Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް މިއެދޭ ސޫރައޭ ތީމަގޭ (5 ވަނަ ބައި )

SJK...KOREAN Level 2100 Comments100 Login10 Stories
November 16, 2017 8 Mins Read
65 Comments

އަޔާންމެންނަށް މާލެ ދެވުނީ 11 ޖަހަން އުޅެނިކޮށެވެ. “ޓެކްސީއެއް ހޯދަން ވަރަށް އުނދަގޫވާނެ މިވަގުތު…. ހިނގާ އަހަރެމެން ދެމީހުން ޔާލްމެން ޑްރޮޕް ކޮށްލަދޭންދާން…؟؟ ” ޝާނިމް ވާހަކަ ދެއްކީ އަޔާންއާއެވެ. ” ތިމީހުން ނައްޓައިލަ… އަހަރެންވެސް މިދަނީ ޔާލް ގޮވައިގެން…” ނޫރާއާއި ޝާނިމް ގާތު ދާށޭ ބުނުމަށްފަހު އަޔާން ދިޔައީ ޔާލް ކާރިއަށެވެ. “ހިނގާ ދާން… އެމީހުންވެސް އެދިޔައީ… ” އަޔާން ސައިކަލަށް އަރަމުން ޔާލް ކާރީ އެރުމަށް ބުނެލިއެވެ. “އަހަރެންދާނީ ހިނގާފަ…. ކޮންމެހެން އަަޔާން އަހަރެންލާން ދާނެކަމެއް ނެތް… ” ޔާލް ކުރިއަށް ހިނގައިގަތެވެ.. އެވަގުތު އަޔާންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައިތިބި ޕާޓޭ ގުރޫޕެކެވެ.. ޔާލް އެކަނި ދާން ދޫކޮއްލުން އެހާ ރަނގަޅުނޫން ކަމަށް އެހިތް ބުނަމުން ދިޔައެވެ. އަޔާން ސައިކަލު ދުއްވާލަމުންގޮސް ޔާލްއާއި އެއްވަރު ކޮށްލިއެވެ. “އަރަ ފަހަތަށް… ” ޔާލްގެ އަތުގައި ހިފަހަށްޓަމުން އަޔާން ތަންކޮޅެއްބާރަށް ބުނެލިއެވެ. ” އަހަރެން ބުނެފީމެންނު ބޭނުމެއް ނޫނޭ.. ކީއްވެތަ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ…؟؟ އެހެން އަންހެނުން ގޮވައިގެން ދޭބަލަ…. އަހަރެންމީ ފިރިހެނުން ފަހަތުން ދުވާ މީހެންނު… ” ޔާލް އަތް ފޮޅުވާލަމުން ހަޅޭއްލަވައިގަތެވެ. “ބުނަންތަ… ޔާލް ތިހާ ރުޅި އައިއްސަ ތިހުރީ އެފަހަރު އަހަރެންނަށް އެހެން ބުނެވުނީމަކަން އެނގޭ… އެކަމުވެސް އަރާބަލަ… ފެނޭތަ ގުރޫޕު ހަދާފަ އެހެރަ ޕާޓޭންތަށްް…؟ ” އަޔާން އެހެން ބުނުމުން ޔާލް ފަހަތް ބަލާލިއެވެ.. ތެދެކެވެ. މިވަގުތު އެކަނި ދިއުން ރަނގަޅެއް ނުވާނެއެވެ. އެހެން ގޮތެއް ނެތުމުން ޔާލް ޖެހުނީ އަަޔާންގެ ބަސް ގަބޫލުކުރާށެވެ. އަދި ސައިކަލު ފަހަތަށް އަރާ ހަމަ ޖެހިލިއެވެ. ޔާލް މަސައްކަތް ކުރީ އަޔާންއާ ވީހާވެސް ދުރުގަ ހުރެވޭތޯއެވެ. “ކުރިންވެސް ތިގޮތް އޮތެންނު…. ކުޑަ ކުއްޖެއްތަތީ ބޮޑާހާކަން….” އަޔާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “އިޓްސް ނަން އޮފް ޔުއަރ ބިޒްނަސް…. ” ޔާލް ބުނެލީ ރުޅިވެރި ފާޑަކަށެވެ.. ” އޯކޭ…. ދެން ބުނެބަލަ ކޮންތާކުތަ ގެ އިންނަނީ… ؟؟ ” އަޔާން އަހާލިއެވެ. ޔާލްގެ އިންނަ މަގު އަޔާންގާތު ބުނެލިއެވެ. ސައިކަލުގޮސް ‘އޯޝަން ރޯޒް’ ދޮރުމަށްޗަށް ހުއްޓިއިރަށް ޔާލް ފޭބިއެވެ. ހީވީ ލަސްވެފައި ހުރިހެންނެވެ.. ” ބާއި… ގުޑް ނައިޓް… ސްވީޓް ޑްރީމްސް.. ” އަޔާން ޔާލްއަަށް އަަޑުއިވޭ ވަރަށް ގޮވާލިއެވެ. ” ހުއް… ބޭޑް ނައިޓް… ޑެވިލް ޑްރީމްސް ޔޫ ޑޮންކީ.. ” ޔާލް އެހެން ބުނެލި ގޮތުން އަޔާން ގާތަށް ހިނިވެސް އައެވެ. އަޔާން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. އަނދިރި ގަނޑުތެރޭ އެމީހުންނަށް ފާރަލާން މީހަކު ހުރިކަމެއް ނޭނގޭ ހާލުއެވެ.. *****************************************************

“ބަލަ ޔާލް… އެއޮއް ގަޑި ޖެހެނީ އެއްނު…. އަދިވެސް ނުނިމޭތަ…؟؟؟ ” ޔާލްގެ މަންމަ ނަސީމާ ޔާލް ކޮޓަރީ ދޮރުގައި ޓަކިދިނެވެ. ” މަންމާ.. މިނިމުނީއޭ…. ސައި ނުބޮވޭނެ މިއަދު…. ދަނީ އިނގޭ… ” ނަސީމާގެ ކޮލުގައި ހިފާލަމުން ޔާލް ސިޑިން ފައިބަން ހިނގައިގަތެވެ.. ” މަޑުކޮށްބަލަ… މަންމަ މި ވިސްނަނީ ތި އޮފީހުގަ އުޅޭ ދަރިފުޅުގެ އެންމެ ގާތް އެކުވެރިންނަށް ސައެއް ދޭން މިއަދު… ވަޒީފާ ލިބުނީމަ… ކިހިނެއްވާނެ؟؟ ދަރިފުޅުގެ ހިޔާލެއް ބުނެބަލަ..” ” އަޅުގަނޑަށް ހަމަ އޯކޭ… އެހެންވީމަ މިރެއަށްދޯ ހަދާނީ… އަޅުގަނޑު ބުނެލާނަން އެމީހުން ކާރީ.. އެންމެ ރަނގަޅެއްނު… ކޯއްޗެއްތަ ހަދާނީ މަންމަ…؟؟؟” ދަބަސް އަޅުވާލަމުން ޔާލް ބުނެލިއެވެ.. ” ހޫނ.. ދެން ހަދާ އެއްޗެއް ނުބަލަ.. އެމީހުން ގާތު ބުނެ 8:30 އަށް އަންނަށްޗޭ…. ދެން ދޭ…” ނަސީމާ މިހެންބުނެ ގޮސްވަނީ ބަދިގެއަށެވެ…

