ވިޝިކާ ކުއްލިއަކަށް ލަޔާންއާ ދުރަށްޖެހިލީ އޭނާގެ މޭމައްޗަށް ބަލައިލަމުންނެވެ. ……………………………………………………… “ދެން ލަޔާން ދާންވީއެއްނު ބޮޑެތި މީހުން ކައިރިއަށް.. ކީއްކުރަން މަގޭ ކޮޓަރިއަށް ވަދެ ގަދަކަމުން މަ ގެންގޮސްގެން ކައިރީ ބާއްވައިގެން ނިދީއަކީ..” ވިޝިކާ ރުޅިއައި ކަމުގައި ހަދާފަ ބުންޏަސް ލަޔާން އެހެން ބުނުމުން ވިޝިކާ ދެރަވިކަން އިނގުނީ ވިޝިކާގެ އަޑުންނެވެ. ލަޔާން އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު ސައިކަލު ބުރަކި ޖައްސާލުމުން ނުވިސްނާއިން ވިޝިކާ ދިޔަގޮތަށް ލަޔާންގައިގަ ލައިގަތުމުން ދުރަށްނުޖެހި މަޑުކޮށްލީ ލަޔާންގެ ބުރަކަށީގަ ބޯ […]
ޝީން ( ދެވަަަަނަ ބައި ) ބޯޓު އައިސް މާލެ ތޮށިގަނޑާ ގާތްކޮއްލުމާއެކު ޝީން ބޯޓުން ފޭބިއެވެ. އޭރު ޝީން ބައްޕަގެ ރަހުމަތްތެރި ޔާސިރުބެ ޝީން ބަލާ ބޯޓު ދޮށަށް އައިސް ހުއްޓެވެ… “”މިއޮތީ ހުސް ކާރެއް… އާދޭ ކަނބުލޯ…”” އެހެންބުނެ ޔާސިރު ޓެކްސީގެ ދޮރުފަތް ހުޅުވާލާ ޝީން އަރަން ތަންދެއްކިއެވެ މާގިނައިރުތަކެއް ނުވެ ޓެކްސީ އައިސް މަޑުކޮއްލީ ހ.ޑުރީމް ކުރިމައްޗަށެވެ…… ފޮށި ހިފައިގެން ޔާސިރު އެތެރެއަށް ވަންއިރު ޝީންވެސް އެތެރެއަށް ވަނެވެ….. 8 ބުރިއަށް ނަގާފައިވާ […]
“އަޅުގަނޑަކަށް ނޭގޭ ކުރިން މިގޭގައި އުޅުނީ ކޮންބައެއް ކަމެއް. މިހާރު އަޅުގަނޑާ އަޅުގަނޑުގެ ދެދަރިންނާ މިގޭގައި އުޅޭތާވެސް މިވަނީ އަހަރެއް.” އަންހެންމީހާގެ ވާހަކަތައް އަޑުއިވުމަށްފަހު އިތުރަށް އޮޅުންފިލުވާނެ ވާހަކަ އެއް ނެތުމުން ޝުކުރު އަދާ ކުރުމައްފަހު އެބުރި އައިކޮޅަށް ދިއުމަށްޓަކާ ޔާން ހިނގައިގަތެވެ. ********************************************** މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި ލަކުސްމީ އަވެދިނެތި ބަދިގޭގައި އުޅެއެވެ. ފަހަތުން ނަސީމާވެސް ލަކުސްމީއަށް ކަންތައްތައް ކުރަންޖެހޭގޮތް ބުނެދީ އަތް ގާތްކޮށްލަދީ ހަދަން އުޅެއެވެ. ގޭގައި މަސައްކަތު މީހުން ބަހައްޓާފައި ހުއްޓަސް ހުރިހާ […]
ޖެހިގެންއައި ދުވަހެވެ. ސަލްމާގެ ރިޕޯޓް ދޫކުރަނީ ހެނދުނު ދިހައެއް ޖަހާއިރެވެ. އެހެންކަމުން ޝައިމަން ގެއިން ނިކުތީ ހޮސްޕިޓަލަށް ދާންވެގެން ނެވެ. ނަމަވެސް އޭނާ ހުއްޓެން ޖެހުނީ ފަހަތުން މީހަކު ގޮވާލިއަޑަށެވެ. ފަސްއެނބުރި ބަލައިލިއިރު ކުރިމަތީހުރި ކިއާރާފެނި ޝައިމަން ހުރީ ބުނާނެ އެއްޗެއްނޭނގިފައެވެ. ކިއާރާ ހާދަރީއްޗޭ އޭނާގެ ހިތަށް އެރިއެވެ. ކިއާރާލާފައި ހުރި ފެހިކުލައިގެ މަތިކޮޅާއި ކަޅުކުލައިގެ ލެގިންސް އޭނާއާއި ވަރަށް ގުޅެއެވެ. އިސްތަށިގަނޑު އޮތީ ކޮނޑުމައްޗަށް ވާގޮތަށް ގަތާލާފައެވެ. އާންމުކޮށް ހުންނަގޮތަށް ކިއާރާ ހުއްޓެއްކަމަކު ދުވަހެއްދުވަހަކަށް އޭނާރީތިވާހެން […]
