މިއަދު މިވަނީ މުޅިންހެން ގޮތް ހުސްވެފައެވެ. ދެމީހުން ކުރެ އެކަކަށްވެސް ފާޅުގައި ފުރަގަސްދޭނެ ހިތްވަރެއް ގަޔަކު ނެތެވެ. ދެމީހުންނަށްވެސް ހިތުގައި ހާއްސަ މަގާމެއްވަނީ ދެވިފައެވެ. އަބަދަށް ފަނޑުނުވާފަދަ ގޮތެއްގައި އެނަން ހިތުގައި ލިޔެވިފައެވެ. ވިސްނާ ވިސްނާ ބޯގޮވާވަރު ވެއްޖެއެވެ. އެއިން މީހަކު މިކަމުގައި އެހީތެރި ވާނެނަމައެވެ.
އައިޝާ ގެޔަށް ވަދެގެން އައިއިރުގައި ދޮރުމަތީގައި ފައިވާންތައް ހުރުމުން ޒާމިންމެން އެތެރޭގައި އުޅޭކަން އެނގުނެވެ. ސިޓިންރޫމްގައި ޒާމިންގެ އާއިލާގެ އިތުރުން ރެހާންގެ އާއިލާވެސް ތިބުމުން މިއެންމެން ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން އައިޝާއަށް އިނގުނެވެ. އެންމެންވެސް ބޭނުންވަނީ އައިޝާ ރެހާންއަށް މާފުކުރުމަށްފަހު އެދެމީހުން އެކީގައި އަލުން ދިރިއުޅުން ފަށާށެވެ. އެކެއްވެސް އައިޝާ ބޭނުންވާގޮތެއް ނުވިސްނަޔޭ އޭނާ ހިތާ ހިތުން ކިޔާލިއެވެ. އެބައަންނަމޭ ބުނަމުން އައިޝާ މައްޗަށް އެރީ އެތާގައި ރެހާންވެސް އިނުމާ އެކުގައެވެ. ރާއިންމެންނާ ބެހޭގޮތުން ދައްކަންވާ […]
“އާސިމާ ހެޔޮ ނުވާނެ ތިހާ ނުބައިވާން. ކޮން އިރަކުތަ ތިހާ ހިތްހަރު މީހަކަށްވި. އަހަރެންނާ އިމްރާން ދަންނަ އާސިމާއެއް ނޫންތީ. އަހަރެންނާ އިމްރާންގެ ދިރިއުޅުން ހަލާކު ކޮއްލުމުން އެކަމާ މާފް ކުރެވިދާނެ. އެކަމަކު ބުނަން. އަހަރެންގެ އެންމެ ލޯބިވާ ދަރިފުޅުގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލީ. މަޔެއްގެ ހިތުން ދުވަހަކުވެސް މާފެއް ނުލިބޭނެ. ހަަމަ މިހާރު މިތަނުން ދޭ.” ހުރިހާ ވާހަކަތަށް އަޑުއިވުނުއިރު ނަސްރީނާއަށްވެސް ވަނީ ފުންއަސަރުތަކެއް ކޮއްފައެވެ. އާސިމާގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން މިވަނީ […]
“އޭޝް ކީއްވެ ތިހެން ތި އުޅެނީ. ރުޅިއަންނަ ކަމު ހެދުނަސް އަހަރެންނަށް އިނގޭ އަދިވެސް ލޯބިވާކަން. އެހެންނޫންނަމަ ތިވަރަކަށް އޭޝްގެ ކުޑަކުޑަ ހިތެއް ބީޓްއެއް ނުކުރާނެ. އޭޝްގެ މާފު ހޯދަން އަހަރެން ކިހިނެއްތަ ހަދަންވީ” ޝަހާދަތް އިނގިލިން އައިޝާގެ ދަތްދޮޅި އުފުލާލަމުން ރެހާން ބުނެލިއެވެ. އޭރު ދެހިތުގެ ތެޅުން ވަނީ އެކަކުއަނެކަކަށް އިވޭ ވަރަށް ބާރުވެފައެވެ. ” ރެހާން ދޫކޮއްލާ. މޮޔަވެގެންތަ ތިއުޅެނީ. މީހަކަށް ފެނިދާނެ” މަސައްކަތުގެ މާހައުލު ކަމުން އައިޝާއާ ރެހާންއާ ދޭތެރޭގައި ވާ ކަންކަން […]
“ނޫން އޭޝް ތިހެން ނުބުނޭ. ﷲ ދެނެވޮޑިގެންވާނީ އަހަރެންގެ ހިތުގައި އޭޝްއަށްޓަކާ ވީ ތެދުވެރި ލޯބި. ބައެއްގެ މަކަކުވެރި ރޭވުމެއްގެ ދަލުގައިޖެހި އޭޝްއާމެދު އެގޮތަށް ކަންތަށް ކުރެވުނީމަ މިއަދު އަހަރެން އިންތިހާއަށް ލަދުގަނޭ. އަހަރެން މިދުނިޔެއިންވެސް ހަމައެކަނި ބޭނުންވަނީ އޭޝް އަހަންނަށް މާފުކޮށްފަ މިހަޔާތަށް އަނބުރާ އައުން. ޕްލީޒް އަހަންނަށް މާފުކުރޭ” ރެހާން އިސްދަށަށް ޖަހާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ ކުއްވެރިއެއް ފަދައިންނެވެ. ރެހާންއަށް އައިޝާއާމެދު ކަންތައް ކުރެވުނު ގޮތުން ހަގީގަތުގައިވެސް އެކަމާލަދުގަނެ ދެރަވިއެވެ.. “ރެހާން. […]
