“ކަލޭ ހީނުކުރާތި މަށަށްވުރެ ކަލެއަށް ކުރި އަރައިގެން ދެވޭނެ ކަމަށް. ހިތުން އަފާފްގެ ހިތް ކާމިޔާބުކުރަންތަ ވަކި ޤާރީއެއްގެ ރާގަކަށް ކިޔެވީ؟ އޭނަ މިއަދު ކަލެއަކީ ކާކުކަން ނޭނގިގެން އެބައުޅޭ. މަ ޔަޤީން ކުރާނަން އޭނަގެ ޢުމުރު ދުވަހަށްވެސް ކަލޭ ނޭނގޭނެކަމަށް ހަދަން.” ވިޔާމް އެހެން ބުނެ އައި ރުޅީގައި ޝަރަފްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއެވެ. ވީ ތަދާއެކީ ޝަރަފަށް އޭނަގެ ދެލޯ މަރާލަމުން އޭނަގެ ކޯތާފަތުގައި ހިފަހައްޓާލެވުނެވެ. އެއަށް އަޅާލުމެއްނެތި ވިޔާމް ޝަރަފްގެ މޭމަތީގައި […]
ދުވަސްތައް އޭގެ ވާޖިބު އަދާ ކުރަމުން ގޮސް މިރެއަކީ އެރެއަށްޓަކައި ވަޒުނާ ފޮނި ހުވަފެންތައް ދެކެމުން އައި ރެއެވެ. މިރެއަކީ ވަޒުނާއާ އައިރަމް އާ ދެކުދިން ކައިވެނި ކުރަން ހަމަ ޖެހިފަ އޮތްރެއެވެ. އެހެން ކަމުން މުޅި އެ އާއިލާގެ މެންބަރުން ހޭބޯނާރާ އުޅެމުން ދިޔައީ ވަޒުނާ ބޭނުން ވާ ފަދައިން ބޮޑު ޕާރޓީއެއް ދިނުމަށެވެ. އެކަމާ ވަޒުނާ ހުރީ އިންތިހާޔަށް އުފާވެފައެވެ. ހަމަ އެކަނި ވަޒުނާގެ ވާހަކަ ނުވަތަ ވަޒުނާގެ އާއިލާގެ ވާހަކަ އެކަނި ދައްކާ […]
ރޭޝަމްވެސް އެތަނަށް ދެވުމާއެކު މެސެޖްކުރި ނަންބަރަށް ގުޅާލިއެވެ. “ހަލޯ.. އަހަރެން މިއިނީ އެތާނގަ.. ކޮބާ ތީނަ؟“ ރޭޝަމް މަޑުމަޑުން އަހާލިއެވެ. އެވަގުތު ރޭޝަމްގެ ފަހަތުގައި މީހަކު ހުރި ހެން ހީވެގެން ފަހަތް ބަލާލިއެވެ. ކުރިމަތީގައި ހުއްޓިގެން އިން މީހާގެ މޫނެއް ރޭޝަމްއަކަށް ނުފެނެއެވެ. އޭނަ ހުރީ އޯރކިޑް މާބޮނޑިއެއް ހިފަހައްޓައިގެންނެވެ. އެމާބޮނޑި މޫނާ ދިމާލަށް ވާގޮތަށް ހިފަހައްޓައިގެން ހުރުމުން އޭނަގެ މޫނުވަނީ އެމާބޮނޑީގެ ފުރަގަހުގައި ފޮރުވިފައެވެ. ވިސްނާލުމެއްނެތި ރޭޝަމް އެމާބޮނޑި އޭނަގެ އަތުން ޖަހައިގަތެވެ. އެއާއެކު ދެމީހުންނަށްވެސް […]
ގެއަށް ދިޔަމަގުމަތީގައި އެއްވެސްމީހަކު ވާހަކައެއްް ނުދައްކައެވެ. އެެެހެންޏާ އަނގަޔަށް ބޮލިރަވައެއް ލައިގެން އުޅޭހެންހިވާ ފަރޫންވެސް އިނީ އަނގައިގައި ޒިބުއަޅުވާފަހެން ހީވިއެވެ. ފަރޫން އައިސް އޭނަގެ ގޭކައިރިއަށް މަޑުކޮށްލުމުން އަލޫކް ފަރޫންއަށް ބަލާލީ ސުވާލުގެ ނަޒަކުންނެވެ. “ހިނގާބަލާށޭ” ކިޔާ ފަރޫން ފެއިބުމާއެކު ފަހަތުން ލޫޔާވެސް ކާރުން ފެއިބިއެވެ. އަލޫކް ކާރުން ފޭބުމާއެކު ފަރޫން ފަހަތުން ހިނގައިގަތް ލޫޔާ ބަލާލިއިރު ހީވަނީ އަލޫކް ވިރުވާލަން އުޅުންހެންނެވެ. ލޫޔާގެ އެތޫނު ނަޒަރުން ސަލާމަތްވުމަށް އިސްޖަހާލައިގެން ހިނގައިގަތް އަލޫކްއިތުރަށް ލޫޔާއާއި ކުރިމަތިލާކަށް ނުކެރުނެވެ. […]
ޖެހިގެން އައި ހަފްތާގެ އަންގާރަ ދުވަހެވެ. ވެލާނާ އިނޓަރނޭޝަނަލް އެއާރޕޯޓްގެ އެރައިވަލް ގޭޓުން ނިކުމެގެން އެ އަންނަ ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓްއަކާއި ނޫކުލައިގެ ޖީންސެއްގައި ހުރި ޒުވާނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. ލޮލުގައި އަޅާލާފައިވާ ރޭބަން އަވިއައިނު އެ ދޮން މޫނާ ނުހަނު ގުޅެއެވެ. އެއްއަތުން ކޮނޑުގައި އޮތް ބެގްޕެކްގައި ހިފަހައްޓާލައިގެން އެނެއްއަތުން ޓްރޯލީ ދުއްވަމުން އަންނަ އެ ޒުވާނާގެ ނަޒަރު ހުއްޓުނީ މީހުންތަކު ތެރޭގައި އޭނަޔަށް ބަލަހައްޓައިގެން […]
