“ދަރިފުޅު މި ގޮނޑީގައި ތިއްތިކޮށް އިށީދެބަ. މިހާރު އެ އޮތް ގަޑި ޖެހެނީ. ލަސްވެއްޖިއްޔާ ބައްޕަ ރުޅިދުރުވާނެ” ޝަފީގާ އޭނާގެ ފަސް އަހަރަށް ދާ އަންހެން ދަރިފުޅު ބޮލުގަ ފުނާ އަޅުވަން އުޅޭތާ ބައިގަޑިއިރު ވަނީއެވެ. ޝަފީގާ އަކީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ހާދީގެ ހުރި ހަމައެކަނި ދަރިފުޅެވެ. މީގެ އަހަރުތަކެއް ކުރިން ހިނގި އެކްސިޑެންޓެއްގައި ހާދީ ވަނީ ހިނގާ ބިގާވެ އުޅުމަށް ނުކުޅެދިފައެވެ. ހާދީގެ ވިޔަފާރި ހުރި ވަރަށް ވުރެ ކޮޅަށް ނެގީ ޝަފީގާގެ ފިރިމީހާ ޒާހިރުއެވެ. ބައްޕަގެ އެކްސިޑެންޓަށް ފަހު ބޭސްފަރުވާ ކުރުމަށް މެލޭޝިއާ އަށް ދިޔަ ގޮތަށް ޝަފީގާ ޚިޔާރުކުރީ އެތަނުގައި ދިރިއުޅޭށެވެ. ވިޔަފާރި ކަންކަމުގައި ޒާހިރު ގިނަފަހަރު އުޅެންޖެހެނީ މާލޭގައެވެ. “އިޒްކޮ އަދިވެސް ނުނިމޭތަ؟ މިހާރު ޕާރކް ބަންދު ކުރާ ގަޑި ޖެހެނީ” ލޯގަނޑު ކުރިމަތީ ހުއްޓިލައިގެން ހުރި އިޒްވާ އަށް ޒާހިރު ބުނެލިއެވެ. އިޒްވާ އަކީ އޭނާގެ އުމުރުގެ އެހެން ކުދިންނަށްވުރެ އިސްކޮޅުން ދިގުކޮށް ހުންނަ ކުއްޖެކެވެ. ވިލުނޫކުލައިގެ ލޮލެއް ލިބިފައިވާ އިޒްވާގެ އިސްތަށިގަނޑު ދިގުވެފައި އެހާ ރީއްޗެވެ. ހީވަނީ ކުޑަ ކުޑަ ބުދެއް ހެންނެވެ. އެހާ ކުޑައިރުވެސް އަމިއްލަ ރީތިކަމަށް ސަމާލުވެ ފެޝަނަށް ލޯބިކުރާ ކުއްޖެކެވެ. “ޑޭޑް އިޒްކޮ މި ނިމުނީއޭ މަންމީ ލަސްކަމުންނޭ.” އިޒްވާގެ ޅަ އަޑުން ޝަފީގާއަށް ބަލާލަމުން ހެވިފައި ބުނެލިއެވެ. އެ ކުޑަ ކުޑަ އާއިލާ މިސްރާބު ޖެހީ ގެ ކައިރީގައި ހުންނަ ކުޑަކުދިންގެ ޕާރކަށެވެ. “ދަރިފުޅު ދޭ ކުޅެލަން. މަންމަމެނ މިތާ މަޑުކުރާނަން. ބަލައިގެން އުޅެއްޗޭ ދަރިފުޅު” ޝަފީގާ އޭނާގެ ދަރިފުޅަށް ކުޑަ އަނިޔާ އެއް ވިޔަސް ލިބެން ނޭދޭކަން އޭނާގެ ވާހަކައިން އިގެއެވެ. “މިފަހަރު ކިތަށް ދުވަހަށް ތި ދަނީ.ޒާހިރަށް މިހާރު މިކޮޅުގަ މަޑުކުރެވޭ ކަމަކަށް ނުވޭ ގައިމު އެކޮޅުގަވެސް ވިޔަފާރި ބަލަހައްޓަން މީހުން ތިބޭ” އިޒްވާ ދިޔުމުން ޝަފީގާ ޒާހިރު ކައިރީގައި ޝަކުވާ ކޮށްލިއެވެ. “ކަމެއް ދިމާވެގެން މިދަނީ މިފަހަރު.