Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން (2 ވަނަ ބައި)

Marie Level 210 Stories100 Login100 Comments
January 17, 2018 3 Mins Read
2 Comments

ޝީން ( ދެވަަަަނަ ބައި )

ބޯޓު އައިސް މާލެ ތޮށިގަނޑާ ގާތްކޮއްލުމާއެކު ޝީން ބޯޓުން ފޭބިއެވެ.

އޭރު ޝީން ބައްޕަގެ ރަހުމަތްތެރި ޔާސިރުބެ ޝީން ބަލާ ބޯޓު ދޮށަށް އައިސް ހުއްޓެވެ…

“”މިއޮތީ ހުސް ކާރެއް… އާދޭ ކަނބުލޯ…””
އެހެންބުނެ ޔާސިރު ޓެކްސީގެ ދޮރުފަތް ހުޅުވާލާ ޝީން އަރަން ތަންދެއްކިއެވެ

މާގިނައިރުތަކެއް ނުވެ ޓެކްސީ އައިސް މަޑުކޮއްލީ ހ.ޑުރީމް ކުރިމައްޗަށެވެ……

ފޮށި ހިފައިގެން ޔާސިރު އެތެރެއަށް ވަންއިރު ޝީންވެސް އެތެރެއަށް ވަނެވެ…..

8 ބުރިއަށް ނަގާފައިވާ ވަރައް ޒަމާނީކޮށްެ ހަދާފައިވާ ގެއެކެވެ …
ގޭތެރެއަށް ވަންނަ އިރު ބޮޑު ސިޓިންގްރޫމަކާއި ބަދިގެ އެއް ހުއްޓެވެ…

ސިޓިންގްރޫމް އެއްފަރާތެއްގައި މައްޗަށް އަރަން ސިޑިއެއް ހުއްޓެވެ…
“”” ނަފީސާ މިހިރީ އެމަންޖެ”””

ޔާސިރު އެހެން ބުނެލި އަޑައް ނަފީސާގެ ކުރިން ދުވެފައި ނިކުތީ ކުޑަ ކުޑަ އަންހެން ކުއްޖެކެވެ….

“” މަންމާ ހާދަރީތި ދައްތައެކޭ!!!!!!
މިދައްތަ ދެން ޔޫން ކާރީ މިގޭގަ ތަ އުޅޭނީ މަންމާ!!!!!

އާން…ތީ މަންމަ ޔޫން އަށް ގެނެސް ދިން ދައްތަ އެއް…
މި ދައްތަ ދެން އުޅޭނީ މިގޭގަ…….
ހިނގާ އަވަހަށް ސައި ބޯންދާން…
ވަރައް ވަރުބަލިވެސް ވެފަ އެއްނު ތިހުރީ….

ސައިބޮއެ ނިމިގެން ޝީން ވެސް ނަފީސާ ފަހަތުން މައްޗައް އެރިއެވެ..
މަތީ ބައިތައް އެހެރީ ކުއްޔައް ދީފަ އަހަރެމެން އުޅެނީ މި ދެބައިގަ …
އެހެންވެ ސިޓިންގްރޫމް ގަ ސިޑި ލާފަ މި ދެބައި އެއްކޮއްލާފަ މީނީ…
“”މީ ޝީން ގެ ކޮޓަރި އަވަހަށް އަރާމް ކޮއްލާ””
އެހެން ބުނެފައި ނަފީސާ އެކޮޓަރިން ނިކުމެގެން ހިގައްޖެއެވެ..

ހުރިހާ ފާރނީޗާއެއް ހަމައަށް ހުރި ބޮޑު ކޮޓަރިއެކެވެ..

ވެފަ ހުރި ވަރުބަލީގައި ޝީން ބޭނުން ވީ އަރާމް ކޮއްލާށެވެ….

