”ހަލޯ… ބޭނުން ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން“ ރޭޝަމް މިންހާއަށް ގުޅާލިއެވެ. “އާދޭ ހޮސްޕިޓަލަށް..“ މިންހާ ފޯނު ކަނޑާލުމާއެކު ރޭޝަމް ގެއިން ނިކުތީ ހޮސްޕިޓަލަށް ދާށެވެ. ރޭގަނޑުގެ ވަގުތުކަމުން މަގުމަތި ވަރަށް ބާރުބޮޑުވެފަ ޕާޓޭންވެސް ގިނައެވެ. ބާރު ހިނގުމެއްގައި ގޮސް ރޭޝަމް ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ. މިންހާ ހުރި ވޯޑާ ހަމައަށް ދެވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. އެވޯޑުގެ ބޭރުގައި، ފާރުގައި ލެނގިލައިގެން ހުރެ ރޮމުން އެދަނީ މިންހާ ނޫން ދެވަނަ މީހެއް ނޫނެވެ. ބޭއިޚްތިޔާރުގައި […]
މަޒްހަރު ހިތްހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މަލާކާއި ދޭތެރޭ ނުބައި ޝައްކެއް ކުރެވުމުން ދެރަވިއެވެ. “ދޮންބޭ. ޕްލީޒް އަހަރެން ނިއަމް ދެކެ ވަރަށް ލޯބިވޭ. އޭނައާނުލާ ކިހިނެއް އަހަރެން ދިރިއުޅޭނީ. އެތައް އަހަރެއްގަ އޭނަފަހަތުން އާދޭސް ކޮށްގެން އެލޯބި ލިބޭއިރަށް ދޮންބެ ތި އެއުފާކޮޅުވެސް އަތުލީ. ޕްލީޒް ދޮންބޭ . އައި ބެގް ޔޫ” މައުވަންއަށް ގުޅައިގެން ހުރެ ރޮމުން މަލާކް ވާހަކަ ދެއްކިއެވެ. “ކޮންގްރޭޖްލޭޝަން މައި ޕްރިންސަސް. ދޮންބެ އަބަދުވެސް އެދެނީ ލައި […]
ހޮސްޕިޓަލު ތެރޭ ވިނާންމެން އިންތިޒާރު ކުރަމުން ދިޔައީ ވާފިރު ހޭލާނެ ވަގުތަކަށެވެ. އެހެން ކަމުން އައިސޫޔޫގެ ދޮރުމަތީ މޮގޯލި އަޅަނީކީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އިރު ކޮޅަކުން ހޭލާނެޔޭ ބުނިފަހުން ވެސް މިހާރު ގަޑިއެއްހާ އިރު ވެއްޖެ ވިއްޔާއެވެ. އެހެންވީމަ ވާނީ ވެސް އެހެންތާއެވެ. “ދަރިފުޅުމެން ދާންވީ ނޫން އެއްޗެއް ކާލައިގެން އަންނަން…؟ މާލެ އައި ގޮތަށް އެއްވެސް އެއްޗެއް ވެސް ނުކައެއް ނޫން ތިތިބީ..؟” ވިނާން ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ […]
ކިޔަން ގެންގުޅުނު ވާހަކަ ފޮތް ކުރިމަތީ ހުރި މޭޒު މަތީގައި ބާއްވައިލުމައްފަހު އަޅައިގެންހުރި ނަންބަރު އައިނު އެލައިޝާ ނެގިއެވެ. އޭރު އެރީތި ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދެއެވެ. މިއީ އެލައިޝާ އެވާހަަކަ ކީ ފުރަތަމަ ފަހަރުނޫންކަމުގައިވިޔަސް މިފަހަރުވެސް އެވާހަކަ ކިޔުމުން އެހިތައް ފުން އަސަރެއް ކުރުވިއެވެ. އޮފީހުގެ މަސައްކަތްތައް ނިންމާލުމައްފަހު ގެޔައްވަތް އިލްހާމްގެ ލޮލުގައި ފުުރަތަމަވެސް އަޅައިގަތީ ސޯފާގައި އިށިންދެލައިގެން ރޮމުންގެންދިޔަ އޭނާގެ ދަރިފުޅެވެ.”ލައި.. ޑޭޑްގެ ޕްރިންސެސް ކީއްވެ ތިރޮނީ.” ދުވެފައި ކަހަލަ ގޮތަކަށްގޮސް އެލައިޝާ ކައިރީގައި […]
ރޭޝަމް ދާން އުޅޭ ތަން ޒާހިދަށް އެނގޭކަށް ރޭޝަމް އެއްވެސް ހާލެއްގަ ބޭނުމެއްނުވެއެވެ. އެގޮތަށް ވެއްޖެއްޔާ އެއީ ރޭޝަމްއަށް އަދި މިންހާއަށްވެސް ބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވާތީއެވެ. 5 މިނިޓް ފާއިތުވެގެން ހިނގައްޖެއެވެ. އިރުއިރުކޮޅާ ރޭޝަމްއަށް ފޯނުގެ ގަޑިއަށް ބެލެމުންދިޔައެވެ. ޒާހިދު އަދިވެސް އިނީ ފިހާރައިގެ ބޭރުގައެވެ. ރޭޝަމްގެ އަތް ފައި ފިނިވަމުންދިޔައެވެ. ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. ސިހިފައި ރޭޝަމް ފޯނަށް ބަލާލިއެވެ. ފޯނަށް ގުޅަމުންދިޔައީ މިންހާއެވެ. އަވަސް ނަޒަރަކުން ރޭޝަމް ބޭރަށް ބަލާލިއެވެ. […]