ޝާކިރު މިއަދު ގުޅާފަ ބުނީމަ މައްސަލަ އެއް އުޅޭ ވާހަކަ.ނުވާނެ އެހާ ގިނަދުވަހެއް.” ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ ޒާހިރު ބުނެލިއެވެ.” އަބަދުވެސް ކޮންމެވެސް ކަމެއް ދިމާވެފަ” ރުންކުރު ރާގަކަށް ޝަފީގާ ބުނެލިއެވެ. “ޝަފީގާ ބޭނުންވެގެންނު މިކޮޅުގަ މިއުޅެނީ. އަހަންނަށްވެސް ފަސޭހައެއް ނޫނޭ މި ބުރުތައް ޖަހާކަށް. ކިތައް ދުވަހު ބުނާނީތި ޝަކުވާތައް ނުކުރާށޭ.އަހަރެން ދައްކާ ވާހަކަ އެއްފަހަރު ނަމަވެސް އަޑު އަހާބަލަ” ދުރަށް ބަލަހައްޓައިގެން ހުރެ ޒާހިރު ކިޔަން ބޭނުންވި ހުރިހާ އެއްޗެއް ކިޔާލިއެވެ. ޝަފީގާ ހިތަށް އަސަރު ކުރި ވަރުން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޝަފީގާ އާއި ޒާހިރު ކައިވެނި ކުރީ ވަރަށް ލޯބިން ގިނަ ދުވަހު އެކީ އުޅެފައެވެ. ނަމަވެސް ޒާހިރު އޭނައާ ދުރުވާހެން ހީވާތާ މިހާރު ކިތަންމެ އަހަރެކެވެ. އިޒްވާ ލިބުނުފަހުން ޒާހިރު އަކީ ކުރީގެ ޒާހިރެއް ނޫނެވެ. ދަރިން ދެކެ ކިތަންމެ ލޯބިވިޔަސް ޝަފީގާ ދެކެ ކުރިން ވި ލޯބި އޭނާ ނުވާކަން ޚުދު އެހިތަށްވެސް އެގެއެވެ.. ނަމަވެސް ޒާހިރު ދެކެވާ ލޯތްބެއް ބޮޑުކަމުން ކެތްކޮށްލައިގެން ހުންނަނީއެވެ. ކުޅެން ހުރި އިޒްވާ އޭނަގެ މަންމަމެން ކައިރިއަށް ދާން އެނބުރުނު ވަގުތު ދުވަމުން އައި ކުއްޖެއްގެ ގައިގައި ޖެހިފައި ވެއްޓުނެވެ. ޖެހުނު ގޮތަކުން އިޒްވާގެ ކަކޫ މަށައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ.”އައި އެމް ސޮރީ”އިށީދެގެން އިން އިޒްވާަަ އަށް ތެދުވަން އަތް ދިއްކޮށްލަމުން އެ ކުއްޖާ މާފަށް އެދުނެވެ. ފެންކަޅިވެފައި ހުރި އިޒްވާ ނުރޯން މަސައްކަތް ކުރަމުން ދިޔައިރު އެ ކުއްޖާ ހުރީ އިޒްވާގެ ވިލުނޫކުލައިގެ ލޮލަށް ގެއްލިފައެވެ.” އަހާ. ދަރިފުޅު އާން ކީއްތިކުރީ!! ކޮބާ ކޮއްކޮ މަންމަމެން؟” ފަހަތުން އައި އަންހެން މީހާ އިޒްވާ ކަރުނަ ފުހެދެމުން އަހާލިއެވެ. އެއާއެކު ޝަފީގާ މެން އިށީދެގެން ތިބި މައްޗަށް އޭނާ އިޝާރާތް ކޮށްލިއެވެ. އެ އަންހެން މީހާ އިޒްވާ އުރާލައިގެންއެ ދިމާލަށް ދިޔައެވެ. “ބާބީ” އެ ކުއްޖާގެ ދުލަށް އައިހާވެސް ނަމަކީ އެއީއެވެ. ”އިޒްކޮ ކިހިނެތް ވީ” ދުރުން އަންހެންމީހަކު އިޒްވާ އުރާލައިގެން އަންނަ ތަން ފެނުމުން ޒާހިރު އަވަހަށް ދިޔައެވެ. “ކުޅެން އުޅެނިކޮށް ވެއްޓުނީ ދޯ. ޒާހިރު.ޒާހިރު ދޯ؟”ކުރިމަތީ ހުރި އަންހެން މީހާ އަކީ ކާކު ކަން އެގުމުން ޒާހިރު އާއެކޭ ބުނުގެ ގޮތުން ބޯ ޖަހާލުމަށްފަހު އިޒްވާ އުރާލިއެވެ. “ލަޔާނާ” އެމީހުން ކައިރިއަށް އައިސް ހުއްޓުނު ޝަފީގާ އެ އަންހެން މީހާ ފެނުމުން ބުނެލިއެވެ. ލަޔާނާ އަކީ ޝަފީގާމެން ސްކޫލް ދައުރުއްސުރެ އެންމެ ގާތް އެކުވެރިޔާއެވެ. ”ދަރިފުޅަށް މާ ބޮޑު ކަމެއް ނުވޭ މަގޭ ދަރި ގައިގް ޖެހިފަ ވެއްޓުނީ” އެހާ ދުވަސްކޮށްލާފައި އެމީހުން ފެނުމުން ލަޔާނާވެސް ހުރީ އިންތިހާއަށް އުފާވެފައެވެ. “މިއީ މަގޭ ދަރިފުޅު އާޔިން. ފިރިމީހާ މިވަގުތު ޑިއުޓީގަ ވީ” ކައިރީގައި ހުރި ފިރިހެން ކުއްޖާ ދައްކާލަމުން ލަޔާނާ ބުނެލިއެވެ. “މީހަކާ އިން ފަހުން ލަޔާ ފިލީއެއް ނު. ފިރިމީހާ ވެސް ނުދައްކާ” ދެރަވާކަމަށް ހެދެމުން ޝަފީގާ ބުނެލިއެވެ. “ދެން އެ ވާހަކަ ބާއްވަމާ ދޯ. ވާނެ އަހަރުމެން ގެއަށް ވަދެލަން އެއްދުވަހަކު. މިކޮޅުގަތާ މި އުޅެނީ ނޭގިވެސް. މާ ވިއްކާ ފިހާރަ އިގެއެންނު ބޭކަރީ ކުރިމަތީ އެތަނާ ޖެހިގެން އިންނަ ގެ. އިޒާންވެސް ގޮވައިގެން އަންނާނީ.” “އަހަރުމެން މިއުޅެނީ އަންނަ ހަފްތާގައި މާލެ ބަދަލުވާން. ޗުއްޓީވެސް މި ނިމުނީއެއްނު. އެހެންވީމަ މާދަމާ ދާނަން ތި ގެއަށް. އިޒާން ކުޅެން ދިޔައީ މިހާރު އަންނަން އުޅޭނެ. ހިނގާ ދަމާ ދޯ ޝަފީ” ޝަފީގާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީ ހިތުގައި ވި ޝަކުވާ ތައް އެއްފަރާތްކޮށްލަމުންނެވެ. މާދަމާ ގެ ދަޢުވަތަށް އެއްބަސްވަމުން ޒާހިރުމެން ވަކިވެލީ އިޒާން ގެއަށް އަންނަންވާއިރަށް ގެއަށް ދެވޭތޯއެވެ. ” ޒާހިރު އަހަރެން ކައިރީ އަހާލުމެއްވެސް ނެތީތަ؟” ހިތްހަމަނުޖެހިފައި ހުރެ ޝަފީގާ ބުނެލިއެވެ. ނަމަވެސް ޒާހިރު އެއަށް