ގެއްލިދިޔަ ހަޔާތް….. 11
ވަކި ހިސާބަކަށް ދެވުނުއިރު ރޭޝަމްގެ ކޮނޑާ ހަމައަށް މޫދުގެ ލޮނުގަ ނޑު އޮތެވެ. އޭރު ބޯޅަ އޮތީ ތަންކޮޅެއް ކައިރީގަކަމުން ފުން ނޭވާއެއް ރޭޝަމްއަށް ބޭރުކޮށްލެވުނެވެ. ހިންދިރުވާލަމުން ރޭޝަމް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ރޭޝަމްއަށް ހަޅޭއްލަވައިގަނެވުނެވެ.
“ޒާހިދުބޭ… ޒާހިދުބޭ… ދައްތަ އެއޮށް ގެނބެނީ.. ދައްތަ ސަލާމަތްކޮށްދީ“ ގަހެއްގެ ދަށުގައި އިށީނދެގެން އިން ޒާހިދު ސިއްސައިގެން ދިޔައީ މާލްގެ ހަޅޭކުގެ އަޑަށެވެ. ބޭއިޚްތިޔާރުގައި މޫދާ ދިމާލަށް ޒާހިދަށް ބަލާލެވުނެވެ. ފެނުނު މަންޒަރުން ޒާހިދުގެ ހިތުގެ ވިންދު އަވަސްވިއެވެ. ރޭޝަމްއަށް ލޮނުބޮވެމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް ފީނަން އެނގުނު ކަމުގައިވީނަމަވެސް އޮއި ބާރުކަމުން ރޭޝަމްއަށް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ.
ޒާހިދު ޓީޝާޓު ބާލަމުން ދުވެފައި ގޮސް މޫދަށް އެރުނެވެ. ރޭޝަމްއާ ހަމައަށް ދެވުނުއިރު ރޭޝަމްއަށް ވަނީ ވަރަށް ގިނައިން ލޮނު ބޮވިފައެވެ. އަވަސް ހަރަކާތަކާއެކު ޒާހިދު ރޭޝަމްގެ ގައިގައި ހިފިއެވެ. އެވަގުތު ރޭޝަމްގެ ގައިން ބާރު ދޫވިއެވެ. އަދި ރޭޝަމްގެ ދެލޯ މެރުނެވެ.
އެއްގަމާ ހަމައަށް ދެވުނުއިރު ޒާހިދަށް ހުރީ މާނޭވާލެވިފައެވެ. އާމިރާއާއި މާލް ދުވެފައި ގޮސް ރޭޝަމްގެ ގައިގައި ހިފިއެވެ. ލަތީފުމެންވެސް ހާސްކަމާއެކު ރޭޝަމް ކައިރިއަށް ޖެހުނެވެ. އާމިރާ އަވަސް އަވަހަށް ރޭޝަމް ހޭއަރާތޯ މަސައްކަތް ކުރުމަށް ރޭޝަމްއާ ގާތްވެލިއެވެ. އެވަގުތު ޒާހިދު އާމިރާ ހުއްޓުވިއެވެ. އަދި އަވަސް އަވަހަށް ރޭޝަމްގެ ބަނޑުގައި އަތް ވިއްދަމުން ލޮނު ތައް އަނގައިން ބޭރުވޭތޯ މަސައްކަތް ކުރިއެވެ. އިރުކޮޅެއްގެ ތެރޭގައި ރޭޝަމްއަށް ހޭވެރިކަން ވިއެވެ. ލޯ ހުޅުވާލުމާއެކު ފުރަތަމަވެސް ރޭޝަމްއަށް ފެނުނީ ޒާހިދުގެ މޫނެވެ. އެވަގުތު އެމޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ އަސަރެވެ.
