Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހުންނާށޭ ގާތުގައި 3

Park ji seok Level 1
January 17, 2018 6 Mins Read
9 Comments

” ކުރެހުންތައް ވަރަށް ރީތި.. އަހަރެންގެ ފޯން ގައި ހުންނާނެ ހުރިހާ ކުރެހުންތަކެއްގެ ފޮޓޯ.. އެހެން މީހަކަށް ފެންނަން ބޭނުން ނޫންނަމަ އަހަރެންނަށް އެއްޗެއް ކުރަހަދީ…” ކައިޒާންގެ އެކުރު ބަސްކޮޅުގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އާޝާގެ ރީތި ތުންފަތުގައި ހިނިތުންވުމެއް ފާޅުވިއެވެ.

ނަމަވެސް އާޝާގެ ހުއްދަ އާއި ނުލާ އޭނަގެ ކުރެހުންތަކުގެ ފޮޓޯ ނެގުމުން އާޝާ، ކައިޒާން އަށް އެއްވެސް އެއްޗެއް ކުރަހަދޭކަށް އާޝާ ބޭނުމެއް ނުވިއެވެ.

އާޝާ އިންތިޒާރު ކުރަމުން ދިޔައީ ގޭގެ ބެލް އަޅާނެ ވަގުތަކަށެވެ. މާ ގިނަ އިރުތަކެއް ނުވެ އިވުނީ ގޭގެ ބެލް އެޅި އަޑެވެ. އަވަސް އަވަހަށް ގޮސް ދޮރު ހުޅުވި އިރު ކުރިމަތީގައި ހުރީ މެދު އުމުރުގެ އަންހެނަކާއި 5 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.

” އާޝާ ދޯ ތީ؟'” އަންހެން މީހާ ސުވާލު ކުރުމުން އާޝާ ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

” އެތެރެއަށް ވަންނަން ވީނުން.” ހިނިތުންވުމަކާއިއެކު އާޝާ ވާހަކަ ދެއްކިއެވެ.

” ދައްތަ އަށް ކިޔަނީ ނަސީމާ.. މީ ދައްތަގެ ހަނގު ދަރިފުޅު ކިއާރާ.. އަދި ހުންނާނެ އާޝާ ވަރުގެ ކުއްޖެއް ވެސް،.. އޭނަވެސް ބިޒީ ކަމުން ކިއާރާ ބަލާނެ މީހެއް ނެތިގެން ދައްތަ ކުއްޖަކު ހޯދީ..'”

” އަޅުގަނޑުވެސް ހުސްވަގުތު ކުރާނެ ކަމެއް ނެތުމުންނާއި ގޭގައި އެކަނި ވީމަ ގުޅާލީ.. މިގޭގައި އުޅޭނީ އަޅުގަނޑުގެ މަންމަ އާއި އަޅުގަނޑު އެކަނި.”

ނަސީމާގެ ގާތްކަން ފެނި އާޝާވެސް ނަސީމާ އާއި ވާހަކަ ދައްކަން އިނެވެ. ފަހެއް ޖަހާއިރު ކިއާރާ ބަލައި އަންނާނަން ކަމަށް ބުނެ  ނަސީމާ ނިކުމެގެން ދިޔައީ އެ ކުޑަ ވަގުތު ކޮޅުގައި ވެސް އާޝާ އަކީ ކިއާރާ ރަނގަޅަށް ބަލާދެވޭނެ ވަރުގެ ކުއްޖެއްކަން ޔަގީންވެ އާޝާ އާދޭތެރޭ ވަރަށް ހިތްހަމަޖެހި ހުރެއެވެ.

ކިއާރާ ވީ އާޝާ ހީކުރިފަދައިން ވަރަށް މަޖާ ކުއްޖަކަށެވެ. މަޖާ ކުރަން އުޅުމުގެ ތެރޭގައި އާޝާ ކުރަހާފައި ހުރި ކުރެހުންތައް ކިއާރާ އަށް އޭނަ ދައްކާލިއެވެ. އެ ކުރެހުންތައް ފެނި އެ ތުއްތު ތުއްތު ކިއާރާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބޮޑެތި ގަނޑުތަކުގައި ކުރަހާފައި ހުރި ކޮންމެ މަންޒަރެއްވެސް ބަލާއިރު ހީވަނީ ކެމެރާ އަކުން ނަގާފައި ހުރި ފޮޓޯ ތަކެއް ހެންނެވެ.

