މަލާކް ގަސްތުކުރީ ޒާދު އާއެކު ގިނަވަގުތު ހޭދަކުރާށެވެ. މައުވަން އެއްޗެއް ބުނޭތޯއެވެ. ކުރީފަހަރުވެސް ޒާދު އާއެކީ އުޅުމުން މައުވަން ވަނީ ރުޅިއައިސްގެން އޭނައާދިމާލަށް އެއްޗެހި ކިޔާފައެވެ. ޔަޒާން އިނީ ސޯފާގައި އޭނަގެ މަންމައާއި ވާހަކަދައްކާށެވެ. ޔަޒާން ބޭނުންވަނީ އެމީހުން އަމިއްލަ އެޕާޓްމެންޓެއް ހިފައިގެން އެތަނަން ބަދަލުވާށެވެ. ޔަޒާންމެންވެސް މާލޭގައި ގެއެއް ހުރެއެވެ. އެކަމަކު އެގެވަނީ އެއްކޮށް ކުއްޔަށް ދީފައެވެ. އެގްރިމެންޓްގެ މުއްދަތު ހަމަވާން އަދި ތިންއަހަރު އެބަ އޮތެވެ. އެހެންކަމަމުންއޭނަ ބޭނުންވާ ގޮތް ނަސްރީނާއާއި ހިއްސާކުރިއެވެ. ނަސްރީނާ […]
މާލޭގެ ސްކޫލްތައް ޓީވީއިން ދައްކާއިރު އޭނަ އެފަދަ ސްކޫލަކަށް ވަރަށް ވެސް ދާ ހިތްވެއެވެ. އެފަދަ ސްކޫލެއްގައި ކުދިން އުޅެނީ ވެސް ހާދަ ‘މިނިވަން’ކޮށޭ ހިތަށްއަރައެވެ. ޝަރަފަށް ވަގުތުން އޭނަ މާލެއަށް ގޮސް އުޅޭނެ ގޮތުގެ ޚިޔާލީ ފޮލާ ކައްކަން ފެށިއެވެ. އަދި ވަގުތުން އަނބުރާ ކޮޓަރިއަށް ދާން ދުއްވައިގަތީ އެ އުފާވެރި ޚަބަރު ޝިނާޒަށް ދިނުމަށެވެ. އޭނަ ވަގުތުން ގޮސް ޝިނާޒަށް ގޮވައި ގަދަކަމުން ހޭލައްވާލަމުން އޭނައަށް އެ ޚަބަރު ދިނެވެ. އެއާއެކު ޝިނާޒްވެސް ޝަރަފާއި […]
މިސްކިތުން ނިކުތް އަލޫކްއަށް ފަރޫން ފެނުނީ ފަހަތުން އައިސް ގޮވާލުމުންނެވެ. އަލޫކްއަށް ބަޔާކުރަން ދަތި އުފަލެއްލިބުނީ ފަރޫން އަމިއްލަހިތަށް ފެނިގެން ނަމާދަށް އެރީމައެވެ. ނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި މޫނުމަތީގައިވި ހިނިތުންވުން ފަޑުވެ ސީރިއަސްވެލީ ފަރޫން މިއަދު އުޅުންގޮތް ހަނދާންވެ ލޫޔާގެ ފެންކަޅިވެފައިހުރި މޫނުސިފަވުމުންނެވެ. އަލޫކްއަށް އެވީގޮތް ފަރޫންއަށް އެނގުނެވެ. އަދިއަވަހަށް އަލޫކްއެއްޗެއް ބުނުމުގެ ކުރީން ހިނގާބަލާށޭ އަހަރެމެންގެއަށް ކާން ކިޔާ އަލޫކްގެ އަތުގަ ހިފައިގެން ގޮސް ކާރަށް އެރިއެވެ. އެހެންނަމަވެސް ފަރޫންދިޔައީ ގެއަކަށްނޫނެވެ. ބާރުދުވެލީގައި ކާރުދުއްވާލާފައި ގޮސްމަޑުކޮށްލީ […]
ޔާލް ލޯގަނޑު ކުރިމަތީ އިނދެގެން އެކި ހަރަކާތްތަށް ކުރަމުންދެއެވެ، މިރެއަކީ އަޔާންގެ އާއިލާއާއެކު ކައިވެނީގެ ވާހަކަ ދައްކަން ހަމަޖެހިފައިވާ ރެއެވެ. “ބަލަ މަންޖޭ.. މީ ކައިވެނިކުރަން އުޅޭ ރޭއްނޫނޭ ތިވަރަށް ފަރިވާކަށް. ހެހެ އަދި އެރޭ ކިހާވަރެއްވާނެބާ..” ޔަނާލް އައިސް ޔާލްގެ ކޮޓަރިއަށް ބޯދިއްކޮށްލަމުން ޔާލްއާއި ދިމާކޮށްލިއެވެ. “ދެން ދޮންތަވެސްދޯ.. ކޮބާ ފައިޒާން؟؟ ” ޔަނާލްއަށް ލޯ އަޅާލަމުން ޔާލް އެންމެ ފަހު ފަހަރަށް ލޯގަނޑުން ސޫރަ ބަލާލިއެެވެ. “ފައިޒާން އެކަނިތަ؟؟ އެންމެން އެބަތިބި އައިސް. އަވަސްކޮށްބަލަ […]
“ އެއްފަހަރު ނަމަވެސް މިއަތުގަ ހިފާބަލަ.. އޭރުން އެނގިދާނެ ހުރި ހިތްވަރެއް ވެސް“ ރޭޝަމް ވެސް ޒާހިދަށް ބަލާލިއެވެ. އެއް މިޔަކަނުން ހީލަމުން ރޭޝަމް ދިއްކޮށްލި އަތުގައި ޒާހިދު ހިފާލިއެވެ .އެއާއެކު ދެމީހުންގެ ވެސް ހިތަށް ފިނިވެގެން ދިޔައެވެ. އާ ދުވަހަކަށް އިރު އަރައިފިއެވެ. ކޮލެޖަށް ދިޔުމަށް ސިޑިން ފޭބިތަނާ ޒާހިދު އައިސް ގޭ ކުރިމައްޗަށް ސައިކަލު މަޑުކޮށްލިއެވެ. “ހާދަ އަވަހަކަށް ހޭލައިގެން.. އަނެއްކާ ކޮން ކަމެއް “ރޭޝަމް ހިނިތުންވެލިއެވެ. “ނިދަން އުޅެ އުޅެ ނުނިދުނީ..“ ޒާހިދުވެސް […]
