”އެކްސް ކިއުޒް މީ..” ޒޯޔާ ތަންކޮޅެއް ބާރަށް ބުނެލުމުން އެމީހާ ހުއްޓުނެވެ. ޒޯޔާއަށް އެމީހާ ފެނުމާއެކު ހިލައިގެ ބުދެއްހެން ހުއްޓުން އެރިއެވެ. އެހާ ދޮންނޫން އެ ފިރިހެން ކުއްޖާގެ އަޅިކުލައިގެ ޖާދޫވީ ދެލޯ ފެނިފައި ޒޯޔާ ހައިރާންވިއެވެ. އިސްތަށިގަނޑު އެއްވެސް ގޮތަކަށް ސްޓައިލް ކޮށްފައި ނެތުމުން ބޮޑަށް ވައްތަރީ އާދައިގެ ކުއްޖަކާއެވެ. ”ކިހިނެއްވީ؟” އެކުއްޖާ ޒޯޔާއާ ދިމާއަށް އެނބުރި އަހާލިއެވެ. ޒޯޔާއަށް ހޭވެރިކަންވީ އެކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ. ”ތ.. ތޭންކްސް..” ޒޯޔާ ހަމަޖެހިލަމުން ބުނެލިއެވެ. ”ހެހެ.. އެއީ މާ ބޮޑު […]
ނާސިޔާ އާލިޔާއަށް ތޫނު ނަޒަރެއް ދީފައި ނިޝީ ގޮވައިގެން ދިޔައެވެ. އާލިޔާ ބިރުގަތީ ދެނެވެ. ނާސިޔާއަކީ ކޮނަކަހަލަ މީހެއްކަން އަދިކިރިޔާ މިއެނގުނީއެވެ. އެއް އަހަރު ފަހެވެ. މެންދުރު ކައިގެން ތަށިތައް ދޮވެލުމަށް ފަހު ކޮޓަރީގެ ބެލްކަނީގައި އާލިޔާ ހުރީ ޒީހާންގެ އިންތިޒާރުގައެވެ. ޒީހާން އައިސް ކޮޓަރިއަށް ވަނީ އާލިޔާ އެތާ ހުއްޓައެވެ. ޒީހާން އާލިޔާއަށް ގޮވާލުމާއެކު އާލިޔާ އެނބުރި ބަލައިލިއެވެ. ޒީހާން އާ ދިމާއަށް ހިނގައިގަތް އާލިޔާ ކުއްލިއަކަށް އޯކާ ދެމިގެންފައި ދުއްވައިގަތީ ފާޚާނާއަށެވެ. އާލިޔާއަށް ހޮޑުލެވުނީ […]
”އެނީވޭ.. ހުރިހާ ޝުކުރެއް ނިޝީއަށް.. ނިޝީގެ ސަބަބުން ވިއްޔާ މިތިބަ ލޯބިލޯބި ދެކުދިން ގުޅުނީ..” އަހުސަން އެއްލޯ މަރާލަމުން ބުނެލިއެވެ. އަހުސަންގެ ވާހަކައިން ހިނިނާންނަ އެކަކުވެސް އެތާކުނެތެވެ. އާލިޔާމެން އެގެއިން އައީ ރޭގަނޑު ކައިގެނެވެ. އޭރު ހުރީ 9 ޖަހާފައެވެ. ވެފައި ހުރި ވަރުބައްޔާއެކު އާލިޔާ ހުރީ ނިދިވެސް އައިސްފައެވެ. އެހެން ކަމުން ފެންވަރާތާޒާ ވެލައިގެން އެނދުގައި އައިސް ޖައްސާލީ ނިދާށެވެ. ނަމަވެސް އިރުކޮޅަކުން ޒީހާންގެ މެސެޖްތައް ފުލުފުލުން އަންނަން ފެށުމުން އާލިޔާގެ ނިދި ދިޔައީ ކޮންތާކަށް […]
”ދެން.. ކޮން ކޮޓަރިއަކު ޒޯޔާ ހުންނާނީ.. ދެން ނެތެއްނު ރޫމެއްވެސް..” އާލިޔާ އެހެން ބުނިއިރު އޭނާގެ ހިތް އާދަޔާޚިލާފަށް ބާރަށް ތެޅެއެވެ. ހީވަނީ ޒަހީނާގެ ޖަވާބު އޭނާއަށް އެނގޭހެންނެވެ. ”ރޫމެއް ނެތިއްޔާ ދެން އަލްގެ ކޮޓަރީގައެއްނު ހުންނާނީ..” ޒަހީނާ ވަރަށް ހަމަޖެހިލާފައި އިނދެ ބުނެލިއެވެ. އާލިޔާ އިތުރު އެއްޗެކޭ ނުބުނީ އެހެން ގޮތެއް ނެތީމައެވެ. އިތުރު މީހަކާ ކޮޓަރި ޝެއާ ކުރުމަކީ އޭނައަށް ވާނެ ކަމެއް ނޫނެވެ. އާލިޔާ ސޯފާއިން ތެދުވެ ޒޯޔާއަށް ބަލާލުމަށްފަހު ފުން ނޭވާއެއް […]
