މީޝާ ( 16 )
ކައިޝް މަޑުމަޑުން މީޝާގެ ތުންފަތުގައި އޭނާގެ ތުންފައި ޖައްސާލިއެވެ. އަދި އެލޯބިތުންފަތުގައި ބޮސްދޭންފެށިއެވެ. މީޝާވެސް ކައިޝްގެ މިއަމަލުގައި ފުރިހަމައަށް ބައިވެރިވެލިއެވެ. މިނިޓަކަށް ދެމިގެންދިޔަ އެވަގުތު ކޮޅު ނިމިގެން ދިޔައީ ކައިޝް ގެ ފޯނުރިންގު ވުމުން ނެވެ. ބޭނުން ނުވި ނަމުވެސް ކައިޝް މީޝާއާ ދުރައްޖެހިލިއެވެ. އަދި މީޝާ މޫނަށް ބަލާލިއެވެ. ލަދުން އިސްޖެހިފައިވާ އެމޫނު މަތީގައި ވަނީ ޖުންބު ކުލަ އަރާފައެވެ.
ފޯނު ސްކުރީނުން ޝަވަންގެ ނަން ފެނުމުން ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ. ޝަވަންގެ ވާހަކަތައް އެޑުއަހަން އިން ކައިޝް ފޯނުބޭއްވީ މިދަނީއޭ ބުނުމަށް ފަހުގައެވެ.
“މީޝް .. އައިލަވް ޔޫ.. ރިއަލީ ބޭބީ..” މީޝާ ކަންފައި ދަށްގައި ކައިޝް ވައި އަޑަކުން ބުންޏެވެ.. މީޝާ ލަދުން އެދޮންމޫނު އޭނާގެ އަތުން ފޮރުވާލިއެވެ. ކައިޝް އަށް މީޝާގެ އެލަދުރަކިކަން ފެނި
ގަޔާވިއެވެ.. ” ހިނގާ ބޭރަށް ޝަވަން ބޭނުންވޭ މީޝް އާ ވާހަކަ ދައްކަން .. ” މީޝާ އިތުރަށް ރަކިނުކުރުމަށް ކައިޝް ވާހަކަ އޮޅުވާލިއެވެ.. މީޝާ އަތް ނެގުމަށް ފަހު ކައިޝް އާއެކު ބޭރަށް ނިކުތުމަށް ހިނގާގަތެވެ..
އެމީހުން ނިކުން އިރު ފިޒާން އާއެކު ޝަވަން ސޯފާގައި ތިއްބެވެ. މީޝާ ކައިޝް ކައިރީ އިށީނުމުން ޝަވަން އޭނާގެ ޕުލޭން މީޝާ އަށް ކިޔާދިނެވެ. މީޝާ ބިރުގަތީ ޔުނާން ކުރިމައްޗަށް އަރަން އޭނާއަށް އަރަން ޖެހޭތީ އެކަމާއެވެ. އެހާ ހިއްވަރެއް މީޝާގަޔަކު ނެތެވެ. ޔުނާން ދެކެ މީޝާ ބިރުގަނެއެވެ.
” މީޝް ޓުރަސްޓު މީ.. ހީ ކާންޓް ޑޫ އެނީތިންސް ޓު ޔޫ..” ކައިޝް މީޝާ އަތުގައި ހިފައްޓާލަމުން ބުންޏެވެ. މީޝާ ބިރުން އިން ނަމަވެސް އެކަމާ އެއްބަސްވީ ކައިޝް އެދުނީތީއެވެ.. ނަމަވެސް ޝަވަން ބޭނުންވި ގޮތައް އޭނާއަށް ކަންތައް ކުރެވިދާނެބާއެވެ…؟؟
” އެކަމަކު ޔަނާ…” މީޝާ ކަންބޮޑުވީ ޔަނާލް އަށް ވެދާނެ ގޮތަކާ މެދުގައެވެ. ޔަނާލް އަށް ދެރަ ގޮތެއްވާކަށް މީޝާ ނޭދެނެއެވެ. އެހީތެރިއަކަށް އެންމެ ބޭނުންވި ވަގުތު އެންމެ ކައިރީގައި އަބަދުވެސް ޔަނާލް ވާކަން މީޝާ ދަނެއެވެ. ޔުނާން އަށް ކަމެއްވެއްޖެ ނަމ ޔަނާލް އަށް ކެތެއްނުވާނެވެ.