އޮފަިހަށް ވަދެގެން އައި ޔާލް ގޮސް ސޮއިކޮށްލުމަށްފަހު ކެބިންއަށް ދާން ހިނގައިގަތެވެ.. ” އޭތް.. އޭތް ޝާނިމް.. މިރޭ އެބައޮތޭ ސައެއް އަހަރެންގެ ގޭގަ… އަންނަށްޗޭ 8:30 ވާއިރަށް… މަންމައާ އަހަރެންގެ ފަރަތުންދޭ ކުޑަ ސައެއް ތިމީހުންނަށް އޮތީމަ… ” ފައިލްތަކެއް ހިފައިގެން ދިޔަ ޝާނިމްއަށް ޔާލް ގޮވާލުމަށްފަހު ދައުވަތު ދިނެވެ. ” އާނ.. ޔަގީނެންނު ދާނެކަން…. ” ހީލަމުން ޝާނިމް ބުނެލިއެވެ. ” ހެހެ.. ޝިޔާޒްއާ ޝިއު ކާރީވެސް ބުނެލަށްޗޭ…. ތި ފްލޯގައެއްނު އުޅެނީ…. ” ޔާލް ލިފްޓަށް އަރަމުން ބުނެލިއެވެ.. ” އޯކޭ ޑަން.. ޔާލް… އެބައޮތް އިނގޭ ވާހަކައެއް ދައްކާލަންވެފަ.. ޔާލްވާނެ އެކަމުގަ އެހީވެދޭން… ” ޝާނިމް ސީރިއަސް ވެލަމުން ބުންޏެވެ.. ” އޮއް… ހެހެ އެއްވެސް ކަމެއް ނޫން.. ފްރީ ވީމަ އަންގާލަ އިނގޭ… ” ފޯނު ދައްކާލަމުން ޔާލް ހީލިއެވެ.

