ނޭންގިހިތޭ ގެންދެވީމާ މިތުރާ… (2)
ފަރޫން އެދެމީހުން އިންޓްރޮޑިއުސް ކޮށްދިނުމުން ދެމީހުންވެސް އެކަކު އަނެކަކަށް ބަލާލާ ހިނިތުންވެލިނަމަވެސް ދެމީހުންގެ ހިތުގައިވެސް ވީ ޝަކުވާއެެވެ. ލޫޔާ އެއްވެސް ވަރަކަށް އަލޫކްގެ އެބެލުންތަކަށް މަރުހަބާކިޔަން ބޭނުން ނޫންނަމަވެސް އިންތިހާއަށް ލޯބިވާ ފަރޫންއަށް ޓަކައި އެތާންގައި ހުންނަންޖެހުމުން ނެވެ. އަލޫކްވެސް ފަރޫން ކުރިން ކުއްޖަކާ ރައްޓެހިވެގެން އުޅޭވާހަކަ ނުބުނެއޮތީތީ އެކަމާ ހިތްހަމަނުޖެހުނެވެ. ކޮންމެެހެން ލޫޔާއަށް ވީމައެއްނޫނެވެ. ނަމަވެސް ކުރިމަތީގައި އިނުމުން ބެލެނީވެސް ފަރޫންއަށް ވެސް ފާހަގަނުވާވަރަކަށް ނޫނެވެ. ލޫޔާ ފަރޫން އާއި ރައްޓެހިވެގެން އުޅުނެއްކަމަކު އަލޫކްގެ ހިތަށް އެއްޗެއް ނޭރުނަމަވެސް އެސޫރަދެކެލުމަށް އަލޫކްގެ ލޯ ބޭގަރާރްވާ ސަބަބެއް ހުދު އަލޫކް އަކަށްވެސް ނޭންގުނެވެ.
އައްގަޑި ބައިވުމާއެކު ބިލްޕޭކޮށްލާފައި ފަރޫން ތެދުވީ ލޫޔާ ވެސް ކޮލެޖަށް ލާންޖެހޭތީއާއެކު އަވަހަށް ދިއުމަށެވެ. ކާރޫބާރޫބޮޑު މާލޭގެ މަގުތަކުގައި ދުއްވުމަކީ ކިހާވަރެއްގެ ވޭނެއްކަން ފަރޫންއަށްވަނީ ދަސްވެފައިކަމުން އެކުވެރިޔާ ވަގުތަށް ކޮންމެހެންވެސް ފަރޫން ބޭނުންވެއެވެ. އިންޓަވިއުއަށް ދިޔަމަގުމަތީ ފަރޫން ހުއްޓާނުލާދިޔައީ އަލޫކްއަށް ހިތްވަރުދެމުންނެވެ. އަދި އެވަޒީފާ ލިބޭނޭ ކިޔާ އެތަކެއްވާހަކައެއް ދެއްކިއެވެ. ބަރާބަރު އައްގަޑި ސާޅީސްވީއިރު ފަރޫންގެ ކާރުއޮތީ ޕީ.ޖީ އޮފީހުގެ ދޮރުމަތީގައެވެ. އަލޫކްއަށް ” ބެސްޓް އޮފްލަކް.” އޭބުނެ ފަރޫން ލޫޔާ ކޮލެޖްއަށް ލާންދިޔައީ އަލޫކް އެތެރެއަށްވެސް ވަނީމައެވެ. ހީކުރީގޮތާ ހިލާފަށް އަލޫކްއަށް އިންޓަވިއު މާބޮޑަށްވެސް ފަސޭހަވިއެވެ. އަދި ހަފްތާއެއްގެތެރޭގައި ގުޅާނެކަމަށް ބުނުމުން އަލޫކްގެ ހިތަށްހަމަޖެހުމެއް ލިބުނެވެ.
އެދުވަހަށް ފަހު މަދުން ނަމަވެސް ކޮލެޖްއިން ލޫޔާ ފެންނަކަން އަލޫކްއަށް ފާހަގަވިނަމަވެސް އަޅައެއްނުލައެވެ. އަލޫކްއަށް އިންތިޒާރުކުރެވެމުން ދަނީ އިންޓަވިއުކުރި އޮފީހުގެ ކޯލްއަކަށެވެ.
