ބައްޕަ އެހެން ބުނުމާއިއެކު ދެރަވެފައިހުރެ ބީނިޝް އަވަހަށް އެތަނުން ދިއުމައްޓަކާ ހިގައިގަތެވެ. ބަޝީރް ވެސް ގްރައިޝާ އާއި ދިމާއަށް ނުރުހުން ތެރިކަމާއިއެކު ބަލައިލަމުން، އެއްވެސް އެއްޗެއް ނުބުނެ ބީނިޝްގެ ފަހަތުން ހިގައިގަތެވެ. ********************************************************************************** ބަޝީރް، ބީނިޝްގެ ކޮޓަރީގެ ދޮރުހު ހުޅުވައިލީއިރު، އެނދުގެ އެއްކައިރީގައި ބީނިޝް އިށީންދެ، އިސްޖަހާލައިގެން ހުރިތަންފެނުނެވެ.ދަރިފުޅުގެ މާޔޫސީ މޫނު ފެނި ބަޝީރް ހިތް ރޯލިއެވެ. ބަޝީރް މަޑުމަޑުން ކޮޓަރިއަށް ވަދެ ދޮރު ޖަހާލުމަށްފަހު، ބީނިޝް ކައިރިއަށް ހުއްޓި ގޮވާލަމުން ބޮލުގައި ފިރުމާލިއެވެ. “ދަރިފުޅާ..” އެވަގުތު ހިޔާލަކަށް ގެއްލިފައި އިން ބީނިޝް ސިއްސައިގެން ގޮސް އިސްއުފުލާލީ އޭނާގެ ބައްޕަ ބޮލުގައި ފިރުމާލުމުންނެވެ. ބީނިޝް އަވަސް އަވަހަށް ލޮލުގެ ކައިރީގައި ހުރި ކަރުނަތަށް ފުހެލާ، ބައްޕައަށް ހިނިތެވް ވެލީ އޭނާ ދެރަވެފައި ހުރިކަން ބައްޕައަށް އަންގަން ބޭނުން ނުވާތީއެވެ. ބަޝީރް، ބީނިޝް ކައިރީގައި އިށީންދެ، ދަރިފުޅުގެ ގައިގައި ބައްދާލަމުން ގެނެސް މޭގައި ލައްކޮށްލިއެވެ. ” ވަރަށް ދެރަވެފައިދޯ ތިހިރީ މަންމަ އެހެން ބުނީމައި… ބައްޕަ އަބަދުވެސް ބުނަމެންނު މަންމަ އެކަހަލަ އެއްޗިހި ބުންޏަސް ދެރަ ނުވާށޭ…” ބީނިޝްގެ ބުލުގައި ފިރުމާލަމުން ބަޝީރް ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. “އަޅުގަނޑު ދެރައެއް ނުވެއޭ ބައްޕާ…” އެހުރިގޮތައް ހުރެ ބީނިޝް ބުނެލިއެވެ. ” އެހެންތަ؟… އެންމެ ރަގަނޅު… ބައްޕަ ބޭނުން ދަރިފުޅާ ކުޑަ ވާހަކައެއް ދައްކާލަން….” އަނެއްކާވެސް ބަޝީރް ބުނެލިއެވެ. “އަޅުގަނޑަށް އިގޭ ބައްޕަ ތިދައްކަން އުޅޭ ވާހަކައެއް…” ބަޝީރް އާއި ދުރުވެލަމުން ފުޅާ ހިނިތެން ވުމަކާއިއެކު ބީނިޝް ބުނެލިއެވެ. އަދި ރަގަނޅަށް އެދަށް