ރައްދެއް ބޭނުންނުވާ ކަހަލައެވެ. އިޒްވާ އާއި ސަކަރާތް ޖަހަމުން ދިޔައީއެވެ. “ދަރިފުޅު އައީތަ؟” ސޯފާގައި ގޭމް ކުޅެން އިންް އިޒާން ފެނި ޒާހިރު އަހާލިއެވެ. ޒާހިރުގެ ސުވާލަށް ހޫމް އަކުން އިޒާން ފުއްދާލީއެވެ. “ބައްޕަމެން މިއުޅެނީ މާލެ ބަދަލުވާން އަންނަ ހަފްތާގައި. ދަރިފުޅު ބޭނުންވާ ހުރިހާ އެއްޗެއް މިހާރުން ފެށިގެން ޕެކް ކުރޭ އިގޭ” ޒާހިރުގެ ވާހަކަ ނުނިމެނީސް އިޒާން އޭނާއަށް ބަލާލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ނަމަވެސް އޭނާއަކީ މައިންބަފައިން ކުރިމަތީ ބަސްބުނާ ކުއްޖަކަށް ނުވާތީ ލައްބަ އޭ ބުނެލުމަށްފަހު ގޭމް ކުޅުމާއިގެން ކުރިއަށް ދިޔައެވެ. އިޒާން ގެ މި ދުރުކަން ފެނި ޒާހިރުގެ ހިތުގައި ރިއްސާލިއެވެ. މިކަމުގައި އޭނާގެ ކުށެއް ވާ ކަން ޚުދު އޭނާވެސް ގަބޫލްކުރެއެވެ. އެކަމަކު އެއީ އޭނާ އެއްވެސް މީހަކު ކައިރީ ދައްކާނެ ވާހަކައެއް ނޫނެވެ. އުފާވެރި ދިރިއުޅުމަކަށް އޭނާވެސް ހާދަ ފޮނި ހުވަފެންތަކެއް ދެކުނެވެ. ނަމަވެސް ޒާހިރަކީ ވައުދެއް ކޮށްފިނަމަ ކޮންމެ ހާލެއްގައިވެސް އެކަމެއް ފުރިހަމަ ކުރާ މީހެކެވެ. “އައްސަލާމްއަލައިކުމް” ސަލާމް ގޮވާލުމަށްފަހު ޝަފީގާމެންގެ ކުޑަ ކުޑަ އާއިލާ ލަޔާނާ މެންގޭ ދޮރުމަތީ މަޑުކޮށްގެން ތިބީ ސަލާމް ބަލައިގަންނާނެ އިރެއްގެ އިންތިޒާރުގައެވެ. “ވައަލައިކުމްސަލާމް” ތެޅެމުން ފޮޅެމުން އައި ލަޔާނާ އަވަހަށް އެމީހުން ވަންނަން ތަން ދެއްކިއެވެ. “ވަދޭ ވަދޭ. މިހިރީ އަހަރެންގެ ފިރިމީހާ ޔާސިރު ދެން އާން އިގެއެއްނު ދޯ.” ހިނިތުންވެ ހުރެ ލަޔާނާ އޭނަގެ ކުޑަ ކުޑަ އާއިލާ ތައާރަފު ކޮށްދިނެވެ. ޔާސިރުވެސް ޒާހިރު އާއި ސަލާމް ކޮށްލުމަށްފަހު ޝަފީގާއަށް ހިނިތުންވެލިއެވެ. “ހިނގާ ދޯ ސައިބޯން ދަމާ” އިޒާން އަތުގައި ހިފައިން ހުރެ ލަޔާނާ ބުނެލިއެވެ. “މަންމީ ބާބީގެ ލޯ ކީއްވެ އެ ކުަލައިގަ ހުންނަނީ؟” އާޔިންގެ ތުއްތު އަޑުން އޭނާގެ މަންމަ އާއި ސުވާލުކޮށްލިއެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. “އެއީ އިޒްކޮ ބަސް