އަނގަމަތީގައި އަތް އަޅާލެވުމާއެކު ރޭޝަމްގެ ބޮލުގައި ވެސް ރިއްސައިގަތެވެ. ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަންވެސް ދަތިވިކަހަލައެވެ. ފުން ނަޒަރަކުން ރޭޝަމްއަށް އަލަމާރި ތެރެއަށް ބަލާލެވުނެވެ. ތެޅިތެޅިއޮތް ހިތަކާއެކު ހިތްވަރުކޮށްފައި ރޭޝަމް ތެދުވެ އެދިމާލަށް ހިނގައިގަތެވެ. ރޭޝަމްގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ކަންތައް ވީ ރޭޝަމް ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. ރޭޝަމް ހީކުރީ އެއަލަމާރީގައި ވާނީ ކޮންމެވެސް މުހިއްމު ލިޔުންތަކަކާ ފައިސާތައް ކަމަށެވެ. އެހެނަސް އޭގެތެރޭގައި އެއިން އެކައްޗެއްވެސް ނެތެވެ. އޭގެތެރޭގައި އޮތީ ގައިގެ އެތަން މިތަނުން ލޭކޮށާލެވިފައިވާ […]
މީގެ އިތުރުން ސިކުނޑިއަށް ވެރިވަމުން ދިޔަ އޭނައަށް ކޮންޓްރޯލް ނުކުރެވޭ ޚިޔާލުތަކެއްގެ ސަބަބުން އޭނަ ހާސްވެ، ބޮލުގައި ގަދައަށް ރިއްސަން ފެށިއެވެ. އެހުރިހާ ކަމަކަށް ކެތްނުވެގެން އެންމެފަހުން ޝަރަފަށް ހަޅޭއްލަވައިގަނެވުނެވެ. ޝަރަފްގެ އެ ހަޅޭކުގެ އަޑު ބޭރުގައި ތިބި އެންމެންނަށް އިވިފައި އެންމެންގެ ނަޒަރުތައް އެކޮޓަރިއާއި ދިމާލަށް ދަތުރު ކުރިއެވެ. އިސާހިތަކު އެންމެންނަށް އެކުއެކީގައިހެން ކޮޓަރީގެ ދޮރާއި ހަމައަށް ދެވުނެވެ. ޝަރަފް އިންގޮތް ފެނިފައި ޝަބާ އެންމެ ކުރިން ގޮސް އޭނަގެ ގައިގައި ހިފަހައްޓާލަމުން ކިހިނެއްވީތޯ […]
ސިޓިންގ ރޫމުގައި ހުރި އަންހެން ކުއްޖާ ފެނުމުން ރޭޝަމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.އެމޫނަކީ މެންދަމުގެ އެގަޑީގައި އެގެއިން ފެނިދާނެ މޫނެއް ކަމަކަށް ރޭޝަމް އުއްމީދެއްވެސް ނުކުރެއެވެ. ރޭޝަމްއަށް އެއަނދިރީގެ ތެރެ އިންވެސް ޔާނާއެއް ނޯޅޭނެއެވެ. އެއީ ހަމަ ޔާނާއެވެ.އެކަމަކު އެގަޑީގައި ޔާނާ އެގޭގައި ކީއްކުރަނީ ހެއްޔެވެ؟“އަނެއްކާ ޔާނާއަކީވެސް ތިންވަނަ ކޮޓަރީގެ ހިއްސާއެއްބާ؟“ރޭޝަމްއަށް ގަބޫލުކުރަން ދަތިވިއެވެ.އެހެންކަމުން ޔާނާގެ މިސްރާބުހުރި ދިމާލެއް ހޯދަން ރޭޝަމް ހިތުލިއެވެ. މަޑުމަޑުން ތެދުވެ ޔާނާއާ ދިމާލަށް ރޭޝަމް ފިޔަވަޅު އަޅަންފެށިއެވެ.އެއާއެކު ޔާނާ ކުރިއަށް […]
އަފްރީންވެސް ގަޑި ބަލާލަމުން ތެޅެމުން ފޮޅެމުން ދިޔައީ ގަޑި ވަރަށް ކުޑަތަން ވެފައިވާތީއެވެ. ****************** އަފްރީންއަށް ތައްޔާރު ވެވުން އިރު ކާރު އައިސް އަފްރީންމެންގޭ ދެރުމަތީގައި އޮތެވެ. އަފްރީންވެސް ހީވަނީ މިރޭ ރީތިކަން ހުސް ކޮށްލައިގެން ހުރި ހެންނެވެ. ޕާޓިގެ ކުލައަކީ ރަތް ކުލަ ކަމުން އަފްރީން ރަތް ކުލައިގެ ދިގު ހެދުމެއް ލައިގެން ހުރި އިރު އިސްތަށިގަނޑުވަނީ ބުޅި ކޮއްލާފައެވެ. އަފްރީން އަވަހަށް ގޮސް އައިރީން ގޮވައިގެން އައިސް ކާރަށް އަރައިގެން […]