“ޝާ މިރިންގް އަބަދުވެސް ޝާގެ އަތުގައި ބައިންދައްޗޭ… ވަރަށް އަވަހަށް އިރާދަ ކުރެއްވިއްޔާ ޝާ ކައިރިއަށް ދާނަން .. ވަރަށް ލޯބިވޭ” އެންމެ ފަހުގެ ވަދާއީ ސަލާމް ކޮށްލަމުން ޔާންބުނެލިއެވެ. ރިންގްގައި ބޮސްދެމުން އެތައް ވައުދެއް ކޮށް ޝާޔާ ލޯޗްއާ ދިމާލައް ހިނގައިގަތެވެ. ލޯންޗް ފަޅުންނުކުމެ ގެއްލެންދެން އެދިމަ ބަލަހައްޓައިގެން ޔާން ހުއްޓެވެ. ޝާޔާ ދިއުމުން އެހިތައް ލިބިފައިވާ ނުތަނަވަސްކަން ޔާންގެ މޫނުމަތިން ފާޅުވެވޭ ހުއްޓެވެ. އެތައް ދުވަހު އެއްކޮށް މީހަކު އުޅެފަ ވަކިވެގެންދާ ކަމުގެ […]
“އައިކް ވެސް މިގަޑިގަ މާގިނަ ވާހަކަ ދައްކަން ނުހަދަބަލަ… ވަންޔާވެސް ނުވަންޔާވެސް ބުނެބަލަ” ނިޝާގެ އަޑުގައި ތުރު ތުރު އެޅުމެއް ހުއްޓެވެ. އެ ހިތައް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ލޮލުން ފައިބަމުންދާ ކަރުމަތައް ކޯތާފަތް ތެއްމަމުން ދެއެވެ. “އޯކޭ މިހާރު މިއުޅެނީ ތިކަމާ….” އައިކް ފޯން ބޭވުމައްފަހު ލަބީބްއާ ބެހޭ މައުލޫމާތު ހޯދުމައް އަވަސްވެގަތެވެ. ޝާޔާ ފޯން ރިންގްވާ އަޑައް ބަލައިލިއިރު ލިއުޝާ ގުޅަނީއެވެ. “ޝާ ކޮންތަނަކަށްތަ ތިދިޔައީ.. މިހާރު ހުރިހާ އެއްޗެއް ފިހެވި ކާން ރެޑީކޮށްފަ […]
“އިލްވީ އަށް ތި ނޭގެނީ މަގޭ ގޮތް .. މަ ހިތުލީ ކަމެއްވެއްޖެއްޔާ އެކަމެއް ހާސިލް ނުވަނީސް ހުއްޓައެއް ނުލާނަން..ބަލައްޗޭ.. މިރަށައް ދެދުވަހައް އައި މީހަކަށް މަށައްވުރެ ގަދައެއް ނުވެވޭނެ.. ހުރެބަލަ މަމީ ކިހާވަރެއްގެ މީހެއްކަން އޭނައަށް ދައްކާލާނަން” ނިޝާ މޭޒުމަތީގަ އޮތް ކަރުދާސް ގަނޑެއް ބޮޑިކުރަމުން ވަރަށް ގޮތުގައި ހުރެ ބުނެލިއެވެ. **************************************** “ދަރިފުޅާ އަރީފް ..މިޔަދު ކާންނުދާ ދުވަހަކީތަ؟” ގެއަށް ވަންގޮތައް ކެއުމެއްވެސް ނެތި އަރީފް ކޮޓަރިއަށް ވަނުމުން އެކަމާ ޒުބައިދާ ކަންބޮޑުވިއެވެ. “މަންމާ […]
“ހައެ” ޔާންގެ އަޑު އައި ދިމާލައް ޝާޔާ ބަލައިލި އިރު ދާދި ކައިރީގަ ޔާން ހުއްޓެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާ ސްކައި ބުލޫ ޖިންސެއްގައި ޔާން ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ. އެކަހެރި މާހައުލެއްގައި ދެމީހުން އެކަކު އަނެކަކާ ބައްދަލު ވުމުން ދެމީހުންވެސް ތިބީ ދައްކާނެ ވާހަކަ އެއް ނޭގިފައެވެ. “ޝާޔާ އާދެބަ މިތާ އިށީނަން” ޝާޔާ އަގައިން ނުބުނެ ހުންނަން ފެށުމުން ޔާންގެ ހިތައް އުދަގޫވިއެވެ. “މިހާރުމި އިށީދެވެސް ވެވުނީ، ދެންބުނެބަލަ ތި ބުނަން […]
ލިއު އެތަނައް އައުމުން ޔާންއަށް އެތާ އިތުރަށް މަޑުކުރާކަށް ނުކެރުނެވެ. ކަމެއްޖެހިއްޖެ ކަމައްބުނެ ވަރަށް ސިއްރުސިއްރުން ޓިޝޫއެއް ނެގުމައްފަހު ގަލަމުން އެއްޗެއް ލިޔެލުމައްފަހު ޝާޔާ ކައިރީގައި ބާވާލިއެވެ. “އޭ ޝާޔާ އެއީ ކޮން ބިޓެއްތަ އަނެއްކާ، އަޅެ ހާދަ ސްމާޓޭ އޭނަ” ޔާން ފަސްއެބުރި ދިއުމުން ލިއު ބެނެލިއެވެ. “ސާބަސް ހަމަ ލިއުއަށް .. އިއްޔެ އަރީފް ހުރިހާ ޑޮކްޓަރުން އިންޓުރޮޑިއުސް ކޮށްދިނެއްނު އެތަނުން ކުއްޖެއްކޭ އެއީ” ލިއު ދިމާ ކުރާނެ ވަރު ވިސްނާލައިފަ ޝާޔާ އިތުރަށް […]
