ޔާލް ލޯގަނޑު ކުރިމަތީ އިނދެގެން އެކި ހަރަކާތްތަށް ކުރަމުންދެއެވެ، މިރެއަކީ އަޔާންގެ އާއިލާއާއެކު ކައިވެނީގެ ވާހަކަ ދައްކަން ހަމަޖެހިފައިވާ ރެއެވެ. “ބަލަ މަންޖޭ.. މީ ކައިވެނިކުރަން އުޅޭ ރޭއްނޫނޭ ތިވަރަށް ފަރިވާކަށް. ހެހެ އަދި އެރޭ ކިހާވަރެއްވާނެބާ..” ޔަނާލް އައިސް ޔާލްގެ ކޮޓަރިއަށް ބޯދިއްކޮށްލަމުން ޔާލްއާއި ދިމާކޮށްލިއެވެ. “ދެން ދޮންތަވެސްދޯ.. ކޮބާ ފައިޒާން؟؟ ” ޔަނާލްއަށް ލޯ އަޅާލަމުން ޔާލް އެންމެ ފަހު ފަހަރަށް ލޯގަނޑުން ސޫރަ ބަލާލިއެެވެ. “ފައިޒާން އެކަނިތަ؟؟ އެންމެން އެބަތިބި އައިސް. އަވަސްކޮށްބަލަ […]
ޝާނިމްގެ ނަޒަރު ހުއްޓިފައިވަނީ ނޫރާއާއި ދިމާލަށެެވެ. ” ޝާނިމް ؟؟؟ ” ޝާނިމްގެ ނަޒަރުން އުނދަގޫ ވެފައިވާ ހާލު ނޫރާ ގޮވާލިއެވެ. ޝާނިމް ސިހިފައި ބޯ ހޫރާލިއެވެ. “މީ… އާނ.. ހުރޭ ވަރަށް ލޯބިވާ ކުއްޖެއް. އެކަމު ހިޔެއް ނުވޭ ކާމިޔާބު ވާނެހެނެއް… ” ޝާނިމް އިސްޖަހާލީ ލޮލުގައި ފައިބަން ތައްޔާރަށްހުރި ކަރުނަތަށް ފޮރުވުމަށެވެ. “އޮހް.. ” މިހެން ބުނެލިތަނާހެން ކެބިންއަށް ވަދެގެންއައި ޝިޔާޒްފެނި ދެމީހުންވެސް ހިމޭންވިއެެވެ. ލިބުނު ފުރުސަތުގައި ޝާނިމް ގޮސް ލިފްޓަށް އެރިއިރު ދެލޮލުން […]
ޔާލް މަޑުމަޑުން ދުރުކޮށްލުމަށްފަހު އަޔާން އެނިތުގައި ބޮސް ދިނީ ލޯތްބާއި އެކުގައެވެ. އަޔާންގެ އެ ބީހިލުމަށް ފެން ބޮވައިގަނެފައިވީ ޔާލްއަށް ދެލޯ މަރާ ލެވުނެެވެ. އަޔާން ޔާލްގެ ކޯތާފަތުގައި ހިފަހައްޓައިލައި ޔާލްގެ ދެލޮލަށް ފުންކޮށް ބަލާލިއެވެ. އެލޮގައިވީ ކަރުނައެެވެ. ރަތް ކަމެވެ. މި ނިކަމެތި ކުއްޖާ ކިހާވަރަކަށް ހިތާމަކުރާނެ ތާއެެވެ. “ކީއްވެ ޔާލް ؟؟ ކީއްވެ ލޯބިވާއިރު ދުރުގަ ހުރީ ؟؟؟ ” ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލައިފައިވާ ހާލު އަޔާން އަހާލިއެެވެ. ” އަޔާން.. އަހަރެންނަށް […]
ކުރިންވެސް ބުނެފައިވާ ފަދައިން އަޅުގަނޑު ދާން ހަމަޖެހިފައިވާ ކޭމްޕް އެއްގެ ސަބަބުން ދެން ވާހަކަ އަޕްކޮށްލަ ދެވޭނީ ކޭމްޕް ނިންމާ ލުމަށްފަހުއެެވެ. ވާހަކަ މެދުކަނޑާލަން ޖެހޭތީ ހުރިހާ ކުދިންގެ ކިބައިންވެސް ނިހާޔަތަށް މައާފަށް އެދެމެވެ. ނަަމަވެސް ކޭމްޕް ނިމުމުން ވީހާވެސް އަވަހަކާ އިރާދަކުރެއްވިއްޔާ ވާހަކަ ކިޔާލަން ލިބޭނެއެެވެ. ހުރިހާ ކިޔުންތެރިންވެސް ވާހަކައަށް އިންތިޒާރުކުރާނެކަމަށް އުންމީދުކުރަން…. ? ކިޔުންތެރިންގެ ފަރާތުން ލިބޭ ސަޕޯޓަށް ފަށްފަށުން ޝުކުރުވެރިވަން…. ? ❤❤❤?????????