” ކިއާރާ ބޭނުންތަ ދައްތަ ކުރަހާ ތަން ބަލަން؟” ކިއާރާގެ ޝައުގުވެރިކަން ފެނިފައި އާޝާ ބޭނުންވީ ކިއާރާ ކައިރީގައި ބައިންދައިގެން އެއްޗެއް ކުރަހާށެވެ.

” އާޝް ދައްތަ އަށް އިނގޭނެ ތަ ގިޓާ ކުރަހަން.. ކިއާގެ ދޮންބެ ވަރަށް ލައިކް ވާނެ ގިޓާދެކެ…” ކިއާރާ މައުސޫމު ގޮތަކަށް އެހެން އެހުމުން އާޝާ އާއެކޭ ބުނެ ގަނޑެއް ނަގާފައި ކުރަހަން ފެށިއެވެ.

ކުރަހާ ނިމުނު އިރު ގަޑިން ފަހެއް ޖަހަން ފަނަރަ މިނެޓް އިނެވެ.

” ވާއު ދައްތަ އަޅެ ކިއާ އަށް ވެސް ދަސްކޮށްދެއްޗޭ މިގޮތަށް ކުރަހަން..” ކިއާރާ އެ ކުރެހުމަށް ބަލަން އިނދެ އާޝާ އާއި ވާހަކަ ދައްކަމުން ދިޔައެވެ.

ނަސީމާ އައުމުން ކިއާރާ ގެޔަށް ވެސް ދިޔައީ އެ ކުރެހުން ހިފައިގެންނެވެ..

…..

” ދޮންބޭ… ދޮންބޭ ބަލާބަލަ… ރީތި ތަ؟” ގެޔަށް ވަދެވުމާއި އެކު ކިއާރާ އޭނަގެ ދޮންބެ ކައިޒާން އަށް ކުރެހުން ދައްކާލިއެވެ.

” ތީ ކާކު ކުރަހާފަ އޮތް އެއްޗެއް ތަ؟ ކިއާ ތަ ކުރެހީ” އެ ކުރެހުމަކީ އޭނާ ދަންނަ ކުރެހުންތަކަކާއި ވައްތަރު ގޮތެއް ހުރި ކުރެހުމެއްގެ ސަބަބުން ހައިރާންވެ ހުރެ މަޖާ ރާގެއްގައި ކައިޒާން އަހާލިއެވެ.

” އެއީ ކިއާ ބޭބީސިޓް ކުރާ ކުއްޖާ ކުރަހާދިން އެއްޗަކޯ.. ” ކައިޒާންގެ ސުވާލަށް ޖަވާބު ދިނީ ނަސީމާއެވެ.

” އެތެދެއް ދޮންބޭ.. ކިއާ ދޮންބެ އަށް ދޭންވެގެން އާޝް ދައްތަ ލައްވާ ކުރެހީ”

ކިއާރާގެ ޖުމްލަ ނިމުމާއިއެކީ ކައިޒާން މަޑު މަޑުން އާޝް އޭ ބުނެ ހިނިތުންވެލިއެވެ. ކިއާރާ ބަލާދޭ ކުއްޖާއަކީ އާޝާ ކަން އެނގުމާއެކު އާދަޔާ ހިލާފު އުފާވެރިކަމެއް ކައިޒާން އަށް ލިބިގެން ދިޔައެވެ. ކައިޒާން ބޭނުން ވަނީ އާޝާ އާއި ގާތްގުޅުމެއް އުފައްދާށެވެ. އެހެންކަމުން އެކަން ކުރަން މިހާރު މާފަސޭހަ ވާނެ ކަމަށް ކައިޒާން ގަބޫލު ކުރިއެވެ.

