ހިތް މިއެދޭ ސޫރައޭ ތީމަގޭ (15 ވަނަ ބައި)
ޔާލް ލޯގަނޑު ކުރިމަތީ އިނދެގެން އެކި ހަރަކާތްތަށް ކުރަމުންދެއެވެ، މިރެއަކީ އަޔާންގެ އާއިލާއާއެކު ކައިވެނީގެ ވާހަކަ ދައްކަން ހަމަޖެހިފައިވާ ރެއެވެ. “ބަލަ މަންޖޭ.. މީ ކައިވެނިކުރަން އުޅޭ ރޭއްނޫނޭ ތިވަރަށް ފަރިވާކަށް. ހެހެ އަދި އެރޭ ކިހާވަރެއްވާނެބާ..” ޔަނާލް އައިސް ޔާލްގެ ކޮޓަރިއަށް ބޯދިއްކޮށްލަމުން ޔާލްއާއި ދިމާކޮށްލިއެވެ. “ދެން ދޮންތަވެސްދޯ.. ކޮބާ ފައިޒާން؟؟ ” ޔަނާލްއަށް ލޯ އަޅާލަމުން ޔާލް އެންމެ ފަހު ފަހަރަށް ލޯގަނޑުން ސޫރަ ބަލާލިއެެވެ. “ފައިޒާން އެކަނިތަ؟؟ އެންމެން އެބަތިބި އައިސް. އަވަސްކޮށްބަލަ ދެންވެސް. ” ހިނގައިގަންނަމުން ޔަނާލް ބުނެލިއެވެ. “ޝިޓް… އަޔާންމެންވެސް އައީތަ؟؟ ” ޔާލް ބޮލުގައި ޖަހާލުމަށްފަހު ޔަނާލްގެ ފަހަތުން ސިޑިން ފައިބަން ފެށިއެެވެ.
ސޯފާގައި އިސްޖަހާލައިގެން އިން އަޔާން އިސްއުފުލާ ބަލާލީ އޭނާގެ މަންމަ ވާހަކަ ދެއްކުމުންނެވެ. “މިހިރަ އައީނު އެ މަންޖެ. ” އަޔާން ހުރީ ޔާލްއަށް އެސްފިޔަވެސް ޖަހާނުލާ ބަލާށެވެ. އެވަގުތު ފައިޒާންގެ ނަޒަރު ހުރީ އަޔާންއާއި ދިމާލަށް ކަމުން ލާނެތް ހިނިތުންވުމެއް އެ މޫނުމަތީ ދުވެލިއެެވެ.
ކަޅުކުލައިގެ ގަމީސް ކޮޅަކާއި ނޫ ޖިންސު ޔާލްއާއި ނުލާހިކު ގުޅެއެެވެ. ޔާލް އައިސް އިށީނީ އަޔާންއާއި ޖެހިގެން އިން ގޮނޑީގައެވެ. މަލްހާވެސް ހެވިފައި މި މަންޒަރު ބަލަންހުއްޓެވެ. އޭނާގެ ދޮންބެގެ ކައިވެނި ހަމަ ޖެހޭތީ އެންމެ އުފާވި މީހުންތެރޭގައި މަލްހާ ހިމެނޭނެކަން ގައިމެވެ.
