ރިޔާޝާއެކު ހާމް ލެމަންއިން ނުކުތީ ކޮފީއެއް ބުއިމަށްފަހު އަނެއްކާވެސް ދުއްވާލާށެވެ. ދުއްވާފައި ދިޔަގޮތައް ދިޔައީ ބަނދަރަށްށެވެ. “ޔާރައްބީ!!” ހާމް ދެލޯ ހުޅުވާލާފައި ބުނެފިއެވެ. “ކިހިނެއް ވީ؟ ކޯއްޗެއް ފެނުނީ؟” ރިޔާޝް ހާސް ކަމާއެކު އެހިއެވެ. “ދޮންތަބެ ރަނގަޅު. ނުބުނެލާވީޔާ މިވަރަށް ބިޓުން އޮތް ވާހަކަ.” ހާމް ބުންޏެވެ. “މީދެން ބުނަން ޖެހޭވަރު ކަމެއްތަ؟” ރިޔާޝް ބުންޏެވެ. ބަނދަރުން ރަށުގެ ބޮޑުމަގަށް ފޭބިއިރު ބޮޑުމަގުން ހިނގާފައި އެހެރަ އަންނަނީ ހާމްގެ އިންތިޒާރެވެ. ގިނަދުވަސްތަކެއްގެ އިންތިޒާރެވެ. “އެއީ އެއްކަލަ މަންޖެ” […]
ހަވީރުގެ ވަގުތެވެ. ޒީކް މަސައްކަތް ކުރަމުންދިޔައީ ބަގީޗާގައިވާ ގަސްތަކަށް ފެންޖެހުމަށެވެ. މަޑުމަޑުން ލަވައެއްކިޔަމުން ގަސްތަކަށް ފެންދެމުން ދިޔައިރު ދުނިޔެމަތީގެ އެއްވެސް ފިކުރެއް ހިޔާލެއް ޒީކްގެ ނެތެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިހުރެ އަމިއްލަ ކަންތައްތަކާ ދޭތެރޭ ވިސްނަމުން ދިޔައެވެ. ކުއްލިޔަކަށް ޒީކް ސިއްސައިގެން ދިޔައީ ޒީކްގެ ކޮނޑުގައި މީހަކު ކޮއްޓާލުމުންނެވެ. ސިއްސައިގެން ދިޔަލެއް ބޮޑު ކަމުން ޖަހަމުންދިޔަ ފެން ހޮޅިއާއެކީ އަނެއް ފަރާތައް އެނބުރެވުނެވެ. އެއާއެކު ‘އޯ. ނޯ’ މީހަކު ބުނެލިއަޑު އިވުނެވެ. ޒީކްއަށް ރަނގަޅަށް ހޭވެރިކަން ވެގެން […]
ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ސުކޫލުތަކަށް ދާ ކުދިންނާއި ކޮލެޖު އަދި ޔުނިވާސިޓީއަށް ކިޔަވަންދާ ކުދިންތަކުންނާއި އޮފީހަށް ދާ މީހުންތަކުން މާލޭގެ މަގުތައް ވަނީ ތޮއްޖެހިފައެވެ. ދުއްވާ އެއްޗެހި އާދަޔާ ހިލާފަށް ގިނަ މަގުތައް މަތިން ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ ގަޑި ނުޖެހި އެމީހެއްގެ މަންޒިލާއި ހަމައަށް ވާސިލް ވެވޭތޯއެވެ. ބިދޭސީ މަސައްކަތު މީހުންވެސް އެމީހުންގެ ވަޒީފާތަކަށް ދިޔުމަށް ނިކުމެ އެމީހުންގެ އެކުވެރިން އަދި ހަމަނުވާތީވެސް ކަންނޭނގެއެވެ. ޕޭމެންޓްމަތީގައި ކޯޅިކޯޅިއަށާއި ބައިގަނޑު ބައިގަނޑަށް ހުއްޓި ލައިގެން ތިބުމުގެ […]
އެރޭ އަށެއްޖަހާދިހަ މިނެޓް ވީ އިރު ކިއާރާ ގެއަށްއައީ ފަޒީންއާއި އެއްކޮން ކާރުގައެވެ. ގެއަށްއައި އިރު ގެޔަތެރެ އޮތީ އެއްކޮން ހަމަހިމޭން ވެފައެވެ. ” ދޮންބޭ ކޮބާ އެންމެން.. ތަނަކަށް ދިޔައީތަ؟” އެކަކުގެވެސް ހިލަމެއް ނުވުމުން ކިއާރާ އަހަލިއެވެ. “ނޭންގެ… ޓެރަހުގައިކަންނޭންގެ އެންމެން.. ހިނގާބަލަ ބަލާލަންދާން” އެހެން ކިޔާ ކިއާރާ ގޮވައިގެން ފަޒީން އެރީ މައްޗަށެވެ. މައްޗަށް އަރަމުން ދިޔަވަރަކަށް ކިއާރާގެ ހިތުގެ ތެޅުން ދިޔައީ ބާރުވަމުންނެވެ. ކޮންމެސް ނުބައެއް އުޅޭކަމަށް ސިގުނަލް އަޅަމުން ދަނީއެވެ. ޓެރަހުގެ […]
މެންދުރުފަހު ތިނެއް ޖެހިއިރު އޮފީސް ނިންމާފަ ޔާނިސް ގެއަށް ދިޔައީ ޝަހުދުއާއެކު ކާރުގައެވެ. ކާރުގައި އިންއިރުވެސް ކައިއާގެ ހިޔާލުތަކުން ޔާނިސް ވަނީ ވަށާލައިފައެވެ. ކޮފީއަށް ދިޔުމަށް އެއްބަސްވިއެއް ކަމަކު ޔާނިސްއަށް އެކަން އެގޮތަށް ހިނގާފާނެ ކަމަކަށް އެއްވެސް ޔަގީން ކަމެއް ނެތެވެ. އެއީ އޭނާގެ ކުށް ކަމުގައި އަބަދުވެސް ދިޔައީ ގަބޫލުކުރެވެމުންނެވެ. ކުރެވުނު އެންމެ ބެޓެއްގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އެފަދަ ބަދަލެއް އަތުވެދާނެ ކަމަށް އެއްފަހަރުވެސް ވިސްނާލެވިފައިވެސް ނެތުމާއެކުގައެވެ. ކޮމްޕިއުޓަރ ކައިރީގައި ކަންބޮޑުވެފައި ކައިއާ އިނެވެ. […]
