ނޭންގިހިތޭ ގެންދެވީމާ މިތުރާ… (3)
މިސްކިތުން ނިކުތް އަލޫކްއަށް ފަރޫން ފެނުނީ ފަހަތުން އައިސް ގޮވާލުމުންނެވެ. އަލޫކްއަށް ބަޔާކުރަން ދަތި އުފަލެއްލިބުނީ ފަރޫން އަމިއްލަހިތަށް ފެނިގެން ނަމާދަށް އެރީމައެވެ. ނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި މޫނުމަތީގައިވި ހިނިތުންވުން ފަޑުވެ ސީރިއަސްވެލީ ފަރޫން މިއަދު އުޅުންގޮތް ހަނދާންވެ ލޫޔާގެ ފެންކަޅިވެފައިހުރި މޫނުސިފަވުމުންނެވެ. އަލޫކްއަށް އެވީގޮތް ފަރޫންއަށް އެނގުނެވެ. އަދިއަވަހަށް އަލޫކްއެއްޗެއް ބުނުމުގެ ކުރީން ހިނގާބަލާށޭ އަހަރެމެންގެއަށް ކާން ކިޔާ އަލޫކްގެ އަތުގަ ހިފައިގެން ގޮސް ކާރަށް އެރިއެވެ.
އެހެންނަމަވެސް ފަރޫންދިޔައީ ގެއަކަށްނޫނެވެ. ބާރުދުވެލީގައި ކާރުދުއްވާލާފައި ގޮސްމަޑުކޮށްލީ ލެމަންގްރާސް ސީވިއު ކައިރީގައެވެ. “ކީއްވެމިތަނަށް.. ” އަލޫކްއަހާލިއެވެ. ” ހަމަޖެހިބަލަ ހިނގާ މައްޗަށް .. ” ފަރޫން ކުރުނުކުކޮށް ކިޔަންފެށުމުން އެންމެފަހުން އަލޫކް ފަރޫންއާއެކުގައި ގޮސް އަރިމަތީގައި ހުރި މޭޒުތަކުން ހުސްމޭޒެއްކައިރީގައި އިށީންދެލިއެވެ. އެތާތިބޭއިރު ފޮނަދޫ ރީތިކޮށްފެންނަން އޮތުމާއެކު ދަތުރުކުރަމުން ދިޔަ ފެރީތަކާއި ލާންޗުތަށް ދެކޮޅަށް ދުއްވާތަންފެނެއެވެ. ބަލައިލާން ކިތަންމެހާވެސް ހިތްގައިމު މަންޒަރެކެވެ. “ހޫމް .. ކިޔާބަލަ.. މަށަށްއިނގޭ ކޮންމެވެސް ވާހަކައެއް ދައްކަންކަން ތިއުޅެނީ..” ވެއިޓަރުއައިސް އޯޑަރުނަގައިގެން ދިއުމުން އަލޫކް ވާހަކަދެއްކިއެވެ.
“ލޫކް އަހަރެން ސުވާލެއްކޮށްލަންތަ.. އަސްލު ލޫކްކީއްވެތަ ސިންގަލްކޮށް ތިހުންނަނީ.. ކަމުދާ ކުއްޖަކު ނުހުރޭތަހަމަ ނޫނީ.. އަނެއްކާ.. ” އެހިސާބަށް ބުނުމާއެކު އަލޫކް ފަރޫންގައިގަ ބޮނޑިއެއް އަޅާލިއެވެ. ” އޭ.. އަސްލު އެހެނޭނުވެއްބުނަންދޯ.. އަހަންނަށްވެސް ދެން މިވީދުވަސްތަކުގެ ތެރޭގަ ލޫކްތީ އެކަހަލަމީހެއް ނޫންކަން އިނގޭނު.. ” ހެމުން ހެމުން ފަރޫން ބުނެލިއެވެ. ” ބަލަ ފަރޫންމެންކަހަލަ މާލޭގެ ނަންހިނގާ މުއްސަނދިމީހުންގެ ދަރިން ކާމިޔާބުވިޔަސް އަހަރުމެންނަށް ވާނީކޮންކަމެއް.. ” އަލޫކް ނޫންކަމަށް ހަދާފައި ބުނެލިއެވެ. ” ކީއްވެއަސްލު ތިހެންތިބުނީ.. އަހަންނަ މިމުއްސަނދިކަމުން ލިބޭ އެއްވެސް އުފަލެއް ނެތްކަން އެންމެ ރަނގަޅަށް އިނގޭނެއެކަކުތީ.. ކިތަންމެ ފައިސާއެއް ހުއްޓަސް އެޔަކަށް ލޯތްބެއް ނުގަނެވޭނެ.. ރަނގަޅު އަހަރެން ފަހަތުން ކުދިން އުލޭވަރުއިނގޭ އެކަމަކު އެހުރިހާމީހުންގެވެސް އަމާޒަކީ ފައިސާ އެހެންވެ ލޫޔާ އަހަރެން ހިޔާރުކުރީ.. ލޫ އަކީ މުއްސަނދި މަންމައެއްގެ ހުރި ހަމައެކަނީ ދަރި.. ލޫގެ ބައްޕަ ނިޔާވިއިރު ލޫގެ މަންމައަށް ބިޒްނަސް ހިންގޭވަރަށް ކިޔަވާދީފަހުރުމުން އަންހެނަކަށްވެ ހުރެނަމަވެސް އެކަމަށް އޭނަ ވަރަަށް ކުޅަދާނަ… ” ފަރޫންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ވެއިޓަރު އައުމުން ހުއްޓާލިއެވެ.
