Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ފަންސަވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 16, 2018 4 Mins Read
16 Comments

“ޝަރަފް!” އަފާފް ގޮވާލި އަޑަށް ޝަރަފްގެ ފައިގައި ތަޅު އެޅުވުނެވެ. މޭތެރޭގައި ވޭންއަޅަމުން ދިޔަ ހިތަށް ލިބުނު ސިހުމާއެކީ އޭނައަށް ފަސްއެނބުރި ބަލާލެވުނެވެ. އެ ހިނދު އަފާފް ހުރީ ކޮޅަށް ތެދުވެ އޭނަ ހުރި ދިމާލަށް ނަޒަރު ހުއްޓައިގެންނެވެ. އަފާފް ބުނާނެ އެއްޗަކަށް ޝަރަފަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވުނީ އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް އަފާފް ބޭނުން ގޮތަކަށް އޭނަގެ ހިތް ކުދިކުދިކޮށްލަން ދޫކޮށްލަމުންނެވެ. އެހެނަސް އަފާފް ދެން ބުނެލި ބަސްތަކުން ޝަރަފަށް ލިބުނީ ޙައިރާންކަމެކެވެ.

 

“ޝަރަފް ތިދަނީ ބައްޕަ އެދުނު އެދުމަށް ޖަވާބެއްނުދީއެއްނު؟” އަފާފް ފެންކަޅިވެފައިހުރެ ތުރުތުރު އަޅަމުން ދިޔަ އަޑަކުން އަހާލިއެވެ. އެ ސުވާލުން އެންމެންނަށް އެއްވަރެއްގެ ޙައިރާންކަމެއް ލިބުނެވެ. ޝަރަފަށް އެ ބުނި އެއްޗެއްގެ މާނަ އެނގެން އުޅެނިކޮށް އަފާފް އޭނަގެ ބަސްތައް ސާފުކޮށްލަދިނެވެ.

 

“ޝަރަފް އަހަންނާއެކީ މުޅި ދިރިއުޅުން ވޭތުކުރަން ބޭނުންވޭތަ؟” އަފާފް މަޑުމައިތިރި އަޑަކުން ކޮށްލި ސުވާލުން ޝަރަފްގެ އަނގައިން ނިކުތް ލުއި އާހެއްގެ އަޑާއެކީ އޭނަގެ ލޮލަށް ތާޒާ ކަރުނަތަކެއް ޖަމާވެގެން ދިޔައެވެ. މިފަހަރު އެ ދެލޯ ފުރިގެން ދިޔައީ އުފާވެރިކަމުގެ ކަރުނަތަކަކުންނެވެ. އޭނަ ވަގުތުން ދިގު ފިޔަވަޅުތަކެއްގައި އަފާފް ކައިރިއަށް ގޮސް އޭނަގެ ގައިގައި ބައްދާލަމުން އެ ސުވާލުގެ ޖަވާބު ދޭން ބޭނުންވިއެވެ. އަފާފްގެ މޫނުމަތިން މާޔޫސްކަމަކާއި ވަރުބަލިކަމެއް ފެނިގެން ދިޔުމުން ޝަރަފްގެ ހިތަށް އުނދަގޫވިއެވެ. ހަމަ އެ ހިނދު އަފާފް އޭނަދެކެ ލޯބިވާ މިންވަރު އޭނައަށް އިޙްޞާޞް ކުރެވުނެވެ. މިއަދު އަފާފް އޭނައާއެކީގައި މުޅި ޙަޔާތް ވޭތުކުރަން ބޭނުންވާ ވާހަކަ ހާމަކޮށްފައި އެވަނީ މަޢާފު ނުކުރެވޭނެފަދަ ކުށަކަށްޓަކައި އޭނައަށް މަޢާފުދީފައެވެ. އަފާފްގެ އެ ޢިޝާރާތުން ވެސް އޭނަގެ ހިތުގައި ޝަރަފަށްޓަކައިވި އިޙްޞާޞްތަކުގެ ފުންކަން ޝަރަފަށް އިޙްޞާޞް ކުރެވުނެވެ.

 

ދެ ހިތެއްގެ ދެމެދުގައި ހިނގަމުން ދިޔަ ޖަޒުބާތުތަކަށް މެދުކެނޑުމެއް އައީ ހުސެއިން ވާހަކަ ދައްކަން ފެށުމުންނެވެ.

 

“އަފާފް ކީކޭތަ ތި ކިޔަނީ މިހާރު؟ އަދިވެސް މީނައާތަ އިންނަން ތިއުޅެނީ؟! މިއީ ބޮޑު މުޖުރިމެއް. އަފާފަށް މިއަދު ތި ޙާލަތު ކުރިމަތިވެފައިވަނީ މީނަގެ ސަބަބުން. މީނަގެ ބަސްތަކަށް އަފާފްވެސް ހެއްލުނީތަ؟” ހުސެއިން ނުރުހުންތެރިކަމާއެކީ އަފާފާއި މުޚާތަބު ކުރިއެވެ.

 

“އަހަރެން ނުހެއްލޭ ބައްޕާ. އަހަންނަށް މާ ރަނގަޅަށް ޙަޤީޤަތް ފެންނަނީ. ޝަރަފް ބޭނުންވިނަމަ އޭނައަށް އޭނަގެ ކުށުގެ ވާހަކަ ނުބުނެ ފަސޭހައިން އަހަންނާ އިނދެވުނީސް. އޭގެ ސަބަބުން އޭނައަށް ލިބިދާނެ ތަނަވަސް، ޢިއްޒަތްތެރި އުޅުން ވެސް އޭނައަށް އެނގިފަވާނީ. ލިބޭނެ ފައިސާގެ ޢަދަދު ވެސް ތަޞައްވުރުކުރެވިފަވާނީ. އަދި އޭގެ މައްޗަށް އަހަންނަކީ އޭނައަށް ކަމުދާ ކުއްޖަކީމު. އެކަމަކު އޭނަ އެ ހުރިހާކަމެއް ގެއްލުވާލަން ތައްޔާރުވެ ތަޤްވާވެރިކަމާއެކީ ޙަޤީޤަތް އެ ހާމަކުރީ. އަހަރެން އިންނަން ބޭނުންވަނީ އެފަދަ ތެދުވެރިއަކާ. ބައްޕަ އާއި މަންމަ މި ކައިވެންޏަށް އިންކާރު ކުރިޔަސް އަހަރެންގެ އިޙްޞާޞްތަކަށް ބަދަލެއް ނާންނާނެ. ވަރަށް ދެރަވާނެ ޝަރަފް ކަހަލަ މީހަކަށް ފަސްދެވުނިއްޔާ.” އަފާފް ވާހަކަ ދައްކާ ނިމުނުތަނާހެން، އަފާފްގެ ލޯ އަނދިރި ކުރީ މީނައޭ ކިޔާފައި ޝާދިޔާ އެ ވާހަކަ ތަކުރާރު ކުރަން ފެށީ އޭނައަށް އެއްޗެއް ވިސްނޭތޯއެވެ. ހުސެއިން ވެސް ކުއްލިއަކަށް ޝަރަފްގެ ނޭދެވޭ ވާހަކަތައް ހޯދައިގެން ދައްކަން ފެށީ އޭނަގެ އަތުގައި ހުރި ޓެޓޫގެ ވާހަކައިންނެވެ. އެހެނަސް އޭގެއިން އެއްވެސް ވާހަކައަކުން އަފާފްގެ އިޙްޞާޞްތަކަށް ބަދަލެއްނައެވެ. އޭނަ ހުސެއިނާއި ޝާދިޔާ ދެއްކި ކޮންމެ ވާހަކައަކަށް ޝަރަފް ދިފާޢުކުރަމުން ދިޔައެވެ. އެ މަންޒަރު ފެނިފައި ޝަރަފްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ އުފާވެރިކަމުން ފުރިގެން ދިޔަ ހިތެއްގެ ސަބަބުންނެވެ. އެންމެ ފަހުން ޝާދިޔާއާއި ހުސެއިން ނުރުހުންތެރިކަމާއެކީ އަފާފް ހުރިތާ ބަހައްޓާފައި ދެ ދިމާލަކަށް ދިޔުމުން ޝަރަފްގެ ހިތްދަތިވިއެވެ. ނޭނގި ނަމަވެސް އެމީހުން އަފާފް ދޫކޮށްލާފައި ދިޔުމުން ޝަރަފް ނުރުހުންވިއެވެ. އޭނަ އަފާފަށް އެހީވުމަށްޓަކައި ކުރިއަށް ފިޔަވަޅެއް އަޅާލި ވަގުތު އަފާފް ލަސްލަހުން އޭނައާއި ދާދި ގާތުގައި ހުރި ސޯފާއަށް ތިރިވެ އިށީނދެލިއެވެ. އޭނަ ދެން އިތުރަށް އެތާ ހުރެފިނަމަ އަތުން ފައިން ގޯހެއް ހެދިދާނެކަމުގެ ބިރު އޮތީތީ ޝަރަފް ހަމައެކަނި އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އަފާފަށް ފަސްދީފައި ދާން ހިނގައިގަތެވެ.