މަޑުހިނގުމެއްގައި ޔާލް ގޮސް ކެބިން ދޮރުމަތީ މަޑު ކޮށްލިއެވެ.. ” އޯ މައީ ގޯޑް… އަޔާން ކާރީވެސް ބުނަންޖެހޭނެ މިރޭ ގެއަށް އަންނަން… ޝިޓް…..” ޔާލް މަަޑުމަޑުން ބޮލުގައި ޖަހާލިއެވެ.. ހަމަޖެހިލުމަށްފަހު ޔާލް ގޮސް ކެބިންގެ ދޮރު ހުޅުވާލިއެވެ.. ނަސީބަކުން އަޔާންއެއް ނެތެވެ.. ނަމަވެސް ޔާލް ހައިރާންވީ ޔާލްގެ މޭޒުމަތީ އޮތް ރަތް ފިނިފެންމާ ބޮނޑި ފެނިފައެވެ.. ޔަގީނެވެ. މިވެސް ވާނީ އަޔާންގެ ކަމަކަށެވެ.. ފިނިފެންމާ ބޮނޑި ނަގައި ޔާލް އޭގެން ވަސް ބަލާލިއެވެ.. އަދި އޭގައޮތް ނޯޓު ކޮޅު ކިޔާލިއެވެ.. “ވަރަށް ރީތި ހީލުމެއް… ރުޅި އައިއްސަ ހުންނައިރު މާރީތި…. ލޯބި ލޯބި ޔާލް… ” އެ ނޯޓް ކޮޅުގައިވީ މިހެންނެވެ.. ޔަގީނެވެ.. މީ އަޔާން އޭނަގެ ރުޅި ފިނިވޭތޯ ދިން އެއްޗެކެވެ.. ” ވާއު.. ހާދަ ރީއްޗޭ… ކާކު ދިން އެއްޗެއް..؟؟؟ ” ކުއްލިއަކަަށް އަޔާންގެ އަޑުއިވުމުން ޔާލް ދިޔައީ ސިއްސައިގެންނެވެ.. ” ކޮން ވާއު އެއް…. އަދި އަމިއްލައަށް ގެނެއްސަ ވާއުއޭ އެބަ ކިޔައެންނު….. ” ޔާލް އަޔާން އަތަށް އެމާބޮނޑި ޖަހަމުން ލޯ އަަޅާލިއެވެ.. ” އަމްްމް… ނޯ… އަހަރެންނެއް ނޫން… މިވާނީ ޔާލްގެ ބޯއީ ފްރެންޑް ގެނެސްދިން އެއްޗެއް ކަމަށް… ހާދަ ރޮމޭންޓިކްއޭދޯ….” އަޔާން އިނީ އަދިވެސް އެ ފިނިފެންމާ ތަކުގެ ވަސް ބަލާށެވެ.. ” އައްދެ.. މީގަ އެބަ އޮތް ނޯޓެއްވެސް…. ” މިހެން ބުނެ އެ ނޯޓްކޮޅުގައިވީ ޖުމްލަތަށް އަޔާން ތަކުރާރުކޮށް ކިޔާލިއެވެ. ” ސޯ… ބީއެފް އާ ތޮޅިލާފަ ދޯ ތިއައީ…. އެހެންވެ އެންނު ރުޅި އައިމަ މާ ލޯތްބޭ ބުނެފަ އިންނާނީ… ” އަޔާން މަޑުމަޑުން ޔާލްގެ ކަންފަތްދޮށުގައި އަހާލިއެވެ.. ” އަޖައިބެއް… އަހަންނަކަށް ނޭނގެ ތީކާކު ފޮނުވި އެއްޗެއްކަމެއް… އެން ވަން މޯ ތިންގް.. އަހަރެންގެ ބީއެފްއެއް ނުހުންނާނެ… ” ގޮނޑީގައި އިށީންނަމުން ޔާލް ފައިލްތަށް ހާވަން ފެށިއެެވެ.. އަޔާންގެ ވާހަކަތަކުން އެއީ އަޔާން ގެނައި އެއްޗެއް ނޫންކަން ޔާލްއަށް ޔަގީންވިއެވެ.. ދެން މާ ފޮނުވާނީ ކާކުހެއްޔެވެ.؟؟ ޔާލްގެ ހިތުގައި ސުވާލު އުފެދުނެވެ.. ” އޯކޭ… ސޯ ޔޫ އަރ ސިންގަލް… ހޫމް.. އަހަރެން މީތި ގެންދަނީ އެހެންވީމަ… ” އަޔާން ވާހަކަ ދެއްކިކަންވެސް ޔާލް އަކަށް ނޭނގުނީ ވިސްނުމެއްގައި ހުރުމުންނެވެ.. ” އޭތް ބަލަ…” ޔާލްގެ މޫނު ކުރިމަތީ އަތް ތަޅުވާލަމުން އަޔާން ގޮވާލިއެވެ.. ” ގެންދަންވީނު ބިޓަށް ދޭން… ” ޔާލް ތުން އަނބުރާލިއެވެ.. ” ހަހަހަ.. އަސްލު ބުނަންތަ ވާހަކައެއް…. އަހަރެންގެވެސް ނުހުރެޔޭ… ސޯ ސޭމް ޕިންޗް..؟؟؟ ” ސަލާމަށް އަތް ދިއްކޮށްލަމުން އަޔާން ބުނެލިއެވެ. އަޔާން އެހެން ބުނުމުން ޔާލްގެ ހައިރާންކަންވީ އިތުރެވެ. އުފާވެސްވިއެވެ. ދެންމެ އަޔާންއާ ވާހަކަދެއްކި ރާގު ބަދަލުވިއެވެ. ” ދެން އެއްކަލަ ރޭ ވާހަކަ ދެއްކީ ކާކުއާ މާ ލޯބިން.. ؟؟؟ ” ޔާލް އަވަސް އަވަހާ އެހެން އަހާލުމުން އަޔާން އެބުނާ ރެއެއްމަތިން ހަނދާން ކޮށްލިއެވެ. އަޔާންގެ ލޯބިވެރިއެއް ނުހުރޭ ބުނުމުން ޔާލްގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ.. ހިނގާދިޔަ ހުރިހާކަމެއް ހަނދާންނެތުނެވެ.. އަޔާންދެކެ އާދެވުނު ރުޅި އެއްކޮށް ފިނިވެގެން ދިޔަކަހަލައެވެ.. ނަމަވެސް ޔާލް ބޭނުންވީ އަދިވެސް ބޮޑަށް ޔަގީން ކުރާށެވެ.. އިރުކޮޅަކު ވިސްނަން އިނުމަށްފަހު އަޔާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.. “ހޫމް… އެއީ ދޯ…. ކިހިނެއްވީ..؟؟؟ އެ ކީއްކުރަން އެމީހެއްގޮތެއް ބަލަނީ..؟؟ އެހެން ނޫނަސް ރެއިން ފަށައިގެން އަހަރެންދެކެ އެހާ ރުޅިއައިއްސަ ހުރި މީހަކު ކުއްލިއަކަށް އަހަރެން އެހެން ބުނީމަ މާ ރީއްޗަށް ތިވާހަކަ ދައްކަންފެށީ ކީއްވެ..؟؟؟ ” ޔާލް ކާރިއަށް ފަހަރަކު ފިޔަވަޅެއް އަޅަމުން އަޔާން ސުވާލުކުރަމުން ދިޔައެވެ. އަނގަ ބަންދުވެފައި އިން ޔާލް ސިހުނީ ފަހަތަށް ޖެހެމުންގޮސް ފާރުގައި ބުރަކަށިޖެހުމުންނެވެ. އަޔާން ގޮސް މަޑު ކޮށްލީ ޔާލްއާއި ނުހަނު ގާތުގައެވެ. އަދި ޔާލްއާއި ހަތަރުކަޅި ހަމަ ކޮށްލިއެވެ.. “ހޫމް… މިހާރު އަހަންނަށް މާފުކުރީދޯ ހުރިހާ ކަމެއްގަ؟؟؟ ” ބުމަ އަރުވާލަަމުން އަޔާން އަނެއްކާވެސް އެހެން ސުވާލެއް ކޮށްލިއެވެ. ޔާލްހުރީ އޭނާގެ ހިތް ފަޅާ އަރަފާނެތީ ބިރުންނެވެ. އަވަހަށް އިސް ޖަހާލީ އަޔާން ފަރުވާތެރިކަމާއެކު އެ ލޮލަށް ބަލާލުމުންނެވެ.. ” ނުކުރަން…. ދުވަހަކުވެސް ނުކުރާނަން… އަހަންނަށް ހެވޭ އެއީ ކާކުތޯ ނުބުންޔަސް… އަހަންނަށް ކީއް.. ” އަޅައަަޅައި ގަންނަމުން ޔާލް ވާހަކަ ދެއްކިއެވެ. ” ސޯ އެހެންވީމަ މިރޭ ތިގޭ އޮންނަ ސަޔަށް ގޮސް ސީދާ ޔާލްގެ މަންމަ ގާތުން މާފު ހޯދަނީ…. މިވަގުތުން ފެށިގެން އަހަރެން ބީރުކަމަށް ބަލަ… ” އެހެން ކިޔާފައި އަޔާން ގޮސް ގޮނޑީގައި އިށީނެވެ. “އަޔާންއަށް މިރޭ ސައި އޮންނަކަން ކިހިނެއް އިނގުނީ..؟؟؟ ” ޔާލްއަށް ވަގުތުން ސުވާލުކޮށްލެވުނެވެ. ނަމަވެސް އަޔާން އެނގޭކަމަށްވެސް ނުހަދައެވެ. ” ހެވޭ… އަސްލަށްވެސް ބީރުވިއްޔާ ރަނގަޅީ…. ނިކަން ކެރެންޏާ ގޮސް މާފަށް އެދިބަލަ… ” އަޔާންއާއި ދިމާލަށް ވައްތަރު ޖައްސާލަމުން ޔާލް ނިކުތެވެ. ” ޔަގީނޭ ޝާނިމް އެއޮއް އަވަހާ ބުނީކަން އެވާހަކަ.. މަށަށް މާ ރަނގަޅެއްނު… އަހަރެން ބުނާކަށް ނުޖެހުނު ވިއްޔާ…” އަމިއްލައަށް ވާހަކަ ދައްކަމުން ދިޔަ ޔާލް ގޮސް ލައިގަތީ މަސައްކަތު މީހެއް ގައިގައެވެ.. ” އޫޕްސް… ސޮރީ.. ” ކުޑަކޮށް ހީލަމުން ޔާލް ދިޔައީ ނޫރާގާތަށް ދިއުމަށެވެ..