“ވަރަށް ލޯބި ” މަޑުމަޑުން އަޔާން ޔާލްގެ ކަންފަތް ދޮށުގައި އިއްވާލިއެެވެ. ޔާލް ވަަކި އެއްޗެކޭ ނުބުނީ ލަދުގަތްވަރުންނެވެ. މިތަންފެނި އަޔާންގާތަށްވެސް ހިނި އައެެވެ. ނަމަވެސް އެކަން ނުދެއްކީ އެންމެންގެ ނަޒަރު ހުއްޓިފައިވުމުންނެވެ. “ދެން ދަރިފުޅުމެން ނިންމަ ކައިވެނި ކުރާނެ ތާރީހެއް. މަންމަމެން ހަމަ ރުހި ގަބޫލު ދަރިފުޅުމެންގެ ނިންމުމަށް.. ދޯ ؟ ” ސާދިޔާ ދޯ ދިނީ ނަސީމާއަށް ބަލާލަމުންނެވެ. ދެ އާއިލާ ދޭތެރޭ ގިނަ ބައްދަލުވުންތަކެއް ނުބޭއްވި ކަމުގައިވީ ނަމަވެސް މިވީ ކުޑަ ދުވަސްކޮޅުތެރޭވަނީ ގާތް ގުޅުމެއްް އުފެދިފައެވެ. މިހާރު އެއީ އެއް އާއިލާއޭ ބުންޏަސް ދޮގަކަށް ނުވާނެއެެވެ. އެދެ ލޯބިވެރިން ކިހާ ނަސީބު ގަދަ ހެއްޔެވެ؟؟
“މާދަމާ ކައިވެނި ކުރާށޯ ބޭނުމީ.. ހެެހެހެ ” ފައިޒާންއަށް ޔާލްއަށް ޖެއްސުމެއްކޮށްނުލާ ނީނދެވިގެން ބުނެލިއެވެ. ޔާލް ފައިޒާންއާއި ދިމާލަށް ލޯ އަޅާލިއެވެެ. އެއާއެކު އިވިގެންދިޔައީ އެންމެންގެ ހުނުމުގެ އަޑެވެ. ހުރިހާ އެންމެން އެކި ވާހަކަތަށް ދައްކަމުން ކައިވެނި ކުރާނެ ތާރީހެއް ކަނޑައެޅިއެެވެ. ޔާލްއާއި އަޔާންގެ އެއްބަސްވުމުގެ މަތިން ކައިވެނި ކުރަން ނިންމީ މިމަހު 29 ގައެވެ. އެއީ މަލްހާ ކިޔަވަން ބޭރަށް ދާންޖެހޭތީ އެއަށްވުރެ ފަސް ނުކުރަން ނިންމީއެވެ.
“ޝާހިދޫ.. ޕާޓީ ވަރަށް ކުލަގަދަ ކޮށްލަންވާނެންނުދޯ. ” ނަސީމާ ހެވިފައި އިނދެ ވާހަކަ ދެއްކިއެެވެ. ދެއާއިލާއިންވެސް މަޖަލާ ފޯރީގައި ވަގުތު ހޭދަކުރުމަށްފަހު ދިޔައީ ކެއުމަށެވެ.
“އާދެބަ.. ” ޔާލްގެ އަތުހިފައިގެން ދެކޮޅުބަލައިލުމަށްފަހު އަޔާން ގެއިން ބޭރަށް ދެމިގަތެވެ. މިއޮއް ހުރިހާއިރު އެމީހުންނަށް ފާރަޔަށް ހުރި ފައިޒާން މަޑުމަޑުން ގޮސް ބޭރަށް ނިކުތެވެ. “ހަހަހަ. ދެން ތިވަރަށް ވަގުން އުޅެންޏާ ނޭނގި ހުންނާނެތަ.. ” ޔާލްއާއި އަޔާން ތިބި ތަނަށް އައިސް ހުއްޓިލަމުން ފައިޒާން ހިނިގަޑެއް ޖަހާލިއެެވެ. “އޭ ފައިޒާނު ގަނޑު. ދެން ދޭބަ އެހަށް ކާން. މިދަނީއޭ އަޔާންއާއެކު. ” ޔާލް އަޔާންގެ އަތުގައި ހިފާލިއެެވެ. “ތެދެއް އަވަހަށްދޭ ބަސް އަހައިގެން. ހެހެ ” އަޔާންވެސް ޔާލްއާއި ބައިވެރިވެލިއެވެެ. ފައިޒާންވެސް އޯކޭއޭ ބުނެ ގެއަށް ވަނެވެ.
“ހޫމް. ދެން ކިޔާބަ. ” އަޔާންއާއި ވީ ފަޅިއަށް އެނބުރިލަމުން ޔާލް އަހާލިއެވެ. “އައި ލަވް ޔޫ ” އަޔާން ބުނެލީ މިހެންނެެވެ. “އަޅެ. ތިހެން ބުނަން މިތަނަށް ތިގެނައީ؟؟ ލަވް ޔޫ މޯ ” ޔާލްވެސް ހިނިތުންވެލިއެެވެ. “އަސްލު މިރޭ ވަރަށް ހެޕީ.. ދެން ނެތްދޯ މާގިނަ ދުވަހެއް ޔާލް އަހަރެންގެ މީހަކަށް ވާން، އިންޝާ ﷲ ” އަޔާން ހުރީ ހަމަ ރަނގަޅަށްވެސް އެހާމެ އުފާވެފައެވެ. އޭނަގެ ހުވަފެންތަށް ހަގީގަތަށް ވާތީއެެވެ. ފުރަތަމަވެސް މާތް ﷲ އަށް ހަމްދުކޮށްލީ ރަނގަޅު އާއިލާއެއްގެ ރަނގަޅު ބައިވެރިއެއް ދެއްވީތީއެެވެ.
