Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ޔަމާނީ

Dhern Level 510 Stories100 Comments100 Login100 Stories500 Comments
January 17, 2018 2 Mins Read
10 Comments

ލޯތްބަކީ ހިތުން ފޮނުވައިދޭ ސިގުނަލެކެވެ. ކުރާ އިޢުލާނެކެވެ. ހިތުގައި އުފެދޭ ވަރުގަދަ ޠޫފާނެކެވެ. މި އިޢުލާނުގެ އަޑު ނާހާ މީހާއަކީ މޮޔައެކެވެ. މި ތޫފާނަށް ފިލަން އުޅޭނީވެސް ކަނޑުކޮހެކެވެ. އުފަލުގައި އުޅެވޭނީ ތިމާދެކެ ލޯބިވާ މީހަކާ ގުޅިގެންނެވެ. މިކަން މިހާރު އަހަންނަށް ވިސްނިއްޖެއެވެ.
މީގެ ދެއަހަރު ކުރިން، ޔަމާނީއާއި ދެމީހުން ލޯބީގެ ގޮތުން ގުޅުނީ ކޮންމެހެން އަހަރެން ބޭނުންވެގެންނެއް ނޫނެވެ. އަހަރެން ދެކެ ވާލޯތްބެއްގެ ބުޑުކަމުން ޔަމާނީ ކުރަމުން އައި އާދޭހަށެވެ. އެކަމަކު އެނގޭހެއްޔެވެ؟ ރައްޓެހިވެގެން ދުވަސްކޮޅެއް ވީ ފަހުން އަހަންނަށްވެސް މަޑުމަޑުން ޔަމާނީ ދެކެ ލޯބި ވެވެން ފެށިއެވެ. ދުވަހެއް ދުވަހަކަށް އެލޯބި އިތުރުވަމުން އައިސް އެކަކު އަނެކަކާ ނުލާ ނޫލެވޭނެ ވަރުވެ، ﷲގެ ރަހުމަތްފުޅާއި އެކު މި ލޯބި މުޅި އުމުރަށް ދެމެހެެއްޓުމަށް މިއަދު މިވަނީ އަޒުމުކަނޑައެޅިފައެވެ. އަހަރެމެންގެ އަލަތު ކައިވެނީގެ ގޮށް މިއަދު މި ޖަހާލީ އުމުރަށްވެސް ވަކި ނުވުމަށް ވައުދު ވަމުންނެވެ. އަދި އަބަދުވެސް މިގޮތަށް ލޯބިން އުޅެވޭނެ ކަމުގެ އުންމީދާއެކުގައެވެ.
ހޯދަންވީ ތިމާދެކެ ލޯބިވާ ބާއިވެރިޔާކަން އަހަންނަށް އެނގުނީ ޔަމާނީ އަހަރެންގެ ހަޔާތަށް އައި ހިސާބުންނަމެވެ. ރައްޓެހިވެގެން އުޅުނު ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވިސްނާލި ކަމުގައިވިޔަސް އެކަންހާމަވެއެވެ. ޔަމާނިއަށް ރައްޓެހިވުމުގެ ކުރިން އަހަރެން ދެކުއްޖަކާއި ރައްޓެހިވީމެވެ. އެއީ އަަހަރެން އެމީހުން ދެކެ ވަރަށް ލޯބިވެގެންނެވެ. ނަމަވެސް ދެމީހުންވެސް ދޯކާ ދީފަ ފިލީއެވެ.
އަހަރެން ފުރަތަމަ ރައްޓެހިވީ “އީނާޝް” އަށެވެ. ރައްޓެހިވެގެން ދެދުވަސް ވެސް ނުވެއެވެ. އެނގުނީ އަހަންނާއި ރައްޓެހިވެ ހުރެ އެހެން މީހަކާއެކީވެސް ލޯބީގެ ގުޅުމެއް ބާއްވަމުން އަންނަ ކަމެވެ. ރަށުތެރޭ އެފަދަ ވާހަކައެއް ދެކެވުނެވެ. އަހަރެން ހިިކުރީ ދޭތެރެ ޖައްސަން ބަޔަކު ހަދަ ހަދައިގެން ދެއްކި ވާހަކައެއް ކަމަށެވެ. ނަމަވެސް، އެންމެ ފަހުން ހަމަ ލޮލަށް ފެނުނީމަ ގަބޫލު ކުރަން މަޖުބޫރުވީއެވެ. އަހަރެން އެދެމީހުންނަށް ފާރަލީއެވެ. ރަށު ތުނޑީ ކޮޅަށް ވަރަށް ގިނައިން އެެދެމީހުން ގޮސް އުޅުނެވެ. އެއީ ލޯބީގެ ސިއްރު ބައްދަލުވުންތަކަށެވެ. ކެފޭތަކުންނާއި ފިނި މައިޒާންތަކުންވެސް އެދެމީހުން އެކަހެރިކޮއް އެތަށް ފަހަރަކު ފެނުނެވެ. މިހާހިސާބަށް ކަންތަށް ދިޔައީމަ އަހަރެންގެ ކެތްތެރިކަން ކޮޅުންލީއެވެ. ފޯނުން ގުޅާ “އީނާޝް” އާ ދިމާލަށް ވަރަށް އެއްޗެތި ގޮވީމެވެ. މިހާހިސާބުން ދެމީހުން ބޮޑު ޒުވާބަކަށް ގޮސް އެންމެ ފަހުން އެކަންވެސް ނިމުމަކަށް ގެނައީއެވެ.
ދެން އަހަރެން ލޯބީގެ ގޮތުން ގުޅުނީ “ޝިފާ” އަށެވެ. ޝިފާގެ ބޭނުމަކަށްވީ އަހަރެންގެ މުއްސަނދިކަން ދަވާލުމަށްފަހު އަހަންނާ ވަކިވުމެވެ. މިކަން ފަޅާއެރި ގޮތަކީ މި ނުބައި މިރޭވުމާ ބެހޭގޮތުން އޭނަގެ ރައްޓެއްސަކާ ކޮއްފަހުރި މަޝްވަރާގެ މެސެޖްތަކެއް އަހަންނަށް ފުނުނީއެވެ. ވަގުތުން “ސްކްރީން ޝޮޓް” ނަގައި އަހަރެންގެ ފޯނަށް ފޮނުވީމެވެ. އަދި ވަގުތުން ޝިފާގާތު މި ވާހަކަ ބުނީމެވެ. ނަމަވެސް އެއްބަސް ނުވިއެވެ. އެންމެފަހުން އަހަރެން ނަގާފައި ހުރި “ސްކްރީން ޝޮޓް” ތަށް ދައްކަލީމެވެ. އެހާ ހިސާބުން މައްސަލަ ހޫނުވެ، ޝިފާވެސް އަވަހަށް މިކަމުން ރެކިގަތީއެވެ.
މިއީ އަހަރެން ލޯބިވާމީހުން ހޯދައިގެން ރައްޓެހިވިމަ ލިބުނު ނަތިޖާއެވެ. މިހާރު އަހަރެން ގަބޫލު ކުރަނީ އުފަލުގައި އުޅެވޭނީ ތިމާދެކެ ލޯބިވާ މީހަކާއެކުއެވެ. އަދި އެއީ ތިމާ އެމީހާ ދެކެ ލޯބި ނުވި ނަމަވެސްެމެއެވެ. ޔަމާނީއާއި ރައްޓެހިވެގެން އުޅުނު އިރު އަހަރެން އުޅުނީ ވަރަށް އުފަލުގައި ހިތްހަމަޖެހިގެންނެވެ. އަޅާލުމާ އޯގާތެރިކަން ލިބުނެވެ. ބަރާވަރަށް ހާލު ބަލައެވެ. އަހަރެން ހުރީ ކައިގެންތޯ ނޫނީ ނުކައިތޯވެސް ބަރާބަރަށް އޭނަ ބެލިއެވެ. އަހަންނާއެކު ވަގުތުތަށް ހޭދަކުރިއެވެ. އެހެން މީހެއްގެ ފަރާތުން ނުލިބުން އެތަށް އުފަލަކާ އަރާމެއް އަހަަންނަށް ލިބުނެވެ.
މިހާރު އުންމީދު ކުރަނީ މިގޮތުގައި މުޅިއުމުރުވެސް ހޭދަކުރުމަށެވެ. ކައިވެންޏަށް ފަހުވެސް ޔަމާނީގެ ފަރާތުން އަހަންނަށް އިތުރަށް ލޯތްބާއަޅާލުން ލިބުމެވެ. އެއީ އަހަންނަށް ޔަގީންވެ ކަށަވަރުވާ ކަމެކެވެ. އާއެކެވެ. އަހަރެން ޔަމާނީއަށް އިތުބާރު ކުރަމެވެ. އެއީ އޭނަ އަހަރެންދެކެވީ ހަޤީޤީ ލޯބިކަން މިހާރު އަހަންނަށް ވަޒަން ކުރެވޭތިއެވެ.
މިވާހަކައިން ކިޔުންތެރިންނަށް އިބުރަތެއް ހާސިލްވާނެކަމަށް އުންމީދު ކުރާހާލު އަޅުގަނޑުގެ ގަލަމުގައި ދޯރި ޖަހާ، މިވާހަކަ ކުރުކޮއްލަމެވެ.