” މީޝް.. އެކަމާ ނުވިސްނާ….. ޔަނާ އަށް ހަޤީގަތް އެނގޭނެ ނަމަ ޔަނާ ވެސް ޔުނާން އަށް މާފު ނުކުރާނެ.. އަމިއްލަ ބޭބެއަށް ވީ
ނަމަވެސް..” ފިޒާން ބުންޏެވެ.. މީޝާވިސްނާލިއެވެ .. ޔުނާންގެ ހަޤީގަތް ޔަނާއަށް އިނގުމުން ޔަނާ ހާދަ ދެރަވާނެއެވެ.
އިރު އޮއްސުމުން މީޝާ ކައިރިއަށް ދާން ޔުނާން ނިކުތެވެ. ކާނެ އެއްޗެހި ހިފާގެން ޔުނާން ދިޔައިރު އެމޫނުމަތީ ވަނީ އުފާވެރިކަމެވެ. ޔުނާން ހިނިތުންވެލީ މިރޭ މީޝާ އާއެކު އޭނާ ކުރަން ބޭނުންވިކަންތައް ހަނދާންވުމުންނެވެ. މީޝާ ނުގަބޫލުގައި ވިޔަސް އޭނާޖެހޭނީ ޔުނާން ބޭނުންވާ ކަންތައް ކުރާށެވެ. ޔުނާން ހިތުގާ އުފާވެރި ކަމުގެ ރާޅުބާނީ އެއް ދަތުރު ކޮއްލީ މީޝާ އޭނާގެ މީހަކަށް ވާން ދެންގިނަ ވަގުތެއް ނެތޭ ހީކޮއްފައެވެ..
ގެއާ ހަމައަށް ދެވުމުން ޔުނާން ހުއްޓުނީ ގޭ ދޮރު ހުޅުވިފައި ވާތަން ފެނުމުން ނެވެ. އޭނާ ދިޔައިރު ދިޔައީ ގެ ދޮރު ލައްޕާ ތަޅުލާފައިކަން ޔަގީންވެއެވެ. ދެން ދޮރު ހުޅުވީ ކާކު ހެއްޔެވެ؟؟ ” އަނެއްކާ މީޝާ..” ހިތައް އެރި އެއްޗަކުން ޔުނާން އަށް ގެއާ ދިމާލަށް ދުއްވާ ގަނެވުނެވެ. ދޮރާ ހަމައަށް ދެވުމުން ޔުނާން އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެނެވެ. ފަޅާލައިފައިވާ ދޮރު ފެނި ޔުނާން ކޮޓަރިއާ ދިމާލަށް ދެވުނީ މީޝާ ހުރިތޯ ބަލާށެވެ.. ހުސްކޮޓަރި ފެނުމުން ޔުނާން އަތުން ފާރުގައި ޖެހުނީ ބޯހާސްވީ ވަރުންނެވެ. މީޝާ ހަމަ ފިލީ ހެއްޔެވެ؟؟ އޭނާގެ ޕުލޭން މިހާ އަވަހަށް ފެއިލް ވީ ހެއްޔެވެ؟؟ ޔުނާން އޭނާއަމިއްލަ ބޮލު އިސްތަށިގަނޑުގައި ހިފާ ބާރަށް ދަމައިގަތެވެ.. އޭނާއަށް ތަދުވެސް އިހްސާސް ނުވާ ކަހަައެވެ. އެހާވަރަށް އޭނާ ބޯވަނީ ހާސްވެފައެވެ.