“ދަތުރު ފަނިކޮށްގެން ނުވާނެ.. ރޭޝަމް ދޭ މާލެ.. އަހަރުމެން ދާނީ ދަތުރުގެ މަޖާ ނަގާފަ“ ލީޒާ ތުން އަނބުރާލަމުން ލަތީފަށް ބަލާލިއެވެ. “އާނ.. ރޭޝަމް ދޭ ގެއަށް އަރާމުކޮށްލަން… ޒާހިދު ދޭ އޭނައާއެކު މާލެ..“ ލަތީފް ޒާހިދަށް އިޝާރާތްކޮށްލިއެވެ. އެވަގުތު ރޭޝަމްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ޒާހިދާއެކު އެކަނި ދާކަށް ރޭޝަމް ބޭނުމެއް ނުވެއެވެ. އެހެނަސް އިތުރު ގޮތެއް ނެތުމުން ފެރީ ޓާރމިނަލް ކައިރިއަށް ދިޔުމަށް ރޭޝަމް ހިނގައިގަތެވެ. ފަހަތުން ޒާހިދުވެސް ހިނގައިގަތެވެ.
ފެރީއަށް އެރުމާއެކު ތަންކޮޅެއް ފަހަތުގައި ރޭޝަމް އިށީނެވެ. ޒާހިދު ރޭޝަމްއަށް ފެންނަ ހިސާބުގައި ކޮޅަށް ހުއްޓެވެ. ރޭޝަމްގެ ނަޒަރު ގޮސް ހުއްޓިފައިވަނީ މާސިންގާ ބިޔަ ރާޅުތަކަށެވެ. އެހެނަސް ޒާހިދުގެ ކޮންމެ ނަޒަރެއްވެސް ގޮސް ހުއްޓިފައިވަނީ ރޭޝަމްއަށެވެ.
މާލެ ދެވުމާއެކު ރޭޝަމް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ވަރުބަލިވެފައި ހުރުމާއެކު ކުޑަކޮށް ބޯ އަނބުރާ ގޮތެއްވެސް ވާންފެށިއެވެ. “ކިހިނެއްވީ މިހާރު؟“ ރޭޝަމްގެ ފައި އަރިއަޅާލި ވަގުތު ޒާހިދު ރޭޝަމްގެ އަތުގައި ބާރަށް ހިފަހެއްޓިއެވެ. އެވަގުތު ދެމީހުންގެ ލޯ އަމާޒުވިއެވެ. ކަޅިވެސް ޖަހާނުލާ ރޭޝަމްގެ އަޖައިބެއް ފަދަ ދެލޮލަށް ބަލަހައްޓައިގެން ޒާހިދަށް ހުރެވުނެވެ. ރޭޝަމްއަށް ޒާހިދުގެ ލޮލުން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު އަސަރެކެވެ. ދެމީހުންނަށްވެސް ހޭވެރިކަންވީ ކައިރިން ލާފައި ދިޔަ ޓެކްސީއެއް ހާރަން އެޅި އަޑަށެވެ.
ސިޑިން އަރަމުން ދިޔައިރު ރޭޝަމްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ރޭޝަމްގެ ފަހަތުން މަޑުމަޑުން ޒާހިދުވެސް ސިޑިން އަރަމުން ދިޔައެވެ. ގެއަށް ވަދެވުމާއެކު ރޭޝަމް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ރޭޝަމް ބޭނުންވަނީ ޒާހިދަށް ނުފެންނަ ހިސާބަށް ދާށެވެ. މުޅި އުމުރަށެވެ.
ފެންވަރާލައިގެން، ރީތިވެގެން ރޭޝަމް އެނދުގައި ޖައްސާލީ ވާހަކަ ފޮތެއް ހިފައިގެންނެވެ. ވާހަކައިގެ ތެރެއަށް ގެނބެމުން ދަނިކޮށް ރޭޝަމް ސިއްސުވާލީ ހިތްގައިމު، ރީތި މިއުޒިކެއްގެ އަޑުންނެވެ. ބޭއިޚްތިޔާރުގައި ފޮތް ލައްޕާލުމަށްފަހު އެނދުން ތެދުވެވުނެވެ. އެ ހިތްގައިމު މިއުޒިކީ އަޑު ރޭޝަމްގެ ހުރިހާ ހިއްސުތަކާ ކުޅެލައިފިކަހަލައެވެ. މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިން ބޭރަށް ރޭޝަމް ހިނގައިގަތީ އެއަޑު އަންނަ ދިމާލެއް ބެލުމުގެ ޝައުގުވެރިކަން ހިތުގައި އިންތިހާއަށް އުފެދުމުންނެވެ.