” އޯކޭ.. ލޫ ރަނގަޅު ދެން ކީއްކުރާ ޝާޔާއެއްތަ.. ހުވަ މިއަދު މަހާދަ ހިތްހަމަނުޖެހުނޭ.. ” ޒާތަކަށް މޫނުކުނިކޮށްލަމުން އަލޫކް އަހާލިއެވެ. ” ޝާޔާ ދޯ.. ލޫކްއަށް އިނގޭތަ އޭނަވެސް އެއީ ރިޗް ފެމީއެއްގެ ކުއްޖެއް.. އޭނަ މަށާ އަޅައިގަތީ އިއްޔައަކު މިއަދަކުނޫން.. ސްކޫލް ދައުރުންފެށިގެން.. އެކަމަކު އަހަރެން އޭނަޔަށް ބަލާވެސް ނުލަން.. ލޫ އާ ރައްޓެހިވީފަހުން ލޫ މާ ބިޒީވާންފެށީމަ އަހަރެން އެކަނި ފިލުވާން އޭނަގެންގުޅެނީ.. ބުނިންރީތިކޮށް ލޯތްބެއްނުވެޔޭވެސް. އެކަމަކުއައިސް އެހެން ތަތްވާތީ އަހަރެންވެސް އުޅެނީ.. ” ފަރުވާކުޑަގޮތަކަށް ފަރޫން އެހެން ބުނެލުމުން އަލޫކްއަށް ބޯހޫރާލެވުނެވެ. ނަމަވެސް ދެއްކި ގިނަވާހަކައަކީ ތެދުވާހަކަކަން އަލޫކްއަށްވެސް ފެނިފައިވާ މަންޒަރުތަކުން ގަބޫލުކުރެވެއެވެ.
“ސީރިއަސްލީ.. އެކަމަކުވެސް އެ ޝާޔާއާ ދުރައްދޭބަލަ.. އޭރުން ރުއިންވެގެންދާނީ ތިންމީހުންގެ ދިރިއުޅުން.. ހުވާ މަށަކަށްނޭންގުން އޭނަ ފެނުނީމަ ވީގޮތް. އަރގްް.. ފިހާރަތަކުގަ ހެދުން އިސްތިހާރުކުރަން ބަހައްޓާފަހުރި ބުދެކޭ ނެތް ތަފާތެއް.. ގަޔަށް ކަނޑާވައްދާފަ ލައިގެން ހުރިއެއްޗެހި.. އެދެން މުއްސަނދިވިޔަސް ފުކެއްތަން ބޮޑުވަރު.. ” އަލޫކް އެހެންބުނުމާއެކު ފަރޫން ހޭންފެށިއެވެ. ” ލޫކްހާދަ މޮޅޭފާޑުކިޔަން.. ހަމަހީވަނީ ދިވެހިޓީޗަރެއްހެން.. ހަހަހަ…” ފަރޫން ހަމަ ހެނީއެވެ. އަލޫކް ލޯހަނިކޮށްގެން ބަލަން އިނުމުން އަވަހަށް ހިނިގަނޑު މަތަކޮށްލުމަށްފަހު ކެއުމާވެގެން ކުރިޔަށްދިޔައެވެ.