އަޔާން ވިސްނަމުން ދިޔައީ އެ މާބޮނޑި ޔާލް އަށް ދިން މީހަކާ މެދުއެވެ. އޭގަ އޮތް ނޯޓު ކޮޅުގައި މަ ލޮބިން ޔާލްއާއި ވާހަކަ ދައްކާފައި ހުރުމުން އަޔާންގެ ހިތަށް އުނދަގޫވަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. މިހާރު މާ ގިނައިން އަޔާންއަށް ޔާލް މަތިން ވިސްނެން ފަށައިފިކަން ގައިމެވެ. ކުރިން ނުލާހިކު ރުޅި އައިސްގެން އުޅުނު ނަމަވެސް މިހާރު އަބަދުވެސް ޔާލްއާ ވާހަކަ ދައްކާ ހިތްވަނީ ކީއްވެކަމެއް ނޭނގެއެވެ. އަބަދުވެސް ބޭނުންވަނީ ޔާލް އަށް ކޮންމެވެސް ޖެއްސުމެއްކޮށްލާށެވެ.. ނަމަވެސް މިކަންތަށް ތަކާ އަޔާން މާ ބޮޑަށް އަޅައެއްނުލައެވެ.. ” ހަލޯ… މިއަދު ހެނދުނު އޮފީހަށް އެއްވެސް މީހެއް އައިތަ މަބޮނޑިއެއް ހިފައިގެން..؟؟؟ ” އަޔާން ގުޅާލީ ޑެލިވަރީ ޑިޕާޓްމަންޓަށެވެ. ” އެހެންތަ.. އެންމެ ރަނގަޅު.. ” އަޔާން ފޯނު ބޭއްވުމަށްފަހު ވިސްނާލިއެވެ. ޔާލްއަށް މާ ބޮނޑިއެއް ދޭން އެއައީ ވަރަށް ޚާއްސަ ފަރާތެއްތާއެވެ.. މާބޮޑަށް އެކަންތަކާ ނުވިސްނާ އަޔާން ދެން ގުޅާލީ ޝާނިމްއަށެވެ.. ” އޭ ބަޑި… މިއަދު އޮންނަ މީޓިން ކެންސަލް އިނގޭ….. ތަންކޮޅެއް ފަހުން އެކަމާ އުޅެން މިވިސްނަނީ….. އޯކޭ ނޯޓިސް ކޮއްލައްޗޭ ތިކޮޅު މީހުންނަށް… ” އަޔާން ފޯނު ބޭއްވުމަށްފަހު މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. މިއަދު ރަނގަޅަށްވެސް އަޔާން ޖޭ އެއްޖެއެވެ. އަޔާންގެ ހިތް ބުނަނީ އެ ފިނިފެންމާ ގެނައި މީހެއް ޔާލްއަށް އިނގޭނެކަމަށެވެ.********************************************************

“އަނހަ ޔާލް… ކިހިނެއްވީ އަނެއްކާ….” ކެބިންއަށް ވަތް ޔާލް ފެނުމުން ނޫރާ އަހާލިއެވެ.. ” އިނގޭތަ އަހަންނަށް މާ ބޮނޑިއެއް ގެނެސްދީފައޮތް މިއަދު އޮފީހަށް އައިރު….އެ ކަމު ނޭނގެ ކާކުކަމެއް.. ނޫ އަށް އިނގޭތަ؟.؟؟” ގޮނޑިއެއްގައި އިށީންނަމުން ޔާލް ބަލާލީ ޝާނިމް ފެނޭތޯއެެވެ.. ” ނޫން… އަނެއްކާ ޔާލްގެ ލޯބިވެރިޔާ ފޮނުވި އެއްޗެއްކަންނޭނގެ…” ކުރަންހުރި މަސައްކަތް ބަހަށްޓަމުން ނޫރާ ބުނެލިއެވެ.. ” އަޅޭ.. ދެން ނޫ އަށްވެސް އިނގޭނެ އަހަރެންގެ ނުހުންނަކަން ލޯބިވެރިއެއް..!! ” ދެލޯ ހަނި ކޮށްލަމުން ޔާލް ބުނެލިގޮތުން ނޫރާ ހީގަތެވެ. ” ހޫމް… ދެން އެވާހަކަ ބާއްވަމާ… މިރޭ އެބައޮތް އަހަރެމެންގޭގަ ތި މީހުނަށްދޭ ސައެއް.. ހަނދާންކޮށް އަންނާތި…” ގޮނޑިން ތެދުވެލަމުން ޔާލް ބުނެލިއެވެ.. އެދުވަހު އޮފީސް ނިމުނު އިރުވެސް އަޔާން ޔާލް ކިޔާ އެކައްޗެއްވެސް އަޑުއިވޭ ކަމަށް ނުހަދައެވެ. ގޮތުގައި ހުންނަ މީހެކޭ ޔާލްގެ ހިތަށް އެރިއެވެ..

ހަވީރު ގެއަށް ދިޔަ ގޮތަށް ފެންވަރައިގެން ނަމާދު ކޮށްލުމަށްފަހު ފޮތެއް ހިފައިގެން އައިސް އެނދުގައި ޔާލް އޮށޯވެލިއެވެ. “”” ލޯބިވާ އަޔާންއެވެ.. އަހަރެން އަޔާންކުރާ ކޮންމެ ކަމަކަށް ހިތުން ރުހުމުން މާފު ދޭނަމެވެ.. ތި ސޫރަ ނޫނީ މިހިތުގައި ކުރެހިފައެއް ނުވެއެވެ.. ކިތަންމެ ދުވަހެއް ވިޔަސް އިންތިޒާރު ކުރެވޭނީ ތި ލޯތްބަށެވެ.. ފުރަތަމަ ނަޒަރުންވެސް އަހަންނަށް ތި ސޫރަ ހާއްސަވިއެވެ.. ގާތުގާ ވުން ކަލާ އަބަދުވެސް މިހިތް އެދެއެވެ.. ކުދި ކުދި ކަންތަކާވެސް ރުޅި އިސްކުރެވެނީ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.. އަހަންނަށް މާފު ކުރާށެވެ.. އަޔާންދެކެ އަހަންނަށް ހަގީގަތަށްވެސް ލޯބިވެވިއްޖެއެވެ.. އެހެނަސް ތި ލޯބި ލިބުމުގެ އެއްވެސް އަލިކަމެއް އަހަންނަކަށް ނުފެނެއެވެ.. އަބަދުވެސް އިންތިޒާރު ކުރާނަމެވެ.. ” ހިތުގެ އުދާސްތަށް ޔާލް ބޭރުކުރަމުން ދިޔައެވެ. ފަހަރަކު ޖުމްލައެއް ފޮތުގައި ލިޔަމުން ދިޔައިރު އެހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ.. ފޮތް މޭގައި ޖައްސާލަމުން ޔާލް ދެލޯ މަރާލިއެވެ..

ރޭދުވާ ހޯދެޔޭ ހާއްސަ ވެއްޖޭ ކަލާ….. އަންގައޭ ފާޅުގާ ހާއްސަކޮށް ހިތްކަލާ….
ޖަދުވީ ބާރެކޭ ޔާރު ލޮލުގާ ވަނީ… މާނަފުން ބެލުމަކުން ހިތް ދިވާނާ ވަނީ…..
ގަތުގާވުން ކަލާ އުމުރަށޭ ބެނުމީ… ގާތުގާވުން ކަލާ އަބަދުވެސް ބޭނުމީ…..
ހިތް، މިކިޔާ ރާގަކީ ތީމަގޭ…. ހިތް މިއެދޭ ލޯބިވާތީ މަގޭ….