” މީޝާ ސަލާމަތެއް ނުވާނެ.. އަހަރެންގެ އަތްދަށުން އެހާ އަވަހަށް އޭނާ ސަލާމަތެއް ނުވާނެ..” މޮޔައެއް ހެން އެނބުރެމުން ޔުނާން އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު ލޮލުގައި އަޅާގަތީ ފަޅާލާފައިވާ ދޮރެވެ. މަޑުމަޑުން ނުނާން ދޮރުކައިރި އަށް ގޮސް ހުއްޓުނެވެ. ގުދުވެ ދޮރާ ދިމާލަށް ބަލަން ހުރީ އެތަނުން އެނާއަށް އެއްޗެއް ފެންނަން ހުރިހެން ހީވީތީއެވެ. އާއެކެވެ. ޔުނާން އަށް ހީވީ ރަނގަޅަށް ށެވެ. ހުދު ދަވާދު ލާފައިވާ ދޮރުގައި އެވަނީ ބޫޓުގެ ނިޝާނެވެ.. ޔުނާން ވިސްނާލިއެވެ. ބޭރުން ދޮރުގައި ޖެހިޖެހީނުއް ދޮރު އެވަނީ ފަޅާގެން ގޮއްސައެވެ. އެކަމަކު ކާކުބާއެވެ؟ ؟ ޔުނާންގެ ސިކުނޑި ހަލަބޮލިވެގެން ދިޔައެވެ. ސިކުނޑިއަށް ކެއްނުވުމުން ޔުނާން ނަށް ބާރަށް ހަޅޭއްލަވާ ގަނެވުނީ ލުޔެއްލިބޭތޯއެވެ.. މީހާ ރުޅިއައިސްގެން ތުރުތުރު އަޅަމުންދެއެވެ
ސަލީމް ސޯފާގައި އޮއްވާ ފޯނެއް އައުމުން މިދަނީ އޭބުނެ ނިކުމެގެން ދިޔައީ ޔަނާލް ކައިރީ ބައްޕަ ނިކުތީމާ ކާށޭ ބުނެފައެވެ. ޔަނާލް ބޯޖަހާލިއެވެ. ކާ ގެއަށް ވަނީ ކާހިތް ނެތް ނަމަވެސް ކާއެއްޗެއް ކެވޭތޯ އެވެ. އެވަގުތު އަޔާޒް ކޮޓަރިން ނިކުތުމުން ބައްޕައަށް ކާން ގޮވިއެވެ. އަޔާޒް އައިސް ޔަނާލް ކައިރީ އިށީނެވެ. ޔަނާލްގެ މިލާފައިވާ މޫނު ފެނި އަޔާޒް ހިތައް އަސަރު ކުރިނަމަވެސް އެކަން ނުދައްކާ އޭނާ ބެލީ ޔަނާލް ހިންހަމަ ޖެއްސޭތޯ އެވެ. ކޮބާ ސަލީންބެ.. އަޔާޒް ސަލީމް ފެންނަން ނެތުމުން ސުވާލު ކުރިއެވެ. ޔައާލް ބޭއީރަށް ނިކުންވާހަކަ ބުނުމުން އަޔާޒް އެހެންހޭ ބުނެ ކާންފެށިއެވެ.
މީޝާ ދެފަރާތައް ފުރޮޅިލަ ފުރޮޅިލާ އޮތީ ނުނިދިފައެވެ. އޭނާއަށް ނިދޭނީވެސް ކިހިނެއް ހެއްޔެވެ ؟؟ ހަޔާތުގައިވެސް ހީނުކުރާ ވަރު ކަންތައް ކާ ކުރިމަތިލާން ޖެހިފައި ވުމުން ހާސްކަން ވަނީ ބޮޑުވެފައެވެ. އުފަން ޤައުމާ ދުރު ބީރައްޓެހި ރަށެއްގައި މިހެން އުޅެން ޖެހުމުން ވާނީ ކިހިނެއް ހެއްޔެވެ؟؟ މީޝާ ފުން ނޭވާއެއް ދޫކޮއްލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ އޭނާ ހިތާ ހިތާ ބުނެލިއެވެ. ކައިޝް ކައިރީ ހުރިންޔާ އޭނާ އަށް އެއްވެސް ބިރެއް ނެތެވެ.. ކޮންމެ ކަމެއް ކުރިމަތި ވިނަމަވެސް ކައިޝް އޭނާ އެކަމުން ިހިމާޔަތް ކޮއްދޭނެއެވެ.