“ހޭ އިނގޭތަ މިއަދު ގުޅައިފި އިންޓަވިއުކުރިތަނުން.. އެންޑް ސަންޑޭގަ ނިކުންނަންޖެހޭ.. ބައްޕަގެ އެދުމުގެމަތީންނަމަވެސް އޮފީސް އެޑްމިނިސްޓްރޭޝަން ހެދިފައިންކަން އެއީހަމަ ނަސީބު.. ” “އަރ ޔޫ ކިޑިންމީ..” އަލޫކް ގެ ވާހަކަ ނިމުމާއެކު ފަރޫން އަހާލީ ޔަގީންކުރަންބޭނުންވާ ފަދައަކުންނެވެ. ޖަވާބުގައި އަލޫކްހީލުމާއެކު ފަރޫންއަށް ހީވީ އީދެއްއައިހެންނެެވެ. ކައިނިމިގެން ބިލްދައްކާލުމާއެކު އަލޫކް ގެއަަށް ގެންގޮސްދީފައި ފިހާރަޔަށް ނިކުތީ އެކުވެރިޔާއަށް އޮފީހަށްދާން ލާނެ އެއްޗެހިގަންނާށެވެ. އަލޫކް ގޮވައިގެން އައިސްގެން އޭނަބޭނުންވާ އެއްޗެއް ނުގަނެވޭނެކަން ފަރޫންއަށް އިނގެއެވެ. އެހެންވެ ހަމަގަސްތުގައި އަލޫކްއަށް ނާންގާ އައީއެވެ.
ޝޮޕިންކުރަން ނިންމާލާފައި ނިކުތް ފަރޫން ލޫޔާއަށް ފެނުނީ ފިހާރައިން ނިކުމެ ކާރަށް ކޮތަޅުތަށް ލަނިކޮށެވެ. ކުއްލިއަކަށްފަރޫން އެކަނި ޝޮޕިންކުރަންވީ ކީއްވެބާއޭ ލޫޔާގެ ހިތަށްއެރިނަމަވެސް ހެނދުނުގެ ހާދިސާ ހަނދާންވުމުން ލޫޔާގެ ލޮލަށް ކަރުނަޖަމާވިއެވެ. ނަމަވެސް އެވަގުތު ފަރޫން ލޫޔާއަށް ގުޅަންފެށުމުން ދެކޮޅުބަލާލެވުނީ ފަރޫން ހުރިތޯއެވެ. އޭރު ފަރޫން ކާރުގައި ގޮސް ލޮލުކޮޅަށް އޮބާލާނީއެވެ. ނަގަން ނުނަގަން ހުއްޓައި ކޯލްމިސްވީއެވެ. ދެންއައީ މެސްޖެއެކެވެ.**ލޫ ޕްލީސް.. ފޮގިވްމީ.. ލޫ ފަރޫން ދެކެ ލޯބިވަންޔާ އާދެބަ ވަރަށްއަވަހަށް ފަރޫންމެންގެއަށް ޕްލީޒް…** މެސެޖް ކިޔާލުމާއެކު ބޭއިހްތިޔާރުގައި ލޫޔާއަށް އެތަނުންދިޔަ ޓެކްސީ ހުއްޓުވާފައި ފަރޫންމެންގެއަށް ދާން ބުނެވުނެވެ. މިހާރު އެހިތުގައި އެއްވެސް ޝަކުވާއެއް ނެތްފަދައެވެ. ލޯތްބަކީ ހަމައެހާ ކަނު އެއްޗަކީހެއްޔެވެ. ކިތަންމެވަރަކަށް ހިތުގައި ވަކިއަޅާދެމިޔަސް އެންމެ ފިރުމާލުމަކުން ހުރިހާޒަހަމްތަށް ހަމަފިލާދަނީހެއްޔެވެ.