ޒެވިޔަންގެ ގެއިން އެލައިޝާމެން ދިޔައީ މާދަމާ އެންމެން އެކީ ބޭރަށް ދާން ޕުލޭންކޮއްފައެވެ. ގެޔަށް ދިޔަގޮތަށް އެލައިޝާ ފުރަތަމަވެސް ބެލީ އިލްހާމް ގޭގައި އުޅޭތޯއެވެ.މާދަމާ ބޭރަށް ދާން އިލްހާމް ގާތުން ހުއްދަ ހޯދުމަށެވެ. އެލައިޝާގެ އުމުރުން ތޭވީސް އަހަރު ވެފައިވީ ނަމަވެސް ބޭރައްދާއިރު އަދިވެސް އޭނާ ބައްޕަ ގާތުން ހުއްދަ ހޯދައެވެ.އިލްހާމްގެ ކޮޓަރީ ދޮރުހުޅުވައިލުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. “ޑޭޑް ކޮންތާކަށް ދާން ތި ޕެކް ކުރަނީ.” “މިއުޅެނީ ވަރަށް ކުއްލި ގޮތަކަށް މުމްބާއީއަށް ދާން ޖެހިގެން.އެކޮޅު […]
މަހުދީ އަވްލީން ކައިރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް އަވްލީން ފިޔަވަޅެއް ފަހަތަށް އަޅަމުންދިޔައެވެ. ވަކި ހިސާބަކުން އަވްލީންއަށް ހުއްޓެން ޖެހުނީ ފަހަތަށްގޮސް ފާރުގައި ޖެހުމުންނެވެ. މަހުދީ ކުރިއަށްޖެހި އަވްލީންގެ ކޯތާފަތުގައި ކަނާއަތުން ހިފަހައްޓާލުމުން އަވްލީންއަށް ލޯ މަރާލެވުނެވެ. މަހުދީގެ މޫނު އަވްލީންގެ މޫނާއި ކައިރިވަމުން ދިޔައިރު ދެ ހިތުގެ ތެޅުންވެސް ދިޔައީ ބާރުވަމުންނެވެ. ފިޔާތޮށި ކުލައިގެ މަޑު ތުންފަތަށް ބަލަންހުރެ ކައިރިވަމުންދިޔަ މަހުދީއަށް ކުއްލިއަކަށް ދުރަށްޖެހިލެވުނީ ފިޔަވަޅުތަކެއްގެ އަޑު އިވިގެންނެވެ. އެވަގުތު އަވްލީންއަށްވެސް ލޯ ހުޅުވާލާފައި އެއްކައިރިއަކަށް […]
ފަތިހުގެ ފިނި ފިނި ވަގުތެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ކޮފީ ޖޯޑެއް ހިފައިގެން ހުރި އާލިޔާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މާލޭގެ ހަލަބޮލި މަގުމައްޗަށް އޭނާގެ ކަޅުކަންގަދަ ދެލޯ ހުއްޓިފައި ވެއެވެ. ނިތްކުރިމަތިން ކޮށާލެވިފައިވާ އިސްތަށިތައް ވަޔާއިއެކު ސަމާސާ ކުރަމުން ދެއެވެ. އޭނާއަށް ޚިޔާލީ ދުނިޔެއިން ބޭރަށް އާދެވުނީ ‘ދޮންތާ’އޭ ކިޔާ ފަހަތުން މީހަކު ގޮވާލުމުންނެވެ. އާލިޔާ އެނބުރި ބަލައިލިއިރު އެއީ އޭނާގެ އެއްބަނޑު ކޮއްކޮ ޒޯޔާއެވެ. ”ނާސިފްބޭ ފުރީތަ؟” އާވި އަރައަރާ ހުރި […]
” ހޭއި.. މާދަން އެއް ގޮތަކަށްވެސް މިކޮޓަރިއަށް ނުވަންނައްޗޭ.. ޓުމޯރޯ އިޒް ފްރައިޑޭ…“ ޒާހިދު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއަޑު އިވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ވަގުތުން ފަސްއެނބުރި ޒާހިދާ ދިމާލަށް ހިތްހަމަނުޖެހިފައިހުރެ ރޭޝަމްއަށް ބަލާލެވުނެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން އަވަހަށް ތެދުވަން ޖެހުމުން ރޭޝަމް ހުރީ މޫޑު ކަޓާފައެވެ. އެހާ ލަހުން ނިދުނީމަ ރަނގަޅަށް ނިދި ހަމަ ނުވަނީއެވެ. ފެންވަރައި، ރީތިވެލައިގެން ބަދިގެއަށް ދެވުނުއިރު އާމިރާ އަވަދިނެތި ބަދިގެތެރޭގައި އުޅެއެވެ. އަތް ގާތްކޮށްލަދިނުމަށްޓަކައި ރޭޝަމް […]