ކައިޒާން އަށް ފުރަތަމަ އާޝާ ފެނުނު ދުވަހުން ފެށިގެން އޭނާ ދަނީ އާޝާ އާ ދޭތެރޭ ވިސްނަމުންނެވެ. އެހެންނުވާންވީ ސަބަބެއް ވެސް ނެތެވެ. އާޝާ އަކީ މިހާތަނަށް ކައިޒާން އާ ދިމާވި އެންމެ އާދަޔާ ޚިލާފު ތަފާތު ކުއްޖާއެވެ. އެ މައުސޫމް ދެލޮލުގައި ހިތާމަވެރިކަމެއް ވާކަމަށް އޭނާއަށް ފާހަގަވިއެވެ. އަދި އާޝާގެ ފޮތުން ފެނުނު ކުރެހުން ތަކުގެ ސަބަބުން އާޝާ އާދެތެރޭ ވިސްނޭ މިންވަރު އިތުރު ވާންފެށިއެވެ. އަދި ހަމައެހެންމެ ސްކޫލުގެ އެހެން ކުދިންނާ ޚިލާފަށް އާޝާ އަކީ ކައިޒާން އާހެދި މޮޔަވެފައި ހުންނަ ކުއްޖެއް ނޫނެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދާއިރު ހުރިހާ އަންހެން ކުދިންގެ ލޯތަށް ކައިޒާން އަށް އަމާޒުވާކަން ހުދު އޭނާ އަށްވެސް އެނގެއެވެ. އެހެންނަމަވެސް އެ ލިބޭ “އެޓްންޝަން” އަކީ އޭނާ އެއްގޮތަކަށްވެސް ބޭނުންވާ އެއްޗެއް ނޫނެވެ.

 

ޖެހިގެން އައީ ބަންދު ދުވަހެއް ނަމަވެސް އާދައިގެ މަތިން ފަތިހު ބަންގިއާކު އާޝާ ހޭލިއެވެ. ފަތިސް ނަމާދު ކޮށްލުމަށް ފަހު އަނެއްކާވެސް ނިދަން އޮށޯތީ ބަންދު ދުވަހަކަށް ވުމާއެކު އެވެ. އަދި އާދައިގެ މަތިން ފެންނަ ބިރުވެރި ހުވަފެން އެރޭވެސް ފެނުމުން އޭނާއަށް ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުންނެވެ.

ކުއްލިއަކަށް އާޝާ އަށް ހޭލެވުނީ މީހަކު ބެލް ޖަހަން ފެށުމުންނެވެ. އެފަދަ ގަޑިއެއްގައި ބެލް ޖަހާނީ ކާކުތޯ އާޝާ ވިސްނާލިއެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ މާޔާ ވެސްވީ އޭނާގެ އާއިލާ އާއެކު ހުޅުމާލެއަށް ގޮހެވެ. މަންމަ  ވެސް ހޮސްޕިޓަލުގައި އުޅޭގަޑިއަކަށް ވުމުން އެގަޑީގައި އެގެއަށް އަންނާނެ މީހަކު އާޝާއަކަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ. ދޮރު ނުހުޅުވަން ހުރެފައި ވެސް ދޮރު ހުޅުވީ ބެލްގެ އަޑި ނުކެނޑުމުގެ ސަބަބުންނެވެ.

ނިދަން ލާ ކުރުތާ އާއި ހަރުވާޅު ލައިން ހުރެ އާޝާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތިން ފެނުނު މޫނުން އާޝާ ހައިރާންވިއެވެ. ލިބުނު ހައިރާންކަން ފިލާދިޔައީ ކުއްލިއަކަށް ކުޑަކުއްޖަކު އައިސް އޭނާ ގައިގައި ބައްދާލުމުންނެވެ.

” އާޝް ދައްތާ! ކައި ވަރަށް މިސް ވި އާޝްދައްތަ މަތިން. ހިނގާބަލަ އަލުން ކައި އަށް އެއްޗެއް ކުރަހަދޭން” ކައިރާ ވަރަށް އުފާވެފައި ހުރެ ބުނެލިއެވެ.

“އާޝް ދައްތަ ވެސް ވަރަށް މިސް ވި އޭ ކިއާ މަތިން… ކިއާ މަންމަ ކޮބާ؟” ކިއާރާ ކައިރީގައި ހިނިއައިސްފައި ހުރި ކައިޒާން ފެނުމުން އާޝާ އަށް ސުވާލެއް ނުކޮށްލައެއް ނުހުރެވުނެވެ.

” މަންމަ ވީ ބޭރަށް ގޮސްސަ.. ކިއާ ކިޔާވަރުން ގޮވައިގެން މި އައީ..” ކައިޒާން މަންމަ އޭ ކިޔާ ނަސީމާ އަށް މުހާތަބު ކުރުމުން އާޝާ އަށް ނަސީމާ ބުނި ކުއްޖަކީ ކައިޒާން ކަން އިނގުނެވެ.

އާޝާ ކައިޒާން އަށްށާއި ކިއާރާ ކައިރީ އެތެރެ އަށް ވަދެ އިށީނުމަށް ބުނެ ކޮޓަރި އަށް ވަނީ ހެދުން ބަދަލު ކޮށްލުމަށެވެ.

