ޢެދެމޭ އުފާ….(46)
”އޭނަޔަށް މިކަންތައް ފަޅައި އަރައިފިޔޭ.!! ކޮންމެ ދުވަހަކު ހީވަނީ މަ ކައިފާނެހެން!!” އުޝާގެ އެންމެ ގާތް އެކުވެރިޔާ ނުޒުހާއާ ވާހަކަ ދައްކަމުން އުޝާ ބުނެލިއެވެ. “އެހެންތަ؟! ދެން ކިހިނެތް ހަދާނީ؟ މަބުނާނެ ވާހަކައެއް ނެތް..! އެމަކުވެސް އެއްބަސް ނުވާތި! ބުނާނީ ހަމަ ކަރަމްގެ ދަރިއެކޭ… ރާއްޖެތެރޭ ކައްޕަޅިން މާލެ އަރައި ގޮތަށް މާލެ މީހުންނާ އިންނަން އުޅެގަތީމަ ޖެހޭނެ ބޮލުގަ އެޅެންވެސް… ދޮގެއްތަ އަޅެ؟” އުޝާޔަށް އިތުރަށް ހިތްވަރު ދެމުން ނުޒުހާ ބުނެލިއެވެ. ”އާނ.. ޔަގީންތާ މަ މަރައިލިޔަސް ނުބުނާނަން މިއިކީ ފައިޑޭގެ ދަރިއެކޭ.. އޭ.. އަދި މިހެން ބުނީމައޭ މި ހަނދާން ވެސް ވީ މިއަދު ފައިޑޭ ގުޅިއޭ.. ބުނީ ހިނގާބަލާށޯ ކޮފީއަކަަށް ދާން…” ނުޒުހާއާ ވާހަކަ ދައްކަމުން ކަމެއް ހަނދާން ވުމުން އުޝާ ބުނެލިއެވެ. “އެހެންތަ؟! ހިނގާ އަވަހަށް ދާން..! މަވެސް ވަރަށް ގޮވައިފައޭ މިއިނީ…” ނުޒުހާ ހިނގާށޭ ބުނެލިއެވެ. “އާނ.. ދާންވީ ހަމަ! ކީއްވެތަ ގޮވައިގެން ތިއުޅެނީ؟ އަނެއްކާ މޯޑުއާ ފައިޓު ކުރީތަ؟” ދާންވީކަމަށް ބުނެ އުޝާ އަހައިލިއެވެ. “އާނ.. އެނޫން ކަމެއް ކުރަން އޭނަޔަށް އިނގޭތަ؟ މަ އަދި އެންމެ ނައްޓަނީ ތަޅާތީ..!” ތުން ދަމައިފަ ނުޒުހާ ބުނެލިއެވެ. “އޭ.. ތިދެން ބޮޑު ކަމެއް ނޫންތަ؟ ތީނަ ކަޓުވައިލާ އެހެން ބިޓެއް ހޯދާނީއޭ..!” ނުޒުހާއަށް ހިތްވަރު ދެމުން އުޝާ ބުނެލިއެވެ. “އޫމް.. ތިކަންވެސް ވޭތޯ ބަލާނީ… ދެން އަނގަ ނުތަޅާ ރެޑީވެބަލަ.. މަ އެބަދަން ބަލައި….” ނުޒުހާ ބުނެލިއެވެ. ނުޒުހާ އެހެން ބުނުމުން ރެޑީ ވަނީކަމަށް ބުނެ އުޝާ ފޯނު ކަނޑައިލިއެވެ. އަދި ލޯގަނޑު ކުރިމައްޗަށް ހުއްޓި އިނދެ ވަރުގެ ކޮޅަށް ރީތިވާން ފެށިއެވެ. މި ހުރިހާ ސަކަރާތެއް ޖެހިއިރު އިރު ދެއްކި ހުރިހާ ވާހަކައެއް އަޑުހައިގެން ކަރަމް ހުރީ ބެލްކަނީގައެވެ. އުޝާ ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުމުން ކަރަމް ހުރީ ލޭ ކެކިކެކި އެވެ. އެހެން ނަމަވެސް މިވަގުތު އެގޭތެރޭގަ އިތުރު ބަޔަކު އުޅޭތީ ހަމަޖެހިލިއެވެ.