ލަވަޖަހައިގެން އޮތް ޝާނިމްގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ.. ނޫރާ އާއެކު ގިނަ ވަގުތު ހޭދަކުރުމުން އެހިތަށް ލިބޭ އުފާ ބަޔާން ކޮށްދޭންވެސް ދައްޗެވެ. ނަމަވެސް އެހިތުގައި ނޫރައަށްވީ ލޯބިވަނީ ދޮރުވާލެވިފައެވެ. އެންމެ ގާތުގައި އުޅޭ އެކުވެރިޔާއަށްވެސްމެއެވެ .ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން މިއަދު ޝާނިމްއަށް އިހުސާސްވެއްޖެއެވެ..

ބެލްކަނީގައި ހުރި އަޔާން ހުރީ މިއަދު ޔާލް ދެއްކި ވާހަކަތަކާމެދު ވިސްނާށެވެ.. ” ދެން އެދުވަހު ކާކާ ވާހަކަ ދެއްކީ މާ ލޯބިން..؟؟؟ ” އެ ޖުމްލަ ހަނދާންވުމުން އަޔާންގެ ތުންފަތްމަށްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “”ޔާލް އެދުވަހު މާ ރުޅި އައިސްގެން އޮފީހުން ނިކުންނަން ދިޔައީ އެކަމާ ރުޅި އައިސްގެންބާއެވެ.. އެކަމު އެކީއްވެ ހެއްޔެވެ.؟؟ އަނެއްކާ…. ” އަޔާން ހިތަށްއެރި އެއްޗަކުން ހިތަށް އުފާވެރިކަމެއް ލިބުނީ ކީއްވެ ކަމެއް ހުދު އަޔާންއަކަށްވެސް ނުވިސްނުނެވެ. ނަމަވެސް އެ ހިތުގައި ޔާލްއާމެދު އާ ވިންދެއް ޖަަހައިފިކަން ގައިމެވެ.. އަޔާންއަށްވެސް ނޭނގިއެވެ. މިއަދު މާވަރަކުން ޔާލްއަށް މާބޮނޑި ދިނީ ކާކުތޯ ބަލަންވެސް އުޅެވުނީ ހަމަ އަޔާންއަކަށް ނޫންހެއްޔެެވެ.؟؟

ހަވީރު ނިދުނު ގޮތަސް ޔާލްއަށް ހޭލެވުނީ ރޭގަނޑު ހަތްގަޑި ތިރީސްވާން އުޅެނިކޮށެވެ. އަވަހާ ތެދުވެ ނަމާދު ކޮއްލީ މަޣްރިބް ނަމާދު ފާއިތުވާން ކައިރިވެފައި ވާތީއެވެ. ބޭރަށް ނިކުމެ ބަދިގެ ފަރާތަށް ޔާލް ދިޔައީ އޭނަ މަންމައަށް ވަރަސް ސިއްރުންނެވެ. ނަސީމާވަނީ ޔާލް ގާތު މިއަދު ބަދިގެއަށް ނުވަންނަން ބުނެފައެވެ.. މަތި ޖަހާފަ ހުރި ތަށިތަކުގެ ފަހަރަކު މައްޗެއް ނަގަމުން ޔާލް ދިޔައީ މިރެއަށް އޭނަގެ މަންމަ މާވަރަކުން ހެދީ ކޯއްޗެއްތޯ ބަލާލުމަށެވެ.. ޔާލް ހައިރާންވީ އެހާ ބައިވަރު ވައްތަރުގެ ހެދިކާ ހަދާފައި ހުރުމުންނެވެ. “”ބަލާބަލަ ކުޑަ ކުޑަ ވަގެއްހެން މިތަނަށް ސިއްރުން ވަދެގެން އުޅޭވަރު… ހަހަ.. އެރުވެސް މަންމައަށް އިނގެޔޭ… ” ޔާލްގެ ކަންފަތުގައި ހިފަމުން ހެވިފައި އިނދެ ނަސީމާ ބުނެލިއެވެ. އެހާ ސިއްރުން ވަނުމުންވެސް މަންމައަށް ބަސްޓުވީއެވެ. ” މަންމާ ދެން ހަމަ ނުހުރެވުނީއޭ މަންމަ ހެދީ ކޯއްޗެއްތޯ ނުބަލާ… އެކަމު ވަރަށް ގަދަ މަންމައެއްތީ…. އެހާ ބައިވަރު ވައްތަރުތަށް ހަދާލާފަ އެބަހުރި ވިއްޔާ… ” ނަސީމާގައިގައި ބައްދަލަމުން ޔާލް ކުޑަވެލިއެވެ. ” ބަލަ އެއީ ދަރިފުޅަށް ވަޒީފާ ލިބުނީމަ އެކަމުގެ އުފަލުގައޭ… ހޫނ… ދެންދޭ ތައްޔާރުވާން.. މިހާރު އެމީހުން އަންނާނެ… ޔަނާލްމެންވެސް އިޝާމްގެ ތިމާގެ މިހެއްކާރިއަށް ދިޔައީ…. މިހާރު ގެއަށްމިދަނީއޭ ބުނީ… ” ތަށިތަށް މޭޒުމަށްޗަށް ގެންދަމުން ނަސީމާ ވާހަކަ ދެއްކިއެވެ. ޔާލް ކޮޓަރިއަށް ގޮސް ފެންވަރައިގެން ރީތި ހެދުމެއްލައި ރެޑީ ވެލިއެވެ. އަދި ތުންފަތުގައި މަޑު ލިޕްސްޓިކެއް ޖައްސާލުމަސްފަހު ސެންޓުޖަހައި އެންމެ ފަހު ފަހަރަށް ލޯގަނޑުން ފަރި ބަލާލިއެވެ. މިރޭ މާ ވަރަކުން ޔާލްއަށް ރީތި ވެވެނީވެސް އަޔާން އަންނާނެތީއެވެ. ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތް ޔާލް ކުއްލިއަކަށް ހަނދާންވީ އަޔާންބުނި ބަސް މަތިންނެވެ.. ” ސޯ އެހެންވީމަ މިރޭ ތިގޭ އޮންނަ ސަޔަށްގޮސް ސީދާ ޔާލްގެ މަންމަ ގާތުން މާފު ހޯދާނީ… ” އެ ޖުމްލަ ޔާލްގެ ހަނދާނަށް އައުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. ހަމަ ގައިމުވެސް އަޔާންއަށް އެކަން ކުރަން ކެރިދާނެއެވެ.. ނަމަވެސް އޭރުން މަންމަ ހިތަށް އަރާނީ ކީކޭ ބާއެވެ.. އޭރުން މުޅިން ގޯސްވާނެއެވެ.. އަވަސްއަވަހާ ގޮސް އަޔާންއަށް މެސެޖް ކޮށްލިއެވެ..