ކޮޓަރިން ބޭރަށް ނިކުމެވުނުއިރު އެއަޑު ތަންކޮޅެއް ބާރުވެއްޖެހެން ހީވިއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު، ސިޓިންރޫމާ ދީމާލަށް ރޭޝަމްއަށް ދެވުނެވެ. އެވަގުތު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އެއަޑަކީ ކިތަންމެ އަޑުއަހާ ހިތްވި އަޑެއް ނަމަވެސް ދެން އެތާކު ހުންނާކަށް ރޭޝަމް ބޭނުމެއް ނޫނެވެ.
ކޮޓަރިއާ ދިމާލަށް ހިނގައިގަންނަން އުޅުނު ރޭޝަމްއަށް ފަހަތް ބަލާލެވުނީ އިވެމުންދިޔަ މިއުޒިކާއެކު މީހެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “މުޅި ހަޔާތް ބަނަކޮށްފިޔޭ އަދު، ބޭވަފާތެރި ލޯތްބަކުން.. ދިރިއުޅުން ބަރުބާދުވެއްޖޭ، ހިތްމަގޭ ފުނޑުފުނޑު ވުމުން..“ އިވެމުންދިޔަ ލަވައަށް ރޭޝަމްގެ ޝައުގުވެރިކަން ހުއްޓުނެވެ. މަޑުމަޑުން ކުރިއަށް ޖެހިލަމުން ފާރުގައި ރޭޝަމް ލެނގިލިއެވެ. އަދި ސިއްރު ސިއްރުން ސޯފާގައި ގިޓާ ކުޅެން އިން ޒުވާނާއަށް ބަލާލިއެވެ. އެވަގުތު ރޭޝަމްގެ ނަޒަރުގޮސް ހުއްޓުނީ ޒާހިދުގެ ލޮލަށެވެ. އެދެލޯ ވަނީ ފެންކަޅިވެފައެވެ. ބުނެދޭން ނޭނގޭ ކަހަލަ ޖަޒުބާތެއް ރޭޝަމްގެ ހިތުތެރޭގައި އުތުރިއަރައިގަތެވެ. ބޭއިޚްތިޔާރުގައި އެދިމާލަށް ހިނގައިގަނެވުނެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް ޒާހިދުގެ ކުރިމަތީގައި ރޭޝަމް ހުއްޓުނެވެ. އަދި ފަރުވާތެރިކަމާއެކު ޒާހިދަށް ބަލަމުން ދެކަކޫ މައްޗަށް ތިރިވެލިއެވެ. އޭރުވެސް ޒާހިދު ދިޔައީ ގިޓާ ކުޅެމުން ކިޔަމުންދިޔަ ލަވައިގެން ކުރިއަށެވެ. ރޭޝަމް ހުރިކަމެއް ޒާހިދަށް ރޭކާވެސް ނުލައެވެ. ލަވައިގެ ތެރެއަށް ގެއްލިފައި އިންވަރުން ނޭނގުނީއެވެ. ރޭޝަމްއަށް އިނދެވުނީ ކަޅިވެސް ޖަހާނުލާ ޒާހިދަށް ބަލަހައްޓައިގެންނެވެ. ޒާހިދުގެ އަޑުން އިވެމުންދިޔަ ލަވައިގެ ކޮންމެ ލަފުޒެއް ރޭޝަމްގެ ހިތަށްވެސް އަސަރުތަކެއް ކުރުވަމުން ދިޔައެވެ. އެއަޑުގައި އެކުލެވިފައިވި ވޭނީ ރިހުން ރޭޝަމްއަށް އިހުސާސް ކުރެވޭކަހަލައެވެ.
