ގެއްލިދިޔަ ހަޔާތް….. 12
“ އެއްފަހަރު ނަމަވެސް މިއަތުގަ ހިފާބަލަ.. އޭރުން އެނގިދާނެ ހުރި ހިތްވަރެއް ވެސް“ ރޭޝަމް ވެސް ޒާހިދަށް ބަލާލިއެވެ. އެއް މިޔަކަނުން ހީލަމުން ރޭޝަމް ދިއްކޮށްލި އަތުގައި ޒާހިދު ހިފާލިއެވެ .އެއާއެކު ދެމީހުންގެ ވެސް ހިތަށް ފިނިވެގެން ދިޔައެވެ.
އާ ދުވަހަކަށް އިރު އަރައިފިއެވެ. ކޮލެޖަށް ދިޔުމަށް ސިޑިން ފޭބިތަނާ ޒާހިދު އައިސް ގޭ ކުރިމައްޗަށް ސައިކަލު މަޑުކޮށްލިއެވެ. “ހާދަ އަވަހަކަށް ހޭލައިގެން.. އަނެއްކާ ކޮން ކަމެއް “ރޭޝަމް ހިނިތުންވެލިއެވެ. “ނިދަން އުޅެ އުޅެ ނުނިދުނީ..“ ޒާހިދުވެސް ހިނިތުންވެލިއެވެ. “ދަނީ އިނގޭ.. ލަސްވޭ އެބަ..“ ރޭޝަމް ފޯނަށް ބަލާލަމުން ބުންޏެވެ .
“ ފަހަތަށް އަރާބަ، މަ ގެންގޮސްދިފާނަން“ ޒާހިދު ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ. “ނޫން.. ޒާހިދުމެން ކަހަލަ މީހުންގެ ސައިކަލު ފަހަތަށް އަހަރުމެން އެރީމަ ދެން ވަރަށް އޮޑް ވާނެ..“ ރޭޝަމް އަނގަ ހަދާލިއެވެ.
” ދެން ކީއްކުރަން މިވަރުގެ މީހުންނަށް އެހީގެ އަތެއް ދިއްކުރީ؟“ ޒާހިދު ލޯ އަޅާލިއެވެ. ދެވިސްނުމެއްގައި ހުރެ ރޭޝަމް އައިސް ސައިކަލު ފަހަތަށް އެރިއެވެ. ހިނިގަނޑެއް ޖަހާލަމުން ޒާހިދު ސައިކަލު ދުއްވާލިއެވެ. ކޮލެޖް ކުރިމައްޗަށް ސައިކަލު މަޑުކޮށްލުމާއެކު ރޭޝަމް އަވަހަށް ސައިކަލުން ފޭބިއެވެ. “ތޭންކްސް އަ ލޮޓް“ ރޭޝަމް ހިނގައިގަތެވެ. “ބަލާ އަންނަންތަ؟“ ޒާހިދު ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
” އަހަރެން މީ ޒާހިދުގެ ލޯބިވެރިޔާއެއް ނޫނޭ ކޮލެޖަށް ލައިދީފަ އަދި ބަލާ ވެސް އަންނަން “ ރޭޝަމް ޒާހިދާ ދިމާކޮށްލިއެވެ. އެވަގުތު ޒާހިދުގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. މާޒީގެ ހަނދާންތައް އާކުރަން ބޭނުން ނުވިކަމުގައިވިޔަސް އެހަނދާންތައް އާވާން ފެށިއެވެ. އަސްމާ ކޮލެޖަށް ލައިދީ، ބަލާ އަންނަ މަންޒަރު ސިފަވެގެން ދިޔަކަހަލައެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޒާހިދު ސައިކަލު ދުއްވާލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ޒާހިދު އިނީ ކާށެވެ. ރޭޝަމްވެސް ގޮސް މޭޒުދޮށުގައި ޖައްސާލިއެވެ. އެމަންޒަރު ބަލަން ދުރުގައި އިން އާމިރާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ.
ކައި ނިމިގެން ފިލާވަޅުތައް ދަސްކުރަން ރޭޝަމް އިށީނެވެ. އާފުރެން ފެށުމުން ފޮތްތައް ލައްޕާލުމަށްފަހު ކޮޓަރިއާ ދިމާލަށް ރޭޝަމް ދިޔައެވެ. އެވަގުތު ކުރީ ދުވަހު އަޑުއިވުނު ރާގު އިވެންފެށިއެވެ. އެއަޑު އަންނަމުން ދިޔައީ ޒާހިދުގެ ކޮޓަރިން ކަން ރޭޝަމްއަށް ޔަގީންވިއެވެ. ފޮތްތައް ކޮޓަރިއަށް ލުމަށްފަހު ޒާހިދުގެ ކޮޓަރިއާ ދިމާލަށް ރޭޝަމް ހިނގައިގަތެވެ. އެއް އިރެއްގައި އެކޮޓަރިއަށް ވަންނަން ކިތަންމެ ޖެހިލުންވި ކަމުގައިވިޔަސް، މިއަދު ކުޑަވެސް ޖެހިލުމެއް ރޭޝަމް ނުވެއެވެ.
ދޮރު ހުރީ ކުޑަކޮށް ހުޅުވާފައިކަމުން ރޭޝަމް ދޮރުން އެތެރެއަށް ވަނެވެ. އެނދުމަތީގައި ގިޓާ ކުޅެން އިން ޒާހިދު ފެނުމުން ރޭޝަމްއަށް ހިނިތުންވެވުނެވެ. ރޭޝަމް ފެނުމާއެކު ޒާހިދު ގިޓާ ކުޅުން ހުއްޓާލިއެވެ. “އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟“ ރޭޝަމް އަހާލިއެވެ. “ވަދޭ..“ ޒާހިދު ހިނިތުންވެލިއެވެ. ރޭޝަމް އެނދުގައި އިށީންނަމުން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެކޮޓަރިއަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ރާފުޅިތަކާ ފާޑުފާޑުގެ އެއްޗެހި ހުއްޓެވެ. ރޭޝަމްއަށް ފުން ނަޒަރަކުން ކޮޓަރިތެރޭގައި ވާ ދޮރަށް ބަލާލެވުނެވެ. އެތަނަކީ ރޭޝަމް މިންހާ ސަލާމަތްކުރި ތަނެވެ.