“ކިއާ މިއަދު ކީއްކުރަން ބޭނުމީ؟” އާޝާ ވަރަށް އެކުވެރި ރާގެއްގައި ކިއާރާ ގާތުގައި އެހުމުން ކައިޒާން ހައިރާން ވިއެވެ. ދުވަހަކުވެސް ސުކޫލުގައި ވެސް ވާހަކަ ދައްކާތަން ނުފެންނަ ކުއްޖަކު މިއަދު މާ ވާހަކަ ގިނަވުމުން ކައިޒާން އަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އާޝް ދައްތާ ކިއާ ބޭނުމީ ކޭކު ކާން.. ދެން ބޭނުމީ ކާޓޫން ބަލަން..” ކިއާރާ ފުމެމުން ފުމެމުން ވާހަކަ ދެއްކިއެވެ.

“އެހެންވީމާ ހިނގާ ދޯ ފުރަތަމަ ކޭކު އަޅަން ދާން ..”

“ޔެސް ޔެސް ހިނގާ ދޯ…” އާޝާއަށް ދޯ ދެމުން ކިއާރާ އާޝާ ފަހަތުން ދިޔައީ ކައިޒާން އަތުގައި ހިފައިގެންނެވެ.

ކޭކު އަޅަން އުޅުނު އިރުވެސް އާޝާ މުޅިންވެސް ވާހަކަ ދައްކާ މަޖާ ކުރަނީ ކިއާރާ އާއެވެ. އާޝާގެ އެ ހަމަ ހިމޭންކަމުން ކައިޒާން އަށް އުނދަގޫ ވުމުން ގެންގުޅުން ފުއް ތަށިން ފުއް ކޮޅެއް ނަގާފައި އާޝާގެ މޫނުގައި ހާކާލިއެވެ. އެވަގުތު ރުޅި އައިސް ހުރެ އާޝާ ކައިޒާން އާއި ދިމާއަށް ބަލާލުމުން ކިއާރާ އާއި ކައިޒާން ޕަކަޕަކަ އަޅާފައި ހޭން ފެށިއެވެ. ކިއާރާ އާއި ކައިޒާންގެ ހުނުން ފެނި އާޝާ އަށްވެސް ރުޅިއައިއްސައެއް ގިނަ އިރަކު ނުހުރެވުނެވެ.

ކޭކު ފިހެވެންދެން ކިއާރާ އާއި ކައިޒާން އިނީ ކާޓޫނު ބަލާށެވެ.  ނަމަވެސް ކޭކު ފިހެވުމުން އާޝާ ކޭކު ހިފައިން އައިއިރު ކިއާރާ އާއި ކައިޒާން ތިބީ ސޯފާގައި ނިދާފައެވެ. ކައިޒާންގެ ކޮނޑު މަތީގައި ބޯ އަޅާލައިގެން ކިއާރާ ނިދާފަ އޮތްލެއް ލޯބިކަމުން އާޝާ އޭނަގެ ފޯނުން ފޮޓޯ އެއް ނެގިއެވެ. އަދި ކައިޒާން ނިދާފައި އޮތް ގޮތުން ކައިޒާން އާއި ދިމާ ކޮށްލާނަމޭވެސް ހިތައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސްމިއަދަކީ ހަފުތާ ބަންދަށް ފަހު ސުކޫލު ހުޅުވޭ ދުވަހެވެ. މި ލިބުނު ބަންދު ދެ ދުވަހު އާޝާ ގިނަ ވަގުތު ކިއާރާ އާއި ކައިޒާން އާއިއެކު ހޭދަކުރުމުގެ ސަބަބުން އެ ދެމީހުންގެ ދޭތެރޭގައި މިހާރު ވަނީ ރަހުމަތްތެރި ކަމުގެ ގުޅުން އުފެދިފައެވެ.

އިންޓަވަލް ގަޑި ޖެހުމުން އެހެން ދުވަސް ދުވަހާއި ހިލާފަށް އާޝާ ތިރިއަށް ފޭބީ ކައިޒާންމެންނާއި އެކު ތިރިއަށް ދާން މާޔާ ކިޔަންފެށުމުންނެވެ. ބެންޗުގައި ފަސް މީހުން ވާހަކަ ދައްކަން ތިބި އިރު އެތައް އަންހެން ކުދިންނެއްގެ ނުރުހުމުގެ ނަޒަރު އާޝާމެންނަށް ވާކަން އާޝާ އަށް އިހުސާސް ކުރެވުނެވެ. ނަމަވެސް މާޔާ އާއި ކައިޒާން މެން އެކަމާ އަޅާ ނުލުމަށް ބުނުމުން މާބޮޑު ކަމަކަށް ނުހަދާ އާޝާ ހަމަޖެހިލައިގެން އިނެވެ.