“އާނ.. އަސްލު ބުނަން އުޅުނީ ޝާނިމްއާ ނޫރާ ކާރީ ބުނަންވީ ނޫންހޭ ކާން އަންނަން. އަދި އެއުޅޭ ޝާނިމްއަކަށް ނުވެސް އިނގޭނެ އަހަރެމެންގެ ކަައިވެނި ހަމަޖެއްސި ކަމެއްވެސްް.. ” ފޯނު ނަގަމުން އަޔާން ބުނެލިއެެވެ. “ހަމަ ގުޅަންވީ އެމީހުން އައިމަދޯ ކާންދާނީ.. ގުޅާފަ ބުނެ އަންނާށޭ. އެކަމު ނުބުނާތި ކީއްކުރަންކަމެއް.. އެބަ އަންނަން މަންމަަ އެބަ ގޮވާ ކަންނޭނގެ. “ޔާލް މިހެން ބުނެ ގޭތެރެއަށް ހިނގައިގަތެވެ.
“ހަލޯ. ބަޑީ.. ވަރަށް އަވަހާ އާދެބަލަ ޔާލްމެން ގެޔަށް. ނޯ މޯ ކުއެޝަންސް. އަވަސް ކުރާތި.. އޭރުން ވަރަށް އުފާވެރި ހަބަރެއްވެސް ލިބޭނީ ” މިހެން ބުނެލުމާއެކު އަޔާން ފޯނު ކަނޑާލީ ޝާނިމްއަށް ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުދީއެވެ. އަޔާން ބުނާ ކޮންމެ ގަޑިއަކު ކޮންމެ ތާކަށްވެސް ޝާނިމް އަންނާނެކަން އަޔާންއަށް އެނގެއެވެ.
ސައިކަލުގައި އައިސް މަޑުކޮށްލި ޝާނިމްގެ ނަޒަރު ހުއްޓުނީ ޔާލްމެންގޭ ދޮރުމަތީއިން ޖޯލީގައި އޮތް އަޔާންއެވެ. ސައިކަލު ޕާކްކޮށްލުުމަށްފަހު އެދިމާލަށް ޝާނިމް މިސްރާބު ޖެހިއެވެެ. އެ ގޯޅިއަކީ މާގިނަ މީހުން އުޅޭ ގޯޅިއެއް ނޫންކަމުން އިތުރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެެ. ޝާނިމްގޮސް ޖޯލިކާރީ ހުއްޓިލަމުން އަޔާންއަށް ގޮވާލިއެވެ. ނަމަވެސް އަޔާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޝާނިމް ހައިރާންވިއެެވެ. ދެންމެ ގުޅި މީހަކު އެހާ އަވަހާ ނިދައިފާނެ ހެއްޔެވެ؟؟ ޝާނިމް ގުދު ވެލުމަށް ފަހު ރަނގަޅަށް އަޔާންގެ މޫނަށް ބަލާލިއެވެެ. ނިދާކަމަށް ހެދިގެން އޮތް އަޔާން ޝާނިމް ސިއްުވާލިއެވެ. “ޕޮއް !!!! ހަހަހަހަހަ..” ޝާނިމް ފުންމައިގެން ކަހަލަ ގޮތަކަށް ފަހަތަށް ޖެހުނީ ހަޅޭއްލަވައިގަންނަމުންނެވެ. އޭރު ޔާލްވެސް އެމީހުންނާ އަރާ ހަމަކުރަނީއެވެ. ޔާލްއަށްވެސް ވަރަށް ރީއްޗަށް ޝާނިމްއަށް ވީގޮތް ފެނުނެވެ. “ހަހަހަހަ. އޭ ބަޑީ.. މަ ހިޔެއް ނުކުރަން ބަޑީ ތިހާ ފިނޑިވާނެކަމަކަށް.. ހަަހަހަ. އެކަމަކުވާ.. ” ބަނޑުމަތީ އަތް އަޅައިގެން އޮތް އަޔާން ފެނި ޔާލްއަކަށްވެސް ނުހުރެވުނެވެ. ޔާލްގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. “ހޫން.. ކިހިނެއްތަ އެނގޭނީ. ތިހެދި ގޮތުން މީހަކު ބިރުން