ނޭނގި ހިތޭ ތި އަތުލީ 19
މަލާކް ގަސްތުކުރީ ޒާދު އާއެކު ގިނަވަގުތު ހޭދަކުރާށެވެ. މައުވަން އެއްޗެއް ބުނޭތޯއެވެ. ކުރީފަހަރުވެސް ޒާދު އާއެކީ އުޅުމުން މައުވަން ވަނީ ރުޅިއައިސްގެން އޭނައާދިމާލަށް އެއްޗެހި ކިޔާފައެވެ.
ޔަޒާން އިނީ ސޯފާގައި އޭނަގެ މަންމައާއި ވާހަކަދައްކާށެވެ. ޔަޒާން ބޭނުންވަނީ އެމީހުން އަމިއްލަ އެޕާޓްމެންޓެއް ހިފައިގެން އެތަނަން ބަދަލުވާށެވެ. ޔަޒާންމެންވެސް މާލޭގައި ގެއެއް ހުރެއެވެ. އެކަމަކު އެގެވަނީ އެއްކޮށް ކުއްޔަށް ދީފައެވެ. އެގްރިމެންޓްގެ މުއްދަތު ހަމަވާން އަދި ތިންއަހަރު އެބަ އޮތެވެ. އެހެންކަމަމުންއޭނަ ބޭނުންވާ ގޮތް ނަސްރީނާއާއި ހިއްސާކުރިއެވެ. ނަސްރީނާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ނަސްރީނާ ބޭނުންވަނީ އެ ތިން އަހަރު ނަސީމާ ކައިރީގައި މަޑުކުރުމަށެވެ. ނަސްރީނާ އެއްބަސް ނުވާނެކަން އެގުމުން ޔަޒާން އެވާހަކަ ހުއްޓާލިއެވެ. އިތުރަށް ދެއްކިއެއް ކަމަކު މަންމަގެ ވިސްނުން ބަދަލު ނުވާނެކަންވެސް އެއްމެ ރަނގަޅަށް އެނގެނީ އޭނައަށް ވިއްޔާއެވެ. ދެން ޔަޒާން ގޮސް މަޑުކޮށްލީ ބޭރުގައި ހުންނަ މޭޒުކައިރީގައެވެ.
މައުވަން މަލާކް ގޮވައިގެން ގެއަށް އައެވެ. މަޒްހަރު އޭނަ ނާންނާތީ ޝަކުވާކުރާތީއެވެ. ދެމީހުންގޮސް ސިޓިން ރޫމް ސޯފާގައި ޖައްސާލިއެވެ. އިރުކޮޅަކުން ތެދުވެ މައުވަން ގޮސް އޭނަގެ ބައްޕަގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. މި ނިކުންނަނީ ކަމަށްބުނެ މަޒްހަރު ޖަވާބުދިނެވެ. ދެން މައުވަން ދިޔައީ އޭނަގެ ކޮޓަރިއަށް ވަދެލާށެވެ. ސިޓިންރޫމްގައި މަލާކް އެކަނިވިއެވެ. އެވަގުތު ދޮރުން ވަދެގެން އައި ޒުވާނާ ފެނިފައި އިޚްތިޔާރަކާއި ނުލާ މަލާކަށް ކޮޅަށް ތެދުވެވުނެވެ. އެ ޒުވާނާއަށް ވެސްވީ އެވަރެވެ. ބަލަހައްޓައިގެން ހުރީ ލޯކުރިމަތިން ފެންނަ މަންޒަރު ޤަބޫލް ކުރަން ދަތިވެފައެވެ. “ހޭއި ޕްރިންސަސް. މިގޭގަ ކީއްތަ ތިކުރަނީ؟ ކޮންތާކު މިއޮއް ހުރިހާދުވަހަކު ތި އުޅުނީ؟” ޔަޒާން އެއްފަހަރާ އެތަށް ސުވާލެއް ކޮށްލިއެވެ. އެވަގުތު ސިޑިން ފައިބަމުން އައި މައުވަން އަށް ޔަޒާންގެ އަޑު ރަނގަޅަށް އިވުނެވެ. “ޝީ އިޒް މައި ވައިފް” މަލާކަށް ވުރެ ކުރިން ޖަވާބު ދިނީ މައުވަންއެވެ. ޔަޒާންގެ މޫނަށް އެރި ކުލަތަށް ތަރުޖަމާ ކުރާކަށް ނޭނގުނެވެ. “ނައިސް ޓް މީޓް ޔޫ ފަހަރި” ފަހަރި އެލަފްޒަށް ބާރުލަމުން ޔަޒާން ބުނެލިއެވެ. “އަހަރެމެން ދެމީހުން މީ އެއްއިރެއްގައި ދެ ބެސްޓްފްރެންޑްސް ދޯ މަލާކް” ޔަޒާން ބުނެލިއެވެ. އަދި ފަހުން ދިމާވާން ވާނެކަމަށް ބުނެ އޭނަ ދިޔައީއެވެ. އެވަގުތު މަޒްހަރުވެސް އެތަނަން އަތުވެއްޖެއެވެ.