 

އެދުވަހު ދެ ހިތް ދުރުވެގެން ދިޔައެއްކަމަކު އެ ދެ ހިތުގައިވެސްވި އުއްމީދަށް ބަދަލެއް ނާދެއެވެ. ދެމީހުން ވެސް ރަނގަޅު ސަބަބުތަކަށްޓަކައި އެކަކު އަނެކެއްދެކެ ލޯބިވުމުން ﷲ އެމީހުންނަށްޓަކައި މަގެއް ފަހި ކޮށްދެއްވާނެކަމުގެ އުއްމީދު އެ ދެމީހުންގެ ހިތުގައވިއެވެ. ދެމީހުން އެދުވަހު ވަކިވެގެން ދިޔުމުން މާ ބޮޑު ހިތާމައެއް ނުކުރީ އެހެންވެއެވެ. ޝަރަފް އެދުވަހު ގެއަށް ގޮސް ނުހަނު އުފަލާއެކީ އެދުވަހު ކަންތައްވީ ގޮތް އޭނަގެ ދޮންތައަށާއި ބައްޕައަށް ކިޔައިދިންއިރު އަފާފަށް ވެސް އެރޭ ދޭތެރެދޭތެރެއިން ހިނިތުންވެވެމުން ދިޔައެވެ. އެހެނަސް އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް މަންމަމެންގެ ކުރިމަތީގައި އޭނައަށް އިނދެވެނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. ވާހަކަ ދައްކަން މަސައްކަތް ކުރިއެއްކަމަކު މަންމައާއި ބައްޕަ ޝަރަފްގެ ހަނދާންތަކުންވެސް ދުރުވުމަށް އޭނައަށް ވިސްނައިދޭން އުޅެމުން ދިޔައީތީ ފަހަކަށް އައިސް އަފާފަށް ހަމަ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެކަމަށްޓަކައި ދެރަވިއެއްކަމަކު އެކަން ޙައްލު ކުރުމަށްޓަކައި މަންމައާއި ބައްޕަ ޝަރަފަށް ހިތް ސާފުކޮށް އޭނައާއި ޝަރަފް ދެވުން ނޫންގޮތެއް ނެތްހެން އަފާފަށް ހީވަމުން ދިޔައެވެ. ޝަރަފާއި އިނުމުގެ ނިންމުމަށްޓަކައި އިސްތިޚާރާ ކުރަމުން ދިޔަ ވަރަކަށް އެ ހީ ޔަޤީނަކަށް ބަދަލުވެގެން ދިޔައެވެ. އޭނައާއި ޝަރަފް ވެސް އެއް ނިންމުމަކަށްޓަކައި ކުރަމުން ދިޔަ އިސްތިޚާރާގެ އަސަރުތައް އޭގެ ދުވަސްތަކެއް ފަހުން ދެމީހުންނަށް ވެސް ފެންނަން ފެށިއެވެ. މާ ގިނަ ދުވަހެއްނުވެ ހުސެރިއނާއި ޝާދިޔާއާ ދެމެދު އެމީހުންގެ ދަރިފުޅާމެދު ކަންބޮޑުވުން ފާޅު ކުރެވެން ފެށިއެވެ.

