Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާ ތިންވަނަ ބައި

aminath shiyaa Level 110 Stories
January 17, 2018 2 Mins Read
6 Comments

“އަޅުގަނޑަކަށް ނޭގޭ ކުރިން މިގޭގައި އުޅުނީ ކޮންބައެއް ކަމެއް. މިހާރު އަޅުގަނޑާ އަޅުގަނޑުގެ ދެދަރިންނާ މިގޭގައި އުޅޭތާވެސް މިވަނީ އަހަރެއް.”

އަންހެންމީހާގެ ވާހަކަތައް އަޑުއިވުމަށްފަހު އިތުރަށް އޮޅުންފިލުވާނެ ވާހަކަ އެއް ނެތުމުން ޝުކުރު އަދާ ކުރުމައްފަހު އެބުރި އައިކޮޅަށް ދިއުމަށްޓަކާ  ޔާން ހިނގައިގަތެވެ.

**********************************************

މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި ލަކުސްމީ އަވެދިނެތި ބަދިގޭގައި އުޅެއެވެ. ފަހަތުން ނަސީމާވެސް ލަކުސްމީއަށް ކަންތައްތައް ކުރަންޖެހޭގޮތް ބުނެދީ އަތް ގާތްކޮށްލަދީ ހަދަން އުޅެއެވެ. ގޭގައި މަސައްކަތު މީހުން ބަހައްޓާފައި ހުއްޓަސް ހުރިހާ ކަމެއް އެމީހުންގެ އަތްމައްޗަށް ދޫކޮންލައިގެން ހުންނަން ނަސީމާ ބޭނުންނުވަނީއެވެ. މޭޒުމަތީގައި ލަކުސްމީ ދޮންނަން ބަހައްޓާފައި ހުރި ދަށިތައް ހިފައިގެން ސިންކްއާ ދިމާލައް ހިނގައިގަތް ވަގުތު މީހަކު ދޮރުގައި ބެލް ޖަހާއަޑުއިވުނެވެ.

“ލަކުސްމީ ދޭބަލަ ބެލް ޖަހަނީ ކާކުތޯ ބަލައިލަން” ނަސީމާ ދޮންނަން ވެފައި ހުރި ތަށިތައް ސިންކްއަށް ލަމުން ލަކުސްމީ ކައިރީ ބުނެލިއެވެ.

ލަކުސްމީ ވަރަށް ކިޔަމަންތެރި ކަމާއެކު ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ދަތްޕިލަ ސޭލުއަޅުވައިގެން ޝާޔާއަދި ތިޔާ ހުއްޓެވެ. ކޮލްގެޓްގެ އިޝްތިހާރަކަށް އެމަންޒަރު ފުދޭނެއެވެ. ލަކުސްމީއަށް ކުއްލިޔަކަށް ޝާޔާ ފެނުމުން އުފަލުންގޮސް ނަސީމާއަށް ގޮވާލިއެވެ.

“މެޑަމް ، ޝާޔާ ބޭބީ!” ލަކުސްމީއަށް ތަކުރާރުކޮށް އެހެންބުނެވުނެވެ.

“ކީކޭތަ ލަކުސްމީތިކިޔަނީ؟” ނަސީމާއަށް ލަކުސްމީ ކިޔާއެއްޗެއް ސާފުނުވެގެން ލަކުސްމީ ހުރި ދިމާއް އައުމަށް ހިނގައިގަތެވެ. އަދި އެވަގުތު ލަކުސްމީއާ ޖެހިގެން ދާދި ކައިރީގައި ހުރި ޝާޔާ ފެނުމުން ނަސީމާގެ ދެލޯބޮޑުވިއެވެ. އަދި އެހާމެ އުފާވެސްވިއެވެ.

“ޝަޕްރައިޒް” މަންމައަށް ކުއްލިޔަކަށް ވީގޮތް ފެނި ޝާޔާގެ ގާތައް ވަރަށް ހިނިވެސް އައެވެ.

“ދަރިފުޅު ޝާޔާ! ހަމަ ދަރިފުޅުތަމީ، ކީއްވެ މަންމަމެންނައް އަންގާވެސްނުލާ ތިޔައީ؟”

“އަޅުގަނޑު އަންގާލާފައި އައިނަމަކާ މަންމަ ތިހާ ޝަޕްރައިޒް ވެފައި ހުއްޓަ ނުފެންނާނު”. ޝާޔާ މަންމަގެ ހިއްހަމަޖައްސާލަ ދެމުންބުންޔެވެ.