ލަވައިގެ ފަހު ކަޑި ނިމުމާއެކު ޒާހިދު ދެލޯ ހުޅުވާލިއެވެ. ރޭޝަމް ފެނުމާއެކު ޒާހިދަށް ކޮޅަށް ތެދުވެވުނެވެ. “މިތާ ކީއްތިކުރަނީ؟“ ޒާހިދު ހިތްހަމަނުޖެހުނެވެ. އެކަން ފާހަގަ ވުމާއެކު އެތަނުން ދިޔުމަށް ރޭޝަމް ތެދުވިއެވެ. ކުރިއަށް ދެފިޔަވަޅު އަޅާލިތަނާ ޒާހިދު ރޭޝަމްގެ ކުރި ބެއްދިއެވެ. “އަހަރެން ފަހަތުން ނެއްޓެން ނޭނގިގެންތަ ތިއުޅެނީ؟ އަހަރެންނަށް ނުފެންނަ ހިސާބުގަ ތީނައަށް ނޫޅެވެނީތަ؟“ ޒާހިދުގެ އަޑު ބާރުވިއެވެ. “އެއް ގެއެއްގަ އުޅޭއިރު ކިހިނެއް ނުފެނި އުޅޭނީ؟“ ރޭޝަމް އެއްވެސް ޖެހިލުމެއްނެތި ރައްދު ދިނެވެ. އަދި ޒާހިދަށް ބަލާލިއެވެ. “އަހަރެންނެއް ނޫޅެން ޒާހިދު ފަހަތަކުންނެއް.. ތީ ކުށްހީއެއް.. އަހަރެން ޒާހިދާ ވާހަކަދެއްކީ ޒާހިދުމެން ތިކުރާ ވިޔާނުދާ ކަންތަކުގެ ހަގީގަތް ހޯދަން ބޭނުންވީތީ.. އެކަމަކު މިހާރު އެކަންތައް މަތިން އަހަރެން ހަނދާން ނައްތާލައިފިން.. އެނގިހުރެ އަލިފާންގަނޑެއްގެ ތެރެއަށް ފުންމާލާކަށް ނެތިން“ ރޭޝަމް ވާހަކަދެއްކީ ސީދާ ޒާހިދުގެ ލޮލަށް ބަލަހައްޓައިގެން އިނދެއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ރޭޝަމް ހިނގައިގަތެވެ.
އާމިރާމެންނަށް ގެއަށް އާދެވުނުއިރު އިރު އޮއްސިއްޖެއެވެ. މޫދަށް ގޮސްފައި އައުމުން ފެންވަރާލައިގެން ޖައްސާލާ އިރަށް މާލްމެންނަށް ނިދުނެވެ. އާމިރާވެސް ހުރިހާ ކަމަކުން އަވަދިވެގެން ގޮސް އޮށޯތެވެ.
“ދައްތާ.. ވާހަކައެއް އަހާލަންތަ؟“ ރޭޝަމް ގޮސް އާމިރާގެ އެނދުގައި އިށީނެވެ. އާމިރާ ބޯޖަހާލިއެވެ. “ޒާހިދަކީ ކުރީގަވެސް ވަރަށް ގޯސް މީހެއްތަ؟“ ރޭޝަމް މަޑުމަޑުން އަހާލިއެވެ.
”ނޫން.. ޒާހިދަކީ ކުރީގަ މިގޭގެ ދިރުން.. އެންމެންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިން ހަމަ އެކަނި މީހާ.. މިއަދު އެފެންނަނީ މީގެ ކުރީގެ ޒާހިދެއް ނޫން. .އެކަމަކު ރޭޝަމް ތިހެން ތިއެހީ ކީއްވެ؟“ އާމިރާ ރޭޝަމްއަށް ބަލާލިއެވެ.
”ކަމެއް ނުވޭ.. ހަމަ އަހާލީ… އެހެންވެއްޖެއްޔާ ކޮބާ އަސްމާ؟ ދައްތަ ބުނީމެއްނު އެއީ ޒާހިދުގެ ލޯބިވެރިޔާއޭ“ ރޭޝަމް ބޭނުންވީ އިތުރަށް އޮޅުންފިލުވާށެވެ.