ފިއްކަނޑައިގެން ދާނެ. ކިރިޔާއޭ މޭގަނޑު އަތަށް ނައީ..” ޝާނިމް އަޔާންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. “ހަހަހަ.. ދެލޯވެސް އަރާ އިނީ މިތާނގަ ވިއްޔާ.. ހެހެ. އައްދިޔޯއި މަ ވަރުބަލިވެއްޖެ. ” އަޔާންއާއި ޔާލް އަދިވެސް ހެނީއެވެ. “ހޫމް. އޯކޭއޭ. މަމިތަނަށް ގެނައީ މިލަނޑުދޭން ކަމަށް ވަންޏާ ދެން ދަނީ. ” ޝާނިމް އަތް ހޫރުވާލަމުން ފަސްއެނބުރި ހިނގައިގަތެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޝާނިމްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އަޔާން ފަހަތުން އައިސް ކޮނޑަށް އަތް ވައްޓާލުމުންނެވެ. “އޭ ހޭތް. އޯކޭ، ނިމުނީއޭ. އަސްލުވެސް އުފާވެރި ހަބަރެއް ދޭށޭ އަންނަންބުނީ. އެހަށް ކަމެއް ކޮށްދީބަލަ. ދޭބަ ނޫރާ ބަލާ އެގެޔަށް. ސޮރީ އިނގޭ އަސްލު ނޫރާގެ ކަންކަމުގަ ޝާނިމްކާރީ ކިޔޭތީ.. ” އަޔާން ސީރިޔަސް ވެލިއެވެ. “ނޯ އިޓްސް އޯކޭޔޭ. އަހަރެން ގޮސްދާނަމޭ. އެކަމު ޒާއިން އެއީ ކީއްކުރަން ހުންނަ މީހެއް. ޑްރޮޕް ކޮށްލަދޭންވެސް ނާދެވެނީ.. ” ޝާނިމް ހަމަ ޖެހިލަމުން ބުނެލިއެވެ. “އެއުޅޭ ޒާއިން ފޯނު ނުނަގަޔޯ ނޫރާ ބުނީ. ދެން ދޭބަލަ އަވަހާ. އޭރުންދޯ އެވާހަކަ ބުނެވޭނީވެސް.. ” އަޔާން މިހެން ބުނުމުން ޝާނިމްް ސައިކަލަށް އަރާ ދުއްވާލިއެވެ.
“ކީއްވެ ޝާނިމް ފޮނުވީ؟؟ އިނގޭނު ޝާނިމްއަށް ވާނެ ވަރު ” އަޔާން އައުމުން ޖޯލީގައި އިން ޔާލް ސުވާލު ކޮށްލިއެވެ. “އަސްލު ބުނަން. ކިތަންމެ އަސަރު ކުރިޔަސް ލޯބިވާ މީހަކު ހިތް އެދޭނީ އެމީހަކު ގާތު އަބަދު ވުމަށް، އެހެންވެ އަހަރެންވެސް ޝާނިމްއަށް އެފުރުސަތު ފަހިކޮށްދިނީ. ” އަޔާންގެ ޖަވާބު އަޑުއަހާފައި ޔާލް ހިނިތުންވެލިއެވެ.
ޝާނިމް ސައިކަލުގައި ނޫރާމެންގޭ ދޮރުމަށްޗަށް މަޑުކޮށްލިއިރު ނޫރާ އިނީ ތައްޔާރުވެގެނެވެ. ނަމަވެސް ޝާނިމް ނޫރާއާއި ދިމާލަށް ބަލާވެސް ނުލާ އަރާށޭ ބުނެލިއެވެ. ނޫރާ ހުރީ ހައިރާންވެފައެވެ. ޝާނިމް އެއީ ކުރިން އުޅުނު ގޮތެއް ނޫނެވެ. ނޫރާ ވަކި އެއްޗެކޭ ނުބުނެ ގޮސް ސައިކަލަށް އެރިއެވެ. “އެއްވެސް ކަމަކާ ރުޅި އައިއްސަތަ؟؟” ނޫރާއަށް ނުހުރެވިގެން އަހާލިއެވެ. “ނޫން. ކީއްވެ ތިހެން ތިއެހީ؟؟ ” ޝާނިމްވެސް އަހާލިއެވެ. “ނުވޭ ކަމެއް. ހަމަ އަހާލީ. ” ދެން ދިޔައީ ހަމަ ހިމޭން ވަގުތު ކޮޅެކެވެ.