“ ކޯޗެއް ތިބަލަނީ؟“ ޒާހިދުގެ އަޑަށް ރޭޝަމް ދިޔައީ ސިއްސައިގެންނެވެ. “ނު..ނުބަލަން އެއްޗަކަށް.. ތިއެއް ނޫނޭ.. ވަރަށް ރީތި ޒާހިދު ގިޓާ ކުޅޭގޮތް.. އަދި އެއްފަހަރު ކުޅެލަން ވީނު“ ރޭޝަމް މައުލޫ އޮޅުވާލިއެވެ. ޒާހިދު ވެސް އެވާހަކަ އިތުރަށް ދައްކަން ބޭނުން ނުވުމާއެކު ގިޓާ ކުޅެން ފެށިއެވެ. ކުއްލިއަކަށް އެނދުމަތީގައި އޮތް ޒާހިދުގެ ފޯނު ވައިބްރޭޓްވިއެވެ.
” ދީބަ އެއޮށް ފޯނު“ ޒާހިދު ރޭޝަމް ކައިރީގައި އޮތް ފޯނަށް އިޝާރާތްކުރިއެވެ.
” އުހުނ.. ޒާހިދު ގިޓާކުޅޭ.. މަ ބަލާލަންތަ ކާކުތޯ ގުޅީ؟“ ރޭޝަމް ޒާހިދަށް ބަލާލިއެވެ. ގިޓާ ކުޅުމަށް ގެއްލިފައި އިންވަރުން ރޭޝަމް ކީ އެއްޗަކަށް އާނއެކޭ ބުނުމުގެ ގޮތުން ޒާހިދު ބޯ ޖަހާލިއެވެ. ރޭޝަމް އަވަސް އަވަހަށް ފޯނު ނަގާ ބަލާލިއެވެ.
“ މެސެޖެއް އައީ“ ރޭޝަމް ފޯނަށް ބަލާލަމުން ވާހަކަދެއްކިއެވެ. ޒާހިދު އަތް ދިއްކޮށްލިއެވެ. ފޯނު ޒާހިދުގެ އަތަށް ދިނުމަށް ރޭޝަމް އަތް ހިއްލާލިއެވެ. އެވަގުތު ރޭޝަމްގެ އަތުން ފޯނުގެ ފިތްތަކަށް ފިތާލެވުނެވެ. އެއާއެކު އެމެސެޖް ހުޅުވުނެވެ. އެއްލި ކަޅިއަކުން ފޯނުގެ ސްކްރީނަށް ރޭޝަމްއަށް ބަލާލެވުނެވެ. އެއާއެކު ފޯނު އެއްލާލެވުމާއެކު ހަޅޭއްލަވައިގެންފައި، ރޭޝަމްއަށް މޫނުގައި އަތް އަޅާލެވުނެވެ .ސިއްސައިގެން ގޮސްފައި ޒާހިދަށް ރޭޝަމްއާ ދިމާލަށް ބަލާލެވުނެވެ. އަދި އަވަސް އަވަހަށް ފޯނު ނަގާ އެއަށް ބަލާލިއެވެ. އެއާއެކު ޒާހިދުގެ ދެލޯ ބޮޑުވެގެންދިޔައެވެ. ހިން ދިރުވާލަމުން ރޭޝަމްއާ ދިމާލަށް ބަލާލެވުނެވެ.
“ރޭޝަމް..“ ޒާހިދު ރޭޝަމްގެ ކޮނޑުމަތީގައި މަޑުމަޑުން އަތް ބާއްވާލިއެވެ. ހަމައެއާއެކު ޒާހިދުގެ އަތް ފޮޅުވާލަމުން ރޭޝަމް އެނދުން ތެދުވިއެވެ.
“ ކަލޭގެ ތި މުޑުދާރު އަތުން މަގޭ ގައިގަ އަތްނުލާތި!!!“ ރޭޝަމްގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
” ކިހިނެއްތަވީ؟ އެއީ އެޑިޓްކޮށްފަ އިން ފޮޓޯއެކޭ.. ރައްޓިއްސަކު މަޖަލަކަށް ފޮނުވި އެއްޗެއް.. ތިހާ ސީރިއަސް ނުވެބަލަ“ ޒާހިދު ހަމަޖެހޭގޮތް ދައްކާލިއެވެ.
“ ވެގެންއުޅޭ ގޮތް ހަމަ ރަނގަޅަށްވެސް ތީނަ އަށް އިނގޭނެ… ކަލޭމެންގެ ހިތުގަ ރަހުމާ ކުލުނޭ ކިޔާ އެއްޗެއްގެ ކުޑަ މިންވަރެއްވެސް ހަމަ ނެތީތަ؟“ ރޭޝަމް ޒާހިދާ ހަތަރުކަޅި ހަމަކުރިއެވެ.
“ ކީކޭ ތިކިޔަނީ؟ އަހަރެންނަކަށް ނުވިސްނުނު …ފޮޓޯއެއް ފެނިގެން ތިހާވަރު ވާންޖެހޭތަ؟“ ޒާހިދުގެ މޫނުމައްޗަށް ރުޅިވެރިކަން ފެތުރެމުންދިޔައެވެ.
“ ޒާހިދުމެންނަށް އެއީ ހަމަ އެކަނި ފޮޓޯގަ ނޑަކަށް ވެދާނެ …އެކަމަކު އަހަރެންނަށް އެއީ އެއްވެސް ކުށެއް ނެތް، އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ ކުއްޖެކޭ …!!!!“ ރޭޝަމްގެ އަޑު ބާރުވިއެވެ.
“ ރޭޝަމް މޮޔަވީތަ؟ ކާކު މަރުވީއޭ؟ …ކީކޭ ތިކިޔަނީ؟“ ޒާހިދު ވިސްނުންތުރި ކަމާއެކު ޝައްކުގެ ނަޒަރަކުން ރޭޝަމްއަށް ބަލާލިއެވެ.
