ބޭރުން ފެންނައިރު ހީވަނީ ބޮޑު ގަނޑުވަރެއްހެއްނެވެ. ސަންގުމަރުމަރު ހިލައިން ހަދާފައިވާއިރު ވަނީ ތިންބުރިއަށް ނަގާފައެވެ. ގެވަށައިގެން ވަށާފާރު ނަގާފައި ވާއިރު ކަޅުކުލައިގެ ބޮޑު ގޭޓެއްލާފައި ވެއެވެ. ގޭޓުން އެތެރެޔަށް ވަދެގެންދާއިރު ފެންނަން އޮތް ބޮޑު ބަގީޗާގައި އެކިކުލަކުލައިގެ މާމެލާމެލި ހައްދާފައިވެއެވެ. އެއީ މީހަކު ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ތަނެއްކަން ބަލާލުމުންވެސް އިނގެއެވެ. ގޭގެ އެތެރެޔަށްވަދެގެން ދާއިރު ފުރަތަމަވަދެވެންއޮންނަނީ ބޮޑު ހޯލެއްކަހަލަ ސިޓިންރޫމްއަކަށެވެ. މުޅިމާހައުލުންވެސް ފެންނަމުން ދަނީ ޒަމާނީ ކުލަތަކެވެ. ސިޓިންރޫމްގެ މެދާކަތްހިސާބުގައި ބޮޑުތަނބެއް ހުއްޓެވެ. އެތަނބުވަށައިގެން […]
“ވަޓް ދަ ހެލް..މުޅި މޫނުގައޭ ކޭކް ތިއުގުޅީ”ކުރިމަތިން އިވިގެން ދިޔަ ނުދަންނަ އަޑާއިއެކު އެލައިޝާއާއި މެހެކްއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. “ހޮއެ ހޮއެ..2 އަހަރު ލަންޑަނުގަ އުޅުމުން މީނަގެ އަޑު އިތުރަށް ސެކްސީ ވެއްޖެއޭ ދޯ މެހެކް..އިތުރަށް ތިއަޑު ފުރިހަމަ ވާނެކަން އެނގޭނަމަ ޓެކްސްޓު ކުރުމުގެ ބަދަލު އަބަދު އޮތީހީ ގުޅައިގެން އިނގޭ..”އިރުކޮޅަކު ހައިރާންވެފައި ހުރުމަށްފަހު އެޒުވާނާގެ ކައިރިއަށް ދަމުން އެލައިޝާ ބުނެލިއެވެ.އަދި ސެލްފީއެއް ނަގަން ހިނގާށޭ ބުނެ ފޯނުން ފޮޓޯ ނަގަންފެށިއެވެ. “ލައި..ކީއްތި ކުރީ ދެމީހުން” […]
ރޭޝަމްއަށް އެހުރި ފިޔަވަޅު މަތީގައި ހުއްޓި ހުރެވުނެވެ. ޒާހިދުގެ އެއަމަލު ސިފަކުރާކަށް ރޭޝަމްއަކަށް ނޭނގުނެވެ. ރޭޝަމް ޒާހިދާ އެކުވެރިކަން ބޭއްވުމުގެ ހަމަ އެކަނި ބޭނުމަކީ ޒާހިދުގެ ކޮޓަރިތެރެއިން ފެނުނު ފައިލްގެ ހަގީގަތް ހޯދުމެވެ. އެހެނަސް ޒާހިދު ކުއްލިއަކަށް އަތް ފޮޅުވާލި ސަބަބު މާބޮޑަށްވެސް ރޭޝަމް އެނގެން ބޭނުންވިއެވެ. “ކޮބާ ޖަވާބު؟“ ރޭޝަމް ސޯފާ ކައިރީގައި، ޓައިލްސް މަތީގައި އިށީނެވެ. “ސޯފާ ނުފެނުނީތަ ބިންމަތީގަ ތިއިށީނީ؟“ ޒާހިދު އިނީ ޓީވީ ބަލާށެވެ. “މީ އަހަރެންގެ ފެންވަރަކީ… މިފެންވަރުގެ މީހަކާ […]
ސަފީނާގެ އަތުން ބާރު ދޫވެ، ފޮތިގަނޑުން އަތްދޫވިއެވެ. ސަފީނާގެ ކަރަށް މަޅި ބާރުވެގެންދިޔައެވެ. މޫނު މައްޗަށް ލޭއަރައި ނޭވާ ހާސްވިއެވެ. ސަފީނާ މަރަށް ތެޅެންފެށިއެވެ. ނިހާއަށް ހަދާނެ ގޮތެއް ނޭގުނެވެ. ސަފީނާގެ ފައިކޮޅުގައި ބައްދައިގަނެ، އުފުއްލާލަން ނިހާ މަސައްކަތްކުރިއެވެ. ނަމަވެސް ކުޑަކުޑަ ނިހާގެ ގައިގާ ސަފީނާ ހިއްލާލެވޭނެހާ ބާރެއް ނެތެވެ. ސަފީނާގެ ހަރަކާތް ހުއްޓުނެވެ. ސަފީނާގެ ފައިތަޅުވަމުން، ވަރަށް ގިނައިރުވާންދެން ނިހާ ގޮވިއެވެ. ރޮމުން ގިސްލަމުންނެވެ. ނަމަވެސް ސަފީނާ އޭރުވަނީ މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ނިހާ […]
ދެން ފެނުނީ މައުވަން އައިސް މަލާކް އަތުގައި ހިފައި ކޮޅަށް ނެގިތަނެވެ. އަދި އަނގައިން ބުނުމަކާނުލާ އަތުގައި ހިފައި ގަދަކަމުން ކޮޓަރިއަށް ވެއްދިއެވެ. އަދި މައުވަން ގޮސް އޮށޯތީ އެނދުގައެވެ. ހައިރާން ކަމާއެކު މަލާކް ހުރީ ކޮޅަށް ބަލާށެވެ. އިރުކޮޅަކުން ގޮސް ކުރީން މައުވަން އޮތްތަނުގައި އޭނަގޮސް ޖައްސާލިއެވެ. ޖެހިގެން އައި ދުވަހު ދެމީހުން ޑިއުޓީއަށް ދާން ނިކުތީ އެކީގައެވެ. މައުވަން ސައިކަލަށް އެރުމަށް ބުނުމާއެކު މަލާކް ދެބަހެއްނެތި އެރިއެވެ. މަލާކްގެ މި އަމަލުން މައުވަން ހިތްހަމަ […]