 

“އަފާފް މިރޭވެސް ހަމަ އެއްވެސް އެއްޗެކޭ ބުނެނުލާ ދޯ ކެއި ގަޑީގަވެސް؟ އަހަރުމެން ބުނި އެއްޗަކަށް ޖަވާބެއްދިނުމަށްޓަކައި ނޫނީ އެއްވެސް އެއްޗެކޭ ނުބުނޭ.” އެރޭ ވަރަށް ދަންވެފައި ވަނިކޮށް ހުސެއިން އޭނަގެ އެނދުމަތީގައި އިނދެ ބުންޏެވެ. އެ ވާހަކައަށް ޝާދިޔާ ޗޮއްކަނޑާލިއެވެ.

 

“އޭނަ ހަމަ ފޮނިވަނީ. ތިމަންނަ ބޭނުންވާ ގޮތް ނުވާނަމަ ތިމަންނަ ބޭނުންވާ ގޮތަށް ހަދަން ތިމަންނައަށް އެނގޭނެކަން ދެއްކޭތޯ އޭނަ އެ އުޅެނީ. މަށަށް އެނގެޔޭ އޭނަގެ ގޮތް.” ޝާދިޔާ އެނދު މަތީގައި ބެހެއްޓިފައި ހުރި ގަމީސްތައް ފަށްޖަހަމުން ރުންކުރު ރާގަކަށް ބުންޏެވެ.

 

“އެކަމަކު ކޮންމެ ގޮތެއްވިޔަސް އެއީ އަހަރުމެންގެ ދަރިފުޅު. މަށަކަށް ކެތެއްނުވާނެ މުޅި ޢުމުރަށް އަފާފް އަހަރުމެން ނިންމި ނިންމުމެއްގެ ސަބަބުން އަހަރުމެންނާ ދުރުދުރުން އުޅޭކަށް. އަފާފަށް އަނިޔާދިން މީހަކަށް އަފާފް އެވަނީ މަޢާފްދީފަ. ވީއިރު…….” ހުސެއިންގެ ވާހަކަ ފުރިހަމަ ނުވަނީސް ޝާދިޔާ ވާހަކަ ދެއްކިއެވެ.

 

“ހުސެއިން ކީކޭތަ ކިޔަން ތިއުޅެނީ؟ ހަމައެކަނި ހިތަށްވާ އުނދަގުލެއްގެ ސަބަބުން އަހަރުމެންވީ އަހަރުމެންގެ ދަރިފުޅު މިނިކާވަގެއްގެ ވަކި ތަކެއްގެ ތެރެއަށް އެއްލާލަންތަ؟” ޝާދިޔާ އިހުނަށްވުރެ ހަރު އަޑަކުން އެހިއެވެ.

 