ލޯތްބަކީ ހިތުން ފޮނުވައިދޭ ސިގުނަލެކެވެ. ކުރާ އިޢުލާނެކެވެ. ހިތުގައި އުފެދޭ ވަރުގަދަ ޠޫފާނެކެވެ. މި އިޢުލާނުގެ އަޑު ނާހާ މީހާއަކީ މޮޔައެކެވެ. މި ތޫފާނަށް ފިލަން އުޅޭނީވެސް ކަނޑުކޮހެކެވެ. އުފަލުގައި އުޅެވޭނީ ތިމާދެކެ ލޯބިވާ މީހަކާ ގުޅިގެންނެވެ. މިކަން މިހާރު އަހަންނަށް ވިސްނިއްޖެއެވެ. މީގެ ދެއަހަރު ކުރިން، ޔަމާނީއާއި ދެމީހުން ލޯބީގެ ގޮތުން ގުޅުނީ ކޮންމެހެން އަހަރެން ބޭނުންވެގެންނެއް ނޫނެވެ. އަހަރެން ދެކެ ވާލޯތްބެއްގެ ބުޑުކަމުން ޔަމާނީ ކުރަމުން އައި އާދޭހަށެވެ. އެކަމަކު އެނގޭހެއްޔެވެ؟ ރައްޓެހިވެގެން ދުވަސްކޮޅެއް […]
” ކުރެހުންތައް ވަރަށް ރީތި.. އަހަރެންގެ ފޯން ގައި ހުންނާނެ ހުރިހާ ކުރެހުންތަކެއްގެ ފޮޓޯ.. އެހެން މީހަކަށް ފެންނަން ބޭނުން ނޫންނަމަ އަހަރެންނަށް އެއްޗެއް ކުރަހަދީ…” ކައިޒާންގެ އެކުރު ބަސްކޮޅުގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އާޝާގެ ރީތި ތުންފަތުގައި ހިނިތުންވުމެއް ފާޅުވިއެވެ. ނަމަވެސް އާޝާގެ ހުއްދަ އާއި ނުލާ އޭނަގެ ކުރެހުންތަކުގެ ފޮޓޯ ނެގުމުން އާޝާ، ކައިޒާން އަށް އެއްވެސް އެއްޗެއް ކުރަހަދޭކަށް އާޝާ ބޭނުމެއް ނުވިއެވެ. އާޝާ އިންތިޒާރު ކުރަމުން ދިޔައީ ގޭގެ ބެލް އަޅާނެ […]
( ސަޕްރައިޒް ހުރިހާ ކުދިންނަށް.. މިއޮތީ ޒާރާ ވާހަކައިގެ 9 ވަނަ ބައި.. ? ) *************************** ކުރީގެއަދަދާއި ގުޅޭ: ” ރިޝްވާންވެސް ފަހުން އަހަންނާއި ލޯބީގެ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނުވި.. ރިޝްވާން ބުނާ ތަންތަނަށް ނުދެވޭތީ ގިވްއަޕް ކުރީއޭ ބުނީ.. ޓަޔަޑްވީއޭ.. އެހެންވެ އަހަރެންގެ ހިތުގައި ރިޝްވާންއާމެދު ކިރިޔާ ލޯތްބެއް އުފެދުނުތަނާހެން އަހަންނަށް ރިޝްވާންވެސް ގެއްލުނީ.. ރިޝްވާން ބޭނުންވީ ރައްޓެހިކަން ބާއްވަން.. އެކަމަކު އަހަރެންނަށް ކަމުދާ މީހުންނާ ރައްޓެހިކަން ބޭއްވުމަކީ އަަހަންނަށް އެހާ ފަސޭހަކަމެއް […]
އެހެންޏާވެސް ފަތިހު ހޭލާގަޑިއަށް މިއަދުވެސް ކިއާރާ ހޭލިއެވެ. ރޭގަވީ ކަންތައް އެއްވެސް ވަރަކަށް ހަނދާން ހުރި ހެނެއްހިޔެއްނުވެއެވެ. ނަމާދު ކޮއްލައިގެން ކޮފީބޯން ފޭބިއިރު ފައިނާނޫން އެކަކުވެސް އަދި ތިރިޔަކަށް ނުފައިބައެވެ. ކިޔާރާ ފެނުމުން ފައިނާ ކުޑަކޮން ހައިރާންވެސް ވިއެވެ. ނަމަވެސް އިތުރަށް އެވާހަކަ ދައްކާކަށް ގަސްތެއް ނުކުރެއެވެ. ކިއާރާ އައިސް ފުރަތަމަވެސް ހުޅުވާލީ ފްރިޖްއެވެ. އެއަތެރޭގައި އިން ކޭކް ފެނުމުން ރޭގައި ވެގެން ދިޔަ ހުރިހާކަމެއް ހަނދާންވެގެން ދިޔައެވެ. އެހެންވެ ލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނަގައެވެ. […]
“ޝަރަފް!” އަފާފް ގޮވާލި އަޑަށް ޝަރަފްގެ ފައިގައި ތަޅު އެޅުވުނެވެ. މޭތެރޭގައި ވޭންއަޅަމުން ދިޔަ ހިތަށް ލިބުނު ސިހުމާއެކީ އޭނައަށް ފަސްއެނބުރި ބަލާލެވުނެވެ. އެ ހިނދު އަފާފް ހުރީ ކޮޅަށް ތެދުވެ އޭނަ ހުރި ދިމާލަށް ނަޒަރު ހުއްޓައިގެންނެވެ. އަފާފް ބުނާނެ އެއްޗަކަށް ޝަރަފަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވުނީ އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް އަފާފް ބޭނުން ގޮތަކަށް އޭނަގެ ހިތް ކުދިކުދިކޮށްލަން ދޫކޮށްލަމުންނެވެ. އެހެނަސް އަފާފް ދެން ބުނެލި ބަސްތަކުން ޝަރަފަށް ލިބުނީ ޙައިރާންކަމެކެވެ. “ޝަރަފް […]