މިހާރަކަށް އައިސް އެ ފަސް ރަހުމަތްތެރިން އެކީގައި އިންޓަވަލް ގަޑި ހޭދަ ކުރުމާއި، އެކުގައި ގެއަށް ދިޔުން ވަނީ އާދަ އަކަށް ވެފައެވެ. މިކަމާ އެންމެ ރުޅި އަންނަނީ ކައިޒާން ފަހަތުން ސުކޫލުގައި އުޅޭ އަންހެން ކުދިންނެވެ. އޭގެ ތެރެއިންވެސް ރީނާ އާއި އޭނަގެ ދެ އެކުވެރިން އާޝާ އާއި މާޔާދެކެ ރުޅި އާދެއެވެ. ރީނާ އަކީ ފެށުނީއްސުރެ ވެސް އާޝާ އާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ކުއްޖެކެވެ. ރީނާ، އާޝާ ދެކެ ރުޅި އަންނަނީ ކީއްވެކަން އާޝާއަށް އިނގޭ ނަމަވެސް އެއްޗެކޭ ނުބުނެ ހުންނަނީ އެއީ އޭނަ އަށް ބާރު ފޯރުވޭފަދަ ކަމަކަށް ނުވާތީއެވެ.

އާދައިގެ މަތިން ސުކޫލު ނިންމާފައި ފަސް އެކުވެރިން ގެޔަށް ދިޔައީ ތަފާތު ވާހަކަ ދައްކަމުންނެވެ.

“ހިނގާބަ އެންމެން އެއްކޮން އެއްޗެއް ކާން މިއަދު..” އެންމެން އެކުގައި ބޭރަށް ދިއުމަށް މަޝްވަރާ ކުރަމުން ފަރޫން އޭނައަށް ފެންނަ ގޮތް ހާމަ ކުރިއެވެ.

” ހިނގާ މިރޭ ބާބަކިއު އެއް ހަދަން އަހަރުމެން ގޭގައި..”

“އާޝާ ދެވޭނެތަ؟” ކައިޒާން ބޭނުންވީ އާޝާ އަށް ދެވޭތޯ ޔަގީން ކުރާށެވެ.

” އަހަރެން ނެއް ދާހިތެއް.. ތި މީހުން ބާބަކިއު ހަދާލާ ދެން މިއަދު.. ” އާޝާ މާ ގިނައިން ބޭރަށް ނިކުމެ ނޫޅޭތީ އޭނަ ދާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ފަރޫން އާއި މާޔާ އާދޭސް ކުރުމުން އެންމެ ފަހުން އެއްބަސް ވިއެވެ.

ލުހާންގެ މައިންބަފައިންނަކީ އަބަދުވެސް ވިޔަފާރީގެ ކަންތަކުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ބަޔަކަށް ވުމުން އެގޭގައި އުޅެނީ ލުހާން އާއި އޭނަގެ ކޮއްކޮ ލާރާ އާއި ގޭގައި އުޅޭ ނޯކަރުންނެވެ. އެހެންކަމުން ބާބަކިއު ހަދަން ހަމަޖެއްސީ ލުހާންމެން ގޭގައެވެ.

“ލާރާ… ދޭބަލަ ބަދިގެއިން ފެންފުޅިއެއް ގެނެސްދޭން..” ލާރާ އެކަނި ގޭގައި ހުރުމުން ބާބަކިއުގައި އެކުދިން ލާރާވެސް ބައިވެރި ކުރީއެވެ.

“އަހަރެންވެސް ދާނަން..” ފަރޫން ލާރާ ފަހަތުން ދިޔައީ އޭނަ އެކަނިވެލާފައި ލާރާއާޢި ވާހަކަ ދައްކަން ބޭނުންވެގެންނެވެ.

” ލާރާ… އަހަރެން ވާހަކައެއް އަހާލަންތަ؟” ފަރޫން ލާރާގެ ކުރިމަތީގައި ހުއްޓެމުން ވާހަކަ ދައްކަންފެށިއެވެ..