“ނޫގެ ބީއެފް ރުޅިއެއް ނާންނާނެތަ؟؟ މިބުނީ އަހަރެންނާއެކު ދިޔައީމަ؟؟ ” އަހަން ނާހަން ހުރެފައި ޝާނިމް ސުވާލު ކޮށްލިއެވެ. “ރުޅ އާދެވޭނީވެސް އަހަރެންނަށް ހަބަރެއް ވެވިގެންނު. އަހަރެންދެކެ އޭނަ ލޯތްބެއް ނުވޭ ކަންނޭނގެ. ” ނޫރާގެ ރާގުންވެސް އޭނަހުރީ ދެރަވެފަކަން ހާމަ ކޮށްދެއެވެ. “ނޫއަށް ރަނގަޅެއްނު އަދި ލޯބިވާ މީހާ ލިބިފަހުރީމަ. ބައެއް މީހުން ލޯބިވާ މީހާ ކިތަންމެ ގާތުގަ ހުއްޓަސް ނަސީބެއް ނުލިބޭނެ. ” ޝާނިމް އޮޅުވާލަމުންވެސް ހާމަ ކުރީގެ ހުދު އޭނާގެ ހިތުގެ ހާލަތެވެ. ނަމަވެސް އެކަން ނޫރާއަށް އެނގޭނެހެއްޔެވެ؟؟
ޝާނިމްއާއި ނޫރާ އައުމުން އެންމެންވެސް ދިޔައީ ކެއުމުގައި ބައިވެރިވާށެވެ. އެންމެން މަޖާ ކުރަމުން ދިޔައިރު ޝާނިމްގެ ފަރާތުން ފެންނަމުން ދިޔައީ ހަމަހިމޭންކަމެވެ. އެކަން އެންމެ ފުރަތަމަ ފާހަގަވީ އަޔާންއަށެވެ. ނަމަވެސް އާއިލާ އެންމެން ތިބުމުން ވާހަކަ ދެއްކޭގޮތެއް ނުވިއެވެ.
ހަލުވި ކަމާއެކު ދުވަސްތަށް ހިނގަމުން ދިޔައިރު އަވަދިނެތި އެންމެން އުޅުނީ ކައިވެންޏަށް ތައްޔާރުވުމަށް އެއްޗެހި ގަންނާށެވެ. އަޔާންއާއި ޔާލްވެސް ޗުއްޓީނެގީ ކުރިއަށް އޮތް ދުވަސްތަށް ބުރަވާނެތީއެވެ.
“ޔާލް. ދޭބަ ނޫރައާއެއްކޮށް މިތާކާރީ ފިހާރަޔަށް. އަން މިއޮތީ ގަންނަންވީ އެއްޗެހީގެ ލިސްޓް. އަހަރެންނާ ޝާނިމް ދާނަން ތަންކޮޅެއް ދުރުހުރި ތާކަށް ސައިކްގަ. ” ޝާނިމްއަށް ބަލާލަމުން އަޔާން ބުނެލިއެވެ. “ހޫމް. ދެން ހަމަ ތިދެމީހުން ވީމަދޯ ސައިކަލުގަ. ނޮޓް ފެއާ. ދޯ ނޫ؟؟ ” ޔާލް ތުންއަނބުރާލަމުން ނޫރާއަށް ދޯދިނެވެ. ނޫރާވެސް ބަދަލުގައި ބޯޖަހާލިއެވެ. “އަން މިއޮތީ ކާރުގެ ތަޅުދަނޑި. ދޭ ދެމީހުން. ހެހެހެ “އަޔާން ލާނެތްކަމާއެކު ބުނެލިއެވެ. “ނޫޅެން. ހިނގާދާން ނޫ. މިމީހުން ކާރިން ސަލާމަތެއް ނުވާނެ ދެނެއް. ” ނޫރާގެ އަތުހިފައިގެން ޔާލް ވަކި ހިސާބަކަށް ދިޔަތަނާ އަޔާން ގޮވާލި އަޑުއިވުނެވެ. “އޭހް. 29 އަށްފަހު ސަލާމަތެއް ނުވެވޭނެ ރަނގަޅަށްވެސް. ” ނޫރާގެ ހިނިގަނޑުވެސް ދިޔައީ ފަޅައިގެނެވެ. “ނޫވެސް އެމީހުންނާ އެއްބައިވީދޯ. ” ނޫރާއަށް ލޮ އަޅާލަމުން ޔާލް ބުނެލިއެވެ. “ހަހަ. ނޫން. ދެން ހެވޭނެންނު. އަސްލު އަޔާން ހާދަ މަޖަލޭދޯ. ” ހިނިގަނޑު މައިތިރި ކޮށްލަމުން ނުރާ އަހާލިއެވެ. “އާނ. ތިހެން ބުނިމަ މި ހަނދާންވީވެސް. އެއްކަލަ ރޭ ވީގޮތް އިނގޭތަ..” މިހެން ބުނެ ޔާލް ޝާނިމްއަށް ލިބުނު ލަނޑުގެ ވާހަކަ ނޫރާއަށް ކިޔާދިނެވެ.