” މަށަށްތަ އިނގެނީ ކަލޭމެން މަރާލީ ކާކު ކަމެއް!!! ކަލޭމެން އެފަދަ ނުބައި ފާފައެއް ކުރާއިރު އަތް ތުރުތުރެއްވެސް ނާޅާތަ؟ ހެއްދެވި ފަރާތް މަތިން އެންމެ ފަހަރަކުވެސް ހަނދާނެއް ނުވޭތަ؟ ކިތައް ކުދިން ކަލޭމެން މިދުނިޔެއާ ވަކިކޮށްލީ… ބަލަ އެކުދިންގެވެސް އާއިލާއެއް ވެޔޭ.. އެމީހުންނަށް ކުރާނެ އަސަރެއް ކަލޭމެންނަކަށް އިހުސާސެއް ނުކުރެވޭތަ؟“ ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ.
” ހަމަހޭގަތަ ތިއިނީ؟ އަހަރެން ކާކު މަރާލީއޭ …“ ޒާހިދުގެ އަޑު ބާރުވެފައި ހަރުކަށްޓެވެ.
” އަދިވެސް މަތަ ހަމަހޭގަ އިންނަންވީ.. ކަލޭމެން ހަމަޔަކަށް އެޅެންވެއްޖެއެއްނު … މިހާތަނަށް 18 ކުދިންނޭ ކަލޭމެން ތި މަރާލީ!!!“ ރޭޝަމްގެ އަޑު ގަދަވެގެންދިޔައެވެ. އެވަގުތު ޒާހިދުގެ ދެލޯ ބޮޑުވެގެންދިޔައެވެ. ރޭޝަމްއަށް އެކަންތައް އެނގުނީބާއޭ ޒާހިދުގެ ހިތަށް އެރިއެވެ. ހިތުގެ ވިންދު އަވަސްވުމާއެކު ރޭޝަމްއަށް ޒާހިދު ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ.
” ކިހިނެއް ރޭޝަމްއަށް އިނގެނީ 18 ކުދިން މަރުވި ކަމެއް؟“ ޒާހިދު ރޭޝަމްއާ ގާތަށް ޖެހިލަމުން ވައި އަޑަކުން އަހާލިއެވެ. ރޭޝަމްއަށް ހޭވެރިކަންވީ ދެނެވެ. ބުނެވުނު އެއްޗެއް ރޭކާލީ އަދި ކިރިޔާއެވެ. ތެޅިތެޅި އޮތް ހިތަކާއެކު ރޭޝަމް ޒާހިދުގެ ލޮލަށް ބަލާލިއެވެ. އެދެލޮލުން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“ ދެންމެ ހަޅޭއްލެވިހެން ދެންވެސް ހަޅާއްލަވަންވީނު.. މަ މިއަހަނީ ރޭޝަމްއަށް ކިހިނެއްހޭ އިނގެނީ މަރުވި މީހުންގެ އަދަދެއް“ ޒާހިދު އިހުނަށްވުރެ ރޭޝަމްއާ ގާތަށް ޖެހިލިއެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިހުސާސްވާހާ ކައިރިއަށެވެ. މުޅި މީހާ ފިނިވުމާއެކު ރޭޝަމްއަށް އިސްދަށަށް ޖަހާލެވުނެވެ.
“ ބަލަ ކަލެއާއޭ މިސުވާލު ކުރަނީ.. ފާރަކާ ނޫނޭ!!!“ ޒާހިދު ރޭޝަމްގެ ދެއަތުގައި ބާރަށް ހިފަހައްޓާލިއެވެ. ވީތަދާއެކު ރޭޝަމްގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.
” ކަލޭ ދޯ އެހެންވީމަ މި ކޮޓަރިއަށް ވަނީ؟ ކަލޭ ދޯ މިންހާ ސަލާމަތްކުރީ!!!“ ޒާހިދުގެ އަޑު ބާރުވެގެންދިޔައެވެ. ރޭޝަމްއަށް ރޮވެންފެށުނެވެ .
“ ކަލެއާ ހެދި އަހަރެން ބޯގޮވާފަ ހުންނަތާ ކޮން ދުވަހެއް… ކޮންތާކު ކަލޭ އޭނަ ފޮރުވީ؟ ހަމަ މިހާރު ބުނޭ… އެހެން ނޫނީ މަގޭ އަތުން ފައިން ގޯހެއް ހެދިދާނެ!!“ ޒާހިދު ރޭޝަމްގެ އަތަށް ބާރަށް ފިތާލިއެވެ.
” ނުބުނާނަން …ނުބުނާނަން.. ހެޔޮ އަހަރެން މަރާލިޔަސް ނުބުނާނަން… ކަލޭމެންގެ ޝިކާރައަކަށް މިންހާ ވިޔަކަ ނުދޭނަން!!“ ރޭޝަމް ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.
“ ނުބުނެ ވަކި ކީއްތަ ކަލެއަށް ކުރެވޭނީ… ކަލެއަށް ޖެހޭނީ ބުނަން…“ ޒާހިދުގެ ލޭ ހޫނުވާންފެށިއެވެ.
” އަދިވެސް މިބުނަނީ މިންހާ ވީތަނެއް ނުބުނާނަމޭ.. ކަލޭތީ އަނިޔާވެރިއެއް… ޤާތިލެއް!!!“ ރޭޝަމްގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވަމުންދިޔައެވެ.
“ ބަލަ އަނިޔާވެރިއަކާ އެކުވެރިކަމުގެ ގުޅުން ބާއްވަން އަތް އިސްކުރީ ކަލެއޭ.. ދެން ކޮން އަނިޔާވެރިއެކޭ ކިޔާކަށްތަ“ ރޭޝަމްގެ ދުލުން އަނިޔާވެރިއެކޭ އެބަސް ނިކުތުމުން ޒާހިދުގެ ހިތަށް ތަދުވިކަހަލައެވެ.
” އަނިޔާވެރިއަކާ އެކުވެރިކަން ބާއްވަން ބޭނުންވީ އޭނަ އަނިޔާވެރިއަކަށް ވުމުގެ ފަހަތުގަ އޮތް ސަބަބު އެނގުނީމަ.. އަހަރެން ހީކުރީ ތީ ހަގީގަތުގަ ރަނގަޅު މީހެއް ކަމަށް.. އެކަމަކު އަހަންނަށް ކުރެވުނީ ކުށް ހީއެއްކަން މިއަދު އެނގިއްޖެ.. ހިނދުކޮޅަކަށް ނަމަވެސް ތީނައާމެދު މިހިތުގަ ހަމްދަރުދީ އުފެދުނުކަމުގައި ވީޔަސް މިހާރު އެހަމްދަރުދީ ނަފްރަތަށް ބަދަލުވެއްޖެ.. އައި ޖަސްޓް ހޭޓް ޔޫ..“ ރޭޝަމް އެކޮޓަރިން ބޭރަށް ދުއްވައިގަތެވެ.