އަޔާން އައިސް ކޮޓަރިއަށް ވަތްވަގުތު އަވަސް އަވަހާ މަލްހާ ފޮތް ފަހަތށް ލައި ފޮރުވިއެވެ. “ދޮންބޭ.. މިވަގުތު ކީއްކުރަނީ؟؟” މަލްހާ އަހާލިއެވެ. މަލްހާ ހުރީ އޭނަ އެފޮތް ކީކަން އެނގިއްޖިއްޔާ ރުޅި އަންނާނެ ކަމަށް ހީކޮށްގެންނެވެ. “މިއައީ ގަށި ބާއްވާފަ ދެވުނީމަ އެބަލާ… މަލް ކީއްކުރަނީ މިތާ؟؟ ” އަތުގައި ގަޑި އަޅާލަމުން އަޔާން މަލްހާ އާއި ދިމާލަށް ބަލާލިއެވެ. “އާނ.. މީ.. ދޮންބެގެ އެއްޗެހި ދޮންނަންވެގެން މިއައީ ގަމީސްތަށް ބަލާ..” މަލްހާ އިނީ އެފޮތް ފަހަތަށް […]
” ޑެމިޓް ޔާލް… ޑެމިޓް.. އައި ލަވް ޔޫ ” އަޔާން ޔާލްއާއި ދުރުވެލުމަށްފަހު އެދެލަލޮށް ބަލާލިއެވެ. ޔާލްއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އުފަލުން ނަށާލަން ބޭނުންވިއެވެ. ފަޒާގައި އުދުހިލަން ބޭނުންވިއެވެ. ނަމަވެސް ޔާލްއަށް އަނގައިން ބަހެއް ނުބުނެ ހުރެވުނީއެވެ. ދެންވެސް ވާހަކަ ދެއްކީ އަޔާންއެވެ. “އެކަމު… އެކަމު އަހަންނަށް އެނގޭ ޔާލް ލޯބިވަނީ އެހެން މީހެއް ދެކެކަން…. ވަރަށް ސާފުކޮށް އެނގޭ… އަހަރެން ބޭނުމެއްނޫން އެއްވެސް ވަރަކަށް މީހުންގެ ދޭތެރެއަށް ވަންނާކަށް…. ޔާލް […]
އަޔާން އާއި ޔާލްގެ ހަތަރު ކަޅި ބައްދަލުވި ވަގުތު އިސްޖަހާލީ ޔާލްއެވެ. މަޑުހިނގުމެއްގައި އަޔާން ކާރިންލާފައި ދިޔައިރު އިސްއުފުލާ ބަލާބެވެސް ނުލައެވެ. “ޒާއިން… މިތާނގަ؟؟؟ ” ޔާލް ހައިރާންވީ ކަރުދާސް ކަފަންއިން ޒާއިން ފެނިފައެވެ. “ހޫމް… ނޫ ބުނެގެން ކުޑަކޮށް އެހީވެލަން މިއައީ… ” ޔާލް ގާތަށް ހިނގައި ގަންނަމުން ޒާއިން ވާހަކަ ދެއްކިއެވެ. އަޔާން ހުރީ ދެބުމަ ގޮށްޖަހައިގެން އެމީހުންނާ ދިމާލަށް ބަލާށެވެ. އެހެން ހުރެފައި އައި ރުޅިމަތީ ގޮސް ލިފްޓަށް އެރީ ޔާލް މާ […]
ޔާލް ދުވެފައިގޮސް އޮފީހުން ނިކުތްއިރު ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އަޔާންގެ ރުޅިވެރި ބަސްތަކުން މިއަދު އެ ހިތް ފޮތިފޮތި ވެއްޖެއެވެ. ގިސްލަމުން ރޮމުންދިޔަ ޔާލް މަގު ހުރަސްކޮށް ދިޔައިރު މަގުގެ އެއް އަރީގައި އޭނައަށް ބަލަން މީހަކު ހުރިކަމެއް ނޭނގެއެވެ. “ހެއި ޑާލިން…” ގެއަށް ވަތް ޔާލް ސިއްސައިގެން ދިޔައީ ކުރިމަތީހުރި ފައިޒާން ފެނިފައެވެ. އަވަސްއަވަހާ ލޮލުގަ ހުރި ކަރުނަތަށް ފޮހެލުމަށްފަހު ތުންފަތްމަށްޗަށް ހިނިތުން ވުމެއް ވެރިކޮށްލީ ލޯބީވާ ކޮއްކޮ ފެނުމުންނެވެ. ފައިޒާން މެލޭޝިޔާގައި ކިޔަވަން […]
އަޔާންއަށް މަޑުމަޑުން ހިތުގައި ފިރުމާލެވުނީ ތޫނު ތަދެއް އެރިކަހަލަ އިހުސާސެއް ކުރެވުމުންނެވެ. “އުންމީދުކުރަން ޔާލްއަަށް ޔާލްގެ ލޯބި ލިބޭނެކަމަށް… ދެން ދަނީއޭ…” ޝާނިމް ވާހަކަ ނިންމާލުމަށްފަހު ދިޔައެވެ. ޔާލްއިނީ އަދިވެސް ގަބުއަރާފައެވެ. ގޮތް ހުސްވެފައި އިން މީހެއް ފަދައިންނެވެ. ވިސްނަން އިނދެ އިނދެ ބޯގޮވާވަރު ވުމުން ޔާލް ކެބިންއަށް ދާން މިސްރާބުޖެހިއެެވެ. ޔާލް ދިއުމުން އަޔާން ގަސްކާރީ ހުރެފައި އެނބުރި އައިސް އިށީނީ ޔާލްއިން ގޮނޑީގައެވެ. އެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަންފެށީ އިހްތިޔާރަކާ ނުލައެވެ. ލޯބި […]