އޮއްސެމުންދިޔަ އިރަށް ބަލަހައްޓައިގެން ހުރި ފިޒާ ދުއްވައިގަތީ އެއްލި ކަޅިއަކުން ފެނުނު މަންޒަރަކުންނެވެ. މޫދާއި ދިމާލަށް ކުދި ފިޔަވަޅުތަކެއް އަޅަމުންދިޔަ ތުއްތު ތުއްތު ކުއްޖެކެވެ. 2 އަހަރަށްދާ ތުއްތު ފަރިފުޅު ނަގާ ވެލިފޮޅާލަމުން ފިޒާ ދަރިފުޅު ގައިގަ ބައްދާލާ ކޮލުން ދޮނެއްނެގިއެވެ. އެ ދަރިފުޅުގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު މާޒީގެ ހިތި ތަޖުރިބާ ސިކުނޑީގައި ވަކި ހިއްޕާލާ ހިތަށް ތަދުކުރުވައެވެ. ފިޒާ ދަރިފުޅު ގޮވައިގެން ގެއަށް ދިއުމަށް ހިނގައިގަތީ އިރުއޮއްސި އަނދިރިވާން ފެށުމުންނެވެ. “ކިތައް ދުވަހު […]
ވިޝިކާ ކުއްލިއަކަށް ލަޔާންއާ ދުރަށްޖެހިލީ އޭނާގެ މޭމައްޗަށް ބަލައިލަމުންނެވެ. ……………………………………………………… “ދެން ލަޔާން ދާންވީއެއްނު ބޮޑެތި މީހުން ކައިރިއަށް.. ކީއްކުރަން މަގޭ ކޮޓަރިއަށް ވަދެ ގަދަކަމުން މަ ގެންގޮސްގެން ކައިރީ ބާއްވައިގެން ނިދީއަކީ..” ވިޝިކާ ރުޅިއައި ކަމުގައި ހަދާފަ ބުންޏަސް ލަޔާން އެހެން ބުނުމުން ވިޝިކާ ދެރަވިކަން އިނގުނީ ވިޝިކާގެ އަޑުންނެވެ. ލަޔާން އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު ސައިކަލު ބުރަކި ޖައްސާލުމުން ނުވިސްނާއިން ވިޝިކާ ދިޔަގޮތަށް ލަޔާންގައިގަ ލައިގަތުމުން ދުރަށްނުޖެހި މަޑުކޮށްލީ ލަޔާންގެ ބުރަކަށީގަ ބޯ […]
ދަންވަރު އެކެއްޖަހާ ބޮޑުވި އިރުވެސް ވިޝިކާއަށް ނުނިދެއެވެ. އެ ދުވަހު ދުވާލު މާގިނައިރު ނިދުމުން ވިޝިކާ ކައިރިއަށް ނިންޖެއްނައެވެ. ވައިފައި އޮންކޮށްލާފައި ވައިބާ ބަލައިލިއިރު ލަޔާން ފޮނުވާފައި ހުރި ފޮޓޯތަކެއް ފެނިގެން ބަލައިލިއިރު އެއީ ވިޝިކާއަށް ނޭނގި އޭނަގެ ގައިން ލަޔާން ނަގާފައި ހުރި ފޮޓޯތަކެކެވެ. އެ ފޮޓޯތައް ފެނުމުން ވިޝިކާއަށް ރުޅިއައުމުގެ ބަދަލުގައި ހިނިތުންވެލެވުނީ ލަޔާންގެ ހިތުގައިވެސް އޭނައަށް ހާއްސަ ކަމެއްނުވާނަމަ އެ ގޮތަށް ފޮޓޯ ނުނަގާނެއޭ ހިތަށް އަރާފައެވެ. “އަދިވެސް ނުނިދަނީތަ؟ މިހާރު ކުޑަކުދިން […]