މިސްކިތުން ފޭބި އަޔާން ފޯނު ބަލާލީ މެސެޖެއް އައުމުންނެވެ.. އެއީ ޔާލްގެ މެސެޖެކެވެ. ***މިރޭ އައިސް މަންމަ ކާރީ އެވާހަކަ ދައްކާފަ މައާފަށް ނޭދޭތި.. އޭރުން މަންމަ ހީކުރާނީ ކީކޭ…!! *** މެސެޖް ކިޔާލި އަޔާންގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ. ފޯނު ވައިބްރޭޓް ވުމުން ޔާލް ބަލާލިއިރު އަޔާން ރިޕްލައި ކޮށްފައި އިނެވެ..
***ނޫން… އަހަރެން ބޭނުން ޔާލް މަންމަ ކާރިން މާފަށް އެދެން… އަހަރެންނަސް އަސްލު ބުނަންޖެހޭ އެއްޗެއްނޫން ބުނެވުނީ… މިހާރު އަހަންނަށްވެސް އެކަން ވިސްނިއްޖެ… *** ޔާލް އެ މެސެޖު ކިޔާފައި ވަރަށް އުފާވިއެވެ. ނަމަވެސް އެކަން އަޔާންއަކަށް ނާންގައެވެ. ***އަދި ތަންކޮޅެއްއަވަސް ވިސްނެން… އެހެންވިޔަސް ހެޔޮ ނުބުނާތި… މަންމަ ދެކޭނެ ގޮތެއް ނޭނގޭނު… *** އަޔާން އަނެއްކާވެސް ޔާލްއަށް މެސެޖް ކޮސްލީ ހެވޭ މިފަހަރު ބުނަނަމޭ ބުނަމުންނެވެ.. **** އަޅޭ ޕްލީޒް. އަޔާން ބުނާ ކޮންމެ ކަމެއްވެސް ކުރާނަމޭ**** ދެން ޔާލް ޖެހުނީ އާދޭސް ކުރާށެވެ. ***އެހެންވިއްޔާ އެންމެ ރަނގަޅު… ޔާލް އަހަންނަަށް މާފުކުރެ އެން އަހަރެން ބުނާ ކަމެއް ޔާލްވާނެ ކުރަން.. އަދި ކުރާ ސުވަލުތަކަށް ޖަވާބުވެސް ދޭން ޖެހޭނެ.. ސޯ ޑީލް..؟؟ **** އަޔާންގެ މެސެޖް ފެނުމުން ޔާލްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަނެއްކާ އަޔާން އެއުޅެނީ އޭނަޔާ ކޮން ސުވާލެއް ކުރަން ބާއެވެ.. ނަމަވެސް އެނޫން ގޮތެއް ނެތުމުން ޔާލް އޯކޭޔޭ އަދި ފޯގިވް ކޮށްފީމޭ ބުނެ މެސެޖް ފޮނުވާލިއެވެ.. އަޔާންގެ ހިތް އުފަލުން ނަށާލިއެވެ. އަޔާންއަށް ނުވިސްނުނު ތަންކޮޅަކީ ޔާލްދެކެ އޭނަޔަށް ނޭނގި ނަމަވެސް ލޯބި ވެވެމުންދާކަމެވެ..
ޔާލް ފޯނުން ގަަޑި ބަލާލި އިރު 8 ޖަހަން ދެތިން މިނެޓަށް ވަނީއެވެ. އަވަހަސް ޔާލް ނިކުތީ ސިޓިން ރޫމަށެވެ. ޔާލްއަށް މެސެޖުކުރަމުން ހިނގަމުންއައި އަޔާން ސިހުނީ ފަހަތުން އައި ޝާނިމް ކޮނޑަށް އަތް ވައްޓާލުމުންނެވެ. ” ބަލަ ތިހުރެވެނީ އެގޭ ދޮރުމަތީއޭ މިހާރު.. އަދިވެސް ކުރިއަކަންނު ތި ހިނގަނީ… ހިނގާ ވަންނަންދާން…. ޝިޔާޒްމެންވެސް އެބަ އާދޭ… ” ދެމީހުން ގޮސް އޯޝަން ރޯޒްގޭ ދޮރުމަތީ މަޑުކޮށްލުމަށްފަހު ބެލް ޖަހާލިއެވެ.. ދޮރު ހުޅުވީ ނަސީމާއެވެ. އަޔާންމެންގާތު އިށީންނަން ބުނުމަށްފަހު ޔާލްއަށް ގޮވާލިއެވެ. ބަދިގެއިން ނިކުތް ޔާލް ފެނުމުން އަޔާންއަށް ހުރެވުނީ ކަޅި ޖަހާނުލާ ބަލާށެވެ. އަދި އަލަށް ނަމަވެސް މިރޭ ހިތާހިތުން ޔާލްގެ ރީތިކަމަށް ތަޢުރީފު ކޮށްލެވުނެވެ. ކުރިންވެސް ޔާލް ހުންނަނީ ހަމަ އެގޮތަކަށް ނޫންހެއްޔެވެ.؟؟ ނަމަވެސް ކުރިން އެރީތިކަން ފާހަގަނުވި އަޔާންއަށް މިރޭ މިވީ ކިހިނެއްހެއްޔެވެ.؟؟ ޔާލް އައިސް ކުރިމައްޗަށް އަރައި ވާހަކަ ދައްކަން ފެއްޓުމުން އަޔާންއަށް ހަމަބިމަށް އާދެވުނެވެ. އަދި މަޑުމަޑުން ހިތުގައި ފިރުމާލިއެވެ. ކޮބާ ނޫރާ… އަދި ނާދޭދޯ.. ” ޔާލް މިހެން ބުނެލި ތަނާ ގެއަށް ވެދެގެން އައި އަންޖަލް ފެނުނެވެ. ފަަހަތުން އިޝާމްއާއި ޔަނާލްވެސް އައެވެ. އަންޖަލް އައި ގޮތަށް ޔާލްގައިގައި ބައްދައިގަތެވެ.. އެހެން އިނދެފައި އިށީނދެގެން އިން އަޔާންއާ ދިމާލަސް ބަލާލި އަންޖަލްގެ ހުނުމުގެ އަޑު މުޅި ގޭތެރެއަށް ގުގުމައިގެން ދިޔައެވެ. “ހަހަހަ… ދޮނޭ.. މީނީ އެއްކަލަ ކޯލާ ބޭބެޔޯ…” އަންޖަލް ބުނެލީ ވަރަށްވެސް ބޭބީ ކޮށެވެ.. އެހެން ބުނެލިތަނާ ޔާލް އާއި އަޔާންއަަސް އެއްފަހަރާ އެކަކު އަނެކަކަށް ބަލާލެވުނެވެ…

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SJK...KOREAN

Level 2100 Comments100 Login10 Stories

a girl who loves reading and writing dhivehi stories..and to read the sweet comments of the readers < 3 <3 <3

Other Articles

Previous

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފުރަތަމަބައި)

Next

އިމްތިހާން

Next
November 16, 2017

އިމްތިހާން

Previews
November 16, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ފުރަތަމަބައި)

65 Comments!

  1. Minnie✨ says:
    November 16, 2017 at 12:30 pm

    Yeyy yeyy…. ?Me first dhw…? Mi part ves varah varah loabi… ??✨When next part??? Can’t wait…?