“އެހެންތަ. ހަހަހަ.. އެކަމު މިހާރު ޝާނިމް ހާދަ ތަފާތޭ. ވަރަށް މަޑުން ހުންނަނީ. ” ދެމީހުން ވާހަކަ ދައްކަމުން މާލޭގެ ކަރޫ ބާރޫ ބޮޑުމަގުގައި ހިނގަމުންދިޔައެވެ. ނޫރާގެ ވާހަކައަށް ޔާލް ވަކި ޖަވާބެއް ނުދިނުމުން ނޫރާވެސް އިތުރަށް އެވާހަކައެއް ނުދައްކައެެވެ. ދެމީހުންވެސް ގޮސް ފިހާރައަށް ވަތްވަގުތު އެތެރޭގައި ހުރި ޒާއިން ފެނުނީ ފުރަތަމަ ޔާލްއަށެވެ. “ނޫ. ބަލާބަ އޭނީ ޒާއިން. ” ނޫރާއަށް ގޮވާލަމުން މަޑުމަޑުން ޔާލް އިއްވަލިއެެވެ. އެއީ ބިޒީ ވެގެން އުޅުނު މީހާއެވެ. އޭނީ މިހަރުވެސް ރައްޓެހިންނާއެކު އަނގަތަޅާށެވެ.
ނުރާ އާއި ޔާލް އެތާއިން ހަރުގަނޑަކާއި ނިވާވެލުމަށްފަހު ނޫރާ ޒާއިންއަށް ގުޅާލިއެވެ.
“އެބަ ގުޅާ. މަޑު ކޮށްލައްޗޭ. ހަލޯ.. ” ޒާއިން ފޯނަށް ޖަވާބު ދިނެވެ. ޒާއިންއަށް ނޭނގުނު ކަމަކީ ނޫރާމެންތިބީ ޒާއިންގެ ފަހަތުކަމެވެ. “ޒާއިން. ކޮންތާކު؟ އާދެބަ ވަރަށް އަވަހާ. ” ނޫރާ އަހާލިއެވެ. ޔާލްވެސް ހުރި ޒާއިންގެ ޖަވާބެއްގެ އިންތިޒާރުގައެވެ. “މީ. އަހަރެން މިހުރީ ފެރީ ޓާމިނަލްގަ. ހުޅުމާލެއަށް ދާންޖެހިގެން. ” ނޫރާގެ ލޮލުން ކަރުނަ ނިރާލިއެވެ. ޒާއިން އެގޮތަށް ކިތަށް ދޮގު ހަދާފައިވާނެ ހެއްޔެވެ؟ ނޫރާ އެހެންދޯއޭ ބުނެ ފޯނު ބޭއްވިއެވެ. ޔާލްވެސް ނޫރާއާއި ދިމާލަށް ބަލާލީ ހިތާމަވީ ނަޒަރަކުންނެވެ. ނޫރާ ބޯހޫރާލި އަޅާނުލާށޭ ބުނާފަދަ ގޮތަކަށެވެ. ޒާއިންމެން މާގިނަ އިރެއްނުވެ ފިހާރައިން ނިކުމެގެން ދިއުމުން ޔާލްމެން އެމީހުން ކުރަން އައިކަންތަކާއިގެން ކުރިއަށް ދިޔައެވެ.
