“ހޭއި. އާޝި ދޫނި ކިހިނެއްވީތަ. މީހަކު އެއްޗެކެ ބުނީތަ ؟ ނޫނީ ކަމެއް ކުރީތަ. އަހަންނަށް ރޭވެސް ހީވިޔޭ ކަމެއްވެފަ ހުރިހެން. ނަތިންގ އޭ ނުބުނާތި. ކަމެއްނުވަންޏާ އާޝި ތިހެން ނުއެއް ރޯނެ.” މަންހާ ހުރީ ކަންބޮޑުވެފައެވެ. “މިންނު.. ރެއިން..އައި މިސްހިމް..” އައިޝާ އައް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް މާބޮޑަށް ގިސްލެވެން ފެށުނެވެ. “އޭނަ ގުޅީތަ އާޝި އަށް. ކީކޭ ބުނީ. އާޝި. ދެން ހުއްޓާލައިފަ ވީގޮތް ކިޔާދީބަލަ.” ފަސް އަހަރަށްފަހު އައިޝާގެ ދުލުން އެނަން އިވުމުން […]
“އަހަރެން ބޭނުމެއްނޫން އަޑުއަހާކަށް. އަޑުއަހާނެ އެއްޗެހި އަޑުއިވިއްޖެ. އަހަރެން މިކްޔަން ބޭނުންވިގޮތަށް މިދަނީ މިކްޔަން ދޫކޮށް. ނަޝްވާއަކާ އެކީ ދެން އުފަލުގައި އުޅޭ” ޔާނާ ނިކުތުމަށް ހިނގައިގަތެވެ. މިކްޔަން އަށް އެއްމެ އަސަރު ކުރީ ޔާނާ މިކްޔަންއޭ ކިޔާ މުހާތަބު ކުރުމުންނެވެ. ވީދެރައިން ޔާނާގެ އަތުގައި ހިފާ އެމޫނަށް ބަލާލީ ނުދާށޭ ބުނާފަދައިންނެވެ. އޭރު އެލޯ ވަނީ ކަރުނުން ފުރިފައެވެ. ޔާނާވެސް އެއްމެ ފަހު ފަހަރަށް ކަރުނަވީ ލޮލަކުން މިކްޔަންއަށް ބަލާލިއެވެ. ދެމީހުންގެ ލޮލުން ފެންނަމުންދިޔައީ ލޯތްބާއި […]
“ބޭބޭ.. މާފުކުރޭ އިނގޭ ކުރިން އެގޮތަށް ވާހަކަދެއްކުނީމަ.. އެކަމަކު ބޭބެ މިތަނަށް އަޔަސް ޔުމްނާއެއް ނުފެންނާނެ! ފަރީދު ޔުމްނާ ވަރިކޮށް، މިގެއިން ނެރެލައިފި..” މުނީރު އެހެން ބުނުމުން ހާރޫންއަށް ލިބިގެން ދިޔައީ ޝޮކެކެވެ. “ކީކޭ؟ ދެން..ދެން އެކުއްޖާ ކޮންތާކު ދިރިއުޅެނީ؟” ހާރޫން ހާސްވެފައި އަހާލިއެވެ. ފަރީދު ޔުމްނާ އެގެއިން ނެރެލުމުން، ޔުމްނާ ވަކި ވަންނާނީ ކޮންތަނަކަށް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު މުނީރު ހާރޫންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ބޭބެ ހާސްނުވޭ.. ޔުމްނާ ހުރީ […]
” މީޝާ ދުވަހަކުވެސް ކަލެއަކަށް ނުލިބޭނެ…..” ކުކުރަމުން ކައިޝްވެސް ކައިޝް ބޭނުންވީ ޔުނާން ރުޅިއަރުވާށެވެ. ” އަހަރެންނަށް ނުލިބުނު އެއްޗެއް ކަލެއަކަށް ވެސް ނުލިބޭނެ….” ގައިގާ ހުރިބާރެއް ލައިފާ ކައިޝްގެ އަތްމަތީ ފައިން ޔުނާން ޖެހިއެވެ.. ކައިޝްގެ ކަރުތެރޭން ވޭނީ އެޑެއް ނިކުތެވެ. ޔުނާންގެ ލޮލުގައި އަޅާގަތީ ފެޅިފައި އިން ދޮރެވެ. އަވަހަށް ގޮސް އެދޮރުން ފިލާގަނޑެއް ނައްޓާލިއެވެ. ތުނޑުލެވިފައިވާ ފިލާގަނޑު ފެނި ޔުނާން ގެ މޫނުމަތީ ދުވެލީ ވިހަ ހިނިތުން ވުމެކެވެ. **************** ” ގުޑު […]
“ކޮން ކޯލާ ބޭބެއެއްތަ ދޫނީ…” ޔަނާލް އައިސް އަންޖަލް އުރާލަމުން އަހާލިއެވެ. އެވަގުތު އަންޖަލްއަާއި ދިމާލަށް ޔާލް ބަލާލައިފައި ދެފަރާތަށް ބޯހޫރާލީ ނުބުނައްޗޭ ބުނާފަދައަކުންނެވެ. އެ ޅަޅަ ސިކުނޑިއަށް އެކަން ނަގައިގަނެވުނެވެ. “ނޫން އެ ސީކްރެޓެއްދޯ ދޮނޭ….” އަންޖަލް ދަތްޕިލަ ދައްކާލަމުން ބުނެލިއެވެ. ނޫރާމެންވެސް އައީ އެވަގުތުއެވެ. އެންމެން ލަސްނުކޮށް ސައިބޯން އައުމަށް ނަސީމާ އެދުނެވެ. އަދި މިއީ ޔާލްއަށް ވަޒީފާ ލިބުނުކަމުގެ އުފަލުގައި ދޭ ސައެއްކަމަށްވެސް ބުންޏެވެ.. އެކި ވާހަކަތަކުގައި ތިބެ އެންމެން ސައި ބޮމުން […]