ފައިލް ތަކެއް ހިފައިގެން ނުކުއިން ޔާންގެ ނަޒަރު ހުއްޓުނީ އަރީފްމެންނާއެކު މަޑުކޮށްލައިގެން ހުރި ޝާޔާއަށެވެ. “އެއާޕޯޓް ގާލް” ޔާންގެ އަގައިން މަޑުމަޑުން ބުނެލެވުނެވެ. ފައިލްތައް ހިފައިގެން ފަޔައް ލެވުނުހާ ބާރެއްލުމައްފަހު އަރީފްމެންގެ ކުރިމައްޗަށް ޔާން މަޑުކޮށްލިއެވެ. “އައްސަލާމް އަލައިކުމް ” ޔާން އިޙްތިރާމް އަދާކުރުމުގެ ގޮތުން އަރީމެންނައް ސަލާމް ގޮވާލިއެވެ. “ވާލައިކުމް ސަލާމް، ޔާން ކޮބާ ރަންގަޅު ގަޑިޔަކުއޭ ތިއާދެވުނީ، މި ތިއްބެވީ ޑޮކުޓާރުންގެ ޓީމް” އަރީފް ޓީމްގެ ބައިވެރިން ތައާރަފު ކޮށްދެމުން ބުނެލިއެވެ. ޝާޔާގެ […]
“އޯކޭ ޓެންކިޔޫ” މިހެން ބުނުމައްފަހު ކުރަމުން ދިޔަ މަސައްކަތައިގެން ޔާން މަސްއޫލުވިއެވެ. އިތުރު ވާހަކައެއް ޔާން ނުދެއްކުމުން ނިޝާއައް އިތުރަށް މަޑު ކުރާކަށް ނުކެރުނެވެ. ޑިޕާޓްމެންޓް ހެޑް މުޙައްމަދު އަރީފް ހުރިހާ ޑޮކްޓަރުންގެ ސަމާލުކަމައްޓަކާ މާލެއިން ޓްރެއިނިންގް ޕްރޮގްރާމް ތަކެއް ހިންގުމައްޓަކާ ޑޮކްޓަރުންގެ ޓީމްއެއް އަންނަ ވާހަކަ ބުންޏެވެ. އަދި ޓީމް އައުމައް ހަމަޖެހިފައި ވަނީ ފެށޭހަފްތާގެ އާދިއްތަ ދުވަސްކަމުން ޓީމްގައި ހިމެނޭ ބައިވެރިންނައް މަސައްކަތުގެ މާހައުލުން ވީހާވެސް ބޮޑަކަށް އެހީތެރިކަން ފޯރުކޮށް ދިނުމައް ބުންޏެވެ. ޔާން […]
“މަރުޙަބާ” ނިޝާ ޔާން ދިމާލައް ބަލާލަމުން ބުނެލިއެވެ. ނިޝާއަށް ޝުކުރުއަދާ ކުރުމައްފަހު ދެ އެކުވެރިން ހޮސްޕިޓަލް އިން ނުކުމެ ގެއާ ވީދިމާލައް މިސްރާބް ޖެހިއެވެ. “ކޮބާ ޔާން ކޮން ހިޔާލެއްގަތަ އަބަދު ތިއިންނަނީ؟ ، މިހާރު މިއާދެވުނީއޭ ، ދޭބަ ދެންވެސް މަންމަ މެންނައް ތިއުފާވެރި ހަބަރު ދޭން، މަވެސް މިދަނީ ގެއަށް ޖައްސާލަންކަމައް މާދަން ޑިއުޓީއަށްދާން ބޮޑުފަތިހާ ހޭލަންޖެހޭވިއްޔަ” ޒިދާން މާބަގީޗާގޭ ދޮރުމަތީ ސައިކަލް މަޑުކޮށްލުމައްފަހު ވާހަކަ ދެއްކިއެވެ. “އޯކޭ ބަޑީ، މާދަން ގުޅައްޗޭ ފުރީ […]
ކޮންމެ އަހަރެއްގަ ބޮޑުޗުއްޓީ ވެގެންދަނީ އަހަރެންނައް އުފާވެރިކަން ގެނެސްދޭ ދުވަސްތަކަކަށެވެ. ކިޔެވުމުން ބުރޭކްއެއްނަގާ މިހާ ހަމަޖެހެލުމައް ލިބޭދުވަސްތަކެއްގެ ގޮތުގައެވެ. އެގޮތުން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއަކު މަންމަގެ އެއްބަޑު އެއްބަފާ ދައްތައެއް ކަމަށްވާ ނަސީރާ ކައިރިއަށް އަހަރެން މާލެދަމެވެ. ދައްތަމެންނަކީ މާލޭގަ ކުއްޔައް އުޅެމުންދާ ބަޔެކެވެ. އެގޮތުން އިތުރު އާމްދަނީއެއް ހޯދުމައްޓަކާ ހެދިކާ ހަދައިގެން ހެދިކާ ވިއްކައެވެ. ގެއާ ޖެހިގެން ކުއްޔައް ހިފާފައިވާ ކުޑަ ތަނެއްގައި އަހަރެންނާ ދައްތަކެ ދޮށީ އަންހެން ދަރިފުޅު ކަމައްވާ އީންއާ ދެމީހުން […]