”އެއީ ޒާހިދުގެ ކުރީގެ ލޯބިވެރިޔާ.. އެކުއްޖެއް ދެކެ ފުރާނައަށް ވުރެވެސް ބޮޑަށް ޒާހިދު ލޯބިވި.. އެހެނަސް ތަގުދީރު ނިޔާކުރަނީ ބައެއް ފަހަރު ހީވެސް ނުކުރާ ކަހަލަ ގޮތަކަށް“ އާމިރާގެ އަޑުގައިވަނީ ހަމްދަރުދީގެ އަސަރެވެ.
“ކީއްވެ އެދެމީހުން ވަކިވީ؟“ ރޭޝަމްއަށް ކެތްމަދުވެފައިވާ ހާލު އަހާލެވުނެވެ.
“މީހުން ބުނެއުޅޭނު އަންހެނުންނަކީ ވަރަށް މަކަރުވެރި ބައެކޭ.. އަސްމާއަކީ ވެސް އެކަހަލަ ކުއްޖެއް.. ޒާހިދަށް ލޯބީގެ ދަޅަ ދައްކާފަ، އެފަކީރު އާދޭސްކޮށްކޮށް ހުއްޓާ ދޫކޮށްލާފަ ދިޔައީ“ އާމިރާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“ކީކޭ..އާދޭސްކުރީއޭ…“ ރޭޝަމްއަށް ގަބޫލުކުރަން ދަތިވިއެވެ. ޒާހިދު މީހެއް ކައިރީ އާދޭސްކޮށްފާނެއެކޭ ރޭޝަމްގެ ހިތެއް ނުބުނެއެވެ.
“އާނ.. ދައްތަގެ މިދެލޯ ކުރިމަތީގައި އެހުރިހާ ކަމެއް ވެނިމިގެން ދިޔައީ.. މީހުން ބުނޭ ފިރިހެނުންނެއް ނުރޯނެޔޭ.. ހިތްވަރުގަދަ ވާނެޔޭ، ފިނޑިއެއް ނުވާނެޔޭ.. އެކަމަކު އެމީހުންގެވެސް އޮންނަނީ ހިތެއް.. އަސަރުވެސް ކުރާނެ.. ޒާހިދު އަސްމާދެކެ ވީ ވަރަށް ތެދުވެރި ލޯތްބެއް.. އަސްމާ ދިޔުމުން ޒާހިދު އުޅުނު ހާލާއި، އޭނަގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތް ހިތަށް އެރުމުން މިއަދުވެސް ދައްތަގެ މިހިތަށް ވަރަށް އަސަރުކުރޭ..“ އާމިރާގެ ދެލޯ ފެންކަޅިވިއެވެ.
”ތީގެ މާނައަކީ އަސްމާ ޒާހިދުގެ ދިރިއުޅުމުން ދިޔުމުންނޭތަ ޒާހިދަށް އެހެންވީ؟“ ރޭޝަމްގެ ހިތުގައި ހަމްދަރުދީ އުފެދެން ފެށިއެވެ.
”އާނ.. ގޯސް މަގުން ޒާހިދު އެދިޔައީ އެހިތާމައިގެ ސަބަބުން.. ޒާހިދު އަނބުރާ ކުރީގެ ދިރިއުޅުމަށް ގެނެވޭނީ އެހިތާމަތަކުން އޭނަ މިންޖުކޮށް އަލުން އޭނައަށް ލޯބިދޭނެ މީހަކު އޭނަގެ ހަޔާތަށް އައިސްގެން..“ އާމިރާ ހިނިތުންވުމަކާއެކު ރޭޝަމްއަށް ބަލާލިއެވެ.
“އެކަމަކު ތިއީ ވާނެ ކަމެއް ނޫނެއްނު.. އަންހެނުން ދެކެ ޒާހިދު ނަފްރަތުކުރޭ“ ރޭޝަމް އާމިރާއަށް ބަލާލިއެވެ.