ބުދަދުވަހު އާދައިގެމަތީން އަލޫކްއާއި ފަރޫން ލައިބްރަރީއަށް އައީ ކޮންމެ ބުދަދުވަހެއްގެ ރޭގައިވެސް އެސެސްމަންޓެއް އޮންނާތީ ގްރޫޕްސްޓަޑީއަށެވެ. އެމީހުން އެތެރެއަށް ވަންއިރު އެތާންގައި ހުރި އަންހެންކުއްޖަކު ފަރޫން އަށް “ހައެ.. ” ޖަހާލުމުން ފަރޫން އެކުއްޖާއަށް އެމީހުނާއެކުގައި އައުމަށް ދައުވަތުދިނެވެ. އަދި އެއީ ޝާޔާ ކަމުގައި ފަރޫން އަލޫކްގާތު ބުނެލަދިނެވެ. ފެންނަފެނުމަށް ދެއްކުންތެރިކަންބޮޑު ކުއްޖެއްކަން ކޮންމެމީހަކަށްވެސް ފާހަގަވާވަރަށް ޝާޔާހުރީ މޭކަޕްކޮށްލާފައެވެ. އަދި ލާފައިވާ ގަޔަށްބާރު ޓޮޕްކޮޅާއި ލެގިންސް ގެ ސަބަބުން އަލޫކްއަށް އިސްޖަހާލެވުނެވެ. ލިފްޓަށް އެރުމާއެކު އެހެންދުވަސްތަކާއި ހިލާފަށް ފަރޫން ފިތާލީ ހަތަރުވަނަ ފަންގިފިލައަށެވެ. އަލޫކް އެކަމާ ސުވާލުކޮށްލުމާއެކު “އެތަނުގައި ކެމެރާއަށް ނުފެނި އުލެވޭނެކަމަށާއި އެއީ ކުދިން އެހާ ދާތަނެއް ނޫންކަމަށް ފަރޫންގައިގައި ތަތްވެފައިން އިން ޝާޔާބުނެލިއެވެ. ލިފްޓަށް އެރިގޮތަށް އެހާގައިގޯޅިކޮށް ޝާޔާއާއެކުގައި ފަރޫން އުޅުމުން އަލޫކްއަށް ވަރަށް އުނދަގުވިނަމަވެސް އެއްޗެކޭނުބުނެއެވެ. ނަމަވެސް އެކަނިވާ ވަގުތަކުން ފަރޫންގެ ފަރާތުން މިފެނުން އާ ކަންތަކާއި އަލޫކް ސުވާލުކުރާނެއެވެ.
ގްރޫޕް ސްޓަޑީއަށް ދިޔަނަމަވެސް ފަރޫން އުޅުނީ ޝާޔާއެކު ގައެވެ. ފެނުނު މަންޒަރުތަކުން އަލޫކް ޝާޔާދެކެ ވީ އަމަށަކު ފޫއްސެއްނޫނެވެ. ރުޅިއައިނަމަވެސް ފަރޫންދެކެވެސް އަލޫކް ހިތްހަމަނުޖެހުނެވެ. ލޫޔާ އެއީ ރައްޓެހިވެގެން އުޅޭކުއްޖާ ކަމަށްބުނެ ތައާރަފް ކޮށްދިންތާ އަދިމިއުޅެނީ ހަފްތާއެއް ނުވެގެންނެވެ. މިހާރު އެއުޅެނީ އެހެން އަންހެނަކާއި ތަތްވެގެންނެވެ. އެހެން ތިބެފައި ޝާޔާ އާއި ފަރޫން ދުރުވެލީ ކުއްލިއަކަށެވެ. ދެމީހުންވެސް ބަލަމުން ދިޔައީ ލިފްޓްގެ ދޮރާ ދިމާއަށް ކަމުން އަލޫކްވެސް އެދިމާއަށް ބަލާލީ ލޫޔާ ފެނިދާނެކަމަށް ނޫނެވެ. ނަމަވެސް ކަރުނައިން ފުރިފައިވާ ދެލޮލުން ފަރޫންއަށް ބަލަން އިން ލޫޔާ ފެނުމުން އަލޫކްގެ ހިތަށްވެސް ގޮތެއްވެގެންދިޔައެވެ. ވަގުތުން ފަރޫން ލޫޔާއާއި ދިމާއަށް ދިޔަނަމަވެސް ލިފްޓްގެ ދޮރު އޭގެ ކުރިން ލެއްޕިއްޖެއެވެ. “ޝިޓް” އޭ ކިޔާ ގޮއްމުށުން ފާރުގައި ޖަހާފައި ފަރޫން ސިޑިން ފައިބައިގެން ދިޔަމަންޒަރު ބަލަން ދެބުމަ ގޮއްޖެހިފައި އިން ޝާޔާފެނުމުން އަލޫކް ގާތަށް އައީ ހިންޏެވެ. ނަމަވެސް ހިނިގަނޑު ހިންދާލާފައި އަނެއްފަރާތަށް އެނބުރުނީ އެދިމާއަށް ޝާޔާ އަންނަން ފެށުމުންނެވެ.