“އޭ ބުރޯ. ތިކަމެއް ނުވާނެ އެހާ ފަސޭހައިންނެއް. މަށަށް ހީވަނީ މިހެން މިކަން ކުރަން ނޫޅި އަނެއްކާވެސް ކައެ ދާންވީހެން އެމީހުންގާތަށް. އެއްކޮށް އުޅުނީމަދޯ ވާނީވެސް. ” ޒާއިންގެ ކުރިމަތީހުރި އަޖުވަދު ބުނެލިއެވެ. އަޖުވަދަކީ ޒާއިން ގެންގުޅޭ ގުރޫޕުގެ މެންބަރެކެވެ. “އާނ. މިހާރު ތިކަމާ މި ވިސްނަނީ. އޭނަ ބޭރަށް ނިކުންނަ އިރުވެސް އެއިން މީހަކާއެކު ވިއްޔާ ނިކުންނަނީވެސް. އެހެންވެ އަތު ނުވެގެން މިއުޅެނީ. އަނެއްކާ އޭނަ ބަލާ ގޮތުންވެސް ހީވޭ މިހާރު އަހަންނާދޭތެރޭ ޝައްކު ކުރާހެން. ކޮންމެ ގޮތެއްވިޔަސް އެޝައްކު ފިލުވާލަން ޖެހޭނެ. ” ޒާއިންގެ ވާހަކަ އަޑުއަހަންއިން އަޖުވަދު ބޯޖަހާލިއެވެ. “ކޮބާ ބެންކޮކުން ހުރިހާ ކަމެއް ހަމަ ޖެހިފަތަ އޮތީ؟؟ ” ޒާއިން ކުރިމަތީއިން ކޮފީތަށިން އެތިކޮޅެއް ބޯލިއެެވެ، “މަ ބުނިންދޯ ހަމަ އެކަމާ ނުވިސްނާށޭ. ” އަޖްވަދު ބޯހޫރާލިއެވެ. “އާނ އޯކޭ. މާދަން ދާނަން ނޫރާއާއެކު އެގެޔަށް. އޭ އެމީހުންގެ ކައިވެނިވެސް ހަމަ ޖެހިއްޖެޔޯ. ރަނގަޅަށް ކައިވެނި ކޮށްދޭނަމޭ. ” ނުލަފާ ހިނިތުންވުމެއް މޫނުމަށްޗަށް ވެރިކޮށްލަމުން ޒާއިން ބުނެލިއެވެ. “މަ ބުނާނެ އެއްޗެއް ނެތް. ތި ސިކުނޑިން ވިސްނައިގެން ހުރިހާ ކަމެއް ކުރާނީ. އެހެންނޫނީ އަމިއްލައަށް ލަނޑު ލިބޭނީ. ” ޒާއިންވެސް ވިސްނުމެއްގައި އިނދެ ބޯޖަހާލިއެވެ.
ޔާލް ގެއިން ނިކުތީ ގޭގައި ޓޮމާޓޯ ހުސްވެފައި ހުރުމުން ފިހާރަޔަށް ދިއުމަށެވެ. ގެއިން ނިކުންނަމުން އެވާހަކަ އަޔާންއަށް މެސެޖް ކޮށްލާފައި ބުނެލިއެވެ. އަޔާން އޮންނަނީ ޔާލް ގާތު އެކަނި ބޭރަށް ނުނިކުންނަން ބުނެފައެވެ. ނަމަވެސް މިރޭ އަޔާންގެ ހަބަރެއް ނުވުމުން ދާންޖެހުނީއެވެ. ވަރަސް ބިރުންހުރެ ނަމަވެސް އެ އަނދިރި ގޯޅި ހުރަސްކޮށް ޔާލް މީހުންގިނަ މަގަކަށް ނިކުތެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ލުމަށްފަހު ކާރީގައި ހުރި ފިހާރައަށްވަދެ ޓޮމާޓޯ ގަނެގެން ނިކުތްއިރު އަޔާންގެ މިސްކޯލެއް އިނެވެ. އަޔާންއަށް ގުޅާލަމުން ޔާލް ގެއަށްދާން ހިނގައިގަތެވެ. އޭރު ގަޑިން 10 ޖަހަނީއެވެ. ޔާލް ގެޔަށްދާން އޮންނަ އަނދިރި ގޯޅިއަށް އައިތަނާ ފަހަތުން މީހެއްގެ ހިލަމެއް ވީހެން ހީވެގެން ކަންފަތުގައި ޖައްސާލެވިފައިވާ ފޯނު ތިރިކޮށްލަމުން ފަހަތް ބަލާލީ ބިރުން ހުރެއެވެ. ހަމަ އެވަގުތު ކުރިމަތިން ހިޔަންޏެއް ހުރަސްކުރިހެން ހީވެގެން ޔާލް އަނެއްފަރާތަށް އެނބުރުނެވެ. ޔާލްގެ ކަޅި އެކި ކޮލުކޮޅަށް ހަރަކާތް ކުރަމުން ދިޔައިރު މީހާހުރީ ހާސްވެފައެވެ. ހަމަ ހިލާ އެންމެ ފިޔަވަޅެއްވެސް އަޅާލާކަށް ޔާލްއަކަށް ނުކެރުނެވެ. އެހެން ހުއްޓައި ޔާލް ސިހުނީ ފަހަތުން މީހަކު ޔާލްގެ ކޮނޑުގައި އަތްލުމުންނެވެ…………….
(ނުނިމޭ)
49 Comments!
Comments are closed.




Salaam all. ??