“ނޫން ޝާދިޔާ. ނޭނގެ ކީއްވެކަމެއް އެކަމަކު އަހަންނަށް ވެސް ހީވަނީ ޝަރަފް ރަނގަޅުވާނެހެން އަފާފާއި އިންނަން. އޮފީހުގަ ވަޒީފާއަށް އަންނަން ފެށިފަހުން އަހަންނަށް އޭނަގެ ގޮތް އެނގުނީ. ވަރަށް މަޑުމައިތިރިކޮށް ހުންނަ ކުއްޖެއް އެއީ. ވަޒީފާއަށް އިޚްލާޞްތެރިވެފައި އެހެން މީހުންވެސް އިޚްލާޞްތެރިވުމަށް ސަމާސާވެރި ގޮތްގޮތަށް ނަޞޭޙަތެރިވާ ކުއްޖެއް. އޮފީހުގައި ވެސް ނަމާދު ވަގުތުވުމުން ނަމާދު ކުރާ ތެދުވެރި، އަމާނާތްތެރި ކުއްޖެއް. ހަމަ އަސްލުވެސް ޝަރަފަށް ފަސްދެވިއްޖެއްޔާ އަހަރުމެންނަށް ކުރެވޭނީ ބޮޑު ފާފައެއް. އޭގެ ނަތީޖާއެއްގެ ގޮތުން ދެން އަހަރުމެންގެ ދަރިފުޅާއި އިންނާނެ މީހަކު ފަހުން ނުވިއްޔާ ކިހިނެއް ހަދާނީ؟ ﷲ ގެ ޙަޟްރަތުގަ ކޮން ޖަވާބެއްދޭނީ؟” ހުސެއިން އެހިއެވެ.

 

“ދެން އެހެންވީމަ ހަމައެކަނި ހީވާ ހީވުމަކަށް ބުރަވެ އަފާފަށް ގެއްލުމެއް ދީފާނެ މީހަކާވެސް އަފާފާ ދެވަންތަ އަހަރުމެންވީ؟ އެކަން ކޮށްގެން އަފާފަށް ކަމެއްދިމާވާ ދުވަހަކުން އެއްވެސް މީހަކާ ދިމާލަށް އިނގިލި ދިއްކުރަން ނަހަދާތި! އެވާނީ ހަމައެކަނި ހުސެއިންގެ ކުށަކަށް!” ޝާދިޔާ އިންޒާރެއް ދޭ ފަދައަކުން ބުނެލިއެވެ. ހުސެއިން ފުން ނޭވައެއް ދޫކޮށްލިއެވެ.

 

” އެހެންވުމުގެ ފުރުޞަތު އޮތަސް އަހަރެން ބޭނުން އަދި އެއްފަހަރު ޝަރަފް އަފާފް ކައިރިއަށް އަންނަން. އަފާފް މޮޅުވާނެ މީހެއްގެ ގޮތް ދެނެގަންނަން ސުވާލުކުރަން. އެ ބައްދަލުވުންތަކުގައި ޝަރަފް ދޭ ޖަވާބުތަކަށް ބަލާފައި އަހަރެން ވެސް ގޮތެއް ނިންމަން ބޭނުންވަނީ.” ހުސެއިން އޭނަގެ ފަހުގެ ނިންމުން އިއްވުމުން ޝާދިޔާ ދެންވެސް ނުރުހުންވިއެވެ.

 

އޭގެ ދެދުވަހެއްހާ ދުވަސްފަހުން ޝަރަފްގެ ކެބިންގައި ހުރި ފޯނު މެދުވެރިވެގެން އަނެއްކާވެސް އަފާފާއި ބައްދަލުކުރުމަށް ޝަރަފަށް ދަޢުވަތު އެރުވިގެން ދިޔުމުން ވީ އުފަލާއެކީ އޭނަގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަފާފަށް ވެސް އެ ޚަބަރު ލިބިގެން ދިޔުމުން ވީ އެކަހަލަ ގޮތެކެވެ. އެއާއެކު ދެމީހުންގެ ހިތްވެސް ޙަމްދުން ފުރިގެންދިޔައީ ނާދިރުހެން ހީވާކަމެއް ވެސް ފަހި ކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ކަން ޔަޤީންވުމުންނެވެ.