އަލޫކް ކިތަންމެ ފޫހިވިނަމަވެސް އެއްޗެކޭނުބުނެއެވެ. އިސްޖަހާލާއިގެން އިނީ އެފާޑު އަންހެނުންނަށްބެލީމަ ހިތްގޯސްވުން ނޫންކަމެއް ނުވާނެކަން އަލޫކް އަށް އިނގޭތީއެވެ. ” ތީދޯ ލޫކް އަކީ ފަރޫން އެހާ ތައުރީފްކުރާ.. އަސްލުވެސް ވަރަށް ހޮޓް.. ” އައިގޮތަށް އަލޫކްގެ ކުރިމަތީގައި އިށީންދެ ޒާތަކަށް ބަލަމުން ޝާޔާބުނެލިއެވެ. އަލޫކް ދަތްކުޑިވިކާލާފައި އެއްޗެއްބުނަން އަނގަހުޅުވާލިތަނުން ފޯނު ރިންގްވާންފެށިއެވެ. ބަލާލިއިރު ގުޅަނީ ކުރިންދުވަހު އިންޓަވިއުއަށް ގުޅި ނަންބަރުން ކަމުން އަވަހަށް ފޯނުނަގާ ކަންފަތުގައި ޖަހާލުމާއެކު ފޮތްތަށް ހިފައިގެން އެތަނުން ދިޔައީ ޝާޔާގެ ގޮތްކުޑަކަމުން ދެންކިޔާނެ އެއްޗެއްވެސް ނޭންގޭ ހިތަށް އެރުމުންނެވެ. އަލޫކް ދިޔަތަން ބަލަން އިން ޝާޔާ ތުން އަނބުރާލާފައި “ހާދަ ފޮނިވެސްމީހެކޭ ” ކިޔާ އަލޫކްއަށް އެއްޗެހިގޮވާލިއެވެ. އަދިމިވީހާ ތަނަށް ޝާޔާ ފެންނަައިރަށް ހިތްނުކިޔާ ގަޔާނުވާމީހަކާ ދިމާވެފައެއްނުވެއެވެ. ވީއިރު މީއަދި ކާކުހެއްޔެވެ. ނަމަވެސް އޭރު އަލޫކް ސިޑިބަރިން ފައިބައިގެން ހިނގައްޖެއެވެ.