ލޫޔާ ގޭދޮރުމަތީގައި ހުއްޓިލާފައި އައިސްހުރިކަމަށްބުނެ މެސެޖްކޮށްލިއެެެވެ. އެއާއެކު ގޭގައި ގެންގުޅޭމީހާއައިސް ފަރޫންގެ ކޮޓަރިއަށް އައިސްދިނުމަށް އެދުނެވެ. ލޫޔާގެ ހިތްތެޅެންފެށީ ފަރޫންއަށް ކަމެއްވީކަމަށް ހީކޮށެވެ. ފަޔަށްބާރުލާފައި އަވަހަށް ގޮސް ދޮރުކައިރީހުއްޓިލާފައި ތަޅުގައި ހިފާލިއެވެ. އަބަދުތަޅުލާފައިހުންނަ ކޮޓަރިހުރީ ހުޅުވާފައެވެ. ތެޅިތެޅިއޮތް ހިތަކާއެކު ކޮޓަރިހުޅިވާލާފައި ބޯދިއްކޮށްލުމާއެކު ލޫޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. “ހާދަވަރަކަށް ތިބަލަނީ.. އަހަރެންމިހުރީ މިތާންގައޭ.. ” ފަރޫންގެ އަޑުއައީ ފަހަތުންކަމުން ލޫޔާދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ދެވަނަ ސިކުންތިގައި ފަރޫން ކުޑަކަކޫމައްޗަށް އެށީންދެ އިނދެ. ” ސޮރީބޭބް.. އޭ” ކިޔާ ދިއްކޮށްލި ބްލޫއޯކިޑް މާބޮޑި ފެނުމާއެކު ލޫޔާއަށް ހިނިތުންވެލެވުނެވެ. ކިރިޔާވެސް ގޯސްކޮށްކަމެއްވެއްޖެ ނަމަ ފަރޫން އަބަދުވެސް އޭގެ މާބޮނޑިއެއް ގެނެސްދެއެވެ. “އިޓްސްއޯކޭ..” އޭބުނެފައި ލޫޔާ މާބޮނޑީގައި ހިފާލާފައި ކުޑަކޮށް ފަރޫންގައިގަ ބައްދާލިއެވެ. އެވަގުތުފަރޫން އާދައިގެމަތީން ލޫޔާގެ ނިއްކުރީގައި ބޮސްދިނެވެ.
“ފަރޫން.. ކީއްވެތަ ކޮޓަރިތެރެއެހެން…” ލޫޔާއަށް ބުނެވުނީއެހިސާބަށެވެ. ” އެއީކަމެއްނޫން އަސްލު ލޫގެ ހެލްޕްބޭނުން އެކަންކުރަން.. ހިނގާބަ ފަރޫންއާއެކު އޭއްޗެހި ޕެކްކޮށްލަދޭން..” “އެކަމަކު ފަރޫން އެއީ..” ލޫޔާކުރުނުކުރުމުން އެއީ އަލޫކްއަށް ކަމަށް ބުނުމުން ލޫޔާގެ ހިތުގައި އަލޫކްއާއި މެދުގައި ސުވާލުއުފެދުނެވެ. ލޫޔާހީކުރިގޮތާ ހިލާފަށް އަލޫކްވެސް އެެެންވީމަ މިވީ ފަރޫންކައިރިން އެއްޗެހިބޭނުންވެގެން ކިޔާމީހަކަށްތާއެވެ. ކިތަންމެ ރީތި ލުކްއެއް ހުއްޓަސްމީހެއްގެ ގޮތެއް ނޭންގޭނެތާއެވެ. ލޫޔާއަށް އަލޫކްއާއި ދޭތެރޭ ވިސްނުނީތީވެސް ފޫހިވިއެވެ. އަދި އެކަން ނާންގާ އަވަހަށް ފަރޫންއާއިއެކުގައި އެއެއްޗެހި ޕެކްކުރުމުގައި އުޅުނެވެ.
އެހެންރޭރެއާއި ހިލާފަށް ކްލާހުގައި އިންއިރު ފަރޫން ނެގިމަޑުވެފައި އިނުމުން އަލޫކް ކަންބޮޑުވިއެވެ. ނަމަވެސް ކްލާހުގައި ބޭކާރުވާހަކަދެއްކުން އެއީ އާދަވެފައިވަ ކަމަކަށްނުވުމުން އަލޫކް ނިންމާ ކްލާސްނިންމާއި ފަރޫން އާއި އެވާހަކަ ދެއްކުމަަށެވެ. ޔަގީނުންވެސް މިއަދު ހިނގިހާދިސާ އާއެކު ފަރޫން އުޅުން ތަފާތުކަން އަލޫކްއަށް ވަނީފާހަގަވެއެވެ. އަދިވެސް ލޫޔާއާއި ނުގުޅި ނޫނީ ރުޅިއައިސްފައި ހުރުމުން މޫޑްގޯސްވެފައި ކަމަށް ނިންމާފައި ފަރޫންއަށް އަލޫކް ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ނަމަވެސް ހުރިހާއިރު އަލޫކްއަަށް ސިއްރުން ބަލަމުންދިޔަ ފަރޫން އެތެރެ އެތެރޭން ހީލަހީލާ އެކްޓްޖައްސައިގެން އިންކަމެއް އަލޫކްއަކަށް ރޭކާނުލައެވެ.