”ދަރިފުޅާ މީތި ކޮޅު ކައިލަބަލަ… މިއަދު ހަތަރުދަމު އެއްޗެއް އަނގަޔަށް ނުލައޭ ތިހިރީ… ތިހެން ކަންތައް ކުރީމަ ގެއްލުން ވާނީ ބަނޑުގަ ތިއޮތް ތުއްތު ކުއްޖާޔަށޭ..!” އަލްޔާ އެއްގޮތަކަށް ވެސް އެއްޗެއް ނުކައި ހުރުމުން އޭނަޔަށް ވިސްނާ ދެމުން އަފީފާ ބުނެލިއެވެ. ވާފިރު މަރުވި ފަހުން ހަފުތާއެއްވީ އިރު ވެސް އަލްޔާގެ ހާލަކީ އެއީއެވެ. ބައްޕަގެ މަތިން ހަނދާން ކޮއްފަ ރުއިމަކީ މިހާރު ވަނީ އަލްޔާގެ އާދަޔަކަށް ވެފައެވެ. އެކަމާ ވިނާން ވެސް އަދި އެގޭ އެއްމެން ވެސް ތިބެނީ އިންތިހާޔަށް ދެރަވެފައެވެ. އެކިފަހަރު މަތިން އެކި ގޮތްގޮތަށް ނަސޭހަތް ދީދީ ވެސް އަލްޔާ ބުނަނީ ކާހިތް ނުވާ ކަމަށާއި ބައްޕަގެ މަތިން ހަނދާންވާ ވާހަކައެވެ. އަދި އޭނަގެ މަންމައަކީ ކާކުތޯ އިނގެން ބޭނުންވާ ކަމަށެވެ. އެހުރިހާ ކަމަކަށް ވިސްނޭތީ ކާހިތް އަދި އެއްވެސް ކަމެއް ވެސް ކުރާ ހިތެއް އަލްޔާ ނުވެއެވެ. “މަންމާ.. އަޅެ ހެޔޮ ނުވާނެ އަޅުގަނޑުގެ މަންމަ އަކީ ކާކުތޯ؟ އަޅުގަނޑު ބޭނުން އެންމެ ފަހަރަކު ވިޔަސް އެ މަންމަ ދެކިލަން އަދި ވަރަށް ލޯބިން އުނގުގަ ބޯވެސް އަޅައިލަން…” އަފީފާ ދެއްކި ވާހަކަޔަކަށް ސަމާލު ކަމެއް ނުދީ އަލްޔާ ކުރަން ބޭނުންވާ ސުވާލު ކުރަމުން ދިޔައެވެ. “ދަރިފުޅާ އެއްވެސް ކަމެއް ކުރެވޭނީ ދަރިފުޅު އެއްޗެއް ކައިގެން ގައިގަ ވަރު ޖެހުނީމައެއް ނޫން..؟!” ވަރަށް ލޯބިން އަފީފާ ބުނެލިއެވެ. އަލްޔާގެ ހާލަތު ފެނުމުން އަފީފާ ވެސް އިނީ ފެންކަޅިވެފައެވެ. އަފީފާ އެތައް އާދޭހެއް ކޮއްގެން އެންމެ ފަހުން ކުޑަކޮށް އަލްޔާ ކައިފިއެވެ.
”ކުޑަބެ މިހާރު އަލްގެ ގައިގަ ކުޑަކޮށް ވަރުޖެހި ތެދުވެ އެބަ އުޅެއެއްނުން..؟ މަޝަށް ފެންނަނީ ވާފިރުބެ ދިން ސިޓީ އޭނަޔާ ހަވާލު ކުރަން.. އެ ވެދާނެއް ނޫން ވަރަށް މުހިންމު އެއްޗަކަށް ވެސް..؟!” ހަވީރުގެ ސައި ބޮއެގެން ވިނާން ބޭރަށް ނިކުށް އިރު ބޭރުގަ އިނެފަ ވަޒުނާ ބުނެލިއެވެ. ”ތިއީވެސް ތެދުވާހަކައެއް އެ ނުދީ އެއްވެސް ނެތް ވާކަށް..” ނިއްކުރިމަތީގަ އަތް ހާކަމުން ވިނާން ބުނެލިއެވެ. “ހިނގާ އޭތި ދޭން… އަސްލު ވާފިރުބެ މަރުވި ދުވަސް ކޮޅު އޭގެ މަތިން ހަނދާން ނެތުނުކަން ވެސް އެއީ ހަމަ ނަސީބު..!އެހެން ނޫންނަމަ މަޝަށް ވެސް ވިސްނައިނުލާ އޭތި ދެވުނީސްކަންނޭގެ..!” ގަހުގަ ހުރި މަލަކާ ކުޅެމުން އަލްޔާ ބުނެލިއެވެ. “ވަޒޫއަށް އިނގޭތަ؟ މުސްކުޅިން ބުނެ އުޅެއެއް ނޫން ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށޭ އެހެންވީމަ ތިކަން ވެސް ވެފަ ތިއޮތީ އެންމެ ރަނގަޅަށް..!” ވިނާން ބުނެލިއެވެ. “އާނދޯ..؟ ތިހެންވެސް ބުނެވިދާނެ އެހެންވީމަ ހިނގާބަލަ އޭތިދޭން، ކުޑަބެ ހުންނަން ޖެހޭނެ…” ވިނާންގެ އަތުގަ ހިފައި ނަގަމުން ވަޒުނާ ބުނެލިއެވެ. ވިނާން ވެސް ހިނގާށޭ ބުނެ ތެދުވެގެން ހިނގައްޖެއެވެ.