އެއް ނަރުސްކުއްޖަކު ގޮސް އަނެއް ބަލިމީހާގެ ފަރުދާގެ އަނެއްފަރާތުގައި ތިބި މީހުން ގާތު އެވާހަކަ އަންގާލުމުން އެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް އާނއެކޭ ބުނެލި އަޑުއިވުނެވެ. އޭގެ އިރުކޮޅެއްފަހުން އެތަނުން ނިކުމެގެން އައީ ދެ ޒުވާނުންނެވެ. ދެ ޒުވާނުންގެ ތެރެއިން އެއްޒުވާނެއްގެ ސޫރަ ފެނިގެން ދިޔުމުން ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ މޫނު ހުދުވެގެން ދިޔައެވެ. އެއީ ޝަރަފް ފަދައިން ބިޔަ ހަށިގަނޑެއްގެ ވެރި، ބާރުގަދަ ގޮތްގަނޑެއް ހުރި ޒުވާނެކެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރިގޮތުން އޭނަގެ […]
ތަކުރާރުކޮށް މިންހާގެ ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުލިބުނެވެ. “އަނެއްކާ މިންހާއަށް ކަމެއް ވީބާ؟“ ރޭޝަމްއަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. މިންހާ ހުރިތޯ ވަށައިގެން ހޯދެން ފެށުނެވެ. ބަނދަރުމައްޗަކީ ހަލަބޮލި ސަރަހައްދަކަށް ވުމުން މީހުން ގިނަވެފައި ބާރު ބޮޑެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތާއިގެން ކުރިއަށް ދާތަން ފެނެއެވެ. ކުއްލިއަކަށް ރޭޝަމްގެ ކޮނޑުމަތީގައި މީހަކު އަތް ބައްވާލިއެވެ. ސިއްސައިގެން ގޮސް ރޭޝަމްއަށް ފަހަތް ބަލާލެވުނެވެ. ރޭޝަމްގެ ކުރިމަތީގައި ހުއްޓިލައިގެން އިނީ މިންހާއެވެ. ލިބުނު ހިތްހަމަޖެހުމާއެކު ރޭޝަމްއަށް ބޭއިޚްތިޔާރުގައި މިންހާގެ […]
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އެމް. އެން. ޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަން، އެފް. އީގެ އޮޑިޓޭރިއަމްގެތެރެ ހަލަބޮލިވެފައިވަނީ އޮރިއެންޓޭޝަނަށް އައިކުދިންގެ އަދަދު ގިނަކަމުންނެވެ. ބައެއްކުދިން ދުވަސްވީ ރައްޓެހިންނާއި ދިމާވުމުން ސަލާންކޮށް ހީލާ ވާހަކަދައްކާލުމަށް ހުއްޓިލައިގެން ތިބިއިރު، އަނެއްބައިކުދިން އުޅެނީ ބައްދަލްވުން ފެށުމުގެ ކުރިން އަވަހަށް ޝީޓެއްހޯދާ ގާތް އެކުވެރިޔާ ނުވަތަ ނުދަންނަމީހަކު ކައިރީގަ ނަމަވެސް އިށީންދެލެވޭތޯއެވެ. އަލޫކްވެސް ހޯލަށް ވަތްގޮތަށް ގޮނޑިބަރިއާދިމާއަށް ދިޔައީ ދަންނަމޫނެއްވެސް ނެތޭހިތާ އިސްޖަހާލައިގެންނެވެ. އޭނާއަށް ޖެނުއަރީ އިންޓޭކް އިން ޖާގަލިބި ކިޔެވުމަށް މާލެ […]
ހުރިހާ ކިޔުންތެރިންގެ ސަމާލްކަމަށް. ކުއްލިގޮތަކަށް އަޅުގަނޑު ރަށުން ބޭރަށް ފުރަން ޖެހުމާއެކު ވާހަކަ ނުލިޔެވުމާއެކު އެއްވެސް ކޮމެންޓަކަށް ރިޕްލައި ނުކުރެވުމަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ. ހުރިހާ މަސައްކަތެެއް އެކޮޅުގައި ވުމާއެކު އަނބުރާ އާދެވޭނެ ދުވަހެއް ނޭންގޭތީ މިވާހަކަ މެދުކަނޑާލަން އަޅުގަނޑު ނިންމައިފީމެވެ. މާލެ އާދެވުނުހާ އަވަހަކަށް އަލުން ވާޙަކަ ގެނަސްދޭނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަމެވެ. އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންގެ އަރިހުން މައާފަށްއެދެމެވެ.