    1. SJK...KOREAN says:
      November 16, 2017 at 5:57 pm

      yes you first 😀
      thankyou Minnie 🙂
      insha allah tomorrow 🙂

  2. Friends says:
    November 16, 2017 at 12:45 pm

    Hey SJK.
    Mashaa allah stry hama vvvv reethi dear.
    KEEP IT UP SJK..
    Waiting 4 next part….
    Sjk plx plx today one more part dear…
    Have a nice day.???

    1. SJK...KOREAN says:
      November 16, 2017 at 5:58 pm

      heyy 😀
      thankyou Friends 🙂
      insha allah tomorrow nxt part up kohladheynan 🙂 hiyeh nuvey miadhu dhn up kohla dheveyne heneh. sorry dear 🙁

  3. Ram says:
    November 16, 2017 at 12:50 pm

    Vvv naic

    1. SJK...KOREAN says:
      November 16, 2017 at 5:59 pm

      thankyou Ram 🙂

  4. Anonymous says:
    November 16, 2017 at 12:51 pm

    Varah baby koh liyefa hurikan faahaga kurevey. Improve kuran jehey varah bodah. Dramatic kamun hyvany 5yr old eh liyefahen. Thankolheh realistic kolliyya rythi vaane. This is a copy dhw. Series ehga vaagothah vany hama. Kuda thafaatheh aissa. Better write your own ideas

    1. Ocs says:
      November 16, 2017 at 1:07 pm

      Bunebala kon series eh kan……please…. i also wanna check…

    2. Lulua says:
      November 16, 2017 at 2:52 pm

      Yeah. Kurin hykury foto ga emyhun thibyma ey vahtharu vany. Mihaaru yagyn vehje. My Turkish series ask laftan anlamaz ge Hama gaiyygandakah copy eh. Better you should write stories with your own idea. But story is going nicely.

    3. SJK...KOREAN says:
      November 16, 2017 at 6:02 pm

      @ Anonymous.. thankyou for the opinion 🙂 thankyou vaahaka kiyaalaathy..
      bunelan beynunvany mee copy eh nuuney, story kuriah dhaavarakah ekan ingeyne. 🙂
      @Lulua..
      thankyou 🙂

  5. Mai says:
    November 16, 2017 at 12:53 pm

    Varah varah loabi …ven next part

    1. SJK...KOREAN says:
      November 16, 2017 at 6:03 pm

      thankyou Mai 🙂 🙂

  6. Sadhin says:
    November 16, 2017 at 1:03 pm

    V nice story.. Miadhu adhi one part up kohdheyniii dhw

    1. SJK...KOREAN says:
      November 16, 2017 at 6:03 pm

      thankyou sadhin 🙂 🙂 sorry dear. maadhan dhw dhn 🙂 🙂

  7. Shudha says:
    November 16, 2017 at 1:18 pm

    alhey anjal.. soo cute… v salhi ingey… midhemyhun eh galakah ery dhw.. hehe… sjk exams nimuny tha? shudha men ge results libijje… hope u did gud 😉 v salhi mi part ves.. waiting for the next one.. <3 😀

    1. SJK...KOREAN says:
      November 16, 2017 at 6:06 pm

      thankyou so much shudha 🙂
      hehe yeah. ehgalakah ereny mihaaru. 😀
      yeah exam nimijje but result libeynee January ga. gce exam vyma dw. 🙂
      hope u got a great result 🙂

  8. Nau says:
    November 16, 2017 at 1:23 pm

    Hey dear.. V v salhi mi story.. V wait kurevey.. Hehe.. Sry bxy vyma knme part akah comment nukohlevunas baraabarah kiyan ingey.. Luv it.. Ly dear.. ❤?

    1. SJK...KOREAN says:
      November 16, 2017 at 6:07 pm

      hey nau 😀 thankyou so much 🙂 its okay. comment nukuriyas kiyanyaa varah happy 🙂
      ly more <3

  9. Muroo.... says:
    November 16, 2017 at 1:25 pm

    Sjk wow haadha reechey .. good work.. whn next part ..

    1. SJK...KOREAN says:
      November 16, 2017 at 6:08 pm

      thankyou Muroo 🙂 🙂
      insha allah tomorrow 🙂

  10. Girl says:
    November 16, 2017 at 1:36 pm

    Warah reethi waiting

    1. SJK...KOREAN says:
      November 16, 2017 at 6:09 pm

      thankyou Girls 🙂 🙂

    2. SJK...KOREAN says:
      November 16, 2017 at 6:09 pm

      **Girl 🙂

  11. Nish says:
    November 16, 2017 at 1:49 pm

    Awwwn? koala beybe cute nameh dhw e dhiny ayaan ah.. vvv nice mi part ves ? waiting waiting!☺

    1. SJK...KOREAN says:
      November 16, 2017 at 6:11 pm

      Hi Nish 😀
      hehe dhw 😉
      thankyou so much dear 🙂

  12. Awa says:
    November 16, 2017 at 2:39 pm

    Loabi varah.. knirakun next part?

    1. SJK...KOREAN says:
      November 16, 2017 at 6:11 pm

      thankyou awa 🙂 🙂 tomorrow insha allah

  13. bolheh says:
    November 16, 2017 at 2:51 pm

    Anonymous jahsaalaafa ulhey meehaku liyaa vaahaka ah veethy dhw kudakujjaku liyefa in dramatic story eh hen heevy… i am also a writer esfiyaiga vaahaka nuliyunas…ekamaku ves mivaahaka akun thibunaa kameh faahaga eh nuewey… then thibunaa seires eh ge ves nan buneba… echakun idea negumaky goas kameh noon…eky copy nukuranya… thanakun molhu ehcheh fenna irah noana echaka ves vahtharu vaane thimeehunah..alah liyaa meehakah hiyvaru dhinumuge badhaluga thihen bunyma emyhehge hiyvaru eleyny…kiyanya kiyaany.. ehn nokny nukiyaany..nimuny

    1. sama says:
      November 16, 2017 at 3:57 pm

      Yeah I agree with you BOLHEH

    2. SJK...KOREAN says:
      November 16, 2017 at 6:12 pm

      🙂 🙂 🙂 thankyou guys for the opinion 🙂

    3. Anonymous says:
      November 16, 2017 at 8:14 pm

      Vaahaka sifa kurumaa ibaarai kuru varah ves dhah. Mi grade 5 ga kuda kudhin liyaa kahala vaahaka eh nama okay. Okay ideas negiyyoa copy nukureyo but it won’t change the fact that this story isn’t that nice. Maa avas aruvaalaafa. Adhi nuvi thanakah kuda kuda kamakaa hedhi rulhi aisgen dhemyhun ves.