ޔަޒާން ބުނިހެން ޔަޒާން އާއި މަލާކް އަކީ ކިޔަވަން އުޅުނު ދުވަސް ވަރު ގާތް ދެ އެކުވެރީންނެވެ. ޔަޒާން މަލާކަށް ޕްރިންސަސް ކިޔަން ފެށުނީ އެއްދުވަހަކު ދެމީހުން ހިނގާލަން ދަނިކޮށް ލޯބި އަންހެން ކުއްޖެއް ފެނުމުން ހާދަ ރީތި ޕްރިންސަސް އެކޭ މަލާކް ބުނެލީމައެވެ. އެދުވަހު ޔަޒާން ހީލާފައި ބުނެލީ ޔަޒާންގެ ޕްރިންސަސް އަކީ މަލާކްކަމުގައެވެ. އެދުވަހުގެ ފަހުން ޔަޒާން އަބަދުވެސް މަލާކް އާއި މުޚާތަބު ކުރަނީ އެނަމުންނެވެ. އެކަކު އަނެކެއްގެ ވާހަކަތަށް ހިއްސާކުރިއެވެ. ހިތާމަ ތަކާއި އުފާތަކުގައި ބައިވެރިވީ ދެމީހުން އެކީގައެވެ. ޔަޒާން މަލާކަށް ލޯބި ހުށައެޅިވެސް މެއެވެ. އެކަމަކު އެ ހުށައެޅުމަށް މަލާކް ނޫނެކޭ ބުނަން ޖެހުނީ އޭނަ މަންމައަށް ވެފައިވާ ވައުދެއްގެ ސަބަބުންނެވެ. އެކަން ޔަޒާންއަށް މަލާކް އޮޅުން ފިލުވައި ދިނެވެ. އެއަށްފަހުވެސް އެ ދެމީހުންގެ ގުޅުމަކަށް ބަދަލެއްނާދެއެވެ. ޔަޒާންގެ ފަރާތުން ހުރިހާ ކަމެއްގައި މަލާކަށް އެއްބާރު ލުން ދެމުން ދިޔައެވެ. އޭނަވީ ލޯބި ހިތުގައި ކަނެއްގައި ފޮރުވައިގެން ހުރެއެވެ. ކިޔަވާ ނިމިގެން ރާއްޖެ އައިފަހުންވެސް މަލާކް ކުޑަދުވަސް ކޮޅެއްގައި ޔަޒާން އާއި ވާހަކަ ދެއްކިއެވެ. އެގުޅުން ނިންމާލަން ޖެހުނީ މަލާކް ގެ ކައިވެނީގެ ޚަބަރު ޔަޒާންއަށް ދިންދުވަހުއެވެ. އެދުވަހު އެނެއްކާވެސް އޭނަ މަލާކްދެކެ ލޯބިވާކަން ހާމަކުރިއެވެ. އަދި އަމީނާ އާއި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް އެދުނެވެ. އޭރުން އެ ކައިވެނި ކެންސަލް ކުރެވޭނެކަމަށް ޔަޒާން ބުންޏެވެ. އޭނައަށް މަލާކް އެހެން މީހަކާ ކައިވެނި ކުރާތަން ދެކެން ކެތްނުވާނެކަމަށް ބުންޏެވެ. އެދެމީހުންގެ ޒަމާންވީ އެކުވެރި ކަމުގެ ހައްޤުގައިވެސް އޭނައާއި ގުޅުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް މަލާކް އެކަމަށް އިންކާރު ކުރިއެވެ. އަދި އޭގެފަހުން އެދެމީހުންގެ ގުޅުން އެއްކޮށް ކެނޑުނީއެވެ. ގުޅުމެއް ބޭއްވުމުގެ ފުރުސަތު މަލާކް ނުދިނީއެވެ. ނަންބަރު ބަދަލުކޮށް ސޯޝަލް ނެޓްވޯކް ތަކުން ބޮލޮކް ކޮށްގެންނެވެ. މަލާކަށް އޭރު ލޯތްބާމެދު މާބޮޑަކަށް ވިސްނާފައެއްނެތެވެ. އޭނަ ދެކުނު ގޮތުގައި ކައިވެނި ކުރުމަށްފަހު އެކަކު އަނެކަކަށް ވަފާތެރި ވުމުން އެ ނިމުނީއެވެ. ލޯބިވުން ކޮންމެހެން މުހިއްމެއް ނޫނެވެ.