“ލޯބިވާ ދަރިފުޅަށް ވެދުން ސަލާމަށް ފަހު ލިޔަމެވެ. ފަހަރެއްގަ ދަރިފުޅަށް މިސިޓީ ލިބޭ ދުވަހުކުން ބައްޕަ ދުނިޔޭގަ ވެސް ނުހުރެދާނެއެވެ. ދަރިފުޅާ އަލްޔާއެވެ. މި ނިކަމެތި ބައްޕަޔަށް މާފު ކުރާށެވެ. މިބައްޕަޔަކީ ވަރަށް ނުބައި ނުލަފާ މީހެކެމެވެ. ބައްޕަ ގަބޫލު ކުރާ ގޮތުގައި މި ބައްޕަޔަށް ކުރެވިފަ ހުރި ކަންތަކަކީ ދަރިފުޅަށް މައާފު ކުރެވޭނެ ކަންތަކެއް ވެސް ނޫނެނެވެ. އެހެންނަމަވެސް ބައްޕަޔަށް ހެޔޮ ވިސްނުން ދެއްވީތީ އެކަމާ އުފާކޮށް މާފަށް އެދެވެނީއެވެ. ދަރިފުޅާ ބައްޕަ ދުނިޔޭގަ ނެތް ދުވަހަކުން ވެސް ދަރިފުޅުގެ ކޮއްކޮމެންނަށް ހެޔޮ ހިތް ކުރާތި, ދަރިފުޅުގެ ދޮން މަންމަ ބަދޫރާ ކިތަންމެ ގޯހަސް އެދެކުދިން ދަރިފުޅަކަށް ގޯހެއް ނޫނެވެ. އަދި ގޯހެއްވެސް ނުވާނެއެވެ. އެދެކުދިން ދަރިފުޅު ނެތީމަ އެކަމާ ވަރަށް ހިތާމަކޮށް ހަދައެވެ. އަދި ދަރިފުޅަށް ބައްޕަމެން އަނިޔާ ކުރީމަ އެކަމާ ރޮއެ ހިތާމަވެސް ކުރެއެވެ. ބައްޕަޔަށް އޭރު ވެސް އެކަން އިނގެއެވެ. ނަމަވެސް އޭރަކު ބައްޕަޔަކަށް ހެޔޮ ނުބާ ނުވިސްނެއެވެ. ދަރިފުޅާ އަލްޔާ، ދަރިފުޅުގެ މަންމަ އަދިވެސް ދަރިފުޅަށް އިންތިޒާރު އެބަކުރެއެވެ. ދަރިފުޅުގެ މަންމައަކީ ހަމަ ބައްޕަގެ އުފަން ރަށް މީހެއް އެއީ ވަރަށް ރަނގަޅު މަންމައެއް! ދަރިފުޅަށް އިނގޭތަ؟ އެ މަންމަ ހާދަ ހިތާމައެއް ކުރިއޭ ދަރިފުޅު ގެންދިޔައިމަ… ބައްޕަގެ ދެފައި މައްޗަށް ވެއްޓި ސަލާން ޖެހި ދަރިފުޅު ދިނުމަށް އެދި އެކަމަކު އޭރު ބައްޕަގެ ދެކަންފަތް އިނީ ބީރުވެފަ… ދަރިފުޅާ ބައްޕަޔަށް މާފުކުރޭ! މިހުރިހާ ކަމަކީ ބައްޕަގެ ނުލަފާ ކަމުން ވީހާ ކަންތައް… ދަރިފުޅަށް އިނގޭތަ؟ ދަރިފުޅުގެ މަންމަ އެއީ ހާދަ ރަނގަޅު މަންމައެކޭ ދަރިފުޅު ބައްޕަ ނެގުމުން ދަރިފުޅުގެ މަންމަ ދުނިޔެއިން ވެސް މޮޔަވި އެކަމަކު އޭރު ބައްޕަ އެކަމަކާ އެއްވެސް ސަމާލުކަމެއް ނުދިން އެވެސް ހަމަ ބައްޕަގެ ނުލަފާކަމުން… ދަރިފުޅާ މި ސިޓީއާއެކު އޮންނާނެ ދަރިފުޅުގެ މަންމަގެ ފޮޓޯއެއް… ބައްޕެ ފޮޓޯ ލީ ދަރިފުޅު މަންމަ ހޯދަން ބޭނުން ވާނެކަން އިނގޭތީ އަދި އެ މަންމަ ދެކެން ބޭނުވާނެތީ… ބައްޕަ އުއްމީދު ކުރަން ބައްޕަ އެދުނު ގޮތަށް ކޮއްކޮމެންނަށް ކަމޭ ހިތާ އެހީތެރި ވެދޭނެ ކަމަށް… ދަރިފުޅު ދެކެ ލޯބިވާ ބައްޕަ!” ސިޓީ ކިޔާ ނިމުނު އިރު އަލްޔާ އިނީ ރޮއެ ރޮއެ މަރުވާން ކަައިރިވެފައެވެ. އެހެން ނަމަވެސް ހިތްވަރު ކޮއްފަ އެބުނި ފޮޓޯއެއް އޮއްތޯ ސިޓީ އަޅައިފަ އޮތް އުރަ ނަގައި ބަލައިލިއެވެ. ވާފިރު ބުނި ފަދައިން އެ ސިޓީ އުރަ ތެރޭގަ ފޮޓޯއެއް އޮތެވެ. އެހެން ކަމުން އަވަސް އަވަހަށް ފޮޓޯ ނަގައިގެން ބަލައިލިއެވެ. އޭރު އަލްޔާ އިނީ އުފަލުން ރާނެ ކަމެއް ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. މިދުނިޔެއަށް އުފަން ކުރި މަންމަ ފޮޓޯ އަކުން ވިޔަސް ފެނުނު ފުރަތަމަ ފަހަރު ކަމުން އަލްޔާއަށް ލިބުނު އުފާ ބަޔާން ކުރަން ވެސް ދައްޗެވެ. ވަޒުނާއާ ވިނާންއާ ތިބީ އެމަންޒަރު ބަލަހައްޓައިގެން ހައިރާން ކަމާއި އެއްވަރަށް އުފާވެސް ވެފައެވެ.