ޝީން އަށް ނިދިފާ ހޭލެވުނީ ނަފީސާ ގޮވާ އަޑަށެވެ…
ޢޭރު ގަޑިން ރޭގަނޑު 8 ޖަހަނީއެވެ…

“”ޝީން މިއޮތީ މަންމަ ގުޅާފަ …
ފޯން ނިއްމާލާފައި އާދޭ ކާން “”” އެހެން ބުނެފައި ޝީން އަތަށް ފޯން ދީފައި ނަފީސާ ހިގައްޖެއެވެ…..

” ހެލޯ މަންމާ ކީކުރަނީ؟؟ ކައިފިންތަ؟؟؟ މަންމަ ރަގަޅުތަ؟؟
މަންމަ މަތިން ވަރަށް ހަދާންވޭ”””
ޝީން މަންމަ އަށް އަށްވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ ވާހަކަ ދައްކަން ފެށިއެވެ…

“ދަރިފުޅާ ދަރިފުޅު ބަސް އަހައިގެން ހުރިއްޔާ މަންމަ ހުންނާނީ ރަގަޅަށް..””” މުނީރާ ވަރަށް ގިނަ ނަސޭހަތްތަކެއް ދިނުމަށްފަހު ފޯނު ކަނޑާލިއެވެ….

ޝީން ތިރިއަށް ފޭބިއިރު އެންމެން ކާ މޭޒު ދޮށުގައި ޝީންގެ އިންތިޒާރުގައި ތިއްބެވެ..

ރޭގަނޑުގެ ކެއުން ނިންމާފައި ޔަސިރު ޔޫން ގޮވައިގެން ކޮޓަރިއަށް ދިޔައެވެ…
ޝީން ނަފީސާ އާއި އެކު ތަށިތައް ނަގަން ފެށިއެވެ.
ބަދިގޭގެ ކޮންމެ ދިމާލަކަށް ބަލައިލިއަސް ނަފީސާ އަކީ ވަރައް ކެރޭ ހީވާގި މީހެއް ކަންއެގެވެ..
ކޮންމެ އެއްޗެއްވެސް ބަހައްޓާފައި ހުރީ އެހާވެސް ތަރުތީބުކޮށެވެ..
“” ޝީން ކޮން ކަހަލަ ކޯހެއް ހަދަން ވިސްނަނީ..””ނަފީސާ އަހާލިއެވެ..
“””އަޅުގަނޑު ޓީޗިންގް ހަދަން ބޭނުމީ””
ބައްޕަ އަބަދުވެސް ބޭނުން ވީ އަޅުގަނޑު ޓީޗާރ އަކައް ވާަން..””
ޝީން ބުނެލިއެވެ……
“”””ޝީން ކިޔަވަން ބޭނުން ދުވަހެއް ވަންދެން ހުންނަން ވީ ..ދައްތަގެ އެއްވެސް މައްސަލައެއް ނެއް…ދައްތަވެސް ވަރައް ބޭނުން ދައްތަޔާ އެއްކޮށް އުޅޭނެ އަންހެންކުއްޖެއް..

ޔާސިރުބެސް އަބަދު އުޅޭނީ ކަންނެލީގައި….
އެގޮތައްއުޅެނިކޮއް ޝީން ބައްޕަ އާއިވެސް ރަހުމަތްތެރިކަން އުފެދުނީވެސް……..
ޝީން ބައްޕަ ދުނިޔޭގަ މިގެއަށް ވަރަށް އަންނާނެ…
ޢަބަދުވެސް ބުނާނެ އަހަރެންގެ ޝީން ކިޔަވާ ނިމުނީމަ މިގެއަށް ކޯސް ހަދަން ގެންނާނަމޭ””

ނަފީސާގެ އެވާހަކައިން ޝީން އަށް ވަރަށް އަސަރުކުރިއެވެ
ބައްޕަ މަތިން ހަދާން ވިއެވެ……
މަންމަ އާއި ބައްޕަ ވާ ލޯބި އިހުސާސް ކުރެވުނެވެ..