ބޮލުގައި އަތް އަޅާލެވުމާއެކު ދެކަކޫ މައްޗަށް ޒާހިދަށް ތިރިވެވުނެވެ. “އަހަރެންނަކީ އަނިޔާވެރިއެއް ނޫން …އަހަރެން އެއްވެސް މީހަކު މަރައެއް ނުލަން… “ޒާހިދު އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ. ލޮލުން ކަރުނަ އޮހެރޭ ހާލުގައެވެ.
ބެލްކަންޏާ ހަމައަށް ދެވުނުއިރު ރޭޝަމްއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ޓައިލްސް މަތީގައި އިށީންނަމުން ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް ރޭޝަމް ފޮހެލިއެވެ. އެހެނަސް އެކަންވީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ރޭޝަމްގެ ދެލޮލުން ކަރުނައެއް ނުހިކުނެވެ. ކީއްވެގެން ކަމެއް ޚުދު ރޭޝަމްއަކަށް ވެސް ނުވިސްނުނެވެ. “އަހަރެން ދެރަވާންވީ ކީއްވެ؟ ޒާހިދާ ދިމާލަށް އެއްޗެހި ކިޔުނީމަ އެކަމާ އުފާ ވާންވީ ވަގުތު އަހަރެންގެ ދެލޮލުން ކަރުނަތައް މިއޮހެރެނީ ކީއްވެ؟“ ރޭޝަމް އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ.
އަރައިގެން އައި އިރާއެކު އޭގެ ރަން ދޯދިން މުޅި ޖައްވަށް އުޖާލާކަން ގެނެސްދެމުން ދިޔައެވެ. މޯޅިއަކަށް ދެމިލަމުން ރޭޝަމް ތެދުވެ ގަޑި ބަލައިލިއެވެ. ގަޑިން ހެނދުނު 9 ޖަހަނީއެވެ. ފުންމައިގެން ގޮސްފައި ތެދުވެ އަވަހަށް ފާހާނާއަށް ރޭޝަމް ވަނެވެ.
އެނދުމަތީގައި ބޮކްސާއެއް ލައިގެން އުނަގަނޑާ ހަމައަށް ބެޑްޝީޓް އަޅައިގެން ޒާހިދު އޮތީ ފަރާތް ފަރާތަށް ފުރޮޅިލަ ފުރޮޅިލައެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. ފަރުވާކުޑަ ގޮތަކަށް ފޯނު ނަގާ ކަންފަތުގަ ޖަހާލަމުން ޒާހިދު ތެދުވިއެވެ.
” ކޮބާ އެނގިއްޖެތަ މިންހާވީ ތަނެއް… އަދި އޭނަ ސަލާމަތްކުރީ ކާކުކަން؟“ އެކޮޅުން ވާހަކަދެއްކީ ބަރު އަޑެއްގެ ވެރިއެކެވެ.
“ ނޫން.. ނޭނގެ ކާކު ކަމެއް އޭނަ ސަލާމަތްކުރީ“ ފުން ނޭވާއެއް ބޭރުކޮށްލަމުން ޒާހިދު ފޯނު ކަނޑާލިއެވެ. ފޫހިގޮތަކަށް ބެޑްޝީޓު ނަގާ ބިންމައްޗަށް އެއްލާލަމުން ލޯގަނޑު ކުރިމައްޗަށް ޒާހިދު ގޮސް ހުއްޓުނެވެ. އަދި އަމިއްލަ ސޫރައަށް ފުން ނަޒަރަކުން ބަލާލިއެވެ. “އަހަރެންނަށް މިއަންނަނީ ކޮންކަހަލަ ބަދަލުތަކެއް.. ރޭޝަމްއަށްޓަކާ ބޮސް ކައިރީ އަހަރެންނަށް ދޮގެއް ހަދަން ކެރުނީ ކިހިނެއް“ ޒާހިދަށް ގަބޫލުކުރަން ދަތިވިއެވެ.
މެންދުރުގެ ވަގުތެވެ. އާމިރާއަށް ކެއްކުމުގައި އެހީވެދިނުމުގައި އަވަދިނެތި ރޭޝަމް އުޅުނެވެ. “މަންމީ… ކޮއްކޮ ރޮނީ..“ މާލްގެ އަޑަށް ފިޔާކޮށަން އިން އާމިރާ ދިޔައީ ސިއްސައިގެންނެވެ.
“ އެބަ އަންނަން އެސޮރު ނިންދަވާލާފަ.. ރޭޝަމް މިފިޔާކޮޅާ ތަރުކާރީކޮޅު ކޮށާލާފަ ބަހައްޓައްޗޭ..“ އާމިރާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ރޭޝަމް އަވަސް އަވަހަށް ފިޔާކޮށަން ފެއްޓިއެވެ. އެވަގުތު ރޭޝަމްގެ ހަނދާނަށް އަންނަން ފެށީ ރޭގެ ހިނގި ކަންތަކެވެ. ފުން ޚިޔާލެއްގެ ތެރެއަށް ގެނބެމުން ދަނިކޮށް ރޭޝަމްގެ ވާތު ބޮޑުވާ އިނގިލީގައި ވަޅި އެޅުނެވެ. ވަޅީގެ ތޫނުކަމުން ހަމަ ވަގުތުން އެއިނގިލި ކަނޑައިގެން ގޮސް ލޭއަންނަން ފެށިއެވެ. ސިއްސައިގެން ގޮސްފައި އަތުން ވަޅި ދޫވުމާއެކު ރޭޝަމްއަށް ވާތު ބޮޑުވާ އިނގިލީގައި ހިފާލެވުނެވެ. އެވަގުތު ފަހަތުން މީހަކު އައިސް ރޭޝަމްގެ އަތުގައި ހިފިއެވެ. ސިހިފައި ރޭޝަމްއަށް ފަހަތް ބަލާލެވުނެވެ. ކުރިމަތީގައި ހުރި ޒާހިދު ފެނުމާއެކު ރޭޝަމް ވަގުތުން އަތް ދަމައިގަތެވެ.