ނިދާފައި އޮތް އާނާގެ މޫނަށް ބަލާލުމައްފަހު މީޝާ ކޮޓަރިން ނިކުތީ ފެންބޯންވެގެންނެވެ. ފިޒާންގެ އެދުމުގެ މަތިން އާނާ އެގޭގައި މަޑުކުރީ މީޝާ އެކަނި ކޮޓަރީގައި ނުބާއްވަން ވެގެންނެވެ. މީޝާ ކާގެއަށް ވަދެ ފެންބޮއިގެން ކޮޓަރިއަށް ދާން ހިނގާގަތް ތަނުން އޭނާގެ ލޮލުގައި އަޓާގަތީ ސޯފާގައި އަރާމުކޮށް ނިދާފައި އޮތް ކައިޝް އެވެ. ބޯދޮށަށް އެއްއަތް ލައްވާގެން ނިދާފައި އޮތް އިރު އަނެއް އަތް ބަނޑުމަތީ އޮތެވެ. މީޝާ ކައިރިއަށް ގޮސް ކައިޝް މޫނަށް ބަލަން ހުއްޓެވެ. އަދި އޭނާގެ އަތުން ކައިޝް ނިއަކުރިމައްޗަށް ވެއްޓިފައިވާ އިސްތަށި ކޮޅު އެއްފަރާތް ކޮއްލިއެވެ.. މަޑުމަޑުން ނިއްކުރިމަތީގައި ބޮސް ދިނުމަށް ފަހު އެމޫނަށް މީޝާ ބަލާލީ ހިނިތުންވެ ހުރެއެވެ. ނިދާލާފައި އޮންނަ އިރުވެސް ކައިޝް ކިހާ ރީތި ހެއްޔެވެ ؟؟ ބަލާ ފޫހިނުވާހާ އެމޫނު ހިތްގައިމެވެ. އިރުކޮޅަކު އެހެން އިނދެފައި މީޝާ ކޮޓަރިއަށް ވަނީ އޭނާއަށް ވެސް ނިދޭތޯއެވެ.
ޔުނާންގެ ހާލަތު އަދި މާބޮޑެވެ. ނިދިވަނީ މުޅިން އޭނާޔާ ބީރައްޓެހި ވެފައެވެ. މީޝާ އެގޭން ނެރުނު މީހަކު ނޭނގޭހާ ހިނދަކު އޭނާއަށް ހަމަޖެހުމުގެ ނޭވާވެސް ނުލެވޭނެއެވެ. ބައެއްފަހަރު އެއީ ކައިޝްގެ ކަމެކޭ އޭނާގެ ހިތ ބުނެއެވެ. ނަމެވެސް ކައިޝް ކުރނ ކަމެއް ނަމަ މިރޭ ފިޒާންމެން މީޝާގެ ހަބަރެއްވިތޯ ބަލާކަށް ނާންނާނެތާއެވެ. ޔަނާލް ކައިރީ ފިޒާން ކައިޝް އެއްވެސް އެއްޗެއް އަދިވެސް ނަކައޭ ބުނީ އޭނާވެސް އެތާ އިންދައެވެ. ކައިޝް ނޫނީ ދެން ކާކުބާއެވެ؟؟ ޔުނާން ސިކުނޑިއަށް ބުރުވުމުން އޮތްތަނުން ތެދުވިއެވެ..އޭނާގެ ބައްޕަ އާއި ސަލީމް ނިދާފައި ތިބުމުން ޔުނާން އެނދުގައި އިށީނީ އޭގެން މީހަކު ހޭލަފާނެތީއެވެ. ހާސްވިޔަސް ދެން ކުރެވޭނެ ކަމެއް ނެތެވެ. އެމީހަކު ނޭނގޭހާ ހިނދަކު މީޝާ ހޯދުން އޭނާއަށް ވާނީ ދަތިކަމަކަށެވެ. މިއޮއްބޮޑު ތަނުގައި އޭނާ ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ..؟؟
ޔަނާލް އަށް ފަތިހު ހޭލެވުނީ ފޯނު އެލާމްވާ އަޑަށެވެ. އޭނާ ތެދުވެ އެނދުގައި އިށީނެވެ. މަޑުމަޑުން އެނދުގެ މީޝާ ނިދާ ފަރާތުގައި އަތް ކާއްތާލިއިރު އެލޮލުގައި ވަނީ ތާޒާކަރުނެވެ. މީޝް ވެއާރ އާރޔޫ.. ޔުނާން މަޑު މަޑުން ބުނެލިއެވެ. އެއަޑު އިވުނު މީހަކަށް ހިތައް ކޮއްފައިވާ އަސަރު އިނގޭނެއެވެ. ރޮވެން ފެސުމުން ޔަނާލް އަވަށް ތުވާލި ހިފާގެން ފާހާނާއަށް ވަނެވެ.
