ޖަލުގެ ކުޑަގޮޅީގައި އަހަރެންމިއިނީ އެކަންޏެވެ. ދިހަފޫޓް ދިހަފޫޓް ގެ ގޮޅިއެކެވެ. ނިދލާނެ ހަނިއެނދެން ހުރެއެވެ. އެނދުގައި ގޮދަނޑިއަކާާއި ދެބާލީސް އޮވެއެވެ. އަހަރެންގެ ގޮޅީގެެ ދެފަރާތުގަޔާއި ކުރިމަތީގައިވެސް ޮޅިތަށްހުރެއެވެ. އަދި ހަމަ ކޮންމެ ގޮޅިއެއްގައިވެސް މީހުން ތިބެއެވެ. މިތަނަން އައިފަހުން އަހަންނަން ހަމައެކަނި ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބެނީ އަހަންނެކޭ އެއްފަދައިން މިތަނުގައި ހުކުން ތަންފީޒް ކުރަމުންދާ މީހުނާ އެކަންޏެވެ. އާއީލީ ބައްދަލު ވުންތަކުހެ ފުރުސަތު އެހެން ގައިދީންނެކޭ އެއްގޮތަށް އަހަންނަންވެސް އޮވެއެވެ. އެކަމަކު އަހަރެންގެ އާއިލާގައި އަންނާނެމީހަކުނެތެވެ. […]
ހަފުތާއެއްފަހުން އަމީނާމެންގެ ކައިވެނި ކުރެވިގެންދިޔައެވެ. ކައިވެނީގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މަނިކުގެ ގޭގެ ތަނަވަސް ޓެރެސްގައެވެ. ހަފުލާގައި ބައިވެރިވީ މަނިކް ގެ އެއްމެގާތް ރައްޓެހިންނާއި ނިއަމް އަދި މަލާކްގެ ދެތިން ރައްޓެހިންނެވެ. ކައިވެންޏަށްފަހު އަމީނާމެން ބަދަލުވީ މަނިކުގެ ގެއަށެވެ. މިހާރު އެއީ މަލާކް އަބަދުވެސް ބޭނުންވި ކަހަލަ އާއިލާއެކެވެ ބައްޕަ ޢާއި މަންމަގެ އިތުރުން ކޮއްކޮއެއްވެސް ލިބުނީއެވެ. އޭނަގެ ނުފިލާ ހުންނަ ހިނިތުންވުމުން އެކަމަށް ރަނގަޅަށްވެސް ހެކިދެއެވެ. “ޙިނގާބަ ޕިއްޒާއެއް ކާލަންދާން….” ދުވެ ނިންމާފައި ގެއަށް އައިސް ވަތް […]
ައެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި ބިރެއްފެނިގެން ނުކުންނަހެން މަލާކް ނުކުމެގެން ދިޔައީއެވެ. މައުވަންއަށް އެއްޗެއް ބުނާނެ ފުރުސަތުވެސް ނުދީއެވެ. ނިއަމްގެ ކެބިންއިން ނުކުމެފައި މަލާކް ދިޔަައީ ބާރުހިގުމުގައެވެ. ދެންގޮސް މަޑުކޮށްލީ ކެބިންއާއި މާދުރުގައިހުރި ކުޑަ ގޯޅިގަނޑެން ކަހަލަ ތައްކޮޅެއްގައެވެ. އޭރު މަލާކްހުރީ ހިތް އަވަސްވެ، އަތްފައި ފިނިވެފައެވެ. ފާރުގައި ލެނގިލައިގެން މޭގައި ދެއަތް އަޅާލައިގެން ހުރީ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލާށެވެ. ފެނިދާނެކަމަށް ހީވެސް ކޮށްނުލައި ހުއްޓައި މައުވަން ފެނުމުން މަލާކަށް ވީގޮތް […]
ޢެއިވުނު އަޑު އަދިވެސް ގަބޫލްނުކުރަމޭ ބުނާކަހަލަ ގޮތަކަށް ނިއަމް ގެ މޫނަން ބަލަހައްޓައިގެން މައުވަން އިނީއެވެ. އެއްވެސް ހަރަކާތެއްކޮށްނުލައެވެ. ދެއަތްތިލަ ގުޅުވައިލައިގެން ދަތްދޮޅީގެ ދަށަށްލައިގެން އިންއިރު އުޅޮބޮނށިވަނީ މޭޒުމަތީ ވިއްދާލާފައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ދެން ތެދުވެ ގޮސްހުއްޓުނީ އެމީހުން ތިބި މޭޒާއި ދިމާލުން ރެއިލިން ކާރިއަށެވެ. މޭޒަށް ފުރަގަސް ވާގޮތަށެވެ. ދެއަތުން ރެއިލިންގައި ހިފަހަށްޓައިލައިގެން ހާމައަށްފެންނަން އޮތް ކަންޑަން ނަޒަރުހުއްޓައިލައިގެންހުރީއެވެ. ފަހަތުން ނިއަމްވެސް ގޮސް މައުވަންއާއި ޖެހިގެން މަޑުކޮށްލިއެވެ. “ވަރަށް ބޮޑަށް ސޮރީ…….. އަހަރެން އުޅުނިން […]