އަހާތީ. އާންވެސް ޖެހޭނެ ބަސް އަހާ ކުއްޖަކަށް ވާން އޭރުން އާންގެ ލޯ ވެސް ހުންނާނީ އާންގެ ފޭވްރެޓް ކުލައިގަ” ޔާސިރު އޭނާގެ ދަރިފުޅުގެ ސުވާލަށް ޖަވާބުދިނެވެ. “ބާބީ” އިޒްވާ ފެންނަ ކޮންމެ ފަހަރަކު އާޔިން އަށް ސިފަވަނީ ކާޓޫންތަކުގަ އުޅޭ ބާބީ ތަކާއިއެވެ. އުފާވެރި ވަގުތުކޮޅަކަށްފަހު ޝަފީގާ މެން ދިޔައީ ފަހުން ދިމާވާން ވައުދުވެފައެވެ. “މަންމީ ބާބީގެ އިއާރިންގްސް ވެއްޓިފަ” ބިންމައްޗަށް ވެއްޓިފައި އޮތް އިޒްވާގެ ކަންފަތުގައި ލާ އެތި ނަގައިން އާޔިން ގޮސް އޭނާގެ މަންމައަށް ދެއްކިއެވެ. ” ބާބީ އެއް ނޫނޭ ދަރިފުޅާ އިޒްވާ އޭ އެއީ. އިޒްކޮމެން ގޮއްސިއެއްނު މިހާރު. އާން އަތުގައި ބާއްވާ ފަހުން ދޭން އިގޭ” މޭޒުމަތި ސާފުކުރަން ހުރި ލަޔާނާ އާޔިން އަށް ޖަވާބު ދިނެވެ. އާޔިން ވީ އުފަލެއްގެ ބޮޑުކަމުން އޭނާގެ ކަބަޑަށް ގޮސް އެ އެތި ލީ ފަހުން އިޒްވާ އާއި ދިމާނެކަން އިގޭތީ ހިތްހަމަޖެހިފައި ހުރެއެވެ. “ދަރިފުޅާ ޒާން ބޯޑިންގ އަށް ވަންނަން އެ ގޮވީ އެންމެ ފަހު ފަހަރަށް. ދެން ނުކުމޭ އަވަހަށް” އެއާޕޯޓުގެ ފާޚާނާއަށް ވަން އިޒާން ލަސްވާން ފެށުމުން ޝަފީގާ ގޮވާލިއެވެ. އިރުކޮޅެއް ނުވެ އިޒާން ނުކުތް އިރު މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ޝަފިގާ ދެ ފަރާތަށް ބޯ ހޫރުވާލީ އެހެން ނުހުންނާށޭ ބުނާ ހާލުގައެވެ. ހާދީ ވެސް ފްލައިޓުގައި ހަމަޖެހިލައިގެން އިނީ އަމިއްލަ ފަސްގަނޑަށް ދެވޭތީ އުފަލުން ހުރެއެވެ. ނަމަވެސް ޝަފީގާ ހިތް ނުތަނަސްވަމުން ދިޔައީ ކީއްވެކަން ޚުދު އޭނާއަކަށްވެސް ނޭގެއެވެ. އިޒްވާ ގައިގައި ބައްދާލާ ލޯ މަރާލީ އެހިތަށް ކުޑަ ނަމަވެސް ހިތަހަމަޖެހުމެއް ލިބޭތޯއެވެ.
އަޅުގަނޑު މިހާރު ލިޔަމުންދާ ވާހަކަ އަފްރީން ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދެން ނުގެނެސްދެވޭނެ ވާހަކަ ވަރަށް ހިތާމައާއެކު ބުނެލަން ނަމަވެސް އިންޝާ ﷲ އަޅުގަނޑުގެ އާވާހަކައެއް ވަރަށް އަވަހަށް ކިޔާލަން ލިބޭނެ. އަދި އެއްފަހަރު ތިހުރިހާ ކިޔުންތެރިންގެ ފަރާތުން މާފަށް އެދެން.