ނަމާދު ކޮއްލާގެން ޔަނާލް ނިކުމެ ސައިހެދިއެވެ. މޭޒު މައްޗަށް ސައި ތައްޔާރު ކުރަން ހުއްޓާ ސަލީމް ބަދިގެއަށް ވަނުމުން ސައިބޯން ޔަނާލް ބުންޏެވެ. ސަލީމް ހިނިތުން ވެލުމަށް ފަހު ގޮނޑީގައި އިށީނެވެ. އަޔާޒް ވެސް އައިސް ސައިބޯން އިށީނީ އެވަގުތުއެވެ. ” ސައިބޮއިގެން މިއަދުވެސް ދާންވީން ޕަލިހަށް ..” އަޔާޒް މަސް ހުނިކޮޅެއް ތައްޓަން އަޅަމުން ސަލީމް ކައިރީ ބުންޏެވެ. ” ނޫން .. މީޝާ ހޯދުމުގެ ބޭނުމެއް ނެތް.. އޭނާ ވީ ފިލާގެން ގޮއްސަ.. ކިޑްނިޕް ކުރީ އެއް ނޫން.. ” ސަލީމް އެހެން ބުނުމުން އަޔާޒް އަގަޔަށް ލާން އުޅުނު ރޮށިކޮޅުވެސް އަތުން ދުުވެގެން ތަށީ ތެރެއަށް ވެއްޓުނެވެ.
” ކީކޭ…” ހައިރާން ވެފައި އަޔާޒް ބުންޏެވެ. ޔަނާލް ވެސް ހުރީ އަޑުއިވުނު ވާހަކައިން ހައިރާން ވެފައެވެ. ސަލީމް ޖީބުން ނަގާ ދިއްކޮއްލީ ފަތްޖަހާފައިވާ ހުދު ކަރުދާސް ކޮޓެކެވެ. އަޔާޒް އޭގައި ހިފަން އުޅެނިކޮއް އޭނާއަށް ވުރެއް ކުރިން ޔުނާން އެޖަހާގަތެވެ. އަޔާޒް ސިހުނު ނަމަވެސް އެކަމާ އަޅާނުލާ އިނީއެވެ. ޔުނާން
އެގަނޑު ކޮޅު ނިއުުވާލީ ތެޅިތެޅި އޮތް ހިތަކާގެންނެވެ. އޭގައި ވަނޑ މީޝާ ހުރީ ވަރަށް އުފަލުން ކަމާއި އޭނާ މިހާރު އުޅެނީ އޭނާގެ ލޯބިވެރިޔާ އެކު ކަމާއި އޭނާ ހޯދަން ނޫޅުމަށް އެދިފައެވެ. ޔުނިން ތިން ހަތުރު ފަހަރު އެކިޔާލީ އޭނާއަށް އޭގައިވާ އެއްޗެއް ގަބޫލް ނުކުރެވުނީތީއެވެ. އެބުނާ ލޯބި ވެރިޔަކީ ކައިޝް ބާއެވެ. ؟؟ ޔުނާން އަށް ވީގޮތް ފެނުމުން އަޔާޒް ތެދުވެ ޔުނާން އަތުވައިވާ ގަޑުނަގާ އޭނާވެސް ކިޔާލިއެވެ. އޭނާ އަށް ވެސް ލިބުނީ ހައިރާން ކަމެވެ. މީޝާ އެފަދަ ކަމެއް ނުކުރާނޭ އޭނާގެ ހިތް ބުނަމުން ދިޔެއެވެ.