ވަޒީފާ ހަމަޖެހުނުކަމާއި އާދީއްތަ ދުވަހުންފެށިގެން ނިކުންނަން އެނގުމުން އަލޫކް ހުރީ ވަރަށްއުފާވެފައެވެ. އަވަހަށް ބައްޕައަށް ގުޅާ އެހަބަރުދިން އިރު މަންމަވެސް ކައިރީގަ ހުރުމުން މަންމައަށްވެސް އެހަބަރުދިނުމުން އެކަމާ ވަރަށް އުފާވިއެެވެ. ” މަންމާ ކޮބާތޯ އަލްކޮ.. އަދިވެސް ސްކޫލްއިން ނާނަނީތޯ.. ” އަލޫކް އޭނަގެ މަންމަ ނާދިޔާކުރެން އަލްޔާކޮބާތޯ އަހާލީ ކޮއްކޮ ވެސް އެހަބަރުލިބުމުން އުފާނެވަރު ހިތަށް އެރުމުންނެވެ. ” އާން ދަރިފުޅާ އެންމެ ފަހު އަހަރަށްވީމަ ސްކޫލުގަ ވަރަށް ބިޒީކޮށް ކޮއްކޮވެސް އުޅެނީ…” އެތަކެއް ވާހަކަތަކެއް ދެއްކުމަށްފަހު ގެއަށްދާން ނިކުތް އަލޫކް ފަރޫންމަތިން ހަނދާންވީދެނެވެ. ލައިބްރަރީގައި ކަންތަށް ވެގެންދިޔަގޮތުން ފަރޫންއަށް މިވަގުތު ގުޅުން އެހާރަނގަޅު ނުވާނެކަމަށް ހިތަށްއެރުމުން އަލޫކް ޓެކްސީއެއް ހުއްޓުވާފައި އޭގައި އަވަހަށް ގެއަށްދާން މިސްރާބުޖެހީ މެންދުރުވަގުތުވާން ގާތްވެފައި ވާތީއެވެ.
ލޫޔާލިފްޓުން ނިކުތްގޮތަށް ދުވެފައި ނިކުތީ އިތުރުމީހަކަށް އެމޫނުދައްކަން ބޭނުންނުވާތީއެވެ. އަދި އެހެންދިޔަ ޓެކްސީއެއް ހުއްޓުވާ ގެއާދިމާއަށް މިސްރާބިޖެހީ ފަރޫން ނިކުމެ ގޮވާގޮވާ ހުއްޓައެެވެ. ސިޑިން ދުވެފައި ފޭބުމުން ވެފައިވާ ވަރުބައްޔާއެކު ފަރޫން ލޫޔާދިޔަ ޓެކްސީއަށް ބަލަންއިނދެ ފައިންބާރަށް ބިންމަތީގައި އަތުރާފައިވާ ގާތަށްމަތީގައިޖަހާލިއެވެ. އަދި ބޮލަށް އަތްމަހާލާ ފުންނޭވައެއް ދޫކޮށްލިއެވެ. ފަރޫންގެ އެހަރަކާތްތަކަށް ބަލަންހުތި އަރުޝަދު އަށް ވެގެންއުޅޭގޮތް ރޭކާލިއެވެ. އަދި ފަރޫން އައިސް ކޮލެޖްތެރެއަށް ވަނުމުން ” މިއަދުވެސް އެ ޝާޔާހެދި މަޅިއެރީދޯ” އޭ އަރުޝަދު އަހާލިއެވެ.
ލޫޔާ މީގެ ދެއަހަރުކުރިން ޔުނިވަރސިޓީއާއި ގުޅުންއިރުވެސް ފަރޫން އާއި ރައްޓެހިވެގެން އުޅޭތީ ޔޫނިއަންގެ ކުދިންގެ އިތުރުން ޔުނިވަރސިޓީ ގެ ގިނަބަޔަކު ފަރޫންދަނެއެވެ. ހާއްސަ ޖަލްސާތަކަށް ލޫޔާ ފަރޫން ގޮވައިގެން އައުން ވެގެންދިޔައީ ގިނަ އަންހެންކުދިންގެ ހިތަށްއުނދަގޫވީކަމަކަށެވެ.
އަރުޝަަދު އެހެން އަހާލުމާއެކު ފަރޫން ހިތްހަމަނުޖެހިފައި ” މަށަކަށް ނޭންގޭ..” ކިޔާ އަރުޝަދުއަށް ކުދިގޮވަމުން ބެންޗްތަކާއި ދިމާއަށް ދިޔައެވެ. ހުސްކޮށް ހުރިބެންޗެއްގައި އިށީންދެލާފައި ފަރޫން ވިސްނާލިއެވެ.