“ވިނާ.. އަލް ބޭނުން މަންމަ ހޯދަން ދާން..! ބަލައިބަލަ މިހިރީ އަލްގެ މަންމައޭ އަލްއާ ކިހާ ވައްތަރުތަ؟” ވިނާންއާ ދިމާލަށް ފޮޓޯގަނޑު ދިއްކުރަމުން އަލްޔާ ބުނެލިއެވެ. އޭރު ވަޒުނާ ހުރީ ވާފިރުގެ ސިޓީގަ އޮތީ ކޯއްޗެއްތޯ ބަލާށެވެ. އަލްޔާ ވެފަ ހުރި އުފަލުން އޭނަގެ ބައްޕަ ލިޔެފަ އޮތް އެއްޗެއް ހަނދާނެއް ވެސް ނެތްކަހަލައެވެ. “އާނ.. ވަރަށް ވައްތަރު! ހީވަނީ ހަމަ އަލްހެން..!” ފޮޓޯގަނޑަށް އެއްފަހަރު އަލްޔާއަށް ބަލަމުން ވިނާން ބުނެލިއެވެ.
”ދަރިފުޅާ ހާދަ އުފާވެފަ ހުރިހެން ހީވެޔޭ… ކިހިނެތްވީތަ؟އެއްމެން މާ ހެވިފަ ތިތިބީ؟” އަލްޔާމެން ފޮޓޯއަށް ބަލައިފަ ވާހަކަ ދައްކަން ތިއްބާ ސައުދު އައިސް އަހައިލިއެވެ. “ބައްޕާ.. ބަލާބަލަ މިހިރީ އަޅުގަނޑުގެ މަންމަ, ކިހާ ވައްތަރު އަޅުގަނޑާ..!” ސައުދު އަތައް ފޮޓޯގަނޑު ދިއްކުރަމުން އަލްޔާ ބުނެލިއެވެ. ” އެހެންތަ؟! ދީބަލަ ބައްޕަ ބަލާލަން” ފޮޓޯގަނޑު އަތުލަމުން ސައުދު ބުނެލިއެވެ. “އެބުނާހެން ހާދަ ވައްތަރޭ! މިއީ ކިހިނެތް ދަރިފުޅަށް ލިބުނު ފޮޓޯއެއްތަ؟” އަލްޔާއަށް އެ ފޮޓޯގަނޑު ލިބުނު ގޮތެއް އެނގިފަ ނެތުމުން ސައުދު އަހައިލިއެވެ. “ބައްޕާ ތިއީ އަޅުގަނޑު ދިން އެއްޗެއް.. ވާފިރުބެ މަރުވި ދުވަހު އަޅުގަނޑުގެ އަތަށް ދީފަ ބުނީ އަލްޔާއާ ހަވާލު ކޮށްދޭށޭ.. އެކަމަކު ފަހުން ހަނދާން ނެތިފަ ހުރެ އިއްޔެގަ ހަނދާންވީ..!“ އަލްޔާއަށް އެއްޗެކޭ ނުބުނެވެނީސް ވަޒުނާ ބުނެލިއެވެ. “އެހެންތަ؟!” ސައުދު އަހައިލިއެވެ. ލައްބައޭ ބުނެ ވަޒުނާ ނިކުތީ އައިރަމް ގުޅާތީއެވެ.
”ދަރިފުޅާ ދެން ވަޒޫގެ ކައިވެނީގެ ކަންތައް ހަމަ ޖައްސަންވީއެއް ނޫން..؟ މިހާރު އިރާދަ ކުރެއްވީތީ އަލްޔާވެސް މަޑުމަޑުން ހަމަޔަކަށް އެބަ އެޅޭންނޫން..؟” ވަޒުނާ ނިކުތްތަން ބަލަން ހުރެފަ ސައުދު ބުނެލިއެވެ.
“ލައްބަ ބައްޕާ.. ކައިވެނި ކުރަން ބުނި ދުވަސް ވަރަށް ކައިރި ވެއްޖެ އެކަމާވެސް އުޅެންވީދެން…” ސައުދުގެ ވާހަކަޔަށް އެއްބަސް ވަމުން ވިނާން ބުނެލިއެވެ. އެދެބަފައިން ވާހަކަ ދެއްކިއިރު ވެސް މޮޔައެއްހެން އަރި އަރި ކޮއްގެން އަލްޔާ ހުރީ އެ ފޮޓޯ ގަނޑު ބަލަންށެވެ. “އަލްޔާ އެއިނީ ހާދަ އުފާވެފައޭދޯ؟” އަލްޔާ އުޅޭގޮތް ބަލަމުން ސައުދު ބުނެލިއެވެ. “ލައްބަ ވަރަށް އުފާވެފަ އެއިނީ އެފޮޓޯގަނޑު ދޫ ކުރާނެހެނެއް ވެސް ހީނުވޭ…! ދެންމެ ބުނެފި މަންމަ ހޯދަން ހިނގާށޭވެސް އެކަމަކު އަޅުގަނޑު އަދި އެއްޗެއް ވެސް ނުކިޔާ މިއިނީ…” އަލްޔާއާ ދިމާލަށް ބަލަމުން ވިނާން ބުނެލިއެވެ. ”ކީއްވެ އެއްޗެކޭ ނުބުނީ؟ އެހެން ހެދީމަ އެމަންޖެ ކިހާ ދެރަވާނެ..؟ އަނެއް ކޮޅުން މާބަނޑު ވެފަ އެހެރީ ނުލާހިކު އަވަހަށް ހިތުގަ ވެސް ޖެހޭނެ…!” ކުޑަކޮށް ހިތްހަމަ ނުޖެހި ސައުދު ބުނެލިއެވެ. “ޖަވާބު ނުދޭކަށް ނޫނޭ ބައްޕާ..! އޭނަ ވަރަށް އުފާވާނެ ގޮތަކަށް އެކަން ކޮއްދެވޭތޯއޭ.. އަދި އިހައް ހަދާނެ ރަނގަޅު ގޮތެއް ނުވިސްނޭތީ އޭ ނުބުނީ…!” ވިނާން ބުނެލިއެވެ.