“އެއްވެސް ކަމަކީ ނުވާނެ ކަމެކޭ ނުބުނައްޗޭ.. ތެދުވެރިކަމާއެކު ހެޔޮހިތުން މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކާމިޔާބުވާނެ“ އާމިރާ ޔަގީންކަމާއެކު ބުންޏެވެ.
“އެކަހަލަ ރަނގަޅު ކުއްޖަކު ކިހިނެއް ހޯދާނީ.. ކާކު ގޯސް މަގުން ހިނގާ މީހެއްގެ ފަހަތުން ހިނގާނީ؟“ ރޭޝަމްއަށް ގަބޫލުކުރަން ދަތިވިއެވެ.
“ރޭޝަމްވެސް ޒާހިދާމެދު ޝައުގުވެރިވާތީއެއްނު ޒާހިދާ ބެހޭ މައުލޫމާތު ތިހޯދަނީ.. ހަމަ އެގޮތަށް ޒާހިދުދެކެ ލޯބިވާނެ ކުއްޖެއްވެސް ލިބިދާނެއެއްނު ހަމަ“ އާމިރާ ހީލިއެވެ.
އާމިރާގެ އެޖުމްލައިން ރޭޝަމްގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔަކަން ޚުދު ރޭޝަމްއަށް ފާހަގަވިއެވެ. އިތުރު ސުވާލެއް ނުކޮށް ރޭޝަމް ބެލީ އަވަހަށް ގޮސް ނިދޭތޯއެވެ. އެހެނަސް ނިދި ރޭޝަމްގެ ލޮލަށް އަންނަން ބޭނުންނުވާކަހަލައެވެ. ބެލްކަންޏާ ދިމާލަށް ރޭޝަމް ހިނގައިގަތީ އުޅެ އުޅެ ނިދޭގޮތް ނުވުމުންނެވެ. ބެލްކަންޏާ އަރާ ހަމަވިތަނާ ބެލްކަނީގައި ހުރި ގޮނޑިއެއްގައި ނިދިފައި އޮތް ޒާހިދު ފެނުމުން ރޭޝަމްގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. ހަމްދަރުދީއާއެކު ޒާހިދުގެ މޫނަށް ރޭޝަމް ބަލާލިއެވެ. ނިދާފައި އޮންނައިރު ޒާހިދު ވަރަށްވެސް ރީއްޗެވެ.
ބޭއިޚްތިޔާރުގައި ރޭޝަމްއަށް ޒާހިދާ ގާތަށް ޖެހެންފެށުނެވެ. އެވަގުތު ރޭޝަމްގެ ފައިން ޖެހިފައި ކައިރީގައި އިން ފައިވާން ބަހައްޓާ ހަރުގަނޑުން ބޫޓެއް ވެއްޓުނެވެ. އެއާއެކު ޒާހިދަށް ހޭލެވުނެވެ. ރޭޝަމްގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރެވުނެވެ. “ދެންވެސް ބުނާނީ އެއް ގެއެއްގަ އުޅޭތީ ފެންނާނެއޭތަ؟ ބަލަ ފެންނަ ހިސާބަށް ކަލޭ އަންނަނީއެއްނު.. ކިހާ ބޮޑު ކަމެއްތަ މީދެން“ ޒާހިދުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ރޭޝަމް އަނގައިވެސް ނުބުނެ އިނީއެވެ. ބުނާނެ އެއްޗެއް ނޭނގުނީއެވެ.
“ޖެހިލުމެއްވެސް ވާ މީހެއް ނޫންތަ ތީ؟“ ޒާހިދު އަނެއްކާވެސް ވާހަކަދެއްކިއެވެ. މިފަހަރުވެސް ރޭޝަމް ޖަވާބެއް ނުދިނެވެ. “ބަލަ ކަލެއާއޭ މިވާހަކަދައްކަނީ!! “ޒާހިދު ރޭޝަމްގެ އަތުގައި ހިފާ ޒާހިދާ ދިމާލަށް އަނބުރާލިއެވެ .ސިއްސައިގެން ގޮސްފައި ރޭޝަމްއަށް ޒާހިދުގެ ލޮލަށް ބަލާލެވުނެވެ. އެދެލޮލުން އަލިފާން ކަނި ބުރަމުން ދިޔަކަހަލައެވެ. “އާނ.. ނުވޭ ޖެހިލުމެއް.. ތީ އަރާ ކާ އެއްޗެއް ނޫނެއްނު“ ޒާހިދުގެ އަމަލު ހުރިގޮތުން ރައްދު ނުދީ ރޭޝަމްއަކަށް ނުހުރެވުނެވެ. އެއާއެކު ޒާހިދު ރޭޝަމްގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.
“ތީ ކުރީގެ ޒާހިދެއް ނޫނެއްނު.. ކުރީގެ ޒާހިދު އަހަރެންނަށް ވެސް ފެންނާނެނަމަ..“ ރޭޝަމް މަޑުމަޑުން ބުނެލިއެވެ. ޒާހިދަށް ވަގުތުން ރޭޝަމްގެ އަތުން ދޫކޮށްލެވުނެވެ. އަދި ފުން ނަޒަރަކުން އެދެލޮލަށް ބަލާލިއެވެ. އެދެލޮލުގެ ޖާދުވީ މަސްތުގެ ތެރެއަށް ގެނބިގެން ދާކަށް ޒާހިދު ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
“ކީއްވެ އަމިއްލަ ނަފްސަށް އަނިޔާ ތިދެނީ… ލިބޭ އެންމެ ދެރައެއްގެ ސަބަބުން މުޅި ދިރިއުޅުން ދެރައެއްގެ ތެރެއަށް ތިފައްތާލަނީ ކީއްވެ؟ މިހާރުވެސް ބޯކަށިތަކުން ފުރިގެންވާ މަގުތަކުން ހިނގަމުން ދާއިރު، ވެއްޓިއްޖެއްޔާ އެހީގެ އަތެއް ދިއްކޮށްލާނެ އެތައް މީހުނެއް ވެސް ވާނެ..“ ރޭޝަމް ވާހަކަދެއްކީ އޯގާތެރިކަމާ އެކީގައެވެ.
”އެހީއަކަށް މީހުން ދިއްކޮށްލާ އަތްތަކުގައި އެކުލެވިފައިވަނީ ޒަހަރު ނޫން ކަމެއް ކިހިނެއް އިނގެނީ؟“ ޒާހިދު ވާހަކަދެއްކީ ފުރަގަސްދީގެން އިނދެއެވެ.
“މިއަތުގަ ހިފަން ކެރިދާނެތަ؟“ ރޭޝަމް އަތް ދިއްކޮށްލިއެވެ. ޒާހިދު މަޑުމަޑުން ފަހަތަށް އެނބުރުނެވެ. އަދި ރޭޝަމްގެ އަތަށް ބަލާލިއެވެ. ރޭޝަމްގެ މޫނުމަތީގައި ވަނީ އުއްމީދުން ފުރިގެންވާ ހިނިތުންވުމެކެވެ.
”އެހީވާނެހާ ހިތްވަރު އެބަހުރިތަ؟“ ޒާހިދު ސީދާ ރޭޝަމްގެ ލޮލަށް ބަލާލިއެވެ.
“އެއްފަހަރު ނަމަވެސް މިއަތުގަ ހިފާބަލަ.. އޭރުން އެނގިދާނެ ހުރި ހިތްވަރެއް ވެސް“ ރޭޝަމް ވެސް ޒާހިދަށް ބަލާލިއެވެ. އެއް މިޔަކަނުން ހީލަމުން ރޭޝަމް ދިއްކޮށްލި އަތުގައި ޒާހިދު ހިފާލިއެވެ. އެއާއެކު ދެމީހުންގެ ވެސް ހިތަށް ފިނިވެގެން ދިޔައެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
64 Comments!
Comments are closed.