އާނާ ހިނގާފައިގޮސް އެޕާރޓުމަންޓް ދޮރު ހުޅުވާލިއެވެ. ހުޅުވާލުމާއެކު އާނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފަހަތުން އައި މީޝާއަށް ވެސް ވީ އާނާއަށް ވީވަރެވެ. ކުރިމަތީ ހުރި ޔަނާލް ފެނި ދެމީހުންނަށް ވެސް ހުރެވުނީ ބަލާށެވެ. ޖެހި ބުދެއްހެން ޔަނާލް މީޝާ ފެނުމުން ހުރެވުނީއެވެ. އޭނާ އެގެއަށް އައީ އެއްގޮތަކަށް ވެސް މީޝާ ބުއްދަލު ވެދާނެ ކަމަކަށް ނޫނެވެ. ކުއްލިއަކަސް މީޝާ ފެނުމުން ޔަނާލް ވާންވީ އުފާކަމެއް ނުވަތު ވާންވީ ދެރަކަމެއްވެސް ނޭނގުނެވެ. ހުރިގޮތަށް ގުޑިލަން ވެސް ނޭނގިފައި […]
“ކޮބާ މަންމީ. ހޫދު އޭރުވެސް ބުނިންދޯ ޒަމްދައްތަ ބަލާ އަންނާނެއޭ. އަޅުގަނޑު ގޮވައިގެން ޕާކަށް ދިޔަނަމަ ޒަމްދައްތައަކަށް ނޭނގޭނެ ހޯދާކަށް” ހޫދު ވަރަށް ވިސްނާފައި ބުނެލި ވާހަކައިން ޒަމްރާއާއި އައިޝާއާ ދެމީހުންނަށް އެއްފަހަރާހެން ހޭންފެށުނެވެ. ****** “އޭ ބޮޑުމީހާ.. ނަމާދަށް ދާކަށް ނުވޭތަ. ދޭބަލަ އެތެރަށްގޮސް ވުޟޫކޮއްލައިގެން އަންނަން.” ސައިކަލުގައި ދޮރާށިދޮށަށް މަޑުކޮއްލި ޒާމިން ހޫދުއާ ދިމާއަށް ބުނެލިއެވެ. “ޒާމިން. ނަމާދުކޮށް ނިމިގެން ހޫދުގޮވައިގެން މިގެޔަށް އިނގޭ އަންނާނީ. އަހަރެން ހުންނާނެ ސައިހަދާފަ. މިންނުމެންވެސް އޭރަށްވާއިރަށް އަންނާނެ.” […]
ނަޒީހް މެންގެއަށް ދެވުމުން ނަޝްވާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެއަށްފަހު މަޑުމަޑުން އެތެރެއަށް ހިނގައިގަތެވެ. ސިޓިންގްރޫމްއަށް ވަންނަ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން ނަޝްވާ ގޮސް ތަޅުގައި ހިފާލިއެވެ. ނަމަވެސް ބަޔަކު ވާހަކަ ދައްކާއަޑަށް ހުއްޓުންއެރިއެވެ. ނަޝްވާ ދޮރާއި ކަންފަތް ކައިރިކޮށްލީ ކިޔާއެއްޗެހި ބޮޑަށް ސާފު ވޭތޯއެވެ. ނަޝްވާގެ ދެލޯބޮޑުވެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ނަޒީހް ދައްކަމުން ދިޔަ ވާހަކައެއްގެ ސަބަބުންނެވެ. *********************************** ނަޒީހް އިނީ ގްރޫޕެއް ހަދައިގެން ކެރަން ކުޅޭށެވެ. “ހަގީގަތަށް ބުނަންޏާ މިހާރު އަހަރެންނަކަށް […]