އަރާ ދެފައި ވަށްކޮއްލަމުން ވާހަކަދެއްކުމަށް ތައްޔާރުވެލިއެވެ. ބީނިޝްގެ މިއަމަލު ފެނުމުން ބަޝީރްގެ ގާތައް ހިނިއައިސް، ދަރިފުޅާއި އެއްބައިވެލުމުގެ ގޮތުން، ބަޝީރް ވެސް ބީނިޝް އާއި ކުރިމަތި ވާގޮތައް އެދަށް އަރައި ހަމަޖެހިލިއެވެ. “ހޫމްމް…. ދެން ބުނެބަލަ ބައްޕަ މިބުނަން އުޅެނީ ކީކޭ؟؟….” ވަރަށް މަޖާ ވެފައިހިރެ ބަޝީރް އޭނާގެ ދަރިފުޅާއި ސުވާލު ކޮށްލިއެވެ. ” ނީޝް ކައިރީގައި ބައްޕަ ބުނަން ތިއުޅެނީ، އަބަދުވެސް ވަރަށް ހިތްވަރުގަދަ ވާންނެއޭ،….. މަންމަ ރުޅިން އެއްޗެކޭ އެހެން ބުނެވުނަސް މަންމަ ވަރަށް ލޯބިވާނެއެ ނީޝް ދެކެ،…… ބައްޕަ އަބަދު ކައިރީގަ ނުހުންނާނެއޭ އެހެންވީމަ އެކަނި އުޅެން ދަސްކުރަންވާނެއޭ،…. ވަރަށް ބަސްއަހަން ވާނެއޭ…. އެކަހަލަ ބައިވަރު ވާހަކަ….” ފޯރި އާއި އެކު ބީނިޝް ވާހަކަ ދައްކައި ނިންމައިލީއިރު ބަޝީރް އަށް ހުރެވުނީ ހީލަހީލަ އެވެ. މިކުއްޖާ އަދިވެސް ބޮޑެއްނުވެއޭ ބަޝީރްގެ ހިތަށް އެރިއެވެ. “ދަރިފުޅު ހާދަ މޮޅޭ…” ލޮއިބާއި އެކު ބީނިޝްގެ ކޮލުގައި ހިފައިލަމުން ބަޝީރް ބުނެލިއެވެ. “އިގޭނެ އެއްނު… ތީ ބައްޕަ ބޭރަށް ގޮއްސަ އަންނަ ކޮންމެ ފަހަރަކު ދައްކަވާހަކަ އެއްނު… އެހެންވީމައޭ އަޅުގަނޑަށް އިގެނީ….” ހަމަ ކުރީގެ ހުރި ރާގުގައި ބީނިޝް ބުނެލިއެވެ. “އެންމެ ރަގަނޅު…. ދެން އާދެ އަވަހަށް އޮށޯނަން… މިހާރު މާ ލަސްވެއްޖެ…..” އެއްފަރާތަށް ގޮސް އެދުގައި ކުޑަކޮށް ލެގިލ،ާ ހަށިގަނޑު ދަމާލަމުން ބަޝީރް ބީނިޝް ކައިރީ ބުނެލިއެވެ. ބަޝީރް އެހެން ބުނުމާއި އެކު އަވަސް އަވަހަށް އައިސް ބީނިޝް އޭނާގެ ބައްޕަގެ އަތުތެރެއަށް ވަދެ އޮށޯވެލިއެވެ. “ބައްޕާ އަޅުގަނޑު ވާހަކައެއް އަހާލަންތަ؟…” ބީނިޝްގެ ބޮލުގައި ފިރުމަމުން ދިޔަ ބަޝީރް އޭނާގެ ދަރިފުޅު މޫނަށް ބަލައިލާ ހޫމް ލައްވާލީ ދަރިފުޅުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތންނެވެ. …. ނުނިމޭ….