“ އައި އެމް ސޮރީ ފޯރ ލާސްޓް ނައިޓް.. ތައުޒަންޑ އެޕޮލޮޖީސް..“ އަތުގައި އައްސާފައި އޮތް ސްކާރފް ނަގާ އޭގެއިން އެތިކޮޅެއް ވަޅިން ކަފާލަމުން ޒާހިދު ރޭޝަމްއަށް ބަލާލިއެވެ. އަދި ރޭޝަމްގެ ވާތު އިނގިލީގައި އެފޮތިކޮޅު އައްސާލަދިނެވެ.
“ ޒާހިދު މިތަނުން ދިޔައިއްޔާ އަހަރެންނަށް ރަނގަޅީ..“ ރޭޝަމް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
” އަހަރެން ރޭޝަމްއާ ދައްކަންވެފަ އޮތް ވާހަކައެއް އެބަ އޮތް.. އަހަރެންނަށް ޓައިމްއެއް ދީފާނަންތަ؟“ ޒާހިދު ވާހަކަދެއްކީ މަޑުމަޑުންނެވެ. މީހަކަށް އަޑުއިވޭކަށް ޒާހިދު ބޭނުމެއް ނޫނެވެ.
” އަހަރެން ބޭނުމެއް ނޫން ޒާހިދާ އެއްވެސް ވާހަކައެއް ދައްކާކަށް..“ ރޭޝަމް ނުރުހުންވިއެވެ.
” އަހަރެން ދައްކަން މިއުޅޭ ވާހަކައަކީ އަހަރެމެން ދެމީހުންނަށް ވެސް ވަރަށް މުހިންމު ވާހަކައެއް.. އެހެންވީމަ މިރޭ 30:9 އަށް ޕާމް ޑެކްއަށް“ ޒާހިދު އެތަނުން ދިޔުމަށް ހިނގައިގަތެވެ. ބުނާނެ އެއްޗެއް ނޭނގިފައި ރޭޝަމްއަށް އިނދެވުނީއެވެ .
ގަޑީގެ ސިކުންތު ކަށި ހިނގަމުންދިޔަ ވަރަކަށް ރޭޝަމްގެ ހިތުގެ ތެޅުންވެސް އަވަސް ވަމުން ދިޔައެވެ. “އަނެއްކާ ކޮންވާހަކައެއް ދައްކަންބާ ޒާހިދު އެއުޅެނީ..“ ރޭޝަމްއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ.
ބަރާބަރު 9:30 ވީއިރު ޒާހިދު އިނީ ޕާމް ޑެކް ރެސްޓޯރެންޓުގައެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާ ކަކުލާ ހަމައަށް އަރާ ކަޅު ކުލައިގެ ޖީންސް ފޮތީގެ ސޯޓެއް ލައިގެން އިންއިރު ޒާހިދުގެ ފިރިހެންވަންތަ ހަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ބޮލުގެ އިސްތަށިގަނޑު ފަހަތަށް ވާގޮތަށް އައްސާލާފައި އޮތްއިރު ހަގީގަތުގަ ޒާހިދާ ވަރަށް ގުޅެއެވެ.
.
9:45 ވެއް ޖެއެވެ. އިރުއިރުކޮޅާ ފޯނުގެ ގަޑިއަށް ޒާހިދަށް ބެލެމުން ދިޔައެވެ. ރޭޝަމް ނާންނަނީ ބާއޭ ޒާހިދުގެ ހިތަށް އަރަމުން ދިޔަ ކޮންމެ ފަހަރަކު އެހިތަށް ނުތަނަވަސްވެރިކަން ވެރިވަމުން ދިޔައެވެ.
9:50 ވުމާއެކު އެތަނުން ދިޔުމަށް ޒާހިދު ގޮނޑިން ތެދުވިއެވެ. އެވަގުތު ތަންކޮޅެއް ދުރުން އަންނަމުން ދިޔަ އަންހެން ކުއްޖާ ފެނުމާއެކު ޒާހިދަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. މަޑު ފިޔާތޮށި ކުލައިގެ ކަކުލާ ހަމައަށް އަރާ ވަރުގެ ހެދުމެއް ލައިގެން، ކަޅު ކުލައާ ފިޔާތޮށި ކުލައިގެ ބުރުގާއެއް އަޅައިގެން އިންއިރު ހަމަ ގައިމުވެސް އެޒުވާން އަންހެން ކުއްޖާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެތާނގައި ތިބި އެންމެންގެ ލޯތަށްވެސް އަމާޒުވެފައިވަނީ އެޒުވާން އަންހެން ކުއްޖާއަށެވެ.
“ ޖަސްޓް އެމޭޒިންގ..“ ރޭޝަމް ގޮސް ޒާހިދު އިން މޭޒާ އަރާ ހަމަވުމާއެކު ޒާހިދަށް ބުނެވުނެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު ރޭޝަމް އަވަސް އަވަހަށް އިށީނެވެ.
“ އަޅެ ހާދަ ވަރަކަށް މީހުން އެބަލަނީ..“ ރޭޝަމް އިސްދަށަށް ޖަހާލިއެވެ. އެވަގުތު ޒާހިދު ހިނިގަނޑެއް ޖަހާލިއެވެ.
“ ދެން ރީތި ކުދިން ފެނުނީމަ ވާނެ އެހެން.. މީހުން ބުނޭނު ރީއްޗަކީ ބިރެކޭ “ ޒާހިދު ރޭޝަމްގެ މޫނަށް ބަލާލަމުން މޭޒުމަތީގައި އިން ބިއްލޫރި ތައްޓެއް ނަގާ އެއަށް ބަލާލިއެވެ.