އަފްޒަލްގެ އަތް ފޮޅުވާލާފައި އާލިޔާ ދުވެފައިގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު ޒޯޔާ އޭނާގެ ކޮޓަރީގެ ދޮރުގައި ލެނގިލައިގެން ހުއްޓެވެ. އަފްޒަލް އާއި އާލިޔާގެ ދެމެދުގައި ދެކެވުނު ވާހަކަތައް ޒޯޔާއަށް އަޑުއިވުނެވެ. ޒޯޔާ އަފްޒަލް ގާތަށް ދިއުމަށް ހިނގައިގެން ވަގުތު އަފްޒަލް ގޮސް އެގެއިން ނިކުތެވެ. އާލިޔާގެ ކޮޓަރިއާ ދިމާ ބަލާލުމަށްފަހު ޒޯޔާގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ރޮއިރޮއިގޮސް އާލިޔާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އޭނާ އަފްޒަލްއާ ބައްދަލުކުރީވެސް އަފްޒަލް އެފަދަ ވާހަކައެއް ދައްކަފާނެކަމަކަށްނޫނެވެ. އާލިޔާ އެނދުން […]
ފަތިހުގެ ފިނި ފިނި ވަގުތެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ކޮފީ ޖޯޑެއް ހިފައިގެން ހުރި އާލިޔާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މާލޭގެ ހަލަބޮލި މަގުމައްޗަށް އޭނާގެ ކަޅުކަންގަދަ ދެލޯ ހުއްޓިފައި ވެއެވެ. ނިތްކުރިމަތިން ކޮށާލެވިފައިވާ އިސްތަށިތައް ވަޔާއިއެކު ސަމާސާ ކުރަމުން ދެއެވެ. އޭނާއަށް ޚިޔާލީ ދުނިޔެއިން ބޭރަށް އާދެވުނީ ‘ދޮންތާ’އޭ ކިޔާ ފަހަތުން މީހަކު ގޮވާލުމުންނެވެ. އާލިޔާ އެނބުރި ބަލައިލިއިރު އެއީ އޭނާގެ އެއްބަނޑު ކޮއްކޮ ޒޯޔާއެވެ. ”ނާސިފްބޭ ފުރީތަ؟” އާވި އަރައަރާ ހުރި […]
އައްސަލާމް ޢަލައިކުމް. މީ އަޅުގަނޑު މި ސައިޓަށް އަޕްކުރާ އެންމެ ފުރަތަމަ ވާހަކައެވެ. އެހެންކަމުން މި ވާހަކަ ކިޔުމަށްފަހު ކިޔުންތެރިން މި ވާހަކަ އާ މެދު ދެކޭ ގޮތާއި ރަނގަޅު ކަންތައްތަކާއި ރަނގަޅު ކުރަންވީ ކަންތައް ބުނެދިނުމަކީ ލިބޭނެ އިތުރު ކުރިއެރުމެކެވެ. އަދި ކިޔުންތެރިންގެ ޚިޔާލު ހުށަހެޅުއްވުމަކީ މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ ހިތްވަރެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މާދަމާއިން ފެށިގެން އަޅުގަނޑު މި ވާހަކަ އަޕް ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. އިންތިޒާރު ކޮށްލައްވާ…