“ދަރިފުޅަށް ވެސް އެގޭނެ އަދި. މަޑުކޮއްލާ” އައިކަލް ގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. ޑްރައިވަރ އައުމާއެކީ އައިކަލް އޭނާގެ ދަރިފުޅާއެކީ ކާރަށް އެރިއެވެ. އޭރުވެސް ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ރަސްކަން ކުރަމުން ދިޔައެވެ. އޭނާ ފުރަތަމަ ބޭނުންވީ ޔުއާން ވިޔަފާރީގެތެރެއަށް ވެއްދުމަށެވެ. އެހެންނަމަވެސް ޔުއާން ގެ ވިސްނުން ތަފާތުވެފައި އެކަމަށް ޝައުގުވެރިކަން ނެތުމުން އޭނާ އެ ވިސްނުން ދޫކޮއްލިއެވެ. އެހެންނަމަވެސް އާއިކް އެކަމާ ގަޔާވާތީ އޭނާ ހުރީ ހިންހަމަޖެހިގެންނެވެ. އޭނާ އަށް ފަހު ވެސް ވިޔަފާރި […]
މީހަކާއެކީ ދިރިއުޅުމެއް ފަށަނީ ލޯބިދީ، އަޅާލައި، ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކަމެވެ. ޝަރަފްގެ އެ އެންމެ ބީހުމުން ވެސް ޝަރަފް އެ ހުރިހާ ކަމެއް އޭނައަށްޓަކައި ކޮށްދޭނެކަން އަފާފަށް ޔަޤީންކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. މިސްކިތުން ނިކުންނަން ދިޔައިރު ސިޑިތަކާއި ހަމަވުމުން ޝަރަފް އޭނަ އިތުރަށް ގާތްކޮށްލަމުން މަޑުމަޑުންނޭ ނުހަނު ގާތުން ބުނެލި އަޑަށް އަފާފްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ޝަރަފް ނުހަނު ފަރުވާތެރިކަމާއެކީ ބައްޕަ އޭނަ ގެންދާ ވަރަށްވުރެ ވެސް ލަހުން އޭނަ ގެންދިޔަ ގޮތުން އަފާފަށް […]
އަޝްވިންއަށް މިވަމުންދާ މަންޒަރު ފެނި ހިންދުއަށް ދުރުގައި ހުންނަން ވަރަށް އުދަގޫވިއެވެ. ދެންމެ ދެކެވުނު ވާހަކަތަކާއި މިހާރު އަޝްވިންގެ މޫނުމަތިން ފެންނަމުންދާ ކުލަވަރުން ކަންތައް ވަރަށް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވުނެވެ. އެހިތަށް ލިބިފައިވާ ޒަހަމްތަކުގެ ފުންމިން އަމިއްލައަށް އަންދާޒާނުކުރެވޭނެކަން ހިންދުއަށް އެގުނެވެ. ނަމަވެސް އޭނާ ކުރާނީ ކީއްހެއްޔެވެ؟ އަޝްވިން ފާރުގައި ޖެހި ކޮންމެ ފަހަރަކު އޭގެ ތަދު އިހްސާސްވީ ހިންދުގެ ހިތަށެވެ. އެހެންމީހަކަށްޓަކައި އަޝްވިންގެ ހިތުގައި ރިއްސަމުން ދާ އިރު އަޝްވިންއަށްޓަކައި އޭނާގެ ހިތް އެދެނީ ބޭގަރާރުވަމުންނެވެ. […]
ވަރުބަލިވެފައިވާ ހަށިގަނޑަކާއި އެކީ ނިދިފައިވާ އަޝްވާއަށް ހޭލެވުނެވެ. އޭރު މުޅި ކޮޓަރީގައި ވަނީ ފަޑު އައްޔެކެވެ. ވަރަށް އުދަގުލުން ކަހަލަ ގޮތަކަށް އަޝްވާ ތެދުވާން މަސައްކަތް ކުރަން ފެށިއެވެ. ބޮލުގައި އަތް އަޅާއިގެން އަޝްވާއަށް ކޮޅަށް ތެދެވެވޭވަރު ވިއެވެ. އަޝްވާ ދެތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބޯ އަބުރައި ގަންނަ ގޮތް ވިއެވެ. އެހީއަށް އެދެވޭނެހާ ހިތްވަރެއް ނުލިބި އަޝްވާ ވެއްޓެމުން ދިޔައެވެ. ދެންވާނީ ކިހިނެތް ކަމެއް ނޭނގޭ ހާލު […]