“ކޮންތާކުން ތިއައީ؟” އުޝާ ބޭރުގަ އުޅެފަ އައިސް ގެއަށް ވަންތަނުން އެކަމަށް ހުށިޔާރުވެގެން ހުރެ ކަރަމް އަހައިލިއެވެ. “ނުޒޫއާ އެއްކޮށް ބޭރުގަ އުޅެފަ މިއައީ… ކިހިނެތްވީ؟ މިއަދު ވެސް ބޮލަށް އަރިގަންނަން ވީތަ؟” ކޮނޑުގައި އޮތް ދަބަސް ނަގާ މޭޒުމައްޗަށް އެއްލަމުން ފޫހި ގޮތަކަށް އުޝާ ބުނެލިއެވެ. “ނޫނޭ.. ބޮލަށް އަރާ ހިތަކުން ނޫން! މަ ހީކުރީ ފާއިރުއާ އެއްކޮށް ގޮސްފަ އައީ ކަމަށް..!” މަލާމަތުގެ ފާޑަށް ކަރަމް ބުނެލިއެވެ. “މިހާރު އޭނަޔާ ވެސް އަޅުވާ ކިޔަން ފެށީތަ؟ ކިތައް ދުވަހު ބުނެފިންތަ އެއީ ބޭބެއެއް ކަހަލަ މީހެކޭ؟” ރުޅި މޫނު ހަދާފަ އުޝާ ބުނެލިއެވެ. “ބޭބެޔޭ؟!އެހެންތަވަނީ؟! މިޒަމާނުގަ ބޭބޭންގެ ތަންމަތި ވެސް ފަޅު ފިލުވައިދޭދޯ ކޮއްކޮމެން ވެސް..؟! ވަރަށް ސަޅި ވާހަކައެއް ތިބުނީ..!” މިފަހަރު ވެސް ކަރަމް މަލާމަތުގެ ރާގަށް ބުނެލިއެވެ. “ކަރަމް ތިދެން ކިހާ ދެރަ ވެއްޖެ ކަމެއްތަ..! މަށަށް މިހާރު މާރީއްޗަށް ވެސް އެބަ އިނގޭ މަށަށް މަލާމާތް ކަން ތިކުރަނީ… ކޮބައިތަ ކަރަމްގެ ބޭނުމަކީ؟” އުޝާ ރުޅި އައިސް އަހައިލިއެވެ. “މަގޭ ބޭނުމަކީ ކޮބައިހޭ؟ ބޭނުން ބުނެވިދާނެ އެކަމަކު އުޝާއަށް ކުރެވޭނެތަ އެކަން..؟” ނުލަފާ ފާޑަކަށް ހިނިތުންވަމުން ކަރަމް ބުނެލިއެވެ. “ބުނީމަދޯ އިނގޭނީ؟ ނުބުނެ އޮތް ގާ އުކިޔަކަސް ނޭނގޭނެ..!” ދެބުމަ ގޮތް ޖަހާލަމުން އުޝާ ބުނެލިއެވެ. “އުޝާ ބުނީމެއް ނޫން ފާއިރު އަކީ ބޭބެއެކޭ..؟! ތިހާ ލޯބިވާ ބޭބެއެއް ވިއްޔާ އޭނަ ކައިރީގަ ބުނެބަލަ ބަނޑުގަ ތިއޮތް ދަރިއަކީ އޭނަގެ ދަރިއެއް ކަމަށް އެއްބަސް ވެބަލައިށޭ..! ހެހެ.. މަށަށް ހަމަ ޔަގީން ނުވާނެކަން..!” މަލާމާތާ އެއްވަރަށް ނުލަފާ ފާޑަށް ހެމުން ކަރަމް ބުނެލިއެވެ.