ގަޑިޖެހުމާއެކު ފޮތްތަށް ހިފައިގެން ތެދުވި އަލޫކް ބަލާލިއިރު ފަރޫން ލޯފޮހެލާފައި ނިކުމެގެންދަނީއެވެ. އަަަވަހަށް ފަރޫން ދިޔަދިމާއަށް ބަލަމުން ހިނގައިގަތް އަލޫކްހުއްޓުނީ ކުރިމަތީގައިހުރި ލޫޔާ ބަލަންހުރުމުންނެވެ. އަލޫކްފެނުމާއެކު ލޫޔާ ވީ ފޫއްސެއްގެބޮޑުކަމުން ތުންއަބުރާލާފައި ދިއުުމުން އަލޫކްއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭންގިފައެވެ. ” ލޫޔާއަހަރެންދެކެ ރުޅިއަންނަންވީ ކީއްވެހެއްޔެވެ. ލޫޔާ ރުޅިއަންނަކަމެއް އަދި ކުރެވުނީމީވެސް ނޫންވިއްޔާއެވެ. ވީއިރު.. އަރރގްގްްް… ” އަލޫކްގެ ބޮލަށްއުނދަގުވެގެން ދިޔައެވެ. އަވަހަށް އެތާންގައި ނުއިނދެ ފަރޫން ކޮބާތޯ ބަލަން ދިޔައީ އިތުރަށް އެކަމާވިސްނަން ވެއްޖެނަމަ ބޯގޮވާވަރު ވާނެތީއެވެ. އެހެންނޫނަސް އަންހެންކުއްޖެއްގެ ކަމަކާ އެވަރަކުން އުޅޭން އަލޫކް ބޭނުންވެސް ނުވަނީއެވެ.
ފެކަލްޓއިން ނިކުތް އަލޫކްއަށް ފަރޫން ފެނުނީ މެއިން ބިލްޑިންއަށް ވަދެވުން ފަހުންނެވެ. އޭރު ފަރޫންގޮސް ލައިބްރަރީއަަށް ވަންނަނިކޮށެވެ. ފަޔަށް ބާރުލާފައި އަވަހަށް ދިޔައިރު ލިފްޓް މައްޗަށްއަރަނީއެވެ. ދެވަނަ ފްލޯއަށް ލިފްޓް އެރުމަށްފަހު ތިރިޔަށް އައުމުން ޔަގީނުންވެސް ފަރޫން ވަނީ ދެވަނަ ފްލޯގަކަން އެނގުމުން އަލޫކް އަވަހަަށް ސިޑިން އަރައިގެން ދިޔައީ ލިފްޓްގެ އިންތިާރުގައި ތިބިކުދިން ގިނަކަމުންނެވެ. ދެވަނަފްލޯގެ ވަށައިގެން ނަޒަރުހިން ގަމުންދިޔަ އަލޫކްއަށް ފަރޫންގެ ހިލަމެއްނުވުމުން ދިޔައީ އެފްލޯގައި ހުންނަ ފާހާނާ އާ ދިމާލަށެވެ. އެވަގުތު ދޮރުހުޅުވާލާފައި ނިކުތް ފަރޫންއަށް އަލޫކް ރަނގަޅަށް ބަލާލިއެވެ. މޫނުދޮވެފައިވާ ކަން ކިތަންމެހާވެސް ރަނގަޅަށް ފަރޫންގެ ކޯތާފަތުންނާއި ފަޅަންފަށާފައިވާ ތުނބުޅީން ޖަހަމުންދިޔަ ފެންތިކިތަކުން އެނގުނެވެ. ހާދަކެތްގަދަ އިންސާނެކޭ އަލޫކްހިތަށް އެރިއެވެ. އަދި ފަރޫންއަށް ބަލަންހުރެވުނީ އެކަމުން ފަރޫން ސަލާމަތްކުރަން އޭނައަށް ކުރެވޭނެކަމެއް އޮތްބާއޭ ހިތަށްއެރުމުންނެވެ.