ލާވިޔާގެ ކޮޓަރިން ނުކުމެގެން ދިޔަ މައިލީންގެ ވިސްނުން ހުރީ ކޮން ދިމާލެއްގައިކަން ލަފާ ކޮއްލާކަށްވެސް ނޭގެއެވެ. އޭނާދިޔަ ގޮތަށް ގޮސް އަޅައިގަތީ ކާކުގެ ގައިގައި ކަމެއްވެސް ނޭގެއެވެ. އޭނާ ވިސްނުމެއްގައި ހިގަމުން ދިޔައިރު މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިފައިވާފަދައެވެ. ޔުއާންގެ ގައިގައި އަޅައިގަނެފައި ދިޔަ މައިލީން ހުރިގޮތުން އޭނާ ހައިރާންވިއެވެ. ވަށައިގެންވީ އެއްވެސް ކަމަކަށް އަޅާނުލާ ދިޔަ މައިލީން ގެ މޫނުމަތިން ޔުއާން އަށް ފެނުނީ ދުވަހަކުވެސް އޭނާ ދެކެފައިނުވާފަދަ އަސަރުތަކެކެވެ. “އަނެއްކާ ލީން… ލީން […]
މައުވަން ރަފާ ކާރިއަށް ދިޔައީ ޖެހިގެން އައިދުވަހު ބްރޭކް ގަޑީގައެވެ. ފުރަތަމަވެސް ދިމާވީ ނަސީމާއާއެވެ.މައުވަން ފެންނައިރަށް ނަސީމާ ކިޔަންފެށީ އެއްޗިއްސެވެ. އަދި ރަފާއާ ދޭތެރޭ ފަރުވާ ކުޑަ ނުކުރުމަށް ނަސޭހަތްތެރި ވިއެވެ. ދެމީހުން ގޮވައިގެން ނޫޅެވޭނެ ކަމަށް ވާނަމަ މަލާކް ވަރިކުރުން އެއީ މައްސަލައެއް ނޫންކަމުގައި ބުނެލިއެވެ. މައުވަން ވަކި ޖަވާބެއް ނުދެއެވެ. އެރޭވެސް މައުވަން މަޑުކުރީ ރަފާގާތުގައެވެ. އޭނަގެ ހިތް މަލާކް ގާތަށް ދާން އެދުނެއް ކަމަކު އެ ގޮތަށް ކަންތައް ކުރަން ނުކެރުނީއެވެ. އެހެންމީހުންގެ […]
“އަފާފް ނިކަން ނިކުމެބަލަ! ޝަރަފް އައިއްސަ އެބަހުރި!” މަންމަ ޖޯޝުން ފުރިގެންވި އަޑަކުން ބުނެލި ވާހަކައިން އަފާފްގެ ހިތުގެ ތެޅުން އަވަސްވިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ހިތް އުފާވެރިކަމުން ފުރިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި ޝަރަފް މިގެއަށް އަންނަންވީ ކީއްކުރަންތޯ ހިތަށްއެރިއެވެ. އަދި އަޔަސް އޭނަ ޝަރަފް ހުރި ތަނަކަށް ދާންޖެހެނީ ކީއްވެބާއޭ ބުނެ ހިތް ސުވާލުކުރިއެވެ. އެ ސުވާލު ހިތަށް ވެރިވުމުން އަފާފަށް ވަގުތުން މަންމައަށް އިންކާރު ކުރެވެން އުޅުނެވެ. އެހެނަސް މަންމަ އޭގެ […]
މަޑުމަޑު ރާގެއް އަޅުވާލައިގެން ގެއަށް ވަދެގެންދިޔަ ޔާނިސްގެ މޫނުމަތީގައިވީ އުފާވެރިކަމެވެ. ކަންނެތްގޮތަކަށް ބޮޑުކޮޓަރީގެ ސޯފާއަށް ވެއްޓިގަނެވުނުއިރު އެތާގައި އެހެން މީހަކު އިންކަންވެސް ޔާނިސްއަކަށް ނޭނގެއެވެ. ޔާނިސްގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުމާއި އުފާވެރިމޫނަށް ޔާނާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ޔާނިސް ލޯމަރާލުމާއެކު ސޯފާގައި ހަށިގަނޑު ދަމާލަމުން ހަމަޖެހިލިއެވެ. ނަދީމާ ވަދެގެންއައީވެސް ޔާނިސް އެއޮތްގޮތަށް އޮށްވައެވެ. “ދަރިފުޅާ އަދިވެސް ނުނިދަނީތަ؟” އަތުކުރީގައި އޮތް ހިމަ ރިހިކުލައިގެ ގަޑިއަށް ބަލާލަމުން ނަދީމާބުނެލިއެވެ. އޮފީސް ހެދުމުގައި ނަދީމާ އަދިވެސް ފެންނަނީ ނުހަނު ލޫޅާފަތިކޮށެވެ. އެމޫނުމަތިން […]