Me first dhw. Adhi nuves kiyan
ya dhw..hihih
thanks aakkyy
Me first tha? Adhi eh part up kohdhy mirey.. Please
sry reader maadhan part 12 up kohdheveyny
once again im really sry
nd ur 2nd
Ahah no probs..
❤️
You be best up kurumuga.
Wooooooooooow
tanks
salhi
whn nxt part
inthizaaruga
2morow mornin
tanks
Vvvvv rythi. Dhen vvv kury. Alhe miah vuren dhigukohdhy plsss
ok next part dhigu kohla dheynan
tanks aakkyy
Alhe haadha reethi eyy mi part vx…
Zaahidhu n reysham gulhuvahcheyy… adhi eh part geneadheebaa mireyyy..
hihihi tanks
Haadha reethi vaahaka ekey.. kiyaa hithun hutta vaahaaka nimenee. Vara kuru. Adhi eh part gensdheebala plx.
sry dear maadhan hedhunu dhn kiyaala
eam heyla iru hyvany vaahak up vefa hen innany
nd thanks my dear eem
Vv reethi
thanks yuma
Varah reethi vaahaka
thanks mary
Maash Allah..
Haadha reerthi vaahaka ekey
tanks
Vara salhi ek màa nodaves kuru thsnkolhe dhigiko genes dhyba
oki next ba thankoleh dhigu kohdheynan.
thanks laal
yuh said dhigu koh genesdheynamey
sry miadh buxy koh uleythy kurukoh genes dhevuni
again im really sry your fan
Awwww❤ v salhi mi story? adhi plx mirey one part up kohdheeba❤❤❤
sry dear maadhan hendhunu up dhn koh dheveyny..
thanks roor
hear is part 11 . enjoy
i know mibaa v kurukan aey alugandu miadh v buxy veema.
namavx maadhamaa ge bai dhigu kohdheyne vaahaka bunelameve
and thanks admin vaahaka avahah up kohdhiny thy.
adhi vx ehfaharu kiyun theringe kibain maafah edhen..
Masha Allah…,vvv furihama
tanks naaz
Vaahaka varah habeys
Keep it up… ❤️?
Vara vara reethi.komeh part ehves kiyan comment nukuriyas.asluves vara reethi kiya hidhun huda nimuny.☺☺☺?
tanks rish
v nicr
thanks hash
Love this part…????
thanks meee
Mee hama 1vanaige story eh..thafaathu story akah vefa shifakurun vv furihama..
Comment nukuriyas hama story up kohlaairah kiyaalan..Hehe
Keep it up???
Waiting for next part
thanks chim..hihihihii
woww … vrh reethi…
bunaane ehcheh vc neynge..speechless hama,…
thanks unaal
This part hama super dhooni gandaa ……..But too short ?
Keep it up…..
next part dhigu vaane
thanks sana
Haadha salhiey vvvvvv salhi
thanks aisha
Masha Allah, v loabi mibaives.. Mee bunaa bahuga haadha ithubaaru ves hunna kuhjekey dhw.. Ehbai myhun story up kohdheynamey kiyaafa eba dhoguves hadhaa.. Mi story liyaa kuhjaa ah hama award dheyhaaves vey.. Story ehaa rythi n ehaa baraabarah eba up kohdhey.. Mee mi site ge enme enme loabi story.. N enme gavaidhun up kohdhey story… Thigothuga hifahahtaa lahchey igey.. Luv u
ohh shann myni shann ge komment kiyaafa blush vefa
hihihihi
thanks shann and love u 2
1 in 11 ah miky mirey.
Varah reethi mivaahaka
ohh new reader eh.
thanks hairaan
I have no words to say about this story..becox it’s amazing.
hihihih thanks aakko
Just woww
thanks merr
varah salhi
thanks shanhaa
Haada reeychey..gavaidhun thigothah genesdhey furathama vaahaka..habeys.keep it up
hihihihihihii thanks mimmi
Maa Shaa ALLAH. Varah higgaimu. Varah reethi
thanks
U’re the best…ehaa avahah up vs kodhey….alheey..vr reethi..keep iy up nd hope you’ll up within 6 hours?
hihi
tanks