“ތިޔާ އެކޮޔައް އެގޭދޯ ޝާޔާ އަށްނަކަން ؟ ކީއްތަވާނީ އަޅެ ދައްތަ ކައިރީ ބުނެލަން” ޝާޔާއާ ޖެހިގެން ހެވިފައި ހުރި ތިޔާއަށް އިޝާރާތްކޮށް ނަސީމާ ބުނެލިއެވެ.

“މަންމާ އަޅުގަނޑު ބުނިއްޔޭ ތިޔާކައިރީ މަންމަމެން ކައިރީ ނުބުނާށޭ އަޅުގަނޑު އަންނަ ވާހަކަ” ޝާޔާ ތިޔާގެ ދިފާއުގައި ކަންތައް ވީގޮތުގެ ވާހަކަ މަންމަ އަށް ކިޔާދިނެވެ.

“އެންމެ ރަންގަޅޭ، ދަރިފުޅު މިހާދުވަހައްފަހު ފެނުމުން މަންމަ ވަރަށް އުފާވެއްޖެ” ނަސީމާ ޝާޔާގެ ގައިގައި ލޯބިން ބައްދާލިއެވެ. ނަސީމާގެ ދެލޮލުން އުފާވެރި ކަމުގެ ކަރުނަ ފާޅުވެވޭ ހުއްޓެވެ. އެހާ ގިނަދުވަހައްފަހު ދަރިފުޅާ ދިމާވުމުން މައިވަންތަ ކަމުގެ ކުލުނު އުތުރެންފެށިއެވެ.

“މަންމާ ކޮބާތަ ބައްޕަ؟” ޝާޔާ ގޭތެރެއަށް ނަޒަރު ހިންގާލަމުން ބައްޕަ ފެންނަން ނެތުމުން ނަސީމާކައިރީ އަހާލިއެވެ. ޝާޔާގެ ބައްޕަ ލަބީބްއަކީ މާލޭގެ ނަންމަސްޙޫރު ވިޔަފާރިވެރިންގެ ތެރެއިން ހޮވާލެވޭނެ މީހެކެވެ. ލަބީބު ނުދަންނަ މީހެއް މަދުވާނެއެވެ.

“ބައްޕަ ވެއްޖެ ހުޅުމާލެއަށް ގޮސް، މިހާރު ހުޅުމާލޭގަ އަޅަން ހަމަޖެހިފައިވާ ހޮޓެލްގެ ކަންތައްތައް ނިންމަންހެން މަންމައަށް ހީވަނީ” ނަސީމާ ޝާޔާގެ ގައިގައި ފިރުމާލަމުން ލަބީބު ވީ ކޮންތާކުކަން ބުނެދިނެވެ. އަދި ލަކުސްމީ ކައިރީ ކަމާލައް ގޮވާ ޝާޔާގެ ފޮށިތައް ކޮޓަރިއަށް ވެއްދުމައް ބުންޔެވެ. ކަމާލަކީ ނަސީމާމެންގެ ވަރަށް ދުވަސްވީ ވަފާތެރި ނޯކަރެކެވެ.

ނަސީމާ ޝާޔާ އަދި ތިޔާ ގޮވައިގެންގޮސް ސިޓިންރޫމްގައި ހުރި ސޯފާގައި އިށީނިއެވެ. ތިޔާ ކައިރީ ގެއަށް ދާންވާނީ މިޔަދު އެގެއިން ކައިގެންކަމުގި ބުންޔެވެ. އެހެންކަމުން ތިޔާވެސް ނަސީމާދިން ދައުވަތު ގަބޫލުކުރިއެވެ. ޝާޔާ ބޭރައް ކިޔަވަން ދިޔަފަހުން ތިޔާއަށްވެސް ނަސީމާމެން ކައިރިއަށް އާދެވެނީ ވަރަށްމަދު ފަހަރަކުއެވެ.

މެންދުރުގެ ކެއުން ނިންމާލުމައްފަހު ތިޔާވެސް މާދަމާ ޝާޔާއާ ބައްދަލު ކުރާނެ ކަމަށްބުނެ ގެއަށްދިޔައެވެ. ޝާޔާ ވެފައި ހުރި ވަރުބަލިން މަންމަ ކައިރީ ނިދާލާ އަރާމުކޮށްލާހަދާލަން ދަނީކަށް ބުނެ ކޮޓަރިއަށް ވަނެވެ.