“””” އަދި މިގޭގައި އުޅޭ އެންމެން ކިޔާވެސް ނުދެވޭ ދޯ!!!!!!
ޔޫން ނޫނަސް އަދި ދައްތަގެ އެއްކުއްޖަކު ހުންނާނެ….
އަޔާޒް ކިޔާނީ..
މިހާރުވެއްޖެ މިތާ ކައިރި ރަށަކައްް ގޮސް…. ދެ ތިން ދުވަސް ތެރޭ އަންނާނެ…..””
ނަފީސާ ބުނެލިއެވެ……

އާދުވަހަކަށް އިރުއަރައިފިއެވެ….
ފަތިސް ނަމާދު ކޮއްލައިގެން ޝީން ތިރިއައް ފޭބިއިރު ޔާސިރުބެ ކަންނެއްޔަށް ދާން ފުރަން ނިކުންނަނީ އެވެ….

“ކަނބުލޯ ބޭބެ މިދަނީ ފުރަން ދައްތަ އާއި އެއްކޮށް ބަސްއަހައިގެން އުޅޭ އިނގޭ!!!! އެހެން ބުނެލާފައި ޔާސިރު ގޭން ނިކުމެގެނ ހިގައްޖެވެ

އޭރު ދޮރުކައިރީ ނަފީސާވެސް ހުއްޓެވެ………
“”ޝީން ހާދަ އަވަހަކައް ތިނިކުތީ !!!!
ރޭގަ ނިދުންތަ؟؟؟
ނަފީސާ ހިނިއައިސްބުނެލިއެވެ……

“”ލައްބަ ނިދުން””

ޢަޅުގަނޑު ރަށުގަވެސް ފަތިސް ނަމާދަށް ހޭލަން ..އެހެންވެ ފަރިތަ ވެފަ ހުންނަނީ….””ޝީން ބުނެލިއެވެ…

ދައްތާ އަޅުގަނޑު މިއަދު ސައިހަދާލަންތަ؟؟؟؟ޝީން ނަފީސާ ައަށް ބަލައިލަމުން ބުނެލިއެވެ..

ދައްތަ ސައި ހަދާލަފާނަން ….
ޝިން އިނދެބަލަ ތިހެން ….ޝީން އިންނާތީ ދައްތަ ހާދަ ފޫހިފިލައޭ….
ދައްތަ ހިތައް އަރާ އަޔާޒް ވެސް އަންހެން ދަރިއަކަށް ވި ނަމައޭ…

އޭރައް އަޔާޒް ވެސް ދައްތަ ކާރީ ތިގޮތައް އިންނާނެންނު”
”
” އަޔާޒް ކައިރީވެސް މިހާރު ބުނެފީމޭ ..އަވަހައް މީހަކާ އިންނާށޭ ހަމަ ބުނާއިރައް ބުނާނެ ރަގަޅު ކުއްޖަކު އަދި ނުފެނެޭ….ފެނުނީމަ މަންމަ ކައިރިއައް ގެންނާނަމޭ….ދުވަހަކު އެދުވަހެއް ނާދެ!!!!

ނަފީސާ ވާހަކަ ދެއްކި އިރު ޝީން ވެސް އިނީ ވަރައް ގަޔާވެ އަޑު އަހާށެވެ…….

( ނުނިމޭ )

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

އެކަނިވެރިކަން 1

Next

އަވްލީން (26 ވަނަ ބައި)

Next
January 17, 2018

އަވްލީން (26 ވަނަ ބައި)

Previews
January 17, 2018

އެކަނިވެރިކަން 1

2 Comments!

  1. Shaya says:
    January 18, 2018 at 6:51 pm

    Varah reethi vaahaka eh hama kiyaa hiyy vany

  2. Sana says:
    January 19, 2018 at 11:57 am

    Varah salhi
    When next part?

Comments are closed.


All Right Reserved!