” ކުރެހުންތައް ވަރަށް ރީތި.. އަހަރެންގެ ފޯން ގައި ހުންނާނެ ހުރިހާ ކުރެހުންތަކެއްގެ ފޮޓޯ.. އެހެން މީހަކަށް ފެންނަން ބޭނުން ނޫންނަމަ އަހަރެންނަށް އެއްޗެއް ކުރަހަދީ…” ކައިޒާންގެ އެކުރު ބަސްކޮޅުގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އާޝާގެ ރީތި ތުންފަތުގައި ހިނިތުންވުމެއް ފާޅުވިއެވެ. ނަމަވެސް އާޝާގެ ހުއްދަ އާއި ނުލާ އޭނަގެ ކުރެހުންތަކުގެ ފޮޓޯ ނެގުމުން އާޝާ، ކައިޒާން އަށް އެއްވެސް އެއްޗެއް ކުރަހަދޭކަށް އާޝާ ބޭނުމެއް ނުވިއެވެ. އާޝާ އިންތިޒާރު ކުރަމުން ދިޔައީ ގޭގެ ބެލް އަޅާނެ […]
ދުވަމުން ދުވަމުން ސިޑިން ފޭބި އިރު ކުރިމަތިން ފެނުނީ މާޔާއެވެ. ” އާޝާ ތިރީގަ؟ ކީއްކުރަނީ؟؟؟.” މާޔާ ވަރަށް ހައިރާންވެ ހުރެ އެހިއެވެ. ހައިރާން ނުވާންވީ ސަބަބެއް ނެތެވެ. ސުކޫލުގައި ކިޔެވުން ފެށުނީއްސުރެ އަދި މި ނޫނީ އަހަރެން އިންޓަވަލް ގަޑީގައި ތިރިއަށް ނުފައިބަމެވެ. “މާޔާ.. އަހަ.. އަހަރެން ގެ ފޮތެއް ގެއްލިގެން މި.. ސުކޫލަށް އައި ގަޑިގައި ވެއްޓުނުތޯ ބަލާލަން މި އައީ؟؟؟” އަހަރެން ވަރަށް ހާސްވެފައި ހުރެ މާޔާއަށް ވީ ގޮތް ކިޔައިދިނީމެވެ. ސުކޫލުގެ […]
ކުރިމަތިން ފެންނަމުންދާ މަންޒަރުގެ ސަބަބުން އަހަރެންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ އާދެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެންގެ އަމިއްލަ އަތުން ކުރަހާފައިވާ ލޯބިވާ ކޮއްކޮގެ ތަސްވީރުގައި އެދަނީ ލޭ ރަތް ކުލަ އުނގުޅެމުންނެވެ. ބިރުން ހުރެވެސް އެ ތަސްވީރުގައި އަތް ޖައްސާލީމެވެ. އެއަށްފަހު އަހަރެންގެ އަތަށް ބަލާލިއިރު އަހަރެންގެ ދެ އަތުގައި ވަނީ ހުސް ލެއެވެ. އަޑުގެ ނެއްތަނަށް ހަޅޭލަވައިގަނެވުނީ އެހީވާނެ މީހަކު ވޭތޯއެވެ. ކުއްލިއަކަށް ދެލޯ ހުޅުވާވެވުނު އިރު އަހަރެންގެ ފޯން އެލާރމް ވަމުންދެއެވެ. […]