އިތުރު ވަގުތު ބޭކާރުނުކޮށް އެކޮޓަރިން މިންހާ ނެރުމަށްފަހު ގޭގެ ބޮޑު ދޮރާ ދިމާލަށް އެމީހުން ހިނގައިގަތެވެ. ރޮވިފައިވާ ހާލު ނިދާފައި އޮތް ނަރީމާއަށް މިންހާ ބަލާލިއެވެ. އެހީއަށް އެދި ގޮވަން ބޭނުންވިޔަސް އެފުރުސަތެއްވެސް މިންހާއަކަށް ނެތްކަހަލައެވެ. “ އަވަހަށް ކާރަށް އަރުވާ…10 މިނިޓްތެރޭ ބަނދަރުމައްޗަށް ދާންޖެހޭނެ.. ބޭނުންހާ އިރެއް ވަންދެން ލޯންޗެއް ނޯންނާނެ… ކަމޯން ލެޓްސް ގޯ…“ އެތަނުން އެކަކު ގޮވާލި އަޑުއިވުނެވެ. އެވަގުތު އެތަނުން އެކެއްގެ ފައިން ޖެހިފައި ގޭތެރޭގައި ބަހައްޓާފައި ހުރި ބިއްލޫރި ފުޅިތަކެއް ވެއްޓުނެވެ. […]
“ އަހަރެންވެސް ވަރަށް ހިތްހަމަޖެހޭ އަދި ވަރަށް އުފާވޭ ރޭޝަމް އަހަރެނަށް ލިބުނީމަ… އަދި އޭރު އަހަރެން އުޅުނު ގޮތް ދޫކޮށްލެވޭތީވެސް ވަރަށް ހިތްހަމަޖެހޭ.. އެކަމަކު..“ ޒާހިދު ވާހަކަ ހުއްޓާލިއެވެ. ” އެކަމަކު ކިހިނެއްވީ؟“ރޭޝަމް ހާސްވެފައި އަހާލިއެވެ. “ މައްސަލައަކީ އަހަރެންގެ ފެމިލީ…. އާމިރާއްތަ ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ… އާމިރާއްތަ ހުރީ ކޮންތާކު ކަމެއްވެސް،ކޮންފަދަ ހާލެއްގަ ކަމެއްވެސް އަހަރެންނަކަށް ނޭނގެ… ރޭޝަމްއަކަށް ނޭނގޭނެ އަހަރެން އެކަމާ ދެރަވާ ވަރެއް…“ ޒާހިދު އިސްދަށަށް ޖަހާލިއެވެ. ” […]
ބެލް ޖަހާއަޑަށް ދޮރުހުޅުވަން ދިއައީ އަމީނާއެވެ. މައުވަން އިނީ ސޯފާގައި ޓީވީ ބަލާށެވެ. މަލާކް އުޅުނީ ބަދިގެ ތެރޭގައެވެ. ދޮރުހުޅުވާލާފައި އަކްޔަން ފެނުމާއެކު އަމީނާ އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. އެއާއެކު އެމީހުން އެތެރެއަށްވަނެވެ. މައުވަން ދޮރާދިމާލަށް ކަޅި ހިންގާލިއިރު އެތެރެއަށް ވަދެގެން އައި ދެޒުވާނުން ފެނިފައި ކޮޅަށް ތެދުވެވުނެވެ. މީ މައުވަން އެއްގޮތަކަށްވެސް ވެދާނެކަމަށް އުއްމީދު ކުރި ކަމެއްނޫނެވެ. މައުވަން ހާސްވިއެވެ. އަދި އެއަށްވުރެ އަވަހަށް ފަހަތްބަލާލީ މަލާކް ފެންނަ ހިސާބެއްގައި ހުރި ތޯއެވެ. މަލާކް […]
“ އަހަރެން ކިހިނެއް ރޭޝަމްއަށް އޮޅުވާލައިގެން މިންހާގެ މައުލޫމާތު ހޯދާނީ… ރޭޝަމް ބޭނުމެއްނުވާނެ މިންހާއަށް ދެރަގޮތެއް ވާކަށް …އެކަމަކު އެގޮ ތަށް އެކަންތައް ނުވެއްޖެއްޔާ ރޭޝަމްގެ ދިރިއުޅުން ވެއްޔާ މޮޑެވިގެންދާނެ…… އޭރުން އަހަރެންގެ ދިރިއުޅުންވެސް ނިމިގެންދާނެ….“ ޒާހިދުގެ ހިތަށް އަރަމުންދިޔަ އެއްޗެހިން ބޮލުގަ ރިއްސަންފެށިއެވެ. ދެލޮލުން ކަރުނަ ފާއްދާލުމާއެކު އަވަސް އަވަހަށް ޒާހިދު ދެލޯ ފޮހެލިއެވެ. މިއަދު އެއައި މީހަކީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން ރޭޝަމްގެ ހިތުގައި އުފެދެމުން ދިޔައެވެ. ކޮންމެފަދަ ހާލެއްގައި ވިޔަސް ރޭޝަމް ބޭނުންވަނީ […]
އަފްޒަލްގެ އަތް ފޮޅުވާލާފައި އާލިޔާ ދުވެފައިގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު ޒޯޔާ އޭނާގެ ކޮޓަރީގެ ދޮރުގައި ލެނގިލައިގެން ހުއްޓެވެ. އަފްޒަލް އާއި އާލިޔާގެ ދެމެދުގައި ދެކެވުނު ވާހަކަތައް ޒޯޔާއަށް އަޑުއިވުނެވެ. ޒޯޔާ އަފްޒަލް ގާތަށް ދިއުމަށް ހިނގައިގެން ވަގުތު އަފްޒަލް ގޮސް އެގެއިން ނިކުތެވެ. އާލިޔާގެ ކޮޓަރިއާ ދިމާ ބަލާލުމަށްފަހު ޒޯޔާގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ރޮއިރޮއިގޮސް އާލިޔާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އޭނާ އަފްޒަލްއާ ބައްދަލުކުރީވެސް އަފްޒަލް އެފަދަ ވާހަކައެއް ދައްކަފާނެކަމަކަށްނޫނެވެ. އާލިޔާ އެނދުން […]