” ކޮން ވާހަކައެއް؟؟”

” އަހަންނަށް ލާރާ ވަރަށް ކަމުދޭ… އަހަރެންނާއި ރައްޓެހިވެދާނަން ތަ؟” ލުހާންގެ ރަހުމަތްތެރި ކަމުގައި ފަރޫން އެގެއަށް އަންނަ އިރު އަބަދުވެސް ލާރާ ފެނެއެވެ. ފަރޫންގެ ހިތުގައި ލާރާ އަށް ލޯބި އުފެދުނީ އެގޮތަށް އައިސް އުޅުމުގައެވެ. ފަރޫން އެކޭ އެއްފަދައިން ލާރާއަށް ވެސް ފަރޫން ވަރަށް ކަމުދެއެވެ. ނަމަވެސް ލާރާ އިމްތިހާން ހަދާ އަހަރަށް ވުމުން އޭނަ ބޭނުންވީ އަދި ކިޔެވުމަށް އިސްކަންދޭށެވެ.

” އަހަރެން އެގްޒާމް ނިންމާފަ ފަރޫންއަށް ޖަވާބެއް ދިނަސް އެންމެ ރަނގަޅުތަ؟”

ލާރާގެ ޖުމްލަ އަޑު އިވިފައި ފަރޫން ބޯޖަހާލީ އެހާ ދުވަސްފަހުން ޖަވާބު ދިނަސް އިންތިޒާރުގައި ހުންނާނަން ކަމަށް ބުނަމުންނެވެ.

” މާ ލަސްވެއްޖެ އެންނުން މިހާރު…” ކައިޒާން އޭނަގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ބުންޏެވެ.

” އެ ތެދެއް.. ލުހާން އަހަރުމެން ދަނީ އިނގޭ”

ފަރޫން އާއި ކައިޒާން މާޔާ އާއި އާޝާ ގޮވައިގެން ގެޔަށް ދާން ނިކުތީ 8 30 ވީ ފަހުންނެވެ.

ވަކި ހިސާބަކަށް ގޮސް ފަރޫން އާއި މާޔާ އެހެން މަގަކުން ދިޔުމުން ކައިޒާން، އާޝާ ގެޔަށް ލާން ދިޔައެވެ.

” ކައި.. މީ އަހަރެންގެ ފަރާތުން ކިއާ އަށްށާއި ކައި އަށް ދޭ ގިފްޓެއް..” އާޝާ ހެވިފައި ހުރެ ދަބަހުން ކުޑަ ޕާރުސަލް އެއް ނަގާފައި ކައިޒާން އަށް ދިއްކޮށްލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Park ji seok

Level 1

Other Articles

Previous

ހަޔާތުގެ ދަތުރު

Next

ޔަމާނީ

Next
January 17, 2018

ޔަމާނީ

Previews
January 17, 2018

ހަޔާތުގެ ދަތުރު

9 Comments!

  1. Ruby❤ says:
    January 17, 2018 at 5:50 am

    ❤ ? !!!Alhey varah reethi mi part ves

  2. Ruby❤ says:
    January 17, 2018 at 5:54 am

    !!!! Im first dho??Yayyyy
    Waiting curiously to know what’s the gift

  3. Ziv says:
    January 17, 2018 at 10:10 am

    Mi ee aslu english story eh ge copy eh. V reethi story eh aee. ☺

    1. Anonymous says:
      January 17, 2018 at 5:01 pm

      Kon story eh tha? I also think i ve read similar eng one but couldnt remember

  4. Angel says:
    January 17, 2018 at 10:56 am

    Wow v reeti

  5. Pinky shifoo says:
    January 17, 2018 at 3:20 pm

    Alhey haadha reehchey ❤️❤️… Hama superb ??.. It’s really different from others… I love this story ❤️❤️.. Keep it up the good work ????.. Waiting for next part.. Avahah up kohladhehchey ??

  6. 1x00 says:
    January 17, 2018 at 10:15 pm

    Mi part ves varah reethi❤?
    Ekm part fashaa iru kurin genesdhin part ge fahun liyunu sentence add kolliyya i guess faseyha vaane kanneynge kiyuntherinnah get kuran..i hope u understand what i said..aslu bunan neyngi gen miulheny
    But vaahaka varah varah reethi??

  7. Sana says:
    January 27, 2018 at 2:51 pm

    Kobaatha next part????

  8. Angel says:
    February 3, 2018 at 11:02 pm

    Haadha laheyy up kuraaleii. Dhen foohivaxx vaaneh nuh up nukuranyaa kiyan vaxx

Comments are closed.


All Right Reserved!