ފަރޫންގެ އިހްސާސްތަށް ދެކޭނެ އެއްވެސްމީހަކު ހަމަނެތީހެއްޔެވެ. މަންމައާއި ބައްޕައަށްވެސް ފަރޫންއާ ވާހަކަދައްކާލަން ވަގުތެއްވަނީ ގޯސްކޮށް ކަމެއްކުރީމައެވެ. ހަތަރުދަމު ގޭހައި ހުރެގެން ނަސޭހަތްދޭނެއެވެ. އެދުވަހު އެވިޔާފާރީގެ ކަންކަމުގައި މަޅިއެއްނާރަނީބާއޭ ފަރޫންގެ ހިތަށް އަރައެވެ. ދެންހުރީ ލޫޔާއެވެ. އޭނަވެސް ޔުނިވަރސިޓީ އާއި ގުޅުންފަހުން ވަގުތެއްވަނީ މަދުފަހަރަކުއެވެ. އެލިބޭ ވަގުތުތަކުގައި ކިތަންމެހާވެސް ފަރޫންއަށް އަޅާލާހެދިނަމަވެސް ދެން އެހެން ހުރިހާވަގުތެއްގަ ފަރޫން އުޅެނީ ބާކީވެގެންނެވެ. ލޫޔާކަހަލަ މުއްސަނދި އަދި ރީތި ކުއްޖަކު ލިބުނަސް ފަރޫންގެ ހިތްނުފުރެއެވެ. ވީއިރު ސައިޑަކުން އަދި ބިޓެއްގެންގުޅުނަސް އެއީ މައްސަލައެއްކަމަށް އޭނާ ނުދެކެއެވެ. ސައިޑަކުންވެސް އެއްމެ ކުއްޖެއް ގެންގުޅޭތީ ލޫޔާ ޝުކުރުވެރިވާން ޖެހޭނެކަމަށް ފަރޫންދެކެއެވެ. އެންމެފުރަތަމަ ލޫޔާގެ އެދުމުގެ މަތީން ޔުނިވަރސިޓީއަށް އައިދުވަހުވެސް ފަރޫން އާއިހެދި އަންހެންކުދިން އުޅުނުގޮތް ހުދު ލޫޔާއަށްވެސް ފެންނާނެއެވެ. ވީއިރު ދުވާލަކަށް ބިޓެއް ނަގައިގެންވެސް ފަރޫންއަށް އުޅެވިދާނެ ނޫންހެއްޔެވެ.
އެވަގުތު އެހެންދިޔަ ކުއްޖަކު ދެކުއްޖަކު ވާހަކަ ދައްމުން ” ދެންލޫކް.. ” އޭ ބުނުމާއެކު ފަރޫން ހަނދާންވީ އަލޫކްމަތީންނެވެ. މިއަދު ކަންތަށްމިވީގޮތުން ގާތްއެކުވެރިޔާ އާއި މެދުވެސް އޭނަޔަށް ފަރުވާ ކުޑަކޮށްލެހުނީއެވެ. ހައްތަހާވެސް ލޫޔާކަންތަކެވެ. ކޮންމެދުވަހަކު ގުޅާފައި އަންނަމީހާ މާމޮލުވާން ނުގުޅައި އަންނަން ވެއްޖެވިއްޔާއެވެ. ކުދިގޮވަމުން ފަރޫން އަވަހަށް ލައިބްރަރީއަށް ވަދެ ލިފްޓަށް އެރީ އަލޫކް ގޮވައިގެން ގެއަށްދާންވެގެންނެވެ. މެންދުރު ނަމާދަށް ކޮންމެހެންވެސް އަލޫކް ގެއަށްދާން ބޭނުންވާނެކަން ފަރޫންއަށް އިނގެއެވެ. އަލޫކް ހިތްހަ ޖައްސާދިނުމަށް ނުބުނަނީސް އޭނަޔާއެކު ނަމާދަށް ދާން ނިންމައިގެން ދިޔަ ފަރޫން އަށް އެތަނުން އެކުވެރިޔާގެ ހިލަމެއް ނުވުމުން ހާސްވިއެވެ. އަވަހަށް ފޯނުނަގާ ގުޅާލީކޮންތާކުތޯ ހުރީ ބަލާލުމަށެވެ. އޭރު މެންދުރުނަމާދަށްވެސް ގޮވަނީއެވެ.