ޒާހިދުގެ ދެލޮލުން ފާޅުވަމުންދިޔަ ހިތްދަތިކަމާ އާދޭސް ރޭޝަމްއަށް ބަލާކަށް ފަސޭހައެއް ނުވިއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ރޭޝަމް އެނދުން ތެދުވިއެވެ. ” އަހަރެން ބޭނުންވާ ކަހަލަ މީހެއް ނޫން ތީ …އަހަރެންނަށް މައާފްކުރޭ…“ ރޭޝަމް ވާހަކަދެއްކީ ޒާހިދަށް ފުރަގަސްދީގެން ހުރެއެވެ. ” ޕްލީޒް… ތިހެން ނުބުނޭ… ރޭޝަމްވެސް އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް ޔަގީން… ރޭޝަމްގެ ދެލޮލުން ފެނޭ އަހަރެންނަށްޓަކައި ތިހިތުގަވާ ލޯބި…“ ޒާހިދު އެނދުން ތެދުވެ ރޭޝަމްގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު ރޭޝަމްގެ ދެލޮލުން ކަރުނަ އޮހެރެމުންދިޔައެވެ. […]
ދަންވަރުގެ ވަގުތެވެ. ގަޑިން 02 ޖެހީއެވެ. ނިކާލް އޮތީ އުއްޑުން އޮށޯވެލައިގެންނެވެ. ނިތްކުރިމަތީގައި އަތްބާއްވާލައިގެން އޮތުމުން ބޮޑު ފިކުރެއްކުރަނީހެން ހީވެއެވެ. ރޭގަނޑުގެ ނިދި ނަގައިލާފައި އޭނާ ވިސްނަމުން އެދަނީ ކޮންކަމަކާ ހެއްޔެވެ؟ އެއްވެސް ހިޔާލެއް ފިކުރެއްނެތި ދިރިއުޅެމުން އައި ނިކާލްއަށް ޔަޤީނުންވެސް ބޮޑުކަމެއް ވެއްޖެއެވެ. ވީކަމެއް ވީ އޭނާގެ ނުކިޔަމަންތެރި ހިތަށެވެ. ނިކާލް އެތަށް ފަހަރަކު އެހިތަށް އަމުރުކޮށްފިއެވެ. ހަމަޖެހިލައިގެން ނިދިޔަދޭށެވެ. ނަމަވެސް ފައިރޫޒްގެ ސައިކަލު ފަހަތަށް ނިހާ އެރި ހިސާބުން ފެށިގެން އެހިތުގެ ހަމަޖެހުން ވަނީ […]
ފަރޫން އާއިއެކު ގެއަށް އައި ލޫޔާގެ ހިމޭންކަމުން ނަގަންވީ މާނައެއް ނޭންގުނު ނަމަވެސް އާައިގެ މަތީން ފަރޫން ލޫޔާގެ ނިތަށް ބޮސްދިނުމަށްފަހު ރޭގަނޑުހެ ސަލާމްކޮށްލިއެވެ. އެވަގުތު ލޫޔާވެސް ރޭގަނޑުގެ ސަލާމްކޮށްލާފައި އަވަހަށް ގެއަށްވަނީ އިތުރަށް ފަރޫން ކުރިމަތީގައި ހުންނަން އުނދަގޫވުމުންނެވެ. “ކިހިނެއްތަ އަހަންނަށްމިވަނީ.. ކީއްވެތަ.. އަހަރެން ފަރޫންދެކެ މިވަނީ ހަގީގީ ލޯތްބެއް ނޫންތަ.. ދެންކީއްވެބާ ލޫކް ފެންނައިރަށް އަހަރެންގެ ހިތުގެ ވިންދުމި އަވަސްވަނީ.. އަހަރެންބޭނުމެއްނޫން ފަރޫން އަށް ދެރައެއްދޭން.. އަބަދުވެސް އެކީގަ އުފަލުގަ އުޅެން ބޭނުމީ.. ދެންކީއްވެތަ […]
އެގޮތަށް 20 ފަހަރު ފޯނު ރިންގުވީތަނާ ރޭޝަމްއަށް ސިހިފައި ފޯނަށް ބަލާލެވުނެވެ. ނުދަންނަ ނަމްބަރަކަސް އެކާ ގިނައިން ގުޅާފަ އިނުމުން ދެވިސްނުމެއްގައި އޮވެ ރޭޝަމް އެކޯލަށް ޖަވާބުދިނެވެ. ” ޖަނާހުއޭ މީ….ހާދަ ވަރަކަށް ގުޅިއްޖެއޭ …“އެކޮޅުން ވާހަކަދެއްކީ ޖަނާހުކަން އެނގުމާއެކު ރޭޝަމްއަށް ގިސްލެވެންފެށުނެވެ. “ ރޮނީތަ؟ ކިހިނެއްވީ؟ ޕްލީޒް ބުނެބަ ރޭޝަމް ޕްލީޒް..“ ހާސްވެފައިހުރެ ޖަނާހު ސުވާލުކުރިއެވެ. އެއާއެކު ރޭޝަމްގެ ރުއިން ވީ އިތުރެވެ. ” އަޅެ އާދޭސްކޮށްފަ މިއަހަނީ ޕްލީޒް ވީ ގޮތެއް ބުނެބަލަ…“ ރޭޝަމް […]