“މަންމިގެ ހޫޑީ. މަންމި ބަލިވީމަވެސް އަބަދު މަންމި އެކަނި ކޮއްލާފަ ދަނީދޯ” ހޫދުގައިގައި ބައްދާލަމުން އައިޝާ އެހެން ބުނެލީ ދެރަވެފައިވާކަހަލަ އަޑަަކުންނެވެ. އަދި ނަސްރީނާމެންނަށް އެތެރަށް ވަނުމަށް ދައުވަތު ދިނެވެ. ” ރެހާންމެން ދިޔައީ މާދަމާ ދަތުރު ގެންދަން މަސް ހިފަން. އަހަރެން ބުނިން މިސޮރު ބަހައްޓާފަ ދާށޭ. އަހަރެން ގެންދާނަމޭ. އައިޝާ ބަލީމަ މިގެޔަށް އަންނަން އެހެން ބުނީ. މިހާރު ކިހިނެއްތަ؟” ނަސްރީނާ ބެހެއްޓި ގާތްކަމުން އައިޝާ ހިސާބަކަށް ލަދުގަތެވެ. ކުރިން ދިމާވެފައި ނުވިނަމަވެސް ނަސްރީނާއަކީ […]
“ސާބަހޭ ދޮންބެތީ އެކްސްރޭ މެޝިންއެއްތަ. އެވަރަށް ބެލީމަ އަހަރެން ހީކުރީ ސްކޭންއެއް ހައްދާލަނީކަމަށް” ކެންޓީން ދޮރުމަތީގައި ކުޅިބަލަން ހުރި ރާއިން ރެހާންއާ ދިމާއަށް ބުނެލިއެވެ. އެހާ ރަނގަޅު ފުރުސަތެއް ލިބުމުންވެސް ރެހާން އެއައީ އެތާގަ އިދެފަ އަނގައިން އެންމެ ބަހެއްވެސް ބުނެނުލާ ވިއްޔާއެވެ. “ހެހެހެ.. އެކުޑަ ޓެސްޓެއް ހަދާލީއޭ. އަހަރުމެން މެރީކުރިކޮޅުގަ އޭޝްއާ ދިމާއަށް އެހެން ބެލީމަ ވަރަށް ގިނައިރުވަންދެން އިންނާނެ ކުޑަކުއްޖެއްހެން ބަލަހައްޓައިގެން. ފަހުންފަހަށް އައިއްސަ މޫނުމައްޗަށް އެހާ ކުލަވަރުތަށް އަރަން ފެށީމައޭ ލޯބިވާކަން ބަސްޓުވީ.. […]
އައިޝާއަށް ހާއްސަކުރެވިފައިވާ ރޫމަށް ވަދެވުމާއެކުހެން ހަމަޖެހުމުގެ ނޭވަޔެއް ދޫކޮއްލިއެވެ. މިއަދު ރެހާންއަށް ނުބައި ޒާތެއްގެ އެއްޗެއް ކެވިގެން އުޅެނީ ބާއޭ އައިޝާ ހިތަށް އެރިއެވެ. އެއީ އެހެންނޫންނަމަ ހިތުން ރުހުމުން އައިޝާއާ ވާހަކަ ދައްކާ ހަދާމީހެއްނޫނެވެ. ރެހާން އައިއްސުރެ އެދެލޮލުން އައިޝާއަށްޓަކައި ނުރުހުންނޫން އެހެން އެއްޗެއް ނުދެކެއެވެ. ރެހާންގެ ފަރާތުން އިތުރު ކަމަކަށް އައިޝާ އުންމީދެއްވެސް ނުކުރެއެވެ. ދެވަނަ ފަހަރަކަށް އައިޝާގެ ހަޔާތުން ރެހާންއަށް އެމަގާމު ދޭކަށް ނުވިސްނައެވެ. އެދުވަހު އައިޝާ ކުނިކޮޅެއް ފޮޅާލާހެން ރެހާންގެހަޔާތުން ބޭރުކޮއްލީ […]
އޮފީސްގަޑި ނިމުމުގެ ކުރިން ރާއިން އައިޝާ ގާތަށް ދިޔައީ މިއަދު ހަވީރު އޭނަޔާއެކުގަ ހޫދު ފޮނުވުމަށް އެދުމަށެވެ. ރާއިންގެ މަންމަގެ އެދުމެއްކަމަށް ބުނުމުން އައިޝާ ނިކަންފަސޭހައިން އެއްބަސްވެސް ވިއެވެ. “ކޮބާ ހިނގާ ގެޔަސްދާން. މަންމަމެން މިހާރު ތިބޭނީ ގޭގަ. އަހަރެންނަށް ވަރަކަށް ގުޅާނެކަންނޭގެ. ލަފާތަނަށްވެސް ނުދަންވިއްޔަ” ގެޔަށް ދިޔުމަށް ނުކުމެގެން އައި ރެހާން ފެނުމުން ރާއިން ބުނެލިއެވެ. ރެހާން ފެމުން ރާއިންއަތުގަ ހިފައިގެން ހުރި ހޫދުވެސް ދުވެފަގޮސް ރެހާންގައިގައި ބައްދާލިއެވެ. މިއަދު އެކުޑަކުޑަ ހޫދު އެހެން ބައްދާލުމުން […]