”ކަރަމް ތިދެން ކިހާ ބޮޑު ވެއްޖެ ކަމެއްތަ؟ މަ އިނދެގެން އުޅިނީ އޭނަޔާތަ؟ ނޫނީ މަވިހާ ދަރިންގެ ބަލަދު ވެރިއަކަށް ވާން ޖެހެނީ އޭނަތަ؟ ތި ކިޔަން އުޅޭ އެއްޗެއް ތަން ކޮޅެއް ސާފުވާނެހެން ކިޔާބަލަ..! މަށަށް ހާދަ ހީވެޔޭ މިރޭ ކަންތަކާ ޖެހުނީހެން!!” ރުޅި އައެއް ކަމަކު ރުޅި މަޑު ކުރުމަށް ފަހު މަޑުމަޑުން އުޝާ އަހައިލިއެވެ. އެގޭތެރޭގަ މިދުވަސް ކޮޅު އިތުރު ބަޔަކު އުޅޭކަން އެއީ ހަމަ ނަސީބުތޯއްޗެކެވެ. އެހެން ނޫންނަމަ ހިސާބު ގަނޑު އެއްމެން އެއްވާނެއެވެ. “ހޯހޯ!! މަ ނޫޅެން އުޝާޔަށް އެއްވެސް ތަކުލީފެއް ޖައްސާކަށް..! އެއްގޮތަކަށް ވެސް އެހެން ހީނުކުރާތި.. މަށަށް އޯކޭ މަކުރާ ސުވާލަކަށް ޖަވާބު ދެނިކޮށް…” އަތުގެ އިޝާރާތުން ނޫނޭ ބުނެ ކަރަމް ސުވާލު ކޮއްލިއެވެ. “ކޮންސުވާލެއް؟ ތިކުރާ ސުވާލެއް ކޮއްފަ ވެސް ތި އަނގަ ފުޅު މައިތިރި ކޮއްބަލަ..!” އުޝާ ތުން ދަމާފަ ބުނެލިއެވެ. “އުޝާ ކީއްވެ ތިހާ ބޮޑު އޮޅުވާލުމެއް އޮޅުވައިލީ؟ ކޮބައިތަ އަހަރެންގެ ކުށަކީ؟ އަހަރެން އުޝާ ދެކެ ވީ ލޯބީގެ ބަދަލަކީ މީއީތަ..!” އަޑު ކުރެހެމުން ކަރަމް އަހައިލިއެވެ. އޭރު ކަރަމް ހުރީ ހަގީގަތުގައި ވެސް އިންތިހާޔަށް ދެރަވެފައެވެ. “ކިހާ ބޮޑުވެއްޖެ ކަމެއްތަ؟ ތިނޫން ވާހަކައެއް ދައްކަބަލަ… އިތުރު ވާހަކައެއް ދައްކަން ނޭގެންޏާ އަނގަ މަޑު ކޮށްގެން އިނދެބަލަ! އެހެން ނޫނަސް އަބަދު ބޮލިރަވަ ފައްޗެއްހެން ތަޅުވާ ބޭލީމަ ހާދަ ބޮލަށް ތުރާލޭ..!!” މޫނު ކުނި ކޮއްލައިގެން އުޝާ ބުނެލިއެވެ. “އުޝާ އަދިވެސް އަހަރެން ކުރި ސުވާލަކަށް ޖަވާބު ނުދެމެއް ނޫން..؟!” ހުރި ގޮތަށް ހުރެ ކަރަމް ބުނެލިއެވެ.
”ކަރަމް ބުނަން ރަނގަޅު ވާހަކައެއް.. އިތުރަށް މަރުޅި ނާރުވާ ތިދާ ތަނަކަށް ރައްކާވާން އުޅޭ! މަގޭ ސިކުނޑި ހީވަނީ ވީދައިގެން ގޮސްދާނެހެން!!” ކަރަމް ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ އުޝާ އޭނަގެ ބަހުރުވައިން ފެށިއެވެ. އެހެން ނޫނަސް ކަރަމް އެކުރަނީކީ އޭނަޔަށް ޖަވާބު ދެވޭނެ ވަރުގެ ސުވާލެއް ވެސް ނޫން ވިއްޔާއެވެ. އެހެންވީމަ ރީތި ބަހުން ވާހަކަ ދައްކާފަ ދާށޭ ބުނާނެތާއެވެ. “މަ ނޫޅެމޭ ތިކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުލިބިގެންނެއް..؟! ހީކުރީތަ ނޭގިގެންނޭ މިއުޅެނީ..؟!!” އެހެން ކިޔާފަ ކަރަމްގެ ފޯނުނަގާ މިއަދު އުޝާޔާ ނުޒުހާއާ ދެއްކި ވާހަކައިގެ އޯޑިއޯ ޕުލޭ ކޮއްލިއެވެ. “ދެން ކޯއްޗެއްތަ ބުނަންއޮތީ؟ އަދިވެސް ބުނާނަންތަ ތިއީ މަގޭ ދަރިއެކޭ؟! މަށަށް މިއަދު ސާބިތު ކޮއްދެވިދާނެ ތިއީ ފާއިރުގެ ދަރިއެއްކަން އެކަމަކު އުޝާޔަށް ސާބިތު ކޮއްދެވޭނެތަ ތިއީ މަގޭ ދަރިއެއް ކަމަށް..؟! “ އޯޑިއޯ ކޮޅު ނިމުމާއެކު ކަރަމަ އަހައިލިއެވެ. އޭރު އުޝާ ހުރީ ބަސް ހުއްޓި ބުނާނެ އެއްޗެއް ނޭގިފައެވެ. އެ އޯޑިއޯގެ އަޑު އިވުމާއެކު އެއީ މިއަދު ހަވީރު ނުޒުހާއަށް ގުޅައިގެން ދެއްކި ވާހަކައެއްކަން އުޝާއަށް އެނގިއްޖެއެވެ. “ބަލަ ވާހަކަ ދައްކަބަލަ ކީއްވެތަ ވާހަކަ ނުދައްކާ ތިހުރީ؟ ބުނާނެ އެއްޗެއް ނޭގުނީތަ؟ ނޫނީ ބަސް ހުއްޓުނީތަ؟” ފަހުރުވެރި ކަމާއެކު ކަރަމް ބުނެލިއެވެ. “އަދިވެސް ބުނާނަންތަ މަގޭ ދަރިއެކޭ؟ ހުރި ލަދުހަޔާތް ކުޑަކަން ދެކިބަލަ! ކިހާ ބޮޑު ފާފައެއްތަ ތިކުރީ..؟! ތިއީ އަންހެނުންނަށް ހުތުރު އަރުވަން ހުރި އަންހެނެއް! ތިކަހަލަ މީހަކާ ކައިވެނި އެ ލަފުޒު ގެނެވުނީތީ ވެސް ލަދުވެތިވަން..!!” ލިބުނު ފުރުސަތުގެ ބޭނުން ހިފާ ހިތުގަ އޮތް ހުރިހާ އެއްޗެއް ބޭރު ކުރަމުން ދިޔައެވެ.