” ހޭއި..ވެއިޓަރ..“ ތަންކޮޅެއް ކައިރިން އަންހެން ކުއްޖެއްގެ އަޑު އިވުމާއެކު ޒާހިދުގެ ހިތުގެ ވިންދު އަވަސްވެގަތެވެ. ބޭއިޚްތިޔާރުގައި އަޑު އައި ދިމާލަށް ބަލާލެވުނެވެ. އެއާއެކު ޒާހިދުގެ ހިތުގައި ފާރުވެ އުފެދިފައިވާ ލަކުނުތަކުން ލޭކޮށިގެން ދިޔައެވެ. އަތުގައި އޮތް ބިއްލޫރިތަށީގައި ބާރަށް ހިފަހައްޓާލެވުމާއެކު މާޒީގެ ސަފްހާތަކުގެ ގަނޑުތައް ޒާހިދުގެ ލޯ ކުރިމަތީގައި އުކެމުންދިޔައެވެ. އެވަގުތު ބިއްލޫރިތަށި ޒާހިދުގެ މުށުތެރެއަށް ތަޅައިގެންދިޔައެވެ. ބިއްލޫރިކޮޅުތައް އަތަށް ވަނުމާއެކު އަތުން ލޭ އޮހެރެންފެށިއެވެ. އިސްއުފުލާލި ވަގުތު ފެނިގެން ދިޔަ މަންޒަރުން ރޭޝަމްއަށް ހަޅޭއްލަވައިގަނެވުނެވެ. އަވަސް އަވަހަށް ޒާހިދު ގާތަށް ރޭޝަމް ދިޔައެވެ. އެވަގުތު ޒުވާން އަންހެން ކުއްޖަކު އައިސް ޒާހިދުގެ ގާތަށް ހުއްޓުނެވެ.
މޭޒުމަތީގައި ހުރި ޓިޝޫ އެތިން ޓިޝޫތަކެއް ނަގާ ޒާހިދުގެ އަތުން އޮހެރެމުން ދިޔަ ލޭތައް މަނާވޭތޯ ރޭޝަމް އަވަސްވެގަތެވެ. އަނގައިން ބަސް ހުއްޓިފައި އިން ޒާހިދުގެ ލޯ އަމާޒުވެފައި ހުރީ ކައިރީގައި އިން އަންހެން ކުއްޖާއަށެވެ. އެޒުވާނާގެ ނަޒަރުވެސް ގޮސް ހުއްޓިފައިވަނީ ސީދާ ޒާހިދުގެ ދެލޮލަށެވެ. އޭރުވެސް ރޭޝަމް އުޅުނީ ޒާހިދުގެ އަތުން ލޭމަނާވޭތޯއެވެ. ޒާހިދަށް ކަމެއްވީހެންވެސް ހީނުވެއެވެ. އެއްވެސް ވަރަކަށް އަތަށް ތަދު އިހުސާސް ނުވާކަހަލައެވެ. އެއަށްވުރެ މާ ބޮޑަށް ޒާހިދުގެ ހިތަށް ތަދުވަމުންދިޔައެވެ.
” ވެއިޓަރ… އައިސް ކިއުބްސް އަދި ކުޑަ ފޮތިކޮޅެއް ލިބިދާނެތަ ޕްލީޒް“ ކައިރިން ހުރަސްކުރި ވެއިޓަރަކަށް ރޭޝަމް އިޝާރާތްކޮށްލިއެވެ. އެމީހާ އާނއެކޭ ބުނެ އަވަސް އަވަހަށް ކުރިއަށް ހިނގައިގަތެވެ.
” މިހާރު އޯކޭތަ؟“ ޒާހިދުގެ އަތުގައި ފޮތިކޮޅު އައްސާލަމުން ރޭޝަމް ޒާހިދަށް ބަލާލިއެވެ. އޭރުވެސް ޒާހިދަށް ހުރެވުނީ ކައިރީގައި އިން އަންހެން ކުއްޖާއަށް ބަލާށެވެ. ހައިރާންވެފައި ހުރެ ރޭޝަމް އެއަންހެން ކުއްޖާއާ ދިމާލަށް ބަލާލިއެވެ. އެއާއެކު ރޭޝަމްގެ ހިތްވެސް ބާރަށް ތެޅިގަތެވެ. “އަސްމާ ….“ ރޭޝަމްއަށް ކުރިން ފެނިފައިވި ފޮޓޯގަނޑުގަ އިން ކުއްޖާ ހަނދާނަށް އައުމާއެކު ގޮވާލެވުނެވެ. ސިހިފައި އަސްމާ ރޭޝަމްއަށް ބަލާލިއެވެ.
“ ހާދަ ކާމިޔާބޭ ދޯ… މިހާރު އެހެން ބިޓެއް ސެޓުކުރީތަ؟“ އަސްމާ ޒާހިދާ ދިމާލަށް ބަލާލިއެވެ. ޒާހިދަށް ހޭވެރިކަންވީ ދެނެވެ. ނަފްރަތުގެ ނަޒަރަކުން ޒާހިދު އަސްމާގެ މޫނަށް ބަލާލިއެވެ. އެއީ ހަމަ އަދިވެސް އެމައުސޫމު މޫނެވެ. އެންމެ ނަޒަރަކުން ޒާހިދުގެ ހިތް އޮޔާ ގެންދިޔަ މޫނެވެ. އެހެނަސް އެމައުސޫމު މޫނުގެ ފަހަތުގައި ފޮރުވިފައިވާ ކެހިވެރި ސޫރަ ޒާހިދަށް އޮޅިފައެއް ނެތެވެ.
” ކަލޭ ނޫނަސް އަންހެނުން އެބަ ތިއްބޭ…އަންހެނުން ހުހެއް ނުވެޔޭ!!“ ޒާހިދު ގޮނޑިން ތެދުވަމުން އަސްމާއާ ހަތަރުކަޅި ހަމަކުރިއެވެ. ރޭޝަމް ޖެހިލުންވެފައިހުރެ ޒާހިދާ ދުރަށް ޖެހިލިއެވެ. އެދެމެދަށް ވަންނާކަށް ރޭޝަމް ބޭނުމެއް ނުވިއެވެ.
“ އެކަމެއް ނޭނގެ.. އަހަރެންނަށް ހަމަ ޔަގީން އަދިވެސް ޒާހިދު ލޯބިވަނީ އަހަރެންދެކެ ކަން “އަސްމާ ރޭޝަމްއާ ދިމާލަށް ކަޅި ހިންގާލިއެވެ.
” ކަލޭދެކެ އަހަރެންވީ ލޯބި އަހަރެން ކަފުންކޮށްފިތާ ކޮންދުވަހެއް.. މިއަދު އަހަރެންގެ ހިތުގަ ކަލެއަށްޓަކާ ވަނީ ހަމައެކަނި ނަފްރަތު..“ ޒާހިދުގެ އަޑު ބާރުވެގެންދިޔައެވެ.