ކެންޓީނުގައި މިޔަދު އެމީހުންގެ މައުލުއަކަށްވީ އެވާހަކައެވެ. މުލައިލްއަދި ޔާނީ ދޮގު ހެދިކަން އިނގުމާއެކު ދެންތިބި މީހުންވެސް ވަރަށް އެއްޗެހި ކިޔާލިއެވެ. “އޭ ނިލްއަށްވެސް އިނގޭ.” ޔާނީ ނިލްވެސް ބައްދާލިއެވެ. އެޔާއެކު އެންމެންވެސް ހައިރާންވެފައިތިބެވެސް ނިލް އާދިމާއަށް ވެސް އެއްޗެހި ކީ އެމީހުންކައިރީ ނުބުނުމުންނެވެ. ނިލްވެސް ހީލަހީލާ އިނީއެވެ. “އޭ ތިއެއް ނޫނޭ. މަ މިއުޅެނީ ކަޑަކަމެއް ވެގެން. މަގޭ ދައްތަ ބޭރު ގަ ކިޔަވަން ހުއްޓާ އެކްސިޑެންޓެއް ވެގެން އެނަގެ މިހާރު ޕޯސްޓް ޓްރައުމަޓިކް ޑީސްއޯޑާ ހުންނާތީ […]
“އަހަރެންމީ ފިރިހެންކުއްޖެއްނަމަ މިހާރު މިއުއަށް ލޯބި ހުށައެޅީމުސް.” މިއުޝީނާ ދިމާއަށް އެއްލޯ މަރައިލަމުން މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލައިފައި އިޒާނާ މިއުޝީނާ ދިމާކޮށްލިއެވެ. އޭނާގެ ބޭނުމަކަށްވީ މިއުޝީން ހެއްވައިލުމެވެ. ކަންވީވެސް އިޒާނާ ބޭނުންވިގޮތަށެވެ. ހިނިގަނޑެއް ޖަހައިލަމުން މިއުޝީން އިޒާނާގެ ކޮނޑުގައި ބޮނޑިއެއް އަޅައިލިއެވެ. ދެމީހުން އެކީގައި އެތައް ސަކަރާތެއް ޖެހުމުގައި އެތަނުގައި ތިއްބެވެ. “އޭ. މިހެން އިނދެވޭކަށް ނެތޭ. މަންމަ މިހާރު އަހަރެން ހޯދާނެ. އަދި މެންދުރަށް ކައްކަންވެސް ޖެހޭނެ.” އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން މިއުޝީން […]
ޒިމްޔާ ގެއައް ގޮސްވެސް ވިސްނެނީ ފައިހާ ދެއްކި ވާހަކަ އާއި ދޭތެރޭއެވެ. އޭނާ ދެކެ ހަމަ މީކާއީލް އެހާ ރުޅި އާދޭ ހެއްޔެވެ.؟ ނަމަވެސް ޒިމްޔާ ދެވަނަ ސިކުންތު ވިސްނީ ފައިހާގެ ގޮތް އިނގި އެހެދީ ދޮގެއް ކަމަށެވެ. ޒިމްޔާގެ ޅަ ސިކުނޑިއައް އަދިވެސް ނުވިސްނެނީ އެ ހުރިހާ ކަމެއް ކޮއްގެން އެހުރީ ފައިހާ ކަމެވެ. …………………………………………………… ދުވަސްތައް ފާއިތުވަމުން ގޮސް ޒިމްޔާ ފުރާ ދުވަސް ޖެހިއްޖެއެވެ. ޒިމްޔާ ކޮލެޖް ކަންތައް ހަމަ ޖެހި ޒިމްޔާ އެތަނައް […]
ލިބުނު ސިހުމަކާއެކު އެ ޗާލު އަންހެން ކުއްޖާ ފަހަތަށް އެބުރިލިއެވެ. އިސްޖަހައިގެން ހުރެއެވެ. “އޭތް! ހެލޯ. ލީ” އަޔާޒު އެކުއްޖާއާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އޭނާގެ ހިތް ބުނަމުން ދަނީ އެއީ ލީޒާ ކަމުގައެވެ. “ގާތް ނުވާތި! އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް.” މިޔުޒިކެއްފަދަ ރީތި އަޑުން ތުރުތުރުލާ ފަދައިން އެކުއްޖާ ބުންޏެވެ. އެއާއެކު މަޑުމަޑުން ފަހަތަށް ޖެހެން އެކުއްޖާ ފެށިއެވެ. މަޑުކުރަންވެސް އަޔާޒު މަޑުމަޑުން ބުނެލިއެވެ. ހިތުގައި ވަރަށް ބޮޑަށް އަޔާޒު ޖެހުނެވެ. […]