”އޭނަޔަށް މިކަންތައް ފަޅައި އަރައިފިޔޭ.!! ކޮންމެ ދުވަހަކު ހީވަނީ މަ ކައިފާނެހެން!!” އުޝާގެ އެންމެ ގާތް އެކުވެރިޔާ ނުޒުހާއާ ވާހަކަ ދައްކަމުން އުޝާ ބުނެލިއެވެ. “އެހެންތަ؟! ދެން ކިހިނެތް ހަދާނީ؟ މަބުނާނެ ވާހަކައެއް ނެތް..! އެމަކުވެސް އެއްބަސް ނުވާތި! ބުނާނީ ހަމަ ކަރަމްގެ ދަރިއެކޭ… ރާއްޖެތެރޭ ކައްޕަޅިން މާލެ އަރައި ގޮތަށް މާލެ މީހުންނާ އިންނަން އުޅެގަތީމަ ޖެހޭނެ ބޮލުގަ އެޅެންވެސް… ދޮގެއްތަ އަޅެ؟” އުޝާޔަށް އިތުރަށް ހިތްވަރު ދެމުން ނުޒުހާ ބުނެލިއެވެ. ”އާނ.. ޔަގީންތާ މަ […]
ވަކި ހިސާބަކަށް ދެވުނުއިރު ރޭޝަމްގެ ކޮނޑާ ހަމައަށް މޫދުގެ ލޮނުގަ ނޑު އޮތެވެ. އޭރު ބޯޅަ އޮތީ ތަންކޮޅެއް ކައިރީގަކަމުން ފުން ނޭވާއެއް ރޭޝަމްއަށް ބޭރުކޮށްލެވުނެވެ. ހިންދިރުވާލަމުން ރޭޝަމް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ރޭޝަމްއަށް ހަޅޭއްލަވައިގަނެވުނެވެ. “ޒާހިދުބޭ… ޒާހިދުބޭ… ދައްތަ އެއޮށް ގެނބެނީ.. ދައްތަ ސަލާމަތްކޮށްދީ“ ގަހެއްގެ ދަށުގައި އިށީނދެގެން އިން ޒާހިދު ސިއްސައިގެން ދިޔައީ މާލްގެ ހަޅޭކުގެ އަޑަށެވެ. ބޭއިޚްތިޔާރުގައި މޫދާ ދިމާލަށް ޒާހިދަށް ބަލާލެވުނެވެ. ފެނުނު މަންޒަރުން ޒާހިދުގެ ހިތުގެ ވިންދު އަވަސްވިއެވެ. […]
ފަރޫން އެދެމީހުން އިންޓްރޮޑިއުސް ކޮށްދިނުމުން ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލާ ހިނިތުންވެލިނަމަވެސް ދެމީހުންގެ ހިތުގައިވެސް ވީ ޝަކުވާއެެވެ. ލޫޔާ އެއްވެސް ވަރަކަށް އަލޫކްގެ އެބެލުންތަކަށް މަރުހަބާކިޔަން ބޭނުން ނޫންނަމަވެސް އިންތިހާއަށް ލޯބިވާ ފަރޫންއަށް ޓަކައި އެތާންގައި ހުންނަންޖެހުމުން ނެވެ. އަލޫކްވެސް ފަރޫން ކުރިން ކުއްޖަކާ ރައްޓެހިވެގެން އުޅޭވާހަކަ ނުބުނެއޮތީތީ އެކަމާ ހިތްހަމަނުޖެހުނެވެ. ކޮންމެެހެން ލޫޔާއަށް ވީމައެއްނޫނެވެ. ނަމަވެސް ކުރިމަތީގައި އިނުމުން ބެލެނީވެސް ފަރޫންއަށް ވެސް ފާހަގަނުވާވަރަކަށް ނޫނެވެ. ލޫޔާ ފަރޫން އާއި ރައްޓެހިވެގެން އުޅުނެއްކަމަކު އަލޫކްގެ ހިތަށް […]
އައްސަލާމް ޢަލައިކުމް. މީ އަޅުގަނޑު މި ސައިޓަށް އަޕްކުރާ އެންމެ ފުރަތަމަ ވާހަކައެވެ. އެހެންކަމުން މި ވާހަކަ ކިޔުމަށްފަހު ކިޔުންތެރިން މި ވާހަކަ އާ މެދު ދެކޭ ގޮތާއި ރަނގަޅު ކަންތައްތަކާއި ރަނގަޅު ކުރަންވީ ކަންތައް ބުނެދިނުމަކީ ލިބޭނެ އިތުރު ކުރިއެރުމެކެވެ. އަދި ކިޔުންތެރިންގެ ޚިޔާލު ހުށަހެޅުއްވުމަކީ މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ ހިތްވަރެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މާދަމާއިން ފެށިގެން އަޅުގަނޑު މި ވާހަކަ އަޕް ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. އިންތިޒާރު ކޮށްލައްވާ…