” ސަލީމް..މީ.މީ ކާކު ދިން އެއްޗެއް..” އަޔާޒް އަވަސް އަވަހަށް ސުވާލު ކުރިއެވެ.. ” މީހަކު އައިސް ދިނީ.. އަހަރެންވެސް ގަބޫލެއް ނުކުރަން.. އެކަމަކު މީޝާ އެވަނީ ގޮއްސަ..” ސަލީމް ލޮލުން ކަރުނަ ފައިބާގަތެވެ. މަންޒަރު ބަލަން ތިބި ޔުނާން އާއި ޔަނާލް ތިބީ ބަސް ހުއްޓިފައެވެ.
“މީޝާ މީހަކާ ގުޅުނު ކަމެއްވެސް ނޭނގެ އަހަރެންނަކަށް.. އަހަރެން ނުގަބޫލު ވީ ނޫން .؟ ދެން މީޝާ އެހެން ހެދުމުގެ ބޭނުމަކީ ކޮބާ….؟؟ ” ސަލީމް އަށް ރަނގަޅަށް ވެސް ރޮވިގެން ދިޔައެވެ. އަޔާޒް އިންތަނުން ތެދުވެގެން އައިސް ސަލީމް ބުރަކަށީގައި ފިރުމާލިއެވެ. އޭނާ ހުރީ އިންތިހާއަށް ދެރަވެފައެވެ. އެކުވެރިޔާގެ ހާލު ފެނިފަ އޭނާއަށް ވެސް ކެއްކުރެވެނީއެއް ނޫނެވެ.
ޔަނާލް ސިކުނޑި ސުމަކަށް ދިޔަކަހަލައެވެ.. މީޝާ ލޯބިވަނީ ކައިޝް ދެކެކަން އޭނާއަށް އެގެއެވެ. ގައިމުވެސް ކައިޝް އެއް މީޝާ ނުގެން ދެއެވެ. އަނެއްކާ މީޝާ ފަހަތުން އުޅޭ މީހާ ކަމެއްބާ އެވެ؟؟ ޔަނާލް ކޮޓަރިއަށް ވަނީ ކައިޝް އަށް ގުޅާށެވެ. ތިންފަހަރު ގުޅިއިރުވެސް ކައިޝް ފޯނެއް ނުނަގައެވެ. ކައިޝް ނުހޭލަނީ ކަމައް ނިންމާ ޔަނާލް ފޯނުބޭއްވިއެވެ. އޭނާގެ ހިތް މީޝާ ފިލާ ގެން ގޮސް ދާނެ ކަމަކަށް އެއްބަހެއް ނުވެއެވެ.. މީޝާ އެކަހަލަ ކަމެއް ނުކުރާނެއެވެ..ކޮންމެވެސް ނުބައެއް އެބައުޅެއެވެ..
ޔުނާން ހުރީ ވާނުވާ ނޭންގިފައެވެ. މިވީ ކިހިނެއް ހެއްޔެވެ؟؟ ޔުނާން ސޯފާގައި އިށީނީ ހަދާނެ ގޮތެއް ނޭގުމުން ނެވެ. މީޝާ ކިޑުނެޕް ކުރީ އޭނާއެވެ. މީހާރު މީޝާ ވީތަން އޭނާއަށް އަކަށް ނޭންގެއެވެ. އެނެއްކޮޅުން މީޝާގެ ސިޓީ އެކެވެ.. ހާސްވެފައި އިން ޔުނާން ސަލީމް އަށް ބަލީލީ އޭނާ ބުނި އެއްޗަކުން ނެވެ.
” މީޝާ އެމީހަކާ އެކީ ފިލީ އަހަރެން މީހަކަށް ނުވީމަ އެއްނު.. ދުވަހަކު ވެސް މީޝާ ތިމީކާ އިންނާކަށް މި ސަލީމެއް ވަލީ އެއް ނުދޭނަން… މީޝާ އެއީ އަހަރެން ހީކުރި ކަހަލަ ކުއްޖަކަށް ނުވި.. ރުޅިއާއި ވޭން އެކުލެވިގެން ވާ އަޑަކުން ސަލީމް އެހެން ބުނުމަށް ފަހު ކޮޓަރިއަށް ވަނެވެ
ސަލީމް ދިއުމުން އަޔާޒް އައިސް ޔުނާން ކައިރީ ސޯފާގައި އިށީނެވެ. އޭނާގެމޫނު މަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ.