“ ތިހާ އަޑުގަދަ ނުކުރިޔަސް ވީ ކޭން ޓޯކް ޒާހިދު… އައި ސްޓިލް ލަވް ޔޫ..“ އަސްމާ ޒާހިދުގެ އަތުގައި ހިފާލިއެވެ.
” އެކަމަކު އަހަރެން ތީނައަށް ނަފްރަތުކުރަން.. އަޑުއިވިއްޖެތަ؟ ނަފްރަތުކުރަން ކަލެއަށް“ ޒާހިދު އަސްމާގެ އަތް ފޮޅުވާލިއެވެ.
“ އާ ބިޓެއް ލިބުނީމަ އަހަރެން މަތިން ހާދަ ފަސޭހައިން ތިހަނދާން ނައްތާލީ.. އޭނަ ގައިގަ އަހަރެން ގައިގަ ނެތް ކޮން ސިފައެއް ހުރެގެންތަ ތިއުޅެނީ؟ އަހަންނަށްވުރެ އޭނަ މާ ހުތުރު.. ޒާހިދަކާ ނުވެސް ގުޅޭ އެކަހަލަ އާދައިގެ ކުދިން..“ އަސްމާ ރޭޝަމްއަށް ބަލާލަމުން މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެތާގައި ތިބި އެންމެންގެ ނަޒަރު ރޭޝަމް މެންނަށް ހުއްޓިފައި ވުމުން އަސްމާގެ ޖުމްލަތަށް ހީވީ ރޭޝަމްގެ ހިތަށް ހަރާލި ހަންޖަރުތަކެއް ހެންނެވެ. ފެންކަޅިވެފައިވާ ހާލު ރޭޝަމް އަވަސް އަވަހަށް އެތަނުން ނިކުތުމަށް ހިނގައިގަތެވެ. އެމަންޒަރު ފެނިފައި ޒާހިދަކަށް ކެތެއް ނުވިއެވެ. ބޭއިޚްތިޔާރުގައި ރޭޝަމްގެ ފަހަތުން ޒާހިދަށްވެސް ހިނގައިގަނެވުނެވެ .
“ ހޭއި..މަޑުކޮށްބަލަ..“ ޒާހިދުގެ އަޑު އިވުމާއެކު ރޭޝަމް ހިނގުން ބާރުކޮށްލިއެވެ. ޒާހިދު އަވަސް އަވަހަށް ސައިކަލަށް އަރާ ސްޓާރޓް ކޮށްލިއެވެ. ރޭޝަމްއާ އަރާ ހަމަވުމުން ޒާހިދު ސައިކަލު މަޑުކޮށްލިއެވެ.
” ގެ ވަރަށް ދުރެއްނު..އަރާބަ ސައިކަލަށް..ޕްލީޒް“ ޒާހިދު ރޭޝަމް ކައިރީ އެދުނެވެ.
“ އަހަރެން ކަހަލަ އާދައިގެ ކުއްޖަކު ޒާހިދުގެ ސައިކަލު ފަހަތަށް އެރުން ވާނީ ބޮޑު ޖޯކަކަށް.. އަހަރެން ދާނީ ހިނގާފަ..“ ރޭޝަމް ކުރިއަށް ހިނގައިގަތެވެ .
“ އަންހެންކުދިންނަކީ ހާދަ އަވަހަށް ސިރިއަސްވާ ބައެކޭ ދޯ.. އަހަރެން ދޯ މިބުނަނީ ސައިކަލު ފަހަތަށް އަރާށޭ.. އެހެންނޫނަސް ދައްކަންވެފަ އޮތް ވާހަކަވެސް އަދި ނުދެއްކޭނު.. އަރާބަލަ ދެންވެސް…“ ޒާހިދު އެހެން ބުނުމުން ރޭޝަމް މަޑުމަޑުން ގޮސް ސައިކަލު ފަހަތަށް އެރިއެވެ .
މަޑު ދުވެއްޔެއްގައި ގޮސް ޒާހިދު ސައިކަލު މަޑުކުރީ ސުނާމީ ބިނާ ކައިރިއަށެވެ. “ފައިބާނެ ކަމެއް ނެތް..“ ރޭޝަމް ސައިކަލުން ފައިބަން އުޅުމުން ޒާހިދު ބުންޏެވެ.
” ދައްކަން އުޅުނު ވާހަކަ ބުނެބަ… މިހާރު އެއޮށްގެން 11 ޖަހަނީ..“ ރޭޝަމް ސައިކަލުގެ ފަހަތުގައި ހަމަޖެހިލަމުން ވާހަކަދެއްކިއެވެ.
” ސޮރީ ދެންމެ ވީކަންތަކަށް..“ ޒާހިދު މޫދާ ދިމާލަށް ބަލާލިއެވެ.
” ޒާހިދުގެ ކުށެއް ނެތެއްނު..އަޅާނުލާ..“ ރޭޝަމް އެމައުލޫއަށް ދާކަށް ބޭނުމެއްނުވިއެވެ .
” އަހަރެން މިގޮތަށް ބައްދަލުކުރި ފުރަތަމަ އަންހެންކުއްޖާތީ އޭނައަށްފަހު… އަހަރެން އެއްއިރެއްގަވެސް ބޭނުންވި ކަމެއް ނޫން މިއީ..“ ޒާހިދު ވާހަކަދެއްކީ މޮޅިވެރިކަމާ އެކީގައެވެ.
” ދެން ކީއްވެޔޯ އަހަރެންނާ ތިބައްދަލުކުރީ..“ ރޭޝަމް ޒާހިދުގެ އިސްތަށިގަނޑުގައި މަޑުމަޑުން އަތް ޖައްސާލިއެވެ. ޒާހިދުއަށް އެކަން އިހުސާސްނުވާގޮތަށެވެ.