” ހެޔޮނުވާނެ.. އަޅެއެެެންޏާފަހެ ފިސާރި ރީތި ދޮން އަންހެންކުއްޖެއްގެ ސިފައިގަތަ މަފެންނަނީ.. އޫމް އަޅެއަހަރެން ހޮޓްތަ… ” ލާނެތްފާޑަކަށް އުނގަނޑުގައި އަތްވިއްދާލާފައި މޭގައި އަތްހާކާލަމުން ހެމުން ފަރޫން އެހެންބުނުމާއެކު އަލޫކްއާއި ފަރޫންއަށް ގެވެސް ބަޑިފަޅައިގެން ދިޔައެވެ. އެތަށްއިރަކު ބަނޑުގައި އަތްއަޅައިގެން ތިބެ ހެވުމުން ވަރުބަލިވުމާއެކު އަލޫކް ފަރޫންގައިގަ ބޮންޑިއެއް އަޅާލިއެވެ. “ދެންވެސް ހިނގާ ގެއަށްދާން.. ” ކިޔާ ފަރޫން ހިނގައިގަތުމުން އަލޫކްވެސް އެކުއެކީގައި ނިކުތެވެ. ދެމީހުން އެކީގައި ކާރާ އަރާ ހަމަވިތަނާހެން ލޫޔާއައިސް ދާނަމޭ ބުނުމުން ފަރޫން އަލޫކްއަށް ބަލާލިއެވެ. އަލޫކް އެއްޗެކޭނުބުނެގޮސް ދޮރުހުޅުވާ ފަހަތުޝީޓަށް އަރާ ދޮރުލައްޕާލިއެވެ. ” ލޫ.. އަހަރެން އުޅުނީ ލޫކައިރީގަ އަންނާށޭބުނަން.. އެކަމަކު ލޫއަށް އިނގޭދޯ އަހަރެންގެ ހިތުގަ އޮންނައެއްޗެއްވެސް..” ހީލާފައި ފަރޫން އެެެން ބުނުމުން ލޫޔާވެސް ހިނިތުންވެލިއެވެ. ނަމަވެސް މިރޭ ކޮންމެހެން އޭނާ އެދަނީ ދާހިތަކުން ނޫނެވެ. ކޮންމެހެން އަލޫކްއަށް ސަޕްރައިޒެއް ދޭއިރު މިހާރު ލޫޔާ ދާންވެސް ބޭނުމެއްނޫނެވެ. އެކަމަކު މިރޭ އަލޫކްއަށް އަލޫކްގެ ފެންވަރުއަންގަދީ ލޫޔާހިތުގައި އަލޫކްއާ ދޭތެރޭ އޮތް ރުޅި ބާލާލާހިތް އޮތްވަރުން ދާންހިޔާލުއައީއެވެ.
ހަމަހިމޭން ވެފައިވާ ގޭތެރޭގައި އިން ނަސްރީނާ އިނީ ލޫޔާގެ އިންތިާރުގައެވެ. އިބާވެސް ކައިގެން ކޮޓަރިއަަށް ވަންގޮތަކަށް ނުނިކުމެއެވެ. އެދެކުދިން އެއްގަލަކަށް ނާރާތީ ނަސްރީނާ އެކަމާ ކިތަންމެހާވެސް ކަންބޮޑުވެއެވެ. އެހެންވެ މިރޭއެވާހަކަ ލޫޔާއާއި ދައްކާލަން ނަސްރީނާ ނިންމައިގެން އިނީއެވެ. ނަމަވެސް އެހެންއިންނަތާ ފަނަރަވަރަކަށް މިނެޓްވީތަނާހެން ނަސްރީނާގެ ލޮލަށް ނިދިބަރުވާންފެށިއެވެ. އެންމެފަހުން ކެތްނުވުމުންމާދަމައިން އެވާހަކަދައްކާނީ އޭހިތާ ނަސްރީނާ ކޮޓަރިއަށް ދިއެވެ.
ނަސްރީނާގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލުމާއެކު ސިއްރުން ބަލަންއިން އިބާ ވަގުތުގެ ބޭނުންހިފާ ކޮޓަރިންނިކުތެވެ. އަދި ސިޓިންގްރޫމް ބަލާލުމަށްފަހު މިސްރާބުޖެހީ އާދައިގެމަތީން ލޫޔާގެ ކޮޓަރިއާއި ދިމާއަށެވެ. އެކޮޓަރީގެ ތަޅުދަނޑި ގޭގެ މައިތަޅުދަނޑިފަތީން ނަގާ ޑަބަލްސްކީ ހައްދައިގެން އިބާ ގެންގުޅޭތާ ކިތަންމެދުވަހެކެވެ. އެންމެފަހުން ބޭރަށް ދިޔައިރު އިބާ އެކަން ކުރީ ލޫޔާއަށް ރަނގަޅު ފިލާވަޅެއްދޭން ނަމަވެސް އިބާ ފުރަންވީއިރުވެސް އެކޮޓަރިން އިބާއަށް އޭނަބޭނުންވާ ހިސާބަށް ވާސިލް ނުވެވެއެވެ. ލޫޔާ ހުރިހާ ތަނެއް ތަޅުލާފައި ހުރުމުން ކޮންމެފަހަރަކުން އިބާ އަށް ކަރުއެލުވާލާފަ އަންނަން ޖެހެނީއެވެ. އެންމެކުޑަމިނުން ލޫޔާގެ ބީއެފްގެ ފޮޓޮއެއްއާހިސާބުވެސް ފެންނަފަށުގައި ނޯންނާތީއެވެ. އެހެންނޫނަމަ މިހާރު އިބާ ލޫޔާގެ އެއުފާވެސް ފޭރިގަނެއްޖައީހެވެ.
ސިއްރު ސިއްރުން ހިނގަމުންދިޔަ އިބާ އަށް ކިނބިއްސެއް އަޅާލެވުނީ އެއްވެސް ވަރަކަށް ހިފާއްޓާ ނުލެވުމުންނެވެ. ނަސްރީނާއަށް އެއަޑުއިވުމާއެކު “ކާކު” ހޭ ކިޔާ ތެދުވެގެން ނިކުންނަންއައެވެ. އިބާއަށް ތެޅިގަނެވުނީ އެޔެއް މިޔެއްބަލާފައެއް ނޫނެވެ. އޭރު ހުރެވުނީ ލޫޔާގެ ކޮޓަރިއާއި ދާދިކައިރީގައިކަމުން އަތްމަތި އަވަސްކޮށްލާފައި އަވަހަށް ތަޅުދަންޑިޖަހާ ހުޅުވާލުމާއެކު އެތެރެއަށް ދެމިގަތެވެ. ލީޔާގެ ކޮޓަރީގެ ދޮރުލެއްޕުން ތަން ކޮޓަރިން ނިކުތް ނަސްރީނާއަށް ކިތަންމެހާވެސް ރަންގަޅަށް ފެނުނެވެ. އެހެންވެ އެކޮޓަރިއާދިމާއަށް އައެވެ. .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.






Salaam.. miadhu thankolheh lassvejje dhw.. v bodah sry lassveema ..? Bt mipart vess thihurihaa kiuntherinnah kamudhaane kamah layaa ummeedhu kuran.. ? ??ly all readers ..
Wow v v v salhi mi part ves. Me first dhw.
Thank you dear Nadha ? yes ur first .. ??
Vrh nice.. when is next part…. Waitin….
Thank you dear kyaara .. ?insha Allah maadhamaa ??
Wow….. vrh salhi???? whn nxt prt?????? Waitingssss ????????❤❤❤❤❤❤???
Assluvess tha dhoonyaa .. ?btw thank you dear juma ?? insha allah maadhamaa ingey ..
Yayy!!☺ nice nice nice❤❤❤?? hehehe… nxt part kon irakun? Waitingg?
Hehe sham thank you dear???
Miroo ge nan neynun kurevifa ebahuri.. e ee olhigentha??
Ya nees aee editkuri iru alhainugenfa inthankolheh .. hehe
When next part?
Insha allah maadhamaa
alhe vrh lwbi part eh. ..
Awwn thank you dear unaal ???
Nice
Thank you alma ???
Mi parts vv reethi..and waiting for the next part..gud luck❤??
Thank you shafa ???
Hey layaa?? comment koh nulevunas story kiyaalan hama baraabarah.. Varah Varah varahhhh reethi ❤❤❤❤❤ Waiting for the next part ???
Love u??❤
Umm assluvesstha ? thank you dear dhooni kolhaa ???
V Reethi…mi part
Thank you dear Rsh ???
Layaaa .. story hama Habeys.. knme dhuhuku up kuraathy varah interest vx vey.. nice story .. waiting for the next part..
Thank you dear sama ???