” ދަރިފުޅާ އަދިވެސް މީޝާ ފެނޭތޯ ބަލާބަލަ އިންގޭ..” އަޔާޒް ބޭނުންވީ މީޝާ ހޯދާށެވެ. މީޝާ ފެނިއްޖެ ނަމަ އޭނާ މީޝާ އާއި ވާހަކަ ދައްކާނެއެވެ. ޔުނާން ބޯޖަހާލިއެވެ. ޔުނާން ހަދާނީ ކިހިނެއް ހެއްޔެވެ؟؟ މުޅިމާ ހައުލަށް ހިނމޭންކަން ވެރިވެގެން ދިޔައެވެ..
ހެދުނުގެ ނާސްތާ އަށް އިންސާފު ކުރަން ކައިޝް އިންއިރު އޭނާގެ ނަޒުރު ހުއްޓުފައި ހުރީ މޭޒު މަތީ އޮތް ފޯނަށް ށެވެ.. ޔުނާލް އެގެޅަނީ ތިންވަނަ ފަހަރަށެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ކެނޑެނީ ކައިޝް ބަލަން އިންދައެވެ..
” ޔަނާލް ވަރަށް ގުޅާ އެބަ؟” ކައިޝް ބުންޏެވެ..” އެހެންތަ؟ އެހެންވީމާ ލެޓާރ ކީ ދޯ އެމީހުން..” ޝަވަން ބުންޏެވެ. މީޝާ އެއްވެސް އެއްޗެއް ނުބުނެ އިނީ ޔަނާލް އާ ދޭތެރޭ ވިސްނާށެވެ. ޔަނާލް ދެރަ ކުރަން އެނާ ބޭނުން ނުވިޔަސް މިވަޤުތު އެނޫން ގޮތެއް ނެތެވެ.
” ދެން ސައިބޮއިގެން ދެން އެތް ގޮތަށް ކަންތައް ކުރަން އަވަސް ކުރަންވީ..” ޝަވަން ކައިޝް އަށް ބަލާލިއެވެ. ކައިޝް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން އޮތީ ޔުނާން އާއި ކުރިމަތި ލުމެވެ. . ކައިޝް ހިތާ ހިތުން ހުރިހާ ކަމެއް ރަނގަޅު ވުމަށް އެދި ދުޣާ ކޮއްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.



Hey guys .. good morning ☺ sorry thankolheh lahun up kurevunyma.. hama busy kamun nuvegn .. hope mi part kamudhaane kamah…?☺?
Morning dear me first dhw….
Hey daer stry vvv reethi….but mi part ga typing mistake faahagavi.
KEEP IT UP DEAR.
Waiting 4 next part.
Have nice day.???
Yahh friends ur first … Thanks
V try kuran madhu kurevey thao .. ☺☺ thanks anyway
Hey…. Alhe lahun up kuri iru ves Haadha kurey..? Miadhu adhi 1 part up kohdheeba plx plx…?? E Yunaan ah varugadha landeh dheythi ingey…? Haadha foohi firehenekey…? Waiting for the next part…? Love you..❤✨
Thanks Minnie.. in sha Allah miadhu wh part genesdheynan ☺?
OMG….?? Thank you soo sooo much muroo…❤✨ You are the best…??✨
Hey.. V nice ingeyy… Typing mistake ebah huri mi baiga… When next part…
Thanks sadhin.. in sha Allah mirey ☺
Masha Allah.. Alhe muroo mibaives v v rythi.. Hama thigothah rythikoh igey story ninmaalanves vaany..
Yaa sure.. in sha Allah.. thanks ainth ????
varah ufaavey thihaa busy kon ulhey dhuvas thakuga ga ves up kohala dhineema … v reethi mi part ves
Thanks aki??☺
Wow. Varah reethi ❤❤❤???
Thanks sjk korean ☺
V salhi mi part ves
Thanks xuhu☺?
WOW V Reethi.
Waiting for next…
Thanks Rsh.. next innaane up kohfa
muroooo story hesss salhi
Thanks nahu
vv salhi storie.. keep it up