 

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ޙަޔާތުގެ ސޮފުޙާ

Next

ހަމްސަަފަރް 6

Next
January 17, 2018

ހަމްސަަފަރް 6

Previews
January 16, 2018

ޙަޔާތުގެ ސޮފުޙާ

16 Comments!

  1. Jana says:
    January 16, 2018 at 11:25 pm

    އައްސަލާމްޢަލައިކުމް. ޖަނާ އަދި މި ބައި ދިގުކޮށްފަ މާދަމާ އަލުން އަޕްކޮށްދޭނަން އިން ޝާ ﷲ. ވަރަށް ބޮޑަށް މަޢާފަށް އެދެން ފަހަކަށް އައިސް މިހެންވާތީ. ވަރަށް ވަރަށް ބުރަކޮށް އުޅެމުން މިހާރު މި ލިޔަނީ. އެކަމަކު އިން ޝާ ﷲ މާ ގިނަ ދުވަހުގެ މެދުކެނޑުންތައް ނެތި ވާހަކަ ނިމެންދެން ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭތޯ މަސައްކަތް ކުރާނަން. އެކަމަށްޓަކައި ތިޔަ ކިޔުންތެރިންގެ ދުޢާތައް ވަރަށް ބޭނުން. މާތް ﷲ އަޅަމެންގެ ވަގުތުގައި ބަރަކާތް ލައްވައި އަޅަމެންނަކީ އަޅަމެންގެ ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ އަޅުންކަމުގައި ލައްވާށި! އާމީން!

    1. Rana says:
      January 17, 2018 at 12:33 am

      Aameen

  2. Afaaf says:
    January 16, 2018 at 11:29 pm

    Aadhayaa hilaafah mibai kuru

  3. Xxxx says:
    January 17, 2018 at 12:03 am

    Maasha Allah.v.furihama.???kurukoh vias genes dhineee thee Shukuriyyaa..anehbbaige inthizaaru gai..

  4. nikki says:
    January 17, 2018 at 2:09 am

    Masha allah story v rythi… Mi site ga liyaa vaahaka thakuge therein enme rythi vaahaka mee… yuh r an awsm writter…. May god bless yuh….

  5. shim says:
    January 17, 2018 at 6:40 am

    Keewe mi part eha kury? E oh kiya hithun kiyanikoh nimihje. ..desperately waiting for the next part… ?

  6. Sharaf says:
    January 17, 2018 at 8:10 am

    Haadhakurey varah dheravejje mihen veema

  7. Xaaan says:
    January 17, 2018 at 8:59 am

    މާޝާﷲ ވަރަށް ރީތި

  8. Pinky shifoo says:
    January 17, 2018 at 10:45 am

    Alhey haadha kiyaahithun indhaey e nimuny ??.. Maasha Allah mi part vx varah varah reethi ingey jana.. Thihaa bxy koh ulhemunvx vaahaka mivarahvx up kohdheythy varah varah bodah thanks to you jana.. Mee hama hageegathugavx varah reethi adhi varah iburaitheri vaahaka eh.. I loved it ❤️❤️??.. Waiting for next part..

  9. Aaan says:
    January 17, 2018 at 10:48 am

    V.reethi .jana thikuraa masakathugai Allah barakaai lavasi ameen.

  10. Sam says:
    January 17, 2018 at 10:59 am

    Masha allah varah reethi. Keep it up.

  11. Yaania says:
    January 17, 2018 at 11:28 am

    Masha Allah.. God bless you and your family.. Alhugandu abadhuvx Jana ge vaahaka thah kiyan.. ekm kuda mahsala eh dhimaavegn Miadhu mi “Noor” vaahaka ehkoh kiyaaly.. v furihama

  12. Nafoo says:
    January 17, 2018 at 8:53 pm

    Waiting for the next part vr reethi mi part ves I love this story

  13. Eyra says:
    January 17, 2018 at 8:54 pm

    Varah reethi

  14. Nafoo says:
    January 17, 2018 at 8:55 pm

    But maa kury

  15. Hu says:
    January 20, 2018 at 12:52 am

    Masha allhah jana kura huriha kamehge ves barkai lahvaashi mibaives hee nukutaha furihama

Comments are closed.


All Right Reserved!