މިހާރު ޝައިމްގެ ކައިވެނީގެ ހަފުލާއަށް ޒީނަތްތެރި ކޮށްފައިވާ ޓެރަސްގައި ދެފަރާތުގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ހަރަކާތްތެރިވަމުން ދިޔައެވެ. އަލަތު ކައިވެނީގެ ގޮށް ޖެހުނު މަލަކާއާއި ޝައިމް އެއްމެނާއި ސަލާމް ކުރަން އެއްފަރާތުގައި ތިބި އިރު މެހުމާނުންގެ ފޮޓޯ ނެގުމުގައި ކާއިން އަވަދިނެތި އުޅެމުން ދިޔައެވެ. ކާއިންއަކީ ޝައިމްގެ އެއްމެ ގާތް ރަހުމަތްތެރިއާއެވެ. ޝައިމްއަށް ލޯބި ހޯދަން ދިމާވި ދަތިތަކުގައި އޭނާއަށް އެހީވެ ދިނުމަށް ކާއިން ދިވެހިރާއްޖެއަށް އައިސްގެން އެއުޅެނި އޭނާ ކިޔަވަމުންދާ އެމެރިކާގެ ކޮލެޖުގެ ޗުއްޓީ ދުވަސްކޮޅާއި […]
ހަވީރުގެ ވަގުތެވެ. ނީލާ ހުރީ ޓެރަސްމަތީގައި ހުރި ގަސްތަކަށް ބަލާށެވެ. ހަތްބުރިއަށް ނަގާފައިވާ އެ އިމާރާތުގައި ނީލާމެން ދިރިއުޅެމުންދަނީ އެންމެ މަތީ ބުރީގައި ކަމުން އެހެން ހުރިހާ ބައިތަކެއް ވަނީ ކުށްޔަށް ދީފައެވެ. އެންމެ މިޒަމާނުގެ ފެންވަރަށް ހަދާފައިވާ އެ އިމާރާތައް އެމަގުން ހިނގާ ކޮންމެ މީހަކުވެސް ބަލާލަނީ އެފަދަ އިމާރާތެއްގައި އުޅުމުގެ ނަސީބު ލިބޭނެނަމައޭ ހިތަށް އަރަމުންނެވެ. އެ އިމާރާތް ޑިޒައިންކޮށްފައިވާލެއް ފުރިހަމަ ކަމާއެއްވަރަށް ލާފައިވާ ވައިލެޓް ކުލައިގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނެސް […]
“ފޯނު އަތަށް ނަގައިގެން ކިހިނެތް ވެފައި ތިއިނީ” އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން، އުނގުމަތީ އޮތް ބާލީސް މަތީ އޮތް ފޯނަށް ގެއްލިފައި އިން ހިންދު ފެނިފައި ރީމް އަހާލިއެވެ. “މިއުޅެނީ އަޝްވިންއާއި ވާހަކަ ދައްކާނެ ގޮތެއް ނޭނގިގެން. އަހަރެން ތެންކުޔޫ މެސެޖެއް ފޮނުވީމަ އޭނަ ރިޕުލައި ކުރީ “އެނީޓައިމް ” އޭ ކިޔާފަ.. ރީމް ބުނެބަލަ އަހަރެން ކީކޭތަ ކިޔަންވީ” ބޯ އަރިކޮށްލައި ރީމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ދެން ލިޔޭ.. އައި ލަވް ޔޫ.. ލެޓްސް […]
އަސުރުން ތިރިވި ފަހުން ފެށިގެން ބޯކޮށް ވާރޭ ވެހުމަށްފަހު މިހާރު ވިލާތައް ކެހި އުޑުމަތި ސާފުވާން ފައްޓައިފިއެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް މަރުހަބާ ކިޔަމުން އަލްވަދާއު ކިޔަން ތައްޔާރުވަނީއެވެ. އުޑުގެ ކޮންމެ ދިމާލަކުންވެސް ވީ އެއްމެ ރީތި ކުލައެއް ދިއްލޭތޯ މަސައްކަތް ކުރަމުން އެބަދެއެވެ. ގުދުރަތީ ރީތި މަންޒަރަކުން އެއްމެންނަށް އާޝޯހުކަން ގެނެސްދެމުންނެވެ. ހުޅުމާލެއިން މާލެއަށް ދަތުރު ކުރަމުން ދިޔަ ފެރީގައި އަޝްވިން އިނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަޝްވާއާއި ޖެހިގެންނެވެ. ހުޅުމާލޭގައި […]