“ ތިސުވާލުގެ ޖަވާބު ލިބޭނެ މިރޭ ރޭޝަމްއަށް..“ ޒާހިދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “އަހަރެން ދައްކަން މިއުޅޭ ވާހަކައަކީ އަހަރެންގެ ކޮޓަރިތެރޭގައި ހިނގާ ކަންތައްތައް ރޭޝަމްއަށް އިނގެނީ ކިހާވަރަކަށްތޯ..“ ޒާހިދު ސައިކަލުން ފައިބަމުން ރޭޝަމްއަށް ބަލާލިއެވެ. ރޭޝަމްގެ ހިތުގެ ވިންދު އަވަސްވެގަތެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
92 Comments!
Comments are closed.



Varah reethi..v interesting koh dhanee…waiting for the next part
hihihi
tanks anne
Adhi eh part thankolheh dhigu koh plssss.. Its so lovely…
ok
thanks love
Masha Allah, anehkaa up kohdhiny dhw.. Starfish ge khonme story ehves dhen kiyaanan.. Insha Allah, Eyee enme baraabarah story up kohdhey kuhjaayah vaathy.. N v thafaathu story thi kiyun therinnaa hamayah thigennany.. Thy hama mi site ge number one.. V v rythi story eh mee.. Ehaame interesting.. Dhenvaany kihinehbaaey mihaaru hithaharany.. Luv u
hihihiii
oh shann kohnme dhuvahaku blush eba kohla ey
tanks shann nd love you 2
vvvv salhi mi bai vx❤mi story akee v thafaath story eh ,I love?? avaha aneh part up kohdheythi..
ok
mirey next part
thanks
V reethi mi baivx. Next part avahahh genesdhehchey.. ???
hihihii thanks munn
V.v nice??
thanks xxxx
V furihama
ooh thanks
ooh thanks any
vara vara reethi
thanks laal
Vvv rythi. Miadhu adhi kiyalan libeynetha
ya mirey libeyne kohnme dhuvahaku 2 parts up kohdheyn
Vvvv interesting… v salhi.. kiyamun dhaairu dhn vaanee khnehbaaey hithah araa ovevenee.. vvvvv interesting..
thanks nees
varah reethi miadhu adhi ehbai liyedheebala v v v reethi
mirey libeyne kiyaalan
kohnme dhuvahaku 2 part up kohdheyn ehenve..
thanks
Wow haadha salhiey
thanks aisha
Wow…. vrh salhi ingey…. whn nxt prt? ??? Waitingssss ❤❤❤❤????
tonight as always
tanks
alhe vrh reethi mi part vc .. mihaaru mi site ga in enmme hiyy hamajehey stry..enmme reethi.. I really like this stry .
starfish u r the best .. we love u
i love u 2
thanks for thi lovely comment
wow v salhi…❤❤❤
thanks rifu
Waiting for next part it was amazing
hihihi thanks mal
Next part kiaahithun kehmadhuwefa pls awahah up kohdheeba love it
hear is part 12 enjoy
30:09 ves vey thr….hehehe..this part also habeys…keep it up
ohh oligen liyevifa inn ehcheh..
thanks aakko
OMG vvvvv kiyaahithun indhaa enimuunyy
dhn oii part thankolheh dhigukoh genesdhyba
i am loving this story
ok
thanks mishyo1
i am loving this story
thanks mishyo1
Vvv reethi❤
thanks yumi
V reethi… Kiaahithun eba balaa levey irukolhakaa up kohfihw. Dhuvahaku vx vaahaka eh nukian but mi story v salhi… Vv kiaaa hihvey. ???
thanks meee
Wow!wow! Wow! Starfish molhu ingey… Masha allah sifa kohdhinumah hama ahssaribahaa saabas dheyhaavey ehaaves rythi vefa furihama….Hama mulhin kosveje….. Thy molhu vaahaka liyun theriakah vaane kuhjehkan hama yagyn ehaaves molhu
Keep it up dhooni gandaa??????
thank ingey v bodah sana
V Salhi..mi part ves…
thanks rsh
V thafaathu vaahakaeh.interesting
thank rsh
Mireyge part thankolhe dhigukoh genesdheythi pls.
mi rey part vx dhiguvaane mirey ge part up vaane hen hyvany 7 ga
V intresting…❤❤❤
thanks lulu
Vrh salhi… avahah up kollahcheyyy….. Waitin??
thanks kyaara
Varah salhi avahah up kollahchey
thanks mary
Varah rythi mi Vaahaka mi hisaabah ai iruga..
Varah interesting..
thamks meena
Maidhu adhi vaahaka kiyan mi feshee. Varah thafaathu reethi vaahaka eh..! And yes. Varah ufaavey vaahaka avahah genesdheythy.. eagerly waiting for the next part. It’s really interesting and curious to know what is going to happen in upcoming parts of the story. ?
thanks izu
Mee reyga up vi baeh. Miadhu ge 2 parts ves adhi kiyaalan nulibey. Dheravaneeeeeeeeeeeeeeeeeeeeeeeeee
alugandu nidhaairu mibaa up kuran jehsyma reygandu up vi miaky miadhu ge bai
V obi
thanks shiu
V reethi??
thanks
Waitinggggggggggg
ohh sry admin lahy up kohdheyleh miadhu 3 jehi iru up kuring adhi vx iny pending ga…
Adhives up nuvey???
ohh sry admin lahy up kohdheyleh miadhu 3 jehi iru up kuring adhi vx iny pending ga…
Mi vaahakaaga kithah parts tha innany?
around 20 may be
Mi part ves vvvvvv reethi ❤ ? ? ? thanks ????
thanks
welcome
inthizaarun hithuga ufedhey aniyaaey veynaky???????
??
next part ge waiting ga
ya alugandu vx myni up nuve gen gaimu vx up kuran jehsin mendhuru 3 ga ..
Varah duvahah fahun v kiyaahithun kiyaalevey vaahaka,eh esfiyain mifenunee. Thanks writer. Thigothuga abaduves kuriyah daathi
thanks kamana
Alhey vvv reethi story eh miaee adhives up vaakah noolheytha mi story avha up kohdheythy varah kihaa hiyvea nd this story is uniqu awsome I really love this story???? Waiting waiting next part ?❤
ya admin ah msg vx kohfin lasvegen
Starfishhhhhhhhh… waiting…waiting… ????
2 burah msg kohfin admin ah..
Waiting waiting ????
Mi story v reethi… Esfiya in v Gina vaahaka Kiyan ekam mivaruge vaahaka eh adhi nukiyan..
tanks
I agree
thabks kamana
thanks* kamana
eba rythi vey