”ކަރަމް ޕުލީޒު މިކަންތައް ސިއްރު ކޮއްދީ..!! ބައްޕަމެންނަށް އެނގިއްޖެއްޔާ ވަރަށް ރުޅި ދުރު ވާނެ! ޕުލީޒު..!” ކަރަމްގެ ދެފައި މައްޗަށް ވެއްޓި އުޝާ އާދޭސް ކުރަމުން ދިޔައެވެ. “އަދިވެސް ފާފައެއްގެ މައްޗަށް ފާފަ ކުރަންތަ ތިއުޅެނީ؟ މިހާރު ވެސް ކުރެވުނު ފާފަތަށް މަދުވީތަ؟ އެންމެ ފަހަރަކު ވެސް ހެއްދެވި ފަރާތްމަތިން ހަދުމަކޮށް ބިރުވެތި ވެބަލަ!” އުޝާއަށް ވިސްނާ ދެމުން ކަރަމް ބުނެލިއެވެ. “ކަރަމް ބުނި ކޮންމެ ގޮތަކަށް ވެސް އަހަރެން ހަދާފާނަން… ހުވާ ކޮއްފަ މިބުނީ މިކަންތައް ސިއްރު ކޮއްދީ..!!” އަނެއްކާވެސް ރޮމުން އުޝާ ބުނެލިއެވެ. “އުޝާ ތިބުނީ ދެން އަހަރެން ތި ދަރިީގެ ބައްޕަޔަށް ވެގެން ހުންނާށޭތަ؟ ނުވާނެ ތިކަމެއް ދުވަހަކު ވެސް ނުވާނެ ތިކަމެއް ހަނދާން ނައްތާލާ..!!” ރުޅިވެރި ކަމާއެކު ކަރަމް ބުނެލިއެވެ. ”އަހަރެންނަށް އޯކޭޔޭ ދަރިފުޅުގެ ބައްޕައެއް ކަމުގަ ނުވިޔަސް ބައްޕަމެންނަށް މިކަންތައް ސިއްރު ކޮއްދީ..! ހެޔޮނުވާނެ އަހަރެން ހުވާ ކޮއްފަ މިބުނީ ކަރަމް ބުނި ހުރިހާ ގޮތެއް ހަދައިގެން ރަނގަޅު އަޅަކަށް ވެގެން ވެސް ހުރެދާނަން… އެންމެ ފަހަރަކު ވެސް ބުނެބަލަ މިކަންތައް ކޮއްދޭނަމޭ..!” ކަރަމްގެ ގަމީހުގަ ހިފައި އެލިގަންނަމުން އުޝާ ބުނެލިއެވެ. މިހާރު އުޝާ ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. ވާނީވެސް އެހެންތާއެވެ. ހީވެސް ނުކުރާ ގޮތަކަށް ފަޅާއަރާ ނިމުނީ ވިއްޔާއެވެ.
