ޒިމްޔާ ހެނދުނު ފިހާރައަކަށް ދަނިކޮއް މީކާއީލް ފެނުނެވެ. ނަމަވެސް އަޅާވެސް ނުލާ ސައިކަލަށް އަރައިގެން ދިޔުމުން ޒިމްޔާގެ ހިތް ހަލާކުވާވަރުވިއެވެ. ނަމަވެސް އެކަމާ ވިސްނާ ހިތާމަ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފިހާރައިން ނިކުމެވެސް އެކަމާ ވިސްނަމުން ދަނިކޮއް އޭނަ ކޮލުގައި އަޅައިގަތީ ދުރުގައި ބޮޑު ކަޅު ހެދުމެއް ލައިގެން ހުރި ކުއްޖެކެވެ. ކިތަންމެ ދޫ ހެދުމެއް ލައިފައި ހުއްޓަސް ބޮޑު ބަނޑެއް ހުރުމުން މާބަނޑޫ ކުއްޖެއްކަން އިނގުނެވެ. މީހާ ހުރީ ހިވެގެންގޮސް ސިފަގެއްލޭވަރުވެފައެވެ. ހަމަ އެކަނި […]
މީކާއީލްއަށް ހުރެވުނީ އެހުރިތާ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ދެފައިން ވާގި ދޫވާން އުޅޭހެން ހީވުމުން ފާރުގައި ލެނގިލިއެވެ. ޒިމްޔާ އޭނަ ދޫކޮއްދިޔަ ދުވަހުވެސް މިހެން ދެރައެއް ނުވެއެވެ. ނަމަވެސް ޒިމްޔާ މިއަދު އެދިޔައީ އޭނާ އެހާގޯސް މީހަކަށް ހަދާފައެވެ. އޭރު މީކާއީލްއަށް ހަމަ ރަގަޅައްވެސް ރޮވިއްޖެއެވެ. އޭނާ އެއްވެސް އިރަކު ޒިމްޔާގެ ފަރާތުން ބޭނުމެއް ހޯދާކަށް ނޫޅެއެވެ. މީކާއީލް އެތާ އިނދެ ރޮމުން ދިޔައެވެ. ފެންނަ މީހެއްވެސް ހިތުގަ ޖެހޭނެކަން ޔަގީނެވެ. ބޮޑު ފިރިހެން ކުއްޖެއް […]
ވާހަކައިގެ ކުރީގެ ޕާޓް ގަ ކުޑަ މިސްޓޭކްއެއް އިންނާނެ. އާލާގެ ދަރިފުޅެއް ނޫން މިޒްނާގެ ދަރިފުޅު ޒިވީ އެއީ. …….. “މަށައް ފެންނަނީ ޔަޒްނާ ކައިވެނި ނިމުނީމަ ތިކަމާ އުޅެން އެހެންޏާ މަސްލަހަތު ގޯސްވެދާނެ. އެކަމް މީކް ބަލާ ކޮންމެސް ގޮތަކުން ޒިމްޔާއަށް ގުޅޭތޯ. ކޮންމެ ގޮތެއް ވިޔސް ޔަޒޫ ވެޑިންގަ ދިމާވާނެ. ބާކީ އިނީ އެންމެ ހަތަރު ދުވަސް” މިހެން ބުނުމުން މީކާއީލް ސިކުނޑީގައި މޮޅު ރޭމުނެއް ރާވާލިއެވެ. ………………………………………………. ޒައިދާން ދިޔުމުން މީކާއީލް އޮފީހަށް ނުގޮސް […]
މީކާއީލްވެސް ހިނިތުންވެލައިގެން ހުއްޓަސް އޭނާ ޒިމްޔާ މަތިން ހަނދާން ނުކުރާ ދުވަހެއް ނުދެއެވެ. އެ ހިތް އެދި ގޮވަނީ ހަމައެކަނި ޒިމްޔާއަށެވެ. ނަމަވެސް ޒިމްޔާ މިއަދުވަނީ އޭނައާއި މާދުރައް ގޮއްސައެވެ. މިހާރު ޒިމްޔާ އޭނައަށް ނަފްރަތްވެސް ކުރާނެ ކަންނޭނގެއެވެ. ނޫނީ އެހެން މީހަކާއެކީ އުޅޭނެ ކަންނޭގެއެވެ. މީކާއީލްއަށް އިނގިހުރެ ޒިމްޔާ އެހެން މީހެއްގެ ހައްގަކަށްވިޔަކަ ނުދޭނެއެވެ. ……………………. ތިން އަހަރު ފަސް…………………………….. ……………………………………… ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ކިޔާންއާއި ޒައިދާން އާއި ޔަޒްނާ އިންތިޒާރުކުރަމުން ދިޔަނީ […]