އެދުވަހު ގެއަށް އައިސް މަލާކަށް ވިސްނެނީ ޔަޒާން އާއި ދޭތެރޭއެވެ. ޔަޒާން ހާދަ ދެރަވާނެއެވެ. ޔަޒާން އޭނަ މަތިން ހަނދާން ނައްތާލުމަށް ފުރުސަތު ދިނުމުގެ ގޮތުން އޭނަ ޔަޒާން ބްލޮކް ކޮށްލީއެވެ. ނަންބަރުވެސް ބަދަލުކުރީއެވެ. އެކަމަކު ކަންތަން މިވީ ދިމާއިދިކޮޅަށެވެ. އޭނަގެ ފިރިމީހާ މިވީ ޔަޒާންގެ ބޭބެއަށެވެ. އުޅެން ޖެހިފައި މިއޮތީ ކުރިމަތީގައެވެ.
ޔަޒާނަންވެސް ވީ ހަމައެވަރެވެ. އޭނަ މާޔޫސްވީ މިއޮއްހުރިހާދުވަހު ހިތުގައި ވެރިކަން ކުރަމުންދިޔަ ފަރާތަކީ ބޭބެގެ އަނބިމީހާއަށް ވީތީއެވެ. ދެންޖެހޭނީ ލޯބި ހިތުން ފޮހެލާށެވެ. އެކަމަކު އެދެމީހުން ކައިވެނި ކުރަން ޖެހުނު ސަބަބު ބަލަން އޭނަ ބޭނުމެވެ. މަލާކް ބުނިގޮތުން ނަމަ ކައިވެނި ހަމަޖެއްސީ އަމީނާއެވެ. އަނެއްކޮޅުން މައުވަންއަކީ ނުލާހިކު ޒަމާނީ ކުދިންނާ ގަޔަވާކުއްޖެއްކަން ޔަޒާން ދެނެހުއްޓެވެ. އެދެމެދުގައި ގުޅުން ރަނގަޅުބާއޭ ޔަޒާން ކުއްލިއަކަށް ހިތަށްއެރިއެވެ. އަދި މަލާކް ގާތުން އޭނަ ހުރިހާކަމެއް އޮޅުން ފިލުވާނެއެވެ.
ޑިއުޓީ ނިންމާފައި މަލާކް ގެއަށް އައީ ރޭގަނޑު ނުވައެއްވެސް ޖެހިފަހުންނެވެ. އޭރު މައުވަން އާއި އަމީނާ އިނީ ސޯފާގައެވެ. ގެއަށް ވަމުނުމާއެކު ހީކުރިގޮތަށް ކުރިމަތި ލާންޖެހުނީ އަމީނާގެ ނުރުހުމާއެވެ. “މަލާކް ތީ މީހެއްގެ އަތްބެއްކަން ހަނދާން އެބަހުރިތަ؟ ހެނދުނު ދިޔަމީހަ އަދިކިރިޔާ ތި ދައްކާލީ. ތިހެން އުޅޭކަން ނުވާނެއްނު ދަރިފުޅާ. މީހުނާ އިނީމަ ވަޒީފާއަށް ވުރެ ފިރިމީހާ އިސްވާންވާނެ” އަމީނާ ވާހަކަ ދެއްކީ ވިސްނާދިނުމުގެ ގޮތުން މަޑުންނެވެ. “މަންމާ އޭނަ ލަހުން އާދެވޭނެ ވާހަކަ އަހަރެން ގާތު ބުނެފައޭ ދިޔައީ. މިހާރު މަންމަގާތު މިހެން ބުނެވެއްޖެ އެތަށް ފަހަރަކު” މަލާކަށް އެއްޗެއްބުނުމުގެ ފުރުސަތު ނުދީ މައުވަން ބުނެލިއެވެ. ހަޤީޤަތަކީ މައުވަންހެދީ ދޮގުކަމެވެ. މަލާކް މައުވަން ގާތު އެއްވެސް އެއްޗެއްނުބުނެއެވެ. ފޯން ވެސް ނިންވާލީ މީހަކު އޭނައަށް ގުޅަންވެސް ބޭނުން ނުވީމައެވެ. އޭނަ ހުރީ ޔަޒާން ކުއްލިއަކަށް ފެނުމުން އެކަމާ ބޯގޮވާފައެވެ. އަނެއްކޮޅުން މައުވަންގެ ދުރުކަމުންވެސް އޭނައަށް އިތުރަށް އުނދަގޫވުން ނޫންކަމެއް ނުވެއެވެ. “ސޮރީ މަންމާ. ދެނެއް އެހެނެއްނުވާނެ. ވަރަށް ބޮޑަށް ބޮލުގަރިއްސާތީ މުއުޅެނީ. މާ ބިޒީވީމަކަންނޭގެ. ދަނީ މަންމާ މި ނިދާލަން” އެހެން ބުނެލުމަށްފަހު މަލާކް ހިނގައި ގަތީ ކޮޓަރިއާއި ދިމާލަށެވެ. ފަހަތުން މައުވަންވެސް ދިޔައެވެ. މަލާކް ދިޔަގޮތަށް ގޮސް ވެއްޓި ގަތީ އެނދުމަށްޗަށެވެ. ބަންޑުންނެވެ. އެއްޗެހި ބަދަލު ކުރުންވެސް މުހިއްމުކަމަކަށް ނުވިއެވެ.