” އޭ ބަޑީ .. ކޮންތާކު މުޅި ލައިބްރަރީ ގަ މިއެނބުރެނީ ނުފެނިގެން.. ” ” މިއުޅެނީގޭގަ.. ވަގުތާ ހާލަތު ހުރިގޮތުން ގުޅުން ބުއްދިވެރިއެއް ނޫންހެން ހީވީމަ ނުގުޅީ.. މިހާރު މިއުޅެނީ މިސްކިތަށްދާން .. ” ފަރޫންއަށް އިތުރުވާހަކައެއް ދައްކާނެ ފުރުސަތުނުދީ އަލޫކް ބުނަންބޭނުން އެއްޗެއް ބުނެފައި ފޯނުކަނޑާލިއެެެވެ. ފަރޫންއަށް އަލޫކް ހިތްހަމަ ނުޖެހިފައިކަން ޔަގީންވިއެވެ. އަވަހަށް ކާރަށް އަރާ ގޭކައިރީ ހުރިމިސްކިތާ ދިމާއަށް މިސްރާބުޖެހީ ނަމާދުކޮށްގެން އަލޫކްއާއި އެމިސްކިތުން ދިމާވާނެތީއެވެ. މިހާރުދެން އަލޫކް ހިތްހަމަނުޖެހުނީމަ ފަރޫން ވަރަށް ކަންބޮޑުވެއެވެ. އެހާރަނގަޅު އެކުވެރިއެއް ގެއްލޭން ފަރޫން ނޭދެއެވެ. ލޫޔާވެސް އެހެންއަދި ދިޔަސް މިރެއަށް ހަމަޖެހޭނެކަން ފަރޫންއަށް ޔަގީންވެއެވެ. ވީއިރު އެކަމާ ހާސްވާކަށް ނުޖެހޭނެތާއެވެ. ނަމަވެސް އަލޫކްއަކީ އެހެންމީހުނާ ތަފާތު މީހެއްކަން ފަރޫން ދަނެއެވެ.
ޓެކްސީގައި ގެއަށްދިޔަ މަގުމަތީގައިވެސް ލޫޔާގެ ލޮލުން ކަރުނަ ނުހިކެއެވެ. މިހާރު ފަރޫން ކައިރީ އެކަން ހުއްޓާލަން ކިޔާކިޔާ ލޫޔާ ވަރުބަލިވެއްޖެއެވެ. ނަމަވެސް ފަރޫންއަށް އަޑުއިވޭ ކަމަކަށް ނުވެއެވެ. ކޮންމެފަހަރަކުވެސް ވާލޯތްބެއްގެ ބޮޑުކަމުން ލޫޔާ އަށް ހިތަށް އުނދަގޫވުމުން މާފްކުރަނީއެވެ. ގެއަށް އާދެވުމާއެކު ޓިޝޫއަކުން މޫނފުހެލާފައި ކާރުންފައިބާ ޑްރައިވަރަށް ރުފިޔާ ދީފައި ލޫޔާ ގެއަށްވަނީ ހަމަޖެހިލައިގެންނެވެ. ފެންނަމީހަކަށް އޭނަ ދެރަވެފައި ހުރިކަން އަންގަން ދުވަހަކުވެސް ލޫޔާބޭނުމެއް ނުވާނެއެވެ. އަމުދުން އޭނަގެ ލޯބިވާ މަންމައަށެވެ.
ގެއަށް ވަދެގެން އައި ލޫޔާ މޫނު ކުނިކޮށްލެވުނީ ގޭތެރޭގައި ތުއިވެފައި އެނބުރެމުންދިޔަ އިބާ ފެނިފައެވެ. ލޫޔާގެ ދޮންބައްޕަ ޔާސިރުއަކީ ހިތްތިރި ހިތްހެޔޮ ސާދާ މީހެއްނަމަވެސް އޭނާގެ ދަރިފުޅަކީ ފިސާރި އަންހެކެވެ. ލޫޔާ ފެނުމާއެކު ހައިސިސީ..އޭ ކިޔާ ތުއިވައްތަރަކަށް ދުވަމުން އެދިމާއަށް އައި އިބާ ހުއްޓުނީ ލޫޔާ އޭނަގެ މަންމަ ގޮވާލުމުން އެދިމާއަށް ހިގައިގަތީމައެެވެ. “ހުއް.. ކިތަންމެ ރުޅިއަޔަސް ހަމަޖެހޭނީ އަހަންނާއެކު މިފުރާޅިދަށުގައުޅެން.. ” އިބާ ރުޅިއައުމުން ހިތާހިތާކިޔާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.