    4. Awa says:
      November 17, 2017 at 9:02 am

      Kudakuda kankamunney bodethi kanthahvx nukunnanee.. story hama habbu. Thibunaa series akaa gulhumeh neiy.. nice work SJK

    5. SJK...KOREAN says:
      November 17, 2017 at 10:21 am

      Thank you so much awa❤❤❤

  14. Yaloo says:
    November 16, 2017 at 2:51 pm

    Stry hama feshunyhsuren vx kiyan comment nukuriya…vvvv salhi ingey stry..plx bune dhybala kobaa kameh ayaan n yaal phto ga

    1. SJK...KOREAN says:
      November 16, 2017 at 6:14 pm

      🙂 🙂 thankyou so much dear. 🙂
      mathyga first eynee yaal.. dhn eygeyaa jehigen eyny ayaan.. thiryga shaanim and noora 🙂 🙂

  15. Rsh says:
    November 16, 2017 at 2:56 pm

    V reethi mi part ves…
    Waiting…… For next part

    1. SJK...KOREAN says:
      November 16, 2017 at 6:15 pm

      🙂 🙂 thankyou dear. 🙂

  16. Ram says:
    November 16, 2017 at 3:18 pm

    Heii sjk.. dhn ok eyy igeyy.. ayaan dheeba yaal ah ?? keiykurun noon gotheh neiyy… hehehe… nuvx ingun nimun kameh.. varah varah salhi ??

    1. SJK...KOREAN says:
      November 16, 2017 at 6:17 pm

      heiiii Ramko.. 😀
      hehehe.. dhn mifaharu keih kohla ingey 😉 😉
      ehnve ey kurin buny avahah ayaan gedhaashey 😀 😉
      thankyou soo much dear 🙂 <3 <3

  17. MXna says:
    November 16, 2017 at 3:54 pm

    Keep going ?.?

    1. SJK...KOREAN says:
      November 16, 2017 at 6:18 pm

      thankyou so much MXna 🙂

  18. Roo says:
    November 16, 2017 at 4:02 pm

    Awww varah reethi ?❤️ Waiting for next part.. Keep up the good work dear.. ?? Loves ?

    1. SJK...KOREAN says:
      November 16, 2017 at 6:19 pm

      thankyou so much Roo 🙂 loves more 😀 <3

  19. Hafeez says:
    November 16, 2017 at 4:45 pm

    Koala beybe. Faadakah cute nameh. Story hsma varah reethi. Waiting.

    1. SJK...KOREAN says:
      November 16, 2017 at 6:19 pm

      hehe 😀
      thankyou so much Hafeez 🙂

  20. Lam says:
    November 16, 2017 at 4:57 pm

    Ooo…vv reethi

    1. SJK...KOREAN says:
      November 16, 2017 at 6:20 pm

      😀
      thankyou so much Lam 🙂

  21. PRINCESS AFU says:
    November 16, 2017 at 7:48 pm

    Woww hama habeys

    1. SJK...KOREAN says:
      November 17, 2017 at 10:21 am

      Thank you so much PRINCESS AFU❤❤❤

  22. shereen says:
    November 16, 2017 at 8:20 pm

    Aww mi yoh v gotheh.. varah reethi ingey .. enjoyed the conversations.. and cola beybe ?!? Nice one! Haha ?

    1. SJK...KOREAN says:
      November 17, 2017 at 10:22 am

      Hehe dhw?Thankyou so much shareen ❤❤❤

  23. Aharen says:
    November 16, 2017 at 8:31 pm

    Hageegee maanaiga vaahaka ah faadeh kiyanya buneveynee liyuntherikan v bodah ragalhukuran jeheyey….sifakurun ginakohfa dialogues madhukoleema reethivaane…alah liyaa kujjeh veema ragalhukuran jehey kan kan hunnaane…rkan kamah visnaigen kuriyah dhiyaeema ragalhuvaane….adhives bodah hageegee kula jassan masakkaiy kurey…

    1. SJK...KOREAN says:
      November 17, 2017 at 10:24 am

      Thankyou so much Aharen❤? insha allah i’ll try all that ?

  24. Zuam says:
    November 17, 2017 at 12:00 am

    Wow.. .. varah varah varah reethi……??????❤❤❤❤

    1. SJK...KOREAN says:
      November 17, 2017 at 10:25 am

      Thank you soo much zuam❤❤❤?

  25. Layaa says:
    November 17, 2017 at 6:58 am

    Yeh .. finally vaahaka kiyaalevijje .???.. enmefahundhw mikiunee..? ehenviyass heyo.. vaahaka varah reethi .. kudakoh mistakeh faahagavi ekamakivess v habbu..?? SJK dhoonyaa whn nxt part? Waiting .. ly big koh????

    1. SJK...KOREAN says:
      November 17, 2017 at 11:00 am

      Hey layaa ??
      Emme fahun kiyunas okay vaaney??
      Thankyou soo much❤❤❤❤❤
      Mistake rangalhu kohlaanan insha allah.. Nxt part today maybe inge?? ly much more??❤❤

  26. Juma says:
    November 17, 2017 at 7:35 am

    Reethi ingey vrh?

    1. SJK...KOREAN says:
      November 17, 2017 at 11:01 am

      Thankyou so much juma?❤❤❤

  27. ava says:
    November 17, 2017 at 12:40 pm

    Yayy another beautiful part. You’re awesome! ❤️

    1. SJK...KOREAN says:
      November 17, 2017 at 1:59 pm

      Thank you so much ava??❤❤❤

  28. Kul says:
    November 17, 2017 at 2:19 pm

    Wooooow hama warah salhi waiting

    1. SJK...KOREAN says:
      November 17, 2017 at 7:16 pm

      thankyou kul 🙂

  29. Meesh says:
    November 17, 2017 at 6:40 pm

    Whn next part… Story v nice

    1. SJK...KOREAN says:
      November 17, 2017 at 7:17 pm

      thankyou Meesh 🙂 now up kohlaifin 🙂

Comments are closed.

Next Episodeހިތް މިއެދޭ ސޫރައޭ ތީމަގޭ (6 ވަނަ ބައި)←


All Right Reserved!