“ކޮންތާކުން ތިއައީ” މަޑުމައިތިރި ކަމާއެކު މައުވަން އަހާލިއެވެ. އޭރު މައުވަން ގޮސް މަލާކްގެ މަގަތުގައި އިށީންނަނީއެވެ. “ސިކުނޑި ހަމަޖައްސާލަފައި މިއައީ” ކުޑަކޮށް ބޯ ހިއްލާލައި މައުވަންއާއި ހަތަރު ކަޅި ހަމަކޮށްލަމުން މަލާކް ޖަވާބު ދިނެވެ. “ތިބުނީ ގެއަށް އައީމަ ބޯގޮވަނީއޭތަ؟” މައުވަން އަހާލިއެވެ. “ނޫން” މަލާކް އޭނަގެ ރަސްމީ ސްޓައިލްގައި އިއްވާލިއެވެ. “އެއްޗެއް ކައިގެން އޮންނަންވީނު؟” މައުވަން ބުނެލިއެވެ. އެސުވާލަށް ޖަވާބެއް މަލާކެއް ނުދެއެވެ. އޮތްތަނުން ތެދުވެގެން ދިޔައީ ކޮޓަރިން ބޭރަށެވެ. އިރުކޮޅަކުން އައިސް މައުވަން ގާތު ބުނީ ކާންދިއުމަށެވެ. އަދި އޭނަ ގޮސް އެދުގައި ޖައްސާލީއެވެ. “އަހަރެން ބުނީ މަލާކް އެއްޗެއް ކެއުމަށް. މަމިއައީ ގެއިން ކައިގެން” މައުވަން ބުނެލިއެވެ. މިފަހަރުވެސް މަލާކް ހިޔާރުކުރީ ހިމޭންކަމެވެ. “މަލާކް ކެއިއްޔާ ކައިފީމޭ، ނުކަންޏާ ނުކަމޭ ނޫނީ ކާކަށް ބޭނުމެއްނެތޭވެސް ބުނެލިއްޔާ ކީއްތަވަނީ” މައުވަން ހިތްހަމަނުޖެހުނެވެ. މަލާކް ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގެލިއެވެ. މައުވަންހީކުރީ އެއްޗެއް ބުނަން އުޅެނީ ކަމަށެވެ. އެކަމަކު އަނގައިން ބުނުން މުހިއްމެއް ނުވިއެވެ. “އަހަރެން ރުޅި އަރުވާނުލާ މަލާކް ހިތްހަމަ ނުޖެހެނީތަ؟” ދެންވެސް ވާހަކަ ދެއްކީ މައުވަންއެވެ. “އަހަރެން ކީއްތަކުރީ މައުވަން ރުޅިއަރުވަން” މަލާކް ބުނެލިއެވެ. “މައުވަންއަށް ވެސް ފުރަތަމަ ކައިގެން އޮންނަން ވީނޫންހޭ ނުބުނެ ކައިފިންތޯ އެހުނީސް ދޯ” މަލާކް ބުނެލިއެވެ. މައުވަން ދެފަރާތަށް ބޯހޫރާލިއެވެ. އަދި ވާހަކަ ދައްކަން ހުޅުވާލި އަނގަ ލައްޕާލީ މަލާކްގެ ފޯން ރިންގުވާން ފެށީމައެވެ. ގުޅަނީ ޒާދުއެވެ. މަލާކް އެފޯން ނަގާކަން ބޭނުމެއްނޫނެވެ. އެކަމަކު ނަގައި ވާހަކަ ދައްކަމުން އެނދުން ތެދުވިއެވެ. މަޤްސަދަކީ މައުވަން ރުޅިއަރުވާލުމެވެ. މައުވަން ރުޅިއައުމުން މަލާކަށް ނޭނގޭ ހިތްހަމަޖެހުމެއް ލިބެއެވެ.