އާދައިގެމަތިން 12ޖަހަންވީ އިރަށް ހިރިހާ މަސައްކަތްތަކެއް ނިންމާލުމަށްފަހު ހިންދެމިލާފައި ނަވާރު ޖުމްނާއަށް ގުޅާލީ މެންދުރުގެ ކެއުމަށް ދިއުމަށެވެ. ޖުމާވެސް ރެޑީކަމަށްބުނުމުން އަބަދުވެސް އެމީހުންދާ ބޭވޮޗް އަށް ދިއުމަށް ބުނުމަށްފަހު ފޯނުކަނޑާލާފައި ޝިވަންއަށް ވެސް ލަންޗަށް އައުމަށް މެސެޖްކޮށްލިއެވެ. މިއީ ކޮންމެ ދުވަހުގެ އާދަކަމުން ޝިވަންވެސް “އެބަދަމޭ” ބުނެ މެސެޖްކޮށްލުމުން މިއަދުވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް އަމަލުތަށް ބެހެއްޓުމަށް ނަވާރު ޝިވަން އަށް ރިޕްލައިކޮށްލިއެވެ. އެހެން ނޫނީ މާކުރިން ޖުމްނާއަށް މިއަދު ނަވާރު ރާވާފައިވާ ސަޕްރައިޒް ފަޅާއަރާފާނެއެވެ. ހަމަޖެހިލައިގެން […]
ފެނުން ތޮޅިލުމަށްފަހު އެރި އިރުގެ ރަން ދޯދިތަކުން މުޅި ދުނިޔެ އުޖާލާވެގެން ދިޔައެވެ. އުޑުމަތީގައި ރީތި އެކިއެކި ކުލަ ޖައްސަމުން އިރު އެރުމާއެކު ދޫނި ސޫފާސޫފިތައް އެސޮރުމެންގެ ހާލިތަކުން ނުކުމެތިބެ ހެނދުނުވެއްޖެކަން އިއުލާނުކުރަމުން ދިޔައެވެ. ހެނދުނުގެ މިހިތްގައިމު ވަގުތު ރަށުގެ އަތިރިމަތީގައި އެކަނިމައި އެކަނި މިއުޝީން އިނށީދެލައިގެން އިނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސައިލައިގެން ދެއަތް ކަކުލުގައި ވަށައިލައިގެން އިނދެ މޫދާ ދިމާއަށް ބަލަމުންދިޔަ މިއުޝީންގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ހިތާހިތުން އަމިއްލަ ނަފުސް ކުށްވެރިކޮށް […]
ކިޔާންގެ ހަޔާތަށް އައުމަށް މައިޝާ އެއްބަސްވުމުން އެމެރިކާގައި ކިޔާން އުޅުނީވަރަށް ހިންހަމަޖެހިގެނެވެ. ދުވަސްތައް ގުނަމުންދިޔައީ އަވަހަށް އެ އަހަރު ނިމި ޑިސެމްބަރު މަސް ނުޖެހިގެންނެވެ. މަސައްކަތުން ނިމިގެން ކިޔާން ގެއަށް އައިސް އެންމެފުރަތަމަ ކަމަކަށް ބަލަނީ މައިޝާއާއި އޮންލައިނުން ދިމާވޭތޯއެވެ. ކުރީކޮޅު މައިޝާ ބަރާބަރަށް އޮންލައިނުން ކިޔާންއާއި ވާހަކަދައްކަން މަޑުކުރިއަސް ފަހުން ފަހުންއައިސް ކިޔާންއަށް މައިޝާގެ ހަބަރުވާލެއް މަދުވާންފެށިއެވެ. ………………………………………………………….. “ދަރިފުޅާ ކިޔާން! އާދޭ ކާން… މައިޝާ ގޮއްސި މާއިން ގޮވައިގެން ޤުރުއާން ކްލާހަށް..” ކިޔާން ގެ […]
”އަނބި ޤަބޫލް ކޮއްފިން!” ގާޒީ ހުތުބާއަށް ފަހު ޝަރާއާ މާކިން ކައިވެނި ކޮއްދިނުމުން އަނބި ގަބޫލް ކުރި ކަމަށް މާކިން ބުނެލިއެވެ. އޭރު މާކިން ހުރީ އިންތިހާޔަށް އުފާވެފައެވެ. އެހެން ނަމަވެސް ޝަރާ އިނީ ލަދުން ކުރާނެ ކަމެއް ނޭނގިފައެވެ. ޝަރާއާ މާކިންއާ ދެ މަފިރިން ކައިވެނި އޮތީ ދަރުބާރުގޭގައެވެ. ޕާރޓީއެއް ބޭއްވޭ ވަރުގެ ޖާގައެއް އޮތްނަމަ މާކިން ބޭނުން ވަނީ ގޭގަ ޕާރޓީ ބާއްވަންށެވެ. އެހެން ނަމަވެސް ގޯތީގަ އެއްކޮށް އިމާރާތް ކޮއްފަ ހުރުމުން ގޭގަ […]