ހޮސްޕިޓަލުން ނިކުމެގެން ދަމުން ވިޝާކާ ކާންދޭންޖެހޭނެއޭ ކިޔާފައި މަހުދީއާއި ދިމާކޮށްލުމުން މަހުދީ އެހެން ރެއަކުން ދާނީއޭ ބުނީ އެރޭގަ ގެއިން ކައިގެން ތިބުމާއެކު އަވްލީންއަށް ހިނގާފައި ތަންތަނަށްދާން އުނދަގޫވާނެތީއެވެ. މަހުދީގެ ސައިކަލު ފަހަތުގައި އަވްލީން ގޮވައިގެން ދިޔައިރު ލަޔާން ދިޔައީ އޭނަގެ ރައްޓެއްސެއްގެ ސައިކަލުގައި ވިޝާކާ ގޮވައިގެންނެވެ. ހަތަރު މީހުން އެއްކޮށްގޮސް ގެއަށް ވަންނައިރަށް ސިޓިންރޫމްގައި އިން ސަބީނާ ބަލައިލީ ހިތްހަމަނުޖެހި އިނދެއެވެ. ……………………………………………………………………… “ވިޝާކާމެން ބޭރަށްދާއިރު ވިޝިކާވެސް ގޮވައިގެންދާނަމަ.. އޭނަ އެކަނި ގޭގަ އޮންނަންޖެހޭތީއޭ […]
“އަޒްހީން މަށާއެކު މަޑުކޮށްފަ ދެންތިބި ދެމީހުން ދޭ ވިޝާކާ ގޮވައިގެން.” މޯޑް ކުރިއަށް ޖެހިލަމުން ބުންޏެވެ. އަދި ދިޔަގޮތަށްގޮސް އަވްލީންގެ އަތުގައި ހިފާ ނެގިއެވެ. އެވަގުތު އަވްލީންގެ ފަޔަށް ވީ ތަދަކުން އަނެއްކާވެސް ރޮއިގަނެވުނެވެ. ވިޝާކާ މޯޑްގެ އަތުގައި ހިފާ ހުއްޓުވަން އުޅުނުވަގުތު ޔުނާލްއާއި އިބޫއާ ދެމީހުންގޮސް ވިޝާކާގެ ދެއަތުގައި ހިފެހެއްޓިއެވެ. ވިޝާކާ ގަދަ ހަދަމުންދިޔަނަމަވެސް އެ ދެމީހުން ވިޝާކާ ދަމާކޫއްތާފައި ގެންގޮސް އެތަނުން ބޮޑު ގަހެއްގެ ނިވަލަށް ވެއްދިއެވެ. …………………………………………………… މޯޑް އަވްލީން ނަގާ އޭނާގެ […]
ރޮށި ފިހެނިމިގެން ގެއަށް ދިޔަ މަގުމަތީގައި ލަޔާންއާއި ވިޝާކާ މަޖާ ވާހަކަތައް ދައްކަމުންދިޔައެވެ. އަވްލީންއާއި މަހުދީވެސް އެމީހުންގެ ސަކަރާތުގައި ބައިވެރިވެ އެމީހުން ކިޔާ އެއްޗެއްސާ ހެމުންދިޔައެވެ. ދަތުރުގޮސް ކުރާނެ މަޖާ ކަންތައްތައް ރާވަމުން ހަތަރު މީހުން އެކުގައިގޮސް ގެއަށް ވަންއިރު ވިޝިކާ އޮތީ ސޯފާގައި އޮށޯވެގެން ޓީވީ ބަލާށެވެ. “ވިޝީމެން ގުރޫޕަށް އިނީ ކޮންކަމެއްތަ؟ ވިޝީ ނުދަންތަ ދަތުރަށް ރެޑީކުރާކަށެއް؟” ވިޝާކާ ޖެހިގެން އިން ސޯފާގައި އިށީންނަމުން އަހާލިއެވެ. “އަހަރުންނަށް އިނީ މިކޮޅުންވެސް އެކޮޅުންވެސް ދޯންޏަށް އެއްޗެހި […]