މައުވަން ދެ ހަފުތާވަންދެ އޮފީހަށް ނައިސް ހުރުމަށްފަހު މިއަދުމީ އޮފީހަށް ނިކުތްދުވަހެވެ. ލައގެނހުރީ ގަދަނޫ ކުލައިގެ ފަޓްލޫނަކާއެކު މަޑުނޫ ކުލައިގެ ގަމީހެކެވެ. ޓައީ އެއްބޭނުންކޮށްފައެއްނެތެވެ. ގަމީސް ގަޔަށް ހިފާލާފައިވާއިރު އެރީތި ހަށިގަނޑު އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. ވޭތުވެދިޔަ ދުވަސް ތަކުގައި މައުވަން އެއްމެ ފަހަރަކުވެސް މަލާކަށް ގުޅާނުލައެވެ. ގުޅަން ބޭނުން ނުވާތީއެއްނޫނެވެ. ހަނދާން ނުވަނީއެއްވެސް ނޫނެވެ. މަލާކަށް ކުޑަވަގުތުކޮޅެއް ދޭން އޭނަބޭނުންވަނީއެވެ. މަލާކްގެ ޚިޔާލު ބަދަލުވެދާނެ ކަމުގެ އުއްމީދުގައެވެ. އެއްމެ ކުޑަމިނުން އެކުވެރިއަކަށްވިއަސް ވެވޭތޯއެވެ. ގިނަ ދުވަސްތަކެއް […]
އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ރަފާ ވާހަކަ ދައްކަން ފެށިއެވެ. އެއީ މައުވަންގެ ދަރިއެއް ނޫންކަމާއި އަދި މައުވަން އޭނަ އާއި އިނީ ކީއްވެގެންކަން ހާމަކުރިއެވެ. އިވިގެންދިޔަ ވާހަކަތަކުން ތަނުގައި ތިބި އެއްމެން ތިބީ ހައިރާންވެ ބަސްހުއްޓިފައެވެ. އަކްޔަން ހުރީ އޭނަ ދެކެ އެވަރަށް ލޯބިވާ އޭނައަށްޓަކައި ޤުރުބާންވި ބޭބެ އާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުވެސް ގަނެފައެވެ. ރަފާ އެއްމެންގެ ކިބައިން މާފަށްއެދި ގެއިން ނުކުމެގެން ދިޔައެވެ. ރަފާ ނިކުމެގެން ދިއުމާއެކު މައުވަން ދިޔައީ […]
އިވުނު ވާހަކަ ތަކުގެ ސަބަބުން ހައިރާންވެ ބަސްހުއްޓިފައި މަލާކަށް އިނދެވުނީއެވެ. “މައިން ބަފައިން ވަކިވުމުން ދަރިންނަން ކުރާނެ އަސަރު އަހަންނަން ވަރަށް ރަނގަޅަށް އިނގޭ… އެކަހަލަ ކަމަކަށް މަގުފަހިވެދާނެ ކަމެއްވެސް އަހަރެން ހަމަހޭގަ ހުރެގެން ނުކުރާނަން…” މަލާކް އިއްވާލިއެވެ. “ތިބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނު” މައުވަންއަށް އިނގޭކަމަކަށް ނުވިއެވެ. “ނޭނގެންޏާ އަޅާނުލާ….އަހަންނަން ރަނގަޅީ ދެން މައުވަން މިތަނުން ދިޔައްޔާ…އަދި ދެވަނަ ފަހަރަށް މިގެއަށް ނާންނާނެ ކަމަށް އުއްމީދުކުރަން…” މަލާކްގެ ޖުމްލަޔާއެކު މައުވަން ނިކުންނަން ހިނގައިގަތީ ދެޖީބަށް […]
މަލާކް ޑިއުޓީގައި އަވަދިނެތި އުޅެނިކޮށް ފޯނަން އައީ ނިއަމްގެ މެސެޖެކެވެ. އެދެފައި ވަނީ ކެންޓީނަން ސައިބޯން އައުމަށެވެ. މަލާކަށްވެސް މެސެޖް ކިޔާލުމާއެކު ބަނޑުހައިކަން އިހްސާސްވިއެވެ. އަދި މި ދަނީކަމަށް ބުނެ ރިޕްލައިކޮށްލިއެވެ. އަކްޔަން އާއި މައުވަން ދިމާވީ ހެނދުނު ސައި މޭޒުދޮށުންނެވެ. ދެމީހުންވެސް ތިބީ އޮފީސް ހެދުމުގައެވެ. ސައި ތައްޔާރު ކުރުމުގައި އަލާ އާއި ނަސީމާ ހަރަކާތް ތެރިވަމުން ދިޔައެވެ. މަޒްހަރު އޭރު އަދި ސައިމޭޒު ދޮށަށް ނާދެއެވެ. އެކަކުވެސް އަނެކަކާ އަނގައިންނެއް ނުބުނެއެވެ. އިވެނީ ހަމައެކަނި […]