އެއީ މީގެ ފަސްއަހަރު ކުރިން ދޫކޮށްފަ ދިޔަ ޝާޔާގެ ކޮޓަރިއެވެ. ގަދަ އަދި މަޑު ދަބުކުލައިގެ ފާރާ މަޑު ފެހިކުލައިގެ ދޮރުފޮތިގަނޑުން ކޮޓަރީގެ ރީތިކަން ދައްކުވާދެއެވެ. ކޮޓަރީގެ އެއްފަރާތެއްގައި ފޮތްތައް ބެހެއްޓުމައްޓަކާ ހަރެއް ހުއްޓެވެ. އަދި ތަފާތު އެކި އެއްޗެހިން މުޅި ކޮޓަރިތެރެ ޒީނަތްތެރިކޮށްފައި ހުއްޓެވެ.  އެއްމެ ފަހުގެ ފަރުނީޗަރ ތަކެވެ. ވެފައި ހުރިވަރުބަލިން އެދުގައި ޖައްސާލުމާއެކު ވަރަށް ފަސޭހައިން ޝާޔާއަށް ނިދިއްޖެއެވެ.

ޔާން ދާން އިތުރު ތަނެއް ނެތުމުގެ ސަބަބުން މ.ބުލޫމާގެއާ މާދުރުނޫން ބިސްބުރަށް ފޮށިތައް ހިފައިގެން ގޮސްއިނެވެ. ފުންވިސްނުމެއްގައި އިދެ އަވަސްހަރަކާތާއެކު ޖީބުން ފޯނުނަގާ މަންމައަށް ގުޅާލިއެވެ. އެކޮޅުން ފޯނުނެގުމާއެކު ހިތްއަވަސްވެ ވާހަކަ ދައްކަން ފެށިއެވެ.

“ހަލޯ މަންމާ ކޮންތާކުތިއުޅެނީ؟” ޔާންއަށް ވަރަށް ބާރައް މަންމަ އަށް ގޮވާލެވުނެވެ.

“ދަރިފުޅާ ޔާން ދަރިފުޅު ރާއްޖެ އައީތަ؟” ހުސްނާއަށް ޔާންގެ އަޑު ފޯނުން އިވުމުން ގަބޫލުކުރަން ދަތިވެފައި އިދެ އަހާލިއެވެ.

“މަންމާ އަޅުގަނޑު މަންމަ މެންނައް ވީގޮތެއް ނޭގިގެން މީނީ ހަސްވެފައި. އަޅުގަނޑު ކިޔެވުން ނިންމާލައިގެން މާލެ މިއައީ މަންމަ މެންނަށް ސަޕްރައިޒްއެއް ދޭންވެގެން ، އެކަމަކު ސަޕްރައިޒް މިލިބުނީ އަޅުގަނޑަށް، ގެއަށް ދިއުމުން ގެއިން ދިމާވީ އެހެން ބަޔާކާ އެހެންވެ ހާސްވެގެން އަވަހައް މަންމަ އަށް މިގުޅީ”. ޔާން ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ.

ހުސްނާއަށް ލޯބިވާ ދަރިފުޅުގެ ވާހަކަތައް އަޑުއިވުމައްފަހު ލޮލުން ކަރުނަތައް އޮހިގެންދިޔައެވެ. އެހިތައް ކެއްކުރަން އުދަގޫވީއެވެ. މަންމަގެ މަޑު ގިސްލުމުގެ އަޑު ފޯނުން އިވުމުން ޔާން އިތުރަށް ހާސްވިއެވެ.

-ނުނިމޭ –

Share Article

Follow Me Written By

aminath shiyaa

Level 110 Stories

Other Articles

Previous

ހަމްސަފަރް 7

Next

އެކަނިވެރިކަން 1

Next
January 17, 2018

އެކަނިވެރިކަން 1

Previews
January 17, 2018

ހަމްސަފަރް 7

6 Comments!

  1. Naishaa says:
    January 17, 2018 at 4:02 pm

    Salhi when is a next part

  2. Hudha says:
    January 17, 2018 at 4:27 pm

    Anehbai neh handhaanves mihaa dhuvas veema

  3. Pinky shifoo says:
    January 17, 2018 at 8:12 pm

    Nice ??.. Next part avahah genesdhehchey plxx

  4. Hush says:
    January 17, 2018 at 9:11 pm

    Mihaar maa gina dhuvas vany upload kuran thankolheh avahah upload kohdhyba??? mi partves v salhi

  5. aminath shiyaa says:
    January 18, 2018 at 11:07 am

    Dhen vaahaiga huri baithah v avahah up kohdheynan inshaa allah… thank you ????

  6. Misha says:
    March 26, 2018 at 11:05 am

    Salhi ..keep going.!

Comments are closed.


All Right Reserved!