ފޯނުން ވާހަކަ ދައްކަމުން މަލާކް ފޭބީ ތިރިއަށެވެ. އަމީނާވެސް ފެންނަން ނެތުމާއެކުއެވެ. މައުވަން ތިރި ބަލާލިއިރު ޒާދު ތިރީގައި ހުއްޓެވެ. ޒާދަށް މައުވަން ފެނިދާނެތީ ގިނައިރު އެތާހުންނާކަށް ނުކެރުނެވެ. އެބުރި މައުވަން ވަނީ ކޮޓަރިއަށެވެ. މަލާކް އާއި ޒާދު ދިޔައީ އެތާކައިރީގައި ހުރިތަނަކަށް ޕިއްޒާކާށެވެ. ޒާދުގެ ކޮއްކޮވެސް އެމީހުންނާ ބައިވެރިވިއެވެ.
މަލާކްގެއަށް އައި އިރު މައުވަންއަށް އޮތީ ނިދިފައެވެ. މަލާކް ގޮސް އެއްޗެހި ބަދަލުކޮށްލައިގެން ފާޚާނާއިން ނިކުތް އިރު މައުވަން އިނީ އެނދުގައި އިށީދެގެންނެވެ. “މިއައީ ޒާދު އާއި އެކު ގޮސް ޕިއްޒާކައިގެން” މައުވަން ހުޅުވާލި އަނގަ ލައްޕާލީ ސުވާލު ނުކުރަނީސް މަލާކް ޖަވާބު ދިނީމައެވެ. “އަހަރެން ޒާދު އާއި ވާހަކަ ނުދައްކާށޭ ބުނެފިއްޔާ މަލާކަށް އެކަން ކުރެވޭނެތަ؟” މައުވަން ސުވާލު ކޮށްލިއެވެ. “އަހަރެން ލުބާއާއި ވާހަކަ ނުދައްކާށޭ ބުނެފިއްޔާ މައުވަންއަށް އެކަން ކުރެވޭނެތަ؟” މަލާކްވެސް ކޮށްލީ ސުވާލެކެވެ. މައުވަން ބުނެލީ ކުރީދުވަހުގެ ފަހުން ވާހަކަ ނުދައްކާ ކަމަށެވެ. “ވާހަކަ ނުދައްކާކަން ސާބިތު ކޮށްދީބަލަ. އެހެންނޫނަސް އަހަންނާ ޒާދުއަކީ ދެ އެކުވެރީން” މަލާކް ބުނެލިއެވެ. “އެކުވެރިން ވިއަސް ހެޔޮ. ވާހަކަ ދައްކައިގެން ނުވާނެ. އެހެންނޫނިއްޔާ އަހަންނަން ޖެހޭނީ ވަޒީފާއަށް ދިއުން މަނާކުރަން” ރުޅިއައިސްގެން މައުވަން އިއްވާލިއެވެ. މަލާކްވީ ހައިރާނެވެ. މައުވަން އެހިސާބަށް ހިނގައިދާނެކަމަށް އޭނައަށް ހީކުރެވިފައެއް ނެތެވެ. “އަޑުއިވިއްޖެތަ؟” މައުވަން ބުނެލިއެވެ. “އިވިއްޖެ. ވަޒީފާއަށް ނުގޮސް މައުވަން އާއިނދެގެން އަބަދު ގޭގަ ބަންދުވެގެން އިނަން ވެއްޖިއްޔާ އަހަރެން މޮޔަވެދާނެ. އެއަށްވުރެ އަހަންނަން ރަނގަޅުވާނެ ވަރިވިއަސް” މަލާކްގެ އަޑުގައި މިފަހަރު ހުރީ މަޑުމައިތިރިކަމެވެ. “އެ ޒާދުއަށްވުރެ މަލާކަށް މުހިއްމީ ވަރިވުންތަ. އެހެންވީމަ އެބަ އެނގެއެއްނު ތިދެމެދުގަ އޮތީ މާރަނގަޅަށްވެސް އެކުވެރިކަންކަން” ވަރިވާ ވާހަކަ ދެއްކުމުން މައުވަންގެ ރުޅި އިތުރަށް ގަދަވިއެވެ. “އެހެނެއް ނޫންދޯ މި ބުނީ” މަލާކްބުނެލިއެވެ. “ދެން މަލާކް އުޅެން ޖެހޭނީ މަ ބުނާގޮތަށް. މާބޮޑަށް މިނިވަންކަން ދިނީމަ ތިއުޅެނީ މާ ފުއްޕާފަ. ހީވީދޯ އަހަރެން މަލާކް ލައްވަ ގަދަކަމުން އެއްވެސް ކަމެއް ނުކުރުވާތީވެ އަހަންނަކަންނުކެރެނިއްޔޭ. އެކަމަކު އެއީ އަހަރެން މަލާކަށް ރެސްޕެކްޓް ކުރާތީ. އޭގެ ފައިދާ މަލާކް ތިނަގަނީ ހިތުހުރި ގޮތަކަށް” މައުވަން ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ދެން އޭނަ ދިއައީ ގެއިން ނިކުމެގެންނެވެ.
މަލާކްފެށީރޯށެވެ. މައުވަން އެވަރުއަރުވާލަފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އެހެންނޫނަސް މަލާކްގެ ހިތުގައި މައުވަންއަށް ޓަކައި ވިންދު ޖަހާހެން މަލާކަށް ހީވެއެވެ. މަލާކް ޤަބޫލް ކުރާގޮތުގައި އެއީ ގޯހެކެވެ. އެކަމުގެ ސަބަބުން މަލާކްގެ ހިތް ހަލާކްވުން ނޫންކަމެއްނުވާނެއެވެ. މައުވަން ދުވަހަކުވެސް އޭނަދެކެ ލޯތްބެއް ނުވާނެއެވެ.
ހެނދުނު މަލާކަށް ހޭލެވުނުއިރު މައުވަން ހުރީ އޮފީހަށް ދާންތައްޔާރުވާށެވެ. މަލާކް ތެދުވެގެން ދިޔައީ ފާޚާނާއަށެވެ. އަދި އަވަސްކޮށްލައިގެން ދިޔައީ މައުވަންއަށް ސައިހަދާށެވެ. ސައިބުއީ ތިންމީހުން އެކުގައެވެ. ޑިއުޓީއަށް ދާން ދެމީހުން ތިރިއަށް ފޭބީ އެކުގައެވެ. މަލާކް ސައިކަލަށްއެރުމާއެކު މައުވަން ދުއްވާލިއެވެ. އެހެން ދުވަސްތަކާ ޚިލާފަށް މަލާކްގެ ސައިކާހަމައަށް ގޮސް މަޑުކުރާކަށް މައުވަން ގަސްދެއްނުކުރިއެވެ. މަލާކްވެސް މައުވަންރުޅިއަތު ވެދާނެތީ އިނީ ހިމޭނުންނެވެ.
ބްރޭކްގަޑި ހަމަ ޖެހުމާއެކު މައުވަން އައިސް ވަނީ މަލާކްގެ ރޫމަށެވެ. “ހިނގާ އަހަންނާއެކު ލަންޗަށްދާން” މައުވަން ބުނެލިއެވެ. “މަޑުކޮށްބަލަ” މަލާކް ބުނެލިއެވެ. އެއަޑު އިވުންކަމަކަށް މައުވަން ނުހެދިއެވެ. އޭނަ ނުކުމެގެން ދިޔައީއެވެ. އޮރުކޮޅަކު މަޑުކޮށްލުމަށްފަހު މަލާކްވެސް ދިޔައެވެ.