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

ހުންނާށޭ ގާތުގައި 3

Next

ހަމްސަފަރް 7

Next
January 17, 2018

ހަމްސަފަރް 7

Previews
January 17, 2018

ހުންނާށޭ ގާތުގައި 3

10 Comments!

  1. Lily says:
    January 17, 2018 at 9:04 am

    Niceee?????

  2. Anaa says:
    January 17, 2018 at 10:18 am

    V reethi zidhan auleny marry kohgen tha anaa heekury zidhaan ge age aki 19 ehaa varu kamah

    1. Zidhan says:
      January 17, 2018 at 12:37 pm

      Marry nukuran adhi, m 18 yrs old! ☺ @Anaa

  3. Angel says:
    January 17, 2018 at 11:09 am

    Nice??

  4. amaany says:
    January 17, 2018 at 12:15 pm

    ޔަމާނީ ގެނެސްދިނީތީވެ ޝުކުރިއްޔާ.. ވާހަކަ ވަރަށް ރީތި

  5. Sana says:
    January 17, 2018 at 12:29 pm

    Habeys varah varah reethi story eh ?????
    Keep it up

  6. faxu says:
    January 17, 2018 at 1:07 pm

    V reethi

  7. Hudha says:
    January 17, 2018 at 2:09 pm

    Aharenves aharen varahoabivaa kujjakaa ekeega miulhenee eyna ekamak nuvey.time dheveybkamakah nuvey bxy kamun ?

  8. Pinky shifoo says:
    January 18, 2018 at 10:00 am

    Nice ??

  9. Faathimath Naaya Abdulla says:
    March 16, 2020 at 8:39 pm

    Vara reethi

Comments are closed.



All Right Reserved!