“ކަލެއައް ނުނިކުމެވެންޔާ މަވެސް ނެރެދީފާނަމޭ” މިހެން ކިޔާ ފައިހާ އަތުގަ ހިފާ ދަމާފަ ކަހަލަ ގޮތަކައް ގޮސް ގޭޓުން ބޭރައް ހޫރާލިއެވެ. …………………………………………………………… “ކިހާ ދެރަ ކަމެއް މީކާއީލް. ޒިމްޔާ ކޯޗެއް އޮވެގެން ޒިމްޔާ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ. ޒިމްޔާއަށް ވުރެ މަ މާ ރީތި ވާނެ. އޭނަ އެ އައީ އިހައް ދުވަހަކު ކީއްވެތަ މީކާއީލް މަށައް ހިތް ނުކިޔަނީ. މަ ނުކުރަނީ ކޮން ކަމެއް މީކާއީލް ހޯދަން. އެހުރިހާ ކަމެއްވެސް ކުރީ ހަމަ […]
ޒިމްޔާ ގެއައް ގޮސްވެސް ވިސްނެނީ ފައިހާ ދެއްކި ވާހަކަ އާއި ދޭތެރޭއެވެ. އޭނާ ދެކެ ހަމަ މީކާއީލް އެހާ ރުޅި އާދޭ ހެއްޔެވެ.؟ ނަމަވެސް ޒިމްޔާ ދެވަނަ ސިކުންތު ވިސްނީ ފައިހާގެ ގޮތް އިނގި އެހެދީ ދޮގެއް ކަމަށެވެ. ޒިމްޔާގެ ޅަ ސިކުނޑިއައް އަދިވެސް ނުވިސްނެނީ އެ ހުރިހާ ކަމެއް ކޮއްގެން އެހުރީ ފައިހާ ކަމެވެ. …………………………………………………… ދުވަސްތައް ފާއިތުވަމުން ގޮސް ޒިމްޔާ ފުރާ ދުވަސް ޖެހިއްޖެއެވެ. ޒިމްޔާ ކޮލެޖް ކަންތައް ހަމަ ޖެހި ޒިމްޔާ އެތަނައް […]
“މީހަކީތީއޭ މަގޭ ހުރިހާ މިދުނިޔޭން ގައިމޭ، އެކަނިވެރި މިހަޔާތް މިހެން ވޭތު މިތާ ކުރެވޭހޭ.” މިކަޑި ޒިމްޔާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ވޭންތަކުން ދިން ހިތި މާޒީ މި ލަވަ ވަނީ ހުރިހާ ގޮތަކުންވެސް އޭނާގެ ހަޔާތާއި ގުޅިފައެވެ. ……………………………………………………. ތިން މަސް ފާއިތުވެގެން ދިޔައިރުވެސް މީކާއީލްއަށް ވަނީ ޒިމްޔާ އެހެން ހެދި ސަބަބެއް ނުވިސްނިފައެވެ. ނަމަވެސް މިހާރު ކޮންމެސް ވަރަށް މީކާއީލް ވަނީ އެދިރިއުޅުމަށް ހޭނިފައެވެ. މީކާއީލް އަކީ ކުރީގެ މީކާއީލްއެއް ނޫނެވެ. މިހާރު […]
އެމީހެއް ފޮނުވާފަ ހުރި އެއްޗިހިތައް ބަލަމުން ދިޔައިރު ޒިމްޔާއަށް އިނދެވުނީ ދެލޯ ބޮޑުކޮއްގެންނެވެ. ހުރިހާއެއްޗެއް ބަލާ ނިންމާފައި ބާރަކަށް ރޮއެގަނެވުނެވެ. ………………………………………. “ނުން ނޫން މި ނުވާނެ ތެދަކައް” ޒިމްޔާ އެކަނި އިނދެގެންވެސް ވާހަކަދައްކަން ފެށުނެވެ. “ކީއްވެ ކީއްވެ އަބަދު މިހެން މަށައް ވާންވީ؟ އުފަލެއް ނެތީތަ މިހިތައް ދުވަހަކުވެސް” ޒިމްޔާ މޭގައި އަތް އަޅާލަމުން ބުނެލެވުނެވެ. މިއަދު ދުވަހަކު ހިތައް އަސަރު ނުކުރާ ވަރަށް ޒިމްޔާގެ ހިތައް އަސަރު ކުރިއެވެ. ޒިމްޔާ އެތައް ފަހަރަކު އެ […]
އާލާމެން ގެއަށް ވަތް އިރު އެކަކުވެސް ފެންނަން ނެތުމުން މީކާއީލް އަށާއި ފަޔާޒްއަށް ގެނައެއްޗިހި މޭޒުމަތީ ބަހައްޓައިފައި އާލާ ދިޔައީ ފަޔާޒް އަށް ގޮވަންށެވެ. ފަޔާޒް ކައިރި މީކާއީލް އޮންނާނެކަމަށް ހިތާ ޒިމްޔާއާއި މިޒްނާވެސް ފަހަތުން ދިޔައެވެ. ދޮރު ހުރީ ތަޅު ނުލާކަމުން ދޮރު ހުޅުވައި ބަލައިލި ތަނުން ތިން މީހުންނައްވެސް ހުއްޓުން އަރާފައި ފެންނަން އޮތް މަންޒަރުން ހުއްޓުން އެރިއެވެ. މީކާއީލްވެސް މަތީގައި އިނދެފައި ޒިމްޔާމެން ގެއަށް ވަދެ ހޭ ވާހަކަ ދައްކާ އަޑައް ނިކުތެވެ. […]