Here’s the 15th part. Hope everyone will like it. Notice the mistakes plx. And do comments ? insha allah nxt part soon. ? luv u all readers.. enjoy reading❤❤❤❤❤❤
Yey me first ????
Story vrh reethi ?? ekamu kyvve tha up vaaleh lahy dear?????? wht r u doing???? R u busy????????
Yes u first.. ?
Thankyou so much dear.. Yes I am.. But insha allah varah avahaa daily koh up kohdheyn fashaanan ingey ☺❤❤
Haaadha reeeethi ey mivaaaavahaka ???plz next part avahah up kohpadhehchey dear
?
Thankyou so much dear.. Insha allah❤❤
Wow…nice story… waiting 4 next part ???❤. ..
?
Thankyou so much dear.. Insha allah soon ❤❤
Wow! Super! When next part? Keep it up ???????
?
Thankyou so much dear.. Insha allah soon ❤❤
Mi part ves vrh reethi… Waitin ???
?
Thankyou so much dear..❤❤
Alhey SJK.. dhoonyaa kihineh thihadhanee.. konme dhuvahakuvess vaahaka ah v inthizaarukuran..
Bt nufeney ? maabodah busytha.. konmedhuvahaku upkoh nulanee? btw story v habbu.. ? waiting waiting.. ly bigg koh
Hi LAYAA ? Yes I’m little bit busy these days. Ehn noon nama up kohladheynekan ingeynu☺
Thankyou soo much .❤❤ ly big big koh?❤❤
Wowwww! ❤️ Varah reethi.. kaakubaa eii anekkaa.. very excited for next part.. yaal ah dhera gotheh nahadhahchey ? haadha lahey mihaaru up vaaleh dear? Busy tha thankolheh? Waiting ingey.. love you ???
Hingaa dhw balamaa kaakutho??? Yes I’m little bit busy ??
Thankyou soo much .❤❤ ly more❤❤
Sjk haadha dhuvaheh kohlaafaey dhw miyoh rythi story kiyaalan anehkaaves thidhiny.. Khondhuvaheh mi story up vetho inthixaaru kuraathaa.. Shann ah v rythi story eh mee..
Haha dhw?
??wait kuryma vrh ufaavejje?
Thankyou soo much .❤❤
alhey please ayan and yaal ah dhera gotheh nuhadhachey plz! varah reethi mi part ves, up vaaleh thankolheh lahi ekm
Haha lets see dhw vaa gotheh ??
Thankyou soo much .❤❤
Awlheyy yaal ah gotheh nahadhahcheh?.. vara salhi mi part ves superb? waiting for the next part! Luv u?
Haha lets see dhw ?
Thankyou soo much .❤❤ luv u more❤
Nice
Hei when next part??? V kehmadhuvefa mi inee next part kiyaalaa hithun.. Avahah up kurahche can’t wait anymore
Heyyyyy kon irakun tha next part up vaany lovely??? :'( :'(
Sjk .. kobaatha next part… haadha lahey up kuraa goi… v vaivey ehenve kiyan … avahah up kohla dhyba daily nuvaathaaga dhedhuvahun ehdhuvahu kuraanamaves ok.. but now v dhuvas vehjje up nukuraatha
Heyyy baleetha kihineh v??
Chuttee veema maa bodah enjoy kuranee thoache
Kobaa sjk adhives up kuraakah nuveytha?
Mihaaru kon dhuvaheh up nuvatha dhn nuvanya nuva vahaka bunebr eyrun dhw igeyny
Kn irakuntha next part up kuranee..
Heyonuvaane pls up kohdeeybaa pls pls ???????????????????????????????
?Kobaa adhives
Kobaa hey next part?
Pls pls say something pls I am waiting for this story
??????????
alhey koba tha next part avahah up kohla dheebaa
kobaa next part??? pls avahah up kohlabah…
:'(
sjk……….
what happn to u…..
kon irakuntha next prt up kolladheynee……
c’mon…
atleast ,tell somethin……
Hey!!
Love your story and miss you so much!!!
Busy but thrilled to read the next part!!! ??
Sjk Kobaatha next part?❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kobaa mi vaahakaage dhenn huri naithah
Where is the next part. Waiting……..waiting……
Where is the next part….SJK…I MISS UR STORY….????
SJK next part up kohdheebala
kobaatha next part mihaaru mioh garunehvany pls avahah vaahaka up kohdheebala varah inthizaar kurevey eba i love your story so much waitting
Another writer gone off the grids in the middle of a story
kobatha vaahaka h
SJK nxt part up kuranee kon irakun
Hey when is next part
Next part kobaa thr??