Assalaam alaikum .. kihinehtha hurihaakiuntherin.. unmeedhukuranee rangalhuvaanekamah..? btw.. v Gina kiuntheringe edhunuge matheen vaahakaige main character mirza ge name innanee alook badhalkohlaafa .. and 1st partvess innanee name change koh update kohlaafa .. ? unmeedhukuran dhen mifaharu enan undhangu nuvaane kamah.. ? and plx do comment below ..? ??? ly all readers
Me frst ?? nice story ❤️
Yes ur first Kitty .. ?? btw thank you dear .. kitty ?
mi part vc vrh lwbi..aloook e nan vrh reethi, thanks change kohlla dhiny thy..?????
Thank you dear unaal ???
Cmnt nukuriyas layaa story’s kiyan ingey ☺️
Nw name change kureema mi story kiyaalan varah faseyha ?❤️
Ehentha .. ? v Happy vejje ?
Varah reethi. Waiting for next part.
Awwn thankyou dear leen ???
Mi part ves vrh salhi… N name ves vrh reethi… Best of luck for up coming parts..??
Awwn ? thank you dear kyaara ??
Thankoleh avahah up kollaba plx
Keykohlaa Dhoonya .. next part maadhamaa insha Allah .. ???
Varah bodah hindi film student of the year he concept copy kohfa huri kamah faahagavey. Vaahaka kiyaa iru hama Varah bodah imagine kurevey ?
Aww aww thihen buneema mihandhaanvee .. hehe faharehga karan johar ge filmehveema ehen heevedhaane .. ?
ekamaku efilmakaa mi story aa nai gulhumeh .. and btw thank you dear karan???
rythi miba vx
Thank you dear starfish ???
Story vrh reethi….. n sis bunymehnu 10 prt liyefa ey upkuran fashaany. … ??? dhn mirey adhi eh prt nehtha genes dheveykah ???????? hama mi vaahaka reethi kamun kiyaa hiyy vaaleh bodukamun ingey…. if u can’t it’s OK sis????????❤❤❤❤?
Yah kokky sis buneemay ehene Bt mihaaru hama! Editing othee. Ehenveema hama! ? name change kurun. Ehenveema v undhaguvaane .. sry juma koky .. insha allah Miadhu haveeru upkohladheynan .. ly ??
varah reethi,and intresting <3 nw alook varah reethi character ya match ves eba vey -_-! cant wait for the next part
Ehentha ?btw thank you annoying readers ???
Thnks dear name change kohlaafa inyma? vrh reethi mi part❤❤ waiting for nxt part☺
My pleasure .. ? and thank you sham ??
Aww vv reethi mi partves..waiting for the next part..❤❤??
Alhey thank you dear shafa ???
Varah reethi❤❤❤
Thank you dear mal ???
❤vaahaka varah reethi….
Thank you dear mallu ???
Varah reethi.. Dhen koniraku next part genesdheynee
Thank you sumakko .. ?.. insha allah miadhu .. ?
?
Avahah parteh up kolla dhyba…. ??Cant wait to read the next part… Vaahaka vrh reethi… ??Neytha mirey up koh dhevekah….??
Thank you so much dear kyaara.. name change kuran jehuneema mihaaru hama eiditing miulhene ehenveema! Dhoonya v undhagu vaane ? this v loabikujjehhnu keitheruvelaaingey .. insha allah tmmrw . ???
Waitin…??
Alhey ??
Nice…. waiting…
Thank you dear zuam ???
Nice part..
Thank you dear rsh ???
varah reethi story dhaagoi… 🙂 alook ah change kollemma vakin salhi…. varah kiyaahithun kiyaalevey… waiting ……
Avaha up kohllacchey 🙂
Assluves v ufaavejje .. nbtw thank you dear shifu ???
Good start,