”އެންމެ ރަނގަޅު… މަގޭ އަންހެނުންނަށް ވީތީ ތިކަން ކޮއްދީފާނަން އެކަމަކު ވިހައިގެން ތިންމަސް ވީމަ ޖެހޭނެ އިސްލާމްދީނުގަ އޮންނަ އުސޫލުގެ މަތިން ތިކުރި ފާފައަށް ތައުބާވާން…! އެކަމަކު ބުނަން ތައުބާވުމޭ މިބުނީ ހަމަ އެކަނި ހައްދު ޖެހުމެއް ނޫން އެއްކޮށް އުޅެން ބޭނުމިއްޔާ އަލުން ޖެހޭނީ ކައިވެނި ވެސް ކުރަން! މިވަގުތުން ފެށިގެން ދެމީހުންގެ ދޭތެރޭގަ ދެމަފިރި ކަމުގެ އެއްވެސް ގުޅުމެއް ނޯންނާނެ! ހަމަ އެކަނި އޮންނަ ގުޅުމެއް އޮންނާނީ މައިންބަފައިން ކުރިމަތީގަ..! އުޝާވެސް ޖެހޭނީ މިގޮތަށް ރުހެން އަދި އެއްވާހަކަ އުޝާ ހީނުކުރާތި މިގޮތަށް އަހަރެން ނިއްމީކީ އިތުރު ގޮތެއް ނެތިގެންނޭ އަދި ވަންނާނެ ތަނެއް ވެސް ނެތިގެންނޭ..!” ކަރަމް ހުރިހާ ވާހަކައެއް ދައްކަމުން ދިޔަ އިރު އުޝާ ހުރީ ހަމައެކަނި އާއޭ ކިޔާ ބޯޖަހައިލަ ޖަހައިލައެވެ. އިތުރަށް ކުރެވޭނީވެސް ބުނެވެެނީވެސް ވަކި ކީކޭ ހެއްޔެވެ؟. “އަހަރެން މިގޮތަށް މި ނިންމީ އެންމެ ބޮޑު ބޭނުމަކީ ތިއީ މާބަނޑު އަންހެނަކަށް ވުމުން އަހަރެންނަށް އިނގޭ ހަލާލަށް ވިޔަސް ހަރާމަށް ވިޔަސް ބަނޑު ބޮޑު މީހަކު ވާނީ ބަނޑު ބޮޑު މީހަކައްކަން އެމީހުންގެ ހިތުގަ ޖެއްސުމަކީ ﷲ ސުބުހާނަހޫވަތައަލާ ކޯފާ ވެ ވަަޑައިގަންނާވަ ކަމެއްކަން… މި ނޫން އިތުރު އެއްވެސް ކަމެއް ނެތް އުޝާ ދެކެވި ލޯބިވެސް ފަސް އަޅާ ފޮރުވައިފިން..!!” ލޮލުން ކަރުނަ ފައިބާ ހާލުގައި ކަރަމް ވާހަކަ ދައްކަމުން ދިޔައެވެ. “ތޭންކޮސް ކަރަމް! މިއަދުން ފެށިގެން ދެން ބުނާ ހުރިހާ ގޮތަކަށް ކަންތައް ކުރާނަން އަދި މިއަދު އަހަރެންނަށް އިހުސާސް ވެސް ވެއްޖެ އަހަރެންދެކެ ކަރަމްވީ ހަގީގީ ލޯބިކަން ވެސް އެކަމަކު ވިސްނުނު އިރު މިއޮތީ ވަގުތު ފާއިތު ވެފަ..!” ގިސްލަ ގިސްލާ ރޮމުން އުޝާ ވާހަކަ ދެއްކިއެވެ. “ތިއަޑުވެސް އިވިއްޖެ! ބަލާނަން ތިދުލުން މިއަދު ތިބުނި ގޮތަށް އަމަލު ވެސް ވޭތޯ ދެން އިތުރަށް ރޯން ހަދާނެ ކަމެއް ނެތް! ތި ހުރިހާ ގެއްލުމެއް ވެސް ވާނީ އުޝާއަށް! ހުއްޓާލާ… އަހަރެން މިިދަނީ މިވަގުތު ވަރަށް މުހިންމު ކަމަކު.. ކައިގެން ނިދަން އުޅޭ…” އެހެން ކިޔާފަ ފޯނެއް އަންނަ ވަރުން ބޮލަށް ނުކުޅަދާނަ ވާވަރުން ކަރަމް ނިކުމެގެން ހިނގައްޖެއެވެ. އުޝާ ހުރީ އުފަލާއި އެއްވަރަށް ދެރަވެސް ވެފައެވެ. އަދި ފުރަތަމަ ފަހަރަށް އަމިއްލަ ދިރިއުޅުން މަތިން ވިސްނާލެވުނެވެ. އަދި ކުރެވިފައި ހުރި ފާފަތަކާ އެއްޗެހި ހަދާނަށް އައިމަ ހިފެހެއްޓުމެއް ނެތި ލޮލުން ހޫނު ކަރުނަ ފާބައިގަތެވެ. އަދި އެވަގުތުން ފެށިގެން ހިތާ ހިތުން ވައުދެއް ވިއެވެ. ދެން ދުވަހަކުވެސް އެފަދަ ފާފަޔަކައް އަރާ ނުގަތުމަށާ ކަރަމް އެދުނު ގޮތަށް އަމަލުކޮށް އަލުން ކަރަމްއާ ކައިވެނިކޮށް އައު ދިރިއުޅުމެއް ހޯދާނެ ކަމެވެ. އަދި ކަރަމްއަށް ވެސް ފާއިރުއަށް ވެސް އޭނައަކީ ރަނގަޅު ވާނެ މީހެއްކަން އަމަލުން ދައްކަން ވައުދުވިއެވެ.
……..ނުނިމޭ…….
11 Comments!
Comments are closed.
Hurihaa kudhin sorry thankolheh lahun up kurevunythy…. But hope you all like it and plx comment… ❤
Yayyyy …. me first
Ya dhw thanks maa
Me 2nd..vr nice mi prt vx?
Ya thanks aish
Nice story
Thanks mal
Dhen kndhuvahakunba vaahaka kiyaalan libeyny
Insha Allah maadhan Rey thanks anonymous
Alhey Adam this part hama super….
When next part???
Keep it up …….????
Thanks sana insha Allah maadhan Rey up kuraanan