްހާ ކޯލް އައިސްފައިހުއްޓެވެ. ކިޔާން ރޭ އޭނާގާތަށް އަންނާނަމޭ ބުނި ވާހަކަ މައިޝާ ހަނދާންވީ ދެނެވެ. ކިޔާންގެ ކޯލްތަކަށް ޖަވާބުނުދެވިފައި ހުރުމުން މައިޝާ ގަސްތުކުރީ އެދުވަހު ކިޔާންއަށް ނުގުޅާ އެކަނި ކޮލެޖަށްދިއުމަށެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ދެން އޮތް ގަޑިތަކަށް ހާޒިރުވާން މައިޝާ ގެއިން ނުކުތީ ޓެކްސީއަކަށް ގުޅުމަށްފަހުއެވެ. ޓެކްސީއަންނަންދެން […]
“އަޝްފާން..” ޔުމްނާ އެ ނަން ބުނުމާއެކު އަރޫޝާގެ ނިތަށް ރޫތަކެއް ޖަމާވެގެން ދިޔައެވެ. “ކޮން ރަށެއް އެއީ؟” އަރޫޝާ ފާޑަކަށް އަހާލިއެވެ. “އިނގުރައިދޫ..” ޔުމްނާ އެހެން ބުނުމާއެކު އަރޫޝާއަށް ތެޅިގަނެވުނެވެ. ޔުމްނާ ލޯބިވާ މީހަކީ ހަމަ އެ އަޝްފާން ހެއްޔެވެ؟ އޭނާގެ ބޮޑުދައިތަގެ ދަރިފުޅު ހެއްޔެވެ؟ “އެ.. އެހެންތަ؟ މީތަ އޭނަ އަކީ؟” އަޝްފާންގެ ޕްރޮފައިލް ހުޅުވައި، އަޝްފާންގެ ފޮޓޯއެއް ދައްކާލަމުން އަރޫޝާ އަހާލިއެވެ. ޔުމްނާ އިރުކޮޅެއް ވަންދެން އެ ފޮޓޯއަށް ބަލަން އިނެވެ. އެ މޫނުމަތިން […]
“ކަމަކާ ވިސްނަނީތަ؟” ޔާނާ އަހާލިއެވެ. މިކްޔަން ހުރިހާ ވާހަކައެއް ކިޔާދޭން ހިތަށް އެރިނަމަވެސް މިފަހަރު ވެސް ކިޔާދޭކަށް ނުކެރުނެވެ. “ނޭނގޭ އަހަރެންގެ އެކައުންޓަށް އެބަހުރި ބައިވަރު ފައިސާ އައިއްސަ. ނޭނގެ. މީހަކަށް އޮޅިގެން ކަމަށް ވާނީ” ޔާނާ ބޯމެޑެން ފެށުމުން މިކްޔަން ލޯމަރާލަމުން ވާހަކަ ދެއްކިއެވެ. ތެދެކެވެ. މިކްޔަން މިއަދު ބޭންކްއަށް ގޮސް ބަލާލިއިރު ކޮންމެވެސް މީހަކު ރުފިޔާ ތަކެއް އޭނާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައި އިނެވެ. “ކިހާވަރެއް؟” ޔާނާ އަހާލިއެވެ. “އެއްލައްކަ ވަރު” މިކްޔަން ބުނެލިއެވެ. […]
ހެނދުނުގެ މިހިތްގައިމު ވަގުތު ރަށުގެ އަތިރިމަތީގައި އެކަނިމައި އެކަނި މިއުޝީން އިނށީދެލައިގެން އިނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސައިލައިގެން ދެއަތް ކަކުލުގައި ވަށައިލައިގެން އިނދެ މޫދާ ދިމާއަށް ބަލަމުންދިޔަ މިއުޝީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ހިތާހިތުން އަމިއްލަ ނަފުސް ކުށްވެރިކޮށް އޭނާގެ ހަޔާތާ މެދުގައި ޝަކުވާކުރަމުން ދިޔައެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ އެމާހައުލަށްވަނީ ފަޅުކަންވެރިވެފައެވެ. މިއުޝީނަކީ އުފެދުމުގައި ކަނައަތުފައިގެ ކަކުލުހުޅުގައި ހުރި މައްސަލައެއްގެ ސަބަބުން ހިނގައިބިގައިވެ އުޅުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމަކާ ކުރިމަތިވެފައިވާ ކުއްޖެކެވެ. އޭނާ […]
ޔާލްއަަށް އެއްޗެކޭ ނުބުނެވެނީސް އަޔާން ޔާލްގެ އަތުގައި ހިފައިގެން ގޮސް އެރުނީ ގޮނޑުދޮށަށެވެ. އަދި އެތާހުރި ގަސްތަކާ ނިވާވެލިއެވެ. ހަނދުވަރުދޭ ރީތި ރެއެއްކަމުން މުޅި ގޮނޑުދޮށަށްވަނީ ރިހި އަލިކަމެއް އެޅިފައެވެ. ޖެހޭ މަޑުރޯޅި އާއި ރާޅުޖަހާ އަޑުނޫން އެހެން އަޑެއް ނީވޭ ހަމަހިމޭން މާހައުލެކެވެ. “މިހާރު އަހަރެންގެ ފަހަތުން އައީދޯ ހުޅުމާލެއަށްވެސް އެންމެފަހުން ކޮންމެވެސް ޖެއްސުމެއްކޮށްލަން… މިހާރު ފާރަލާންވެސް ފެށީތަ؟؟ ހަމަ ދާހާތާކަށް އެބަ އާދެޔޭ.. ކިހިނެތަ ވެގެން ތިއުޅެނީ..؟؟ ” އަޔާން ޔާލްގެ އަތުގައި ބާރަށް […]