މަލާކް ކެންޓީނަން ވަދެގެން ދިޔައިރު ނަސީބަކުން އެކުވެރިއަކަށް ނުފެނި ދެވުނެވެ. މަލާކް ގޮސް މައުވަން އިން މޭޒުގައި ޖައްސާލިއެވެ. “ދެމީހުން އެކަނި ތިބީބަ މީހުން ހިތަށް އަރާނީ ކީކޭ” މަލާކް އިނީ އުދަނގޫވެފައެވެ. “ޒާދު އާދެމީހުން އިންނައިރު މީހުން ކިޔާފާނެ އެއްޗަކަށް ބަލަންތަ” މައުވަން ބުނެލިއެވެ. މަލާކް އިސްޖަހާލިއެވެ. ތަނުގެ ގޮތުން ރައްދުދޭން އޭނަ ގަސްތު ނުކުރީއެވެ. އިރުކޮޅަކުން ފެނުނީ ނިއަމް އަންނަތަނެވެ. “އަހަންނަން ފެންނަނީ ކަލޭ ގެނގުޅޭ ސިއްރު އަނބިކަނބަލުން ވަރިކުރަންދެން” އިށީން ނަމުން ނިއަމް ބުނެލިއެވެ. “އޭނަ ވަރިކުރެވޭކަށް ނެތޭ.” މައުވަން ޖަވާބު ދިނީ ސީދާ މަލާކްގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ. “އެޔޯ؟ ގައިމު ބުނި ދުވަސް ކޮޅަކު ގެންގުޅެލާފަ ވަރިކޮށްލާނަމޭ” ނިއަމް ބުނެލިއެވެ. މަލާކް ދެރަވިއެއްކަމަކު އެކަމެއް ނުދައްކައެވެ. “އަދިވެސް ހިތްހަމަ ޖެހޭވަރަށް އެ ކުއްޖާގެ ހިތުގައި ނުޖެއްސެނީ ކަންނޭނގެއެއްނު” މަލާކް އިއްވާލިއެވެ. މައުވަން ފުއްދާލީ ހީލުމަކުންނެވެ.
ޑިއުޓީ ނިންމާލި ގޮތަށް އަވަސް އަރުވާލާފައި މަލާކް އުޅުނީ މައުވަންއަށް ނުފެންނަނީސް ޓެކްސީއެއް ނަގާށެވެ. އެކަމަކު މަލާކަށް ކާމިޔާބެއް ނުވިއެވެ. މައުވަން ސައިކަލުގައި އައިސް ހުރީ ދޮރުމަތީގައެވެ. އިތުރު ގޮތެއް ނެތްކަން އެނގުމުން މަލާކް ސައިކަލަށް އެރިއެވެ.
ގެއަށް ދިޔައިރު ނަސީބަކުން އަމީނާ ފެންނާކަން ނެތެވެ. ދެމީހުން ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. “މައުވަންގެ ސައިކަލު ފަހަތުގަ އޮފީހަށް ގޮސް އައިސް އަދި ނުވިތާކަށް ބްރޭކެއް ލިބޭއިރަށް މައުވަންއާއެކު. އެއްވެސް އިރެއްގަ ވާހަކަ ދައްކާއުޅުނު ދެމީހުނެއްވެސް ނޫން. ކުއްލިއަކަށް މިހެނެން ނޫޅެވޭނެ މީހުން ކީކޭތަ ހީކުރާނީ” މަލާކް ބުނެލިއެވެ. “އުޅެވޭނެ” ގަމީސް ބާލާފައި ކޮނޑުގައި އަޅުވާލަމުން މައުވަން ބުނެލިއެވެ. “ބުނޭ ރައްޓެހިވެގެންނޭ އުޅެނީ” މައުވަން ކަން ކުރަންވީ ގޮތް ބުނެދިނެވެ. “އޭރުންނޯ އެއްމެނަންވެސް އިނގޭ ދެމީހުންވެސް މެރީޑްކަން” އެގޮތް މަލާކަށް ކަމަކު ނުދިއައެވެ. “އެހެންވިއްޔާ ބުނޭ ފިރިމީހާއޭ” ހަމަޖެހިލާފައި މައުވަން ބުނެލިއެވެ. “މައުވަން ބުނޭ އެއްމެން ގާތު އަނބިމީހާއޭ. މައުވަންއެއްނު އަނބި ޤަބޫލްކުރީވެސް.އަހަރެން ފިރިއެއް ޤަބޫލެއް ނުކުރަން” މަލާކް ބުނި އެތިން މައުވަން އައީ ހިންޏެވެ. އަދި އަސްލުވެސް ހޭ އަހާލިއެވެ. މަލަކް ބުނެލީ މަޖަލެއް ނޫންކަމުގައެވެ.