މަހުދީ އަވްލީން ކައިރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް އަވްލީން ފިޔަވަޅެއް ފަހަތަށް އަޅަމުންދިޔައެވެ. ވަކި ހިސާބަކުން އަވްލީންއަށް ހުއްޓެން ޖެހުނީ ފަހަތަށްގޮސް ފާރުގައި ޖެހުމުންނެވެ. މަހުދީ ކުރިއަށްޖެހި އަވްލީންގެ ކޯތާފަތުގައި ކަނާއަތުން ހިފަހައްޓާލުމުން އަވްލީންއަށް ލޯ މަރާލެވުނެވެ. މަހުދީގެ މޫނު އަވްލީންގެ މޫނާއި ކައިރިވަމުން ދިޔައިރު ދެ ހިތުގެ ތެޅުންވެސް ދިޔައީ ބާރުވަމުންނެވެ. ފިޔާތޮށި ކުލައިގެ މަޑު ތުންފަތަށް ބަލަންހުރެ ކައިރިވަމުންދިޔަ މަހުދީއަށް ކުއްލިއަކަށް ދުރަށްޖެހިލެވުނީ ފިޔަވަޅުތަކެއްގެ އަޑު އިވިގެންނެވެ. އެވަގުތު އަވްލީންއަށްވެސް ލޯ ހުޅުވާލާފައި އެއްކައިރިއަކަށް […]
“ކިހިނެއްވީ ފާޑަކަށް ބަލަހައްޓައިގެން ތިހުންނަނީ. މާ މޮޅުކަމެއް ކުރެވުނީމަތަ؟” ލަޔާން ފޯންގެ ބައިތައް ހޮވާލަމުން ވިޝިކާއަށް ބަލައިލާފަ ބުނެލިއެވެ. ވިޝިކާ ބޯހޫރާލުމަށްފަހު ނިކުމެގެން ދިއުމުން ލަޔާން ވިސްނާލިއެވެ. އެހެންނާ ލަޔާންއާ ޖަދަލުކުރާހިތުން ހުންނަ ކުއްޖާ އަނގައިން ބަހެއްނުކިޔާ ނިކުމެގެން ދިއުމުން ކުރިންރޭގައި ހިނގި ހާދިސާއާ ދޭތެރޭ ވިޝިކާ ވިސްނާކަން ލަޔާންއަށް އިނގުނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑުއަލީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މަހުދީގެ ހިތުގައިވަނީ ހައިޖާނެއް އުފެދިފައެވެ. ކޮންމެ ފަހަރަކު އަވްލީންއާ ކައިރިވެލެވޭއިރަށް ޒީނަތުގެ ސަބަބުން އެދެމެދަށް […]
ފަހަތަށް އެނބުރި ބަލާލިގޮތަށް އެކި ކުދިން އެކި ދިމާލަށް ދުއްވައިގަތީ މޯޑްގެ އަތުގައި ހުރި ކުލަޕެކެޓްތައް ފެނުމުންނެވެ. ހުދު ކުލައިގެ ޔުނީފޯމްގައި ތިއްބާ އެ ޖަހައިފިނަމަ އެ ކުލަ ރީތިކޮށް ނުފިލާނެއެވެ. ފަހު ޓެސްޓު ނެގުމުން ދެން އެ ޔުނީފޯމް ލާން ނުޖެހުނު ނަމަވެސް ކޮންމެ ކުއްޖެއްވެސް އެ ކުއްޖެއްގެ ސާނަވީ ތައުލީމުގެ ހަނދާނަކަށް ޔުނީފޯމް ފޮރުވާފައި ބެއިންދުމަކީ އާންމުކަމެކެވެ. ދުވެފައިދިޔަ ކުދިންތަކަށް ބަލަން މޯޑް އިނީ ހެވިފައެވެ. އޭނަގެ ރޭވުން ކާމިޔާބުވާގޮތް ވުމުން ސައިކަލު ދުއްވާލީ […]