ނިއަމް އެތަށް ދުވަހެއްކޮށްލާފައި މައުވަންގެއަށް ދިޔައެވެ. އޭރު އަކްޔަންއިނީ ބޭރު މޭޒުދޮށުގައި އެކަންޏެވެ. ނިއަމް ދިއައީ އެދިމާލަށެވެ. “ހާދަ ދުވަހެއްކޮށްލާފައޭ ތި ދައްކާލީ” އަކްޔަން ބުނެލިއެވެ. ” އާނދެން މައުވަން ވެސް މެރީކުރީމަ އޭނައަށްވެސް ފެމިލީޓައިމް ދޭން ވާނެތާ އެހެންވެ ނާދެވެނީ. ކޮބާތަ މިހާރު އޭނަ. ގޭގަ އުޅޭތަ.” ނިއަމް އަހާލިއެވެ. “ނޭނގޭތެ ވައިފް އާއެކީ އެހެންތަނެއްގަ އުޅެނީ” އަކްޔަން އޮޅުންފުލިވާ ދިނެވެ. “އެހެންތަ. ތިކަހަލަ ވާހަކަ އެއްނުވެސް ދައްކަ. ހިނގާބަލަ އެގެއަށް ގޮސްލަން. މާސިއްރުން އުޅެންޏާ ސަޕްރައިޒްކޮށްލަން ދިޔައީމަވީނު” ނިއަމް އެދުނެވެ. އަކްޔަން އެއްބަސްވެލިއެވެ. އަދި މައުވަން ގޭގަ އުޅޭތޯ ބަލާފައި ދެމީހުން ނަންޓާލީ އެގެއަށް ދާށެވެ.
ބެލް ޖަހާއަޑަށް ދޮރުހުޅުވަން ދިއައީ އަމީނާއެވެ. މައުވަން އިނީ ސޯފާގައި ޓީވީ ބަލާށެވެ. މަލާކް އުޅުނީ ބަދިގެ ތެރޭގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
63 Comments!
Comments are closed.




Me first
yes
Me first
no.try next time
Vara reethi ekam up vaale vara las
hmm dhw
Wow!! !
Soo nice
Wowww… nice .. konirakun next part…
may be tomorrow
Me first dho
no. kairives nuve. try next time 🙂
Woahh!! Very nice!
Thankolheh avaha dhen inna bai ves upload kohladhecheyyy!!!!
Can’t wait to see Niam’s expression after knowing Malak is Mauvan’s wife ?
heheh
V reethi
thanks
Wow varah rythi… mibai ehen part thakah vure dhigu hen vs hyvey… komme faharaku vs mivarah up kohdheveytho balahchey star… next part koniraku?
may be tomorrow
Aren’t this lart 18 ?
seventeen repeat veema
So happy… v big improvement eh aisfi….. thanx writer
wc thanks
Vvvv rythi… Whn next part….
may be maadhamaa
Wow,,wow,,,wow,,,,,,,its reakky nice,,,kon erakun naxt part,,???????????
thank. maybe maadhamaa
Wow nice ???❤❤
thanks
Woooow❤❤❤❤❤❤❤❤❤
thanks
Wow????
Wow varah reethi ?????
thanks
Story vvv reethi ??
thanks
Wowww. Asluvx varah habeys mi vaahaka ?
I think this is my first comment but i’ve been reading all the parts??
Varah salhi ingey ❤ keep it up.. Waiting.. ❤❤❤
thanks
WoW nice
thanks
???haadha reehchey
thanks
Haadha rude koh reply dhey writer ekey ?
Vaahaka reethi ekam
thanks. rude tha?
i also agree with that
i also agree with that
Yeah varah rude.. ehn writers nudheyne thihen reply eh ?
Thankolheh reehchah vess readers ge cmnts ah reply dheveyne nun
Varah varah reethi… Ehen vaahaka thakaa varah thafaathu… Please next part avaskohlladheythi ingey star
thanks
Koba next part
miadhu up kureveythw mi ulhenee
Lizy
kon irakun next part??????
Next part pls…pls… pls..
next part avas kohdhyba plx
Pls avaskohdheeba star darling
When next part???
next part today
ehen vejjeya varah happy vaane 🙂
Miadhu kihaa iraku??
star koba tha vaahaka. haadha inthizaaru kurevey eba
Kobaa next part up kohdhyba star… pls pls… kiyaa hithun hama..
Haadha lahey next part. Plx avaskohlabala kiyaa hithun hurevanee eh noon star.
Kobaatha next part
Eyna submit kohffi yye ekam adhi publish nukohggen thoacheh e ulhenee
Abadhu eve jahsaa excuse